ރާއްޖެއަށް ބޭނުންވާ ހަނޑޫ، ހަކުރު އަދި ފުށް އެތެރެކުރުމުގައި އިންޑިއާ އަށް ބަރޯސާނުވެ ތުރުކީންވެސް ކާޑުގެ ބާވަތްތައް ގެންނަން އެއްބަސްވެއްޖެއެވެ.

ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު މިއަދު ވިދާޅުވީ މީގެކުރިން ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކުރަމުން އައީ އިންޑިއާ އިން ކަމަށެވެ. ނަމަވެސް މިހާރު އިންޑިއާއަށް ބަރޯސާނުވެ ކާޑުގެ ބާވަތްތައް ތުރުކީން ލިބިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ ބޭސިކް ކޮމޯޑިޓީސް، ހަނޑޫ ހަކުރު ފުށް މިހާރު އެންމެ ދިމާލަކަށް ބަރޯސާ ނުވާނެ. އަޅުގަނޑުމެންވާނީ ތުރުކީއާ އެކީގައި އެބަސްވެފައި މިހާރު. ހަނޑޫ ހަކުރު ފުށާއި އެކިއެކި ބާވަތްތައް ތުރުކީން މިހާރު މުޅި ރާއްޖެއަށް އެއް އަހަރަށް ވާ ވަރަށް ވުރެ އިތުރަށް %10 ލާފައި މިހާރު ވަނީ އެއްބަސްވުން ހެދިފައި، މިހާރު ފުށުގެ ފުރަތަމަ ޝިޕްމަންޓަށް ވަނީ އޯޑަރު ދެވިފައި، ފެބްރުއަރީ މަހު އަންނާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަލުވި، ބިސް އަދި އެ ނޫން ވެސް ބާވަތްތައް އެހެން ގައުމުތަކުން ގެނޭވެނެ ގޮތް ވެސް ހަމަޖެހިގެން ދާނެ ކަމަށެވެ.

އަދި ހަމައެއާއެކު ދާދި ފަހުން ރާއްޖޭގައި އުފެއްދި މޯލްޑިވެސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކޮމްޕެނީ އިން ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ އިތުރުން ކޮންސްޓްރަކްޝަން މެޓީރިއަލްވެސް ރާއްޖެއަށް ބޭނުންވާ ވަރަށް އެތެރެކޮށް އަދި އެހެން ދިމަދިމާލަށް ރީއެކްސްޕޯޓް ކުރެވިގެން ދާނެވަރުގެ ބޮޑު އިކޮނޮމިކް ޒޯނެއް ގާއިމުކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ އިގްތިސާދު އިރާދަކުރެއްވިއްޔާ މިހާރުު މި ފުޅާކުރަން ނިންމާފައިވާ ގޮތަށް ސްޕެޝަލް އިކޮނޮމިކް ޒޯންތައް ގާއިމުކޮށް އަޅުގަނޑުމެން މިހާރު އުފައްދާފައި މިވާ މޯލްޑިވެސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކޮމްޕެނީ ރާއްޖޭގައި ޤާއިމުކުރާ ފްރީ ޒޯންގައި ބޭރުން ގެނެވޭ އެކިއެކި މުދާތައް (އެއީ ކާބޯތަކެއްޗާއި ކޮންސްޓްރަކްޝަން މެޓީރިއަލް) މިހުރިހާ ތަކެތި ރާއްޖެއަށް ބޭނުންވާ ވަރަށް އުފެއްދި ގާއިމުކުރެވި ގެނެވި އަދި އެހެން ދިމަދިމާލަށް ރީއެކްސްޕޯޓް ކުރެވޭ ވަރުގެ އެކޮނޮމިކް ޒޯނެއް ގާއިމުކުރަން ނިންމާފައި މިވަނީ." ރައީސް ވިދާޅުވިއެވެ.

ކުރިޔަށް އޮތް ރޯދަމަހު ރާއްޖޭގައި ކާޑުގެ ބާވަތްތައް ލިބުމުގައި އެއްވެސް ދަތިކަމެއް ނާންނާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ކކބކ

    ވަރަށް ރަނގަޅު ނިންމުމެއް. އިންޑިޔާ މިގައުމު ހިސޯރު ކުރިޔަ ދީގެން ނުވާނެ. އިންޑިޔާގެ އަޅުވެތި ނުވިއްޔާ ކުކުޅު ބިސް ނުލިބިގެން އުޅުނީ ފިނދަނަ މާރިޔާމެން އެކަނި. ރިޒްގު ދެއްވަނީ ﷲ

    188
    7
    • ދދޖދ

      އާން އެކަމަކު އިންޑިޔާ އައުޓް ވީމާ މިހާރު އެއުޅެނީ ޗައިނާގެ އަޅުވެތި ކަމަށް ގެންދެވޭތޯ!!!

      3
      9
  2. ސެލިޔުޓޤ

    ސާބަހޭ ފިރިހެނާ. ތިޔައީ ގައުމުދެކެލޯބިވާރައީސް

    181
    8
  3. މުހައްމަދު ސައީދު

    އަވައްޓެރީންނާއި ލެޑިގަތުމުގެ ހިތި ނަތީޖާ އާއި ދާދި އަވަހަށް ކުރިމަތި ލާން ޖެހޭނެ ކަމަށް ފެނޭ

    30
    184
    • ސޮނޭވާ

      ހަނޑޫ ހަކުރަށްވެސް ސަލާންޖަހަން ބޭނުން ނުވުމަކީ "ލެޑި ގަތުމެއް" ނޫން. އަބަދު ނާށިގަނޑު ހިފައިގެން އިންޑިޔާ ގާތު ސަލާން ޖަހަން ތިބޭކަށް ނުޖެހޭ

      172
      9
    • އަލީ

      ދަށުވެގެން ތިބުމަކީ ލެނޑިގަތުމެއްނޫން. ތިވިސްނުމުގެ މީހުން އަބަދުވެސް ބޭނުންވާނީ ތައްޕާހުން ކައިގެން ބޮއިގެން އުޅެން. ރިޒްގު ދެއްވަނީ ﷲ

      89
      3
    • ޢެހެން މިހެން

      ބަލަ މިހާރުވެސް ތައިލެންޑުންނާއި ބަރުމާއިންވެސް ހަނޑޫ އެތެރަކުރޭ، އެކަމަކު ބޮޑުބައި ގަންނަނީ އިންޑިޔާއިން، އިންޑިޔާ ބުނާގޮތައް ރާއްޖެ ނަހަދާކަމަށްވެއްޖެއްޔާ ހަނޑޫ ވިއްކުން މަދުކޮށްލާ، އެހެންވީމަ ކޮބާ މައްސަލައަކީ އެހެންގައުމަކުން ކާޑުގެ ބާވަތްތައް ގެނައުން؟ އަދި އެއީ ލެޑިގަތުމެއްވެސް ނޫން!

      67
      1
    • Anonymous

      އަވައްޓެރިންނަކީ މުޝްރިކުންނައް ވިގޮތައް ރާއްޖެ އަޅުވެތިކުރަން ދަހިވެތިވެފައިވާ ބައެއް. ވީއިރު އަހަރެމެން އެފަދަ މުޑުދާރު މުޝްރިކު ބަޔަކައް ބަރޯސާވުން ކުޑަކުރަން ޖެހޭ.

      4
      1
  4. ބޭސްކުރަން ވެސް ތުރުކީ އަށް ދޯ!

    ބޮޑެތި ބަލިތަކަށް ފަރުވާ ކުރަންހެހިފައި ވާ ދިވެހިން ވެސް ދެން ފޮނުވާނީ ތުރުކީ އަށް ދޯ!

    88
    14
    • ލާލު މަންނަ

      ބަލަ އިންޑިޔާއިން ބޭސް ފަރުވާ ކުރަނީކީ ހިލޭ ސާބަހަކަށް ނޫނޭ.. އެމީހުން ބުނިއްޔާ ބުނިވަރަކަށް ފައިސާ ދީފަ.. ތުރުކީއަށް ދިޔަސް ބޭސް ކުރެވޭނެ ލާރި ދިނީމަ.. އިންޑިޔާގަ އުޅޭ ކޮންމެ ދިވެއްސަކަށް 10 އިންޑިޔާ މީހުން މި ކުޑަ ކުޑަ ގައުމުގަ އުޅޭ.. އެމީހުން ރާއްޖެއިން ބޭރު ކޮއްފިއްޔާ ތިޔަ ބުނާ އިންޑިޔާއަށް މާ ގެއްލުންވާނެ..

      128
      6
    • Anonymous

      ދުބާޢީ އާއި ބެންކޮކައް އާސަންދަ ހަމަޖއްސަން މިހާރު ސަރުކާރުން މަސައްކަތް ކުރަމުން އެދަނީ

  5. Anonymous

    ސާބަހޭ ރައީސު ޑރ މުއީޒު ތިޔައީ އުތީމް ބޮޑުތަކުރުފާނު ވިސްނުން، ދިވެހިން ހަށިފޮޅާލާފަ ހުރިހާ މައިދާނެއްގައި ދުނިޔެއަށް ނިކުންނަންވީ ވަގުތު މިވަނީ ޖެހިފައި، ސިކުޑި ހުރި ދިވެހިން މަދެެއްނޫން ! ބާރަށް ކުރިޔަށް ބާރަށް ކުރިޔަށް ދިވެހިޤައުމު !

    143
    5
  6. احمد

    الحمدالله ، އިންޑިއާއަށް ބަރޯސާވުން ދޫކޮށްލުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.

    155
    3
  7. ޅާނބު

    ރަނގަޅު ނިންމުމެއް ހުރިހާ ކަމަކަށް އެއްބަޔަކަށް ބަރޯސާވުމުގެ ބދަލުގައި ހުޅުވިފަަވާ ދުނިޔޭގެ އެހެން ތަންތަނުން ވެސް ހިދުމަތާއި ތަކެތި ނުހޯދޭނެ ވަރުގެ ގައުމެއްނޫން މިއީ

    98
    3
  8. ޙެހެހ

    ސާބަހޭ މުއިއްޒު ، އިންޑިއާއަށްވެސް މީ މުހިއްމު ޤައުމެއްކަން އަންގައިދީ ، މީސްކޮޅުމަދަސް އަބަދު ކަނދުރާ ގުދުކުރަން ނުޖެހޭނެކަން ދައްކައިދީ ،

    84
    3
  9. Anonymous

    އިންޑިޔާ އަކީ އިންގިރޭސިން އަޅުވެތި ކޮށްގެން އުޅޭ ތަނެއް، އިންޑިއާ އެއީ ޗައިނާ ކަހަލަ ދިވެހިރާއްޖެ ކަހަލަ މިނިވަން ޤައުމެއްނޫން، އަދިވެސް އިންޑިޔާގައި އޮތީ އިގިރޭސިންގެ އަޅުވެތިކަން، އިގިރޭސިން ނާއި އެމެރިކާ އެއީ އެއްމާބަޑު ނަހަލާލު ދެދަރިން މިދެދަރިންގެ ނަހަލާލު ތިންވަނަ ދަރިއަކީ އިސްރާއީލް !

    63
    3
  10. އިބްރާހިމް

    الله أكبر! އިންޑިއާއި ނުލާވެސް އުޅެވޭކަން ދައްކާލަންވާނެ!

    95
    3
  11. ކޮލިޓީ

    ހަމަ ގައިމު ކޮލިޓީ ވާނެ . ގަޑުބަޑު ކުރުމެއް ނު އޮންނާ ނެ . އަސޭ މިރުހުގެ ތެރެއަށް ހިކި ފަޅޯ އޮށެއް ނާޅާނެ. ދިރި އުޅުމުގެ ފެންވަރު މަތި ވުމަކީ ހަމަ އެކަނި ފައިސާ ގިނަވުމެއް ނޫން . ފައިސާ ބޭނުން ކޮށްގެން ފެންވަރު ރަގަޅު ތަކެތި ގަނެ ކައި ބޮއެ އުޅުމުގެ ފުރުސަތް އޮންނަން ޖެހޭނެ .

    81
  12. އަޙުމަދު

    އެއްވެސް ގައުމަކާއި ލެޑި ގަންނަނިކީ ނޫން، ދިވެހިން ބޭނުންވާ ގޮތައް ދިވެހިރާއްޖެ ކުރިއަށް ދިއުން، އެކުވެރި ކަމާއި އެކު މަސައްކަތް ކުރަން ތިބި ގައުމުތަކާއި އެކު ކުރިއަށް ވަކި ގައުމަކަށް ބެކްޔާޑުގެ ގޮތުގައި ދިވެހި ފަސްގަނޑު ދީގެން ގައުމުތަކާއި ގުޅުން އުފެއްދުން ދޫކޮށްލުން. މިނިވަން މުސްތަގިއްލަ ޤައުމެއްގެ ގޮތުގައި ދިވެހި ގައުމު ކުރިއަރައި ދިއުން.

    41
    1
  13. އަތްބަޅޭ

    މައުމޫނުގެ 30 އަހަރުވެސް އިންޑިޔާ ފައިބުޑަކަށް ނުވެއްޓޭ، އެމްޑީޕީ އައިސް ފުރަތަމަވެސް އިންޑިޔާ އަށް މިގައުމު ހުޅުވާލީ، ދެން ޔާމީނުއައިސް އެމީހުން އެއްފަރާތްކޮށްފަ ޗައިނާގެ އެހީގައި ތަރައްގީގެ މަޝްރޫއުތައް ހިންގާލީމަ އިންޑިޔާ ލަދުގަނެ އަދި ރުޅިއައިސްގެން އަނެއްކާ އެމްޑީޕީ ވެރިކަމަާްގެންނަން ފޫގެޅީ. ޢިބްރާހިންގެ ވެރިކަމުގައި މާބޮޑަށްވެސް އިންޑިޔާގެ ވަކި ހިއްޕީ. ދެން މިހާރު މިފެންނަނީ އަނެއްކާވެސް ދުރަށްޖެހޭތަން! ސާބަސް މުއީޒް!

    45
  14. ނަސިމާ ޔޫސޭ

    ޕާކިސްޔާނުން ނާއި ބަންގްލާދޭސިންވެސް ސާމާނު ގެންނަންފައްޓަންވީ. ޕާކިސްތާނުން ތަރުކާތީއާއި މޭބާވެސް ލިބޭނެ އަޑުކިޔާފަ. ޑެއިލީ ފްލައިޓްސް ވެސް އަޅަންވީ. މާދަމާވެސް ޕާކިސްތާނު ފްލައިޓް މާލެ ޖައްސުވަންވީ. ލަންކާއަށް އެމީހުން އުދުހޭ މިހާރުވެސް. ކީއްވެ ރާއްޖެ ނާޅަންވީ. ބޭހަށް ޕާކިސްތާންވެސް ރަނގަޅުވާނެ.

    43
  15. ކުރަންއުޅެފިއްޔާ

    ކުކުޅާ ކުޅުބިހާ ރާއްޖޭގައި ފާރމް ކުރެވޭނެ ކުރަން އުޅެފިއްޔާ

    18
  16. ދިވެހިންގެރާއްޖެ

    ޅަންކާ ދޫކޮއް ޖަޕާނަށް (އޯކޯމާރު) އަހަރެމެން މަސްވިއްކިން

    11
  17. ހަންޑިކުޑަ

    ދެން ޗައިނާގައި އުފައްދާ އާރޓިފިޝަލް ކުކުޅު ބިސް ގެނެސް ރައްޔިތުންނަށް ކާންދީ! އޭރުންހުންނާނީ ރައްޔިތުންނަށް ރާކަނިމަސް ކާންދެވިފައި!

  18. Anonymous

    މޯދީ އެއީ އަބަދު ބުދުފައްޅީގައި ބުދައް އަޅުކަން ކޮށް ބުދު މަރާމާތުކޮށް ބުދުކޯލް މަރާމާތު ކުރަން ގިނަ ވަގުތު ހޭދަކުރާ މީހެއް، ރައްޓެއްސަކާއި އެކު ކޮފީއެއް ބޯލަން ދާނެ ވަގުތެއް މޯދީއަށް ނުލިބޭ ދެން ކިހިނެއް އަވައްޓެރިންނާއި ގުޅުން ބަދަހިވާނީ !