މާލޭގެ މޭޔަރު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގެ ނަތީޖާތައް އިއުލާން ކުރަން ފެށި އިރު، މިހާތަނަށް ގުނި ވޯޓު ފޮށިތަކުގެ ނަތީޖާ އިން އެމްޑީޕީގެ ކެންޑިޑޭޓު އަދި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ކުރި ހޯއްދަވަމުން އެބަގެންދަވައެވެ.

"ވަގުތަށް" މިހާތަނަށް ލިބިފައިވާ 10 ފޮށީގެ ތެރެއިން ނުވަ ފޮށިން ކުރި ހޯއްދަވާފައި ވަނީ އާޒިމްއެވެ. އާޒިމަށް ކުރި ނުލިބެނީ އެންމެ ވޯޓު ފޮއްޓަކުންނެވެ. އެ ވޯޓު ފޮށިން ކުރި ހޯއްދަވާފައި ވަނީ ޕީއެންސީގެ ކެންޑިޑޭޓު އަދި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރެވެ.

މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު، 2،135 ވޯޓު ލިބިވަޑައިގެން ކުރީގައި އުޅުއްވަނީ އާޒިމްއެވެ. އޭނާ އާ ވާދަކުރައްވަނީ އާޒިމާއެވެ. އާޒިމާ އަށް މިހާތަނަށް އައިއިރު 1،317 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ.

ތިން ވަނަ އަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު މުހައްމަދު ސައިފް ފާތިހެވެ. އޭނާ އަށް 644 ވޯޓު ލިބިވަޑައިގަތެވެ. ހަތަރު ވަނައިގައި އުޅެނީ އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދެވެ. އޭނާ އަށް 546 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ. ފަސް ވަނައިގައި އުޅުއްވަނީ އަމިއްލަ ގޮތުން ވާދަކުރައްވާ ޝުއައިބު އަލީއެވެ. އޭނާއަށް ލިބިވަޑައިގެންފައި ވަނީ 38 ވޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކޮތަބިރި

    މަރުހަބަަަަަަ ަޒިމު މރުހަބަަާ................ މަރުހަބާ

    6
    5
  2. ހޮޅިބެ

    ނާހަމަ ތެދެއްތަ

  3. ހުވާ

    އާޒިމް ހޮވުނިއްޔާ މާރަނގަޅުވާނެ. އޭން ސަރުކާރަށް އެއްބާރުލުން ދޭނެ.

    10
    7
  4. ޢަބްދުﷲ

    މީ އަހުރެން ބުނި ވާހަކަ. އާޒީމާ ނޫނަސް އަންހެނަކު މާލޭގެ މޭޔަރުކަމަށް (ވެރިއަކަށް) ނެރުއްވުމަށް ވިސްނެވުން އެއީ މުއިއްޒު އެޅި ޅައެއްޗެއް. އަނެއްކޮޅުން، ފުލެޓް ކަންތަކުގަ ގޮތެއް ނުނިންމާ ދިގުލައިގެން ދިއުމަކީ، އާޒިމާއަށް ވޯޓުތަކެއް ގެއްލިގެން ދިޔަ ސަބަބެއް. އ.ހ

    16
    2
    • މުޢިއްޒު އަޅަނީ ހުސް ޅައެއްޗެހި

      ބަޔަކު މީހުންނަށް މާމޮޅު މީހަކަށް ވިޔަސް އަދި ޕީއެޗްޑީ އެއް އޮތަކަސް ރ. މުޢިއްޒަކީ ރައީސް ކަމަށް ކުފޫ ހަމަވާ ބޭފުޅެއް ނޫންކަން މާޒީ ހެކި ދެއެވެ.

      4
      7
  5. ކަލީމް

    ތިޔަބުނާ އާޒިމާ ނޫން މީހަކު ޕީއެންސީ ނެގި ނަމައޭ ހިތަށް އަރަނީ.

    22
    1
  6. ޢަޒްރާ

    ޢާޒިމް ހޮވިގެން ކުރާނެ އެއްވެސް ފައިދާއެއްނެތް ސަރުކާރަށް ޖެއްސުން ކުރުން ނޫން ކަމެއް ނުކުރާނެ

    4
    1
  7. ފުއާދު

    މީ މުއިއްޒުގެ ވެއްޓުމެއް.

    5
    7
  8. ާނަނާ

    އަންހެނަކު ހޮވަން ނުފެނޭ !! އެހެންވީމަ ވޯޓު ނުދިނީ

    7
    2