މާލޭގެ ކޮންމެވެސް އެއް މިސްކިތެއްގައި ހުކުރު ހުތުބާ އިނގިރޭސިން ކިޔުމާމެދު އާންމުންގެ ހިޔާލު ހޯދަން ހުޅުވައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މާލެ ސިޓީގައި ވަރަށް ގިނަ އަދަދެއްގެ މުސްލިމު ބިދޭސީ މަސައްކަތްތެރިން އުޅޭ ކަމަށާއި ކޮންމެވެސް އެއް މިސްކިތެއްގައި ހުކުރު ހުތުބާ އިނގިރޭސިން ކިޔުމާއި ގުޅޭގޮތުން އާއްމުންގެ ހިޔާލު ބޭނުންވާ ކަމަށެވެ.

"މާލެ ސިޓީ ގެ ކޮންމެވެސް އެއް މިސްކިތެއްގަ އިނގިރޭސިން ހުތުބާ ކިޔުމާމެދު ރައްޔިތުންގެ ހިޔާލު ބަލާލަން ބޭނުން. މިހެން މި ދެންނެވީ މަސައްކަތްތެރިންގެ ސުލޫކާއި އަޚުލާގު އަދި ދީންވެރިކަން އިތުރުވުމުގައި އެމީހުން ދަންނަ ބަހަކުން އިއްވޭ ހުތުބާގެ ދައުރު މުހިންމު ކަމަށް ފެންނާތީ." ޝަހީމް ވިދާޅުވިއެވެ.

ވަޒީރު ޝަހީމް ވިދާޅުވީ ރާއްޖެއަކީ ވަރަށް ގިނަ ބިދޭސީން މަސައްކަތް ކުރާ ޤައުމެއް ކަމަށާއި ހާއްސަކޮށް މާލެ ސިޓީ ސަރަހައްދުގަ ވަރަށް ގިނަ އަދަދަކަށް ބޭރުގެ މުސްލިމު މަސައްކަތްތެރިން އުޅެމުންދާ ކަމަށެވެ. އެހެންކަމުން އެމީހުންނަށް އެނގޭ ބަހަކުން ހުތުބާ ކިޔުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ދެކޭ ކަމަށް ވަޒީރު ޝަހީމް ވަނީ ވިދާޅުވެފައެވެ.

އަދި މަސައްކަތްތެރިންގެ ސުލޫކާއި އަޚުލާގު އަދި ދީންވެރިކަން އިތުރުވުމުގައި އެމީހުން ދަންނަ ބަހަކުން އިއްވޭ ހުތުބާގެ ދައުރު މުހިންމުކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ވަޒީރު ޝަހީމުގެ މިހުށަހެޅުމަށް ހިޔާލު ހޯދަން ވަނީ ހުޅުވާލާފައެވެ.

މި ޕޯސްޓަށް ގިނަ ބަޔަކު ދަނީ ކޮމެންޓު ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި ނޭޕާލް، އަދި އިނގިރޭސި ނުދަންނަ ބަންގްލަދޭޝް ރައްޔިތުން ގިނަކަން ވަނީ ފާހަގަކޮށްފައެވެ. އެހެން ބަހަކުން ހުތުބާ ގެނެސްދޭނަމަ އިނގިރޭސި އަދި ބަންގްލަދޭޝް ބަހުން ގެނެސްދޭންވެސް ވަނީ ހިޔާލު ހުށަހަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

39 ކޮމެންޓް

  1. ނަންނު

    ރާއްޖޭގެ އާބާދީގެ 3ބައިކުޅަ އެއްބަޔަކީ ބަންގާލުން. ބަންގާޅު ބަހުން ކިޔަން ފެނޭ

    9
    2
  2. ފާއިޒު

    100% ތާއީދު. ޢަވަހައް ފައްޓަވާދެއްވާ. ޙެޔޮ ދުޢާ.

    5
    5
  3. ސިއްތި

    ހުތުބާ ކިޔަވާނީ ހިރިހާ މިސްކިތެގައު ވެސް ދިވެހިބަހުން އެންމެ މިސްކިތެއްގައި ވެސް އިގެރޭސިބަހުން ހުތުބާ ކިޔާކަ ތާއިދެނުކުރާން އަރިބި ބަހުން ހުތުބާ ކިޔަވީނު މުސްލިމުގެ ރަސްމީބަހަކީ އަރަބި ބަހެއްނޫތަ...

    8
    1
  4. ހާމިދު

    ވަރަށް ރަނގަޅު ޙިޔާލް އެއް. ރާއްޖޭގައި އެބަ އުޅޭ ޕްރޮފެޝަނަލް މަޤާމު ތަކުގައި ބައިވަރު ބޭރު ޤަވްމު ތަކުގެ މުސްލިމުން.

    6
    4
    • Anonymous

      ތިބުނާ ޕްރޮފެޝަނަލް ގިނަ މީހުންނަކީ ހުކުރަށް ދާ ބަޔެއް ނޫން.

  5. ހީނާ

    ހުތުބާގެ ބަދަލުގައި އެމީހުންނަށް އެމީހުންގެ ބަހުން ދީނީ ނަސޭހަތް ދިނުމަށް ޕްރޮގްރާމު ރޭވުން ރަނގަޅުކަމަށް ފެނޭ.

  6. ނަން

    ބަންގާޅުބަހުން ހުތުބާ ކިޔަންވީ.. އިންގިރޭސީންނެއް ނޫޅޭ ދިވެހިރާއްޖޭގައި

  7. ފއކމނފގއމ

    ކާފަރުން ރުއްސަން ކުރާ ކަމެއް. ޚުތުބާގަ ކިޔާ އެއްޗެއް އެމީހުން އެނގެން ބޭނުންވާތީ. އެމެރިކާ އެމްބެސެޑަރު ބާރުލާފަ އިސްލާމިކް މިނިސްޓްރީ އަށް ދުވި ސަބަބު.

    6
    4
  8. ލަޠީ

    ދިވެހިންނަށް ދިވެހިބަސް.. އެހެން ބަހަކުން ޚުތުބާކިޔުމަށް ތާއީދެއް ނުކުރެވޭ.

    9
    1
  9. ޖާލިމް

    މިގައުމުގެ ހުރިހާ މިސްކިތެއްގައިވެސް ޚުތުބާ ކިޔަންވީ ބަންގާޅި ބަހުން. މުޅި ގައުމުގަ ބަންގާޅިން. ދިވެހިންނަށްވުރެ ބަންގާޅީން މިސްކިތަށް އަރާލެއް ގިނަ.

    5
    1
  10. އަލްތާފް

    އިނގިރޭސި ބަހުން ކިޔާފަ ދެން ދިވެހިންވެސް ކިޔާނީ. އެގޮތް މޮޅުވެގެންވޭ. މެލޭޝިޔާ ގަވެސް މިފަދަގޮތަކަށް ކިޔާއުޅޭ.

    2
    4
  11. އަހަންމަދު

    ކަޑައެޅިގެން ދިވެހިންނާ އިދިކޮޅަށް ކުރާކަމެއް.
    ގައުމިއްޔަތާ ދެކޮޅު ކަމެއް.
    ލާދީނީ ކަންކަމަށް ކޮށޭ ކަމެއް.

    މީނަގެ މިނިސްޓަރު ކަމުގަދޯ މުފްތީމެންކު ލައްވާ އިސްލާމީ މަރުކަޒުގަ އިގިރޭސި ބަހުން ޚުތުބާ ކިޔުއްވީ.

    ނަންވާނީ އަންނި. މިކަލޭގެ މިއުޅެނީ އަންނިއަށްވުރެ މާކުރީގަ.

    ކީއްވެބާ އެއްމިސްކިތެއްގަ ބަންގާޅު ބަހުން ޚުތުބާ ކިޔަން ހިތަށްނޭރީ.
    މުސްލިމުންނަކީ އަޚުންނޭ ކިޔައިގެން
    އަޑުއަރުވާނެ. ވީއިރު މިތާ މިއުޅޭ ބަންގާޅީންނަށް ދީނުގެ ޞައްޙަ ގޮތް ދަސްކޮށްދިނުން މާރަގަޅު.

    4
    1
    • Anonymous

      މުފުތީ މެންކަކީ ބޭރުފުށުށް އޮމާންކޮށްގެން އުޅޭ އަޑި ނުބައި މީހެއް. މުފުތީ މެންކަކީ ހުޅަނގުގެ ލާދީނީ އެޖެންޑާއަށް އިސްލާމްދީން ސައިޒުކުރަންއުޅޭ މީހެއް.

      1
      1
  12. ފެރޭތެޔާ

    ބަންގާޅީން ރާއްޖޭގަ ގިނައި އެހެންވީމާ ކޮންމެވެސް އެއްމިސްކިތެއްގައި ބަންގާޅީ ބަހުން ޚުތުބާ ކިޔުން އެއީ ވަރަށް ފެންނަކަމެއް

    6
    1
  13. Anonymous

    ޚުޠުބާ ކިޔަންވީ ބަންގާޅު ބަހުން. އެކަމަށް ޚާއްޞަކުރަންވީ މަސްޖިދުއްތަޤުވާ. އެއީ ރެހެންދި ޚަދީޖާގެ ބައްޕާފުޅު އައްސުލްޠާން ޖަލާލުއްދީން ޢުމަރު ވީރު އެޅުއްވި މިސްކިތެއް. އެ ރަސްގެފާނަކީ ބަންގާޅު ޢާއިލާއަކުން ވަޑައިގެންނެވި ބޭފުޅެއް. މަސްޖިދުއްތަޤުވާގެ ނަން ބަންގާޅު މިސްކިތުގެ ނަމަށް ބަދަލުކޮށް، އެ މިސްކިތުގައި ބަންގާޅު ބަހުން ޚުޠުބާ ކިޔައި ހުކުރުކުރީމާ ރަނގަޅުވާނެ.

  14. ޞި

    ބިގް ނޯ

  15. ކާފަ

    ހިތަށްއަރާ އެއްޗިހި ވަރަށް ގިނަ!
    އެންމެ ގިނައީ ބަންގާޅީން. އިގިރޭސި އެންމެ އެގޭނީ އެވެރިންނަށް ؟؟؟!!

  16. އަލިބެ

    ހިޔެއްނުވެ ތިޔައީ ކަމުދާކަމަކައް ވާނެހެން މިހެން ދަންނަވަން މިޖެހެނީ ބޭރު އެންމެ ބަހަކުން ޚުތުބާ ގެނސްދެއްވަންއުޅުއްވާތީ މިގައުމުގަ މިހާރު އެބައުޅޭ އިންޑިއާ،ޝްރީލަންކާ،މިސްރު،ބަންގުލަދޭޝް މިހެންގޮސް ގިނަ ޤައުމުތަކުގެ މުސްލިމުން އެހެންވެ މިހެން މިދެންނެވީ

  17. Anonymous

    ބަންގްލަދޭޝް ބަހުން ކޮންމެވެސް އެއް މިސްކިތެއްގައި ހުތުބާ ކިޔަންވީ. ޙުރިހާ ބަންގްލަދޭޝް ބޭފުޅުން އެމިސްކިތަކަށް ފޮނުވަންވީ.. އަދި އެމީހުންގެ ހާޒިރީ ބަލައިގެން ރާއްޖޭގައި ބަންގްލަދޭޝް މީހުން އުޅޭ ވަރު އަންދާސީ ސާރވޭއެއް ހެދިދާނެ

  18. Anonymous

    ދިވެހިރާއްޖޭގައި އެއްވެސް މިސްކިތެއްގައި ދިވެހިބަހުން ނޫންބަހަކުން ހުތުބާ ކިއުމަކީ އަޅުގަޑަށް ފެންނަ ގޮތެއްނޫން، ބިދޭސީންނަށް އިސްލާމް ދީނުގެ މައުލޫނާތު އެހެން ގޮތަކަށްވެސް ފޯރުކޮށްލެވިދާނެ !

  19. ރާކަނި ސައްތާރު

    ޙުރިހާ މިސްކިތެއްގައި ވެސް ޢަރަބި ބަހުން ހުތުބާ ކިޔަން ވީ...

    4
    1
  20. ބަންގާޅު

    ރާއްޖޭގައި ގިނަވާނީ ބަނގުލަދޭޝް މީހުން އެމީހުންގެ ތެރޭގައި ގިނަވާނީ އިނގިރޭސި ނޭނގޭ މީހުން އެމީހުނގެ ތެރެއިން ގިނަމީހުން ދިވެއްސަށް ފަރިތަވާނެ އިނގިރޭސި ބަހަށްވުރެ އެހެންވީމާ އެންމެ ގިނަ މީހުނަށް އިނގޭނީ ބަންގާޅު ބަހުން ކީމަ

  21. އަހައްމަދު

    ދިވެހި ބަހަށް އިސްކަންދޭން އައިސްސަ އިނގިރޭސިއަށް ޚުތުބާ ބަދަލު ކުރީމަ އެވީ ކޯއްޗަކަށް.. ދިވެހި ނޭގޭ ދިވެއްސެއް ނުހުންނާނެ. ބޭރުބަޔަކަށް އަމާޒުކޮށް ޚުތުބާ ކިޔަންޏާ ބަންގްލަދޭސް ބަހުން ކިއުން މާރަނގަޅު. އެމީހުންނަކީ ބަރާބަރަށް ހުކުރަށްދާ އަދަދު ގިނަބައެއް. އިނގިރޭސި ބަހުން ކިޔަން ވިސްނަންވެސް ޖެހޭ ސަބަބެއް ނުވިސްނޭ.

  22. ޢަހަންމަދު

    ދިވެހި ބަހަށް އިސްކަންދޭން އައިސްސަ އިނގިރޭސިއަށް ޚުތުބާ ބަދަލު ކުރީމަ އެވީ ކޯއްޗަކަށް.. ދިވެހި ނޭގޭ ދިވެއްސެއް ނުހުންނާނެ. ބޭރުބަޔަކަށް އަމާޒުކޮށް ޚުތުބާ ކިޔަންޏާ ބަންގްލަދޭސް ބަހުން ކިއުން މާރަނގަޅު. އެމީހުންނަކީ ބަރާބަރަށް ހުކުރަށްދާ އަދަދު ގިނަބައެއް. އިނގިރޭސި ބަހުން ކިޔަން ވިސްނަންވެސް ޖެހޭ ސަބަބެއް ނުވިސްނޭ.

  23. ޝެއިޚް އަޖުމަލް.

    ދިވެހިބަހުގެ މިނިސްޓްރީ، އެއް އުފައްދާފަ، ދެން ކީއްކުރާނީ.

  24. ސިމާ

    އެއްވެސް މިސްކިތެއްގައި އިނގެރޭސި ބަހުން ހުތުބާ ކިޔާނެކަމެއް ނެތް. ކޮންމެ ގައުމެއްގައިވެސް ހުތުބާ ކިޔަނީ އެގައުމެއްގެ މާދަރީ ބަހުން.

    5
    1
  25. Anonymous

    ބަންގްލަދޭޝް ބަހުން ޙުތުބާ ކިޔަންވީ.. ހުރިހާ ބަންގްލަދޭޝް މީހުން އެމިސްކިތަށް ދާނީ

  26. Anonymous

    ދިވެހިބަސް ފިޔަވާ އެހެން ބަހަކުން ހުކުރު ހުތުބާ ދޭނަމަ އަރަބިބަހުން ދޭންޖެހެނީ އެއީ މޮޅުއިތުރު ގޮތަކީވެސް ހުތުބާ އެއީ ހުކުރު ނަމާދުގެ ބަޔެއް އެހެންވީމާ ހުތުބާވެސް އަސްލު ކިޔަންވީ ރަސޫލާގެ އަމަލު ފުޅާއިވެސް އެއްގޮތަށް އަރަބިބަހުން !

    8
    2
  27. އެޑިޓް

    ތިޔޭ ދީން ކިޔަވައިގެން ތިބެ ކިޔާ މޮޔަވާހަކަ.. ދެން ތިވެސް މޮލުކަމަކަށް ހަދަން ތި އުޅެނީ..
    ތީތި ކަޑަ!

    3
    1
  28. Anonymous

    ދިވެހިންގެރާއްޖެ އަކީ ބަނގުރަލާއި އޫރުމަސް ވިއްކަންޖެހޭ ވަރުގެ ފަޤީރު ޤައުމެއްނޫން އެޔަށްވުރެން މާމުއްސަދި ވިއްކާނެ އެއްޗެހި ހުރި ޤައުމެއް، އޫރު މަހުގެ ބަދަލް ގައި ތަފާތު ކަނޑުމަސް، ބަނގުރަލުގެ ބަދަލުގައި ކުރުބާ ފަނި ތަފާތު މޭވާޖޫސް ވިއްކިދާނެ ޤައުމެއް !

  29. އަހަންމަދު

    ރައީސް މުޢިއްޒުގެ " ފުރަތަމަ ދިވެހިން/ދިވެހިރާއްޖެ " މޮޓޯ އާއި ފުށުއަރާ ކަމެއް. ހަމަ އެގޮތަށް އޭޓީއެމް ތަކުގަވެސް ފުރަތަމަ އިގިރޭސިން.

    އިސްމަގާމުތަކަށް މީހުން އައްޔަންކުރުމުގެކުރިން އެމީހުންގެ ޕާރސްޕެކްޓިވްއެއް ހޯދުން ރަގަޅު.

  30. ދެބޯގެރި

    ދީނޭ ކިޔައިގެން މޮޅުވާހަކަދައްކާފަ އާކަމެއްކޮށްލާން ހިޔާލަށް އައީތަ؟ މިޤައުމުގަ ބަނގުލާދޭސްގެ އެތަށްހާސް ރައްޔިތުންނެއް އެބަ އުޅޭ ކީއްވެ ބަންގާޅު ބަހުން ހުތުބާކިޔާ ޚިޔާލު ފާޅު ނުކުރީ؟ ތީ މޮޅުކަމެއް ކުރީމޭ ބުނަން ޖަހާ ސަކަރާތެއްކަން އެބަ އެނގޭ

  31. ޢިބުރޭ

    ކިހިނެއްތޯ ތިޔަވަނީ އާވެގަނެގެން ކޮންގައުމެއްގަތޯ އެގޮތައްކަންތައްކުރަނީ ތިޔަކަންކަމާ ހަވާލުވަނީ ކީއްކުރަން އެހައްރާއްޖޭގެ ރައްޔިތުންނަށް ދީން ރަނގަޅައް އުަގަންނަވައިދީބަލަ ބޮޑުވަރުދޯ، ތިޔައްތުރެން ރަނގަޅު ކަންނޭނގެ ބަންގާޅުބަހުން ކިޔަސް

  32. ހަސަން

    އިސްލާމްދީނަކީ ދިވެހީންގެ އެއްޗެއްނޫން ހަމައެކަނި! މިސްކިތަކީ ހަމައެކަނި ދިވެހީން ނަމާދުކުރާ ތަނެއްނޫން!

    2
    1
  33. ހެހެ

    މުހިއްމ ކަމެއ. ޝުކުރިއްޔ ހިޔާލ ހޯދާތީ

  34. ބަރުގޮނު

    ތިޔަ ޚިޔާލު ރަގަޅުކަމަށް އަޅުގަޑަށް ދެންނެވޭނީ ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އެކި ބަސްބަހުގެ އަހުލުވެރިންނަށް ޚާއްޞަ މިސްކިތްތަކެއް ވަކިން ހަދާނަމަ. އެއީ ބަންގާޅީންނަށް ބަންގާޅުބަހުން ޚުޠުބާކިޔާ ، އިންޑިއާ މީހުންނަށް މެލެޔާޅަންބަހުން ޚުޠުބާކިޔާ މިސްކިތްތައްވެސް ހުންނަންޏާ...

  35. ފުރަތަމަ ދިވެހިން ހަމަމަގަށް އަޅުވަބަލަ

    ބިދޭސީންނާއި މެދު ވިސްނަންޖެހޭނީ ދިވެހިންނަށް ފަހުގައެވެ. މިޤައުމުގެ ދެޖިންސުގެ މެޖޯރިޓީ ޒުވާނުންނަކީ ނަމާދާއި ދުރު، ދަންވިދަންވިހެން ކެފޭ ތަކުގައި، ކޮފީ އާއި ސިނގިރޭޓް ބޯން ތިބޭ މީހުންނެވެ. ފުރަތަމަ އެމީހުން ހަމަ މަގަށް އަޅެވޭތޯ ބައްލަވާށެވެ!

  36. ރިވެތި

    ވަރައްރަގަޅު ކަމެއް ނިއްމެވުމުގެ ކުރިން ރައްޔިތުންގެބަސް ހޯދުން ނަމަވެސް ހިތާމަޔަކީ ކިތައްމެ ރަނގަޅުކަމެއް ކުރަންއުޅުނަސް ދެވޭހިޔާލުގަވެސް އެތިވަރުގޮވާތީ ބިނާކުރަނިވި ހިޔާލު ދެއްވާ ވަރައް ތާއީދު ލިބޭހިޔާލުތަކުގެ މައްޗައް ކަންކުރަންނިންމަވާ

  37. ޢަލީ

    ޔޫޓިބުން އިނގިރޭސިން ދީނީނަސޭހަތް އަޑުއަހާ މީހުންނަށް އޯކޭވާނެހެން ހީވޭ! މަށަށްވެސް އޯކޭ!