(އއ. ރަސްދޫ) އއ. ރަސްދޫގައި އިތުރު ކުއްޖަކަށް އަނިޔާ ކޮށްފައިވަނީ މީގެ ދޮޅުމަސް ކުރިންކަން "ވަގުތު" އަށް އެނގިފައިވާއިރު އެ ކުއްޖާއަށް އަނިޔާ ކުރިކަން އާއިލާއަށް ވެސް ޔަޤީންވީީ ވީޑިއޯ "ލީކްވުމުންކަން" ވަގުތަށް އެނގިއްޖެއެވެ.

މިހާރު އާންމުވެފައިވާ އެ ވީޑިއޯ އަކީ އެއީ ރަސްދޫގައި ހިނގާ ދިޔަ ހާދިސާއެއް ކަމަށާއި އެ ހާދިސާއަކީ އެ ރަށު ޔޫތު ސެންޓަރުގައި ހިނގި ހާދިސާއެއްކަން "ވަގުތު" ގެ ނޫސްވެރިންނަށް ވަނީ ކަށަވަރުވެފައެވެ.

"ވަގުތު" ގެ ނޫސްވެރިން ބެލި ބެލުމުން ޔޫތު ސެންޓަރު ތެރޭގައި ކުއްޖަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯ އަކީ، އެއީ މީގެ ދޮޅުމަސް ކުރިން ހިނގާދިޔަ ހާދިސާއެއްކަން ވަނީ އެނގިފައެވެ.

އާންމުވެފައިވާ އެ ވީޑިއޯއިން ފިރިހެން ކުއްޖާގެ ގައިގައި ޖަހާ، ފައިގަ ދަތި އަޅުވައި ބާރަށް ބިންމައްޗަށް ވައްޓާލާ މަންޒަރު ވެސް ފެނިގެންދެއެވެ.

އއ. ރަސްދޫ ފުލުހުންގެ އިދާރާ-- ވަގުތު އިމޭޖެސް: އަހުމަދު ޖައިޝަމް

އެ ކުއްޖާގެ އާއިލާއިން "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ މިކަންތައް ހިނގާފައިވަނީ މިއަހަރުގެ ރޯދަ މަހު ކުރިން ކަމަށެވެ. އަދި އެ ކުއްޖާއަކީ ހަވީރު ޔޫތް ސެންޓަރަށް ފުޓްބޯޅަ ކުޅެންދާ ކުއްޖެއް ކަމަށާއި އެ ކުއްޖާއަށް އަނިޔާ ދީފައިވަނީ ކުޅެން ގޮސް ހުއްޓައި ދަނޑުމަތިން ދަމާފައި ގެންގޮސް ކަމަށެވެ.

އެ ކުއްޖާ އެ ދުވަހު "އަވަހަށް" ކުޅެ ނިންމާފައި ގެއަށް އައުމުން ޓީޝާޓު ފުރަގަހުގައި ލޭ ހުރުމުން އެކުއްޖާގެ މަންމަ ސުވާލު ކުރި ކަމަށްވެއެވެ. ނަމަވެސް އެއީ ކަހާލައި ވެއްޓިގެން ލިބުނު އަނިޔާއެއް ކަމަށް އެކުއްޖާ މަންމަ ކައިރީގައި ބުނެފައިއެވެ.

ނަމަވެސް އެފަދަ އަނިޔާއަކީ ވެއްޓިގެން ލިބުނު އަނިޔާއެއް ނޫންކަަން އެ ކުއްޖާގެ މައިންބަފައިންނަށް ވެސް ޤަބޫލުކުރެވޭތީ އަލުން ވަނީ ސުވާލު ކޮށްފައެވެ. ދެވަނަ ފަހަރަށް ސުވާލުކުރުމުން ވެސް އެކުއްޖާ ބުނަމުން ދިޔައީ އެއީ ކަހާލައި ވެއްޓި ލިބުނު އަނިޔާއެއް ކަމަށެވެ.

ފަހުން އެ ހާދިސާ ހިނގި ރޭ، އެ ކުއްޖާގެ ތިމާގެ ކުއްޖެއްގެ ކައިރީގައި ކަން ހިނގާ ދިޔަ ގޮތުގެ ވާހަކަ ހިއްސާކުރިއެވެ. އަދި ޔޫތް ސެންޓަރު "ތަޅުލުމަށްފަހު ތެޅި" ކަމަށާއި ގާގަނޑެއް މައްޗަށް ވައްޓާލުމަށްފަހު ވެސް އަނިޔާ ކުރި ކަމަށް އެ ކުއްޖާ ކަައިރީގައި ބުނި ކަމަށް އެ ކުއްޖާގެ އާއިލާ ކުއްޖާ ބުންޏެވެ. އަދި އެއްވެސް މީހެއް ގާތުގައި އެވާހަކަތައް ނުބުނުމަށް ވެސް އެ ކުއްޖާ އެދުނެވެ.

އއ. ރަސްދޫ ޔޫތު ސެންޓަރު-- ވަގުތު އިމޭޖެސް: އަހުމަދު ޖައިޝަމް

އެ ތިމާގެ ކުއްޖާ، އެކުއްޖާގެ މަންމަ އަށާއި އަނިޔާ ލިބުނު ކުއްޖާގެ މަންމައަށް އެވާހަކަ ކިޔައިދިނެވެ. އަދި އޭރު އާއިލާ އިން އެ މައްސަލަ ހިނގާދިޔަ ގޮތް އޮޅުންފިލުވުމަށް ފުލުހަށް މައްސަލަ ހުށަހަޅާނެ ކަމަށް ބުނުމުން ވެސް "ސްކޫލަށް ނުދާނެ" ކަމަށާއި "މައިންބަފައިންނާއި ވާހަކަ ނުދައްކާނެ" ކަމަށް ވެސް އެކުއްޖާ ބުންޏެވެ. ކުއްޖާގެ މައިންބަފައިން ވަނީ ފަހުން ވެސް ސުވާލުކޮށްފައެވެ. މައިންބަފައިން އެހެމުން އެއީ މަޖަލަކަށް ގޭމެއް ކުޅުމުގެ ތެރޭގައި ތަޅާފޮޅުމުގެ ތެެރޭގައި ލިބުނު އަނިޔާއެއް ކަމަށް އެ ކުއްޖާ ބުންޏެވެ.

އެކަން އެގޮތަށް ވެފައިވަނިކޮށް، އެ ވީޑިއޯ ވަނީ ލީކުވެފައެވެ. ވީޑިއޯ ލީކްވުމުން އެކުއްޖާގެ މައިންބަފައިން "އަނެއްކާވެސް ސުވާލު" ކުރިއެވެ. ސުވާލުކުރުމުން މިފަހަރު އެކުދިން ޔޫތް ސެންޓަރަށް ވައްދާފައި ތެޅި ކަމަށް ބުންޏެވެ.

އެ ކުއްޖާއަށް ވެސް މި ކުޑަކުދިން ވަނީ މަރުގެ އިންޒާރު ދީފައެވެ. އަދި އެއްވެސް މީހެއްގެ ގާތުގައި ތެޅި ވާހަކަ ނުބުނުމަށް ބުނެ އިންޒާރު ދީފައިވެއެވެ.

އއ. ރަސްދޫ

ކުއްޖާގެ އާއިލާއިން މިރޭ ވަނީ އެ ވީޑިއޯ ލީކްވުމާއި ގުޅިގެން މިހާރު މައްސަލަ ފުލުހަށް ހުށަހަޅާފައެވެ. އާއިލާ އިން ބުނީ "ލީކްވި" ވީޑިއޯ އިން ފެންނަނީ ކުޑަ މަންޒަރެއް ކަމަށާއި އެ ކުއްޖާއަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށެވެ.

މީގެ ދެއަހަރު ކުރިން ވެސް ދަރިފުޅު ޔޫތް ސެންޓަރަށް ކުޅެން ފޮނުވި ކަމަށާއި އޭރު ވެސް މިފަދަ ހާދިސާއެއް ހިނގި ކަމަށް އާއިލާ އިން ބުންޏެވެ. އަދި އޭރު އެ ކުއްޖާގެ ބޫޓު ނުދީ އެ ކުދިންތައް އެއްކުއްޖަކު އަނެއް ކުއްޖަކަށް ބޫޓު އުކި ކަމަށާއި އެއް ބޫޓު ކިބަ ގަބުރުސްތާނަށްް އެއްލި ކަމަށާއި އަނެއް ބޫޓް ކިބަ ކައުންސިލްގެ ކުނި ޕިކަޕަކަށް އެއްލާލި ކަމަށް ވެސް ބުންޏެވެ. އަދި އެ ދުވަހު ވެސް އެކުއްޖާ ގެއަށް އައީ "ރޮމުން" ކަމަށް އާއިލާ އިން ބުންޏެވެ.

އެ ކުއްޖާގެ އާއިލާ އިން ބުނީ މި ކުދިންގެ ފަރާތުން އެހެން ކުދިންނަށް އުނދަގޫވާ ކަހަލަ ކަންތައްތައް ވަރަށް ގިނައިން ދިމާވާ ކަމަށެވެ.

ރަސްދޫ މިސްކިތެއްގެ ތެރޭގައި ވެސް ކުޑަކުއްޖަކަށް ހަމަ އެ ފިރިހެން ކުއްޖާއާއި އެހެން މީހަކު ވެގެން އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން އެކުއްޖާއާއި ހަޑިހުތުރު ބަހުން ވާހަކަ ދައްކައި، ބުލީކޮށް، އެކުއްޖާ ގައިގައި އަތުންނާއި ފައިން ވަރަށް ގަދަޔަށް ތަޅާ އަނިޔާ ކުރާ މަންޒަރު ފެނިގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޖނކޖދ

    ހުވާ ހަމަ މިއެއްޗެހިން ގައިގަ ތަޅައިގަންނަންވީ. ކޮން ކުޑަ ކުދިންނެކޭ ކިޔާކަށްތަ ކުޑަކުދިންހެން މައުސޫމް ކޮށް އުޅެން ނޭނގޭ ޖަނަވާރުންނަށް. ހަމަ ހައްޔަރު ކުރަން. އުމުރަށް ޖަލަށް ލާންވީ. އޭރުން އެއްޗެއް ވިސްނިދާނެ

    79
  2. ޝާ

    ބޮޑެތި ކުއްކުރާ ކުރިމިނަލުން އުފެދިގެންދަނީ މިގޮތަށް އެމީހުންގެ ޅަ އުމުރުގައި ކުރާކަންކަމަށް ފިޔަވަޅުނޭޅިގޮސް ތިއްބާއެވެ. ވީމާ ތިކަންކުރި ހުރިހާ ކުދިންނަށް އެކަށީގެންވާ އަދަބުދޭންޖެހޭނެއެވެ. އަދި ރިހެބިލިޓޭޝަނަށް އެކަނި ގެންދިޔުމަކުން ނުފުދޭ.

    78
    • ކޯޓު

      ނުވާނެ ތިކަމެތް ފުރަތަމަ ގާނޫނު އިސްލާހުކުރޭ 18 ނުވާކުދިން ވީމަ އެއީ މައުސޫމްކުދިން

      17
      2
  3. އއ

    ކުޑަކުއްޖެއްގެ ޢުމުރު ފަހަނައަޅައި ޒުވާނެއްގެ ކެޓެގަރީއަށް ދާއިރު ހުންނަނީ، ކުރި ނުލަފާ ކުށުގެ އަދަބު ނުލިބޭގޮތަށް، ކޮންމެވެސް ގޭންގަކަށް ވަދެ މަޖިލީސް މެމްބަރެއް ނުވަތަ ސަރުކާރުން ޙިމާޔަތް ލިބޭކަހަލަ ސިޔާސީ ޕާރޓީއަކަށް ވަދެފައި. ކުށްކުރާމީހުން އެކިއެކި އޮޕަރޭޝަން ތަކުގައި އަތުލައިގަންނަ ވާހަކައާއި ބަންދުގެ މުއްދަތު ޖަހާވާހަކައަކީ އާވާހަކައެއްނޫން. އާވެގެން މި އުޅެނީ ކުށްކުރާ މީހުންގެ ޢަދަދު ގިނަވަމުންދިއުމާއި ޢުމުރުން ވީދުވަހަށްވުރެ ހައްޔަރުކުރެވުނު ޢަދަދު ގިނަވުމާއި ސިޔާސީމީހުންނާއިހެދި( ނަމަވެސް ) ކުށުގެވެށިން މުޖުތަމަޢު ސަލާމަތް ނުވެގެން މިއުޅެންޖެހޭގޮތެއް. ތަންފީޒީ އިދާރާތަކެއް މަދެއްނޫން. މުސާރައާއި އެލަވަންސްތަކެއްވެސް ކުޑައެއްނޫން. ރިޓަޔަރވީމައި ލިބޭ ފައިސާއެއްވެސް މަދެއްނޫން. ސިޔާސީ ނުފޫޒު ވަދެ ގަޑުބަޑުވެފައިއޮތަސް (ބުނާބުނުމަށް) މުސްތަޤިއްލުކަމެއްވެސް ކުޑައެއްނޫން. ކަމެއް ރަނގަޅުވާތަނެއް ނުފެނޭ. ޒިންއަދާނުކުރެވި ބޮއްސުންލައިގެންގޮސް ކިތަންމެ ބޮޑު ގެއްލުމެއްވިއަސް ކުށްވެރިއެއްވެސްނުވޭ.

    22
    2
  4. 09877

    ރަސްދޫ ރައްޔަތުން ހާދަ ފިނޑިއޭދޯ..
    އެހެން ރަށެއްގަ ނަމަ ގޭދޮށަށް އެއްވެގެންވެސް މައިން ބަފައިން ޖަވާބުދާރީ ކުރުވާނެ،

    25
  5. މަންޑޭ

    ގާނޫނު އިސްލާހި ކޮއްފަ ހައްގު އަދަބު ދީގެން ނޫނީ މިކަމެއް ނުހުއްޓުވޭނެ.

    16
  6. ހުސައިން803

    މިހާރުވެސް ތިއަނީޔާ ލިބުނު ކުދިންނަށްވުރެ ތިކަންހިންގި ކުއްޖޭއަށް ލިބެންޖެހޭ ހައްޤުތައް ހޯދައިދީ އޭނާ ހިމާޔާތްކުރުމުގައި ހުރިހާ މުއައްސަސާތަކުން ތެދުވާނެއެވެ. އަނިޔާ ލިބުނު ކުއްޖާ ބިރުވެރިކަމެއްގެ ތެރޭގައި ލިބުނު އަނިޔާގައި އޮންނާނެއެވެ. ތަކުރާރުކޮށް ކުއްކުރާ މީހެއްކަމުގައި މުއައްސަސާތަކުން ބުނަނީ އެއީ އެމީހާގެ ސަރަފުގެ ބައެއްގެ ގޮތުގައި ވީމަބާވައޭ ހިތައްއަރައެވެ.

    12
  7. ވާނުވާ

    ގޭންގު ތައް ނުހުއްޓުވާ ތިޔަ އެއްވެސް ކަމެއް ކުރާނެކަމެއް ނެތް...ގޭންގައް ވަންނަން އެކުދިން އެ ރެކްރޫޓް ކުރަނީ...ދެން މާލެ ގެނެސް އެތިބެނީ އެޕާޓް ހިފާފަ ކާންދީފަ ބަހައްޓާފަ ޖަރީމާ ތައް ހިންގަން!!!!މަރުގެ އަދަބު ހަމަ ތަންފީޒު ކުރަންވީ

    11
  8. Anonymous

    ތިޔަބޮޑުކުރެވެނީ ވާ ދަރިއެއް. ގިނަގިނައިން މައިންބަފައިންނަށް ނަސޭހަތްދީ ނުވިނަމަ އެމީހުން ލަދުގެންނެވުމުން ނޫނީ ހައްލެއް ނެތް.

    11
    0
  9. ޥާލުސޮރު

    ޢެންމެފުރަތަމަ ކައުންސިލަރަށް އަދަބުދޭންވީ ދަރިން ނުބެލޭހާލުގަ މިސްރާބު ހަމަމަގަށް އަޅުވާށޭ ކިޔާ އަންހެނުންގެ ޚާއްސަ ގޮޑިއަށް ވެޑުވި އެކަންވެސް ނުވެ ލިބު ދަރި ހެޔޮގުތުގާ ތަރުބިއްޔަތު ނުކުރިކަމުގެ ޒިންމާ ސީދާ ގޮތުން ނަގަންޖެހޭ ފަރާތަކީ އޭނާ އޭނާ އެތަނުން ބޭރުކުރޭ ނޫނީ ދެންފެންނާނީ މީހަކު މަރާފަ އޮއްވާ

    11