އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުރި 600 އަހަރަށް ވުރެ ގިނަ ދުވަސްވެފައިފާ ގަދީމީ މިސްކިތެއް ދިއްލީ ސަރުކާރުން ތަޅާލައިފިއެވެ.

ނިއު ދިއްލީގެ މެހްރައުލީ ޖަންގަލީގެ ސަރަހައްދު ގައި ހުންނަ މި ދުވަސްވީ މިސްކިތް އިންޑިއާ ސަރުކާރުން ތަޅައިލާފައިވަނީ ޖަންގަލިތަކުގައި ހުންނަ އިމާރާތްތައް ނަގައި ޖަންގަލިތައް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުންނެވެ.

އެ މިސްކިތް ހިންގުމާއި ހަވާލުވެ ހުރި ކޮމެޓީގެ މެންބަރެއް ކަމަށްވާ މުހައްމަދު ޒަފަރު ބުނެފައިވަނީ މިހާރު ވެސް އެ މިސްކިތުގައި ނަމާދު ކޮށް އަޅުކަން ކުރާ ކަމަށާއި، އެ މިސްކިތާއި މިސްކިތް ވަށައިގެންވާ ސަރަހައްދަކީ ބަރާބަރަށް ސާފުކޮށް ބަލަހައްޓަމުންދާ ސަރަހައްދެއް ކަމަށެވެ. އަދި މިސްކިތުގައި ހިންގާ ބޯޑިން ސުކޫލުގައި 22 ދަރިވަރުން ދީނީ ތައުލީމު އުނގެނެމުންދާ ކަމަށް ވެސް އޭނާ ވަނީ ނޫސްވެރިންނަށް މައުލޫމާތު ދީފައެވެ.

"މިއީ އަހަރެމެންގެ ކާބަފައިންގެ ޒަމާނުއްސުރެ ނަމާދު ކުރަމުން އަންނަ މިސްކިތެއް. މިތަން ތަޅާލަން އުޅޭ ކަމުގެ އެއްވެސް އިޝާރާތެއް ނުވަތަ އިންޒާރެއް ވެސް ސަރުކާރުގެ ފަރާތުން ދީފައެއް ނުވޭ. މިތަނުގައި ހުންނާނެ ވަރަށް ދުވަސްވީ ގަބުރުސްތާނެއް ވެސް، އެތަނުގައި އަޅުގަނޑުމެންގެ ކާބަފައިން ވަނީ ވަޅުލާފައި. މިހާރު މުޅި ތަން ސުންނާފަތިކޮށްލާފައި އޮތީމައި ގަބުރުތައް ވަޅުލާފައި ހުރި ތަންތަން ފާހަގަ ކުރާކަށްވެސް ނޭނގޭ."

"އަޅުގަނޑުމެން އެންމެ ދެރަވަނީ މިސްކިތް ސުންނާފަތި ކޮށްލުމުގެ ކުރިން މިސްކިތުގައި ހުރި ކީރިތި ގުރުއާންގެ މުސްހަފުތައް ނެރުމުގެ ހުއްދަ ތަކުރާރު ކޮށް އެދުމުން ވެސް އެމީހުން ނުދިނުމުން." އިންޑިއާ ޓުޑޭ ނޫހާއި ވާހަކަ ދައްކަމުން މުހައްމަދު ޒަފަރު ބުނެފައިވެއެވެ.

މި ދުވަސްވަރަކީ އިންޑިއާގެ ވަރަށް ގިނަ މިސްކިތްތައް ތަޅައި، ބުދު ފައްޅި ތަކަށް ބަދަލުކުރުމަށް އިންޑިއާގެ ހަރިކަށި ފިކުރުގެ ހިންދޫން ގޮވަމުންދާ ދުވަސްވަރެކެވެ. ގަދީމީ ބާބަރީ މިސްކިތް ތަޅާލުމަށް ފަހު އެ މިސްކިތް ހުރި ހުސްބިމުގައި ދާދި ފަހުން ވަނީ ބޮޑު ބުދު ފައްޅިއެއް ވެސް އަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    މީ ހިންނަވަރު ވަގުއިބިރިހިމާ މިގައުމަށްވެސް ނުގެނެވިގެން މިއުޅުނު ބަލާވެރިކަމަކީ.

    48
    3
    • ޢަޙުމަދު

      ޢައި ޖީ އެމް އެޗް ގައި ހުރި މިސްކިތް ތަޅާލީ ކޮންއިރަކު؟ ކާކު؟

      • އިބްރާހިމް

        އެމްޑީޕީ ސަރުކާރުން 2019 ވަނަ އަހަރު އޭރު ވެރިކަމުގައި ހުރީ ކާކު؟

    • ރާއްޖެ

      ރުޅިއަޔަސް އަހަރެމެން މުސްލިމުން ވާހަކަ ދެއްކުމުގައި ގޮތެއް ހުންނަންވާނެ.

  2. Anonymous

    އާސާރީތަރިކަ ހިމާޔަތްކުރަން ފެލެމުން ދުވާބައިގަޑު ތިކަމުގަ ތިބޭނީ ދެލޯކަނުވެފަ މިސްކިތެއްވީމަ. ތީފައްޅިގަނޑެއްނަމަ ދުނިޔޭގެ ހުރިހާ ދިމާލަކުންތިއަޑު!!!

  3. ދަވާލާ

    ގެރިމޯދީއަކީ މުސްލިމުންގެ އަދުއްވެއް ، މިސްކިތްތަށް ތަޅާ ފައްޅިތަށް ހަދަނީ ގެރިމޯދީގެ ކެންޕެއިންގ ކަންކަން ، ވޭންދެނިވި ވަރުގަދަ ހިއްޕެވުމަކުން މޯދީގެ ފުރާނަ ހިއްޕަވާދޭވެ އާމީން

  4. ވިސްނާ

    މާތްﷲގެ ފޮތަށާއި ގެކޮޅަށް ގެއްލުންދިން މީހުނަށް އެބައިމީހުން ކުރިކަންތަކުގެ ޖަޒާ މިދުނިޔެމަތީގައާއި ޤިޔާމަތް ދުވަހު ދައްކަވާށި

  5. ސުމާރު

    ހިންނަވަރުން އައި ދެބޯގެރިވެސް މިގައުމުގަ އިންޑިއާސިފައިން ބައިތިއްބައިގެން އުޅުނީވެސް ފަށްޅިއަޅަން.

  6. އަދީބު

    ސުމާރު! ކަލޭގ ކޮމެންޓ ކުރުމުގައ ސުމާރެއ ނެތ.