ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު އީސަ، މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމަށް ހަމަލާދީ މާރާމާރީ ހިންގައިފިއެވެ.

މަޖިލީހުގައި ހަމަނުޖެހުން ހިންގާ ވީޑިއޯތަކެއް މިހާރު މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، ދައުރުވަމުން އަންނަ ބައެއް ވީޑިއޯތަކުން މެމްބަރު އީސަ، ޝަހީމް ބިންމައްޗަށް ވައްޓައި ހަމަލާދޭ މަންޒަރު ފެނިގެންދެއެވެ.

މިވީޑިއޯ ފެނުނު ބައެއް ފަރާތްތަކުން ސިފަ ކޮށްފައިވަނީ އީސަގެ އުޅުން ހުރީ "މިނިކާވަގެއް"ގެ އުޅުމެއްހެން ކަމަށެވެ. އެގޮތުން މިނިކާވަގު ވެސް ކުއްލިއަކަށް އަރައި، ހަމަލާދޭކަން އެފަރާތްތަކުން ވަނީ ފާހަގަ ކޮށްފައެވެ.

ޝަހީމްއަށް އަނިޔާ ކުރަން ފެށުމާއި އެކީ މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ސަލީމް ވެސް އެތަނާއި ކައިރިވެ އަނިޔާ ނުކުރުމަށް ވިދާޅުވާ އަޑު ވީޑިއޯއިން އިވިގެން ދެއެވެ. ސަލީމް އެފަދައިން ވިދާޅުވެފައިވާއިރު، އިތުރު އެމްޑީޕީގެ މެމްބަރަކު "އޭނާ ދެން މާ ބޮޑަށް ފުއްޕަނީ ދޯ" އޭ ބުނާ އަޑު ވެސް އިވިގެންދެއެވެ.

މަޖިލީހުގައި ލޭއޮހުރުވުން ހިންގާއިރު، މަޖިލިސް ރައީސް، މުހައްމަދު އަސްލަމް ހަމަޖެހިލައިގެން ގޮނޑީގައި އިންނަ މަންޒަރު ވެސް ވީޑިއޯތަކުން ފެނިގެންދެއެވެ.

މިހަމަލާ އާއި ގުޅިގެން އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު، އިބްރާހިމް ޝަރީފް (މަވޯޓާ) ވަގުތު އަށް ވިދާޅުވީ، މެމްބަރު ޝަހީމްއަށް ހަމަލާދީފައިވަނީ އީސަ އެކަނި ނޫން ކަމަށާއި ޝަހީމްއަށް ހަމަލާދިނުމުގައި ތިނަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު ޢަބްދުލް މުޣުނީ އާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް ވެސް ބައިވެރިވެފައިވާ ކަމަށެވެ.

އެގޮތުން ތިން މެމްބަރުން ވެގެން ޝަހީމަށް ބޮޑެތި އަނިޔާތަކެއް ކޮށްފައިވާ ކަމަށް މަވޯޓާ ވަނީ ވިދާޅުވެފައެވެ.

ޝަހީމަށް ލިބުނު އަނިޔާގެ ސަބަބުން މިވަގުތު އެމްބިއުލާންސްގައި އޭނާ ވަނީ އަވަސް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންދެވިފައެވެ. އޭޑީކޭއަށް ޝަހީމް ގެންދިޔައިރު، އޭނާގެ ކަންފަތް ކައިރިން ލޭފާބާފައިވާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް މިހާރު ވަނީ ދައުރުވާން ފަށާފައެވެ.

މަޖިލީހުގައި ހަމަނުޖެހުން ހިނގައި މާރާމާރީ ހިންގާފައިވަނީ މިސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު ވޯޓަށް އަހަން ކައިރިވެފައިވަނިކޮށް، 22 ވަޒީރުންގެ ތެރެއިން ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީން ނިންމުމާއި ގުޅިގެން، ވޯޓަށް އެހުނަ ނުދީ، ސަރުކާރަށް ތާއިދު ކުރާ މެމްބަރުން މަޖިލީސް ތަޅު އަޅުވުމާއި ގުޅިގެންނެވެ.

އެމްޑީޕީން ރުހުން ނުދޭން ނިންމާފައިވާ ވަޒީރުންގެ ތެރޭގައި ހިމެނެނީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީ އާއި ބެހޭ ވަޒީރު ޑރ.އަލީ ހައިދަރު، އެޓާނީ ޖެނެރަލް، އަހުމަދު އުޝާމް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އަލީ ސައީދު އެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ވޯޓްދިންމީހާ

    ވަގުތުންވަގުތައްހިފާހައްޔަރުކުރޭ އެނައަކީ ގެވެޝި އަނީޔާއެއްގެމައްސަލައެއްގަވެސްޝައްކުކުރެވޭމީހެއް މުޖުތަމައެއްގެރައްކާތެރިކަންކަޝަވަރުކޮއްދެވެނީ ފުލުހުންނައް ގާނޫންތައްތަންފީޒްކުރުންވަރައް މުހިއްމު ޓިކެޓެއްލިބުނަސްގާނޫނައްވުރެމަތީ ގައުޅުމުގެފުރުސަތެއްނެއްގަވާއިދުތެރެއަކް

    106
    3
  2. ތޭރަވާ

    އެމްޑީޕީ ގުންޑާއިން ހިފާ ހައްޔަރު ކުރޭ. މީގެ ކުރިންވެސް ނައިފަރުގެ މެމްބަރަށް އެމީހުން ހަމަލާދިން. ކުރިއަށް އޮތް އިންތިހާބުގަ އެމްޑީޕީގެ ވަސްވެސް މަޖިލީހުން ފޮހެލަންޖެހޭ

    143
    5
    • ޙުސޭނު

      އާއިލާ މީހަކަށް ހަމަލާދީފަ އެހެން ހަމަޖެހިގެން އުޅެވޭތޯ ބަލާލާނަން!!

  3. ޔ

    މަގުމަތީގަ މިތިބީ ނިކުންނަންދެން

    73
    3
  4. ހަމްދޫން

    އީސާއަކީ އަނބިމީހާއަށްވެސް އަނިޔާކުރި ނުބައިނުލަފާ މީހެއް.

    125
    1
  5. Anonymous

    ހަމަ ފައްކާ މިނިކާވަގެއް ދޯ

    92
    2
  6. އަބލޯ

    މަޖިލީހެކޯ. ރެސްލިންގް ރިންގެއް ތޯއްޗެއް

    97
  7. ގޯލީ

    ކަންފަތުން ލޭފައިބާ މީހާގެ ބޮލުގަ އެއީ ކޮން ވާބުރިތަކެއްތޯ! ގެރިތައް އައްސަންގެނޭ ވާބުރިތަކެެއް ކަމަށް ހީކޮށް އޭނައަށް އެ ހަމަލަދިނީދޯ!

    35
    4
  8. Anonymous

    މިހާރުވެސް ޓެސްޓްކޮށްބަލަ ތި ސިންގާ ޕޮޒިޓިވްވާނެ.

    69
  9. އ.ރަޝީދު

    ޖަނަވާރުން މަޖިލީހަންހޮވިޔަސް ޖަނަވާރުންވާނީހަމަ ޖަނަވާރުންނަން އެއެއްޗެހި ކޮށްޓެތެރޭ އުޅޭގޮތްއެފެންނަނީ

    67
  10. Anonymous

    ހައްހައް ...ހައްހައް... ޑިމޮކްރެސީ ފައްކާވަމުން އެދަނީ..ބޭރު ދުނިޔޭގެ ޕާލަމެންޓް ތަކުގަވެސް ތަޅާލާތާ،، އަދި އެއްބަޔަކު އަނެއްބަޔަކަށް ތަޅާވަރު ކުޑައީ...ތިތަނުން ތަމްރީނުވެގެން ބައިނަލްއަގުވާމީ ފައިޓިން މުބާރާތްތަކުން ވަނަހޯދަންވީ...

    48
    2
  11. މަދަދު

    ނުކިޔަވާބުރާތިން ތިޔަ އަހުމަދު އީސައަކީ މިކަހަލަ މީހެއް މަޖިލީހަކައް ނުފުދެ

    62
  12. ވަގުން

    ވަގު
    މިނިކާވަގު: މީހުންކާ ހަތަރުފައި ޖެހި ޖަނަވާރު
    ވަގު: ވައްކަންކުރާ ދެފައި ހުންނަ އެތި
    މިތަނުން އީސަވަނީ ކޮންވައްތަރު ވަގަކަށް؟؟؟؟؟

    37
  13. އަހްމަދު

    އަސްލަމް ކަލެއްއަކަށް ނުވިއެއްނޫން! ތިތަނުގެ ހުރުމަތްކަނޑާޅާއިރު ކަލޭ ކޮބާތަ!

    54
    1
  14. ސދަސދ

    ގެވެށި އަނިޔާގެ ރެކޯޑް އޮންނަ މީހުން ނުހޮވަންޖެހޭ ސަބަބު މިހާރު އިނގެންޖެހޭނެ.

    57
  15. Anonymous

    ވަގަކާތަފާތު އެއީ ހަތެރެސްފައިނުޖެހުމާއި ހެދުމެއލާފަ ހުރުން

    21
    1
  16. ހިލްމު

    ތި އޮތީ ދިވެހިން ބޭނުންވި ޑިމޮކްރަސީ ދޮންވެ ފައްކާވެފަ. ދެން އަތްޖަހާ. ބާރަށް އަތްޖަހާ

    34
  17. ޚ

    މިވަރުވާއިރު ސެކިއުރިޓީ އެކްޓިވްވަނީ މީހަކު މަރުވީމަބާ؟

  18. ނަންނި

    ޕޕމ ޕނސ ބޭފުޅުން ނޫން މީހުން މިފަހަރު ނުހޮވަމާ މަޖްލިސް އަޑުއެހުމުގެ ގާބިލްކަނެއްބޭފުޅުން ހޮވީމަ ވާނީ މިހެން ދަފްތަރުންވެސް އެބަ ނިކުމޭ 2ބޭފުޅުން އެކަމް މިހާރުވެސް ނެއްއަޑުއެހުމުގެ ގާބިލްކަމެއް މާލޭ މީހުނައް ދޭބިން ދަފްތަރުމީހުނައް ހޯދާދޭށޯ މިނިތީ އެކަމް ނެއްއަޑެހިމުގެ ގާބިލްކަމެއްދެން ކޮންރައްޔިގުންގެ ހައްގުގަވަކާލާތުކުރާނީ

    4
    3
  19. މއކ

    ކުޑައިރު މަންމަމެން ބުނާނެ ސްކޫލައް ފޮނުވަމުން ރަގަޅައް ކިޔަވައްޗޭ އެހެންނޫނީ ދާންޖެހޭނީ މަހަށޭ ނޫނީ އަތްގާޑިޔާ ދަމަންށޭ ފާސްނުވެއްޖެޔާ. އަހަރެންގެ ދަރިން ކާރީ ބުނާނަން ފާސް ނުވެއްޖެޔާ ދާންޖެހޭނީ މަޖިލިސް މެންބަރުކަން ކުރާށޭ

  20. ޙެހެހ

    މިހާރު ތިވީ ކޯއްޗަކަށް ، ހަމައެއްބައެއް ނޫންތަ ތިއުޅެނީ ، ދެން ދިވެހިރައްޔިތުން މިމީހުންނަށް ބޮޑުމުސާރައާއި އިނާޔަތްދީފަ މިހެން ދޫކޮށްލަންވީތަ ! އެބަޖެހޭ މިނޫންގޮތެއްވާން

  21. އަލި

    މަހު މުސާރަޔަށް 1000000000ރުފިޔާކައިގެން މިގައުމުގެ ޅަދަރިންނަށް ބޮކްސިންތަޅަން ދަސްކޮއްދޭ ސްކޫލެއްދޯ މިކަހަލަމީހުންނަށް އިއްޒަތްތެރި މެމްބަރު ކިޔަން އަހަރެމެން ލަދުގަނޭ

  22. ޅާމް

    އިއްޒަތްތެރި މިނިކާވަގު.

  23. އަންދަރޭ

    ދިވެހި ޅެމުން ނަފްސާނީ ފަރުވާހޯދީމަ ވާގޮތް.

    2
    1
  24. ޖ

    މިޖަނަވާރުން ތައް މަޖިލީހައް ހޮވަނީ ކީއްކުރަން ސަރިުކާރުގެ ރުފިޔާގަޑު ބަދު އަޅައިލައިގެން ތިބެ ކުރާކަމެއްހަރާން

    4
    1
  25. Anonymous

    ޤާނޫނު ހަދާ މަޖިލީހަކީ މާރާމާރީ ހިންގާ ތަޅާފޮޅާ ތަނަކަށް ހަދައިފި. މިހިރީ ދާއިރާ ތަމްސީލުކުރަން ﷲ ގަންދީ ހުވާކޮށްގެން ތިބި މެންބަރުންގެ ހާލު ހުރި ވަރު. ލަދުން ބޯފަޅައިގެން ދާވަރުވޭ.
    މި ދެއުޅިއެއް ނުވާ، ނާޤާބިލް، އަނިޔާވެރި، ދެއިރު ދެކުލަ ގެންގުޅޭ މީހުން ބާލައި، ހެޔޮލަފާ ޞާލިޙް ކަމަށް ޤާބިލް މީހުން ޤާނޫނު ހަދާ މަޖިލީހަށް އައްޔަނުކޮށްގެން މެނުވީ މި ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ނުގެންދެވޭނެ.
    އެބުނާ ޑިމޮކްރަސީގެ ޅަފަތުގައި އޮންނައިރު ކަން އޮތް ގޮތް މިހިރަ ފެންނަނީ. ދެން އެ ބުނާ ސީއެއް ބާލިޢު ވެއްޖެއްޔާ ވާނެ ވަރު ވިސްނާލާ.

  26. ކިޔުންތެރިއެއް

    މި މީހުންނަށް ރައްޔިތުންގެ ޓެކުހުން ބޮޑުމުސާރަ ދޭން އަޅުގަނޑު ދެކޮޅު. މިއަށްވުރެއް މާރަނގަޅުވާނެ ރާއްޖޭގަ ޒުލެއް ހެދިޔަސް. ގައިމުވެސް އެތަނުން ފައިދާއެއްކުރާން. އިއްޒަތްތެރިކަމުގެ ތާޖު އަޅައިގެންއުޅޭ މަކުނުތަކެއްގެ ފަރާތުން ފައިދާއެއްނުލިބުނަސް.