އިޒްރޭލުގެ ހައްދު ފަހަނައަޅާފައިވާ ޔަހޫދީ ސަރުކާރުގެ އަނިޔާވެރިކަން ވަނީ ހައްދުފަހަނައަޅާ ގޮސްފައެވެ. ފަލަސްތީނުގެ ނިކަމެތި މުސްލިމުންނަށް އެކިކަހަލަ ގޯނާތައް މިއޮށްފަދަ ބަރަކާތްތެރި ރަމަޞާން މަހު ކުރަމުން އަންނައިރު ދިވެހި ސަރުކާރުން އަދިވެސް އުޅެނީ ޔަހޫދީ ސަރުކާރާއި އެގައުމުގެ އަނިޔާވެރި ރައްޔިތުންނާއި ގުޅުން ބަދަހި ނުކުރެވިގެންނެވެ.

އެހެން އަހަރުތަކެކޭވެސް އެއްފަދައިން އިޒްރޭލުގެ ޔަހޫދީ ހައްދުފަހަނައަޅާފައިވާ ސަރުކާރުން މި ރޯދަ މަަހުވެސް އަންނަނީ ފަލަސްތީނުގެ މުސްލިމުންނަށް އަނިޔާކޮށް ޝަހީދު ކުރަމުންނެވެ. ކޮންމެ ރަމަޟާން މަހެއްގައި މުސްލިމުންނަށް ހަމަލާދީ އަނިޔާކުރުމުގެ އިތުރަށް، ފާއިތުވި 22 ރަމަޟާން މަހުގައި ޖުމްލަ 2،000 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން އިޒްރޭލުގެ އަނިޔާވެރި ދައުލަތުންވަނީ ޝަހީދުކޮށްލާފައެވެ.

މި އަހަރުވެސް އިޒްރޭލުން ގެންދަނީ ފަލަސްޠީނު ރައްޔިތުންނަށް އަނިޔާކުރަމުންނެވެ. އެގޮތުން ފާއިތުވި ހުކުރުދުވަހު ފަތިސް ވަގުތުގައި ޞިހުޔޫނީ ބާރުތައްވަނީ މަސްޖިދުލް އަޤުޞާއަށް ވަދެ އެ ހަރަމްފުޅުގައި އަޅުކަންކުރަން ތިބި މީހުންނަށް އަނިޔާކޮށްފައެވެ. މި ބުރު 300 އެއްހައި މީހުން ހައްޔަރުކޮށްފައިވެއެވެ.

މީގެ އިތުރުން ރޭ ވެސް އިޒްރޭލުން ވަނީ ފަލަސްތީންގެ ރާމުއްލާ ސިޓީގައި ހުންނަ ކުޑަކުދިންގެ ޕާކް އަކަށް އިސްރާއީލުން ހަމަލާ ދީފިއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އިސްރާއީލުން މި ހަމަލާދިންއިރު އެ ޕާކްގައި ގިނަ އަދަދެއްގެ ކުޑަކުދިން ކުޅެން ތިއްބެވެ.

މި ހަމަލާގައި ގިނަ އަދަދެއްގެ ކުޑަކުދިންނަށް އަނިޔާވެފައިވާ ކަމަށް ފަލަސްތީންގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ. ފާއިތުވީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ ސަރަހައްދުގައި ހަމަނުޖެހުންތައް އިތުރުވެ، އިޒްރޭލާއި ފަލަސްތީނުގެ މައްސަލައަށް އަނެއްކާވެސް ގޯސްވެދާނެ ކަމުގެ ބިރު ވަނީ އުފެދިފައެވެ.

އިޒްރޭލުގެ ޔަހޫދީ ސަރުކާރުން ދިވެހިންގެ އެންމެ ގާތް އަހުން ކަމުގައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހާ ބޮޑެތި އަނިޔާތަކެއް ދެމުންދާއިރު ރާއްޖޭގައި އޮތް އެމްޑީޕީގެ ސަރުކާރުން މިކަމާއިމެދު އެއްވެސް އެއްޗެއް ބުނުމަށް ވަނީ ނުކުޅެދިފައެވެ.

އިޒްރޭލުގެ އަނިޔާވެރި ސަރުކާރުން ވަނީ ފަލަސްތީނުގެ މުސްލިމުން ފަހަތަށް ބިޑި އަޅުވާ، އަގްސާ މިސްކިތުގެ ތެރޭގައި ބާއްވާ އަނިޔާކޮށްފައެވެ. މި ހުރިހާ ޖަރީމާއެއް އެބައިމީހުން ހިންގާފައިވަނީ ރޯދަ މަހު ރޯދައަށް ތިއްބައެވެ.

އިޒްރޭލުގެ ޔަހޫދީން ހިންގާ ޖަރީމާތައް ކުށްވެރިކޮށް ބައިނަލްއަގްވާމީ މައިދާނުގައި އެކަމާއި ދެކޮޅަށް ބަހެއް ބުނަން ދިވެހި ސަރުކާރުން ދެކޮޅު ހަދާފައިވާއިރު ރާއްޖެއާއި އިޒްރޭލާއި ދެމެދު ދަތުރުތަކެއް ވެސް ދާދިފަހުން ވަނީ ފަށާފައެވެ.

މި ފުލައިޓުތައް ރާއްޖެއަށް އަންނަނީ ތެލްއަވީވުން ފުރައިގެން ދުބާއީއަށް ގޮސް ދުބާއީ އެއާޕޯޓުގައި މަޑުކޮށްފައެވެ. އެހެންކަމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލްސް އަދި ޑިޕާޗާސްއިން ފެންނަ ގޮތުގައި އެ ފުލައިޓަކީ ދުބާއީއިން ރާއްޖެއަށް އަންނަ ނުވަތަ ރާއްޖެއިން ފުރައިގެން ދުބާއީއަށް ދަތުރުކުރާ ފުލައިޓެކެވެ.

އެހެންނަމަވެސް ފްލައިޓުތައް ދަތުރުކުރާ ގޮތް ބަލާ ވެބްސައިޓަކުން ފެންނަ ގޮތުގައި މި ފުލައިޓަކީ ތެލްއަވީވުން ފުރައިގެން ދުބާއީއަށް ދިއުމަށްފަހު ދުބާއީ އެއާޕޯޓުގައި މަޑުކުރުމަށްފަހު، ދުބާއީއިން ފުރައިގެން ރާއްޖެއަށް އަންނަ ފުލައިޓެކެވެ.

އިޒްރޭލާއި ރާއްޖެއާއި ދެމެދުގައި ދަތުރުތައް ފަށާފައިވަނީ އެގައުމުން ފަތުރުވެރިން ގެނައުމާއި އެގައުމުގައި އުފައްދާ ތަކެތި ބޮއިކަޓް ކުރުމަށް ގިނަ ބަޔަކު ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ. އަރަބި ލީގުގެ ގައުމުތަކުން ވެސް އިޒްރޭލުގެ އަނިޔާވެރިކަމާއި ދެކޮޅަށް ބަސްބުނެ މުޒާހަރާ ކުރަމުންދާއިރު ރާއްޖޭގެ ސަރުކާރުން "ނޭނގޭ" ކަމަށް ހަދައިގެން ތިބޭ ތިބުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު ނިކަމެތިކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކިޔުންތެރިއެއް

    މިކަހަލަ ހަބަރުލިޔަންޔާ ކިނބޫ ގަރާރެއްނެރެފާނެ ވަގުތު ބަންދުކުރަން. މިގައުމުގަ ނެއް އިސްލާމްދީނާ މިނިވަންކަމަށް ވިސްނާނެ ބައެއް. އަމިއްލަ ގައުމުވެސްމިއޮތީ އިންޑިއާގެ އަޅުވެތިކަމަށްގޮސް ހުސްވެފަ. މިނިވަން މުއައްސަސާތައްވެސް އަޅުވެތިކަމަށް އިސްކަންދެނީ.

  2. ކައްސަން

    ލިޔާނެ އެއްޗެއް ނުފެނުނީތަ. މި ރަމަޞާން މަހުގެ ފަހު 10 އަށް އަޅާގަތީމަ ތިޔަކަހަލަ މައުލޫތައް ނަގާގެން ޖަހާ. ނަމުގައި ނޫސްވެރިއެއް ކަމުގައި ހަސަދަވެރިއެއް.

    1
    12
  3. ހުސޭނުބޭ

    އިންޑިޔާ އައުޓް ބެނާއެއް ދަމާބަލަ. ދިވެހި ސަރުކާރުގެ 10 ލޮލަށް ފެންނާނެ

  4. ކުރެވި

    ފަލަސްތީނުގެ ރައްޔިތުންނަށް ނަސްރު ދެއްވާށި!

    11
    • ޙައްގުބަސް

      އާމީން

      10
  5. ޢަހޫތަ

    ޢާދަންބެ އަށާ އި ވަގުކަލޭގެ އަށް ފެނުނުތޯ.

    2
    2