ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް "އިންޑިއާ އައުޓް" ނަމުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކާ ގުޅިގެން ވެސް ފްރޭމް ކުރަން އުޅުނު ކަމަށާއި މިހާރު ވެސް ކުރަން އުޅެނީ އެ މަސައްކަތް ކަމަށް އަރަބިއްޔާ ސްކޫލްގެ ޓީޗަރު ޒަމްޒަމް ފާރިޝް ރޭ ވިދާޅުވެއްޖެއެވެ.

ޒަމްޒަމް ފާރިޝް އެގޮތަށް ވިދާޅުވެފައި ވަނީ އަރަބިއްޔާގެ ދަރިވަރުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅުމާ ގުޅިގެންނެވެ.

ޒަމްޒަމް ފާރިޝް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާ އައުޓް މައްސަލައިގައި ވެސް ފްރޭމް ކުރަން އުޅުނު ކަމަށާއި މިހާރުވެސް ކޮންމެވެސް ކަމެއް ބޮލުގައި އަޅުވާ ފްރޭމްކުރަން އުޅޭ ކަމަށެވެ.

"އިންޑިއާ އައުޓު މައްސަލައިގައި ވެސް އުޅުނީ ފްރޭމް ކުރަން. ކާމިޔާބެއް ނުވި. މިހާރު ވެސް އުޅެނީ ފްރޭމް ކުރަން. މަތީފަޑި ބަދަލުވިޔަސް ތިރި އަދިއޮތީ ހަމަ އޮތް ގޮތަށް. އިންޝާﷲ ހަގީގަތް ހާމަވާނެ. ފަހަތުގައި ތިބި މީހުންވެސް ހާމަވާނެ. ކެރެންޏާ މުބާހަލާ ކުރަން އަންނަންވީ. އެނގިދާނެތާ. ވަޑައިގަންނަވާ." ޒަމްޒަމްގެ ޕޯސްޓުގައިވެއެވެ.

އަރަބިއްޔާ ސްކޫލްގެ ދަރިވަރުންތަކަކަށް ޒަމްޒަމް ފާރިޝް ޖިންސީ ފުރައްސާރަކުރިކަމުގެ ތުހުތަމުތަކެއް ވަނީ ކޮށްފައެވެ. މި މައްސަލަ ފެންމަތިވީ ތައުލީމާ ބެހޭ ވުޒާރާގެ ސަމާލުކަމަށް އެކަން ގެނައުމާ ގުޅިގެންނެވެ. އެހެންވެ އޭނާގެ މައްސަލަ އެ ވުޒާރާ އާއި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ ފުލުހުންނަށް ހުށަހަޅައިފައެވެ.

ފުލުހުން ވިދާޅުވީ 39 އަހަރުގެ ފިރިހެނެއްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަ މިދިޔަ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށާއި މިމައްސަލައާ ބެހޭގޮތުން ބަލަންޖެހޭ އިތުރު ކަންތައް ބަލަމުންދާ ކަމަށެވެ.

އޭނާ ފަރާތުން ޖިންސީ ފުރައްސާރަ ލިބުނު ކަމަށް ބުނާ ދަރިވަރުންގެ ތެރޭގައި އަންހެން ކުދިންގެ އިތުރުން ފިރިހެން ކުދިން ވެސް ހިމެނޭ ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަޅި އަލީ

    ކަލޯ ސިޔާސީ މީހުން ދީނީ މީހަކު މަގއުމަކު އަދި އެއް ކުށެއް ކޮއްފައެއް ނެތް! ވަރަށް މައުސޫމް ބޭފުޅުން ކޮޅެއް މިދެދާއިރާގަ އުޅުއްވާނީ!

    24
    11
  2. ކަދުރު

    ޖިންސީ ފުރައްސާރައޭކިޔާ ފްރޭމްކުރުމަކީ މީހުންގެ ދުވަސްދުއްވާލަން މިހާރު ބޭނުންކުރާ އުކުޅެއް. ތުހުމަތާއި، ސާބިތުވުމާއި ވަރަށް ތަފާތު. ކަަމުގެ ހަގީގަތް އެނގޭނީ ތަހުގީގަށް ފަހު.

    48
    13
  3. އަހުމަދު

    މަޢުޞޫމް ކޮންމެ މުސްލިމަކުވެސް ކުށް ސާބިތުވުމުގެކުރިން!

  4. ސެވް ޒަމޒމ

    ޒަމްޒަމް އެ ހައްދަވަނީ ތެދު. މީ މަގާމުގެ ދަހިވެތިކަމުގަ ސްކޫލްގެ ބަޔަކު އަދީގަ ތިބެ ކުރާ ކަމެއް

    8
    1
  5. ނ

    މަށަށް ވަރަށް ރަގަޅަށް އިންގޭ ތި މީހާ.. ﷲ ކޮންމެ މީހަކަށް ވެސް އެމީހެއް ކުރި ކަމަކަށް ޖަޒާ ދެއްވާނެ. ބައެއްފަހަރު ދުނިޔެ މަތީގައި ވެސް... ﷲ އީ މޮޅަށް ބަލަވާވޮޑިގެންވާ އައްސަވާ ވޮޑިގެންވާ އިލާޙު

    2
    1
  6. ރާކަނި ސައްތާރު

    ތިހިރީ ޒަމް ޒަމް ފެނުން މީހާ ފެންވަރަން ޖެހޭ ހާލަތުގައި...

    1
    4
  7. ރާކަނި ސައްތާރު 2

    ތިހިރީ ޒަމް ޒަމް ފެނުން މީހާ ފެންވަރަން ޖެހޭ ހާލަތުގައި...މިހާރު ހުންނާނީ މި ވަހުސީ މީހާ އަށް ރަގަޅަށް ވެސް ރާކަނި މަސް ފަރީއްކުޅުވިފައި.....

  8. އަލީ

    ކިޔަވައިދޭންވެސް ދިއުން ނިމުނީ. ފފުރައްސާރައަކަށްނުވެ ސަލާމަތްވާނީ ކުދިންނާ ދުރުގަ އުޅެގެން. ނޫނީ ޒިންދަގީ ހިނގައިދާނެ.

    3
    1
  9. އަހުމަދު

    ކޮންމެ މުސްލިމަކީ މަޢުސޫމްމީހެއް ކުށްސާބިތު ނުކިރެވެނީސް!