ރާއްޖޭގެ ޖުވެނައިލް ކޯޓުގެ ވެބްސައިޓު އިންޑިއާގެ ހެކަރުންގެ ނެޓްވޯކަކުން ހެކް ކޮށްފިއެވެ.

އެ ވެބްސައިޓު ހެކް ކުރުމަށްފަހު، ހެކް ކުރި ގްރޫޕުން ބުނެފައިވަނީ އެމީހުންނަކީ "ބާރަތިޔާ ހެކަރުން" ކަމަށާއި އެ ވެބްސައިޓް ހެކް ކޮށްފައިވަނީ ސަރުކާރުގެ އިސް ބައެއް ބޭފުޅުން އިންޑިއާ އަށް ބަދު ބަސް ބުނެ، ފުރައްސާރަކޮށް ދެއްކެވި ވާހަކައިގެ ސަބަބުން ކަމަށެވެ.

އެ ސައިޓުގައި ވަނީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ، މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ، ހަސަން ޒިހާންގެ ނަން ވެސް ފާހަގަކޮށްފައެވެ. އެބޭފުޅުންގެ ނަން ފާހަގަކޮށް ބުނެފައިވަނީ އެބޭފުޅުންގެ ވާހަކަތަކަކީ ހަމައެކަނި ލަދުވެތި ވާހަކަތެއް ނޫން ކަމަށާއި އެއީ އިންޑިއާގެ ޑިޕްލޮމެޓިކް ގުޅުމަށް ވެސް ގެއްލުން ހުރި ވާހަކަތަކެއް ކަމަށެވެ.

އަދި އިންޑިއާގެ ފަރާތުން ރާއްޖެއަށް ލިބިފައިވާ އެހީތެރިކަމާއި ތާރީހީ އެއްބާރުލުން ހަނދާން ކޮށްދެމުން ސައިޓުގައި ލިޔެފައިވަނީ އިންޑިއާގެ ސަގާފަތާއި ދެކޮޅަށް އިހާނެތި ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ރައީސް، ޑރ. މުހައްމަދު މުއިއްޒު އާއި ޝިއުނާ ފަދަ ބޭފުޅުން ތިބުމުން ދައްކުވައިދެނީ ރާއްޖެ އޮތް ނިކަމެތި ހާލު ކަމަށެވެ.

ޖުވެނައިލް ކޯޓުގެ ވެބްސައިޓް ހެކް ކޮށްފައި

އެހެން ކަމުން އެ ވެބްސައިޓް ހެކް ކުރުމަކީ އެއީ "އިންޒާރެއް" ކަމަށް ދެކެން ވެބްސައިޓުގައި ވަނީ ލިޔެފައެވެ. ކުރިއަށް އޮތްތާ އެފަދަ ވާހަކަތައް ދައްކާނަމަ، އެކަން ބަލައި ނުގަންނާނެ ކަމަށާއި ރާއްޖޭގެ ސައިބަ ސްޕޭސްއަށް އަސަރު ކުރާނެ ފަދަ ފިޔަވަޅު އެޅުމުގެ ގާބިލުކަން ލިބިގެންވާ ކަމަށް ވަނީ ބުނެފައެވެ. އަދި މަސްލަހަތު އެންމެ ރަނގަޅު ގޮތަކީ އެފަދަ ކަންކަމަށް ހިތްވަރު ދިނުން ހުއްޓާލުން ކަމަށް ވެސް ވަނީ ބުނެފައެވެ.

ވެބްސައިޓުގައި ޒިހާންގެ ނަން ލިޔެފައި އޮތް ނަމަވެސް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ލަކްޝަދީޕަށް ކުރެއްވި ދަތުރުފުޅުގައި އެ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭ ވީޑިއޯ އާންމު ކުރެއްވުމުން އެބޭފުޅުން މޯދީ އަށާއި އިންޑިއާއަށް ކުޑައިމީސްކޮށް މީސް މީޑިއާގައި އިންޑިއާއާ ދެކޮޅު ތަފާތު ޝުއޫރުތައް ފާޅުކޮށްފައިވާ މައްސަލައިގައި މަގާމުން ސަސްޕެންޑް ކޮށްފައިވަނީ މަލްޝާއާއި ޝިއުނާގެ އިތުރުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ، އަބްދުﷲ މަހްޒޫމް މާޖިދުއެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ހނހ

    މި މީހުންނައް ވާގަވަރި ވަނީ އެންޑީޕީ ގެ ބޮޑުން ވެސް

    112
    2
  2. ޖަމަލު

    އަޅާނުލާ ތިހާ ދަށްފެންވަރުގެ އިންޑިއާގެ މީހުންނާ. އެހެންގޮތެއް ހޯދަންއުޅޭ

    113
    6
  3. މާޟި

    ރަޢީސް ޗައިނާ އައް ދިއާމަ ހާދަ ވަރެކޭ މިވަނީ، ވަކިބަޔަކު ބުނާގޮތަކައް ނޫނޭ ގައުމު ރައީސް ހިންގަން ހަވާލުކުރީ މޮޔަވަނީ އަދި ކުރާނެ މިއައް ވުރެ ބޮޑެތި ކަންތައް ވެސް

    12
  4. ހައްގު

    މޑޕ ކާއިނުންގެ ކަމެއް!

  5. އަލީ

    ނަސީބެއް އިންޑިއާ އައް ގައުމު އެއްލޮއް ނުދެނީސް ދުއްޕާނުން ސަލާމަތް ވިކަން

    11
    1
  6. ބޮޑުރަސްގެފާނު

    ވ. ދެރަކަމެއް. މިއީވެސް މިއަދު ހަނގުރާމައެއް

    8
    1
  7. ހުސެން

    ކޮބާ އިންޑިޔާގެ މިނިސްޓަރ ރާއްޖެ ހިފާލަން ބުނި ބުނުން މިކަމަށް އޭނަލައްވާ ހައިކޮމިޝަނުން މާފަށް އެދުމަށް ދިވެހި ސަރުކާރަށް ގޮވާލަން ..

    14
  8. ހައިކޮމް

    ހައިކޮމިޝަނަރު ހާޒިރުކޮށް މި ވާހަކަ ދައްކާކަށް ނުވޭތަ؟ މިކަން ބަލަންޖެހޭނެ!

    9
    1
  9. ޙޖމ

    އިންޑިއާ އަށް ބަރޯސާވުން ހުއްޓާލަމާ

    11
  10. ޙސހސ

    ޗޯރޭ ދިޔައީ ރާއްޖޭގެ ހުރިހާތަނެއްގެ ސާރވާތަކާއި އެހެނިހެން ތަންތަން އިންޑިޔާއަށް ހެކުރެވޭ ވަރަށް ދީފަ. ބަލަންތިބެއްޖެޔާ މިޔަށްވުރެއް ވަރުގަދަ ހަމަލާ ދޭނެ. އަވަސް ފިޔަވަޅުތަކެއް ޗައިނާގެ އައި.ޓީ އެކްސްޕާރޓުން ގެނެސްގެން ނުކޮށްފިނަމަ އިޔާދަނުކުރެވޭނެ ވަރުގެ ކަމެއް އެމީހުން ކޮށްފާނެ. ޢިންޑިޔާ އަކީ މިރީޖަންގެ ދަތްޖާލުންގެ ކިއްލާ.

    11
  11. މަރޭ

    އިންޑިޔާ ގެ ވިސް ނުން އޮތީ މިގައުމު ތަރަގީ ކުރާކަށް ނުން. އެކަން ވަރަށް ސާފު. މިކަން ޖެހުނީ މިގައުމަށް އައި ވެރިކަމެއް ގެ ސަބަބުން.

    31
    1
  12. Anonymous

    ތިޔަފެންނަނީ ކުރިން އޮތް ގުޅުމުގެ ގާތްކަން. ބޮޑުފޮށީގެ ތަޅުދަންޑިޔާއި، އަންނަންއޮތް ކަނޑިއްކިގަނޑު ވެސް އޮތީ ދީފަ ތޯއްޗެއް!

    26
  13. ދިދަޖެހި ކާރު

    ތިޔަފެންނަނީ ކުރިން އޮތް ގުޅުމުގެ ގާތްކަން. ބޮޑުފޮށީގެ ތަޅުދަންޑިޔާއި، އަންނަންއޮތް ކަނޑިއްކިގަނޑު ވެސް އޮތީ ދީފަ ތޯއްޗެއް!

    14
  14. މަ

    ތީ ރާއްޖެ ބަޔަކު ކޮށްގެން އުޅޭ ކަމެއް، ތިހާ އޮމާން ކޮށް ލިޔާކަށް އިންޑިއާ މީހުންނަކަށް ނޭނގޭނެ

    13
    4
  15. މޑޕ

    ގައުމަށް ޢައްދާރުވާ މީހުން ހޯދާ ފިޔަވަޅު އަޅާ!

    22
    1
  16. ފަޒީލް

    އިންޑިއާގެ ނޮހޮރުއްޕާން މަބޮޑުވަނީ މި ދެން މިޤައުމުގައި މިދިޔަ ސަރުކާރުން ގެނައި ހުރިހާ އިންޑިއާ ލޭބަރުން ްަނބުރާ ޤައުމަށް ފޮނުވާލާ

    26
  17. މުޙައްމަދު

    މިކަމުންވެސްް ދޭހަވަނީ އިންޑިޔާގެ ބާރުގެ ދަށަށް ދިވެހިން ގެންގޮސްފައިވާ މިންވަރު އަދި ގެންދަން ބޭނުންވާ މިންވަރު. ދިވެހިންގެ ބަޔަކު އަޑިގައި ތިބެގެން ނޫނީ މިވަރު ކަމެއް ނުހިނގާނެ. އިންޑިޔާއިންވެސް ޖެހޭނެ މިކަން ހުއްޓުވަން. އިންޑިޔާ މިލިޓަރީ އައުޓް

    24
    1
  18. ޑުނިޔެ

    ޭއެހެނ ގޮތެއް ހޯދާ
    ދުނިޔޭގައި އެހެން އަވައްޓެރިން ވެސް އެބަތިބި
    ބޭސް ފަރވާ އަށް ހޯދޭނެ އެހެން ޤައުމުތައް އެބަތިބި
    ޜާއްޖެއަޢް އެހީވީ ހަމަޢެކަނި ތިބުނާ ޤއުމަކުން ނޫން
    ކާބޯ ތަކެއްޗާއި މުދާ އުފައްދަނި ހަމަ އެކަނި ތިވެރިންނެއް ނޫން
    މިހިސާބައް ކަނތައް ދިޔައީ އެ ބުނާ ބައެއްގެ ވެސް ސަބަބުތަކަހުރެތާ!

    17
  19. ހުސެން

    މީ ހަމަ ހުސް އެމްޑީޕީ އަޑީގައި އޮވެގެން ކުރުވާ ކަންކަންކަމަށް ބެލެވެނީ އަދިވެސް ބަލައިނުލައި އެވެރިންނަށް މަގާމުތައްދެމުންދާވާހަކަވެސް އަޑުއިވޭލޭ މަދެއްނުން ، ވިސނަންޖެހޭ ކަމެއްމިކަމަކީ

    19
  20. ޙެހެހ

    ޙެވޭ ކޮންމެކަމެއް ކުރިއަސް ، އިންޑިއާ މީހުންނައި މިނިސްޓަރުން ދިވެހި ޤައުމަށް ބެވިޔަސް ދިވެހިން އަޅާނުލާތިބެންވީތަ ، ދެން އެހެނެއް ނުވާނެ

    20
  21. ޝިތަ

    މިހާތަނަށްވެސް އަހަރެން ހުރި ވަކި ފަރާތަކަށް ނުޖެހި، އަދި ޝިއުނާމެން ކުރި ކަންތައް ކުށްވެރިކޮށްގެން. އެކަމަކު އިންޑިޔާގެ ތަފާތު އެކި ނޭއްގާނީން ކުޑަކުދީންގެ ކޯޓާ ބެހިގަންނަ ހިސާބަށް ދިޔައިމާ އަހަރެންވެސް މި ގޮވާލަނީ މިތަނުން އިންޑިޔާ މީހުން ހަމަ މިހާރު ބާލަން. ވަޒީފާ ތަކުގަ ތިބި މީހުންވެސް ވާކު ޕާމިޓް ކެންސަލްކޮށްފަ ފޮނުވާލަން. އެމީހުންގެ ރިސޯޓުތައްވެސް ނެޝަނަލައިޒް ކުރަން.

  22. ރައޫފް

    އެމެރިކާއިންނާ އިންޑިޔާއިން ޓެރަރިޒަމް މާނަ ކުރާގޮތް ސާޗުކޮށްލާފަ ދެން ބުނެބަލަ އަޅެ މީ ޓެރަރިޒަމްގެ އަމަލަކަށް ނުވާނެގޮތެއް؟

    25
  23. އިބްރާހީމް

    ދިވެހިން ވެސް ބޭސް ފަރުވާއަށް އިންޑިއާއަށް ދިއުން ހުއްޓާލަންވީ އޭރުން ކެރެލާގެ ހޮސްޕިޓަލްތަކަށާއި ކްލިނިކްތަކަށް އޭގެ އަސަރު ކުރާނެ އެކަން ޔާމީންގެ ވެރިކަމުގައި އެގޮތަށް ހިނގާފައޮތީ.

    21
    • ޒިއްކޮ

      އަޅުގަނޑަށްވެސް ޑރ އަށް ދައްކަން ޗައިނާއަށް ދެވޭނެ ގޮތް ހައްދަވައި ދެއްވައްޗޭ

      1
      4
    • ޑރ

      ރާއްޖޭގެ އިޤްތިސާދު އިންޑިއާގެ އަޅުވެތިކަމުން ސަލާމަތްވާދުވަހަކީ އިންޑިއާގެ ދުއްޕާނުން ރާއްޖެ ސަލާމަތްވާދުވަސް. ތަންދޮރު ނުދަންނަ މީހުން ވެރިންނަށް އައްޔަން ކުރުމަކީ އަޅުވެތިކަމަށް ލޯބިކުރުން. އެމްޑީޕީ މެދުވެރިކޮށް އިންޑިއާ ކުރާކަމަކީ ތަންދޮރު ނުދަންނަ މީހުން ވެރިކަމަށް ގެނައުން.

  24. ޣޯޅާޏޤ

    މިހާރު އެބައެގެއެއްނު. މިމީހުން ތިބިވަރު. ނިކަން ޗައިނާ ބަލާބަލަ އެމީހުން ތިކަހަލަ ކަންތައް ނުކުރޭ. ތިމީހުންނަސް ވާގިވެރިވަނީ މޑޕ މީހުން. އަންނިވެސް ހުންނާނީ އެމީހުންނާއިއެކު.

    23
  25. ޒީނަތ

    އިންޑިޔާއަކީ ރާއްޖެއަށް އެއްވެސް ވަރަކަށް ހެޔޮއެދޭ ޤައުމެއްނޫން
    އިންޑިޔާގެ އަސްލު ސިފަ އަދި މިފެންނަނީ

  26. މމމ

    އިންޑިޔާގެ ނޫސްތަކުގައި ރާއޖެއަށް އެއިރަކު ފެނުނު އެއްޗް ލިއުން އެއީ ފެށުނީއްސުރެ އާއްމު ކަމެއް. އަދި އިންޑިޔާ މީހުންވެސް އެއިރަކު ހިތަށް އެރިއެއްޗެއް ރާއްޖެއަށްވެސް، ރާއްޖޭގެ މީހުންްނަށްވެސް ކިޔައި. ޗައިނާއަށް ދަތުރެއްކޮށްގެން އެކަމާ ރުޅިގަދަވެގެން މިއުޅެނީ. ރާއްޖެ ބާއްވައިގެން އުޅެންވީ އިންޑިޔާއަށް ސަލާން އަޅެއްގެ ގޮތުގައި ގޮތްހުސްކޮށްލާފައި.

  27. ޝްރޭ

    އެމް.ޑީ.ޕީ އަޑީގައި ތިބެގެން ކުރުވާ ކަމެއް ... ޖެއްސުން ކުރުން ނޫންކަމެއް.. އިންޝާﷲ ޤަުމާ ދެކޮޅަށް ކުރާ އެއްވެސް ކަމެއް ކާމިޔާބެއް ނުވާނެ

  28. އަބްދޫ

    ތިޔަކަންކުރީ މޯދީ ގެންގުޅޭ ގުންޑާ އިން.

  29. އިބްރާހިމް

    މިވަރު ގައުމެއްގެ ސިފައިން މި ގައުމުގައި ބައިތިއްބައިގެން ކޮންކަމެއްތޯ އެމްޑީޕީން ޙާސިލްކުރަން މިއުޅެނީ؟ އެމްޑީޕީ އާއި ޖޭޕީ ހިމެނޭހެން ކުރީ ސަރުކާރު ކޯލިޝަނުން އިންޑިއާ މާ ގާކުރުމުގެ ނަތީޖާ މިފެންނަނީ.