އާސަންދައިގެ ހިދުމަތް ފުޅާކޮށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ތައިލޭންޑަށް ވެސް އާސަންދަ ލިބޭ ގޮތަށް ހަދަން ސަރުކާރުން ނިންމައިފިއެވެ.

ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އާސްނަދައިގެ ދަށުން މިހާރު ބޭސްފަރުވާ ކުރެވެނީ މަދު ގައުމަކުން ކަމަށާއި އެކަން ބަދަލުކޮށް މި ހިދުމަތް ފުޅާކުރުމަށް ނިންމާފައިވާ ކަމަށެވެ.

އާސަންދައިގެ ދަށުން ރާއްޖޭގެ ގިނަ ރައްޔިތުން ބޭސްފަރުިުވާ ކުރަމުންދަނީ އަވަށްޓެރި އިންޑިއާ އިން އެކަންޏެވެ.

އެހެންކަމުން އެންމެ މަތީ ފެންވަރުގެ ބޭސް ފަރުވާގެ ނިޒާމު އޮތް ޔޫއޭއީއާ ތައިލެންޑަށް އާސަންދަ ފުޅާ ކުރައްވަން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އާސަންދައަކީ ހަމައެކަނި ވަކި ދިމާލަކުން އޮންނަ ވަކި ގައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކަށް އެކަނި ގޮސްގެން ބޭނުންކުރެވޭ އެއްޗަކަށް ނަހަދާ އެއަށްވުރެ ފެންވަރު ރަނގަޅު ގައުމުތަކަށް ޔޫއޭއީ އަށާއި ތައިލެންޑަށް އިރާދަކުރެއްވިއްޔާ އާސަންދަ ފުޅާ ކުރާނަން'" ރައީސް ވިދާޅުވިއެވެ.

އަދި ހަމައެއާއެކު ބޭސްފަރުވާއަށް އެ ގައުމުތަކަށް ދަތުރުކުރާއިރު ހުރުމާއި ކެއުން އަދި އެހެނިހެން ހަރަދުތައް ހިމެނޭ ގޮތަށް ކަންތައް ހަމަޖައްސާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

" އޭރުން ރާއްޖޭގެ ހެލްތު ފެސިލިޓީ ތަރައްގީ ވަންދެކަށް ދާނީ މިހާރު އެދާ ތަންތަނަށްވުރެ މާ ފެންވަރު ރަނގަޅު ދުބާއީ ކަހަލަ އަދި ބެންކޮކްގައި ހުންނަ ކަހަލަ ފެންވަރު ރަނގަޅު ހޮސްޕިޓަލްތަކަށް އެކަމޮޑޭޝަން އެކްސްޕެންސެސް ލިބިގެން އާސަންދައިން ކަވާވެގެން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އާދައިގެ ބޭސް ރާއްޖެ އެތެރެކުރުން ނިމުމަކަށް ގެނެސް ބޭސް އުފައްދާ ގައުމުތައް ކަމަށްވާ އެމެރިކާ އަދި ޔޫރަޕުން ރާއްޖެއަށް ބޭސް އެތެރެ ކުރައްވާނެ ކަމަށެވެ.

މިމަސައްކަތްތައް މިހާރު ފެށިފައިވާ ކަމަށާއި މާލަސްތަކެއްނުވެ ޔޫރަޕުން އުފައްދާފައިވާ އަސްލު ބޭސް ރާއްޖެ އެތެރެކުރަން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވަކި ގައުމަކުން އެކަނި ބޭސްގެނައުން ނިމުމަކަށް ގެންނަވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. Anonymous

    ސަޅި

    56
    1
  2. ޙެހެހ

    ސާބަހޭ ، ޗައިނާއިންވެސް އާސަންދަ ލިބޭގޮތްހަދާދީ ، އިންޑިޔާ އުޅެނީ ފެންވަރު އޮޅިގެން ، ދިވެހިން ނިކަމެތިން އިންޑިއާގެ ގިނަ ފަޤީރުން ތަނަވަސްކޮށްދިނީ ، ހެކިއެހެރީ ކެރެލާއިން ފެންނަން

    98
    3
    • ވަގު ފާތުމަ

      އެބުނާ ތަންނައް ބޭސްް ފަރުވާއަށް ނިކަމެތި މީހާއަށް ދޭނެބާ ދޭނީ އެކްޓިވިސްޓުންނައް އެކަނި

  3. Anonymous

    ސާބަސް އިއްޒަތްތެރި ރައީސް ޑރ މުހައްމަދު މުއީޒް..ތީ ގައުމީ ދަރިއެއް..ތީ އަމިއްލަ ވަތަންދެކެ ލޯބިވާ ދަރިއެއް..މަނިކުފާނުގެ ޒައާމަތުގަ ދިވެހީންނަށް އަދައްވުރެ އުފާފާގަތި ދުވަސްތަކެއް..

    104
    3
    • ކޮއްކޮ

      ސާބަސް. "މުއީޒް" އެއް ނޫން ކިޔަނީ. "މުޢިއްޒު" ކިޔަނީ. ގައުމުގެ ވެރިޔާއަށް ކިޔާ ނަންވެސް ރަނގަޅަށް ލިޔަންކިޔަން ނޭނގޭ މީހުން ކޮމެންޓް މިކުރަނީ.

      14
      4
    • ޢަހުމަދުވަގާރު

      އެ ބޭސް ގަންނަން ފައިނޭސުން 8 ބިލިޔަން ރުފިޔާ ބޭނުން ވެގެން އެބައުޅޭ ހައްހައް މޮޔައިން

      2
      26
      • ަބޫން

        ދެން އެބޭސް ކަނީ މުއިއްޒު އެކަނިތަ؟

  4. ޒާ

    ސާބަހޭ

    67
    2
  5. މަރިޔަބު ދާތަ

    ސާބަހޭ މުއިއްޒު މާލަސްވެއްޖެ ތިކަންކުރަން ދިވެހިން އިންޑިޔާބެސްކާކާ ދިވެހިން ހަލާކުވެއްޖެ އަދި އޭޑީކޭއިން އާސަންދަ ކަޑާލާގަފަ ދަރުމަވަންތަ ހޮސްޕިޓަލަށް ޔޫރަޕުގެ މޮޅެތި ޑޮކްޓަރުން ގެނެސްބަލަ ޑޮކްޓަރުންނަށް މުސާރަ ދޭނީ އާސަންދައިން ބައެއްލައިގެން!!!! އިންޑިޔާއަށް ބޭސްފަރުވާއަށް ދާމީހުންނަށް ހާދަ އުދަގުލެއްކުރޭ!!!

    26
  6. ހުސޭނުބޭ

    ޔޫރަޕުން ބޭސް އެތެރެލިރިމަކީ \ވަރަށް ބޭނުންތެރި ކަމެއް

    24
  7. ހަލީމަ

    އަލްޙަމްދު ލިﷲ، އުއްމީދު އާވެއްޖެ، މިކަން ޙަޤީޤަތަކަށް ވެއްޖެ ނަމަ އިންޝާﷲ 30 އަހަރު މިނިކުފާނު ވެރިކަމުގައި ބަހައްޓަން ބޭނުން. ވަކިބައެއްގެ ނުފޫޒުން މިޤައުމު ސަލާމަތް ވާނެ ދުވަހަކަށް މިތިބީ، ﷲ އިރާދަފުޅުން ބޭރުގެ ސިފައިން މިޤައުމުން ފޭބުމުން މިޤައުމު މިނިވަންވާނެ. ފިނދަނަ މާރިޔާ އަށް އެހެން ޤައުމެއްގެ ބިސްކޭހަކާއި ފިޔާ، އަލުވި އަދި ޔޫރަޕް ބޭސް ކޮޅެއް ފޮނުވާލަން ފެނޭ. އަދި އެމީހުން ފައިބާ ދުވަސް ރަސްމީ ބަންދު ދުވަހެއް ގޮތުގައި ފާހަގަ ކޮށް ޤައުމީ ނުފޫޒުން އެއްކިބާވާ ދުވަސް ނަމުގައި ދުވަހެއް ފާހަގަކުރަން ފެނޭ، އަދި ޤައުމަށް ވީ ގެއްލުމުގެ ބަދަލުގައި ބޭރު ޤައުމުތަކުގެ މީހުންނަށް ދީފަހުރި ނުޙައްޤު ޝަރަފު އަތުލަން ފެނޭ، ސަބަބަކީ ޤައުމަށް ގެއްލުންވުން. ކުރިންހުރި މީހަކު ދީފަހުރި ނވކޢޤޏސޑ ލަޤަބު އެމީހަކު އަތުން އަތުލުން މުޙިއްމު. އަދި އިންޝާﷲ ރޯދައިގެ ކުރިން އެހެންޤައުމެއްގެ ބިސްކާހިތުން ދިވެހިންތިބީ ކެތްމަދުވެފަ.

    29
    1
  8. ޔޫސުފްބެ ތިނަދޫ

    ހީކުރިވަރަށްވުރެ މާގަޓު

    41
    2
  9. ނަސީދު

    ސާބަހޭ ރައީސް މުއިޒް ތީ ހިތްވަރު ގަދަ ކުޅަދާނަ ވެރިއެއް...

    14
    1
  10. ޙައްގު

    ޢިންޑިޔާ އެމްބެސެޑރު މޫނު މަހާވަރު މިގައުމުން ބޭރުކުރޭ