ހަނދާނަށް އަންނަނީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގެ ދުވަސްވަރެވެ. ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދުވަސްވަރެވެ. ތަކުރާރުކޮށް ރައީސް ނަޝީދު ގާނޫނު އަސާސީ އާއި ހިލާފަށް އެތައް ކަމެއް ކުރައްވަމުން ގެންދަވާތީ ސަރުކާރަށް ޕްރެޝަރު ބޮޑުވެފައި ވަނިކޮށް އެމްޑީޕީގެ ޖަލްސާއެއްގައި އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު ކަންތައްތައް ކުރައްވަމުން ގެންދަވަނީ "ޗާޓުން ބޭރުގައި" ކަމަށް އަމިއްލަފުޅަށް ވެސް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް އެނބުރި ޗާޓްގެ ތެރެއަށް ވަޑައިގެންނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ. ކަންތައްތައް ދިމާކުރި ގޮތުން ރައީސް ނަޝީދަށް ޗާޓްގެ ތެރެއަށް އެނބުރި ވަޑައި ނުގެންނެވީސް ވެރިކަން ވެއްޓުނީއެވެ.

ދެން މިއޮތީ މިއަދުގެ ހާލަތެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ރިޔާސީ ޤަރާރަކުން ހިޔާލު ފާޅުކުރުމުގެ ހައްގާއި، އިހްތިޖާޖް ކުރުމުގެ ހައްގު ހިފަހައްޓައިފިއެވެ. ރައީސް ސޯލިހްގެ ރިޔާސީ ޤަރާރަކީ ގާނޫނީ ގޮތުން ދިފާއު ނުކުރެވޭނެ، ގާނޫނު އަސާސީ އާއި އަދި ގާނޫނުތަކާއި ވެސް ހިލާފު ގަރާރެއް ކަމުގައި ގާނޫނީ ވަކީލުންގެ މެދުގައި ބަހުސެއް ވެސް ނެތެވެ. އެގަރާރު އެންމެ ކުޑަމިނުން ސަރުކާރަށް ވެސް ދިފާއު ނުކުރެވޭ ކަމުގެ ހެއްކަކީ ދައުލަތުގެ ބަންޑާރަނައިބު ވެސް އަދި ސަރުކާރުގެ އެތެރޭގައި ތިއްބެވި ގާނޫނީ ބޭފުޅުން ވެސް ގަރާރުގެ ދިފާއުގައި އެއްވެސް އެއްޗެއް ވިދާޅުނުވުމެވެ. އެހެންކަމުން ސާފުވާ ކަމަކީ ރައީސް ސޯލިހް ވެސް މިއަދު އެހުންނެވީ ޗާޓުން ބޭރުގައެވެ. ގާނޫނު އަސާސީ އާއި ހިލާފު ވެފައެވެ. ގާނޫނުތަކާއި ހިލާފު ވެފައެވެ.

ސުވާލަކީ މިގޮތައް ޗާޓުން ބޭރުގައި ރައީސް ސޯލިހަށް ކިހައި ދުވަހަކު ހިފަހައްޓާލެވިދާނެ ހެއްޔެވެ؟ ޗާޓުން ބޭރުވުމުގެ ކުށުގައި ދެން އަންނަ ވެރިކަމެއްގައި ޖަލު ހުކުމެއް ނައިސް ރައީސް ސޯލިހަށް ސަލާމަތްވެވޭނެ ހެއްޔެވެ؟

ރިޔާސީ ޤަރާރު ނެރުއްވީ ޤާނޫނު އަސާސީގެ (115) ވަނަ މާއްދާގެ (ނ) އާއި (ރ) އާއި (އ) އިން ލިބިދޭ ބާރުގެ ދަށުން ކަމަށް ރައީސް ސޯލިހް ވިދާޅުވި ނަމަވެސް އެވިދާޅުވާ ވިދާޅުވުމުގައި ގާނޫނީ އޮއްޓަރެއް ނެތެވެ.

ރައީސް ސޯލިހް ރިޔާސީ ގަރާރާއިއެކު ފުލުހުން އަންނަނީ އިންޑިއާ އައުޓް ބެނާތައް އާއްމުންގެ ގެތަކުން ނަގަމުންނެވެ. ބެނާތައް ނެގުމުގައި ފުލުހުން ހަވާލާދެއްވަނީ ގާނޫނުލްއުޤޫބާތުގެ 615 ވަނަ މާއްދާގެ (ހ) ގެ ހަވަނަ ނަމްބަރަށެވެ. އެއީ ރައީސް ސޯލިހް ނެރުއްވި ރިޔާސީ ޤަރާރުގައި ވެސް ހަވާލާ ދެއްވާފައިވާ މާއްދާއެވެ.

ޤާނޫނުލްއުޤޫބާތުގެ 615 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި އެއީ އާއްމުތަނެއްގައި މީހަކު ކުރާ ކުށްތައް ބަޔާން ކުރާ މާއްދާއެވެ. އެމާއްދާގައި ލިޔެފައި އޮތީ އާންމު ތަނެއްގައި ހުރި އެއްވެސް މީހަކު، އެ މީހެއްގެ ޢަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން، ނުވަތަ އުނދަގޫވާނެކަން، ނުވަތަ ބިރު ހީވާނެކަން އެނގިހުރެ އެމާއްދާގެ ވަކިވަކި އަކުރުތަކުގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން އެއްވެސް ކަމެއް ކުރުން އެއީ ކުށެއް ކަމަށެވެ. އެހެންކަމުން ވަރަށް ސާފުކޮށް އެނގެނީ މިމާއްދާގައި ބަޔާންކުރާ އެއްވެސް ކުށެއް ފުރިހަމަ ވުމުގެ ފުރަތަމަ ޝަރުތަކީ އެކުށެއް އެކުރަނީ އާއްމުތަނެއްގައި ކަމަށް ވުމެވެ. އެހެންކަމުން މީހެއްގެ ބަންޑާރަ ގޯއްޗެއްގައި ހުރި ގެއެއްގައި ދަމާ ބެނާއެއް ނަގަން މިމާއްދާގެ ބޭނުން ކުރެވޭނެ ގާނޫނީ އެއްވެސް ހުއްޖަތެއް ނެތެވެ. އެއްވެސް މީހެއެއްގެ ގެއަކީ އާއްމުތަނެއް ނޫނެވެ.

"ބިމުގެ އަސްލު ވެރިފަރާތް" އެއީ އެއްމެދު ޢިމާރާތެއް ރަޖިސްޓަރީކުރުމުގެ ކުރިން ނުވަތަ ރަޖިސްޓަރީކުރުމަށް ހުށަހަޅާއިރު، ބިމުގެ ރަޖިސްޓަރީގައި ބަޔާންކުރާ ފަރާތް ނުވަތަ ފަރާތްތައް ކަމަށް އެއްމެދު އިމާރާތްތަކުގެ ޤާނޫނުގެ (05) ވަނަ މާއްދާގައި ބަޔާންކޮށްފައި އެބައޮތެވެ. އެހެންކަމުން އެހެން މީހެއްގެ ރަޖިސްޓްރީގައި ހުރި ގެއަކަށް ފުލުހުން ވައްދައި، ފުލުހުން ލައްވައި ގާނޫނާއި ހިލާފު އަމުރެއް ތަންފީޒު ކުރުމުގެ ކުށުން ރައީސް ސޯލިހް ކުށްވެރި ނުވާނެ އެއްވެސް ގޮތެއް ނެތެވެ.

ސުވާލަކީ ރައީސް ސޯލިހްގެ ރިޔާސީ ޤަރާރުގެ ސަބަބުންނާއި އަދި އެމަނިކުފާނު ފުލުހުންގެ މައްޗަށް ކުރި އަމުރުގެ ސަބަބުން އެމަނިކުފާނު ޗާޓުން ބޭރުވެ ކުށްވެރިވާން އޮތީ ކިހިނެއް ހެއްޔެވެ؟

ޤާނޫނުލްއުޤޫބާތުގެ 220 ވަނަ މާއްދާގައި ބުނެފައި އޮންނަނީ މީހެއްގެ މުުދަލުގެ ވެރިފަރާތުގެ ރުހުމެއްނެތި އަދި އެ މުދަލަށް ފަރުވާ ބެހެއްޓުމެއް ނެތި، މުދަލަކަށް ގެއްލުން ދިނުން ނުވަތަ މީހެއްގެ މުދަލަކާއި ބެހުމުގެ ސަބަބުން އެމުއްދަލަކަށް ގެއްލުމެއް ލިބިއްޖެނަމަ އެކަން ކުރި މީހަކު އެކުރީ ކުށެއް ކަމަށެވެ. އެހެންކަމުން ބައެއްގެ ގޭގައި ހުރި ބެނާތަކަށް ގެއްލުން ދިނުން އެއީ މިމާއްދާ އަށް ފެތިދާނެ ކުށެކެވެ. އެމާއްދާގައި ކުށް ދަރަޖަ ކޮށްފައިވާ ގޮތައް ބަލާއިރު މުދަލުގެ އަގަށް ބަލައި ކުށް ދަރަޖަ ކޮށްފައި ވެއެވެ. އެއީ ޖިނާޔަތުގެ ހަތަރު ވަނަ ދަރަޖަ އިން ފެށިގެން ޖުނަހުގެ ތިން ވަނަ ދަރަޖަ އާއި ހަމައަށެވެ.

މިމާއްދާގައި ބަޔާންކުރާ ކުށުގެ އަދަބަށް ބަލާއިރު އެންމެ ބޮޑު އަދަބެއްގެ ގޮތުގައި އޮތް އަދަބަކީ ހަތަރު އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އެންމެ ކުޑަ އަދަބެއްގެ ގޮތުގައި އޮތީ ތިން މަސް ދުވަހުގެ ޖަލު ހުކުމެކެވެ. މިކުށް ކުރުމުގައި ރައީސް ސޯލިހްގެ ބައިވެރިވުމެއް އޮތްކަން ސާބިތުވެއްޖެނަމަ އެމަނިކުފާނަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެއެވެ.

ޤާނޫނުއުޤޫބާތުގެ 312 ވަނަ މާއްދާ އަށް ބަލާއިރު ޝަހްސު އޮޅުވާލުމުގެ ދައުވާ ވެސް ރައީސް ސޯލިހްގެ މައްޗަށް ކުރެވިދާނެއެވެ. ސަބަބަކީ ދަޢުވާ ލިބޭ މީހާ، އެކުރާ ޢަމަލު ކުރުމަށް ރަސްމީ ހައިސިއްޔަތެއް ނުވަތަ ޤާނޫނީ އިޚްތިޔާރެއް ނެތް ޙާލު، އޭނާގެ އެ ޢަމަލަކީ، އެފަދަ ހައިސިއްޔަތެއް ނުވަތަ އިޚްތިޔާރެއް އޮވެގެން ކުރާ ޢަމަލެއްކަމުގައި އެހެން މީހަކަށް ޤަބޫލުކުރެވޭ ނަމަ އެއީ ކުށެއް ކަމަށް އެމާއްދާގައި ބުނެފައި އޮތުމުންނެވެ. މިއީ ޖިނާޔަތުގެ ފަސްވަނަ ދަރަޖައިގެ ކުށެކެވެ. މިކުށް ރައީސް ސޯލިހްގެ މައްޗަށް ސާބިތުވެއްޖެނަމަ ދެއަހަރު ދުވަހުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެއެވެ.

ޤާނޫނުލްއުޤޫބާތުގެ 511 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުން އެއީ ކުށެކެވެ. ފުލުހުންގެ މައްޗަށް ރައީސް ސޯލިހް ގާނޫނާއި ހިލާފު އަމުރެއްކޮށް، ފުލުހުން ބޭނުން ކޮށްގެން އެއަމުރު ތަންފީޒު ކުރުން އެއީ އެމަނިކުފާނަށް ލިބިފައި އޮތް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމެވެ. އެއީ ޖިނާޔަތުގެ ހަތަރު ވަނަ ދަރަޖައަށް ފެތޭ ކުށެކެވެ. މިކުށުގެ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރު ދުވަހަށް ޖަލަށް ލުމެވެ.

ޤާނޫނުލްއުޤޫބާތުގެ 512 ވަނަ މާއްދާ ބުނާ ގޮތުން ދައުލަތުގެ މުވައްޒަފަކަށްހުރެ ރަސްމީ ހައިސިއްޔަތުން އޭނާގެ ވާޖިބު އަދާކުރުމުގައި އެނގިހުރެ ޤާާނޫނުގައިވާ ގޮތުގެމަތިން އަދާކުރަން ޖެހޭ ވާޖިބެއް އަދާނުކޮށް ދޫކޮށްލުން ނުވަތަ ޤާނޫނުގައި ހުއްދަކޮށްފައިނުވާ ކަމެއް ކުރުން އެއީ ވެސް ކުށެކެވެ. ޤާނޫނު އަސާސީ އާއި ހިލާފަށް ރައީސް ސޯލިހް ރިޔާސީ ޤަރާރެއް ނެރުއްވާ ޤާނޫނުގައި ހުއްދަކޮށްފައި ނުވާކަމެއް ކުރުން އެއީ މިމާއްދާގެ ދަށުން ކުށެކެވެ. މިކުށް ރައީސް ސޯލިހްގެ މައްޗަށް ސާބިތުވެއްޖެނަމަ އެއްއަހަރު ދުވަހުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެއެވެ.

ދަައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުން އެއީ ވެސް ޤާނޫނުލްއުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ)ގެ (01) ވަނަ ނަމްބަރުގައި ބަޔާން ކޮށްފައިވާ ގޮތުން ކުށެކެވެ. ރައީސް ސޯލިހަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް އެމަނިކުފާނު ފުލުހުންގެ މައްޗަށް އަދި ދައުލަތުގެ އެހެން އިދާރާތަކުގެ މައްޗަށް ނުފޫޒު ފޯރުވާނަމަ އެއީ ކުށެކެވެ. މިއީ ޖިނާޔަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށެކެވެ. މިކުށް ސާބިތުވެއްޖެނަމަ ރައީސް ސޯލިހްގެ މައްޗަށް ހަތަރު އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ހިންގާ ހަރަކާތްތަކަކީ ގައުމީ ސަލާމަތައް އޮތް ނުރައްކަލެއް ކަމަށް ރައީސް ސޯލިހް ވަނީ ކަނޑައަޅުއްވާފައެވެ. އެހަރަކާތުން ގައުމީ ސަލާމަތައް ނުރައްކަލެއް ނެތްނަމަ ރައީސް ސޯލިހް ދައުލަތުގެ އިދާރާތަކަށް ދެއްވާފައި އެވަނީ ދޮގު މައުލޫމާތެކެވެ. އެއީ ޖިނާޔަތުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. މިކުށް ރައީސް ސޯލިހްގެ މައްޗަށް ސާބިތުވެއްޖެނަމަ އެމަނިކުފާނުގެ މައްޗަށް އަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ރައީސް ސޯލިހް ރިޔާސީ ޤަރާރާއިއެކު ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އިހްތިޖާޖް ކުރުމުގެ ހައްގަށް މިވަނީ ހުރަސް އެޅިފައެވެ. ޤާނޫނުލްއުޤޫބާތުގެ 533 ވަނަ މާއްދާ ބުނާ ގޮތުން މާއްދީ ގޮތުން ހުއްޓުވައިގެން ނުވަތަ ހުރަސްތަކެއް ކުރިމަތިކުރުވައިގެން، ނުވަތަ ރަސްމީ ވާޖިބަކާ ޚިލާފުވެގެން، ނުވަތަ އެނޫންވެސް ހުއްދަނޫން ޢަމަލެއް ކުރުން އެއީ ކުށެކެވެ. އެއީ ޖުނަހްގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. މިކުށް ރައީސް ސޯލިހްގެ މައްޗަށް ސާބިތުވެއްޖެނަމަ އެއްއަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ރައީސް ސޯލިހް ރިޔާސީ ޤަރާރުގައި ހަވާލާ ދެއްވާފައިވާ ޤާނޫނުލްއުޤޫބާތުގެ 615 ވަނަ މާއްދާގެ (06) އެއީ އެމަނިކުފާނާއި ދެކޮޅަށް ބޭނުން ކުރެވިދާނެ މާއްދާއެކެވެ. ޖާއިޒު މަޤްޞަދެއް ޙާޞިލު ނުވާނެ ޢަމަލަކުން ނުރައްކާތެރި، ނުވަތަ މާއްދީގޮތުން ހުތުރު، ނުވަތަ މީހުން ބިރުގަންނަފަދަ ޙާލަތެއް އުފެއްދުން އެއީ ކުށެއް ކަމަށް އެމާއްދާގައި ބުނެފައި އެބައޮތެވެ. ރައީސް ސޯލިހްގެ ރިޔާސީ ޤަރާރުގެ ސަބަބުން މީހުން ބިރުގަންނަފަދަ ޙާލަތެއް އުފެއްދިއްޖެކަން ސާބިތު ކުރެވިދާނެއެވެ. އެކުށް ރައީސް ސޯލިހްގެ މައްޗަށް ސާބިތުވެއްޖެނަމަ އެއީ ޖުނަހްގެ ތިންވަނަ ދަރަޖައިގެ ކުށެކެވެ. އަދަބަކީ ތިން މަސް ދުވަހަށް ޖަލަށް ލުމެވެ.

މަތީގައި ބަޔާންކޮށްފައި އެވަނީ ރައީސް ސޯލިހްގެ ރިޔާސީ ޤަރާރާއި އަދި އެޤަރާރަށްފަހު އެމަނިކުފާނު ފުލުހުންގެ މައްޗަށް އަމުރު ކުރައްވައިގެން ހިންގަވަމުން ގެންދަވާ ކަންކަމުގެ ސަބަބުން ނިކުމެދާނެ ގާނޫނީ ނަތީޖާތަކެކެވެ. އިސްވެ ދެންނެވުމުގެ ކުށްތައް ރައީސް ސޯލިހްގެ މައްޗަށް ސާބިތުވެއްޖެނަމަ ޖުމްލަ 24 އަހަރާއި ތިން މަސް ދުވަހުގެ ޖަލު ހުކުމެއް އެމަނިކުފާނުގެ މައްޗަށް އަތުވެދާނެއެވެ.

ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބޭ އެތައް ހައްގަކަށް ހުރަސް އެޅުމަކީ އަދި އިތުރު ދައުވާތަކެއް ވެސް ރައީސް ސޯލިހްގެ މައްޗަށް ކުރެވިދާނެ ކުށެކެވެ. ރާއްޖޭގެ ތާރީޚް ދައްކައިދީފައި އޮތް ހަގީގަތަކީ ރައީސުލްޖުމްހޫރިއްޔާކަން ކުރުމަށްފަހު މަގާމު ދޫކޮށްލުމުން އިންސާފުގެ ކުރިމައްޗަށް އަންނަން ޖެހުން އެއީ ވެފައި އޮތް ކަމެއް ކަމެވެ. އެހެންކަމުން ރައީސް ސޯލިހަށް ވެސް އޮތް ހަމައެކަނި ގޮތަކީ އެނބުރި ޗާޓްގެ އެތެރެއަށް ވަދެވަޑައިގެންނެވުމެވެ. އެހެން ނޫންނަމަ ހާލަތު ބަދަލުވެދާނެއެވެ.

އެއްވެސް ވެރިއަކަށް ގާނޫނަށް ވުރެ މަތީގައި ހުރެވިގެން ނުވާނެއެވެ. އަދި ގާނޫނަށް ވުރެ މަތީގައި ހުންނަން ފުރުސަތެއް ވެސް ނުލިބޭނެއެވެ. އެކަން ދިވެހި ތާރީޚުން ވަރަށް ސާފުކޮށް ފެންނަން އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. ނޫސްކިޔާމީހެއް

    ޑިކްޓޭޓަރަކު އުފަންވެއްޖެ.އެއީ މިއަދުގެ ރައީސް ސޯލިހު.

    82
    5
    • ޢަހޫ

      ޥަގުން އުފަންކުރަންދޯ ބޭނުންވަނީ

      3
      53
      • ޙައްގުބަސް

        ﷲގެ އިރާދަފުޅާ މިންވަރުފުޅުން 2023 ގައި އެމްޑީޕީގެ ވެރިކަން ނިމުމަކަށް މިރާއްޖޭގެ ރައްޔިތުން ގެންނާނެ!! މިހާރު މިއޮތް ވެރިކަމަކީ ޚުދުމުޚުތާރު ގައުމަށް ހަރާމްކޯރުވެފައިވާ ވެރިކަމެއް!! މިވެރިކަމުގައި ތިބި ޣައްދާރުންނާ ގާނޫނުގެ ދިގުއަތް އަރާ ހަމަކުރަން ދެން އިރާދަކުރެއްވިއްޔާ މާގިނަދުވަހެއްނެތް!! މިނާގާބިލް މަރުމޯލުގެ ސަރުކާރުގެ ނިމުން އިރާދަކުރެއްވިޔާ މިވަނީ ވަރަށް ގާތުގައި!! އިންޑިޔާގެ މުސްލިމުންނަށް އަނިޔާވެރިވަމުންދާ ހިންދީ ހައްދުފަހައަނައަޅާފައިވާ ގެރިމޯދީގެ ސަރުކާރާ ބައިއަތު ހިފައިގެންއުޅޭ މިނާގާބިލް ސަރުކަރަށް މިހާރުވެސް ދިވެހި ރައްޔިތުންވަނީ ބޮޑުތަނުން ނޫނެކޭ ބުނެފަ!! މިނާގާބިލް ސަރުކާރާއެކު ގައުމު މިވަނީ ހުރިހާގޮތަކުން ފަހަތައް ސޮއްސާލާފަ!! އިންޑިޔާއައުޓް!!

        12
        1
  2. މީވާ ސަރުކާރެއް

    ފަޒުނާ ދާތަވެސް ބައެއްފަހަރު ރައީސް ސޯލިހު ޗާޓުން ބޭރުގަ ބަހައްޓާ ވިއްޔަ!!! މިހާރު ފުލުހުން ބެނާކަޑާލާގެން އަވަހަށް ފިލަނީތަ ހަދަންވި ގޮތަކީ ބެނާދަމާފަ ހުުންނަ ގޮތަށް ބޮޑެތި ގޭގޭ އުސްއިމާރާތުގެ ފާރުތަކުގާ ކުލައިން އިންޑިޔާ އައުޓު ބޮޑުކޮށް ޖަހަންވީ އަދި އޭރުން ފެންނާނެ ފުލުހުން ކުލަދަޅު ހިފާގެން ކުލަލާން އުޅޭތަން !!!!!!!!!

    88
    3
  3. މިރު

    ސާބަހެ

    56
    3
  4. އަހުމަދު

    100ގެ ލިޔުމެއް

    81
    6
  5. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ

    އިބޫ ވަނީ ހަށިގަނޑުން ގުނަވަނެއް (ތައިރޮއިޑް) ބޮޑުވެގެންވާ (މޭޖަރ) އޮޕަރޭޝަން އެއް ކޮށްގެން ނަގާފައެވެ. ހަށިގަނޑުން ގުނަވަނެއް ނެގިފަހުން އިބޫ މުޅިން ފުރިހަމަ އިންސާނަކަށް ވާނެ ކަމަކަށް ޤަބޫލެއް ނުކުރަމެވެ. އިބޫ އަމިއްލަ އަމިއްލަ އަށް އެއްވެސް ޤަރާރެއް ނުނެރެވޭނެއެވެ.

    56
    4
    • ޓިނުއަދުރޭ

      ޥަގު ޔާމީނު ސްޕްރީމް ކޯޓްގެ ފުރާޅު ޓިނުނެގީ

      5
      53
  6. ވާނުވާ

    ކިތަންމެ ވަރަކަށް ތެޅުނަސް އަރާދަކިރެއްވިޔާ ދެންވެސް ހޮވާނީ ހަމަ އިބޫ

    19
    121
    • ީޮުއ އައުޓު

      މީ އަދި ލިޔަންވެސް ނޭގޭ ގަމާރަކޭދޯ މިކޮމެންޓު ކުރަނީ

      65
      2
  7. ވާނުވާ

    ކިތަންމެ ވަރަކަށް ތެޅުނަސް އިރާދަކިރެއްވިޔާ ދެންވެސް ހޮވާނީ ހަމަ އިބޫ

    15
    113
    • ީޮުއ އައުޓު

      މީ އަދި ލިޔަންވެސް ނޭގޭ ގަމާރަކޭދޯ މިކޮމެންޓު ކުރަނީ

      52
      2
  8. ކައުންސެލަރު

    ކަލޯލޯލޯލޯލޯލޯ................
    މަގޭ ބޯ ގޮވައިފި. ތައުލީމާ ގަމާރުކަމާ ހުރިތަފާތު ފެނިފަ.

    23
    1
  9. އިސްޢާފް ސަލީމް

    މިހާރުވެސް މީނައަށް އެ ހުރެވެނީވެސް ސިފައިންނާއި ފުލުހުންގެ އަސާގައި ހިފަހައްޓައިގެންނެވެ. މިހާރު މިއޮތް އިދިކޮޅަކީ ލަދުކުޑަވެގެން ޙަޔާތްކުޑަވެގެން ސިފައިންނާއި ފުލުހުންނާއި ދެންތިބިހައި ބައެއްގެ ގަޔަށް އަރައިގަނެ ، ތަންތަނުގައި ހުޅުޖަހާ ހަމަނުޖެހުން ހިގަން ދަންނަ އިދިކޮޅެއް ނޫންވީމާ މީގެ ފައިދާވެސް މީނަޔަށް އެބަ ކުރެއެވެ. އެކަމަކު އިރާދަކުރެއްވިއްޔާ 2023 ގެ އިންތިޚާބުގައި ހުތުރު ލަދުވެތި ބައްޔަކުން މީނަ ބަލިވެގެން ދާނެއެވެ.

  10. މާސްޓަރ

    ހިތުހުރިހާ އެއްޗެއް ގޮވާ ކިޔުމަކީ ޚިޔާލު ފާޅުކުރުން ކަމަށް ކަލޭމެން އެންމެން ކިޔަސް އެކަން އެގޮތަށް ނުވާނެ ކަން ކަލޭމެންނަށްވެސް އެގޭނެ. އެހެން ނޫންނަމަ ވިކިލީކްސްގެ ވެރިޔާ ޢުމުރު ދުވަހު ޖަލުގައި ހުންނާކަށް ނުޖެހޭނެ!

  11. ޚިޔާލު 2

    ޔާނު އުޅުނީ ފުރާޅުން ބޭރުގަދޯ

    5
    31
  12. ޝާމިން

    ސާބަހޭ ނަވާޒް!! ތީ ޤައުމީ ދަރިޔެއް. ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސްއަޅާފައިވާ މި ސަރުކާރުގެ ކުރިމަތީގައި ތި ކުރައްވަނީ ޤައުމީ ޖިހާދެއް... ތި ގޮތުގައި ސާބިތުވެ ހުންނަވާށި. އާމީން
    އިންޑިއާ އައުޓް

    43
    3
  13. ބަތްޕޮޅިދަތްހިދާ

    ރައީސް ޔާމީން ކުއްލިނުރައްކާ އިއުލާނު ކޮށްގެން ސްޕްރީމް ކޯޓުގެ ފުރާޅު ނަގާ އެއްލާލީ ޗާޓުން ބޭރު ނުވެތޯ؟ ބަލަ ޚިޔާލު ފާޅުކުރުމުގެ ޙައްޤަކީވެސް ވަކި ހުދޫދެއްގެ ތެރޭގަ އޮންނަންޖެހޭ ކަމެކޭ. އެއްވެ އުޅުންވެސް ޔާމީންގެ ވެރިކަމުގައި އެއޮތީ ހަނިކޮށްފަ. މިއަދު އެގޮތް ކަމު ނުގޮސްގެން ތެޅިފޮޅެނީވެސް ހަމަ ޔާމީން. އެއްވާހިތްވަންޏާ ހައްޖަށް ދާންވީނު ދޯ.

    3
    8
  14. އަބްދޫ

    ނަސީދު ވަޑައިގަތީ ޗާޓުންބޭރަކަށް ނޫން ނަސީދު އުޅުއްވީ ދުސްތޫރީ ބަގާވާތެއްގެނެސްގެން. ނަސީދު ލިއުއްވާފަ އޮތް "ގާނޫނުއަސަސީ ގަޑުބަޑުކޮށް ބާރުތައް އަތަށް ނަގާ އަމިއްލަޔަށް ގައުމު ހިންގުން " ދެން އިއުލާންކުރި "ގާނޫނުއަސަސީވަނީ ހުއްްޓިފާ" މީގެމާނަޔަކީ ގާނޫނުއަސަސީ އުވާލއިފީމޭ ނުވަތަ އަމަލުކުރުން ހުއްޓާލައިފީމޭ. އޭރުން އެ ހިސާބުން ރައީސުލްޖުމަހޫރިއްޔާގެ މަގާމްވެސް ނެތިގެންދާނެ އޭރުން ހުންނާނީ ބާގީ ލީޑަރެއް. މިހާރު މިދިމާވާ ހުރިހާމައްސަލަޔަކީ ނަސީދު ގާނޫނު އުވާލާފަ ޗާޓުންބޭރުވީމަވެސް އެކަމަށް ގާނޫނުލްއުގޫބާތުގާ ކަނޑައެޅިފާ އޮތް އަދަބު ތަންފީޒު ނުކުރުން. މިއަދު ސާލިހް މިވަނީ ގާނޫނުއަސަސީއާ ހިލާފު އެތައްކަމެއް ކުރައްވާފަ.ހަމައެކަނި އޮތް ތަންކޮލަކީ ގާނޫނުއަސަސިއަށް އަމަލުކުރުން ހުއްޓާލައިފީމޭ ވިދާޅުނުވާކަން. ކަންކަން ތަކުރާރުވަނީ ކަމުގެ ވަގުތުގަ އަލަންޖެހޭ ފިޔަވަޅު ނޭޅުން. ހުރިހާ ގޯހަކީ ވެލާނާގެ އިން ވަގަށް ތަކެތިގެންދިޔަކަންއަމިއްލަ އިއުތިރާފުން ސާބިތުވެ ވައްކަމުގެ ހުކުމް ތަންފީޒު ކުރެވިފައިވާ ގާނޫނުއަސާސަގަބުނާ ރިޔާސީ ކެންޑިޑޭޓަކަށް ސަރުތު ފުރިހަމަ ނުވާ މީހަކު ސަރުތު ފުރިހަމަކުރުމަށް ނެރުނު ހުކުމް. މި ހުކުމުގެ ސަބަބުން ގައުމު މިދަނީ ގޯހުންގޯހަށް.

    4
    1
  15. ޢައި

    ދައުރު ނިމެންދެން ، އެއީ އެއްވެސް ޝައްކަެތނެތި ޔަގީންވާކަމެއް

    13
  16. އަހުމަދު

    ބަރާބަރު ލިޔުމެއް...
    ވާނުވާ ޖަހައިގެން ކޮމެންޓް މި ކުރަނީ ގަމާރެއްތަ؟

    30
    2
  17. رمزي

    ހާސްނުވޭ ތީމާބޮޑު ކަމެއް ނޫން ޤާނުނު އަސާސީގެ މާއްދާއެއް އިތުރުކޮށް ލިޔަންވީ ވެރިކަމުގެ ހުރެގެން ރައީސް ނިންމަވާ އެއްވެސް ކަމަކަށް އެއްވެސް ހާލަތެއްގައި ދަޢުވާ ނުކުރެވޭނެކަމަށް ވީމާ ތިހުރިހާކަމަކުން ސަލާމަށްވީ މިއަދު މެޖޮއޮރިޓީވެސް އެބަ އޮތް ވަރަށް ފަސޭހައިން ނިންމާ ލެވިދާނެ
    މަގޭޚިޔާލު

    2
    2
  18. ޤާނޫނު

    ވެރިކަމަށް 24 ގަޑިއިރު ނުވަނީސް ޤާނޫނާއި ޚިލާފަށް ހޯރަ އިއްބެ ދޫކޮށްލި މައްސަލާގައިވެސް އަދި ޙުކުމްކުރުން އޮތީ. 24 ގަޑިއިރު ތެރޭ ޤާނޫނާ ޚިލާފުވެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ ޝަރުތު ގެއްލިފައިވާ ރައީސްއެއް.

    7
    1
  19. ހަވަރު ތިނަދޫ ޒުވާނެއް

    ހަވަރު ތިނަދޫއިން ގޯތި ދޫކުރާށޭ 64 ހެކްޓަރު ބިން ހިެްކާފަ އެއޮތީ އިބޫގެ ރިޔާސީ އިންތިހާބުގެ ކެންޕެއުނަކަށް ނޫނޭ ކޮބާހޭ ހަވަރު ތިނަދޫގައި އަޅަން ބުނި ޓާޝަރީ ހޮސްޕިޓަލް ކޮބާހޭ ހަވަރު ތިނަދޫގަ އަޅަން ބުނި އިންޓަނޭޝަނަލް ޕޯޓު

    24
    1
  20. ހުދުކާޅު

    އުމުރު ބާކީ ކުޑަގޮޅިޔަށް ހެޔޮވަރު ވަންދެން ބަހައްޓާ ! ގާމާރު ނަންބަރ 1

  21. އައުޓް

    ކަލޯ ކޮމެންޓް ތަކުގަ ހުރި ލައިކު ތަކާ ޑިސްލައިކު ތަކައް ބަލާފަ ދެރަނުވައްޗޭ އެއީމިއަދުގެ ސަރުކާރުގެ ހާލަތު

  22. Anonymous

    އާދަމް އައްކިހާވަރެއް މަދުވީ

    1
    12
  23. Happy 123456

    ޗާޓުން ބޭރުގައި ޢުޅުނީ ވަގު ޔާމީނު.. މީހުން ފްރޭމުކޮށް.. ހައްޔަރުކޮށް… ފުޜާޅުން ޓިނު ނަގާ..ވަކަންކޮށް…މުޅި ދައުލަތް ދަވާލާ! ކޮރަޕްޓް ޑިކްޓޭޓަރު ވަގު ޔާމީިނު!

    4
    8
  24. މާހިރާ

    ކުރާ ކުށަކަށް، އެތައް ޤާނޫނުތަކަކާ ވަކިވަކިން ގުޅުވައިގެން ދަޢުވާ ކުރެވޭތަ؟

    1
    2
  25. ނޫނު

    ސޯލިހު ވެރިކަމަށް ކުފޫ ހަމައެއް ނޫން އެއްގުނަވަން ގެއްލުނުދުވަހުންފެށިގެން އިބޫ ހަމައެއްނޫން ވެރިކަމުން ފައިބާ ނޫނީ ގަލޮޅުން ބަވާލާނަން.

    4
    1
  26. ސެންޗޯ

    ﷲ އިރާދަކުރެއްވީޔާ ޗާޓުންބޭރު ގައްޔާއި އެތެރޭގައިވެސް އަދި ސީދާގޮތުންނާއި ނުސީދާ ގޮތުންވެސް ހުންނަވާނީ އިބުރާހިމް މުހައްމަދު ސޯލިހު

  27. 😡😡😡

    މީނާ އާ ގައުމަށް ޚިޔާނާތްތެރިވި އެންމެން ހިފާ ހައްޔަރުކޮށް އަދަބުދީ!