ސިހުރަކީ ދެ ދުނިޔޭގެ ގެއްލުމާއި ހަލާކަށް މަގުފަހިވާ އަމަލެއް ކަމަށާއި ސިހުރު ހާހޫރުން ދުރުހެލިވެ ތިބުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

މިއަދުގެ ޚުތުބާގައި ވިދާޅުވީ ސިހުރު ހެދުމަކީ ދީނުން ބޭރުވާ ފަދަ ބޮޑު ކުށެއް ކަމަށާއި އޭގެ ސަބަބުން މުޅި މުޖުތަމައު ފަސާދަވެއްޖެ ކަމަށެވެ. އެފަދަ ޢަމަލެއް ކުރާ މީހެއްގެ ގާތަށް ގޮސް، އޭނާގެ ބަސް ތެދުކޮށް، އޭނާގެ ކިބައިން އެހީތެރިކަން ހޯދައިފި މީހާ، ކީރިތި ރަސޫލާގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށް ކާފިރުވެއްޖެ ކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.

"ސިޙުރުގެ ސަބަބުން ޢާއިލާތައް ރޫޅި، ދެމަފިރިންގެ ޒަވާޖީ ޙަޔާތް ބަރުބާދުވެއެވެ. ރަޙްމަތްތެރިންގެ މެދުގައި ރުޅިވެރިކަމާއި، ޢަދާވާތްތެރިކަން އުފެދެއެވެ. ދަރިވަރުންގެ ތަޢުލީމަށް ހުރަސްއެޅެއެވެ. ޞިއްޙަތު ސަލާމަތުން ހުރި މީހާ ބަލިވެ، ހިތާމަޔާއި، ވޭން ތަޙައްމަލުކުރަން ޖެހެއެވެ." ޚުތުބާގައި ވިދާޅުވިއެވެ.

މި ސުންޕާ އަމަލުގެ ސަބަބުން އާއިލާތައް ރޫޅި މީހުން ބިކަ ހާލުގައި ޖައްސާ މުޖުތަމަޢުގެ ހަމަޖެހުމާއި އަމާންކަން ގެއްލި، ދުނިޔޭން މޮޔަކޮށްލައެވެ.

ސިޙުރުގެ ބާވަތްތަކަށް ބަލާއިރު ދެ ބާވަތެއް ހިމެނޭ ކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ. އެގޮތުން ސިހުރުވެރިންގެ ކުޅަދާނަކަމުން މީސްތަކުންގެ ލޯމައްޗަށް އޮޅުވާލާއޮޅުވާލުމާއި، މީހުންގެ ހިތްތަކަށާއި، ހަށިގަނޑަށް އޭގެ އަސަރު ފޯރާ ބާވަތުގެ ސިހުރުވެސް ހުރެއެވެ.

"މި ބާވަތުގެ ސިޙުރު ހެދުމަށް މީހުންގެ އިސްތަށްޓާއި، ނިޔަފައްޗާއި، ފުނަލުގެ ދަތާއި، ފޭރާން ނުވަތަ ފައިވާން ފަދަ ތަކެތި ބޭނުން ކުރެއެވެ. މީގެތެރޭގައި، މީހުން މޮޔަކޮށްލާ ސިޙުރާއި، ބަލިކޮށްލާ ސިޙުރާއި، މަރާލާ ސިޙުރާއި، ދެމަފިރިން ރުޅިކުރުވައި އަދިދުރުކުރުވާ ސިޙުރު ހިމެނެއެވެ." ޚުތުބާގައި ވިދާޅުވިއެވެ.

ކީރިތި ރަސޫލާއަށް ޖެހިވަޑައިގަތީ، މިބާވަތުގެ ސިޙުރު ކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.

ޚުތުބާގައި ބުނާގޮތުން ސިޙުރަކީ، ޙަޤީޤަތެއްކަން، ކީރިތި ޤުރްއާނުގެ ޞަރީޙަ ނައްޞުން ޘާބިތުވެއެވެ. ކީރިތި ޤުރުއާނުގެ އާޔަތްތަކުން ސިހުރު ހެދުމަކީ ކާފިރުވާނެ ޢަމަލެއްކަން އެނގެއެވެ. އެހެންކަމުން މި ކުފުރުގެ ޢަމަލުކޮށްއުޅޭ މީހުން، ތައުބާވެ، މާތް ގެ މަގަށް އެނބުރި ރުޖޫޢަވުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

ސިޙުރާއި، ނޭދެވޭކަންކަމުން ރައްކާތެރިވުމަށް ފަރްޟު ފަސް ނަމާދަށް ރައްކާތެރިވެ، ޝައިޠާނާގެ ކިބައިން ރައްކާތެރިވުމަށް ދުއާކޮށް ޒިކުރުކުރުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢެޑްމުންޑޯ

    މިއަދަކީ ދުނިޔޭގެ ފާހަގަކުރާ ދުންފަތުގެ އިސްތިއުމާލް ނުކުރާ ދުވަސް ، އިއްތިފާގުން މިދުވަސް މިދިމާވީ ބަރަކާތްތެރި ހުކުރު ދުވަހާ ، މިއަދުގެ ޚުތުބާ ޚާއްސަ ކުރަންޖެހޭނީ ދުންފަތުގެ ނުރައްކާތެރިކަމާއި ، ހުރި ގެއްލުންތަކުގެ މައްޗަށް ، ކަމަށް ދެކެން . މިއަދަކީ ނުރައްކާތެރި ދުންފަތުގެ ސަބަބުން ކެންސަރ ފަދަ ބޮޑެތި ބަލިތަކުގައި އެތައްބަޔަކު މަރުވަމުންދާތީ އެކަން ސަމާލުކަމަށް ގެނައުމަށް ފާހަގަކުރާ ދުވަސް ، މިކަން ޚުތުބާ ލިޔާ ޝޭޚުންނަށް ފާހަގަނުވީތީ ހިތާމަކުރަން ،

    3
    2
  2. ހަސަން

    ހުތުބާއިން ސިހުރުވެރިޔާގެ އަދަބު މަށަކަށް ނިއިވުނު!

  3. ޙެހެހ

    މައުލޫ ވަރަށް ރަނގަޅު ، އެކަމަކު ހުތުބާގައި ހުރީ ހަމައެއްވާހަކައެއް ،
    ޞިހުރުގެ އެންމެ ނުރައްކާ އެއްޗަކީ ހަސަދަ ، މިއީ މުޅި މުޖުތަމައުގައި އޮތް ކަމަކީ ، މިވާހަކަވެސް އޮންނަންޖެހޭ

    10
  4. Anonymous

    ސިހުރު ހަދާފަތޯއްޗެ ބޮނޑިބަތަށް ހުރީ ނުކާށޭ އިސްއިމާމު

  5. އޮއިވާލި

    ސިހުރޭ ކިޔާ އިލްމަކީ ތިހާބާރުގަދަ އޭގެން އެކަން ކުރާމީހެއްގެ މަގުސަދު ހާސިލްވާ އިލްމަމަކަށް ވާއިރު ދުނިޔޭގަ އޮންނަނީ ހުސް ތިމަސައްކަތް ކުރާމީހުންދޯ ތަފާތު ދާއިރާތަކުން އިންސާނުން އިލްމު އުނގެނި ތަފާތު ތަކެތި އީޖާދުކުރަނީ އިންސާނާ ނުވަތަ އިންސާނުން ދުނިއޭގެ ބާރުވެރިކަން ހޯދަން އެކަން އެބަކުރޭ ހުރިހާ ގައުމެއްގެ ހުރިހާ ދީންތަކެއްގެ ހުރިހާ ނަސްލެއްގެ މީހުންވެސް އިލްމާ އުފެއްދުންތެރިކަމުން ބާރުހޯދައިގެން އެބަޔަކު ބޭނުންވާ ކަންކަން ފަސޭހަކަމާއެކު މިދުނިޔޭގަ ކުރަމުންދާކަމީ ފެންނަންއޮތް ސާފު ހަގީގަތެއް