މާލޭގެ މޭޔަރަކު އިންތިހާބު ކުރުމަށާއި މާލެ ސިޓީ ކައުންސިލަށް ތިން ކައުންސިލަރަކު އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަންތަކުގައި މާލޭގެ %71 ރައްޔިތުން މި ސަރުކާރަށް ނޫނެކޭ ބުނެފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމް އިންތިހާބުވެވަޑައިގަތުމާ ގުޅިގެން އެކަން ފާހަގަކޮށް ރައްޔިތުންނަށް ޝުކުރު އަދާކުރަން ސަލްޓަން ޕާކްގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ މާލޭގެ ރައްޔިތުން މިއަދު މި ސަރުކާރަށް އެ ދިނީ މެސެޖެއް ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިތާ ދެ މަސް ދުވަސް ނުވަނީސް، މާލޭގެ ރައްޔިތުން މި ސަރުކާރަށާއި ސިޔާސަތުތަކަށް ނޫނެކޭ ބުނީ ސަބަބެއް ނެތި ނޫން ކަމަށް ސޯލިހް ވިދާޅުވިއެވެ.

ސޯލިހް ވިދާޅުވި ގޮތުގައި މި ސަރުކާރު ވެރިކަމަށް އަންނަން ހެދި ދޮގުތައް ހާމަވާން ފަށައިފިއެވެ.

އާޒިމް، އެމްޑީޕީ ދިދަ ހިފައިގެން. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

"ސަރުކާރުގެ އަސްލު ސިފަ މިއަދު ހާމަވާން ފަށައިފި. މާލޭގެ ރައްޔިތުން ނޫނެކޭ ބުނެފި. އަޅުގަނޑު ދަންނަވާނީ ކުރިއަށް އޮތް ތަނުގައި މުޅި ރާއްޖެ، މުޅި ރާއްޖެ މި ސަރުކާރަށް ނޫނެކޭ ބުނާ ދުވަސް އޮތީ ވަރަށް ކައިރީގައި،" ސޯލިހް ވިދާޅުވިއެވެ.

ސޯލިހްގެ ވާހަކަފުޅުގައި ވަނީ އެމްޑީޕީ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ދިން ގޯތިތަކާއި ފްލެޓުތައް މިއަދުން މިއަދަށް ހަވާލު ކުރުމަށް ރައީސް މުއިއްޒަށް ގޮވާލައްވައިފައެވެ. އަދި މާލޭގެ ރައްޔިތުން ފުށިދިއްގަރުފަޅަށް ގެންދަވަން ނޫޅުއްވުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

"ރައީސް މުއިއްޒަށް އަޅުގަނޑު ދަންނަވާނީ ލަސްނުކުރައްވާށޭ. މާލޭގެ ރައްޔިތުންނަށް އަޅުގަނޑުމެން ދިން ގޯތިތައް މިއަދުން މިއަދަށް ހަވާލު ކުރައްވާށޭ. ފުށިދިއްގަރުފަޅަށް މާލޭގެ ރައްޔިތުން ގެންދަވަން ނުހައްދަވާށޭ. ފްލެޓުތައް ހަވާލު ކުރައްވާށޭ،" ސޯލިހް ވިދާޅުވިއެވެ.

"ކުރިއަށް މިއޮތީ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު. މި އިންތިހާބުން މާލޭގެ ރައްޔިތުންގެ ފަރާތުން ރުހުމެއް ބޭނުންވާ ކަމަށް ވަންޏާ، ވޯޓެއް ބޭނުންވާ ކަމަށް ވަންޏާ، މުއިއްޒު ކުރައްވަންވީ ކަމަކީ އެއީ. އެހެން ނޫނީ ބޮޑު ތަނުން އަނެއްކާ ވެސް މި ސަރުކާރަށް ނޫނެކޭ ބުނާނެ،"

އެމްޑީޕީން ސަލްޓަން ޕާކްގައި ބޭއްވި ރެލީ. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ސޯލިހް ވިދާޅުވި ގޮތުގައި މިއަދު ވެސް ރައީސް މުއިއްޒު ކުރައްވާ ކަމަކީ ދޮގު ހެދުމާއި އޮޅުވާލުމާއި ނަފްރަތާއި ގަދަ ބަސް ވިދާޅުވުމެވެ. އެކަމުން ކާމިޔާބު ނުވާނެ ކަމަށާއި މި ސަރުކާރަކީ މަޑުމައިތިރިކަމާއެކު ރައްޔިތުން ބޭނުންވާ ގޮތަށް ވެރިކަން ކުރަން އައި ސަރުކާރެއް ކަމަށް ވެސް ސޯލިހް ވިދާޅުވިއެވެ.

"އެގޮތަށް އެކަން ނުކުރާ ނަމަ، ސަރުކާރު ޖަވާބުދާރީ ކުރުވައި ގެންނަން ޖެހޭ ބަދަލު ގެންނާނެ،" ސޯލިހް ވިދާޅުވިއެވެ.

ސޯލިހް ވިދާޅުވީ އާޒިމްގެ މޭޔަރު ކަމުގައި މާލޭގެ ރައްޔިތުން މާޔޫސް ނުކުރައްވާނެ ކަމަށެވެ. އާޒިމް ނުކުންނަވަނީ ތަސައްވަރަކާއި މެނިފެސްޓޯއަކާ އެކީގައި ކަމަށާއި އާޒިމްގެ ވިސްނުމަކީ ސަރުކާރެއް ހަދައިގެން މަސައްކަތް ކުރުން ނޫން ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. އާޒިމް ވަޑައިގަންނަވަނީ ގާނޫނީ ގޮތުން މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރައްވައި މާލޭގެ ރައްޔިތުން އެދޭ ގޮތަށް މާލެ ބަދަލު ކުރަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"މި ފުނި ޖެހިފައި އޮތް ދަތި، އުނދަގޫ މާލެއަށް ހައްލެއް ހޯދުމަށް ޓްރެފިކަށް ހައްލެއް ހޯދައި ދިނުމަށް. ކުނިވެފައި އޮތް މާލެ ސާފު ކުރުމަށް. އެ ކަން ކުރުމުގައި އާޒިމްއާ އެކުގައި އަޅުގަނޑުމެން އެމްޑީޕީ އެކުގައި އޮންނާނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން." ސޯލިހް ވިދާޅުވިއެވެ.

މާލޭގެ މޭޔަރަކު ހޮވުމަށް މިއަދު ބޭއްވި ބައި އިލެކްޝަން އާޒިމް ކާމިޔާބު ކުރެއްވީ 7،000 އަށް ވުރެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު އައިޝަތު އާޒިމާ ޝަކޫރަށް ހޯއްދެވުނީ 5،000 އަށް ވުރެ ގިނަ ވޯޓެވެ. މި ބައި އިލެކްޝަންގައި 17،000 އަށް ވުރެ ގިނަ މީހުން ވޯޓުލީ އިރު، އެއީ ވޯޓުލެވޭ މީހުންގެ %32 މީހުންނެވެ. މި ބައި އިލެކްޝަންގައި 50،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

40 ކޮމެންޓް

  1. ބުއްޅަބޭ

    ކަލޭ ތީ ދެން ކާކު؟ އެންމެ 14000 މީހުންގެ ވޯޓޭ ތިއީ...%82 ވޯޓު ނުލައޭ ގަމާރާ..

    87
    5
  2. ޔ

    މާލޭ ރައްޔިތުން ގޯސް ހެދީ ނުން މިއޮތް

    43
    2
  3. އބ

    ވާނުވާ އެނގޭތަ އިބުރާހިމާ... ވޯޓުލީ 32 ޕަސެންޓޭ. ތިބުނަނީ 71 ޕަސެންޓު ނޫނެކޭ ބުނެފިޔޭ.

    71
    3
  4. އަސްޤަރު ސިއްދީގު

    މިހަރަ ގަމާރު ކަލޭ 71% ތިޔަކިޔަނީ އެންމެ 7621 މީހުނަށްބާ؟ މާލޭގެ 270000 މީހުންގެ އާބާދީއަކުން 7621 މީހުންގެ ވޯޓް ލިބުނީމަ ތިޔަބުނަނީ މާލޭގެ 71% އޭ! ބަލަގަ އިބުރާހިމާ މާލޭގެ 71% ނުކިޔަބަލަ! ވޯޓްލީމީހުންގެ 71% އޭ ކިޔާބަލަ !

    64
    4
  5. ދެން

    އެހެންވީމަ މަނިކުފާނުވެސް ތި އެއްބަސް ވަނީ މާލޭ ރައްޔިތުން މަނިކުފާނުގެ ސަރުކާރުވެސްވެ ބަލައިނުގަނެއޭތޯ. މަނިކުފާނު ސަރުކާރުގަ މާލޭ ރައްޔިތުން ހޮވީ މުއިއްޒު. ފަހަރެއްގަ އާޒިމާ މާލޭ ރައްޔިތުންނަށް ކަމުނުދަނީކަމައް ވެދާނެ . އޭގެ މާނައަކީ ސަރުކާރު ކަމުނުދަނީ އެއް ނޫނެއްނު. އަދި މިއުޅެނީ ސަރުކާރު ހިގައިގެނެގެން 5 މަސް ނުވެގެން.މިހާރުވެސް މަނިކުފާނު ސަރުކާރައް 5 އަހަރުން ކިރިޔާ ނިންމާލެވުނު ކަންކަން މިސަރުކާރުން ނިންމައިފި ޖުމްލަކޮއް ބަލައިފިނަމަ.

    75
    3
  6. ހައްގު ތެދު

    ހާދަ އަވަހަކައް 40000 މީހުން ވޯޓް ނުލާއޮއްވާ އަދި 2 ކައުންސިލަރުން ވެސް ލިބުނީ ޕީއެންސީއައް.
    އިބޫ އަކީ ހުދުމުހުތާރު އެންމެ ކޮރަޕްޓް ވެރިޔާ. އިބޫ ސަރުކާރުގަ މުފޫޒު ނުފޯރުވާ އެންމެ އިންތިހާބެއް ވެސް ނެތް

    60
    1
  7. ހނހ

    އަހަރެން ވޯޓް ދިނީކީ ވަކި ޕާޓީ އަކައް ނޫން އެހެންވީމާ ތިހެން ނުބުނެވޭނެ

    47
    2
  8. ހަމްދު

    ހާދަ އަނގަ ފަޅައިގެނޭ ތިއުޅުނީ. ހީވަނީ 2 މަސް ކުރިން ވެސް ބޮޑުތަނުން ނޫނެކޭ ބުނިހެން

    55
    3
  9. މެގާ

    އެމް.ޑީ.ޕީ އަކީ ތަސައްވަރެއް އޮތް ޕާރޓީއެއް.

    6
    65
    • ޑިސްކްރިމިނޭޓް

      މާލޭގައި އުޅޭ ރަށްރަށު މީހުންނަށް ޑިސްކްރިމިނޭޓް ކުރާ ޕާޓީއެއް.

      12
      1
  10. ރާއްޖެތެރެ

    5ހާސް ވޯޓް ލިނުނީމަ މިހާ ފުއްޕާކަ ނުވާނެދޯ؟

    59
    4
  11. ޙެހެ

    އަހަރުން އާޒިމާ އަށް ނޫނެކޭ ބުނީ. ނޯޅެއްޗޭޭ

    39
    1
  12. އަހަރެން

    އިބޫ ހަމަޖެހޭބާ މާލޭ ސިޓީ ކައުންސިލްގެ 3 ގޮޑިން 2 ގޮޑި ލިބުނީ ޕީއެންސީއައް 1 ގޮޑި ލިބުނީ އެމްޑީޕީއައް ދެން މޭޔަރު

    48
    1
  13. 54 ޕަސެންޓް

    54 ޕަސެންޓް މުޅިރާއްޖެ އިން ކަލެޔަށް ނޫނެކޭ ބުނެފަވަނީ

    58
    2
  14. ޙސހސ

    ޗޯރޭ ބަލަގަ މާލެ ސިޓީގައި އުޅެނީ 7000 މީހުނެއް ނޫނޭ. ބުރާންތި ވިޔަސް ބޮޑުވަރު ތީ.

    60
    2
  15. Anonymous

    ސަރުކާރަކައްނޫން ނޫނެކޭ ބުނީ އާޒިމާއައް ނޫނެކޭ ބުނީ ، އަހަރެންވެސް ރިޔާސީ އިނތިހާބުގަ ސޯލިހައް ނޫނެކޭބުނީ.

    24
  16. Anonymous

    ކިތައްމީހުން ވޯޓުގަބައިވެރިވި

    15
  17. ޝާހިދު

    މިސަރުކާރަަށްް ބަޔަކުު ނޫނެކޭޭ ބުނީކީނޫންް ކުރިމަތިލީީ މީހުންްގެެ ސަބަބުންް ވޯޓުލާންް ނުކުންނަންް ބޭނުންނުންނުވީީ ދެންް ރައީސްް މުޢިއްޒުު ދައްކަވާނީީ މޭޔަރާއިިއެކު މާލެެ ތަރައްޤީީ ކުރަައްވާތަންް ކަލޭގެެ ވެރިކަމުގައިި އޭރުގެެ މޭޔަރައްް ޖެއްސުންކުރުންްފަދަަ ޢަމަލެއްް ނުފެންނާނެެ.

    22
  18. ސާރާ

    ގަމާރުވިޔަސް ޗޯރުކަލޭގެ ތަންފުކެއް ބޮޑުވަރު ތިޔައީ! ސަރުކާރަށްތަ ނޫނެކޭބުނީ؟ ޢާޒިމާއަށްތަ ނޫނެކޭބުނީ؟ ޢާޒިމާގެ ވޯޓަށް އަސަރުކުރުވަން ރ ޓީވީން ފެތުރި ބުހުތާނުތަކާ ، ކޯޓުންނެރުނު ޙުކުމް ކޮބައި؟ މިކަލޭގެ ރިޔާސީ އިންތިޚާބުން ފަޅާލާ ފޮނުވާލިއިރުވެސް ލަދުވެސް ނުގަނޭ!

    17
  19. އަޖައިބެއް

    އަމައްޔާތް....54ހާސްމީހުންގެތެރެއިން 6ހާސްވޯޓުލިބިގެން މުންތަހާއަށް އެރުނީކަމަށް ހީވަނީތޯ..އަދުރޭ ނަންވާނީ..

    17
  20. ކޮރަކަލި

    ސޯލިހޫ!!ކިތައް ޕަސެންޓުތަ ތިކޮޅަށް އާނ ބަސްބުނި.
    އެހެން ނޫނަސް ފޭލި ވެފައި ވާމީހެއް ދޯތީ.

    19
  21. ޒާ

    ތީ ރަނގަޅުވާހަކައެއްނޫން. ޔާމީނާމެދު އެމީހުންކަންތައްކުރިގޮތުން އެމީހުންވަނީ ވޯޓްނުދީ.

    9
    2
  22. އިއްސޭ

    އެއީ ސަރުކާރަށް ނޫނެކޭ ބުނުމެއްވެސް ނޫން. އަދި އެމް ޑީ ޕީން ކުރި ވެރިކަން ރަނގަޅޭ ބުނުމެއްވެސް ނޫން. އެއީ މޭޔަރަށް ކުރިމަތި ލީ މީހުންގެ ތެރެއިން އެކަމަށް އެންމެ އެކަށިގެންވަނީ، އެ މަޤާމުގައި ހުރެގެން މިހުން ގޮވައިގެން ކަންކަން ކުރުމަށް އެންމެ ޤާބިލީ އާދަމް އާޒިމޭ ބުނި ބުނުމެއް.

    16
  23. Anonymous

    ދުލުގައި ހިފާ ނުދަމާ އިބޫ ޞާލިހް. އެނގިގެން ދިޔައީ އެމްޑިޕީގެ އަސްލު ސައިޒު. މާލޭ ރައްޔިތުންގެ ގޮތުގައިގައިތިބީ އެމްޑީޕީއަށް ތާއީދުކުރާ އެންމެ 7 ހާސް މީހުންކަން. ކޮން ޕަސެންޓެއް ޖަހާކަށް. ވޯޓު ދިނުމުގެ ޙައްޤުލިބިގެންވާ 50 ޕަސެންޓް މީހުންވެސް ވޯޓު ނުލުމުން އެބުނަނީ. ކުރިމަތިލީ މީހުންގެ ތެރޭގައި މާލޭގެ ރައްޔިތުންގެ ތާއީދު އޮތް އެއްވެސް ކެނޑިޑޭޓަކު ނެތޭ.
    ހޮވުނަސް އެއީ މާލޭ ބޮޑު އާބާދީއެއް ބަލާގަންނަ މޭޔަރެއް ނޫންކަން. އެހެންވީމާ އެއީ ކާމިޔާބީއެއްކަމަށް ނުބުނެވޭނެ.

    22
  24. Anonymous

    ދެން އަވަހަށް ސޫޓު ލައިގެން ރައީސް އޮފީހަށް ދޭ! މޯދީ އެބަ ހޯދާ

    13
  25. އިކުރާމު

    2 މަސްކުރިން މުޅިރާއްޖެެ ބޭފުޅާއައް ނޫނެކޭ ބުނީ

    13
    1
  26. އަލިބެ

    އޭ ޞާލިޙާ! އެއީ ސަރުކާރަށް ނޫނެކޫ ބުނީކީނޫން. ކަލޯހީކުރީ ކަލޯތީ ވަރަށް ރަނގަޅަށް ވެރިކަން ކުރި މީހެއްކަމަށްތަ؟ މުޅި ރާއްޖެ ދަރުވާލާފަ އިންޑިޔާއާ ރާއްޖެއާ ޖައްސުވާފަ. ބޮޑެތި ވަގުން ދޫކޮށްލާފަ. މިޒަމާނުގެ ފެންވަރުނެތް މީހަކު ބައެއްގެ ނުފޫޒުން 5 އަހަރުވަންދެން އެއްވެސް ތަރައްޤީއެއްނެތި ވެރިކަންކޮށްފަ. ކަލޯއަށް ހީވަނީތީ ސިޔާސީ ލީޑަރެކޭ. ނޫން. ކެނެރީގޭ އަންނި ގެ ހެޔޮކަމުން ކަލޯއަށް ވެރިކަން ހަދިޔާކުރީމާ ކަލޯ އަންނިއަށްވެސް ދިނީ ލަނޑު. ސަރުކާރު މުވައްޒަސފުންގެ މުސާރަ ބޮޕޑުކުރީއޭ ކިޔާ ޓީޗަރުންނާ ނަރުހުންނަށް ފުދިނ އިތުރުވާވަރަށް މުސާރަ ބޮޑުކޮށްފަ އިދާރީ މީހުންނަށް އެއްޗެއްނުދީ.

    11
  27. ޗޯރުމަނިކް

    މުޅި ރާއްޖެ އޮތީ ޗޯރޭއައް ނޫނެކޭ ބުނެފައި

    14
  28. Anonymous

    ރާއްޖޭގެ ރައްޔިތުން ނޭދޭ މިތާ އިންޑިއާގެ ވެރިކަމެއް ހިނގާކަށް މާލޭ މީހުން ނޭދޭ މާލެ އިންޑިއާ އަވަށް ގަނޑަކަށް ވާކަށް ފުރަތަމަ ތި ސިޔާސަތު ބަދަލުކޮށްލާ

    12
  29. Anonymous

    ވާހަކަ ނުދައްކާ ހުރޭ ،މުޅި ގައުމު އަދަވަޅަކަށް ވައްޓާލާފަ ގޮސް..

  30. އިންޢިޔާގެ ފިޔާ މާމީރު

    ބޭނުމީ އިންޑިޔާގެ ފިޔާ ބިސް އިންޑިޔާ ފުއް ހަކުރު ބޭސް ބޭނުމީ.. ބޭނުމީ ބޯހިޔާވަހިކަ މާލެއިން

    1
    7
  31. މުޙައްމަދު

    އަތޮޅޭ ނިކަން ބަލަން ތިބެމާ ދޯ. މަދު ބަޔަކު ވޯޓުލާން ނިކުމެ އާޒިމް ހޮވުނީމަ އެއީ އަދި މުޅި މާލެ ރައްޔިތުންނޭ ނުބުނެވޭނެ. އަތޮޅޭގެ ވެރިކަން ފެއިލްވީ ބޮޑުތަނުން. ގިނަ އަދަދަކުން މާލެއިންވެސް އަތޮޅޭއަކަށް ވޯޓެއް ނުދޭ. ދެންވެސް އަތޮޅަށް ދޭ

    • ޢެމް އެސް

      ކޮންމެއަކަސް މާލެމީހުން އެކުރީ ވަރަށް ގޯސްކަމެއް މާލެހަލާކުގެ ތެރެއަށް ވައްޓާލީ! އާޒިމާ ހޮވިނަމަ މުޅިމާލެ ތަރައްގީކުރައްވާނެ! އަދި މިވެރިކަމަށް ކިރިޔާ ދެމަސްވީ ކިތައްކަން ކަންތައް ކުރައްވަން އެނިންމެވީ އެފަދަވެރިކަމަށްގާބިލް ވެރިއަކު ހޮވުނީތީ الله އަށް ޝުކުރުވެރިވެ މިގައުމު ކުރިއަށް ގެންދެވޭނެ ގޮތްހެދުމަކީ މިގައުމަށް ހެޔޮއެދޭ އެންމެން ކުރަންޖެހޭނެ ކަމެއް މިސަރުކާރަށް ރައްޔިތުންގެ މަޖިލީސް ކާމިޔާބު ވެގެން ނޫނީ ގައުމަށް މުއީޒް އެކުރައްވަން އުޅުވާ ގިނަ ގުނަ ތަރައްގީ ނުގެނެވޭނެކަން އެންމެންވެސް ވިސްނަން ޖެހޭ އެއީ ވަކިޕާޓީއަކަށް ވަކި ކުލަޔަކަށް ބަލަންޖެހޭކަމެއް ނޫން އެންމެންގެ ރާއްޖެ އެންމެނަށް ފައިދާހުރި ކަންތައް ކުރުވުމަށް އެންމެން މަސައްކަތް ކުރަންޖެހޭ ވީމާ އަޅުގަޑުމެން އެންމެން އެއްބާރުލައިގެން މިގައުމު ކުރިއެރުވުމަށްޓަކައި މިސަރުކާރަށް ރައްޔިތުންގެ މަޖްލީސް ކާމިޔާބު ކޮށްދެމާބަހީ!

  32. ތަނަވަސް

    ހިސާބު އެނގޭވަރަކީ.. ވެރިކަމުގަ 10 ހުރީމެއްނު.

  33. ނޮޅާލާ

    އާޒިމު ތިބުނަނީ ތެދެއް. ދިވެހިން ބޭނުންވާނީ ރައްޔިތުން އިނދަ ޖައްސާލާފަ ގައުމު ވިއްކާލާނެ ބައިގަނޑެއް. މާލޭގެ ހުރިހާ އެންމެން ނުކުމެ އެއޮތީބުނެފަ. ޢަވަހަށް މިއަދުވެސް ފަށާ.

  34. ހަމީދު

    ހަހަހަހަ ސޯލިޙު މިހާރު ހަމަތަ؟ މާލޭގެ 6000 މީހުން ވޯޓު ލިބުނީމާ ތިހެނ ފެންނަނީ ސިކުނޑީގަ މައްސަލައެއް އުޅޭތީ. އިބޫއަށް ދިވެހި ޤައުމު ވަނީ ނޫނެކޭ ބުނެފަ. ދެން މައިތިރިވެގެން ހުރެބަލަ ކޮއިފުޅާ.

  35. އަހުމަދު މުހައްމަދު

    މާލޭ މީހުންގެ ޖުމްލައަކީ 17000 އެއް ނޫން. އަހަރެމެން ވޯޓް ނުލީ ވޯޓް ލާން ޖެހޭ ވަރުގެ ޤާބިލް މީހަކު އެއްވެސް ޕާޓީ އަކުން ނުދައްކާތީ. އަހަރެމެން ވޯޓް ލަނީ ޕާޓީ އަަށް ވިސްނައިގެން ނޫން. މީހާ އަށް ބަލައިގެން.

  36. އލމގރ

    ޕީޕީއެމް ޕީއެންސީ 2024 އިންޝާﷲ އާމީން

  37. އ މ ރ ބ

    އެހެންވެގެން މަށަށް މީނަޔަށް ޤަމާރޭ މި ކިޔެނީ،

  38. އަބްދޫ

    ތިޔައީ ސާލިހް އަށް ފެނުނު އަވާމެންދުރެއް.ސާލިހް ހިންގާފަ ހުރި ޖަރީމާތަކުގެ ސަބަބުން އަދި ހަމަމަގަށް ރުޖޫއުވާ ދުވަސް ނާދޭ ލަސްތަކެއްނުވެ އެ ދުވަސްއައިސް ސާލިހް މެން ޖަލަށް ވަންނަ ދުވަސް ގެންނާމެކަމަށް އުންމީދުކުރަން. ހިޔާނާތާއި ފަސާދަ ދަވްލަތުގެ ނަމުގަ ނަގާފަހުރިދަރަނި ން ބަދަލުދީފަހުރީވެސް ރަނގަޅަކަށް ނޫން. މިހުރިހާކަމެއްއަލުންބަލާ ތަހުގީގު ކޮށް ޔާމީނު ޖަލުގަ އޮތް މުއްދަތަށް ވުރެ ގިނަދުވަހު ސާލިހް ބާއްވަން ވިސްނާނެކަމަށް އުންމީދުކުރަން.