މަސް ކިރައިގެން މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން މިރޭ 106 މިލިއަން ރުފިޔާ ދެވޭނެ އިންތިޒާމު ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވާފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ވިދާޅުވީ، މިވަގުތު މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަސްކިރާފައި ނުލިބި ހުރި ފައިސާ ލަސްވާ ލަސްވުން ކަމަށެވެ. އަދި މިގޮތަށް ލަސްވުމުގެ ސަބަބުން މަސްވެެރި އާއިލާ ތަކުގެ ޒަރޫރީ އެތައް ކަމަކަށް ވަރަށް ބޮޑަށް އުނދަގޫވެފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ގެ ވިސްނުންފުޅަކީ މިކަމަށް ދާއިމީ ހައްލެއް ގެނެވޭނެ ގޮތަށް ކަންކަން ތަރުތީބު ކުރެއްވުން. އެކަމަށް ހުރި ހިރާސްތައް ނައްތާލެއްވުމުގެ މަސައްކަތްޕުޅު ބާރަށް ކުރިޔަށް އެބަގެންދަވާ.". ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، 106 މިލިއަން ރުފިޔާ މިރޭ މަސްވެރިންނަށް ދެވޭނެ އިންތިޒާމުވެސް މިހާރު ރައީސް ހަމަޖައްސަވާފައިވާ ކަމަށާއި އަމާޒަކީ ދާއިމީ ޖުމްލަ ހައްލެއް ހޯދުން ކަމަށެވެ.

ވަޒީރު ޝިޔާމް މީގެ ކުރިން ވިދާޅުވިގޮތުގައި، މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ލަސްތަކެއްނުވެ ހޯދާނެއެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި މަސްވެރިންނަކީ ވަރަށް އަވަހަށް މަސްކޮޅު ކިރާލާފައި ފައިސާކޮޅު ލިބެން އުންމީދު ކުރާ ބައެކެވެ. އެ ފައިސާ ނުލިބި ހޭދަވާ ކޮންމެ ދުވަހަކީ ދިރިއުޅުމުގެ ހަރަދުތައް ފޫބެއްދުމަށްޓަކައި ވަރަށް ބޮޑެތި ގޮންޖެހުމާއި ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޢަލީ

    ވ. ބ. ޝުކުރަން

    4
    1
  2. ކޮވިޑް

    ވޯޓާ ކައިރިވީވީހެން ފްލެޓާ ގޯތި ދިން އުސޫލުން ޑިސެމްބަރ 10 ގަ ރުފިޔާ ދޭ އުސޫލު ނުގެން ގުޅުއްވާނެ ކަމަށް އުމްމީދު ކުރަން. މިނިސްޓަރ ޝިޔާމު އަށްވުރެ ވަކިން މަސްވެރިންގެ ހާލަތު އިނގިލައްވާނެ ވެރިއަކު ސަރުކާރުގަ މަދުވާނެ. އިންޝާﷲ ޝިޔާމް ކުރާނެ ކޮށް ދޭނެ.

    11
    3
  3. ކޮންތާކުން ތޯ ފައިސާ ހޯއްދެވީ؟

    ގައުމު 100 މިލިއަނުން މައްޗަށް ދަރާފައި އޮތްކަމަށް ރ. މުޢިްޒު ވިދާޅުވެ، އެދަރަނި އަދާ ނުކުރައްވައި، މަސްވެރިންނަށް ދެއްވަން، އެންމެ 2 ހަފްތާތެރޭގައި 106 މިލިއަން ހޯއްދެވި ގޮތެއްވެސް ހާމަކޮށްދެއްވާށެވެ!

    6
    2
  4. މުޒޫ

    ކޮންމެ މީހަކުވެސް މަސައްކަތް ކުރަނީ ، ކުރާމަސައްކަތުގެ އުޖޫރަ ހިތުހުރިހާ ދުވަހަކުން ދޭކަށްނޫން، ކުރާމަސައްކަތެއްގެ އުޖޫރަ އަވަހާލިބުނީމަ ދެންހުރި ޒަރޫރީބޭނުންތަށް ފުއްދޭނީ... ތިޔަ މިނިސްޓަރުން ނަން އަދި 1 މަހު މުސާރަ ނުލިބުމަކުން ބާވަތެކޭވެސް ހިތަކަށްނާރާނެ.. އަވަހާ ލާރި ބަރޯއެއް ލިބުނަސް ގަންނަން ލިބެނީ ނުލާހިކު ކުޑައެތިކޮޅެއް.. ތަކެތީގެ އަގު އެހާބޮޑު،،

    5
    1
  5. ޕާކް

    ދަރަނިވެރިވެފަ އޮތް ގައުމުން ކޮންތާކުން ނެރޭ ފައިސާއެއްބާ.

    5
    2
  6. ޙެހެހ

    ރާއްޖޭގެ މާލީ ހާލަތަށް ބަލާފަ ، މިވަގުތު ރާއްޖޭގައި ތިބި މަސްވެރިންނާއި މިނިސްޓްރީ ގުޅިގެން ' މަސްވެރިންގެ ފަންޑް' އެއް ހަދަން ފެނޭ ، މިކަން ވެއްޖެނަމަ ރާއްޖޭގެ އެކި ހިސާބުތަކުގައި މަސްކިރުމަށް އިތުރު ކެޕޭސިޓީތައް ތަރައްޤީ ކުރުމަށް މަސްވެރިންގެ ޚިއްސާވެސް ލިބޭނެ ، ދައުލަތަށްވެސް ތަރައްޤީ ކުރަން ކުރަން ތިބެން ނުޖެހޭނެހެން ހީވަނީ ، އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ ފަހުން ލިބޭ ފައިދާ ބޮޑުވާނެކަމަށްފެނޭ

    5
    1
  7. Anonymous

    މަސްވެރިންނޭ ބުނީމާ އޮޅިއްޖެ. އެއް ބަޔަކު ބުނަނީ އެއީ ދޮށީގެ މަސްވެރިކަމޭ. ކަންނެލިވެރިކަން އެއީ ވަކި އެއްޗެކޭ. ކަންނެލީގެ ލާރިވެސް މިހާރު ލިބެނީ އެއް ބުރު ޖަހާފައި ރަށަށް ގޮސް ތިން ހަތަރު ދުވަސް ފަހުން ކުރިން ޖެހި ބުރުގެ ލާރި.
    އެހެންވީމާ " މަސްވެރިކަން" މި މަފްހޫމް ތަރުޖަމާކޮއްލަ ދިނުން އެދެން.

    9
    3
  8. ވަހީ

    ޑރ. މުއިއްޒު ކިތަންމެ ރަގަޅު ކަމެއްކުރެއްވިއަސް ހިތްނުރުހޭ ނުވަތަ ޒާތީ ގޮތުން މިވެރިކަމާއި އިދިކޮޅަށް ޓުވިޓަރ ގައާއިއެހެނިހެން ގޮތްގޮތަށް ދިމާ ކޮށް އުޅޭ މީހުން ތަކަކަށް ނުފެންނާނެ. ކޮންމެ ވެރިއެއް ކުރިއަސް ރަގަޅު ކަމެއް ބަލައިގަންނަންޖެހޭނީ ރަގަޅުކަމެއްގެ ގޮތުގަ. އިސްލާމްދީނުގަ ފިތުނަ ފަސާދަ އުފައްދާ މީހުންނާޢި ދޮގު ތުހުމަތުތައް އެހެން މީހުންގެބޮލުގަ އަޅުވާ ފަރާތްތަކަށް ހުރި އަޒާބު އާއިދޭތެރޭ ވިސްނާލި ނަމަހިޔެއްނުވޭ މިބާވަތުގެ ކަންކަންކުރާނެހެނެއް. . ރައްޔިތުން ޤަބޫލު ކުރާނެ ކުރެވޭނެހާ ފަށުވި އިބާރާތަކުން ތިޔަ ފިތުނަވެރި ބަސްތަކާއި ޚަބަރުތައްފެތުރީމަ ޤަބޫލު ކުރާ ދިވެހި ރައްޔިތުން ވަރަށްމަދު. ރެއާއިދުވާލު ހުކުރެއްހޮނިހިރެއް ނެތި މުޅިހަފްތާގަފަތުރަމުން ތިޔަގެންދާ ބޭކާރު ވާހަކަ ތަކާ މީހުންގެ ބޮލުގައަޅުވާ ދޮގު އިލްޒާމް ތައް ހުއްޓާލުމަށް ދިވެހި ރާޢްޖޭގެ އިސް ރައްވެއްސެއްގެ ހައިސިއްޔަތުން ނަސޭހަތްތެރި ވަން. މާތްﷲ މިކަހަލަ އެންމެހާނުބައި ކަންތައް ތަކުން އަޅަމެން ސަލާމަތް ކުރައްވާހެޔޮވިސްނުން މިންވަރު ކުރައްވާނދޭވެ. އާމީން.