ރިޔާސީ އިންތިހާބު ބޯމަތިވެފައި ވާއިރު މާލެ އަކީ ކޮންމެ ކެންޑިޑޭޓަކަށް ވެސް އެންމެ މުހިއްމު ރަށެވެ. ކުޑަރަށެއް ބޮޑު ރަށެއް ނުބަލައި ސަރުކާރުން މަޝްރޫއުތައް ހިންގި ކަމަށް ބުނި ނަމަވެސް ސަރުކާރަށް ވެސް އެންމެ މުހިއްމު އެއްރަށަކީ މާލެ އެވެ. ސަބަބަކީ މާލެގެ އާބާދީއަށް ބަލާއިރު ވޯޓް ލުމުގެ ހައްގު އެންމެ ގިނަ ބަޔަކަށް ލިބިފައި ވަނީ މާލެ އިން ކަމަށްވުމެވެ. މާލޭގެ ނަތީޖާ ބުރަވާ ކޮޅަކަށް މުޅި އިންތިހާބުގެ ނަތީޖާ ވެސް ބުރަވެގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މީގެ ކުރީގެ އިންތިހާބުތަކުން ވެސް ފެންނަން އޮތީ އެމަންޒަރެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކޮންމެ ކެންޑިޑޭޓަކު ވެސް އެންމެ އިސްކަންދޭ ރަށަކަށް މާލެ ވެފައިވުމުގެ ހެއްކަކީ މާލެއަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައި ދިނުން ކޮންމެ ކެންޑިޑޭޓެއްގެ ވެސް އެންމެ މުހިއްމު ވައުދުގެ ގޮތުގައި އޮތުމެވެ.

ސަރުކާރުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބަށް ނިކުންނެވިއިރު އެމަނިކުފާނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވެސް ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި މާލޭ ސަރަހައްދުން އެންމެ މީހަކަށް ވެސް ބޯހިޔާވަހިކަން ފޯރުކޮށްދެވިފައި ނުވުމެވެ. މިސަރުކާރުން ފަށައިގެން މިސަރުކާރަށް ނިންމުނު އެންމެ ފްލެޓެއް، މާލޭ ސަރައްދުގައި ނެތެވެ. އެހެންކަމުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެއީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ދެކެވަޑައިގެން ރައީސް ސޯލިހް ވަނީ މާލޭ ސަރަހައްދުން 5000 ގޯތި ބަހާލާފައެވެ.

ރިޔާސީ އިންތިހާބާއި މެދު ރައްޔިތުންގެ ވިސްނުން ހުރި ގޮތް ބެލުމަށް "ވަގުތު" އިން ކުރިއަށް ގެންދާ ސާވޭގައި މިދިޔަ ޖޫން މަހު 1007 މީހުންނާއި ސުވާލު ކުރެވުނެވެ. އޭރު ކުރެވުނު އެއް ސުވާލަކީ ރިޔާސީ އިންތިހާބުގައި ވޯޓް ދޭނީ ކޮން ކެންޑިޑޭޓަކަށް ހެއްޔެވެ. އެސާވޭގެ ނަތީޖާ އިން ދައްކާ ގޮތުގައި %52.83 މީހުން ބުނީ އެމީހުން ވޯޓް ދޭނީ ޕީޕީއެމްއަށް ކަމަށެވެ. އެމްޑީޕީއަށް ނުވަތަ ރައީސް ސޯލިހަށް ވޯޓް ދޭނެ ކަމަށް އޭރު ބުނީ އެންމެ %14 މީހުންނެވެ.

ރައީސް ސޯލިހް މާލޭ ސަރަހައްދުން ގޯތި ބަހާލި ފަހުން މިދިޔަ ހަފްތާގައި "ވަގުތު" އިން ކުރިއަށް ގެންދިޔަ ސާވޭ އިން ދައްކާ ގޮތުގައި ގޯތިތައް ބަހާލައި، އަދި މާލޭ ސަރަހައްުދުން ފްލެޓް ލިބުނު މީހުންގެ ލިސްޓް އާއްމުކުރި ފަހުން ރައީސް ސޯލިހަށް އޮތް ތާއިދު ވަނީ އިތުރުވެފައެވެ. ސާވޭގެ ނަތީޖާ ދައްކާ ގޮތުގައި މިހާރު ރައީސް ސޯލިހަށް ވޯޓް ދޭނެ ކަމަށް %32.7 މީހުން ބުނެފައި ވެއެވެ. މިނަތީޖާއަށް ބަލާއިރު ގޯތިތައް ބަހާލުމުން ރައީސް ސޯލިހަށް އޮތް ތާއިދު ވަނީ %18.7 އިތުރުވެފައެވެ.

ނަމަވެސް އަދިވެސް މާލޭ އިން އެންމެ ގިނަ ވޯޓް ހޯއްދަވާނެ ކެންޑިޑޭޓަކީ ސަރުކާރާއި އިދިކޮޅު ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އެވެ. މުއިއްޒަށް ވޯޓް ދޭނެ ކަމަށް މިހާރު ބުނާ މީހުންގެ އަދަދު %39.7 އަށް މަދުވި ނަމަވެސް ރައީސް ސޯލިހާއި މުއިއްޒާއި ދެމެދު އަދިވެސް %7 ގެ ތަފާތެއް އެބަހުއްޓެވެ.

މާލެ އިން އެެހެން ކެންދިޑޭޓުންނަށް ލިބޭ ވޯޓްގެ އަދަދަށް ބަލާއިރު %4.7 އިލްޔާސް ލަބީބް ހޯއްދަވައެވެ. ގާސިމް އިބްރާހިމް %2.6 އަދި އުމަރު ނަސީރު %2.5 ހޯއްދަވައެވެ. ފާރިސް މައުމޫނަށް %1.2 ލިބިލައްވާއިރު މުހައްމަދު ނާޒިމަށް %0.9 ލިބިލައްވައެވެ. ހަސަން ޒަމީލަށް ލިބިއްލަވަނީ %0.4 އެވެ. ވޯޓް ނުލާނެ ކަމަށް %2.8 މީހުން ބުނެފައި ވެއެވެ.

ގޯތިތައް ބަހާލި ފަހުން ރައީސް ސޯލިހަށް އޮތް ތާއިދު އިތުރުވި ކަމަށް ދެއްކި ނަމަވެސް ސާވޭގައި ބައިވެރިވި ބައެއް މީހުން ރައީސް ސޯލިހަށް ވޯޓް ނުދޭން ދައްކާ ސަބަބަކީ ވެސް ގޯއްޗެވެ. "ސަރުކާރާއި ގުޅުން އޮންނަ މީހުންނަށް ހުޅުމާލެ އިން ގޯތި ލިބުނު ކަމަށް އަޑުމިއިވެނީ. އަހަރެންނަށް ގޯތި މިލިބުނީ ގިރާވަރު ފަޅުން. ގޯތިތައް ބެހުމަށް ގުރު ނެގުން ކުރިއަށް ގެންދިޔައީ އިންސާފުވެރިކޮށް ކަމަކަށް ގަބޫލެއް ނުކުރަން. އެހެންވެ ރައީސް ސޯލިހަށް ވޯޓެއް ނުދޭނަން." ގޯތި ލިބުނު މީހަކު ބުންޏެވެ.

މާލޭ ރައްވެހިންގެ ތާއިދު ސަރުކާރަށް އިތުރުވަމުން ދިޔަ ނަމަވެސް މާލޭގައި އެތައް ދުވަހަކު އުޅުނު އެތައް ބަޔަކު ގޯތި ލިބުމުގެ ޝަރުތުން އުނިވުމާއި އަދި ފްލެޓް ލިބުމަށް ވެސް އޮތް ހަނި ފުރުސަތުގެ ސަބަބުން އެކަމުގެ އަސަރު ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ކުރާނެ ކަމަށް ސާވޭގައި ބައިވެރިވި ބައެއް މީހުން ބުނެފައި ވެއެވެ.

އެހެން ރަށްރަށެކޭ އެއްގޮތައް ޑިމޮކްރެޓްސް އަކީ ރައީސް ސޯލިހަށާއި އެމްޑީޕީއަށް އޮތް ގޮންޖެހުމެއް ކަމަށް ވަގުތުގެ ހިޔާލު ހޯދުމުގެ ވޯޓުން ދައްކައެވެ. އިންތިހާބު ކާމިޔާބު ކުރުމާއި ގާތައް ޑިމޮކްރެޓްސް ނުޖެހުނު ނަމަވެސް އެމްޑީޕީ އާއި އެންމެ ވާދަވެރި މުއިއްޒު އާއި ވާދަކުރަން ޑިމޮކްރެޓްސް އަކީ އެމްޑީޕީއަށް ގޮންޖެހުމެކެވެ. ޕާޓީ ބައިބައި ނުވެ، ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީގައި ތިބި ނަމަ ދާދި ޔަގީނުން ވެސް ޕީޕީއެމް/ޕީއެންސީ އާއި އޮތް ތާއިދު އެމްޑީޕީއަށް ކުޑަ ކުރެވޭނެ ކަމަށް ސާވޭ އިން ދައްކައެވެ.

ރިޔަސީ އިންތިހާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. Anonymous

    ނުފޫޒު ފޯރުވުން މިއަށްކިޔަނީ
    ޤާނޫނާއި ޚިލާފަށް ބަންޑާރަ ގޯތި ދޫކުރުން

    17
    1
    • ނަނަނަ

      ރަޖިސްޓްރީ ނުލިބިދާނެ ކަމަށް ބަލާފަ ވަރަށް ގިނަ މީހުން ނުބުނާނެ އިބޫ އަށް ވޯޓު ނުދޭނަމޭ… އެމަޅީގަ ނުޖެހެން މީހުންނަށް އެނގޭ.

      • ނަރުގިސް

        ދެކޮޅު ނުޖެހޭ ވާހަކަ އެއް އިބޫ އަށް ނުވަތަ ސަރުކާރަށް އެނގެނނީ ތަ ވަގުތުން ކުރާ ސާވޭގައު ނޫނެކޭ ބުނާ މީހުން/

      • Anonymous

        ނުޖެހޭނެ ހުޅުމާލެއިން ގޯތި ހިލޭ ބަހާކައް ހުޅުމާލެއަކީ މާލޭ މީހުންގެ ބިމެއްނޫން ، މާލެ ތޮއްޖެހިފަ އޮތީވެސް މާލޭމީހުންގެ ބިންތަކާ ގެދޮރު ރާއްޖެތެރޭ މީހުނައް ބޮޑު އަގުގަ ކުއްޔައް ދީގެން.

        10
        3
        • ނައްނި

          ކޮބާތަ މާލޭ މީހުނައްހިލޭ ދިންގޯޖެ މާލޭ ގެ މަންމަ ބައްޕަގެ ވާރުތާން ލިބުން ބިންކޮޅު ދޫކޮއްލީމަ ދިން ބިމެއް ދޯ މާލޭ ބިން ދޫކޮއްފަ ބިންލިބުނީމަ އެވާނީ ހިލޭ ދޭއެއްޖަކަންނޫން މާލޭމީހުން ގަންބިމަކައްވާނީ

          3
          7
      • މަސްނޫނު

        ދިނަސް ނުދިނަސް ހެޔޮ. ގޯއްޗާ ގެދޮރަކީދައުލަތަކުން ރައްޔިތުންނައް ފޯރުކޮށްދިނުން ލާޒިމްއަސާސީ ވަސީލަތެއް. އެއްޔަކީ ގައުމެއްގެ ވެރިކަމުގަ ހުރި ނުވަތަ ވެރިކަމައް ކުރިމަތިލާ ފަރާތެއްގެ ވާރުތަ ތަރިކަ މުދަލެއްނޫން. އިތުރުން އެއީ ވަކިވެރިއެއްގެ ހެޔޮފުޅުކަމުން ކުރިމަތީގަ އޮތް ނުވަތަ އޮންނަ ރިޔާސީ އިންތިހާބަކަށް ނުފޫޒު ފޯރުވަން އިޚްތިޔާރު ކުރާކަމަކައްވާންކަށްނުޖެހޭނެ. އެހާހެޔޮފުޅުކަމުން ކުރިކަމެއްކަމުގަ ވީނަމަ ވަކިވަކި ފަރާތްތަކަކަށް އެއް އާއިލާ އެއްގެ މީހުންނައް ޖެހިޖެހިގެން ބިންލިބުމަކީ އިއްތިފާގެއްނޫން
        ހުސްމިކަހަލަ އޮޅުވާލުމާ މަކަރާއި ހީލަތްނުހަދާ އޮތީވަކި ކަމެއްގައޭ ބުނެދައްކާނެ ވަކިކަމެއްނެތް.

    • ސޮރީ އިބޫ ބަޓް ތޭންކްސް

      އަޅުގަނޑުމީ ގޯތި ލިބުނު މީހެއް މިޔަދު އަދި ކަޑަ ނުޖަހާ ބުނީ އަދި ތަން ހުސް ނުކޮޑޭ އޮތީ އެހެންވެ ފަހުން ގުޅާނަމޭ ކަޑަ ޖަހަން. އަޅުގަނޑު ގެއައް އައިސް ވިސްނާލީ ކޮންމެ މީހަކު ވެރިކަމުގަ ހުއްޓަސް ގޯތި ލިބޭނެޔޭ އެއީ އަސްލު އަޅުގަނޑުމެންގެ ހައްގެކޭ އެކަމު އަޅުގަނޑު ވޯޓް ނުދޭނަމޭ އިބޫއައް އެއީ ވެރިކަން ނިމޭން ދެދުވަހައް ވީމަދިނީ އަދި ގޯތި ދިނީކީ ވޯޓްދޭ ގޮތަކައް ނޫން. ރާއްޖޭގެ ހާލަތު އޮތް ގޮތުން ވޯޓް އިބޫ އަކަށް ދެވޭކައް ނެތް

    • ތުން ތުން

      ދެން ވޯޓުލާނެ ކަމެއްނެތެއްނު! ޙުވާކުރުމުގެ ރަސްމީޔާތު ބާއްވަންވީ ހެހެހެ، މީހުންގެ ހަގީގަތެއް ނަެގޭނެ، ގިނަމީހުން ނަކީ ބަހާ އަމަލާ ދިމާނުވާމީުން،

  2. މުއިއްޒު 4 ޕްރެސިޑެންޓް

    މުއިއްޒު ހިއްކައިދިން ފޭސް 2 އާއި ގިރާވާރުފަޅު ކަނޑު މެދުން ގޯތި ދޭނެ ކަމުގެ ލިސްޓެއް އެކަނި މި ސަރުކާރުން ނެރެލީ. 5 އަހަރު ތެރޭ އެންމެ ފްލެޓެއްވެސް ނޭޅުނު ބަޔަކު، އެ ގޯތިތަކުގަ އިމާރާތް ކުރާނީ ކިހިކެނެތް؟
    ﷲ އިރާދާފުޅައްފަހު މުއިއްޒު ނޫނީ މިކަން ކުރެވޭ ފެންވަރުގެ އެކަކުވެސް ނެތް

    11
    1
    • ނަރުގިސް

      މު އިއްޒު ބުނާހާ ވަަހަކަ އަކީ ވަހީ ހާ ތެދު އެއްޗެއް ތޯ

      1
      3
      • ގޯޔާ

        އިންޝާﷲ ވާނެ. ބްރިޖުވެސް ނޭޅޭނެއޭ ކި. އެއޮތީ އަޅާ ނިންމާފަ

  3. ތާތު

    މުއިއްޒު ބުނެފަ އޮތީ ބޭނުން ގޮތަކަށް ގޯތި އިމާރާތް ކޮށް ދޭނަމޭ. ހިޔާ ފްލެޓްވެސް އަޅައިދިނީ މުއިއްޒު.

    9
    1
  4. ކާސިންބެ

    ގޯތި ބަހާލީ ހިންދީ ފިލްމުތަކުގެ ފަހު ތެޅުން ތަޅާލާ ހެން
    އެއްވެސް ހަމައެއް ލަމައެއް ނެތް
    ސަރުކާރުގެ ޒިންމާ ނަގަންޖެހޭ ހުރިހާ އިދާރާތައް ނިދާފަ
    ހޭލެވޭނެ ވެރިކަން ބަދަލް ވާއިރަށް
    ދެން ނޫސްބަޔާން ނެރެން ފަށާނެ

    10
    1
  5. ބުރުމާ

    ގޯތި ބަހާލީ ހިންދީ ފިލްމުތަކުގެ ފަހު ތެޅުން ތަޅާލާ ހެން
    އެއްވެސް ހަމައެއް ލަމައެއް ނެތް
    ސަރުކާރުގެ ޒިންމާ ނަގަންޖެހޭ ހުރިހާ އިދާރާތައް ނިދާފަ
    ހޭލެވޭނެ ވެރިކަން ބަދަލް ވާއިރަށް
    ދެން ނޫސްބަޔާން ނެރެން ފަށާނެ

  6. ކަޅުބެ

    ދަފްތަރު މީހުންނަށް ގޯތި ނުދިން.އެކަކު ވެސް މި ސަރުކަރަށް ވޯޓު ނުދޭތި.

    10
    1
  7. ރިސްމީ

    ކިހިނެއް ވޯޓު ދޭނީ. ފޭސް 3 ހިއްކާފަ ރަޖިސްޓްރީވެސް ނުލިބޭ. ވަކި ބަޔަކަށް ލިބުނީ

    • ޙިޔަލަ

      މަގޭ މުޅި އާއުލާ އަށް ލިބުނު މުޅި ދަރިފަސްކޮޅު ގެ ވޯޓް އެއީ 159 ވޯޓް މިބޮޑު އާއިލާއިން ލިބޭނެ އިބޫ ބަރާބަރު ވީއާ ހެޕީ.

      2
      7
  8. ޔަހުޔށ

    އަދި ކަނޑުން ނުދީ ބިން ހިއްކާފަ ދިންނަމަ ވ ތާއީދު ލިބުނީސް. 13000 މީހުންނަށްވެސް އަޅާފަހުރި ފުލެޓަކުން ލިޔުން ދިން ނަމަ ދޯ

    • Anonymous
  9. ޜަށުމީހާ

    ދޭނޮބޭނުންވިމީހުންނައް ގޯތިތައް ދިނީޖެހިޖެހިގެން ޢެމީހުން ވޯޓްވެސްޑޭނެތާ ޖެހިޖެހިގެން

  10. ނަރުގިސް

    މާދަން ސުއާލު ކޮށްލުުން މި އަށްވުރެ ގިނަވާނެ/ އަނެއްދުވަހު ސާވޭ ކޮށްފިނަމަ އެއަށް ވުރެން ގިނަވާނެ

  11. Anonymous

    ގޯތި ބަހާލި ނާޖާއިޒު އަމަލަކީ ވަކިބައެއްގެ ވޯޓު ހޯދަން. އެމީހުން ވޯޓްދޭނެ. ދެންތިބި އެންމެނަށް ދިން ގެއްލުމެއް. ނުބައި ވެރިއެއް.

  12. ޙޯހޯ

    ޥަގުތުން ތިކަހަލަ ސަކަރާތްޖެހިއަސް މުއިއްޒަކަށް ވެެރިކަން ނުލިބޭނެކަމަށް ފަލަކީ ހިސާބުން ދައްކަނީ.

  13. އަޙްމަދު

    ސީލައިގެ މީހުނަށް މިސަރުކާރުން ފުލެޓް ދޭތާ 5 އަހަރު ހަމަވަނީ އަދި ނުލިބޭ
    ބުރާސްފަތި ދުވަހު އާބަންކޯ އިން ގުޅި ހިޔާފުލެޓް ބޭނުން ތޯ ބަލަން
    މިއީއެއް ނޫން ދޯ ކަންކުރަން ޖެހޭ ގޮތަކީ "ވޯޓެއް ނުލިބޭނެ"
    ގޯތި ދިން މީހުނަށް ވެސް އެއުސޫލު - ފުލެޓް ވެސް ގޯތި ވެސް މިހާރު މިދޭދިނުން ސައްހައެއް ނުވާނެ
    މިކަން ދެންއަންނަ ސަރުކާރަކުން ބަލަންޖެހޭ

  14. ކަނޑުކޮސް

    ރާއްޖޭގެ ވަކި ރަށެއް ހިމެނޭ ޒައާމަތެއް ހޯދުން އަދި އެގޮތަށް އެވާހަކަ ދެއްކުން އެއީ ބޯ ބުރާންތި ގަމާރު ބީތާ އިން ދައްކާ ވާހަކަތަކޭ އެއިން ނިކުންނާނީ ނަސްލީ ތަފާތު އައްޑޫ އޮތްވާ ދޯ އުތީމުން ތިން ބެއިން ނިކުމެ ރާއްޖެ އަނދިރި އަނދިރިންގެ އަތް ދަށުން މިނިވަން ކުރީ އެގޮތަށް ހަމައެކަނި މާލޭ މީހުންނަށް މާލެ ސަރަހައްދުން ގޯތި ދިނުން އެވެސް ނަސްލީ ތަފާތުކުރުމެކޭ ލޯން އަދާކުރަނީ ހުރިހާ ރައްޔިތުން އަތުން ފެލައިގެން ނަގާ ޓެކްސް ފައިސާ އިންދޯ ކޮސްނުގޮވާ އިބޫ ތިޔާ ނޫން އެހެން ކަނޑުކޮހެއް ގޮވޭތޯ ބަލަގަ ގަމާރު ބީތާއާ

  15. މެކޭ

    މާލޭ މީހުންނަކީ ޤައުމިއްޔަތެއް ނެތް ބައެއް. އަމިއްލަ އެދުމާއިގެން ފޯވެފަ ތިބި މާއްދިއްޔަތަށަ ގޮސް ހުސްވެފަ ތިބި ބައެއް. ޤައުމަށް ކޮންމެ ގޮތެއް ވިޔަސަ އެމީހުނަށް ފައިދާވަނިކޮށް ނިމުނީ.

  16. vagaަަ

    ހުއްޓުމެއް ނެތް ކުރިއެރުން އަންނާނެ ރައީސް އިބޫ ނެތް ނަމަ މާބޮޑަށް ރަނގަޅަށް ތިކަން ދެމެހެއްޓެނިވި ގޮތެއްގްެި ކުރާނެ ގާސިމް އިބްރާހިމް ރާއްޖޭގެ މިނިވަން ކަން ނޫންތޭ އެއޮތީ އިންޑިއާ އަށް ވިއްކާލާފައި އެއިން ލިބުނު ފައިސާ އިން ނޫންތޭ ކެމްޕެއިން ތިޔާ ކުރަނީ މަމެންނަށް ނޭގިގެން ނޫޅެމޭ ތިކަން..

  17. ނައްނި

    ކޮބާތަ މާލޭ މީހުނައްހިލޭ ދިންގޯޖެ މާލޭ ގެ މަންމަ ބައްޕަގެ ވާރުތާން ލިބުން ބިންކޮޅު ދޫކޮއްލީމަ ދިން ބިމެއް ދޯ މާލޭ ބިން ދޫކޮއްފަ ބިންލިބުނީމަ އެވާނީ ހިލޭ ދޭއެއްޖަކަންނޫން މާލޭމީހުން ގަންބިމަކައްވާނީ

    1
    2
  18. ނުރަބޯ

    މަވެސް ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންގެ ތެރޭގައި ހިނެނޭ. އެކަމަކު ޞޯލިޙަށް ދޭނެ ވޯޓެއް ހަތްޙަރާމުން ޙަރާމް. ރީނދޫ ޖަގަހައެއް ގައި އުޅޭ ސޮރަކަށް ގިރާވަރު ފަޅުން ގޯތި ލިބުނު. ނަމަވެސް ކުއްލިއަކަށް ފެނުނީ އެއްކަލަ ސޮރުގެ ގޯތި ހުޅުމާލެ އަށް ބަދަލުވީ ތަން.

  19. ސޮޅަ

    ގޯތިބެހީ ގާނޫނު މުގުރާފަ. މާލޭ މީހުން 10 ބުރިން 7 ބުރިގެއިން ކޮންމެ ފަލޯއަކުން މަހަކު 15000 ނުވަތަ 25000ި ރުފިޔާ ލިބޭއިރު އުޅޭނީ ވަރަށް ހާލުގަތާދޯ،،! އެކުލިދައްކާ އަތޮޅުތަކުގެ ނިކަމެތި އާއިލާތަކުން ރެޔާދުވާލު އާއިލާއަށްޓަކާ ހޯދާފައިސާކޮޅުގެ %80 މިދެނީ ހަލުގަ އުޅޭ މާލޭގެ މަހުޖަނަކަށް. މިހެންއުޅެ އަތޮޅުތަކުގެ ރައްޔިތުން 40 އަހަރުވީ. އެހެންވީމަ، އަލުވެތިކަމަށް ނޫނެކޭބުނެ މިޗޯރޭ ބޭރުކުރުން ވަރަށް މުހިންމު.

  20. ވެރިކަން

    ްވެރިކަމެއް މީހަކަށް ލިބުނޭ ދިނީމާ ލާފައި ތަބަކަކަށް
    ބުންޏޭ ގިނައޭ ހަތަރު އަހަރު ވެސް ވެރިކަމަށް

  21. ސދފސޖދފސދ

    ކިހާ ދެރަކަމެއް، ދިވެހިންގެ ހުންނަ ނުލަފާކަމުން މިހަރު އަނެކާވެސް ވޯޓުލާން މި ޖެހެނީ. 2 ވަނަ ބުރަކަށް ފޮނުވަން ނުޖެހޭދޯ ، ވޯޓުލާން ނުދާތީ އެހެންމީހުންނަށް ހުރިހަވެސް ދެއްތުރާއެއް ޖެހެނީ. މީ ނުލަފާ ގައުމެއް، މި ގައުމު ހަލާކުވަނީ މިގައުމުގަ އުޅޭ މީހުންނާ ހެދީ، އެވެސް ސިޔާސީވެރިޔަކާ ހެދިއެއްނޫން.
    ސިޔާސީވެރިން ކުރާކަންތައް ގޯސް ނޫނޭވެސް ނުބުނާނަންން އެކަމަކު އަހެރެމެން ދިވެހިންވެއްޖެ އެއްނުން މި ނާތަހުޒީބުގޮތް ކަނޑުވާލަން، އެމިހަކަށް ފެންނަ އެންމެ ރަނގަޅުމީހަކަށް ވޯޓުލީމަ ނިމުނީދޯ އެކަންތައް، ކިތައްމީހުން ތިބި ދެވަނަ ބުރުގައޭކިޔާފަ ވޯޓުނާޅާ. މީދޯ މައްސަލަޔަކީ، ކީއްކުރަންހޭ ދެވަނަބުރަކަށް މަޑުކުރަނ ޖެހެނީ. އަހަރުމެން އިސްލާމްދީނުގަިއވެސް އޮވޭ ރަނގަޅުމީހަކު އިޙްތިޔާރުކުރަން ތަނެއްގެ ވެރިޔަކަށް. ދެންކޮބާތަ މައްސަލަޔަކީ ދިވެހިންގެ..