ދިވެހި ފުލުހުންގެ ތެރޭގައި ސީރިއާ އާއި އިރާޤުގައި ހަނގުރާމަ ކުރުމަށް ފަހު އެނބުރި އައިސްފައިވާ އައިއެސްގެ ހަނގުރާމަވެރިން ތިބި ކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް ފުލުހުން މިއަދު ރައްދު ދީފިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ދިވެހިރާއްޖެ އަށް އިންޑިއާ ސިފައިން ފޮނުވުމަށް ބާރުއަޅާ އެމަނިކުފާނު ކެނޑިނޭޅި ކުރައްވަމުން ގެންދަވާ ކެމްޕޭންގެ ދަށުން އިންޑިއާގެ ނޫހެއް ކަމަށްވާ "ޓައިމްސް އޮފް އިންޑިއާ" އަށް ދެއްވި އިންޓަވިއުއެެއްގައެވެ.

"އިރާޤާއި ސީރިއާގައި އައިއެސް ބަލިވާން ފެށުމުން ހަނގުރާމައަށް ދިޔަ މީހުން ވަނީ އެނބުރި އަންނަން ފަށާފައި. އެމީހުން ވަނީ ރާއްޖޭގެ އަސްކަރިއްޔާ، ފުލުހުން، ކަސްޓަމްސް އަދި އިމިގްރޭޝަންގެ ތެރެއަށް ވަދެފައި." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މި ވާހަކަތަކާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ މިއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި މިފަދަ ވާހަކަތައް ދައްކަނީ އަމިއްލަ ބޭނުމެއްގައި އަދި ފުލުހުންގެ އިތުބާރު ގެއްލުވާލުމުގެ މަގުސަދުގައި ކަމަށެވެ.

ފުލުހުންނަކީ ހުރިހާ ފަރާތްތަކަކަށް ވެސް ހަމަހަމަ ކަމާއެކު ހިދުމަތް ދެމުން އަންނަ މުއައްސަސާއެއް ކަމަށާއި ފުލުހުންނާއި ގުޅޭގޮތުން މިފަދަ ވާހަކަތައް ނުފެތުރުމަށް ވެސް އެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ. އަދި ފުލުހުންނާއި ގުޅޭގޮތުން މިފަދަ ވާހަކަތައް ދައްކާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ތެރޭގައި އައިއެސް މީހުން އެބަތިބި ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވިއިރު މީގެ ކުރިން ވެސް އެމަނިކުފާނު ވަނީ ވަރަށް ގިނައިން މިވާހަކަ ދައްކަވާފައެވެ.

ދީނީ ގޮތުން ހަރުކަށި ޚިޔާލުގެ މީހުން ރާއްޖޭގައި ގިނަ ކަމަށް ބުނެ ބިރުވެރިކަން އުފައްދަން ރައީސް ނަޝީދު އެންމެ ގިނައިން އެކިފަހަރު މަތިން މައުލޫމާތު ދެއްވާފައި ވަނީ އިންޑިއާގެ މީޑިއާތަކަށް ކަން ވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ކުނިކަހާ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ހުންނާނެ މިހާރު ތަމެން އެއް ކެންޑިޑޭޓް ނެރެން އުޅެން ހަދައިގެން ރަނގަޅަށް ރާކަނި މަސްކެވިފައޭ މަމެން ބުނަން ނެތީމު ދޯ. އޭއި އޭއި ޓްވިޓަރޭ ކިއެއްވެތޭ ކުއްލި އަކަށް ރުޅިއައިސްގެން އިލޮށި ފަތި ތިޔާ ނެގީ ކުނި ކަހަންއޭ އެހެންތޭ ގުޑް ގުޑް ކީޕް ކުނިކަހާ ކުނިކހާ ކުނިކަހާ ދޯ.

  2. ނިދާލާ

    އަދުރޭ މެން ވާހަކަ ދައްކަން ފެށުމުން ރަންރީނދޫ ޓްވިޓަރޭ މެން އަލިފާނޯއި އޭ ކިޔާ ގެއަށް ވަދެ އަތާއި ފައި ދޮވެގެން އެނދަށް އަރަ ރަޖާލައިފިއޭ މަމެން ބުނަން ނެތީމު ދޯ. ޓްވިޓަރޭ ނާނާނާ ނާނާނާ ބާއު ކަލޯ އަތުވެދާނެ އަވަހަށް ނިދާލާ ނިދާލާ ނިދާލާ ނިދާލާ ދެން އިނގޭ. ކޮން އެއް ކެންޑިޑޭޓެއް ތޭ ބޮޑު އެއް ކެންޑިޑޭޓް އޮންނާނީ އެއް ކެންޑިޑޭޓް ވާހަކަ ދައްކާނަމަ ބާއު ކަލޯ އަތުވެދާނެއޭ މަމެން ބުނަން ނެތީމު ދޯ. ދެން ނުދައްކާތިި އެއް ކެންޑިޑޭޓް ވާހަކަ އިނގޭތޭ ނިދާލާ ނިދާލާ ނިދާލާ އަވަހަށް.

  3. ބިމްބިކަލޯ

    މި ނަޝީދު ގެ ވަބާއިން ދިވެހިންނާއި ދިވެހި ގައުމު ސަލާމަތް ކުރައްވާންދޭވެ. އާމީން

  4. އެވްރީ

    ރަންރީނދޫ ބޮޑޭ ދަ ބަތާހަރާމީ ދަ ހަރާމްކޯރޭ ދަ ސަރުކާރުގެ މާލިއްޔާ ދަވާލާ ދަ ގައްދާރޭ ދަ ހަރާމީ ދެއްކި ވާހަކަ ތަކަށް ބްލޫސް ކުދިން ރައްދު ދިނުން އެއީ މަމެން ވަރަށް އުފާ ކުރާ ކަމެކޭ އިނގޭތޭ. ރަންރީނދޫ ބޮޑޭ ލަންކާ ގައި އޭނާ ހުންނަ ގޭގެ ފުރާޅުގެ ޓިނު ތައް ނަގާ ލަންކާގެ ބޮޑޭ ހުންނަ ގޯއްޗަށް އުކާލާ އޭނާ އުފުރާލައިގެން މާފުށި ޖަލަށް ގެންނަ ދުވަސް ކައިރި ވަނީއޭ ބްލޫސް ކުދިންނޭ އަވަހަށް ސްޓެލްތް ސްޓާރޓް ކުރާށޭ އަދި ރޮކް ލަވަ އެއް ޖަހާލާ ލަންކާ އާއި ދިމާލަށް ނައްޓާލާށޭ ރަންރީނދޫ ބޮޑޭ އުފުރާލަން. ރަންރީނދޫ ބޮޑޭ އެވްރީ މޫވް ޔޫ މޭކް އެވްރީ ސްޓެޕް ޔޫ މޭކް އެވްރީ ރަން ޔޫމޭކް އެވްރީ ވޯކް ޔޫ މޭކް ވީ ވިލް ބީ ވޮޗިންގް ޔޫ ވީ ވިލްބީ ވޮޗިންގް ޔޫ ވޮޗިންގް ޔޫ އޯއް ކާންޓް ޔޫ ސީ ބޭބީ ބޭބީ އެއޮތް ދަނީ އޭ ރަންރީނދޫ ބޮޑޭ ފިލަން ދުވެފައި އުކާ ކައި ބޯއި ވާގަނޑު އުކާ އުކާ އުކާ ގުޑް ގުޑް އަރުވާ ސްޓެލްތް އަށް އަރުވާ އަރުވާ އަރުވަ ނައްޓާލާ ނައްޓާލާ ނައްޓާލާ. ޑާންސް ޑާންސް ޑާންސް ޑާންްސް ޑާންސް ޑާންސް...

  5. ސ ނުން ސޮނިބެ

    އައި.އެސް މީހުނާ މި މުނާފިގު ހަވާލުކުރޭ

  6. މޯދީ

    އެހެން ވީރު މިގައުމައް ނާރައްޗޭ ، ކަލޭގެ ތިހިރަ ލާދީނީ ކަމުން މީހަކު ޖާނުން ފިދާވެގެންވެސް ލަލޭ މަރާލަފާނެ.

  7. ވިސްނާމީހާ

    އަދިވެސް ދިވެހިން ޚާފިލުކަމުގެ ނިދިންހޭލާކަށް ނުވޭތަ މިސޮރު ވެރިކަންބޭނުންވެގެން ރައްޔިތުން މަރާކަށްވެސް ފަހަތަކަށް ނުޖެހޭނެ ކަން މިދަނީ އެނގި ހާމަވަމުން

  8. މަގޭޤައުމު ނުކުޅޭތި!

    ޙަމަ ހިތައްއަރާ މީނާއަކީ ހަމަ މި ޤައުމުގެ ރައްޔިތެއްބާވައޭ މުސްލިމެއްބާވައޭ

  9. ސަވާހިލި

    މީ ފަހުޒަމާނުގެ ދައްޖާލި.

  10. އެންމެން

    އައްނި މާޔޫސްވެ ބޯ ސަކަރާތް ވެއްޖެ. އަންނި މަގުގެއްލި އޮޅި ޝައިތާނީ ވެއްޖެ. ގަޅިވެއްޖެ. ހެވާނުބާ އޮޅިއްޖެ. ފިރިހެން ވެލިޒިނީ އެއް އުފެދެނީ. ވަރަށް އަވަހަށް ނަށާ ވީޑިއޯ ތަކާއެއްޗެހި ފެންނާނެހެން ހީވާން ފަށައިފި.

  11. ފައިދު

    ރައްދެއް ނޫން ދޭންވީ ބަނދެގެން އިންޓަރ ޕޯލް މެދުވެރި ކޮށް ނޫނީ އަވަށްޓެރި ޤައުމެއްގެ އަސްކަރިއްޔާ ބޭނުން ކޮށް މިޤައުމަށް ގެނެސް ހަވަރަށް ދޭންވީ...

  12. ޙަބޭސް

    މި އަންނި ހިފާ ހަހްޔަރު ކުރާކައް ނުވޭތަ

  13. ޙަފްޞާ / މާލެ

    އަތަށްގޮވީ! ބޣާވާތް އަތަށްގޮވީ! ކޮންމެ ފަނޑިާރަކަށް 15 މިލިޔަނ އެމެރިކާ ޑޮލަރޯ!!!!