ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޑެޕިއުޓީ ލީޑަރު ކަމުގެ މަގާމަށް ހަތަރު ބޭފުޅުން ކުރިމަތިލައްވައިފިއެވެ.

ޖޭޕީގެ ޑެޕިއުޓީ ލީޑަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިގްބާލު އާދަމް އިސްތިއުފާ ދެއްވުމުންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން އިގްބާލް އައްޔަން ކުރައްވާފައި ވަނީ ރައީސް އޮފީހުގެ މިނިސްޓަރަކަށެވެ.

ޖޭޕީގެ ލީޑަރު ކަމަށް ވާދަކުރެއްވީ އެ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަދި ކުރީގެ ސަރުކާރުގައި ޓްރާސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަން ކުރެއްވެވި އަލީ ސޯލިހާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު ކަން ކުރެއްވި އަހުމަދު ނިހާނާއި ކުރީގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަން ކުރެއްވި އައްސަދު ރިޒާ އަދި ޖޭޕީ ކައުންސިލްގެ ކުރީގެ މެމްބަރު މުހައްމަދު ސައީދު (ބޮކި) އެވެ.

ނައިބު ލީޑަރުގެ މަގާމުގެ އިތުރުން އަންހެނުންގެ ލީގުގެ ރައީސަކާއި ޒުވާނުންގެ ލީގުގެ ރައީސަކާއި ޕާޓީގެ ގައުމީ ކޮންފަރެންސުން އިންތިހާާބުކުރާ 25 މެމްބަރުންގެ ތެރެއިން ހުސްވެފައިވާ އަށް މަގާމު ވެސް އޮތީ ހުސްކޮށެވެ. އަދި ޖޭޕީގެ ބައެއް ކޮމިޓީތައް ވެސް މިހާރު އޮތީ ހުސްކޮށެވެ.

 

ކިޔުންތެރިންގެ ހިޔާލު