ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯގެ މަގާމަށް ފާތިމަތު މުހައްމަދު ސާލިހު (ފާތޭ) އައްޔަންކުރައްވައިފިއެވެ.

މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު "ވަގުތު" އަށް ވިދާޅުވީ، މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯގެ މަގާމަށް ފާތޭ މިއަދު އައްޔަންކުރައްވާފައިވާ ކަމަށެވެ.

ފާތޭއަކީ ތިން ރައީސުންގެ އަރިހުގައި ރައީސްގެ ސެކްރެޓަރީއެއްގެ ގޮތުގައި ހުންނެވި ބޭފުޅެކެވެ. އެގޮތުން ރައީސް މައުމޫން އަބްދުލްގައްޔޫމު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދި ރައީސް ސާލިހުގެ ސެކްރެޓަރީއެއްގެ މަގާމު އޭނާ ވަނީ އަދާކުރައްވާފައެވެ.

އެހެންނަމަވެސް ރައީސް ސޯލިހުގެ ވެރިކަން ނިމުމަކަށް އައުމުން އޭނާވެސް ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

ރައީސް ސޯލިހުގެ އެއްބަޑުއެއްބަފާ ކޮއްކޯފުޅު ފާތިމަތު މުހައްމަދު ސާލިހު ޚިދުމަތަށް ނިކުންނެވީ މީގެ 37 އަހަރު ކުރިން، 1986ގެ ފެބްރުއަރީގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ރައީސް އޮފީހުން ބޭރުކޮށްލެވުނީ.

  2. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    ޒަމާން ބަދަލު ވެއްޖެއެވެ. އެ ޒަމާނު ގައި ތަޖުރިބާ ތަޖުރިބާ އޭ ކިޔަސް މިޒަމާނު ގައި ބޭނުމީ ތަޢުލީމާއި ތަޖުރިބާ އެވެ. މި ޒަމާނަކީ އޯ.ލެވެލް އިން ފެއިލް ވެފައިވާ މީހުނަށް މަތީ މަޤާމު ދިނުމުން އެ ޕާޓީ އެއްގެ އަގު ވެއްޓި، ރައްޔިތުން ނުކުމެ ވޯޓުން ބަދަލު ހިފާ ޒަމާނެވެ. ވެރިކަން ވެއްޓުނީ ވެސް މި ޒާތުގެ ކައްތައް ކުރީމައެވެ. ހޭ އަރާނީ ކޮން އިރަކުން ބާއެވެ!

  3. އަހަރެން

    ކޮންމެ ސަރުކާރެއްގައިވެސް އައްޔަނު ކުރައްވާތީ ވަރަށް އުފާވޭ. ސުކުރިއްޔާ . ޑޮކް މުއިއްޒު

  4. ކަންކުން

    ޥެރިކަމުން ފައިބާހުރެވެސް އަދިވެސް ބާރެއްލިބެން އޮތްތާކިން އާއިލާ މީހުންނައް ވަޒީފާ ދެނީ

  5. އަހުސަން

    ފާތޭ ރައީސް އޮފީހުގައި ހުންނަން އެންމެ ރަނގަޅީ. އެކަމަކު އޭނާގެ ބޭބެ ވާދަކޮށް ހޫނުވެގެން ދިޔަ އިންތިޚާބަކަށް ފަހު ރައީސް އޮފީހުގައި ނުހުންނަވަން ނިންމެވީ ވެސް ރަނގަޅު ނިންމެވުމެއް.