ފާއިދުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭވެހުނީ މާލެ އަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓް އިން ވަނީ އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވާރޭވެހިފައިވާ އަދަދުތަކުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.

އެ ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ މާލެއަށެވެ. މާލެއަށް 33.3 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ތަފަށްހިސާބުތަކުން ދައްކައެވެ. ދެން އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ތަފާސްހިސާބުތަކުން ދައްކަނީ ހުޅުލެއަށެވެ. ހުޅުލެއަށް 31.2 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.

ފާއިދުވެދިޔަ 24 ގަޑިއިރު ވާރޭގެ ތަފާސްހިސާބުތައް:

  • ށ. ފުނަދޫ - 1.4 މިލިމީޓަރު
  • ބ. ދަރަވަންދޫ - 7.0 މިލިމީޔަރު
  • މާލެ - 33.3 މިލިމީޓަރު
  • ހުޅުލެ - 31.2 މިލިމީތަރު
  • ހުޅުމާލެ - 18.3 މިލިމީޓަރު
  • އއ. ތޮއްޑޫ - 27.8 މިލިމީޓަރު
  • މ. މުލި - 3.6 މިލިމީޓަރު
  • ސ. ހިތަދޫ - 7.5 މިލިމީޓަރު

ފާއިތުވެދިޔަ 24 ގަޑިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރާފައިވާއިރު މިއަދު އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖާދު

    މިލިލީޓާރު ގެ މާނައަކީ ކޮބައިތޯ؟