މާލޭގެ މޭޔަރަކު ހޮވުމަށް މިއަދު ބޭއްވި ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު އަދި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް އިންތިހާބުވެވަޑައިގެންފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި، އާޒިމަށް ވަނީ 7،621 ވޯޓު ލިބިވަޑައިގެންފައެވެ. އޭނާއާ އެންމެ ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރެވެ. އާޒިމާ އަށް 5،032 ވޯޓު ލިބިވަޑައިގެންފައިވެއެވެ.

ތިން ވަނައިގައި އުޅުއްވަނީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު މުހައްމަދު ސައިފް ފާތިހެވެ. އޭނާ އަށް 2،336 ވޯޓު ލިބިވަޑައިގެންފައިވާ އިރު، ހަތަރު ވަނައިގައި އުޅެނީ އަމިއްލަ ގޮތުން ވާދަކުރައްވާ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކުގައި ބައި އިލެކްޝަންގައި ވާދަކުރެއްވި ހުސެއިން ވަހީދެވެ. އޭނާ އަށް ލިބިވަޑައިގަތީ 1،888 ވޯޓެވެ. އަދި ފަސް ވަނަ އަށް ދިޔައީ އަމިއްލަ ގޮތުން ވާދަކުރައްވާ ޝުއައިބު އަލީއެވެ. އޭނާ އަށް ލިބިވަޑައިގަތީ 125 ވޯޓެވެ.

އާޒިމް އާއި އާޒިމާއާ ދެމެދުގައި 2،000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތެއް ދައްކައެވެ.

މި އިންތިހާބުގައި ޖުމްލަ 55 ވޯޓު ފޮއްޓެއް ބެހެއްޓި އިރު، 17،000 އަށް ވުރެ ގިނަ ރައްޔިތުން ވޯޓުލީއެވެ. އިންތިހާބުގައި 300 އަށް ވުރެ ގިނަ ވޯޓު ބާތިލް ވޯޓުގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ. އިންތިހާބުގައި ޖުމްލަ 54،680 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ވޭތުވެދިޔަ ހަތަރު އަހަރު ހުންނަވައިގެން ބޮޑެތި ކާމިޔާބީތަކެއް ހޯއްދެވި އާޒިމް ވަނީ އިނގިރޭސި ވިލާތުގެ ނޮޓިންހަމް ޔުނިވަސިޓީން މާސްޓާސް އޮފް ބިޒްނަސް އިން ފައިނޭންސިން އަދި އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް އީސްޓް ލަންޑަން އިން ބެޗްލާ އޮފް އާޓްސް އިން އެކައުންޓިން އެންޑް ފައިނޭންސިން ދާއިރާ އިން ޑިގްރީ ހާސިލް ހާސިލް ކުރައްވައިފައެވެ.

ވޭތުވެދިޔަ 20 ވަރަކަށް އަހަރުގެ ތެރޭގައި އާޒިމް ވަނީ ރާއްޖޭގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުނިތަކުގެ އިސް މަގާމުތަކެއްގައި ގައުމަށް ހިދުމަތް ކުރައްވައިފައެވެ. އެގޮތުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަދި މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަން ވަނީ އަދާކުރައްވައިފައެވެ.

އެމްޓީސީސީގެ ދިގު ތާރީހަށް ބަލާއިރު، މިއަދު އެ ކުންފުނި ދަތުރުކޮށްފައިވާ މަންޒިލަށް ގެނެސް ދިނުމުގައި އާޒިމްގެ ލީޑަޝިޕް އަދި މަސައްކަތުގެ ރިވެތި އަހުލާގައި މީހުން ބިނާކޮށް ތަމްރީންކޮށް ދިނުމުގެ ހުނަރު ބޮޑު ދައުރެއް ވަނީ އަދާކުރައްވައިފައެވެ.

އެގޮތުން 4،500 އަށް ވުރެ ގިނަ މުވައްޒަފުން ގޮވައިގެން ރޭވުންތެރިކަމާއި ވިސްނުންތެރިކަމާއެކު ކުންފުނި ހިންގުމުގައި މޭސްތިރިއެއްގެ ގޮތުގައި އޭރު ހުންނެވި އާޒިމް އެ ކުންފުންޏާ ހަވާލުވެ ނިމިދިޔަ 2020، 2021 އަދި 2022 ވަނަ އަހަރު ވެސް ވަނީ ކުންފުނީގެ ތާރީޚުގައި ރިކޯޑްކުރެވިފައިވާ އެންމެ ރަނގަޅު މާލީ ނަތީޖާ ހޯއްދަވައި ދެއްވައި ރާއްޖޭގެ އެފަދަ ދެވަނައެއް ނެތް ނަމޫނާ ކުންފުންޏަކަށް އެ ކުންފުނި ހައްދަވައި، ރައްޔިތުންގެ ލޯތްބާއި އިތުބާރު ހޯއްދަވައިފައެވެ. މާލެ ސިޓީގެ މޭޔަރު ކަމަށް އާޒިމް އިންތިހާބުވެވަޑައިގެންނެވި އެންމެ ބޮޑު އެއް ސަބަބަކަށް އޭނާ ކުރެއްވި ހިދުމަތް ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

54 ކޮމެންޓް

  1. ކުޑަދޫ

    ފެންނުވަރާ ދައިތަ ގަނޑަށް އެއްޗެއް ވިސްނިފަހުންނާނީ

    75
    32
    • ސަރުކާރަށް ދިން މެސެޖެއް؟

      މާލޭ ރައްޔިތުންނެއް ނޭދޭ މަސާޖު ޕާލަރތައް ބަންދުކުރާކަށް.

      41
      18
    • ހައްގު ތެދު

      ވޯޓްލާން މީހުން ނުކުތް ވަރާ ބަލާފަ އަދި ނުވޭ މޮޅު ވަރެއް.

      43
      38
      • އަހަންމާކަލޯ

        ކޮއެފުޅު ހަދާން ނެތުނީ ތޯއްޗެއް ރައިސް މުއިޒު މޭޔަރު ކަމަށް ހޮވިވަޑައިގެންނެވީ ވެސް 8000 ވޯޓުންކަން

        • އަދުހަމު

          20000ވޯޓުން

    • ޙައްގުބަސް

      އަސްލު ރައްޔިތުން މިދިނީ މެސެޖެއް!! ރައިސް ޔާމީނާ ދޭތެރޭ ޔާމީންގެ އެންމެ ކައިރި ތިބި މީހުން ކަންކުރިގޮތުން ރައްޔިތުންގެ އެކަމުގެ ރައްދެއް މިދިނީ!! ރައިސް ޔާމީން ޖަލުގައި ބާއްވައިގެން ހުސްގޮނޑި ދައްކައިގެން ޔާމީން އާއި ޔާމީންގެ ސަޕޯޓަރުންގެ ވަރަށްބޮޑު އެހީތެރިކަމަކާއެކު ވެރިކަމަށް އާދެވުނީމާ އެހިސާބުން ޔާމީންގެމަތިން ހަނދާން ނައްތާލީ!! ވެރިކަން ލިބޭ ދުވަހު ހުވާކުރަންދާނީ ޔާމީން ޖަލުން މިނިވަންކޮށް ގޮވައިގެންކަމަށް ބުނި މީހުން ކަންކުރީ ވަރަށް ނިކަމެތިކޮށް! ޔާމީނާދޭތެރޭ މިމީހުން ކަންކުރީ އިބޫ ރައިސް ނަޝީދާ ދޭތެރޭ ކަންކުރިގޮތަށްވުރެންވެސް ވިޔާނުދާކޮށް!! މިހާ ހިސާބުން ޖުޑިޝަރީއަށް އަތް ބޭނުން ނިމުމަކަށް އައީކަމަށްބުނެ ޔާމީނާ އަޅާވެސް ނުލި!! ރައްޔިތުން ހަމަ ޙަގީގަތުގައިވެސް ތިބީ މިކަމާ ވަރަށް ހިތްހަމަނުހެޖި މާޔޫސްވެފަ!! އެކަން މިދައްކާލީ ނެގުނު ފުރަތަމަ ވޯޓުން!! ދެން އޮތީ މަޖްލިސް އިންތިޚާބު!! ވިސްނާލަން ވަގުތު އެބައޮތް!!

      65
      47
      • ޢަބްދުﷲ

        މި ވޯޓުން ޔާމީނަށް ވީ މޮޅެއް ނެތް... ތަންދޮރު ދަނެގެން ވާހަކަ ދައްކާ. ޔާމީނުގެ ތާއީދު އޮވެގެން ނުކުތް މީހާ އޮތީ ފަނުފުލުން ގޮއްސަ. ހަޤީޤަތަކީ އެމް.ޑީ.ޕީން މޭޔަރުކަމަށް ނެރެފައިވަނީ ކަމަށް ޤާބިލް އެކަށީގެންވާ ފަރާތެއް. އުއްމީދަކީ، އާޒިމްވެސް ސަރުކާރާ ގުޅިގެން ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތް ކުރުން. އަހަރެން މުޢިއްޒައް ތާޢީދުކުރަން. އެކަމަކު މާލޭގެ މޭޔަރު ކަމަށް އާޒިމާ އެއް ބޭނުމެއް ނޫން.

        54
        29
        • Anonymous

          ކަލޭވެސް ވިސްނާފަ ވާހަކަ ދެއްކުން ބުއްދިވެރި. ޔާމީނަށް ޕާޓީއެއް ނެހެދޭ ކެމްޕޭން ކުރުމުގެ ހައްގެއް ނެތް. ސަރުކާރުން ހުރިހާ ބާރެއް އޮވެގެން މީޑިޔާ ގަނެލައިގެންވެސް ޔާމީނަކާ ނުލާ ކަމެއް ނުވި. ހަމަ ޔަގީނުންވެސް ޕޕމ މީހުން މޑޕ މީހުންނަށް ވުރެވެސް ވިޔާނުދާ ނިމިގެން ދިޔައިރު. މުއިއްޒު މަޖިލީސް އިންތިޚާބު މަތިން ހަނދާން ނައްތާލާ. ލާހިކެއް ނޫން ޔާމީން ނުލާ އެންމެ ގޮނޑިއެއްވެސް ނަގާކަށް.

          28
          15
          • މައަންތަރީސް

            ޔާމީނުގެ ހިޔަޅުކަން ނޭނގޭ މީހުން ތިހެން އަނގަ ފުޅާކުރާނެ. އިޚްލާސްތެރި ރައީސެއް މުއިއްޒު ނޫނީ މިރާއްޖެ ނުދެކޭ. އިޚްލާސްތެރި އަމާނާތްތެރި ވެރިއެއްގެ ފަހަތުގައި ހުރެގެން މިލިއަން ލާރިގަނޑު ނުނެގޭނެކަން ޔަގީންވި ހިސާބުން ޔާމީނުވެސް ދުރުވެގަތީ. ހަސަދަވެރިކަން ކުރިއަށް ނެރުނީމާ ވާނެ ހައެތި ރާއްޖޭގެ ރައްޔިތުން ތަހައްމަލު މިކުރަނީ. ޕާޓީ އަށް ނުބަލާ ވެރިމީހާ އަށް ކިޔަމަންތެރިވާން ދަސްކުރަން އެބަޖެހޭ.

            7
            9
    • ހނހ

      މިއީ ބައި އިލެކްޝަން ބޮޑާނުވޭ އަދި 1 އަހަރު ފަހުން އަދި އިންތިހާބު ބާއްވާނެ

      45
      12
  2. Anonymous

    މަރުޙަބާ .މޑޕ ބާރައްކުރިއައް. ނުރޫޅޭނެ

    67
    63
    • އަސްލު ހަގީގަތް

      އަޅުގަނޑައް ހީވަނީ މިއީ ބައިއިލެކްޝަން ހެން އަދި 1 އަހަރު ފަހުން އިލެކްޝަން އޮންނާނެ

      16
      5
  3. މައި

    މަރުޙަބާ! އާދަމް ޢާޒިމް.

    78
    27
  4. މަހުޝާ

    އިންޝާ الله

    54
    8
  5. Anonymous

    މުއިއްޒުއަށް ވިސްނޭނެ ކަމަށް އުއްމީދު ކުރަން . ތިޔަ އާޒިމާ އަށް ރައްޔިތުން އިތުބާރު ނުކުރޭ. ތިޔަށްވުރެ މާތާހިރުވީސް ދީނަށް ލޯބިކުރާ ކަހަލަ މީހަކު ނެރުނު ނަމަ

    89
    14
    • ހނހ

      މީހުން ވެސް ނިކުމުފަކާ އަދި މުހިންމު ވޯޓް އޮތީ ކުރިޔައް.

      20
      6
      • ޖާދޫ

        މަރުހަބާ

  6. ÷ޕމޕނސ

    ވަރަށްސަޅި ރާކަނި މަސް ކެވިއްޖެއްނު.

    62
    25
    • ހަމްދު

      އަދި ނުވޭ ރާކަނިމަސް ކުވޭ ވަރެއް އަދި އޮތީ ކުރިޔައް އެހެން ނޫނަސް އެމްޑީޕީން ނުފޫޒު ފޯރުވިޔަސް ޕީޕީއެމްއިން ނުފޫޒު ނުފޯރުވާނެ

      29
      23
  7. Anonymous

    ކޮބާ ފެނޭތަ ބޯއިކޮޓޫ މިފެންނަނީ އަމިއްލަ އެދުން ބޮޑުވީމަ ވާނެގޮތް

    60
    33
    • ހަގީގަތް

      ބޯއިކޯޓް ކުރަނީ އަމިއްލަ ގައުމުގެ އެމްޑީޕީ ވުރިން

      22
      7
  8. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.އެން.އެފް 9305205 (ވައިބަރ)

    ޕްރައިމަރީ އަކާ ނުލާ ޢާޒިމާ ނެގީ މުޢިއްޒު ގެ ގޮއްމުށު-ގެ ބާރުގަ! ބިޑަ-ކާ ނުލާ، "ފުށި ދިއްގަރު ފަޅު" ބަޔަކާ ޙަވާލު ކުރީ މުޢިއްޒު ގެ ގޮއްމުށު-ގެ ބާރުގަ! ގޮއްމުށު-ގެ ބާރުގަ ރާއްޖޭގަ ވެރިކަން ކުރަން ދެން ޖެހޭނީ ހަނދާން ނައްޓާލަން! ރައްޔިތުން މާ ހޭލުންތެރި!!!

    33
    24
    • �️️️️�

      މުޢައްޒު ކަންތައް ކުރެއްވެވީ މިދިވެހިރާއްޖެއަށް އެންމެ ރގަޅު ގޮތައް ވިސްނަވާ މަޝްވަރާ ކުރުމަށްފަހު.

      20
      26
      • ޑރ. ރާމީ (ޕީ.އެން.އެފް)

        ޕްރައިމަރީ ގަ ބައިވެރިވާން ޝަޢުޤު-ވެރި-ވީ 10 މީހުންގެ ނަންބަރު ތައް އަޅުގަނޑާއި ގުޅުއްވުމުން ދޭނަން.

        13
        • Anonymous

          ނަންްބަރު ދީބަލަ ޑރ.ރާމީ

        • ޑރ. ރާމީ (ޕީ.އެން.އެފް)

          919962033122+ ވަޓްސްއަޕް

  9. ޑައެލޯގް

    އަސްލުގައި ރައްޔިތުން މިހާރު ވޯޓުލާން ބޭނުމެއްނުވެއެވެ. އެހެންވީމަ ވޯޓުލީމީހުންނަކީ %17.69 އެވެ ނުލަނީ %82.31 އެވެ، ތިޔައާޒިމް ހޮވުނަސް މުޅިމާލެދަވާލާނެއެވެ. އާރު. ސީ.ސީއަށާއި އެމްޑިޕީގެ ބޮޑުންނަށް މާލޭގެ ބިންތައް ވިއްކާލާނެއެވެ. ރޮޒޭނާމެނަށް މާލޭގެ ބިންތައް މިލްކުވީއެވެ.

    39
    7
  10. ހިކި ކިރު

    ދެން ހަވާލު ކުރޭ ފާޙާނާތަށް ދޮވެ ސާފުކުރުމުގެ މަސައްކަތް! ސަރުކާރުގެ ޖެއްސުން ކުޑައެއް ނުވާނެ ކަމަށް ލަފާކުރެވޭ!

    13
    7
  11. ސަމްސު

    ޔާމީނަށް ވަފާތެރިނުވެވުނު މީހަކަށް ރަތްޔިތުންނައް ވަފާތެރިވެވޭނެތަ؟

    29
    27
  12. @އެލްޖީއޭ

    ފެނޭތަ ތިނަދޫ ސިޓީ މޭޔަރު ބޭނުންވި މީހާ ހޮވާފަ އެހެެރީ އެލްޖީއޭ ލުލް އާދަން ޝަރީފް އަދި މުހައްމަދު އަލީ ވެސް ލުލް.

    12
    7
  13. ސދސސދފ

    ދެން އޮންނަ މަިޖިލިސް އިންތިހާބުގައި މަޖިލިސްގެ ރައީސް އަސްލަމް ހޮވުން މުހިއްމު

    18
    22
  14. ސަމްސު

    މަރްޙަބާ އާޒިމް. މޑޕ ކކބކ. އިންޝާﷲ މާލެއަށް ހެޔޮބަދަލުތަކެއް ގެނެސްދޭނެކަމުގެ އުންމީދުކުރަން.

    24
    7
  15. ލުތުފީ

    54680 ހާސްމީހުންތިބިއިރު 17500 ހާސްމީހުންވޯލީމަ ވެސްގޮނޑިކާމިޔާބުވޭ ބަލިވިމީހުނައްވުރެ ބޮޑައް އިލެކްޑންކޮމިޝަން މިއިންތިހާބުންބަލިވިތަން މިފެނުނީ 37180 ވޯޓްނުދީ ފުރަތަމަ އިދާރާތައްރަނގަޅުކުރަންވީ

    22
    4
    • ޙަސަނާ

      ތިޔަވޯޓުން އެގޭ އެއްޗަކީ މާލޭގެ ރައްޔިތުން 70ޕަސެންޓުމީހުން ގެދޮރާ ލިބުނު ފުލެޓުތައްކުއްޔައްދީފަ ރާއްޖެއިންބޭރުގަ ދިރިއުޅޭކަން އަދިވެސް ސަރުކާރުތަކުން މާލޭރައްޔިތުންގެ ވޯޓުހޯދަން މިކިއަނީ ގެދޮރުވެރިކޮއް ބިންމިލްކު ކޮއްދޭވާހަކަ އެއްވެސްޕުލޭނެއްވެސް އަދިވެސް ވެރިކަމުގެ ހުރިހާބާރެއް އޮތީ އަދުރޭގެ މުށުތެރޭގަ..

      13
      3
  16. ހަމަބުނެލީ

    10 ކިލޯހަނޑުލަށް ރައްޔިތުން ނުގަނެވުނު

    23
    10
  17. ޢަބްދުﷲ

    ހަޤީޤަތަކީ، އާޒިމް އެ މަޤާމަށް ހޮވުނީ ވަކި އެމް.ޑީ.ޕީ ވީމަ އެއް ނޫން. މިވަގުތު އެ މަގާމަށް ކުރިމަތިލާފައިވާ ބޭފުޅުންގެ ތެރެއިން، އެންމެ ޤާބިލް ބޭފުޅަށް ވީމަ. ދިވެހި ޤައުމަށް އިޚްލާސްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައި ވީމަ. މަރުޚަބާ އާޒިމް. ޤައުމައިގެން ކުރިއަށް.

    28
    7
  18. އަލްޖިބްރާ

    އާޒިމާ އަށް އެއްޗެއް ވިސްނިދާނެ ކަމަށް ހީކުރަން !

    17
    1
  19. ނޫކް

    މުއިއްޒު ކިތަންމެ ރަނގަޅަސް ނުބައި ހަދާ މީހުން ކައިރީގަ އެބައުޅޭ ކަމަށް މިބެލެވެނީ. މިފަހަރު ނުބައި ހެދިކަމަށް މި ބެލެވެނީ މިނިސްޓަރ ހައިދަރު. ފުރަތަމަ ހަފްތާ ތެރޭ ރައްޔިތުން މާޔޫސް ކޮށްލީ.

    18
  20. ބީމާ

    ރައްޔިތުންނޭ ހާސްނުވޭ! އާޒިމްއަކީ ރަނގަޅު މީހެއް. ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދޭނެކަމަށް ބަލާ. ފަހަރެއްގައި ކޮޅުވެސް ބަދަލުކޮށްލަފާނެ.

    14
    4
  21. ޔާބެ

    ޔާމީނާ ދޭތެރޭ ކަންކުރި ގޮތަކުންނެއް ނޫން މިހެން މިވީކީ. ޔާމީނާހެދި ކާކުތަ މިހާރު އުޅެނީ. އެކަން ފާއިތުވެއްޖެ.

    15
    15
  22. ލިމްޕާ

    ތާއީދު މިކުރަނީ މުއިއްޒުއަށް އަދި ސަރުކާރަށް. އެކަމަކު އާޒިމާ އައިނަމަ އެކަން ބަދަލުވިސް. މާނައަކީ އޭނައަކަށް ސަޕޯޓެއް ނެތޭ. އޭނާ އުޅެނީ އަބަދުވެސް މާ ބޮޑުވެގެން މާ ބާރުހުރި މީހެއްކަމަށް ދެއްކެން. އެކަމަކު އޮންނަނީ އަތައް ގޮވާފަ. ވަރަށް ލާނެއް ގޮލަޔެކޯލަ އެއީ. ދެންވެސް ދާނީ ކޯޓަށްތޯއްޗެއް.

    11
    2
  23. ދައިމޫ

    އާޒިމް ހޮވުނީ ސަރުކާރުދެކެ ހިތްހަމނުޖެހޭތީކަމަކަށް ނުބެލެވެ. ކަމަށްކަމޭހިތައިގެން ޢިލްމާ ހުނަރުގެ ބޭނުންކޮށް ސަރުކާރަށް ޖެއްސުން ނުކުރާނެ ބޭފުޅަކީ އާޒިމްކަމަށް މީހުންނަށް ޤަބޫލުކުރެވުނީ. އެއީ ވަކި އެމްޑީޕީއަށް އޮތް ސަޕޯޓެއްކަމަކަށް ނުބެލެވެ. ސަބަބަކީ މުއިއްޒު ވެރިކަމަށް އެރިއްސުރެ ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި އެ ކޮށްދެއްވަމުން ގެންދަވާ ބުރަ މަސއްކަތްތަކަކީ ވެރިއެއްގެ ފުށުން މީގެ ކުރިން ހުވަފެންުންވެސް ނުދެކޭ ފަދަ އިޚްލާސްތެރި މަސައްކަތްތަކެއް. މިކަން މިރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ޤަބޫލުކުރަންވީ.

    12
    15
  24. ވީލްސާ

    އާޒިމާ ކޮބާ ކޯޓްތައް އެބަހުރި އަދި. ފައިލްތައް ހިފައިގެން ދެކޮޅަށް ދުވަން ފަށަންވީނު. ލާނަތްކަން ދައްކަން.

    16
  25. ބަލާތި

    ރައީސް މުއިއްޒު އަދުރޭ ބުނި ގޮތަށް ހަދައިގެން ރައީސް ޔާމީން އަށް ހައްގު ފުރުސަތު އޭނާ ނިގުޅުވައިގަނެގެން އޭނާ އަށް ސަރުކާރުގެ %80 ލިބޭ ގޮތަށް ހެދުމަށް ރައީސް ޔާމީން އަށް ހަރާމްކޯރުވެ އަދުރޭ ބުނާ ގޮތަށް މުއިއްޒު ކަން ކުރުމުން އަދުރޭ ކޮންމެ ސިތާސީ މަގާމެއް ސަރުކާރުން ދެނީ 3 ލައްކަ ރުފިޔާ އޭނާ އަށް ދިނީމައޭ މިކަން އިނގޭނެ އެމްޑީޕީ ގިނަ މީހުން ނަށް ސަރުކާރުގެ ބޯރޑް މެމްބަރުކަން ދީފައިވަނީ ޕީޕީއެމް މެމްބަރުން ނަގާ އެއްލާލީ އަދުރޭ އަށް ކަޓް ނުދޭތީ

    8
    1
    • ޝާން

      ،ކަލޭނޭ މިވެރިން މިކިޔަނީ ގާނޫނު މުގުރަންކަން މިވެރިންނަށް ނުވިސްނެނީބާ! ނޫނީ ސިޔާސީ މީހުންނަކީ ގާނޫނާއި ގަވައިދަށްވުރެ މަތީބަޔަކީބާ!

  26. އަންނި

    ވެރިކަމުގެ ކުރީކޮޅު މިފަދަ ކާމިޔާބެއް އެމްޑީޕީ ހޯދުމަކީ ކުރިއެރުމެއް. ކުރީފަހަރު އެމްޑީޕީ ބަލިވީ ސަރުކާރުގެ މެދުތެރެއިން އައި ކައުންސިލް އިންތިހާބެއްގައި" މި ފެންނަނީ ދޮގު ވިއްކުމުގެ ނަތީޖާ. ހާހުން ދެހާހުން އިންޑިޔާ ސިފައިން

    13
    10
  27. މީހާ

    މި ސަރުކާރު ގެނައުމަށް ބުރަ މަސައްކަތްކުރި އިޚްލާސްތެރިން އެއްފަރާތްކުރުމުގެ ނަތީޖާ މި ފެނުނީ.

    އާޒިމާވެސް އެންމެ ބޭނުންވި ވަގުތު ދުރުގަ ހުރެފަ މޭޔަރަކަށް ވާންވީމަ ދެފައި މަހާލީމަ ރައްޔިތުމީހާ އެއޮތީ އެކަން އަންގަދީފަ.

    އާޒިމާއަށްވުރެ އަމާނީވެސް ރަނގަޅުވީސް.

  28. ހަންޑިކުޑަ

    މަނިކުފާނޫ! ސިޓީ ކައުންސިލުން އާސަހަރާ މިސްކިތް ފުނޑާލާފައި ހުންނަތާ ލައްކަ ގިނަ ޒަމާންވެއްޖެ. އަލުކަން ކުރާ އެތައް ބައެއްގެ އަލުކަމުން ވަނީ އެވެރިން މަޙްރޫމު ކޮއްފައި. މަނިކުފާނު ލަސް ނުކުރައްވާ މަޤާމާއި ހަވާލުވެ އެ ސަހަރާ ނިންމައި ، މަރުވާ މީހުން ހިނެވުމާއި ، ކަށު ކަމާ ކެމީގެ ކަންކަން ކުރުމާއި ، ނަމާދު ކުރެވޭނެ އިންތިޒާމު ވީހާވެސް އަވަހަށް ކުރެވޭނެ އިންތިޒާމު ހަމައްޖައްސަވައި ދެއްވާނެ ކަމަށް ރައްޔިތުން އުއްމީދު ކުރަނމު! ވ ވެދުން.

  29. މުހައްމާ

    ކަނޑައެޅިގެން ދޮގުހަދާ މަކަރުވެރި ވާހަކަ ދެއްކި މީހެއްކަން އެނގުނު ހިސާބުން ރައްޔިތުންބަލާނުގަތީ.

  30. އަހްމަދު

    ހިންގުންތެރިއެއް އެހެންނަމަވެސް އެހާ ކޮރަޕްޓް ބޭފުޅެއް މާދަމާ ރަމްޒީއަށް ސިޓީކައުންސިލް ވަޒީފާހަމަޖެހިގެންދާނެ

  31. ކެނެރީ

    އާޒިމް ހޮވުނަސް އާޒިމަށް ނޫނެކޭ ބުނި މީހުން މާގިނަ ، އަސްލު ގަގީގަތް އެމް ޑީ ޕީ ފުމެ އަރާވަރެއްނޫން

  32. ބޯހަލާޚު

    ކަލޭގަޔާ މި އޮތީ ހިތާދޫ މީހަކަށް ހުދު ފޮށައެއްލިބިފަ ....

  33. 786

    އަސްލު ޙަޤީޤަތަށް އެކަކުވެސް ވާހަކަދައްކާކަށްބޭނުމެއްނުވޭ އެމީހަކު ބޭނުންވާ ގޮތަށް އެމީހަކު ހިންހަމަޖެހޭ ގޮތަށް އެމީހަކު ވާހަކަދައްކަނީ އަސްލުވީގޮތަކީ ފުރަތަމަ ކަމަކީ ވޯޓުލާން މީހުން ނުނިކުތުން ދެވަނަ ކަމަކީ ވެރިކަންކުރާ ޕާޓީން މާބޮޑަށް ޔަޤީންކޮށްލުން ތިންވަނަ ކަމަކީ ދަނޑިޕާޓީއާއި ޔާމީނު ޕާޓީން މީހުން ނުކުތީމަ ވޯޓުލީ މަދު މީސްކޮޅުގެ ވޯޓު ބެހިގެންދިޔުން

  34. ޒީރޯ ޓޮލެރެންސް

    އިންޑިއާގެ ޕަޕެޓުން...