މާލޭގެ މޭޔަރަކު ހޮވުމަށް އިއްޔެ ބޭއްވި ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު އަދި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ކުރި ހޯއްދެވީ 2،590 ވޯޓުގެ ތަފާތަކުން ކަން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.

އިއްޔެ ހެނދުނު 8:00 އިން ހަވީރު 5:00 އަށް މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދިޔައިރު، މި އިންތިހާބަށް މާބޮޑު ތަރުހީބެއް ލިބިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

މިގޮތުން މި އިންތިހާބުގައި 54،680 ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު، ވޯޓު ލާފައި ވަނީ 17،410 ފަރާތެކެވެ. މިއީ އިންސައްތައިން ބަލާއިރު، %31.84އެވެ.

އީސީގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި، އާޒިމަށް ވަނީ 7،621 ވޯޓު ލިބިވަޑައިގެންފައެވެ. އޭނާއާ އެންމެ ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރަށް ބިލިވަޑައިގެންނެވީ 5،032 ވޯޓެވެ.

މާލޭގެ މޭޔަރު ކަމަށް އެމްޑީޕީގެ އާޒިމް އިންތިހާބުކޮށްފި

އާޒިމް އާއި އާޒިމާއާ ދެމެދުގައި 2،590 ވޯޓުގެ ތަފާތެއް ދައްކައެވެ.

މި ބައި އިލެކްޝަންގެ ނަތީޖާތަކަށް ބަލާއިރު ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު މުހައްމަދު ސައިފް ފާތިހަށް 2،336 ވޯޓު ލިބިވަޑައިގެންފައިވާ އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކުގައި ބައި އިލެކްޝަންގައި ވާދަކުރެއްވި ހުސެއިން ވަހީދު އުޅުއްވަނީ ހަތަރު ވަނައިގައެވެ. އޭނާ އަށް ލިބިވަޑައިގަތީ 1،888 ވޯޓެވެ. އަދި ފަސް ވަނަ އަށް ދިޔަ އަމިއްލަ ގޮތުން ވާދަކުރައްވާ ޝުއައިބު އަލީ އަށް ލިބިވަޑައިގަތީ 125 ވޯޓެވެ.

މާލެ ސިޓީގެ މޭޔަރަކު ހޮވުމުގެ އިންތިހާބުގެ އިތުރުން، މާލެ ސިޓީގެ ތިން ދާއިރާއަކަށް ކައުންސިލަރުން ހޮވުންވެސް އިއްޔެ އޮތެވެ.

ބައި އިލެކްޝަން ބޭއްވި ކައުންސިލްގެ ތިން ގޮނޑީގެ ތެރެއިން އެމްޑީޕީ އަށް ލިބުނީ މެދު ހެންވޭރު ދާއިރާގެ ގޮނޑިއެވެ. އެ ގޮނޑި އަށް އިންތިހާބުވެވަޑައިގަތީ އެމްޑީޕީގެ ޓިކެޓުގައި ނުކުންނެވި އަހުމަދު ރިޝްވާންއެވެ.

މާލެ ސިޓީ ކައުންސިލްގެ ދެ ގޮނޑި ޕީއެންސީއަށް، ދެ ގޮނޑި އެމްޑީޕީއަށް

ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް އައިމިނަތު ރިޝްފާއެވެ. އަދި މާފަންނު ދެކުނު ދާއިރާގެ ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު ހަސަން ނިޒާމެވެ.

މިއާއެކު މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އޮތީ އަދިވެސް ސަރުކާރު ފަޅީގައިކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ރިޔާ

    ރައްޔިތުން މާބޮޑު ސަމާލުކަމެއް ނުދޭ މަގާމެއް ތިއީ. އަދި އާޒިމާއަކީ ރައްޔިތުންގެ ތާއީދު އޮތް މީހެއް ނޫން. އިންޝާﷲ މަޖިލިސް އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރާނަން!

    27
    11
    • ހނހ

      އަސްލު ވެސް 38000 ހާ މީހުން ނުނިކުމޭ ވޯޓްލާކައް

  2. ޔަގީނޭ

    ރައްޔިތުންގެ ހިތް ތަކުން ސަރުކާރަށް މޮޅު ވެވޭނީ އެމްޑީޕީން ރައްޔިތުން ފެލަން ވެގެން ނަގަމުން އައި ޓެކްސް އުވާލުމުންނޭ އެގޮތުން ފުރަތަމަ އުވާލަންވީ ކޮތަޅު ޓެކްސް އެކަން ކުރެވޭނެ ރައީސްގެ ގަރާރަކުން އެކަން ސަސްޕެންޑް ކޮށްލާ 5 އަހަރު ދުވަހަށް ދެން ޕްލާސްޓިކް އިން ނަގާ ކަސްޓަމްސް ޑިއުޓީ ދެބައި ކުަޅަ އެއްބަޔަށް ދަށްކުރޭ އެއިރުން ސަރުކާރަށް ތާއީދު ލިބޭނެ ކަން ޔަގީނޭ ޔަގީނޭ ޔަގީނޭ ޔަގީނޭ

    3
    3
    • ޢަބްދުﷲ

      ޕްލާސްޓިކާއި ދުރުހެލިވުމަށް އެޅި ފިޔަވަޅުތައް ރަނގަޅު... ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރެވިގެންދާނެ... ދިގު މުއްދަތުގައި އޭގެ އަސަރު ފެންނާނެ.

  3. ފުލެޓްދޮންބެ

    ތިހެންތިވީ ފުލެޓްތައް ހިފަހައްޓާ އަދި ޔާމިން އަށް ދޯކާދިނީމަ

    4
    6
  4. ލަލީތާ

    ޕީޕީއެމް ޕީއެންސީ މަޖިލިސް2024 އިންޝާﷲ އާމީން....ތިޔަށްވެސް ކިޔާ ވިންވުމޭ މޭޔާރ އާޒިމް

  5. މާލޭ މީހާ

    މާލޭ މީހުންގެ ގޯއްޗާ ކުޅުމުގެ ނަތީޖާ. މުއިއްޒު ވިސްނިއްޖެ ދޯ.

    4
    10
    • އިބޫ ޖަހުލު

      މާލޭ މީހުންގެ ގޯއްޗާއި ކުޅުނީ އިބޫ. ގޯއްޗޭ ކިޔާފަ ލިސްޓުގަނޑެއް ޕްރިންޓު ކޮއްލެވިދާނެ މަށައްވެސް

      8
      1
    • ޢަބްދުﷲ

      ހަޤީޤަތަކީ ގޯއްޗާއި ފުލެޓްގެ ކަންކަމުގައި ގޮތެއް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން މި ވޯޓުގައި އޭގެ އަސަރު ފެނިގެން ދިޔަ. ސަރުކާރުން މި އިންތިހާބުގެ ކުރިން، ލިސްޓުން އުނިކުރަންޖެހޭ ބަޔަކު އުނިކޮށް، ފުލެޓާއި ގޯތި ޙައްޤުވާ މީހުނަށް ރަސްމީކޮށް ލިޔުން ހަވާލު ކުރިނަމަ، އޭގެ ފޮނި މީރުކަން ވޯޓުން ފެނިގެން ދިޔައީސްކަން ޔަގީން

  6. ދެން

    އާޒިމަކަސް ،އާޒިމާ އަކަސް ، ސޯލިހަކަސް، މުއިއްޒަކަސް ބަލަންވީ ގައުމު ކުރި އެރުވޭތޯ، ފިތުނަ ވެރިކަން އެއްފަރާތް ކޮއްފަ ގައުމައިގެން ކުރިއަށް ދިއުން މާ ބުއްދިވެރި ވާނެ. ތިހެން 2 ބައި މީހުން މަށަށް މަށަށް ގޮވަން ތިއްބާ ގައުމު ބަނގުރޫޓް ވާ ހިސާބަށް ގޮއްސިއްޔާ ހަމަ ދެރަވާނީ އަހަރުމެންނަށް،

    10
  7. ފުޅަނގި

    ކުރީސަރުކާރު ވެއްޓުނުއިރު ޤައުމުއޮތީ ބަނގުރޫޓުވާ ހިސާބައްގޮއްސަ އަދިމިސަރުކާރު ވެރިކަމާހަވާލުވިތާ ދެމަސް ނުވޭ މަސަތްކަތް ކުރަމުން އެގެންދަނީ ބަނގުރޫޓު ވުމުން ސަލާމަތްކުރަން މިސަރުކާރުން ބަނގުރޫޓުވިޔަކަ ނުދޭނެ އެއައްވުރެމާ ޚިޔާލު ތަނަވަސްވާނެ

    2
    1
  8. އަބްދޫ

    ޔާމީނަކީ ޕިޕީއެމް ޕީއެންސީއަށް ގެއްލުންކުރަން ހުރި ބޭފުޅެއް.54 ގޮނޑީގެ މަޖިލީހުގެ މެޖޯރިޓީ ހަވާލުކުރުމުން 4 އަހަރުނުވަނީސް މެޖޯރިތީ ނަގާލައިފި ކައުންސިލް އިންތިހާބާއި ރިޔާސީ އިންތިހަބާއި މަޖިލިސް އިންތިހާބު ފެއިލް ކޮށްލުމަށްފަހު ނުފުދިގެން މާލޭގެ މޭޔަރުކަންވެސް ގެއްލުވާލައިފި . އަދިވެސް ތިމާގެ ސައިޒް އެގި ހަމަބިމަށް ތިރިވަން އެގޭވަރު ނުވޭބާ؟ދެން 2024 ގެ މަޖިލިސް އިންތިހާބު އެމްޑީޕީއަށް ދީފަ 2028 ގެ ރިޔާސީ އިންތިހާބު ވެސް އެމްޑީޕީއަށް ދީފަ 10 އަހަރުވަންދެން ޖަލުގަ އޮވެގެން ނޫނި ހަމަބިން ފެނިދާނެހެން ވަރަށް ހީނުވޭ.