އަރަބިއްޔާ ސްކޫލްގެ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޓީޗަރެއް ކަމަށްވާ ޒަމްޒަމް ފާރިޝް މައްޗަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތު ކުރެވި އެ މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.

އެނގިފައިވާ ގޮތުގައި އަރަބިއްޔާ ސްކޫލްގެ ދަރިވަރުންތަކަކަށް ޒަމްޒަމް ފާރިޝް ވަނީ ޖިންސީ ފުރައްސާރަކޮށްފައެވެ. މި މައްސަލަ ފެންމަތިވީ ތައުލީމާ ބެހޭ ވުޒާރާގެ ސަމާލުކަމަށް އެކަން ގެނައުމާ ގުޅިގެންނެވެ. އެހެންވެ އޭނާގެ މައްސަލަ އެ ވުޒާރާ އާއި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ ފުލުހުންނަށް ހުށަހަޅައިފައެވެ.

ފުލުހުން ވިދާޅުވީ 39 އަހަރުގެ ފިރިހެނެއްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަ މިދިޔަ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށާއި މިމައްސަލައާ ބެހޭގޮތުން ބަލަންޖެހޭ އިތުރު ކަންތައް ބަލަމުންދާ ކަމަށެވެ.

އޭނާ ފަރާތުން ޖިންސީ ފުރައްސާރަ ލިބުނު ކަމަށް ބުނާ ދަރިވަރުންގެ ތެރޭގައި އަންހެން ކުދިންގެ އިތުރުން ފިރިހެން ކުދިން ވެސް ހިމެނޭ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު