ރައީސް ޑރ. މުހައްމަދު މުއިއްޒު، މާލެ ސިޓީގެ މޭޔަރު ކަމަށް އިންތިހާބުވެ ވަޑައިގެންނެވި އާދަމް އާޒިމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޯނުން ގުޅުއްވައި މިރޭ މަރުހަބާ ދަންނަވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ އިންތިހާބުން ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދެންނެވުމަށް ރައީސް މުއިއްޒު، އާޒިމަށް ގުޅުއްވި ކަމަށެވެ. ރައީސް ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން މާލެ ސިޓީ ކައުންސިލަށާ އަދި މޭޔަރަށް ދެއްވާނެ ކަން ފާހަގަ ކުރެއްވި ކަމުގައި ރައީސް އޮފީހުން ވިދާޅުވިއެވެ.

އަދި ރައްޔިތުން ބޭނުންވާ ކަންކަމުގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދެއްވައިގެން މާލެ ސިޓީ ކައުންސިލުން މަސައްކަތް ކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި، އާޒިމަށް ވަނީ 7،621 ވޯޓު ލިބިވަޑައިގެންފައެވެ. އޭނާއާ އެންމެ ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރެވެ. އާޒިމާ އަށް 5،032 ވޯޓު ލިބިވަޑައިގެންފައިވެއެވެ.

ތިން ވަނަ އަށް ދިޔައީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު މުހައްމަދު ސައިފް ފާތިހެވެ. އޭނާ އަށް 2،336 ވޯޓު ލިބިވަޑައިގެންފައިވާ އިރު، ހަތަރު ވަނަ އަށް ދިޔައީ އަމިއްލަ ގޮތުން ވާދަކުރައްވާ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކުގައި ބައި އިލެކްޝަންގައި ވާދަކުރެއްވި ހުސެއިން ވަހީދެވެ. އޭނާ އަށް ލިބިވަޑައިގަތީ 1،888 ވޯޓެވެ. އަދި ފަސް ވަނަ އަށް ދިޔައީ އަމިއްލަ ގޮތުން ވާދަކުރައްވާ ޝުއައިބު އަލީއެވެ. އޭނާ އަށް ލިބިވަޑައިގަތީ 125 ވޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހަމީދު

    ކޮބައިތަ ފުރަހަނި. ސިޔާސީ ޕާޓީތަކަށް ކުރި ފުރައްސާރަ ފެނިއްޖެތަ؟

    7
    2
    • އަލީ

      އަދި އުޑުގަ ޖެހިފަ ބިމުގަ ޖެހޭވަރެއް ނޫން. ހަމަ ޖެހިބަލަ

  2. ސަން

    މިފަހަރު ބަލިވީ 2 ސަބަބަކާހުރެ ކަމަށް ފެންނަނީ
    1. އާޒިމާގެ ސިޔާސީ މާއިދާނުގައި ބުރަދަނެއް މިހާރު ނެތުމާއި މަތީ މަގާމަކަށް އަންހެނުން ހޮވުން ދީނުގައި ނޭދެވޭ ކަމެއް ކަމުގައިވުން. މަވެސް ވޯޓު ނުލީ އެހެންވެގެން. މަޖިލީސް އިންތިހާބަށް ގާބިލު ފިރިހެނުން ނެރެގެން ނޫނީ މުއިއްޒަށްވެސް ކާމިޔާބު ވާނެހެން ހީނުވޭ
    2. މޭޔަރުގެ މަގާމަކީ އެހާ ބޮޑު މަގާމެއް ނޫންވީމަ މީހުން ވޯޓުލާން ނުދިއުން

    9
    1
  3. ގަރުދިޔައަލިފުޅު

    ފުރަހަނި ކަލޭ މުންޑެއް އަދެގެން ފެންފައިވާނެއްގަ ހުސްގަޔާ މުޅިއުމުރު އުޅުން ދެން ރަގަޅުވާނީ ފޯއްކޮށަން.

  4. ތިއްތުއި ދީ

    ފުރަހަނި ކަލޭގެ ކުރި މަލާމާތުން ކަމަނާ އަށް ހުރަސް އެޅުނީ

  5. ދެކޮޅު

    މޭޔަރު އަނެއްކާ އިތުރު ބަސްތައް ނުނެރޭތި ސިޓީ ކައުންސިލްގެ ބަސްތައް ނެރެގެން ތަރައްގީ ކުރަން ނޫލޭތި ކުރީގަހާވާފަ ހުރި ހަޑި ސިޓީ ކައުންސިލުގަ ނުހާވާތި ރައްޔިތުންނަށް މިހާރުވެސް މަގުތައް ބޭނުން ކުރަން އުނދަގޫވޭ ވިސްނާތި

  6. ވެންގަބޯ

    މޭޔަރު އަނެއްކާ ކައުންސިލެގެ އިތުރު ބަސްތައް ނުނެރޭތި ތީ މާލޭގެ މަގުތައް ތޮއްޖެސި ސީއީއޯ ރައްޔިތުންނަށް ބޮޑުތަކުލިފެއް މާލެ ތަރައްގީ ކުރާނީ އަނެއްކާ އިތުރު ބަސް ތަކެއް ނެރެގެންބާ

  7. ވެދުން

    މޭޔަރު އަނެއްކާ ކައުންސިލެގެ އިތުރު ބަސްތައް ނުނެރޭތި ތީ މާލޭގެ މަގުތައް ތޮއްޖެސި ސީއީއޯ ރައްޔިތުންނަށް ބޮޑުތަކުލިފެއް މާލެ ތަރައްގީ ކުރާނީ އަނެއްކާ އިތުރު ބަސް ތަކެއް ނެރެގެންބާ

  8. 5އަހަރު ބޭކާރު

    ވަރައްދެރަ