ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯގެ މަގާމަށް ހީނާ ވަލީދު މިއަދު ހަމަޖައްސައިފިއެވެ.
އޮގަސްޓް 27، 2008 ގައި ވުޖޫދަށް ގެނައި އެންސްޕާގެ މައިގަނޑު މަސައްކަތަކީ ގައުމީ އިޖްތިމާއީ، ސިއްހީ އިންޝުއަރަންސް ސްކީމު ހިންގާ ބެލެހެއްޓުމާއި އިޖްތިމާއީ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމްތައް ރާވާ ހިންގުމެވެ.
ޕީޕީއެމްގެ ތަރުޖަމާނަކަށް ހުންނެވި ހީނާ އެންސްޕާ އަށް ހަމަޖެއްސި އިރު، އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފޮރިން މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމު އަދާ ކުރައްވައިފަ އެވެ. މީޑިއާތަކާ ވަރަށް ގާތް ގުޅުމެއް އޮންނަ ހީނާ ވަނީ މީޑިއާގެ ދާއިރާ އިން މަތީ ތައުލީމު ވެސް ހާސިލް ކުރައްވައިފައެވެ.
ހީނާ އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ޓީވީއެމްގައެވެ. ހަބަރު ކިއުމާއި ޕްރެޒެންޓަރެއްގެ ގޮތުގައި ހީނާ ވަނީ ޓީވީއެމްގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރައްވައިފައެވެ. އެގޮތުން އޭނާ ވަނީ އެ ތަނުގެ އެގްޒެކެޓިވް އެޑިޓަރުގެ މަގާމު ވެސް އަދާ ކުރައްވައިފައެވެ.
މި ވަގުތު އޭނާ ހުންނެވީ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަން ރާއްޖެ އިން ބޭރުގައެވެ.
އެންސްޕާގެ ސީއީއޯއަކަށް އެންމެ ފަހުން ހުންނެވީ މަރިޔަމް ޝަފީގެވެ.
އެންސްޕާ އިން ކުރިއަށް ގެންދާ އެހީގެ ޕްރޮގްރާމްތަކަކީ:-
- ބޭސް ފަރުވާގެ އެހީގެ ޕްރޮގްރާމް
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް
- ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް
- ފަގީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަލަހައްޓާ ފަރާތަށް ދެވޭ އެހީގެ ޕްރޮގްރާމް
- ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް
- އިޖްތިމާޢީ ސިއްޙީ އިންޝުއަރަންސް ސްކީމް
الحمدلله
މަރްޙަބާ
ނަމޫނާ ކަނބަލެއް. ފުރިހަމަ ޞިއްޙަތާއި ކާމިޔާބަށް އެދެން
އެންސްޕާ އާއި އާސަންދައަކީ ބަލިމީހުންނާ ގުޅޭ ގިނަކަންތައްތަކެއް ބަލަހައްޓާ ދެއުމައްސިސާ. އެދެތަން ހިންގުމަށް ބަލި މީހުންނާ ހަވާލު ކުރުމަކީ ރަނގަޅުފާލެއްކަމުގައި ދެެކެން. އެހެނީ ބަލިވެގެން އެހީއަށްއެދޭ މީހުންގެ އިހްސާސްތައް އެމީހުނަށް ބޮޑަށް އެނގޭނެތީ.
ހީނާއަށް މިމަގާމު ދެއްވިއަސް މިމަގާމުގެ ވާޖިބު އަދާކުރަން އެކަމާނައަށް އެންމެ ފަސޭހަވާނީ މިވަތުތުގެ އިންޑިޔާގައި ހުރެގެންނެވެ. އެހެންކަމުން އިބޫ ސްޕީޑަށްވުރެވެސް ސްލޯޥުމަކީ މުއިއްޒުގެ މައްސަލައެއް ނޫނެވެ. އެއީ ދިވެހިންގެ މައްސަލައެކެވެ.