ވެރިކަން ކުރާ ޕީޕީއެމް އާއި އެމްޑީއޭ އަދި ޑީއާރްޕީ ގުޅިގެން މިރޭ ހާއްސަ ރެލީ އެއް ބޭއްވުމަށް ނިންމައިފިއެވެ.

ޕީޕީއެމްގ އޮފީހުގައި ބޭއްވި ނޫސްވެރިގެ ބައްދަލު ވުމެއްގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދު ރަހީމް ވިދާޅުވީ ވެރިކަން ކުރާ ކޯލިޝަންގެ ވަރަަށް ހާއްސަ ޖަލްސާ އެއް ހުކުރު ދުވަހުގެ ރޭ އޮންނާނެ ކަމަށައި މި ޖަލްސާ އޮންނާނީ މިރޭ 20:30 ގައި ކާނިވާ ސަރަހައްދުގައި ކަމަށެވެ.

އަބްދުލްރަހީމް ވިދާޅުވީ ގައުމުގެ މަސްލަހަތަށް ލޯބިކުރައްވާ ހުރިހާ ބޭފުޅުން ވެސް މި ޖަލްސާގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަބްދުލްރަހީމް ވިދާޅުވީ މިއަދަކީ ގައުމީ ނަޒަރަކުން ބަލާއިރު ހިއްދަތި ދުވަހެއް ކަމަށެވެ.

"މިއަދަކީ ގައުމީ ނަޒަރަކުން ބަލާއިރު ހިއްދަތި ދުވަހެއް ގައުމަަަށް އެތަށް ބޮޑެތި ހިދުމަތް ތަކެއް ކޮއްދެވި ބޭފުޅުން ގައުމުގެ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން ރޭވުމަކީ ހިތާމަ ކުރާ ކަމެއް" އަބްދުލްރަހީމް ވިދާޅުވިއެވެ.

މި ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން ނިލަންދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުﷲ ހަލީލް ވިދާޅުވީ ރާއްޖޭގައި މިހާރު ދިމާވެގެން އުޅޭ މައްސަލަތަކަކީ ގައުމުގެ އެތެރެއިން ވާހަކަ ދައްކައިގެން ހައްލު ކުރެވޭނެ ކަންތައްތަކެއް ކަން ބޭރު ފަރާތް ތަކުން ގަބޫލު ކުރާ ކަމަށެވެ.

"އިދިކޮޅު ފަރާތް ތަކުން ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެއްދުން މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ އަދި މިފަދަ ކަންކަން ކުރާ ފަރާތް ތަކާމެދު ފިޔަވަޅު އަޅަން ފުލުހުނަށް ގޮވާލަން" ހަލީލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު