މާރޗް 15 ކުރިން އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވާތީ، އެކަމުގެ މަޝްވާރަތައް ކުރިއަށްދާ ކަމަށް ރައީސް އޮފީހުން މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ތިބެން ދިވެހި ރައްޔިތުން ބޭނުން ނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ވެރިކަމުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ފަށައިގެން ދަނީ ކުރިއަށެވެ.

އިންޑިއާ ސަފީރު ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރާއި އިންޑިއާގެ ޑިޕްލޮމޭޓުންގެ ވަފުދެއް މިއަދު ފޮރިން މިނިސްޓްރީއަށް ވަޑައިގެން މަޝްވަރާތަކެއް ދަނީ ކުރިއަށެވެ.

އިންޑިޔާއިން ރާއްޖެ ކަނޑައަޅާފައި ހުންނަ ސަފީރު ރާއްޖޭގެ ހާރިޖީ ވުޒާރާއަށް ވަޑައިގަތުން— ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް ވިދާޅުވީ އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތާއި ގުޅިގެން މިހާތަނަށް ސަރުކާރުން 11 ބައްދަލުވުން ބާއްވާފައިވާ ކަމަށެވެ. އަދި މިއަދު 12 ވަނަ ބައްދަލުވުން ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މިއަދު ކުރިއަށްދާ ބައްދަލުވުމުގައި އިންޑިއާގެ ސަފީރާއި ޖޮއިންޓް ސެކްޓްރީއާއި އިންޑިއާގެ އިސް ފަރާތްތައް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްދަލުވުމުގެ އެޖެންޑާ އައިޓަމެއްގެ ގޮތުން މާރޗް މަހުގެ 15 ކުރިން އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް އެދިވަޑައިގެންފައިވާ ކަމަށާއި އެ މަޝްވަރާތައް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިމް މީގެކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް

ނާޒިމް ވިދާޅުވީ ބައްދަލުވުން ހަވީރު 5 ޖަހަންދެން މިއަދު ކުރިއަށްދާނެ ކަމަށާއި ޑޯނިއާ އޮޕަރޭޓް ކުރުމަށް މިލިޓަރީ އިންޑީއާގެ މިލިޓަރީ ބޭފުޅުން ތިބިނަމަވެސް އެމީހުން ވެސް ރާއްޖެއިން ދިޔުމަށް ސަރުކާރުން އެދޭނެ ކަމަށެވެ. އަދި އޭގެ ބަދަލުގައި ސިވިލް މީހުން ތިބުން އެއީ މައްސަލައެއް ނޫން ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ރާއްޖޭގައި އިންޑިއާގެ 88 ސިފައިން ތިބި ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެެވެ.

ރައީސް ޑރ. މުއިއްޒު މީގެ ކުރިން ވިދާޅުވިގޮތުގައި އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމާއި ގުޅޭގޮތުން އިންޑިއާއާ ރަސްމީކޮށް ވާހަކަދެކެވި، ރަސްމީކޮށް އިންޑިއާ ސަރުކާރަށްވެސް ދެންނެވިފައިވާނެއެވެ. ަދި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ގެންދިއުމާއި ގުޅޭގޮތުން ޓެކްނިކަލް ލެެވެލްގައި މަސައްކަތް ކުރެވެމުންދާ ކަަމަށްވެސް އެމަނިކުފާނު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅުން ޕީޕީއެމް/ޕީއެންސީއިން އަބަދުވެސް އަޑުއުފުލަމުން ދިޔައެވެ. އެ ގޮތުން އެ ކޯލިޝަނުން އިންޑިއާ އައުޓް ހަރަކާތެއް ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރިއާއިއެކުގައި ކުރިއަށް ގެންދިޔައެވެ. އަދި ނިމިދިޔަ ރިޔާސީ އިންތިހާބުގައިވެސް އިންޑިއާ ސިފައިން ރާއްޖެއިން ބާލާނެ ކަމަށް ތަކުރާރުކޮށް އިންތިހާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވެއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އިންޑިއާއިއެކުގައި ގިނަ އެއްބަސްވުނަތަކެއް ވެސް ވެވަޑައިގެންފައިވެއެވެ. އޭގެ ތެރެއިން ބައެއް އެއްބަސްވުންތައް އުވާލަން ސަރުކާރުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ިުއއ

    ގުޑް

    46
    3
  2. ކަށިކެޔޮ އާދަނު

    ސުބްހާނަﷲ. އެހާބައިވަރުސިފައިން ހާދައުނދަގޫވާނެއޭ ކުއްލިއަކަށްފައިބަންޖެހުނީމާ.. ޗައިނާއަށް އިންޑިއާކަނޑުވިއްކާލީ ތަޯއްޗެ ؟؟

    11
    80
    • ޒަރީނާ

      ރުއްގުޅިމަތިންތޯ ބާލާނީ ؟

      3
      32
    • ޢަލީ

      މިހާރު ތިބިކަމަށް ބެލެވެނީ 88 ސިފައިން. ޏަސީބެއްނޫން އިންތިޤާލީ މަރްހަލާގަ އޮތް އިރު ރައްޔިތުންނަށް އޮޅުވާލަން 238 ވަރަށް ސިފައިން އިންޑިއާއަށް ގެންދިޔަކަން.

    • ހަސަން ފުތާ

      ތިޔަ ކަހަލަ ޣައްދާރުން ދިވެހި ފަސްގަޑުގަ ތިބުމުގެ ސަބަބުން މިގައުމު ހަލާކު މިވަނީ. މިޣައްދާރުވެސް އައުޓު

  3. މަރިޔަބު ދާތަ

    މާރޗް 15 ކުރިން އިންޑިއާ ސިފައިން ބާލާއިރު މިތާތިބި އިންޑިޔާ ޖީބައްވެއްޓިފަތިބި ސޯލިހު މާރިޔާ ކާޕެޓު މެންކަހަލަ އަދުންވުންނާއެކު ބާލަންވާނެ !!! އިންޑިޔާ ސިފައިން ބާލާނަމަ ނަސީދު ވަރަށް ދެރަވާނެ !

    59
    6
  4. އިންޑިޔާ މިލިޓަރީ އައުޓް

    ރަނގަޅު. ދިވެހިން ވޯޓު ދިނީ އެމީހުން ބާލަން. ދެން ތިބެން ގަދަދައްކާނަމަ އެއީ ދިވެހި ދައުލަތާ ދެކޮޅަށް ފާޅުގަ ކުރާ ބަގާވާތެއް. އިންޑިޔާ އައުޓް

    67
    1
  5. ޢިނަ

    މަޖިލިސް އިންގިޚާބަށް ޖައްސާ ސްޓަންޓު

    11
    53
  6. ަައ

    ސަރުކާރުން މިދަނީ ބާރު ސްޕީޑުގައި ތަރައްގީގެ ބޮޑު ބަދަލެއް ގެންނަށް. މި ބަދަލު ގެންނަށް މަޖިލިސް މެޖޯރިޓީ ލިބުމަކީ މުހިންމުކަމެއް. މި ބަދަލާއެކީ ވަކިގައުމަކަށް ބަރޯސާނުވެ ދިވެހިންނަށް އުޅެވޭނެ.

    71
    11
    • މުއިއްޒު ކުރިއަށް

      މަޖިލިސް އެކީ ނަގަން މުހިންމު. ނޫނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕޭނުގެ ގޮތުން ސަރުކާރުގެ ހުރިހާ މަޝްރޫއެއް އެމްޑީޕީން ހުއްޓުވާނެ. އެމީހުނަށް ނުވި ކަންކަން މުއިއްޒަށްވެސް ނުވާކަން ދައްކަން

  7. ޖަގަހައާދަނު

    އިންޑިއާ ސިފައިން މިގައުމުންފޮނުވާލުމާއިއެކު ޗޯރު ހަށްޔަރުކޮށް ގާނޫނީ އަދަބު އޭނައަށް ދޭންޖެހޭނެ އެފަދަމީހުންނަކީ ގައުމުގެ އެއްނަމްބަރު ހާއިނުން މިކަންކުރަން މަޖުބޫރު ސަބަބަކީ ފަހުންނަމަވެސް އަންނަސަރުކާރަކަށް މިފަދަ ކަންތަށްކުރަން ޖެހިލުންވާނެ ހުރިހާގޮތަކުންވެސް ރައީސް މުއިއްޒުއަށް އަށްސަރިބަހާއި ސާބަސްއަރިޝްކުރަން.

  8. އިބްރާހިމް

    ޤައުމުން ބޭރުސިފައިންތަކެއް ނުބޭލިގެން އުޅުމަކީ އެބަޔަކަށް އަޅުވެތިވުން! ދެން އިންޑިއާފުށުން ތަރައްގީ ބޭނުންމީހުން އެގައުމަށް ބަދަލުވާންވީ! މިގައުމު މިގައުމުގެ ރައްޔިތުންނަށް ދޫކޮށްލާ!

  9. އއއ

    މިނިވަންކަމާ ޝަރަފު މާމުހިއްމު!!! ފޮނުވާލާ މޑޕއާއެކު!!؟؟

  10. އަބްދޫ

    ދިވެހިރާއްޖޭގެ ގާނޫނުއަސަސީއާ ހިލާފަށް ހަދާފަ ހުރި ހުރިހާ އެއްބަސްވުން ގާނޫނުއަސާސީގަ ބުނޭ އެއީ ބާތިލް އެއްބަސްވުންކަމުގަ. އެއްބަސްވުމެއްވިޔަސް ރައޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްވިޔަސް ގާނޫނުއަސަސީއާ ހިލާފުވާނަމަ އެހިލާފުވާ މިންވަރެއްބާތިލަ ކަމަށް ގާނޫނުއަސަސީގަ ބަޔާންވެގެންވޭ. ވީމާ ގާނޫނުއަސާސީއާއި ހިލާފަށް ހަދާފަ ހުރި ހުރިހާ އެއްބަސްވުމަކީ އުފެދުމުގަ ވެސް ބާތިލް އެއްބަސްވުން. އެ އެއްބަސްވުމުގަ ސޮއިކުރިފަރާތްތަކަށް އަދަބުދޭންވެސް ޖަެހޭނެ. އެއެއްބަސް ވުން އުވާލުމުގެ ސަބަބުން ދަވްލަތުން ތަކުލީފެއް އުފުލަންޖެހޭނަމަ ގާނޫނު ނަނަބަރު 1/68 ޖ ގެ 9 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެ ތަކުލީފުގެ ޒިންމާ އެފަރާތަކުންއުފުލުވަން ޖެހޭނެ. މި ގައުމުގަ ދިމާވާ މައްސަލައަކީ ކަންކޮށްލީމަ ނިމުނީ ޒިންމާ ނަގާނެ ޒިންމާ ކުރުވާނެ ފަރާތެއްނެތް. ޖީއެމްއާރަށް އެއާޕޯޓް ވިއްކާލމައްސަލާގަ ދަވްލަތުންއުފުލަންޖެހުނު ތަކުލީފުގަ އެއްވެސް ފަރާތަކާ ޒިންމާކުރުވާފަ ނެތް. 78 މިލިއން ޑޮލަރަށް ވިއްކާލި އެއާޕޯޓަށް 48 މިލިއން ޑޮލަރުދީ ބާކީ 30 މިލިއަން ރާއްޖޭގެ އެއްވެސް ބޭންކަކަށް ޖަމާވެފަ ނެތް ެއިރު އެފައިސާއަށް ވީގޮތެއްވެސް މިހާތަނަށް ތަހުގީގު ކޮށްފާ ނުވޭ. ޒިންމާވާނެ ފަރާތެއްނެތް ޒިންމާ ކުރުވާނެފަރާތެއް މައްސަލަބަލާނެ ފަރާތެއްވެސް ނެތް.ޔާމީނު ބުނީ މައައީ ތިކަން ބލާކަށެއްނޫނެ އެހެން ބުނެ އެމްއެމްޕިއާރުސީ ވުޖޫދުކުރުވީ. ރައީސްކަމަށް އަންނަ ފަރާތަކީ ގައުމުގަ ހުރި ހުރިހާ މައްސަލަތަކެއް ހައްލުކޮށް ރަނގަޅުކުރަން އަންނަ ފަރާތެއް. ޒިންމާކުރުވަންޖެހޭ ފަރާތްތައް ޒިންމާކުރުވަންޖެހޭނެ.ދަވްލަށް ގެއްލުނަވާ ހުރިހާފައިސާއެއް ދަވްލަތަށް އަބުރާ ހޯދަންޖެހޭނެ. ގާނޫނުއަސާސީގެ 96 އާއި 97 އާި 250 އައި ހިލާފު ވާގޮތަށް ކޮށްފަ ހުންނަ ހުރިހާހަރަދެއް ކުރި ފަރާތް ޒިންމާކުރުވާ އެފައިސާ ދަވްލަތަށް އަބުރާ ހޯދަން ޖެހޭނެ.

  11. އަހުމަދު

    އިންޑިއާސިފައިން ބައިތިއްބައި އިންޑިއާގެ ފަރާތުންކޮށްދޭނެ ކަމަށްބުނާ ތަރައްގީބޭނުން ދިވެހިން އިންޑިއާއަށް ބަދަލުވާންވީ!

  12. ކިތައް ސިފައިންތޯ؟ އަދިވެސް ގުނާ ނުނިމެނީތޯ؟

    ރައްޔިތުންނަށް ޢަދަދު ނޭނގެންޏާ ބޭލީ ހުރިހާ ސިފައިންކަމެއް ނުނިންމޭނެ!

  13. ހާރީ

    އިންޑިޔާގެއެއްމެސިފާތްގެމީހަކުހުއްޓަސްއެވާނީ
    މިތާއިންޑިޔާސިފާތްތިބިކަމައް

  14. ބުރޯ

    ޗައިނާ އައުޓް