ލަދަކީ އިންސާނެއްގެ ކިބައިގައި ހުރުން އެންމެ މުހިއްމު އެއްސިފައެވެ. އަޅުގަނޑުމެން އުނުއޮރިޔާން ނިވާ ކޮށްގެން މަގުމައްޗަށް ނިކުމެ މިއުޅެނީ ވެސް ލަދުގެ އިހްސާސް އަޅުގަނޑުމެންގެ ކިބައިގައި ހުރުމުންނެވެ. ބޭނުން ކޮންމެ ކަމެއް ނުކޮށް ފަސްޖެހެވޭ އެއްސަބަބަކަށް ވެސް ވެފައި އޮންނަނީ ލަދެވެ. ލަދު ނުގަންނަނަމަ ނުވަތަ ލަދުހަޔާތް ނެތް ނަމަ ތިމާއަށް ހުތުރު ނަމެއް ނުވަތަ ބަދުނާމެއް ލިބިދާނެތީ ކަންބޮޑެއް ނުވާނެއެވެ. ލަދުހަޔާތުގެ ވާހަކަ މިއަދު ދައްކަން މިޖެހެނީ ސަރުކާރުގެ "ލަދުހަޔާތް" ނެތިގެން ހިނގައްޖެ ކަމުގެ މަންޒަރުތައް ފެންނާތީއެވެ.

ދިވެހިރާއްޖޭގައި މިއަދު މިއޮތީ އެމްޑީޕީގެ ވެރިކަމެކެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވީ އެމްޑީޕީގެ އެންމެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައްޔިތުން މަޖިލީހުގެ ރައީސް ކަމުގައި ހުންނެވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. ސަރުކާރުން ކުރަން ބޭނުން ކޮންމެ ކަމަކަށް މަގު ފަހިކޮށްދޭ ރައްޔިތުން މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންނަކީ އެމްޑީޕީގެ މެންބަރުންނެވެ. އެހެންކަމުން ސަރުކާރާއި އަދި މުޅި ދިވެހި ދައުލަތް ހިނގަމުން މިދަނީ އެމްޑީޕީން ބޭނުންވާ ގޮތަށެވެ.

ހަނދާނުގެ ސޮފްހާތައް ފަހަތައް އުކާލަން ހިންގަވާށެވެ. އެމްޑީޕީ އުފެދުމުގެ އަސްލު ވެސް ގުޅިފައި އޮތީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއިއެވެ. އެމްޑީޕީ އުފެއްދީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން "ކަސްތޮޅު އަޅައިގެން" ގެންގުޅޭތީ ތޮށިގަނޑު ފަޅާލާފައި ނިކުތް މީހުންނެވެ. އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރަމުން އައީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޭގެ އެންމެ މަތީ މިންވަރަށް ދިނުމަށެވެ.

އިހައްދުވަހު އަބުރުގެ ޤާނޫނު ފާސް ކުރުމުން އެމްޑީޕީން އުޅުނު ގޮތާއި އެމްޑީޕީއަށް 2018 ވަނަ އަހަރު ވެރިކަން ލިބުމުން އެޤާނޫނު އުވާލި ގޮތް އަދި ދިވެހިންގެ ހަނދާނަކުން ފިލައިގެން ނުދެއެވެ. ރައީސް ސޯލިހް ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ފުރަތަމަ ތަސްދީގު ކުރެއްވި ގާނޫނަކީ ވެސް އަބުރުގެ ގާނޫނު އުވާލަން މަޖިލީހުން ފާސްކުރި ގާނޫނެވެ.

ނަމަވެސް އިއްޔެ އަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން މައުމޫނުގެ ވެރިކަމާއި ހަމައަށް ސޮއްސާލައިގެން ދިޔަ ދުވަހެކެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅު ބެނާއެއް އަމިއްލަ މީހެއްގެ ގޭގައި ހަރު ކުރުން ޖިނާއީ ކުށަކަށް ހަދައި، އެބެނާތައް ފުލުހުން އެވަނީ ނަގާފައެވެ.

ޤާނޫނު ހެދުމުގެ ބާރަކީ ރައްޔިތުންގެ މަޖިލީހަށް ހަމައެކަނި އޮތް ބާރެއް ނަމަވެސް އެބާރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ މުށުތެރެއަށް ލައްވައި، ޚިޔާލު ފާޅުކުރުމުގެ ޙައްޤު ކަސްތޮޅު އަޅައިފިއެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ބަސް ބުނުން އެއީ ގައުމީ ސަލާމަތައް އޮތް ނުރައްކަލެއް ކަމަށް ކަނޑައެޅުމާއިއެކު ދިވެހިން 2008 ވަނަ އަހަރުގެ ޤާނޫނު އަސާސީ އާއިއެކު ހޯދި އެންމެ މުހިއްމު އެއް ޙައްޤު ކަމަށްވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން މިއޮތީ ގެއްލިފައެވެ.

ރައްޔިތުންގެ ހާއްސަ މަޖިލީހުގައި މަދު ނަމަވެސް އެމްޑީޕީގެ މެންބަރުންތަކެއް ތިބެ، އެބޭފުޅުން ވަކާލާތު ކުރައްވައިގެން ފެހި ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ލިޔެފައި އޮތީ މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.

ޤާނޫނު އަސާސީގެ 16 ވަނަ މާއްދާ ބުނާ ގޮތުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އަސާސީ ޙައްޤެކެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ވެސް އަސާސީ އެއްވެސް ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، މިނިވަން، ދީމިޤްރާޠީ މުޖްތަމަޢެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަކަށް ކަމަށް ވެސް ބުނެފައި އޮތީ ޤާނޫނު އަސާސީގައެވެ.

ދިވެހިރާއްޖެ އަކީ މިނިވަން ގައުމެކެވެ. ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ، އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ، އަމިއްލަ ވެރިކަންކުރާ، ޑިމޮކްރަޓިކް، ޖުމްހޫރީ އަދި ޔުނިޓަރީ ދައުލަތެއް ކަމަށް ކަޅާއި ހުދުން ލިޔެފައި އެއޮތީއެވެ. ދިވެހިރާއްޖެއަކީ މިނިވަން ގައުމެއްގެ ގޮތުގައި ދުނިޔެ އެއޮތީ ބަލައިގެންފައެވެ. އެހެންކަމުން ދިވެހިރާއްޖޭގެ މިނިވަންކަމަށް ހީނަރުކަމެއް އަންނަ ކަމަށް ދިވެހި ރައްޔިތަކަށް ފެންނަނަމަ އެކަމާއި ގުޅޭ ގޮތުން ހިޔާލު ފާޅުކޮށް ބަސް ބުނުން އެއީ އެމްޑީޕީން ދަސްކޮށްދިން، އަދި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައި އޮތް އަސާސީ ޙައްޤެކެވެ.

އެއްވެސް ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، މިނިވަން، ޑިމޮކްރަޓިކް މުޖްތަމަޢެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަކަށް ކަމަށް ޤާނޫނު އަސާސީގައި ބުނެފައި އޮތްއިރު އެންމެ ޑިމޮކްރަޓިކް ކަމަށް ދުނިޔެ ގަބޫލުކުރާ އެތައް ގައުމެއްގައި އެހެން ގައުމުތަކާއި ދެކޮޅަށް އަޑުއުފުލައި މުޒާހަރާ ކުރެއެވެ.

އެންމެ ކައިރިން ފެންނަން މިއޮތް އިންޑިއާ އަށް ބައްލަވާށެވެ. އިންޑިއާގައި ޕާކިސްތާނާއި ދެކޮޅަށް އެންމެ ވަރުގަދައަށް އަޑުއުފުލައި، އެންމެ ވަރުގަދައަށް މުޒާހަރާ ކުރާ މީހުންނަކީ ގައުމީ ބަޠަލުންނަށް ވެއެވެ. އެފަދަ މީހުންނަށް ގައުމީ ނިޝާނާއި ޝަރަފް ވެސް ދެއެވެ.

އިންޑިއާ ދޫކޮށް ހުޅަނގުގެ ގައުމުތަކަށް ބައްލަވާށެވެ. އިރާޤު ހަނގުރާމައަށް އިނގިރޭސިވިލާތުގެ ސިފައިން ފޮނުވަން ނިންމުމުން އިނގިރޭސިވިލާތުގައި އެމެރިކާ އާއި ދެކޮޅަށް ކުރި ސިލްސިލާ މުޒާހަރާތަކުގެ ވީޑިއޯތައް އެހުރީ އަދިވެސް ފެންނާށެވެ. އެހަނގުރާމައިގެ ތެރެއަށް ވަން އެކި ގައުމުތަކާއި ދެކޮޅަށް ހުޅަނގުގެ ގައުމުތަކުގައި ކުރި ވަރުގަދަ މުޒާހަރާތަކުގެ މަންޒަރުތައް މިއަދުވެސް އިންޓަނެޓުން ހޯދާލުން އެއީ ދަތިކަމެއް ނޫނެވެ.

މިއަދު ވެސް އެމެރިކާ އާއި ހުޅަނގުގެ ގައުމުތައް އަދި އދ.ގެ މައި މަރުކަޒު ދޮށުގައި ވެސް ހުޅަނގުގެ އެކި ގައުމުތަކާއި ދެކޮޅަށް އަޑު އުފުލާ މުޒާހަރާތައް ކުރުން އެއީ އާއްމު ކަމެކެވެ. ކޮންމެ ދުވަހަކު ދުނިޔޭގެ ބޮޑެތި ނޫސްތަކަށް އެފަދަ ޚަބަރުތައް ނާރަނީ އެއީ ކޮންމެ ދުވަހަކު ގެނެސްދޭން ޖެހޭ ޚަބަރަކަށް ވުރެވެސް އާއްމު ކަމަކަށް ވާތީއެވެ.

އެހެންކަމުން މިއަދު ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރު ކޮށްދީފައި އޮތް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން މުލުން ލުހެލުމަށް ސަރުކާރުން އެތައް ބައެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތު އަޅުވައި ޖިނާއީ ކުށެއްގައި އެތައް ބަޔަކު ހައްޔަރު ކުރާނެ ކަމުގެ އިންޒާރު އެދިނީ ލަދުހަޔާތުގެ ކަންފުޅެއް ވެސް ނެތުމުން ކަން ވަރަށް ސާފެވެ.

އެމްޑީޕީގެ އަސާސީ ޤަވައިދުގެ 10 ވަނަ މާއްދާގެ (ކ) ގައި ބުނެފައި އޮންނަނީ އެމްޑީޕީގެ އެއް މަޤުޞަދަކީ އަސާސީ އިންސާނީ ޙައްޤުތައް ލިއްބައި ދިނުން ކަމަށެވެ. އެހެންކަމުން ދެން ބަލަންވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ މުއާހަދާތަކުގައި ލިޔެފައި އޮތީ ކޮންއެއްޗެއްތޯއެވެ.

1948 ވަނަ އަހަރުގެ ޑިސެމްބަރ 10 ވަނަ ދުވަހު އދ.ގެ އާއްމު މަޖިލީހުން ފާސްކޮށް އިއުލާން ކޮށްފައިވާ އިންސާނީ ޙައްޤުތަކުގެ އާއްމު ޤަރާރު ނުވަތަ ޔުނިވާސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސްގެ 19 ވަނަ މާއްދާގައި ބުނެފައި އޮންނަނީ ހަމަ ކޮންމެ މީހަކަށްމެ، އެމީހަކު ދެކެން ބޭނުންވާ ގޮތަކަށް ދުށުމާއި، އެމީހަކު ހާމަކުރަންބޭނުންވާ ކަމެއް ހާމަކުރުމުގެ މިނިވަންކަން ލިބިގެން ވާކަމަށެވެ. މިޙައްޤުގެ މާނައިގައި، އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތި، ވަކި ގޮތަކަށް ވިސްނުން ގެންގުޅުމާއި، އެއްވެސް ކަހަލަ އިމެއް ހުރަހެއް ނެތި، އަދި ކޮންމެ ފަދަ ވަސީލަތެއް ބޭނުންކޮށްގެން ނަމަވެސް، އެކިއެކި މަޢުލޫމާތާއި އެކިއެކި ޚިޔާލު ހޯދުމާއި، ލިބިގަތުމާއި، އެކަންކަން ފާޅުކޮށް އަންގައިދިނުމުގެ މިނިވަންކަން ހިމެނޭ ކަމަށް ވެސް އެމާއްދާގައި ބުނެފައި އޮވެއެވެ.

ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ބައިނަލްއަޤުވާމީ ޖަމިއްޔާ ޖަމާއަތްތަކުގެ ގޮވާލުންތަކަށް އެންމެ ފުރިހަމައަށް ބޯލަނބާ ކިޔަމަންވާ ކަމަށް ބުނާ އެމްޑީޕީގެ ސަރުކާރުން ޔުނިވާސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސް ބޮލާލާ ޖެހުމަށް ފަހު "އިންޑިއާ އައުޓް" ހުއްޓުވަން ރައީސް ސޯލިހް ރިޔާސީ ޤަރާރު ނެރުއްވުމުން ކުރަން އޮތީ އެންމެ ސުވާލެކެވެ. އެސުވާލަކީ ސަރުކާރުގެ ލަދުހަޔާތް ކޮބައި ހެއްޔެވެ؟

ދިވެހިރާއްޖެ އާއި ގުޅުން އޮންނަ ގައުމަކަށް ފާޑުކިޔުމަކީ އެމްޑީޕީ އާއި އެޕާޓީގެ ވެރިންނާއި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ނުކުރާ ކަމެއް ނޫނެވެ. ހާއްސަކޮށް ރައީސް ނަޝީދު މީގެ ކުރިން ޗައިނާ އާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަތައް ހަނދާނަށް ގެންނަވާށެވެ.

އަދި ރައީސް ނަޝީދު ސައުދީ އަރަބިއްޔާ އާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅު ހަނދާނަށް ގެންނަވާށެވެ. ސައުދީ އަރަބިއްޔާ އަކީ ހަރުކަށި ފިކުރު ފަތުރާ ސަރުކާރެއް އޮތް ގައުމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވީ ވަރަށް ފާޅުގައެވެ. ރައީސް ސޯލިހް ވެސް އިސްވެ ހުންނަވައިގެން "ސޭވް ފާފް" ނަމުގައި ކުރިއަށް ގެންދިޔަ ކެމްޕޭންގައި އެމަނިކުފާނު ސައުދީ އަރަބިއްޔާ އާއި ދެކޮޅަށް އުފުލި އަޑު އެމަނިކުފާނު ހަނދާން ނެތަސް އަޅުގަނޑުމެންގެ ހަނދާނުގައި އެބަހުއްޓެވެ.

ރައީސް ނަޝީދު ޗައިނާ އާއި ސައުދީ އަރަބިއްޔާ އާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާ އެގައުމުތަކަށް ފާޑުވިދާޅުވިއިރު އެއީ މައްސަލައަކަށް ނުވިއެވެ. ރައީސް ސޯލިހް އޭރު ހިންގެވި ކެމްޕޭންތަކާއި ދެއްކެވި ވާހަކަފުޅުތައް ވެސް މައްސަލައަކަށް ނުވިއެވެ. އޭރު އެއީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމެވެ. ނުވަތަ ކުރީގެ ރައީސަކު އަދާކުރެއްވި ގައުމީ ވާޖިބެކެވެ. ކިހައި ބޮޑު ޖޯކެއް ހެއްޔެވެ؟

ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން އެބަތިއްބެވެ. ދިވެހި ސިފައިންނަށް ހެލިކޮޕްޓަރު ދުއްވަން ދަަސްކޮށް ދިނުމުގެ ނަމުގައި އިންޑިއާ ސިފައިން ރާއްޖެ އައިސް ބަނޑަހަ ޖެހިތާ 12 އަހަރު ފުރިގެން ދިޔައީ އެވެ. ދެމަސް ދުވަހުން ޕައިލެޓުންނަށް ދެވޭ ތަމްރީނަކުން ހެލިކޮޕްޓަރު ދުއްވުމަކީ ކުރެވިދާނެ ކަމެއް ކަމަށް ކަމުގެ ތަޖުރިބާކާރުން ވިދާޅުވެއެވެ. އެހެންކަމުން އިންޑިއާ ސަރުކާރުގެ މަޤުޞަދަކީ ދިވެހިންނަށް ހެލިކޮޕްޓަރު ދުއްވަން ދަސްކޮށްދިނުން ނޫންކަން އިންޑިއާ ސިފައިން ރާއްޖޭގައި ތިބި މުއްދަތައް އެކަނި ބެލި ނަމަވެސް ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ.

ރާއްޖޭގެ ކަނޑު ފަޅުގެ ޗާޓް ކުރަހައި އެއިން މާލީ މަންފާތައް ވެސް އިންޑިއާ އިން ހޯދަން ފަށައިފިއެވެ. މިއަދު ދިވެހިންގެ އަތުގައި އޮތް އެންމެ ބޮޑު ރައުސްމާލުގެ "ތަޅުދަނޑި" ރައީސް ސޯލިހް އެއޮތީ އިންޑިއާ އަށް ދީފައެވެ.

"އިންޑިއާ އައުޓް" ގޮވުން މިއަދު ރައީސްގެ ރިޔާސީ ޤަރާރަކުން، ނުވަތަ ގާނޫނެއް ފާސްކޮށްގެން، މީހަކު ޖަލަށް ލައިގެން، ނުވަތަ ގެއެއްގެ ފާރުގައި ހުރި ބެނާއެއް ވީދާލައިގެން ހުއްޓުވިދާނެ ކަމަށް ސަރުކާރުން ދެކޭނަމަ އެއީ ސަރުކާރުގެ ވިސްނުމުގެ ކޮށިކަމާއި ތަނެއްދޮރެއް ނުދަންނަ ކަމެވެ. ހަމައެކަނި އިންޑިއާގެ ލޯބި ހޯދަން ދިވެހި ގައުމު ގުރުބާން ކުރުމުގެ ނަތީޖާ ސަރުކާރުގެ އަރުގައި ހިތި ގޮތަކަށް ލުން ވަރަށް ގާތެވެ. އެމަންޒަރު މިހާރު ވެސް ފެންނަން ފަށައިފިއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. އިބްރާ

    އިބްޑިއާ އައުޓް އިބްޑިއާ އައުޓް އިބްޑިއާ އައުޓް އިބްޑިއާ އައުޓް އިބްޑިއާ އައުޓް އިބްޑިއާ އައުޓްއިބްޑިއާ އައުޓް އިބްޑިއާ އައުޓް އިބްޑިއާ އައުޓް އިބްޑިއާ އައުޓް އިބްޑިއާ އައުޓް އިބްޑިއާ އައުޓްއިބްޑިއާ އައުޓް އިބްޑިއާ އައުޓް އިބްޑިއާ އައުޓް އިބްޑިއާ އައުޓް އިބްޑިއާ އައުޓް އިބްޑިއާ އައުޓް އިބްޑިއާ އައުޓް އިބްޑިއާ އައުޓް އިބްޑިއާ އައުޓް އިބްޑިއާ އައުޓް އިބްޑިއާ އައުޓް އިބްޑިއާ އައުޓް

    30
    1
  2. ޒާ

    ނަވާޒެވެ. ތީ ގައުމީ ބަޠަލުންނެވެ. މަގުމަތީ މުޒާހަރާ ނުކުރެވޭ ހިސާބަށް ދިއުމުން ގަލަމުން ތިކުރަނީ ގައުމީ ޖިހާދެކެވެ. ގާނޫނު ހަދާ މަޖިލީހުގާ ނުވަތަ ވެރިއަކަށް ލަދުނެތް ޚިޔާނާތެރިން ތިއްބަސް ގައުމުދެކެ ލޯބިވާ ދަރިން ތިބިކަން ނަވާޒު ދައްކައިދީފިއެވެ. މަށަށް އެވޯޑް ދެވޭނަމަ މިފަދަ ކޮންމެ ލިޔުމަކަށް ނަވާޒަށް އެވޯޑް ދޭނަމެވެ. ޢެހާވެސް ފުރިހަމަ އެވެ. ގައުމީ ޖޯޝް ގެނުވައިފިއެވެ. ސާބަހޭ ދަރިޔާ.

    45
    2
    • އިންޑިއާއަކީއޭޝިޔާގެއިޒްރޭލު

      ހިޔާލު ފާލު ކުރުމުގެ މިނިވަންކަން އޮންނަ ގޮތް ރާއްޖޭގެ ނޫސްވެރިން ދަސްކުރަން ފުރަތަމަ ޖެހޭނީ.. އިންޑިއާ އައުޓް އެއްފަރާތުގަ ބާއްވާ އެއީ އައުޓްވާންޖެހޭ ބައެއް އެހެން ގޮވެންވެސް ޖެހޭނެ.. އިންޑިއާއެއީ އޭޝިއާގެ އިޒްރޭލު، އެހެންވެ ސަރުކާރު ބިރުން ރޫރޫއަޅަނީ.. ރަނގަޅު ބޭރު ޤައުމުތަކުގަ އެކަންއޮވޭ ނިކަން ފުޅާކޮށް އެކަމަކު މީހެއްގެ އަބުރަށް ބެހެފިނަމަ ނުވަތަ ސާބިތު ނުހިފޭ ވާހަކައެއް ދައްކައިފިނަމަ ދަޢުވާކޮށް މިލިޔަނުން ބަދަލު ނަގައިދޭނެ..ރާއްޖޭގަ ދަޢުވާއެއްކޮށްފިނަމަ އެވާނީ ނޫސްވެރިކސން މަރަން އުޅޭ މީހަކަށް ނޫސްވެރިން އަތްބަންނަ މީހަކަށް.. ރައީސް ޔާމީން ވެސް ހެދި ޤާނޫނެއް އެކަމަކު އެއިން ބަދަލު ލިބެނީ ދަޢުލަތަށް އަބުރު ގެއްލުނު މީހާއަށް މޮކޮސްވެސް ނުލިބޭ. އެހެންނޫންނަނަ އެއީ އެއްވަނައިގެ ޤާނޫނެއް..

  3. ބޮކި

    ކަލޭމެން ތިކަހަލަ ވާހަކަ ދައްކަން އެންމެ އައުލާކަން ބޮޑީ ؟؟؟؟

    5
    15
  4. Anonymous

    ޤާނޫނު އަސާސީ 268 ވަނަ މާއްދާއިން ތިޔަ ބޭ ޤަރާރު ބާޠިލު އެއްޗެއްކަމަށް މިހާރުވެސް ބުނެދޭ

    80
    4
  5. ޟމ

    ވަރަށް ފުރިހަމަ ލިޔުމެއް

    85
    3
  6. ބޯދިގުޒައީމް

    ލަދުހަޔާތް ފެއްނާނޭ ވެލާނާގެ ނޫނީ އެދިމާލުން ތޮޝިމަތީ މަޑުކޮއްލީމަ ނާއްޓެއްގެ ކުލަހުރިއެއްޗެއް ވަޝާލާ ބަޔަކުނިވިދިއްލޭއާ އެކިއަޑުތަކާއެކުގެންދާތަން

    1
    1
  7. ކިނާ

    ސަތޭކައިގެ ލިޔުމެއްމީ!! ގައުމު ވިއްކާލާފައި ރައްޔިތުންގެ ލޯތްބެއް ތާއީދެއް ނުލިބޭނެ. މި ސަރުކާރުގެ ޗަސްބެއް ނެތްކަން ސާބިތުވެއްޖެ. ޢެމް.ޑީ.ޕީގެ މުނާފިގު ކަން ވެސް ދަސްވެއްޖެ.

    31
    1
  8. ޙިޔާލުފޮށި

    މިފަދަ ލިޔުންތައް ކިޔަން ނޭންގޭވެރިޔަކަށް
    މީގެމާބޮޑުފައިދާއެއްނުކުރާނެ

    27
    1
  9. ނާދިރާ

    ވޯޓުން ވައްކަން ކޮށްގެން ވެރިކަން ފޭރިގަތް ބަޔަކަށް ލަދު ހަޔާތެއް އޮންނާނެތަ

    30
    1
  10. ޙ

    ގަރާރު ނެރުމަށް ރައީސަށް އެއްވެސް ގާނޫނަކުން އިހްތިޔާރެއް ލިބިދެވިފައި ނެތްކަމެއްގައި ގަރާރެއްނެރެ ރައްޔިތުން އެއަށް އަމަލުކުރަން ލާޒިމުކުރުވާ އަދި ފުލުހުން ލައްވާ މިގައިރު ގާނޫނީ ގަރާރު ތަންފީޒުކުރުމުގެ މަސައްކަތް ކޮށްފައިވާތީ އަދި ކުރަމުންދާތީ މިކަމަކީ ޖިނާއީ ތަހުގީގެއް ކުރެވި މިކަމުގައި ޝާމިލުވާ އެންމެންގެ މައްޗަށް ވަކިވަކިން ދައުވާކުރެވެންޖެހޭ ކަމެކެވެ.

    29
    1
  11. Anonymous

    ކެމްޕޭންކުރަން އިތުރު އެއްޗެއް ބުނެވެން ނެތް. ދެން ޖެހޭނީ އިންޑިއާ އައުޓް އާ އަޅައިގަނެގެން އުޅެންނޫންތޯ. ހަމަ ރަނގަޅަށް ތިހެދީ.

    14
    3
  12. މަބޭ

    މިހާރު މިސަރުކާރަކީ އިންޑިޔާގެ ޓޮއިލެޓް ޕޭޕަރަކައް ބަދަލުވެފަ

    30
    2
  13. Anonymous

    ހާއްސަކޮށް ރައީސް ނަޝީދު މީގެ ކުރިން ޗައިނާ އާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަތައް ހަނދާނަށް ގެންނަވާށެވެ.

    23
  14. ސައީދު

    ވަރަށް ފައްކާ. އެ ގަރާރަކީ ރައީސް ސާލިހުގެ އަމިއްލަފުޅު ޖަނާޒާއަށް އަމިއްފުޅަށް ކޮންނެވި ކަށްވަޅު.

    25
    1
  15. ޑިކްޓޭޓަރ

    ޅަދުހަޔާތުގެ ކަންފުޅެއްވެސް ނެތް.މި ރީދޫ ގެރި ވެރިން ކުރަންވީމަ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން.އެހެންބަޔަކު ކުރާއިރަށް ބޭގަރާރު. ޖިނާއީ ކުށް.މި ދެން ފުކެއްބޮޑުވަރު.އިބޫ ސޯލިހު ގާނޫނުގެ ބާރުކަޑުވާލި މައްސަލަބެލޭނެ ދުވަހެއް އަންނާނެ. ޢިންޝާﷲ

    22
    1
  16. އޮޅާލީތޭ

    ރައީސް ނެރުއްވި އިންޑިއާ އައުޓް ގަރާރުގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ވަރަށް ބޮޑަށް ކެނެރީގެ ނަޝީދަކީ އެއީ ރާއްޖޭގައި ވަކީލު ކަން ކުރުމުގެ ލައިސެންސް އެއްވެސް އަދި އެހެން މަސައްކަތެއް ކުރުމުގެ ލައިސެންސް އެއް ވެސް ލިބިފައިވާ މީހެއް ނޫނޭ އޭނާ އަށް އިންޑިއާގެ އެމްބަސީން މަހަކު 1 ލައްކަ ޑޮލަރުގެ ކަޓެއް ދޭތީވެ އޭނާ ބުނެގެން ނުޖެހޭނެއޭ ރައީސް އިބޫ ގަރާރެއް ނެރެން އެއީ މަމެން ތަމެން ގޭގައި ތިއްބާ މުޒާހަރާ ކޮށްގެން ގެނައި ގާނޫނު އަސާސީ އޮޅާލުމޭ ގާނޫނު އަސާސީ ހިންނަވަރޭ އޮޅާލާ ބެކަށް ޖަހައިފިއޭ ކުދިންނޭ އޮޅާލާ ބެކަށް ޖަހައިފިއޭ...

    22
    1
  17. ޟަނީ

    ޅަދު ހަޔާތޭ ކިޔާ މީހުންގެ ހަޔާތް ކޮބައިތޯ

    2
    2
  18. Anonymous

    މީހަކު އައުގުރާނަ ގޮވަމުން އަމަޔާ ބަފަޔާ އަޅުވާގޮވަމުން މަގުމަތިން ދަންނިކޮށް އޭނަ ހުއްޓުވައިފިނަމަ ވާނީ ޙިޔާލު ފާޅުކުރުން ހުއްޓުވިކަމައްދޯ. ތިމާގެ ތާޢީދެއް ނެތީމަ ކެމްޕެއިން ކުރަންނޭންގި ޤަޢުމީ ސަލާމަތަށް ނުރައްކާ ވާ ހިސާބައް ދިޔާމަ އަނދަގޮނޑިވެސް ޖަހާ ވަގުކަލޭގެ ހުއްޓުވުމަކީ ވަލިއްޔުލް އަމުރުގެ މައްޗައް ވާޖިބުވާނެކަމެއް

    1
    6
  19. ހއ

    ގައުމު މިއޮށް ބޮޑު ކަންތައް ޖެހިފަ އޮއްވާ ހަގީގަތުގަ ވެސް ނަވާޒު ނޫނިއްޔާ މިކަމާމެދު ކަންބޮޑުވެ ގައުމީ ލިއުމެއް ލިޔުނު ނޫސްވެރިއަކު އަދި ނުފެނޭ.

  20. ޢަދުހަމް

    މި ސަރުކާރު އައީ އިންޑިއާ ފަރސްޓް ޕޮލިސީއައިގެން. ދިވެހި ރައްޔިތުންގެ މަސްލަހަތު އިސްކުރާ ސިޔާސާތެއް ތަންފީޒުކުރާ ގޮތަކަށް ނޫން. މިފަދަ ނޭްއްގާނީ ބައެއްގެ ބޭނުމަކަށްވާނީ އިންޑިއާގެ ނުފޫޒުގެ ތެރޭގައި ރާއްޖެ ބާއްވައިގެން ވެރިކަމުގައި ބަގުޑި ބެއްދުން. ގައުމައް ލޯތްބެއް ނެތް ބައެއްގެ ކޮން ލަދުހަޔާތެއް އޮންނާނީ

  21. އެމްނެސްޓީ

    ކޮބާއެމްނެސްޓީ އޭ ކިޔާބައިގަނޑު