މި ސަރުކާރަށް ތާއީދު އޮތްކަން އެންގުމަށާއި ރައީސް އަބްދުﷲ ޔާމީން އާއެކު ތިބިކަން އެންގުމުގެ ގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް މިއަދު ތަފާތު ހަރަކާތްތަކެއް ހިންގާނެ ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަބްދުލް ރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދުރޭ ވިދާޅުވީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް މިއަދު ހަވީރު 4:30 އިން ފެށިގެން 6:00 އާއި ދެމެދު ތަފާތު ހަރަކާތްކަތެއް ކުރިއަށްދާނެ ކަމަށެވެ. އޭގެ ތެރޭގައި ބައެއް ރައްރަށުގައި ސައިކަލު ބުރުތަކާއި، ބޮޑިބަތް ކެޔުމާއި، އެއްވުންތަކާއި ހިނގާލުމާ ބޮޑިބަތް ކެޔުންފަދަ ހަރަކާތްތަށް އޮންނާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް މި ހަރަކާތް ފެށޭނީ ހާއްސަ ދުޢާ އަކުން ކަމަށާއި އަދި ޓީވީ ތަކުން މި ހަރަކާތްތަކާ ގުޅޭ މައުލޫމާތު ވަގުތުން ދުރަށްވެސް ގެނެސްދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއީ ބަޣާވާތް ނާކާމިޔާބު ކޮށްލެވުމުގެ އުފަލުގައި މުޅި ރާއްޖޭގައި ބާއްވާ ހަރަކާތްތަކެއް ކަމަށާއި މިއީ މާލޭގައި ރޭ ބޭއްވުނު ހަރަކާތަކަށް ވުރެވެސް ފުޅާ ހަރަކާތަކަށް ވާނެ ކަމަށް ޕީޕީއެމް އިން ހާމަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އދ

    ކޮބާ މާމިގިލި ސިއްހީ މަރުކަޒު ސަރަޙައްދީ ފެނެވަރުގެ ހޮސްޕިޓަލަކަށި ބަދަލުކުރޭ..އޭރުނޭ މާމިގިލިން ތާއީދު ލިބޭނި

  2. 3336

    މުޅިދުނިޔޭގަ ބާއްވަންހިނގާބަލަ އަދުރޭބޭބޭ..

  3. ވިސްނާ

    މުޅި ޕީޕީއެމުން މުޅިރާޖޭގަ ތަހުގީގުކޮށްގެން ބަލާދީބަލަ އަދުރޭ 9މިލިޔަން ދީފަ ފްލެޓް ގަތްގޮތާއި ޖަވާހިރުޖެހި އަނގޮޓި ގަތްގޮތް... ގައިމު އަދުރޭއަކީ ވ ފަގީރެއް... ވައްކަންވެސް ކޮށްގެން އަރުވާވެސްލި... ތިކުއްލި މުއްސަނދިކަން ރައްޔިތުންނަށް އޮޅުން ފިލުވާނޭން ވަރަށް މުހިއްމު...

    • މަޑޭމެން

      ތިކަަމައް މަވެސް ތާއީދު