ރައީސް ޑރ. މުހައްމަދު މުއިއްޒު، ރޭގައި ހިޔާ ސަރަހައްދަށް ވަޑައިގެން ޕޯޑިއަމްގައި ހުންނަވައި އެންމެ ގިނަ އިން ވިދާޅުވީ މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، މަޝްރޫއުތައް އޮތީ "ހުއްޓާލާފައި"، "މިސް މެނޭޖްކޮށްފައި"، ކުންފުނިތަކަށް އޮތީ "ފައިސާ ނުދީ" މިފަދަ ބަސްފުޅުތަކެވެ. އެއީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި މި ދޭތެރެއިން ކުރިއަށް ގެންދިޔަ މަޝްރޫއުތައް ހުއްޓިފައި އޮތުމުން އިދިކޮޅުން ތަކުރާރުކޮށް އަމާޒުކުރާ ފާޑުކިއުންތަކާ ގުޅިގެންނެވެ.

ވެރިކަން ބަދަލުވުމާ އެކުގައި ހެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށް ދިޔަ މަޝްރޫއުތައް ކުއްލިއަކަށް ހުއްޓުމާ ގުޅިގެން ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ނުރުހުން އަމާޒުވީ ސަރުކާރަށެވެ. އިދިކޮޅު، އެންމެ ބޮޑު ޕާޓީ، އެމްޑީޕީން "އިނގިލި"ތައް ދިއްކުރަމުން ގެންދިޔައީ ވެސް ރައީސް ޑރ. މުއިއްޒުގެ ސަރުކާރަށެވެ. ބައެއް ރައްޔިތުންގެ ހިތްތަކުގައި މި ސަރުކާރާ މެދުގައި ވަރަށް ބޮޑަށް ނަފްރަތު އުފެދުނު ތަން ވެސް ފެނިގެން ދިޔައެވެ.

އެކަމަކު، ރައީސް ޑރ. މުއިއްޒުގެ ފަރާތުން ރޭގައި ފެނިގެން ދިޔައީ މުޅިން ތަފާތު އަދި މަދު ފަހަރެއްގައި ނޫނީ ނުފެންނާނެ ކަމެކެވެ. އެމަނިކުފާނު ރައްޔިތުންގެ އަރިހަށް ވަޑައިގަތީ ހުރިހާ ހިސާބުތަކެއް ހިފައިގެންނެވެ. ވަކި ދާއިރާއަކަށް ނުބައްލަވައި ހުރިހާ ދާއިރާއެއްގެ ނަންބަރުތައް ހިފައިގެންނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ބާރު ސްޕީޑުގައި މަސައްކަތްތައް ކުރިއަށް ގެންދަނިކޮށް މި ސަރުކާރުން ހުއްޓާލީ ކަމަށް ބުނެ ފެތުރި ދޮގު ވާހަކައިގެ ހަގީގަތް ސާފުކޮށްދެއްވިއެވެ. އަދި މި ސަރުކާރުގެ ރާއްޖޭގެ އެކިކަންކޮޅުތަކުގައި 527 މަޝްރޫއެއް ކުރިއަށް ގެންދަވާ ކަމަށް ވިދާޅުވެ، އެ ހިސާބުތައް ދެއްވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ރޭގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

"މި ހިސާބު ދޮގެއް ނަހަދާނެ، ބެއްލެވޭނެ"

ރައީސްގެ ވާހަކަފުޅު ފެށުމުގެ ކުރިން ކެމްޕޭނު ދުވަސްވަރު ރަށްރަށަށް ދަތުރުކުރެއްވި އިރު ވެސް އޭރުގެ ސަރުކާރުގެ ގިނަ މަޝްރޫއުތައް ހުއްޓިފައި ހުރި ކަމަށް ވިދާޅުވިއެވެ. ސަބް ކޮންޓްރެކްޓަރުންނަށް މަޝްރޫއުތައް ދެމުން ގޮސް "އަސްލު ކޮންޓްރެކްޓަރު" ވެސް ވީ ހިސާބެއް ނޭނގޭ ހާލަތުގައި އޮތް ކަން ފާހަގަ ކުރެއްވިއެވެ. އެ މަސައްކަތްތައް ހުއްޓިފައި ހުރި ސަބަބުތައް ހޯއްދެވިއިރު، އެ މަޝްރޫއުތައް ހުއްޓިފައި އޮތީ ފައިސާ ނުދީގެން ކަން ސާފުވާ ކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުން ނަމަ، ސަރުކާރާ ހަވާލުވި އިރުގައި ނުވަ ބިލިއަން ރުފިޔާގެ ފައިސާ އެކިއެކި ކުންފުނިތަކަށް ދޭން ހުއްޓެވެ.

"9000 މިލިއަން ރުފިޔާގެ (9 ބިލިއަން ރުފިޔާ) ފައިސާ، ކުޑަ އަދަދެއް ނޫން. އެކިއެކި ކުންފުނިތަކަށް ދޭން ހުރި މިދިޔަ ސަރުކާރު ނިމުނުއިރު، ރައްޔިތުންގެ ކުންފުނިތަކަށް. އެ ފައިސާ ނުދީ ހުރީމަ ރަށްރަށުގެ މަޝްރޫއުތައް ހުއްޓިފައި ހުރީ، އަޅުގަނޑުމެން އައިސް އެ ކުންފުނިތަކަށް، އެ ފަރާތްތަކަށް ފައިސާ ދޭން ފަށައިގެން މަސައްކަތްތައް އެ ހުރީ ފެށިފައި." ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ރޭގެ ޖަލްސާގައި. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ވެރިކަމާ ހަވާލުވި އިރު ހުއްޓިފައިވާ މަޝްރޫއުތަކާއި ފެށިފައިވާ މަޝްރޫއުތައް

1- ފެން/ނަރުދަމާގެ 27 މަޝްރޫއު ހުއްޓިފައި، މިހާރު 74 މަޝްރޫއު ކުރިއަށްދޭ
2- ބަނދަރު/ބިން ހިއްކުން/ އެއްގަމު ތޮށިލުމުގެ 30 މަޝްރޫއު ހުއްޓިފައި، މިހާރު 90 މަޝްރޫއު ހިނގާ
3- އެއާޕޯޓު މަޝްރޫއު ހަތް ރަށެއްގައި ހުއްޓިފައި. ހުރިހާ މަޝްރޫއެއް މިހާރު އެބަ ހިނގާ
4- 17 ރަށެއްގެ މަގު ހެދުން ހުއްޓިފައި. މިހާރު 26 މަޝްރޫއު އެބަ ހިނގާ
5- 84 ރަށުގެ ދަނޑު/ކޯޓުތައް ހުއްޓިފައި، 71 މަޝްރޫއު ކުރިއަށް އެބަދޭ، ބައެއް ތަންތަނުގެ މަސައްކަތް ނިމިފައި. މިހާރު 48 ރަށުގެ މަސައްކަތް ހިނގާ
6- 20 މިސްކިތެއްގެ މަޝްރޫއު އޮތީ ހުއްޓިފައި، 42 މިސްކިތުގެ މަޝްރޫއު އެބަ ހިނގާ
7- ތައުލީމީ ދާއިރާގެ 90 މަޝްރޫއު ހުއްޓިފައި، މިހާރު 217 މަޝްރޫއު އެބަ ހިނގާ
8- 11 ރަށެއްގައި ހައުސިން ޔުނިޓް އެބަ ހިނގާ، އެއީ 2،200 ހައުސިން ޔުނިޓް

މީގެއިތުރުން ރާއްޖެއަކީ ތިމާވެއްޓަށް އިސްކަންދޭ ގައުމަކަށް ހެދުމުގެ ގޮތުން ތިމާވެށީގެ ދާއިރާ އިން ވެސް މުޅިން އަލަށް މަޝްރޫއުތަކެއް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ. މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި 75 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ޕްރޮޖެކްޓެއްގައި އޭޑީބީއާ އެކު ސޮއިކޮށްފައިވާ ކަމަށާއި މި ޕްރޮޖެކްޓްގެ ދަށުން ފެނާއި ވަޔާއި ސޯލާ ޕެނަލް ބޭނުންކޮށްގެން އެކި ކަހަލަ މަޝްރޫއުތައް ހިންގާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ހަމައެއާއެކީގައި 19 ރަށެއްގައި ކަރަންޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށައި 46 ރަށެއްގައި ކުނި މެނޭޖް ކުރުމަށް ތަކެތި ސަޕްލައި ކުރުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ހަ ރަށެއްގައި ކުނި މެނޭޖް ކުރުމުގެ ސެންޓަރު ހަދަން ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތެއް ނުކުރެއޭ، ހުރިހާ ކަމެއް ހުއްޓާލީއޭ ތިމަންނަމެންނާ އަނެއްކާ ވެސް މަޖިލިސް ހަވާލު ކުރީމައޭ މަސައްކަތް ކުރެވޭނީ މި ވާހަކަ ރައްޔިތުންގެ ކުރިމައްޗަށް ގެނައީމަ ސިޔާސީ ވިސްނުމުން ގޮސް އެއްކޮށް ފޯވެގެން ގޮސް ވަކި އަތަކަށް ގޮސް ހުސްވެފައި ހުރި މީހާ ވެސް ވިސްނާލަން ޖެހޭނެ ތިމަންނައަކީ ﷲ ދެއްވި ސިކުނޑިއެއް ހުރި މީހެއް ކަން. އެ ސިކުނޑިން ވިސްނަން ޒިންމާއެއް އޮތް ކަން މުސްލިމަކަށްވީތީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މިއީ ފެންނަން ހުރި ހަގީގަތެވެ. މި ނަންބަރުތައް "ދޮގެއް ނަހަދާނެ" ކަމަށާއި މިއީ ފެންނަން ހުރި ކަންކަމުގައި ރައީސް ވިދާޅުވިއެވެ. އިގްތިސާދު ހަރުދަނާ ކުރުމަށް އެޅި އެންމެ މުހިންމު ފިޔަވަޅަކީ ފައިސާ ޗާޕް ކުރުން ހުއްޓާލުން ކަމަށާއި "މިކަން ހަޖަމް ނުވާ ނަމަ، ހަޖަމް ނުވާންވީ" ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެކަން ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ވެސް ބަލައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.

"ލޯން ނުނަގާ 1.1 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގައިފިން"

"ފައިސާ ޗާޕް ނުކޮށް، އަޅުގަނޑުމެން ގައުމު ހިންގާނީ،" މިދިޔަ ފަސް އަހަރުގެ ތެރޭގައި އަށް ބިލިއަން ރުފިޔާގެ ފައިސާ ޗާޕް ކުރިކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މިދިޔަ މަހުގެ 21 ވަނަ ދުވަހު ނެރުނު ހިސާބުގައި ރާއްޖޭގެ ޕްރައިމަރީ ބެލެންސް 134 މިލިއަން ރުފިޔާ އަރަނިކޮށެވެ. ނަމަވެސް މިދިޔަ ސަރުކާރުގައި މިދިޔަ މާޗް މަހު އޮތީ 1.6 ބިލިއަން ރުފިޔާގެ ދަރަނި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"1.6 ބިލިއަން ރުފިޔާގެ ދަރަނިން 134 މިލިއަން ރުފިޔާ ޕްލަސް އަށް މިއޮތީ ގެނެސްފައި ފައިސާ ޗާޕްނުކޮށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒުގެ ވާހަކަފުޅުގައި ވަރަށް ބޮޑު ވާހަކަފުޅެއް ވެސް ހިއްސާ ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުން މަޝްރޫއުތައް ހިންގުމުގެ ނަމުގައި ދެ ބިލިއަން ރުފިޔާގެ ލޯނެއް ނެގިއެވެ. އެކަމަކު، ހިންގީ 900 މިލިއަން ރުފިޔާގެ މަސައްކަތް ކަމަށް ރައީސް ވިދާޅުވިއެވެ. މި ސަރުކާރުން ލޯން ނުނަގައި 1.1 ބިލިއަން ރުފިޔާގެ ތަރައްގީގެ މަޝްރޫއުތައް ހިންގާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ސަރުކާރުގެ މަސައްކަތަކީ ދިވެހިންގެ ރާއްޖެއެއް ގާއިމުކޮށް ރައްޔިތުން މުއްސަނދި ކުރުމެވެ. އެކަންކަން ކުރެވޭނީ ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ސަރުކާރަށް ލިބިގެން ކަން ތަކުރާރުކޮށް އެމަނިކުފާނު ވިދާޅުވިއެވެ. މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު އެމްޑީޕީއަށް ލިބިފައި އޮތްއިރު ސަރުކާރަށް ލިބުނު ފަސޭހައެއް ނެތް ކަމަށާއި ސަރުކާރުގެ ކެންޑިޑޭޓުން ހޮވައި ދީފި ނަމަ، ނަތީޖާ ނެރެ ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ކޮންމެއަކަސް، ރައީސް ޑރ. މުއިއްޒު ހިސާބުތަކާ އެކީގައި ރައްޔިތުންގެ ކުރިމައްޗަށް ވަޑައިގަންނަވާނީ ވަރަށް "ބޮޑުވަރު" ވީމައެވެ. މިއީ، މިނިސްޓްރީއެއްގައި ހުންނަވަ މިނިސްޓަރަކަށް ނޫނީ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރަކު ޕްރެސް ކޮންފަރެންސްގައި ނޫނީ ބަޔާނެއް ނެރުއްވައިގެން ހާމަކޮށްލެވިދާނެ މައުލޫމާތެކެވެ. އެކަމަކު، ރައީސް ޑރ. މުއިއްޒު ވަޑައިގެން އެ ހިސާބުތައް ހާމަކުރެއްވުމަކީ އެމަނިކުފާނު ދެއްވި ވަރުގަދަ މެސެޖެކެވެ. ރައީސް ސީދާ އެ ނުކުންނެވީ މި މަހުގެ 21 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރައްވާ ސަރުކާރުގެ ކެންޑިޑޭޓުން ހޮއްވެވުމުގެ މުހިންމުކަން ބޮޑުވީމައެވެ.

 

ކިޔުންތެރިންގެ ހިޔާލު

40 ކޮމެންޓް

  1. ސޮބްރީބެ

    ސާބަހޭ ރައީސް މުއިޒު. މަނިކުފާނަށް މަތްﷲގެ އުރާދަފުޅާއެކު ކާމިޔާ މިންވަރު ކުރައްވާށި. އާމީން.

    242
    29
    • ހނހ

      އެންޑީޕީން މަޖިލިހާ ހުރިހާ ބާރަކާ އެއްކޮއް 5 އަހަރުން ނިންމަން ބުނި ވައުދުތައް ނުނިންމާ ގޮސް ފިލާއޮވެ މިކިޔަނީ 4 މަސްނުވާ ސަރުކާރުން ނުކުރެޔޭ.

      139
      17
    • މުކޮސް

      އަހުން ލަދުގަތީ ޖަލްސާ އޮތް ގޮތުން، ޤައުމުގެ ރައީސް ބައިވެރިވި ޖަލްސާއެއްގަ 40 ހާސް ދިރިއުޅޭ އާބާދީއަކުން 200 މީހުން ނިކުމެ ތިބީ.. ވަރަށް ލަދުވެތި.. އަދަދު ތަކެއް އަރާފަ ކިޔިދާނެ ކޮންމެ މީހަކަށްވެސް.. ލޮލަށް ފެންނަ ތަން ރައްޔިތުން ބަލާނީ.. މި ސަރުކާރަށް ރަށެއްގަ އަލަށް އަދި ނުފެށޭ މުކޮސްވެސް.. ފެށި ރަސްމާލެ އޮތީ ހުއްޓިފަަ.

      36
      136
      • ހަމްދު

        ރިޔާސީ އިންތިހާބުގަ އެމްޑީޕީން ވެސް ދެއްކި ތިބުނާ ބޮޑެތި އަދަދު. އަދަދެއް ނޫން މުހިންމީކީ މުހިންމީ ނަތީޖާ

        52
        11
        • ޒައިލް23

          އަދަދު ދެއްކީ މުުއިއްޒު، މި ކިޔަނީ ލޮލަށް ފެނުނު މަންޒަަރުގެ ވާހަކަ.. ރިޔާސީ އިންތިހާބުގަ ފެނުނު މަންޒަރާ ހާސްބައި ތަފާތު މަދު..

          6
          7
      • Anonymous

        ރޯދަ މަސް ދޯ

        12
      • ވަރަށް ފޫހިވޭ

        ރަށެއްގައިވިޔަސް އެހެންތަނެއްގައި ވިޔަސް މކސ ކިޔާފައި އެއްޗެއް ފަށައިގެން ނުވާނެ. މިއޮއްފަދަ ރޯދަމަހު ތިފަދަ އެއްޗެއް ނޫހެއްގައި ލިޔަން ހިތަށްއެރީތީ އަދި ނޫހުން ޝާއިއުކުރީތީވެސް ހައިރާންވެއްޖައިން. ކިޔަން ހެޔޮވީމަ ހެޔޮތަ ކޮންމެ އެއްޗެއްވެސް ނޫނީ ކޮން އެއްޗެއްކަން ނޭނގުނަސް މީހުން ކިޔާތީ ހަމަކިޔަނީތަ؟ ނޭނގެންޏާ ރަދީފުން މާނަހޯދައިގެން ބަލާބަލަ. ބޯހަލާކު

        3
        5
        • Anonymous

          މަހިތުން މުކޮސްވެސް ނެތޭ ބުނަނީ އެކައްޗެއްވެސް ނެތޭ ބުނަން

          1
          1
  2. Anonymous

    ވާދަވެރި ސިޔާސީ މައިދާނުގައި ނުގުޑާ ފަދަ އަޒުމެއްގައި ފިކުރު ބަދަލު ކުރުމެއް ނެތި ހައްގުތައް ކަށަވަރު ކުރުމައް ވަކާލާތު ކުރާ ހަމަ އެކަނި ކެނޑިޑޭޓް
    އަމީން ފައިސަލް 3️⃣✔️

    #misރ

    9
    100
  3. ޚުރުސީ

    2 ބިލިއަންގެ ލޯނު ނެގީ އިންޑިޔާއިން، އަސްލު އެފައިސާ ރާއްޖެއަކަށްނުލިބޭ، ޔާމީނުގެ ވެރިކަން ނިމުމަކަށްގެނައުމަށް އިންޑިޔާއިން ކުޅުނު ޑްރާމާއަށް ޕޭކުރަންޖެހުނު، ރަންގޮޑި ޝަރީފްމެންފަދަ މީހުންނަށް ފައިސާ އެސްބީއައިން ދީފަ އެލާރި އެސްއައިބީ އަށް ޕްރޮޖެކްޓް ލޯނުގަގޮތުގަ ދޫކުރިކަމަށް ކަރުދާހުން ދައްކާފަވަނީ

    100
    7
  4. ރައްޔިތުމީހާ.

    މިހާރުވެސް މަޖިލިސް އިންތިޚާބަށް ވާގޮތެއް ބަލަން އިންވެސްޓަރުން އެތިބީ. އިދިކޮޅަށް މެޖޯރިޓީ އޮތިމާ އަބަދު ވެރިކަން ވައްޓާ ވާހަކަ ދައްކާތީ. މިކަން ރައްޔިތުންގެ ސަމަލުކަމަށް އަންނަންޖެހޭ. ރައީސް މިވާހަކަ ނުދައްކަވަނީ ކީއްވެބާ؟

    102
    16
  5. ހަންޑިކުޑަ

    އެވެރިކަން ނިކިޔާށޭ! ރަޢީސް މަޢުމޭނޭ ، ނަޝީދޭ ، ވަހީދޭ ، ޔާމީނޭ ، އިބޫ އޭ ނުކިޔާ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮއްދެވޭތޯ ބަލާދީބަލަ! އެވެރިންގެ ނަންތައް ނުކިޔަން ވެގެންތާ ރައްޔިތުން އިނބަމެނަށް ވެރިކަމެއް ހަވާލުކުރީ! ނުކުރެވެންޏާވެސް ބުނީމަތާ ރައްޔިތުންނަށް އެހެންގޮތެއްވެސް ހޯދަން އެނގޭނީ! ވ ވެދުން.

    22
    55
    • Anonymous

      މޑޕ އިން ދޮގު ހަދަމުން ގޮސް މުހައްމަދުއްރަސޫލުﷲ ޕްރޮގްރާމުގަ އުޅޭ ދޮގުހަދާ މީހާއަށްވުރެވެސް ކުރީގަ އުޅެނީ.
      އެހެންވީމަ ރައްޔިތުންނަށް ސާފުކޮށްދޭން މަޖުބޫރު ކުރުވީމަ މުޙައްމަދު ފަރީދާ ހަމައަށްވެސް ކިޔަން މަޖުބޫރުވާނެ.

      42
      9
      • ރ.ޔާމިން

        އަޅުގަނޑު ދޫކޮށް ކޯޓްތަކަށް އަތްބޭނުން ހުއްޓާނަމޭ ބުނެ އަދި ނުވީ ތާކަށް އަޅުގަނޑުގެ ހުސް ގޮނޑި ދައްކާއިގެން ރައްޔިތުން ކައިރި ޤާނޫނީ ބާރު ދިނީމަ އަޅުގަނޑަށް ކޮށްފައިވާ ޙަރާމް ހުކުމުން މިންޖުކޮށްދޭނެ ކަމަށް ރައްޔިތުން ކައިރި ދޮގު ހެދީ އެމް.ޑީ.ޕީއިންތޯ؟

        9
        9
  6. ި9ޖި99

    ކުރިޔަށް އޮތީ މަޖިލިސް އިންތިހާބު،އެހެންވީމާ ނަންބަރުތައް ރީތިކުރާނެ..ކަންކަން ވާކަންވެސް ދައްކާނެ.. ނަމަވެސް ނުކިޔަވާ މީހުނަށް ބޮޑެތި މަގާމްތައް ދޭތީ ކަޑައީ

    38
    26
    • ޔަހޫޔާ

      މިހާތަނައް ވެރިކަން ކުރި އެއްވެސް ސަރުކާރެއްގައި ނުހުންނާނެ މިސަރުކާރުގެ ހުރިވަރައް ޕީއެޗްޑީ ހޯލަޑަރުންނެއް. ދައްމަގާމު ތަކުގަ ހުރިހާ ސަރުކާރެއްގަ ވެސް ތިބޭނެ އެކިފެންވަރުގެ މީހުން. ނިކަން ބަލާބަލަ އެމްޑީޕީގެ މިނިސްޓަރުންގެ ހާލު މާރިޔާއާ އަބްދުﷲ ޝާހިދުމެންގެ ފެންވަރު

      33
      7
      • އިސް

        ޕީއެޗްޑީ އޮތީމަ ނިމުނީ ދޯ ކަމެއް ކުރަން ނޭގުނަސް

        2
        6
  7. ޚިޔާލީ

    މިހާރު މި ސިޔާސީ ޕާޓީތަކާ ކުލަތަކާ ހެދި އަހަރުމެންނަކީ ދިވެހިންކަމެއް، އެއް ދީނެއް، އެއ ނަސްލެއް، އެއް ބަހަކުން ވާހަކަދައްކާ ބައެއް ކަންވެސް ނޭނގެ. ކޮންމެ ބައެއްވެސް ތިމާ އީމާންވާ ޕާޓީ ކުރިއަރުވަން، ތިމާ ތަބާވާ ކުލަ ނޫން ކުލައަކަށް ތަބާވާ ބަޔަކީ ތިމާމެންގެ ޢަދުއްވުން ކަމަށް ބަލައިގެން މިއުޅެނީ. މިއެކޭ ޖާހިލީ ޒަމާނެކޭ ކޮބާ ތަފާތަކީ.
    މިހާރު ކަމެއް ކުރެވޭ ކަމަކަށްވެސް ނުވޭ ޕާޓީއަކާ ނުގުޅި. ތިމާގެ ޕާަޓީގެ ވެރިމީހާ ބުނާ އެތި އެއީ ﷲ ގެ ބަސްފުޅާ ދެކޮޅަށް ބުނި އެއްޗަކަސް އެ ބަހުގާ ހިފަނީ.
    ކީއްކުރާނީ އަހަރުމެންގެ ހިތާމަ، ޤައުމުގެ ހިތާމަ، ހިތާމައިގެ ކޮޅެއް ނެތް...

    33
    7
    • ދޯދޮޔާ

      މިއީ އެމްޑީޕީން ގެނާ ޑިމޮކްރަސީ އަސްލު ހުންނަ ސިފަތައް. މައުމޫނު އިރު ކަމު ނުގޮސްގެން

      16
      5
  8. އޭނާ

    ރައްޔިތުން އެމްޑީޕީ އަކީކޮންބައެއްކަން ވޭތުވެދިޔަ 5 އަރުން މިނެކިރަންޖެހެ މަޖިލިސް އިންތިހާބުގަ ވޯޓުދިނުމުގެކުރިން. މަޖިލިހުގެ ސުޕަރމެޖޯރިޓީއޮވެ ކުރެވުނީ އެންމެކަމެއް، އެއީ އަމިއްލަމުސާރަ ބޮޑުކުރުން. ރައްޔިތުންނަށްފައިދާހުރި އެއްވެސްކަމެއް ކޮއްފައެއްނެއް. ވީއިރު އަދިވެސް މިބައިމީހުންތަހޮވަންވީ. އެއީ އެއްހަރަކުން ދެފަހަރަށްކަށިޖެހުން. ދެންބުނާނެ ސަރުކާރު ޖަވާބުދާރީނުކުރެވޭނެޔޭ މަޖިލިސްނުލިބި. ބަލަ މަޖިލިސްދިނުމުން ސަރުކާރުދަވާލި ބަޔަކައް ކޮންޒިންމާއެްތޯކުރެވޭނީ. ތެދެއް މަޖިލިސް ލިބިގެން ފާއިތުވި 5 އަހަރުގެވައްކަންތައް ބެލިޔަނުދީ ހިފަހައްޓާލެވޭނީ

    33
    9
  9. ރަށުން

    މިފަހަރު މޑޕ ކުދަކަގޫ ޖައްސަންވަނެ

    38
    10
  10. އަބޫއިބްރާހީމް

    މިހާރު އޮތް މަޖްލީހުގެ މެޖޯރިޓީ އޮތީ ސަރުކާރަށްތޯއެވެ؟ ނަމަވެސް ތިޔަ ފާހަގަ ކުރި ހުރިހާ މަޝްރޫޢުތައް ތިޔަ ހިންގަނީ ނޫންތޯއެވެ؟ ކަން މިހެން އޮތްއިރު އަދިވެސް މަޖްލީހުގެ މެޖޯރިޓީ ނުވަތަ ސުޕަރ މެޖޯރިޓީ ސަރުކާރު ހިންގާ ޕާރޓީއަށް ސަރުކާރު ހިންގަން ބޭނުންވުން އެއީ އަދިވެސް ރައްޔަތުންނަށް ބުނެނުދެވޭ ސަބަބަކެވެ. އެއީ ކޮން ކަމެއް ސަރުކާރަށް ނުކުރެވިގެންތޯ ބުނެދޭން ޖެހޭކަމުގައި ދެކެވޭތީ އަހާލެވުނީއެވެ. ތިޔަދައްކަވާ ވާހަކަފުޅުތަކުން ހައްތާވެސް ދޭހަވަނީ ކޮންމެވެސް ނުސިޔާނު ކަމެއް ކުރައްވަން ރޭވިފައި އޮތުމުން މަޖްލީހުގެ މެޖޯރިޓީ ނެތިގެން އެކަން ކުރަށްވަން ހުރަހަކަށް މަޖްލިސް ވެގެން ނުވަތަ ވެދާނެ ކަމަށް އުޅުއްވާ ކަހަލަ ގޮތަކަށް ދޭހަވާ ވާހަކަ ތަކެކެވެ. ނޫންނަމަ ކޮންމެ ބަޔަކު މަޖްލީހުގައި ތިއްބެވި ނަމަވެސް ރައްޔަތުންނަށް ހެވަށް އަދި ލާބަޔަށް ކުރައްވާ އެއްވެސް ކަމެއްގައި ހުރަހަކަށް އެ ރައްޔަތުންގެ މަޖްލިސް ވާނެކަމަކަށް ނުބެލެވެއެވެ.

    16
    34
    • ހަމައަސްލު

      އެކަން ފެންނަން އެއޮތީ އަދި ވެސް ޖުޑިޝަރީ ވަނީ މިނިވަން ނުވެ މަޖިލީހާހެދި ޖޭއެސްސީގެ ފުލް ކޮންޓްރޯލް އޮތީ އެމީހުން އަތުގަ ހިސާނުމެންނާ ހުސްނުއް ސުއޫދުމެން އެތިބީ އަދި ވެސް އަތްގަދަކޮއްގެން. އާ މަޖިލިހުން އެއްބާރުލުން ދޭތީވެ ރަސްމާލެ ބަޖެޓުންވެސް އުނިކޮއްލީވެސް އަދި ލޯނުތައް ދައްކަން ޑޮލަރު ޖަމާކުރާ އެސްޑީއެފްސީގެ ގާނޫނު އިތުރައް ފުރިހަމަ ކޮއްލަން ފޮނުވީމަ އެވެސް ބޭރުކޮއްލީ އޮޅުވާލާފަ

      19
      5
    • ޝުހޭލް

      1. ބަޖެޓް ފާސްކުރަން ފަސޭހަވުން
      2. ސަރުކާރުގެ ސިޔާސަތު ތަންފީޒްކުރަން ބޭނުނަވާ ޤާނޫންތައް ފާސްކުރަން ފަސޭހަވުން.
      3. ދެއިރު ދެދަޅަޔަށް ސަރުކާރު ވައްޓާލުމަށް ކުރެވޭ ކަންކަން ހުއްޓުވާ، ހަމަޖެހިލައިގެން ރައްޔިތުންނަށް ޙިދުމަތްކުރުމަށް ތިބުމަށް މަގުފަހިވުން. ޢަދިވެސް އިތުރަށް އެނގެން ބޭންތޯ؟

      29
      7
  11. ނަރީ

    ކީއްކުރާނީ ކުޅިކޮށް ނޫޑްލްސް ކާލަ ކާލަ ޓީވީގައި އިންނަ ކުރީގެ ޖާނަލިސްޓް މިހާރު މިލިއަނަރު ފިޔާޒު ވެސް ކުންފުންޏެއް ހަދާ ގައުމީ ފެންވަރުގެ ތަރައްގީގެ އެތައް މަޝްރޫއެއް ހިންގާ ފަރާތަކަށްވެ އެތައް މަޝްރޫއެއް ސަރުކާރުން ހޯދާފައޮތީ. ކުއްލިއަކަށް ޖާނަލިސްޓެއް ބޮޑު ރިއަލްއަސްޓޭޓަކަށް ބަދަލުވެ ނިމި މުއްސަދިވެސް ވެއްޖެ. މިކަންކަން ބަލާބަލަ. ދޮންއަމާ ފިލްމްވެސް ވީ ފްލޮޕް އެކަމަކުވެސް މަހުޖަނަކަށް މިއަދު ބަދަލުވެއްޖެ

    22
    6
    • ހނހދ

      ތިޔައް ވުރެން ރަނގަޅެއްނު އެމްޑީޕީން ލޯނުނަގަމުން ރުފިޔާ ޖަހަމުން މުޅިގައުމު އެއްކޮއްދަރުވާލާފަ. ދިޔައިރު އެމީހުންގެ މަތީފަޑިވަނީ މުއްސަދިވެފަ

      19
      8
  12. ޙަސަންބެ،

    ޢެހެންވީމާ ޑރ. މުއިއްޒު ތިޔައީ ޖާދޫ ގަރެއް ތާ!!!

    12
    21
    • އަހަރެން

      އެމްޑީޕީ ކުދިންނައް ހަޖަމެއް ނުވާނެ

      25
      7
  13. Anonymous

    އެމްޑީޕީއޭ ކިޔާ ބައިގަނޑަށް ހަޖަމެއް ނުވާނެ.
    ދިވެހި ޤައުމާ ދޭތެރޭ ވިސްނާ ބައެއްނޫން. ޤައުމަށް ހެޔޮއެދޭ ބައެއްނޫން. މިހާރުވެސް ދިވެހި ކަނޑު ވިއްކާލި ޗޯރުކަލޭގެ އެއުޅެނީ އިންޑިއާ ފަތުރު ވެރިން މަދުވެ . އޭބަލަ މިހިރަ ޗރއޭ ރިޒްޤު ދެއްވާ ފަރާތަކީ ގެރިމޯ ހޭ

    32
    13
  14. ސެންޗޯ

    ސާބަސް ރައީސް މުއީޒު އަބަދުގެ އަބަދަށް ތިޒައާމަތު އަޅަމެންގެ މައްޗަށް ލަހައްވާ ށިއެވެ އާމީން

    30
    10
  15. ﷲއަށްބިރުވެތިވޭއަނިޔާވެރިންނާދުރއްދޭ

    އެމްޑީޕީއަކީމިގައުމުދެކެ ލޯބިވާބަޔަކުއުޅޭ ޕާޓީއެއްނޫން އެކަމަކު މިގައުމުފެލާގެން ކާންޖެހެނީ ދިރިއުޅެންޖެހެނީ މިގައުމާމެދު ކުލުނެއްއަގަލެއްނެތް ކީއްކުރާބައިގަޑެއް

    8
    2
  16. ފުއާދު

    މަނަދޫގ މަގުހެދުނ އޮތ ހުއްޓިފ. އާރުޓީއެލ ފެރ ގެނައުނ ވެސ އޮތ ހުއްޓިފ. ރައީސ އަދަދުނ ޖަވާބ ދީބަލަ

    5
    3
  17. އަލިބެ...

    ތިަޔައިން ކަމެއް ހިގާތަނެއް ރައްޔިތަކަށް ނުފެނޭ. ފެންނަނީ ކޮންމެ ރަށެއްގެވެސް ޕްރޮޖެކްޓްތައް ހުއްޓިފަ ވާތީ ރައްޔިތުން ހިތްހަމަނުޖެހިގެން އުޅޭތަން. ތިަޔަ އަދަދުތަކަކަކީ ބޮޑުއޮޅުވާލުމެއް. އެކަމަކު މިހާރު ތިފަދަ ދޮގުތައް ރައީސް ހެއްދެވުމުން ދިވެހި ރައްޔިތުން ހައިރާނެއް ނުވާނެ. ރައީސްގެ މޫނުފުޅު ރައްޔިތުންނަށަ ފެންނަނީވެސް ދޮގުވެރިއެއްގެ ގޮތުގައި.

    7
    3
  18. އީސަދަރި

    މިހައިތަނަށް މިގައުމުގެ ވެރިއަކަށް އައި އެންމެ ގޯސްކަން ކުޑަ މީހަކީ ޑރ. މުޢިއްޒު.
    ދެން ތިބި ވެރިން މުޢިއްޒު އަށްވުރެ އެތައް ގުނައެއް ނުބައި ނުލަފާ ކަން ފާހަގަ ކުރެވޭ!

    9
    6
  19. ނުރަބެ

    އެމްޑީޕީގެ ޗޯރު ޗޯރުކޮށް ޗޯރުންތަކެއްގެ އެހީގަ ބ އަތޮޅު ކެންދޫގަ ބޮޑު މިސްކިތެއްގެ ނަމުގަ 500 މީހުންގެ ޖާގައިގެ މިސްކިތެއް ފެއްޓި އެންމެފަހުން ރައީސް ޑޮކުޓަރ މުއިއްޒު ކެންދޫއަށް ވަޑައިގަތުމުން އާދޭސް ކުރީ ރަށްޔަތުން އެދެނީ ބޮޑުމިސްކިތެއްގެ ނަމުގަ މިހުރީ އެމްޑީޕީ މީހުންހިންގި އެމީހުންނަށް ފައިދާބޮޑު ބޮޑުޖަރީމާ އެންމެފަހުން ރައީސް ޑޮކުޓަރ މުއިއްޒުއަށް މިޖެހުނީ ކެންދޫގަ ބޮޑުމިސްކިތެއް އަޅައިދޭން ރައީސް މުއިއްޒު ވިދާޅުވީ ބޮޑު މިސްކިތް އަޅައިދޭނެކަމަށް ޝުކުރިއްޔާ ޑޮކުޓަރ މުއިއްޒު ތިޔައީ މިގައުމުގެ ލާމަސީލު ނަމޫނާ ރައީސްއެއް.

    8
    5
  20. އަހްމަދ

    ރަމަޞާން މަހުގެ ފަހު ދިހާގަ މިވަރަށް ދޮގުހަދަން ކެރުނީތީވެސް ހައިރާން ވެއްޖެ. ރަށްރަށުގަ ލޮލަށް ފެންނަން އެހެރީ ޕްރޮޖެކްޓްތައް ހުއްޓިފަ.

    8
    5
  21. ޢަލީ

    ވެރިކަމާ ހަވާލުވާންވެގެން ޕްރޮޖެކްޓްތައް މަޑުޖައްސާލަން އަންގާފައި އޮތީ. އިންތިގާލީ މަރުޚަލާގައި. ކުރީ ނޫސްތަކުގައި އެ އޮތީ އެވާހަކަ. ދެން ވެރިކަމާ ހަވާލުވާއިރު، ހުއްޓިފައި ތާ އޮންނާނީ. ރައްޔިތުންނަށް އޮޅުވާނުލެވޭނެ މިހާރު. މީހަކު ބުނާތީ ކީ ނޫން ހަމަ ލޮލަށް ފެނޭ ފެނަކައަށް ޕާޓީ މީހުން ނަގާތަން. އެވެސް އިޢުލާންކުރުމެއް ނެތި. ދެން ޤާބިލް ކިޔާނެކަމެއް ނެތް. ހަތެއްގެ ފެންވަރުވެސް ނެތް މީހުން މެނޭޖަރުންނަށް.

    6
    2
  22. އަލީ

    ތެދު ވެރީން އާއި އެކު އަބަދުވެސް ﷲގެ ވާނީ

  23. Anonymous

    ދެން ރަމަލުޖަހާ އަތްބަލަން ފަށަނީ ކޮންއިރަކުންތޯ؟

    1
    3
  24. ބޮލި މުލައް

    މަސައްކަތް ހިނގަމުންދާ ރަށްތަކުގެ ތަފްސީލް ދިނުމުން މިކަން ގަބޫލުކުރެވޭނީ
    މިއޮތީ ފަށާފަ އޮތް މަޝްރޫއެއް ވިއްޔާ ހިނގާ މަޝްރޫޢެއްކަމަށް ބުނެފަ