ސިޔާސީ ގޮތުން ގައުމު ހަލަބޮލިވެ، ތާއީދު ކުޑަވާ މަންޒަރު ފެންނާން ފެށުމުން "މޮޅު" ފޮޓޯޝޫޓެއް ނެގުމަކީ ސިޔާސީން އަބަދުވެސް ކުރާ ކަމެކެވެ. ސިޔާސީ ނިންމުމެއްގެ ސަބަބުން ރައްޔިތުންގެ ފާޑު ކިޔުން މާބޮޑަށް އަމާޒުވާން ފެށުމުން ނުކުމެ ކޮންމެވެސް މޮޅު "ޕީއާރް"އެއް ޖެއްސުމަކީ ސިޔާސީ މައިދާނުގައި އާ ކަމެއް ނޫނެވެ. އަދި މިއަދު ވެރިކަމުގައި އޮތީ އެކަމަށް އެންމެ ހުށިޔާރުވެސް ޕާޓީއެވެ.

ސިޔާސީން އެމީހުންގެ ތާއީދު އިތުރު ކުރުމަށް ބޭނުންކުރާ އެންމެ މުހިއްމު އެއް އުކުޅަކީ ހިތްތިރިކަމާއި ރައްޔިތުންނާއި ގާތްގުޅުމެއް އޮންނަ ގޮތަށް ރަމްޒުކޮށްގެން ނަގާ ފޮޓޯތަކެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކުން ފެށިގެން ކުޑަކުޑަ ރާއްޖޭގައި ވެސް ސިޔާސީ ކަންކަމުގައި އުޅޭ މީހުން އަބަދުވެސް ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް މަސައްކަތް ކުރެއެވެ. ވަކިން ހާއްސަކޮށް ރައްޔިތުން ނުރުހޭ ފަދަ ބޮޑު ކަމެއް ކޮށްލާފައި ކޮންމެވެސް ދެބޯގެރިއެއް ދުއްވާލާނެއެވެ.

މޮޅެތި ފޮޓޯތައް ނަންގަވައިގެން ރައްޔިތު މީހާގެ ލަގަބު އަޅުއްވައިގެން ރާއްޖޭގައި އެންމެ ފުރަތަމަ އުޅުއްވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. ރައީސް މައުމޫންގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި އެމްޑީޕީ އުފައްދަވައިގެން މަސައްކަތް ފެއްޓެވި ދުވަސްވަރު ނަޝީދު ރައްޔިތުން ގާތަށް ގޮސް ޖޯލިފަތިތަކުގައްޔާއި، ރައްޔިތުންގެ ކައިރީ އުއްޑުން އިށީއިނދެގެން ވެސް ފޮޓޯތައް ނެންގެވިއެވެ.

ލާދީނީ ބޭފުޅެއް ކަމަށް ވިދާޅުވާ ވާހަކަފުޅު މާބޮޑަށް ގަދަވުމުން ހަތިމެއް ކައިރީގައި ރައީސް ނަޝީދު ނެންގެވި ފޮޓޯއެއް

މީގެ އިތުރުން ޖަލުގައި ހޭދަ ކުރެއްވި ދުވަސްތަކުގެ ފޮޓޯތަކާއި ލިބިވަޑައިގެން އަނިޔާގެ ވާހަކަތައް ނުލާހިކު ރަނގަޅަށް ފަތުރާ ލެއްވިއެވެ. ސިޔާސީ ގޮތުން ރައީސް ނަޝީދަށް ލިބިވަޑައިގެން ކާމިޔާބީގެ އެންމެ ބޮޑު އެއް ހިއްސާދާރަކީ މިދެންނެވި ފަދަ ފޮޓޯތަކެވެ. ރައްޔިތުންގެ ކޮނޑަށް އަތް ވައްޓައިލައިގެންނާއި، ކަންމަތީ ހޮޓާތަކުން ކޭން ބައްލަވާ މަންޒަރުތަކެވެ.

ކޮވިޑު ތެރޭ ބާޒާރުމަތީ ބޯޓުތައް ކައިރިއަށް ގޮސް ރައީސް ނަޝީދު ފޮޓޯ ނަންގަވަނީ

އިދިކޮޅު ލީޑަރ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްނަންގަވައިގެން ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން މިގައުމުން ބޭލުމަށްޓަކައި ފެއްޓެވި "އިންޑިއާ އައުޓް" ހަރަކާތަށް މާގިނަ ރައްޔިތުންގެ ތާއީދު ލިބިގެން ދިޔުމުން އެ ހަރަކާތަކީ ސިޔާސީ ހަރަކާތެއް ކަމަށް ދައްކާ އެކަން ހުއްޓުވަން މަޖުބޫރު ވީއެވެ.

ރައީސްގެ ގަރާރަކުން ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނި ކުރުމުން ރައްޔިތުންގެ ރުޅިވެރިކަން ވަނީ ފަޅައިގެން ގޮސްފައެވެ. ސަރުކާރުގެ އަނިޔާވެރިކަމާއި ރައީސް ސޯލިހް ކަންތައް ކުރައްވާ ލާއިންސާނީ ގޮތްތަކުގެ ވާހަކަތައް ނޫސްތަކުގެ ފަލަ ސުރުހީއަށް އަރަން ފެށުމުން ރޯދަ މަސް ނިމެންދެން ވެސް މަޑުނުކުރައްވާ ރައީސް ސޯލިހްވެސް ފޮޓޯޝޫޓެއް ކުރިޔަށް ގެންގޮސްފިއެވެ.

ރޯދަ މަހުގެ ފަހު ދިހައިގެ ތެރޭގައި ހިންނަވަރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގެ ފޮޓޯތައް އެމްޑީޕީގެ އިސްވެރިންނާއި ރައީސް ސޯލިހަށް ތާއީދު ކުރައްވާ ފަރާތްތަކުން އަންނަނީ އާންމު ކުރައްވަމުންނެވެ. ދުވަސްވީ އިސްރައްވެހިންގެ ގާތަށް ޒިޔާރަތް ކުރެއްވުމުގެ އިތުރުން ކުޑަކުދިންނާއި އެއްކޮށް ވެސް ފޮޓޯތައް ނެންގެވިއެވެ.

ގަރާރަށް ފަހު ހިންނަވަރަށް ވަޑައިގެން ރައީސް ދުވަސްވީ މީހުންނާއިއެކު ފޮޓޯ ނަންގަވަނީ

ކުޑަކުދިންގެ ބޮލުން ފެށިގެން ކުދިކުދި މުސަޅުތަކުގައި ފިރުމާ މަންޒަރުވެސް އާންމު ކުރެއްވިއެވެ. ހިތްތިރިކަމާއި ރައްޔިތުންނާއި އޮންނަ ގުޅުން ދައްކުވަން މޮޅު ފޮޓޯތައް ނަންގަވަން ފައްޓަވާފައިވަނީ އިންޑިއާ އައުޓާއި ގުޅިގެން ނެރުއްވި ޣައިރު ގާނޫނީ ގަރާރާއި ގުޅިގެން ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަން ކޮންމެވެސް މިންވަރަކަށް ކުޑަކުރުމަށްޓަކައި ކަމަށް ވެދާނެއެވެ.

ގަރާރަށް ފަހު ހިންނަވަރަށް ވަޑައިގެން ރައީސް ކުޑަ ކުދިންތަކަކާއިއެކު ފޮޓޯ ނަންގަވަނީ

މޮޅު ފޮޓޯތަކުންނާއި ވީޑިއޯތަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމުގައި އެމްޑީޕީ އަކީ ހުނަރުވެރި ބައެކެވެ. ރައްޔިތުންގެ ތާއީދާއި މަދަދުގެ ބޭނުމުގައި ކުޅުއްވަނީ ރައްޔިތުންގެ އިހުސާސްތަކާއެވެ. ވެރިކަމާއި ބާރުވެރިކަން ހޯއްދަވަން ދައްކަވަނީ މަރުތަކާއި އިންސާފުގެ ވާހަކައެވެ. މޮޅު ފޮޓޯތަކާއި ފާޑުފާޑުގެ ވީޑިއޯތަކެވެ. އިރެއްގައި ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވާ އޮޅުވާލަން ފަސޭހަ ވިޔެއްކަމަކު މިއަދު ދިވެހިން ތިބީ ސިޔާސީ ކަންކަމަށް ވަރަށް ބޮޑަށް ހޭނިފައެވެ.

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކު ކަނޑައެޅުން ވެސް ކުރިޔަށް އޮތީ!

ރައީސް ނަޝީދާއި ރައީސް ސޯލިހް - ފޮޓޯ: ރައީސް އޮފީސް
ރައީސް ސޯލިހް އާއި ރައީސް ނަޝީދު

ފާޅުގައި ދެވަނަ ދައުރެއް ބޭނުންވާކަމަށް ވިދާޅުނުވި ނަމަވެސް ރައީސް ސޯލިހުވެސް މަސައްކަތް ކުރައްވަނީ ދެވަނަ ދައުރެއް ހޯދުމުގެ މަގުސަދުގައެވެ. ދެ ރައީސުންގެ ވާދަވެރިކަން ބޮޑުވެ ޕާޓީ ދެކަފިވެފައިވަނީ ވެސް ރިޔާސީ ޓިކެޓުގެ މައްސަލައިގައެވެ.

މޮޅެތި ފޮޓޯތައް ނަންގަވަމުން ދެ ރައީސުން ވެސް ހިންގަވާއިރު ޕާޓީ އަންނަނީ މަޑުމަޑުން ބައިބައިވެ ކުދިކުދި ވަމުންނެވެ. ރައްޔިތުން ގާތަށް ގޮސް ރީތިހާ ގޮތްގޮތަށް ދެ ބޭފުޅުން ވެސް ދޭތެރެއަކުން ފޮޓޯތައް ނަންގަވައެވެ. އަދި ރިޔާސީ ކެނޑިޑޭޓަކު ކަނޑައެޅުމުގެ ކުރިން ޕާޓީގެ މެންބަރުންގެ މެދުގައި ވީހާވެސް ބޮޑު ތާއީދެއް ހޯއްދެވުމަށް ކެނޑިނޭޅި އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.

ކުޑައިރުގެ ދެ އެކުވެރިންގެ ވާދަވެރިކަމުގައި ޕާޓީ ވަނީ ދެކަފިވެފައެވެ. ސަރުކާރު ފެކްޝަނަކާއި ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ މެންބަރުންގެ މެދުގައި ވެސް ވަކި ފެކްޝަނެއް އުފެދިފައެވެ. ނަޝީދުގެ ފެކްޝަނުން ސަރުކާރުން ކުރާ ކަންކަމަށް ކުދި ކިޔާއިރު ސަރުކާރު ފެކްޝަނުން ވެސް އަންނަނީ އަނެއް ފެކްޝަނަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ރައްދުކުރައްވަމުންނެވެ.

ކުރިޔަށް އޮތް އެޕާޓީގެ ޗެއާޕާސަންގެ އިންތިހާބު ވެގެންދާނީ ރިޔާސީ ކެނޑިޑޭޓަކު ކަނޑައެޅުމަށް އެޅިގެންދާ ފިޔަވަޅަކަށެވެ. ރައީސް ސޯލިހްގެ ފަރާތުން މިނިސްޓަރ ފައްޔާޒު ވާދަކުރައްވާއިރު ނަޝީދުގެ ފަރާތުން ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމިއެވެ. ނަޝީދު ގެންދަވަނީ ވަރަށް ސާފުސީދާކޮށް އިންތިއަށް ކެމްޕޭން ކުރައްވަމުންނެވެ.

އެހެންނަމަވެސް އެތެރޭގެ ވާދަވެރިކަމާއި ބެހޭ ގޮތުން ރައީސް ސޯލިހް މިހާތަނަށް އެއްޗެއް ވިދާޅެއް ނުވެއެވެ. އެއްޗެއް ވިދާޅުނުވި ނަމަވެސް ކޮންމެވެސް ސިފައެއްގައި އެމަނިކުފާނުވެސް މިހާރު ވަނީ 2023ގެ ރިޔާސީ ކެމްޕޭން ފައްޓަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. އަޝްރަފް

    މީ ހާދަ ފިތުނަ އުފައްދާ ބައެކޭ ދޯ!!!

    34
    33
    • ޢަހޫ

      ޢާދަނު މިރޯދަމަހުވެސް ފިތުނަ އުފެ އްދުންނޫކަމެ އްކުރަން ނޭގެނީބާ. ނުވަތަ ބު އްދިގޯސްވީބާ.

      10
      21
    • ކާފަ

      ހަޤީޤަތް ހަޖަމްކޮއްލާ

      43
      7
      • ޓިނުއަދުރޭ

        ޥަގުކަލޭގެ އއެ އުޅެނީ މާބޮޑަ އް ހަޖަމްވެގެންދޯ ހަހާ.

        7
        13
    • މާރިޗާ

      ހަޖަމު ނުވަންޏާ ސައިބޯނި ކާލާ. 😂

      19
      3
  2. ޢަހޫ

    ޢާދަނު މިރޯދަމަހުވެސް ފިތުނަ އުފެ އްދުންނޫކަމެ އްކުރަން ނޭގެނީބާ. ނުވަތަ ބު އްދިގޯސްވީބާ.

    5
    13
  3. Anonymous

    އިބްރާހީމް މުޙައްމަދު ޞާލިޙް އަކީ މިރާއްޖޭގެ ވެރިކަމަށް މިވަގުތު އެންމެ އެކަށޭނަ ރައީސް. އެމަނިކުފާނަށް އެ މަޤާމު މިންވަރުކުރެއްވީ މާތްﷲ. ލާދީނީ މީހަކަށް ނުވަތަ ދީން ވިއްކައި ވެރިކަމުގައި ބަގުޑިބައްދާ މީހަކަށް މިގައުމުގެ ވެރިކަން ނުދެއްވި ކަމަށްޓަކައި އެކަލާނގެ ޙަޟުރަތަށް ޙަމްދުހުރި.

    16
    18
    • ގެރި

      ފިރުއައުނަށް ވެރިކަން ދެއްވި ފަރާތުން ނުސޯލިހުއަށް ވެސް ވެރިކަން ދެއްވީ. އެއީ ޓްރަމްޕަ އަށް ވެސް ވެރިކަން ދެއްވި ފަރާތް، ވެރިކަން ލިބެނީކީ ސޯލިހުވެގެން ނެއް ނޫން. އެކަމުން އެމީހުންގެ ނުބައި ޢަމަލުގެ ފަތައް ބަރުވުން ނޫން ކަމެއް ނުވާނެ. ކިތައްމެ ބައެއް ޙައްގެއް ބޮލުގަ އަޅައިފި، ދީން ވިއްކާލައިފި، ގެރި މޯދީ ގެރި ކޮށި އަޅަން ރާއްޖެ ވިއްކާލައިފި.

      11
  4. އަހުމަދު

    ސަޅި ލިޔުމެއް. ވ އިންޓްރެސްޓިންގ

    38
    7
  5. ސަކަމޮޓޯ

    ޖަޒީރާ ރާއްޖޭގަ އޮންނާނީ މޮޅު ހުވަފެން ދެއްކުން ރައްޔިތުން ފިސާރި ބުއްދިވެރި ކަމާއި އެކު ހެއްލޭނެ

    20
    1
  6. Anonymous

    ތިޔަ ދެމީހުންނަކައް އެއްވެސް އިރެއްގަ ވޯޓެއް ނުދެން މިހާރު އުމުރުން 32 އެއް އަދި ވޯޓުދީފަވާނީ ޔާމީން އައް އެކަނި.

    40
    6
  7. ޞާދު

    މިއީ ވަރަށް ބޮޑަށް ޙަޤީޤަތަށް ލޯބިކުރާ ބޭފުޅަކަށް ނޫނީ ނުލިޔެވޭނެ ލިޔުމެކެވެ.

    21
    2
  8. ޞާދު.

    މިއީ ވަރަށް ބޮޑަށް ޙަޤީޤަތަށް ލޯބިކުރާ ބޭފުޅަކަށް ނޫނީ ނުލިޔެވޭނެ ލިޔުމެކެވެ.

    14
    3
  9. މާރިޗާ

    މި ޚަބަރަށް ހަމަ 💯 👏👏👏👏👏

    19
    3
  10. Anonymous

    އިނބިރާ ކަލޭ ރަށުންވެސް މިފަހަރު ވޯޓު ނުލިބޭނެ

    8
    1
  11. ހާމިދު ޝާހިދު

    ދެން މާ އޮބާމާ ހެދިފައި ތިޔަ ދެވެރިން އުޅުނެއްކަމަކު ރައްޔިތުން މިހާރު ތިބީކީ ތި ބަލައިގަންނަ ގޮތަކަށް ނޫން. ވަރަށް ސަލާން.

  12. ޖަމީލުބޭ

    ސާބަހޭ އާދަނާ! ސަޅި ރިޕޯޓެއް! ތިއީ އަސްލަކީ

    4
    1
  13. ހަސަނު

    ވަގުތު މީހުން ހަޖަމު ކުރަން ދަސްކޮށް ބަލަ. ކޮންނިޔަތެއްގައި ކުރި ކަމެއް ކަމެއް ކިހިހިނެއް އާދަނަށް އެނގޭނީ. ގައިމު ޔާމީނަކަށް ނުކެރޭނެ އެހެން އުޅޭކަށް.. ކަލޯ މެން ނަށް ތިޔަ ހުރީ ނޫސްވެރިކަން ކުރަން ދަސްވެފަ. ނިކަން މި ކޮމެންޓް ޖަހާލަ ބަލަ...

    4
    5
  14. ހަވަރު ތިނަދޫ ޒުވާނެއް

    ފޮޓޯ ނެގިޔަސް ނުނެގިޔަސް އަހަރުމެންގެ މައްސަލައެއް ނެތޭ އަހަރުމެން މިކިޔަނީ ވީވައުދުތަށް ފުއްދާށޭ. ހަވަރު ތިނަދޫގަ އަޅަން ބުނި ޓާޝަރީ ހޮސްޮިޓަލާއި އިންޓަނޭޝަނަލް ސީޕޯޓު އަޅާށޭ. ހަވަރު ތިނަދޫގަ ހިއްކާފަ އެއޮތް މާސިންގާ ހިއްކިބިމުން ރައްޔިތުންނަށް ގޯތި ދޫކުރާށޭ. މިބުނި ކަންތަށް ނުކޮށް 2023 ގަ ތިނަދޫއިން އެމްޑީޕީއަށް ލިބޭނެ ތާއީދެ ނޯންނާނެ ވަރަށް ސާފު އިބޫއެވެ ހަވަރު ތިނަދުއާއި ކުޅެން ނަހަދާށެވެ

  15. ދޫވެހި

    ވަގު ކަލޭގެ ތަންްތަނައް ގޮ ސް އެނަގަނީ ކޯއްޗެއް