ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޓާސްކް ފޯސް ޓީމުގައި މަސައްކަތް ކުރާނެ މުވައްޒަފުން ހޯދުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ.

އީސީން ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024 ގެ ޓާސްކްފޯސް ޓީމުގައި މަސައްކަތްކުރާނެ މުވައްޒަފުން ހޯދުމަށް އެ ކޮމިޝަނުން މި މަހުގެ 23 އަދި 24 ވަނަ ދުވަހުގެ ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށް ދަރުބާރުގެ ރަންނަބަނޑޭރި މާލަމުގައި ވޯކްއިން އިންޓަވިއުއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

އެ އިންޓަވިއުގައި ބައިވެރިވާ ފަރާތްތަކަށް ވަޒީފާގެ މައުލޫމާތު ދިނުމާއި ފޯމު ފުރިހަމަކޮށް ހުށަހެޅޭ އިންތިޒާމުގެ އިތުރުން އިންޓަވިއުކުރުމާއި އިމްތިހާނު ހެދުމުގެ ނިޒާމުވަނީ ހަމަޖެހިފައި ކަމަށް އީސީ އިން ބުނެއެވެ.

ވަޒީފާއަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން އައިޑީ ކާޑު އަދި ތައުލީމީ ސެޓްފިކެޓްތަކާއެކު ވަޑައިގަތުމުން ޝަރުތުހަމަވާ މަގާމުތަކަށް ކުރިމަތިލުމުގެ ހުރިހާ އިންތިޒާމްތަކެއް ހަމަޖެހިގެންދާނެ ކަމަށް ވެސް އީސީން ބުނެއެވެ.

އީސީން ބުނީ އެ ވަޒީފާގެ ފުރުސަތު ހުޅުވާލާފައިވަނީ އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންނަށް ކަމަށެވެ. ފުރުސަތު ހުޅުވާލާފައިވަނީ ފައިނޭންސް، ހައުމަސް ރިސޯސް، މެނޭޖްމަންޓް، އައިޓީ، ގްރެފިކްސް، ޑިޒައިނިން، ފޮޓޯގްރަފީ، މީޑިއާ، ގާނޫނީ ދާއިރާ އަދި އިދާރީ ދާއިރާއިންނެވެ.

ފުރުސަތު ހުޅުވާލާފައިވާ މަގާމުތައް:

  • ގައުމީ ކޮންޕެލެއިންޓްސް ބިއުރޯގެ މެންބަރު - 2
  • އެސިސްޓެންޓް މެނޭޖަރު - 1
  • ގްރެފިކްސް ޑިޒައިނާ - 2
  • ސީނިއާ އޮފިސަރު (މީޑިއާ) -1
  • ސީނިއާ އޮފިސަރު (ފޮޓޯގްރާފާ) - 1
  • ސީނިއާ އޮފިސަރު - 18
  • ލޮޖިސްޓިކް އޮފިސަރު - 2
  • ޓެކް އޮފިސަރު - 2
  • ޓެކް އޮފިސަރު - 4
  • އޮފިސަރު - 135
  • އެސިސްޓަންޓް އޮފިސަރު - 10
  • ސެކިއުރިޓީ އޮފިސަރު - 5
  • ސަޕޯޓް އޮފިސަރު - 5
  • މަސައްކަތު - 3
  • ޑްރައިވަރުން - 2

މަޖިލިސް އިންތިހާބު ބާއްވާނެ ވަކި ދުވަހެއް އަދި ކަނޑަނާޅައެވެ.

ކިޔުންތެރިންގެ ހިޔާލު