ބުލީ ކުރުން ނުވަތަ ގަނާ ކުރުމަކީ ރާއްޖޭގައި އެތައް ޖީލެއް މާޒީވެގެން ދިޔައިރުވެސް ހައްލު ނުހޯދި އޮތް ބޮޑު މައްސަލައެކެވެ. ގަނާ ކުރުން ހުއްޓުވުމާ ދެކޮޅަށް އެންމެ ބާރަށް ވަކާލާތު ކުރަމުންދަނީ، އެންމެ ގަދައަށް ބުލީ ކުރާ ދަރިވަރުންނާއި ބެލެނެވެރިންކަން މިއަދު މިދަނީ ހާމަވަމުންނެވެ. ވަކިން ހާއްސަކޮށް ގަނާއާ ދެކޮޅަށް އެންމެ ގަދަޔަށް އަޑުއުފުލަމުން ދިޔަ ސިޔާސީ ލީޑަރުންނާއި އެކްޓިވިސްޓުން ތިބީ މި ސަފުގެ އެންމެ ކުރީގައެވެ.

ކުޑަކުދިންނަކީ މާދަމާ ޤައުމުގެ މުސްތަޤުބަލަށްވެފައި އެކުދިން މިފަދަ މާހައުލުތަކަށް ނެރެނީވެސް ގޭތެރެއިންކަން ފާހަގަކުރެއެވެ. ސްކޫލް ދައުރުގައި ކިޔެވުމަށް ދަށްވެއްޖެ ނަމަ އެ ކުއްޖަކަށް ހިތްވަރު ދިނުމުގެ ބަދަލުގައި އެކުއްޖަކަށް ނަފްސާނީ އަނިޔާ ގޭތެރެއިން ލިބިގެންދާތަން ފެނެއެވެ. ހަމަ އެގޮތަށް ކަމެއް ހަވާލު ކުރުމަށްފަހު އެކަން ފުރިހަމައަށް ނުކުރެވިއްޖެ ނަމަ އިތުރު ފުރުސަތެއް ދިނުމުގެ ބަދަލުގައި ނުވަތަ ހިތްވަރު ދިނުމުގެ ބަދަލުގައި މީހާގެ ހިތް މަރާލާ ގޮތަށް ވާހަކަ ދައްކައި ގަނާގެ ޝިކާރައަކަށް ހަދައެވެ.

އެރެބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) 2024 ގެ 31 ވަނަ އެޑިޝަންގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ތަގުރީރު ކުރައްވަނީ ފޮޓޯ: މިނިސްޓްރީ

މިހާރަކަށް އައިސް އިދިކޮޅު ފަރާތްތަކުގެ މަސައްކަތަކަށް ވެފައި މިއޮތީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްއަށް މަލާމާތްކޮށް ފުރައްސާރަ ކުރުމެވެ. އަޅާ ކޮންމެ ފިޔަވަޅަކަށް ދޭ ކޮންމެ އިންޓަވިއުއަކަށް ނުވަތަ ބައިވެރިވާ ކޮންމެ ޖަލްސާއަކަށް ފާޑުކިޔައި ގަނާގެ ޝިކާރައަކަށް އޭނާ ހަދައެވެ. މިކަން ކުރަމުންދަނީ، ސޯޝަލް މީޑިއާގައި ގަނާގެ ޝިކާރައަކަށް ކުޑަކުއްޖަކު ވުމުން އެކަން ކުށްވެރިކޮށް ކުއްޖާގެ ދިފާއުގައި ބޮޑެތި ބަޔާންތައް ލިޔުނު ސިޔާސީ މީހުންނެވެ. މުޖުތަމައުން އެ ނުބައި އާދަ ފޮހެލަން ޖެހޭ ކަމަށް ބުނެ އަޑުއުފުލި މީހުންނެވެ.

ފައިސަލްއަށް ފުރައްސާރަ ކުރަމުންދަނީ އޭނާއަށް އިނގިރޭސި ބަހުން ފަރިތަކަމާއެކު ވާހަކަ ދައްކަވަން ނޭނގޭތީއެވެ. އޭނާ ބޭރުގެ އެކި އިވެންޓުތަކުގައި ވާހަކަ ދައްކަވާ ގޮތަށް މީސްމީޑިއާގައި އިދިކޮޅު ފަރާތްތަކުން ޖޯކު ޖަހައެވެ. އަދި އޭނާ އިނގިރޭސިން ވާހަކަ ދައްކަވާ ވީޑިއޯކޮޅުތައް އެކި ގޮތްގޮތަށް އަތުރައިގެން ޖޯކެއްގެ ގޮތުގައި ފަތުރައެވެ.

ހުރިހާ ވެސް މައްސަލައަކީ އޭނާއަށް ފަރިތަކަމާއެކު އިނގިރޭސިން ވާހަކަ ދައްކަން ނޭނގުމެވެ. ރައީސް މުއިއްޒުގެ ހާއްސަ މުޝީރު އަދި ފޮނަދޫ ދާއިރާގެ އިންތިޚާބީ މެމްބަރު އަބްދުއްރަހީމްގެ ދަރިކަލުން ކަމަށްވާ ފައިސަލް އަންނަނީ ބޭރުގެ ގައުމުތަކަށް ވަޑައިގެން އިނގިރޭސި ބަހުން ވާހަކަ ދައްކަން ނޭނގި، ރާއްޖެ ލަދެއްގައި ބައްދަމުން ކަމަށް އެ ފަރާތްތަކުން ތުހުމަތު ކުރެއެވެ. ފައިސަލްގެ ދިފާއުގައި ވާހަކަ ދައްކާ މީހުން ފާހަގަކުރަމުންދަނީ އިނގިރޭސިން ފަރިތަކަމާއެކު ވާހަކަ ދައްކަން ނޭނގުމުގެ މާނައަކީ މަގާމު އަދާކުރެއްވުމުގެ ގާބިލުކަން ނެތުން ނޫން ކަމެވެ. އަދި އިނގިރޭސި ބަހުން ވާހަކަ ދެއްކުމަކީ ހިންގުމުގެ ފެންވަރު ވަޒަން ކުރެވޭނެ މަގެއް ނޫން ކަމެވެ.

ސަރުކާރާއި ދެކޮޅު ސިޔާސީ ލީޑަރުންގެ ގޮތުގައި ތިއްބަސް މިއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ. ގަނާގެ ޝިކާރައަށްވެ ކިތަންމެ ބައެއްގެ ދިރިއުޅުން ބަރުބާދުވެ ފުރާނައަށް ނުރައްކާވާ ހިސާބަށް ދިޔުމަކީވެސް މީގެކުރިން ރާއްޖޭގައި ހިނގާފައި ހުރި ކަންތައްތަކެވެ.

ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލަކީ ސޯޝަލް މީޑިއާގައި ފާޑުކިޔުމާއި ގަނާ އެންމެ ބޮޑަށް އަމާޒުވަމުންދާ މިނިސްޓަރެވެ. ނަމަވެސް ފައިސަލް އަކީ ހިތްވަރުގަދަ އަޒުމް ވަރުގަދަ ވަޒީރެކެވެ. އިދިކޮޅު ފަރާތްތަކުގެ ބަދުބަސްތަކަށް އެމަނިކުފާނުގެ އަޒުމެއް ނުގުޑާކަން ދެއްވަމުންދާ ރައްދުތަކުން އެނގެއެވެ.

ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް - ފޮޓޯ: ފައިސަލް ފޭސްބުކް

މިކަންތައް ފެށިގެން އައީ މިމަހު ކުރީކޮޅު ރާއްޖެއަށް އެންމެ މަގުބޫލު މަންޒިލްގެ ޝަރަފާއެކު، ސަރަހައްދީ ގިނަ އެވޯޑްތަކެއް ލިބުމާއި ގުޅިގެން ވަޒީރު ބޭރުގެ މީޑިއަތަކަށް ދިން އިންޓަވިއުއަކާއި ގުޅިގެންނެވެ. އެގޮތުން ވަޒީރުގެ އިންޓަވިއުއާ ގުޅިގެން ރައީސް ޑރ. މުއިއްޒުގެ ހިތަށް "ސަހަރޯ"އޭ އަރައިވަޑައިގަންނަވާނެ ކަމަށާއި ސަރުކާރުގެ އިސް ފަނޑީގައި ތިއްބަވާ ބޭފުޅުން ފައިސަލްއަށް މަލާމާތް ރައްދުކުރާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ވަޒީރަށް ގަނާކުރަމުންނެވެ. މި މަސައްކަތުގެ އެންމެ އިސް ސަފުގައި ބައެއް މީޑިއާތައްވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

އެއްވެސް ކެބިނެޓެއްގެ ވަޒީރެއްގެ ގޮތުގައި އަދުގެ ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ހުންނެވުމަކީ ބަދުނާމެއް ކަމަށާއި ފައިސަލްގެ "ޖާހިލު" ކަމުން ހައިރާންވެފައި ހުންނެވި ކަމަށް ޕީއެންއެފްގެ ސެނެޓް މެމްބަރު ޑރ. މުހައްމަދު ޖަމީލް އަހުމަދުވެސް ވަނީ މިމަހު 13 ވަނަ ދުވަހު ވިދާޅުވެފައެވެ. އަދި ފައިސަލްގެ އަމަލުތައް ހުރީ މުޅި ކެބިނެޓަށްވެސް ހުތުރުވާ ގޮތަށް ކަމަށާ އެގޮތުން ނުދަތުމުގެ ދިފާއުގައި ފޮނި ކެނޑުމަކީ ލަދުވެތިކަމެއްގެ ގޮތުގައި ޑރ. ޖަމީލު ވަނީ ސިފަކުރައްވާފައެވެ.

ދުބާއީގައި ކުރިއަށްދިޔަ އަރަބިއަން ޓްރެވަލް މާކެޓު (އޭޓީއެމް) ފެއާގެ ތެރެއިން އިންޑިއާގެ ނޫހަކަށް އިނގިރޭސި ބަހުން މިނިސްޓަރު ފައިސަލް ދެއްވި އިންޓަވިއުއެއް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އެ އިންޓަވިއުއާ ގުޅިގެން ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް، އަދި ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ، ރާއްޖޭގެ ޓުރިޒަމް މިނިސްޓަރަށް ދުނިޔޭގެ އެންމެން ހަޖޫ ޖަހަމުންދާ ކަމަށާއި ފައިސަލްގެ ސަބަބުން ރައީސް މުއިއްޒު "ފަޚުރުވެރިވާނެ" ކަމަށެވެ.

މަލީހުއަށް ރައްދު ދެއްވަމުން ފައިސަލް ވަނީ ހުރިހާ ސަރުކާރެއްގައި މިނިސްޓަރުކަމުގައި ހުންނަވައިގެން މަލީހުއަށް ވަކި މޮޅު ކަމެއް ކުރެވުނުތޯ ސުވާލުކުރައްވައިފައެވެ. އަދި އޭނާއަކީ އެންމެ މޮޅު މީހާކަމަށް ނުބުނާ ކަމަށާއި މޮޅެތި މީހުންނަކީ އަނެކާއަށް އިޙުތިރާމް ކުރަން ދަންނަ މީހުން ކަމަށްވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ. އަދި މަލީހުއާއި ޖަމީލުއަށް ވެސް އޮތީ މިއަދުގެ ސިޔާސީ ހަގީގަތް ގަބޫލުކުރުން ކަމަށާއި އޭނާ ފަހަތަށް ނުޖެއްސޭނެ ކަމަށް ވިދާޅުވެ ފައިސަލް ވަނީ އޭނާގެ ވަރުގަދަ އަޒުމު ހާމަކޮށްފައެވެ.

ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް - ފޮޓޯ: ފައިސަލް ފޭސްބުކް

މީގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް އުފައްދާފައިވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ ޗެއާޕާސަންގެ މަޤާމުގައި ހުންނެވި ނޫރުއައިން މުހައްމަދު އަލީ ޖަނާހު އެ ކުންފުނިން ރާއްޖެ ޕްރޮމޯޓުކުރުމަށް ބޭރުގައި ބާއްވާ ހަރަކާތްތަކަށް ނުގެންދިއުމަށާއި މީޑިއާގެ ކުރިމައްޗަށް ނުކުމެވަޑައިގެން އިންޓަވިއުތައް ދެއްވުމުގެ ފުރުސަތު އޭނާއަށް ނުދިނުމަށް ފައިސަލް އަންގާފައިވާ ކަމަށް ބުނެވެސް ދަނީ ފާޑުކިޔަމުންނެވެ. ފައިސަލު މިފަދައިން އެންގެވި ސަބަބެއް ކަމަށް އިދިކޮޅުން ބުނަމުންދަނީ ނޫރުއައިން ދުބާއީގައި އޮތް ފެއާއެއްގައި މީޑިއާއަށް ދެއްވި ބަސްދީގަތުމުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލްވެ އޭނާގެ ގާބިލުކަމާއި ހުނަރުވެރިކަން ފައިސަލުގެ ނުކުޅެދުންތެރިކަމާއި ނާގާބިލުކަމާ އަޅާކިޔައި ގިނަ ބަޔަކު ފާޑުކިޔުމުން ކަމަށެވެ. އެ ފާޑުކިޔުންތައް ފައިސަލްއަށް ހަޖަމުނުވާތީ އެގޮތަށް ނިންމީ ކަމަށާއި ނޫރައިން އާ އަޅާ ބަލާއިރު ފައިސަލްއަކީ އެއްވެސް ފެންވަރެއް ނެތް ބޭފުޅެއް ކަމަށް ބުނެ އޭނާގެ އިސްތިއުފާއަށްވެސް އިދިކޮޅުން ގޮވާލައެވެ.

ނޫރައިން ޖަނާހް.

އެ ހަބަރާއި ގުޅިގެން ވަޒީރު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، އޭނާއާ ޒާތީވެ ގަނާކޮށްގެން ފަހަތަށް ނުޖެއްސުމުން ބޮޑެތި ދޮގު ވާހަކަތައް ފަތުރައިގެން އޭނާ ފަހަތަކަށް ނުޖެއްސޭނެ ކަމަށެވެ. އަދި އެ ވުޒާރާއާއި އެމްއެމްޕީއާރުސީގެ ލީޑަރޝިޕްގައި ތިބި ފަރާތްތަކާއިމެދު އޮތީ ވަރަށް އެކުވެރި ބަދަހި ގުޅުމެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެން އެންމެން އަތުގުޅާލައިގެން މިތިބީ ރައީސް މުއިއްޒުގެ ތަސައްވަރުގައިވާ އިންގިލާބީ ހެޔޮ ބަދަލުތައް މި ސިނާއަތަށް ގެނެސްދިނުމަށް،". އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް މިފަދަ ފާޑުކިޔުންތަކަށް ފައިސަލް ދެނީ ފިނި ރައްދެކެވެ. ފައިސަލް ވަނީ ކުރިއަށް އޮތް އައިޓީބީ ޗައިނާ ފެއާގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައިވެސް ނޫރައިން ބައިވެރިވާނެ ކަންވެސް ކަށަވަރުކޮށްދެއްވާފައެވެ.

"އިންތިޒާމްކޮށް ރޭވިގެން މި ސިނާއަތުގައި އިސްކޮށް ހަރަކާތްތެރިވާ ކަނބަލުންނަށް ޓާގެޓްކޮށްގެން މިފަދަ ދޮގު ވާހަކަތައް ފަތުރައިގެން އެކަނބަލުންގެ އަޒުމް ބަލިކަށި ނުކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑަށް އެބައޮތް،". ވަޒީރު ވިދާޅުވިއެވެ.

މިމަހު 15 ވަނަ ދުވަހުގެ ރޭ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ފައިސަލް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އޭނާއަށް ގަނާކުރި ނަމަވެސް އެއީ ބިނާކުރުވަނިވި ފާޑިޔުންތަކެއް ކަމުގައިވާނަމަ އެކަން ބަލައިގަންނާނެ ކަމަށެވެ. އެހެންނަމަވެސް، ސިޔާސީ މައިދާނުގައި "ރެލަވެނެޓް" ނޫން މީހުން ރައީސް ޑރ. މުއިއްޒާއި ސަރުކާރަށް ފާޑު ކިޔުމަކީ އެންމެ އެކަށީގެންވާ ކަމެއް ނޫން ކަމަށް ވަނީ ވިދާޅުވެފައެވެ.

"މިއަދު ރާއްޖޭގެ ސިޔާސީ މައިދާނުގައި މާބޮޑަށް ރެލެވެންޓް ނުވާ ބޭފުޅުން، ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރަށް ފާޑުކިޔުމަކީ އެންމެ އެކަށީގެންވާ ކަމެއް ނޫން،" ފައިސަލް ވިދާޅުވި އެވެ.

މީސްމީޑިއާގައި އަދި އެނޫންވެސް ގޮތްގޮތަށް އޭނާއަށް ގަނާކުރަމުންދާކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ، ގަނާކުރުމާއި އޭނާވެސް ދެކޮޅު ކަމަށާއި ރަނގަޅު ކުރަންޖެހޭ ކަންކަން ހުންނާނެކަން ގަބޫލުފުޅުކުރައްވާ ކަމަށެވެ. އެކަންކަން ރަނގަޅު ކުރައްވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި އެއްވެސް މީހަކާ ޒާތީ ނުވާނެ ކަމަށާއި ބިނާކުރަނިވި ފާޑުކިޔުމެއް އަތުވެއްޖެ ނަމަ އޭގެ އަޑުއަހައިގެން ކަންކަން ރަނގަޅު ކުރައްވާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވިއެވެ.

އެ ފާޑުކިޔުންތައް ބަލައިގެންފައިވާކަން ވެސް ފައިސަލް މިހާރު ވަނީ ދައްކަވައިފައެވެ. އެގޮތުން އޭނާ ވަނީ އިނގިރޭސި ބަހުން ވާހަކަ ދެއްކުމުގެ ފެންވަރު ރަނގަޅުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ފައިސަލް ވިދާޅުވެފައި ވަނީ ކޯޗެއް ނަގައިގެން ހަ މަސް ދުވަސް ތެރޭ އޭނާގެ އިނގިރޭސި ބަހުގެ ފެންވަރު ރަނގަޅުކުރައްވާނެ ކަމަށެވެ.

ފައިސަލް ވިދާޅުވީ، އެފަދަ ކަންކަން ކުރާ ފަރާތްތަކުން ވެސް ރާއްޖޭގެ މިވަގުތު ސިޔާސީ މަސްރަހުގައި ކަންކަން ހުރިގޮތަށް އިހުތިރާމް ކުރަންޖެހޭ ކަމަށާއި ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަކީ ޑިމޮކްރެސީގައި އޮންނަ ގޮތް ކަމަށެވެ. އަދި އެފަދަ ބޭފުޅުން ރާއްޖޭގެ ޑިމޮކްރެސީއަށް ކަމެއް ކޮށްދޭން ބޭނުންވާ ނަމަ އިދިކޮޅުގައި ތިބެގެން ސަރުކާރު ޒިންމާދާރު ކުރުމުގެ މަސައްކަތްކޮށްދިނުމަށް ފައިސަލް ވަނީ އިލްތިމާސްކުރައްވާފައެވެ.

ފައިސަލް ދައްކަމުންދާ ނަމޫނާ ބަލައިގަނެ ގަނާއާ ދެކޮޅަށް އަޑުއުފުލަން އެބަޖެހެއެވެ. މަޤާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ކަމަށް ޤަބޫލުކުރުވޭނަމަ އެގޮތަށް ގަނާކުރުމުގެ ބަދަލުގައި އެކަންތައް ރަނގަޅުކުރުމަށް އިދިކޮޅުންވެސް ޒިންމާދާރުކަމާއެކީ ޑިމޮކްރެސީގެ ރީތި ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން ދަސްކުރަން ވީއެވެ. ސަބަބަކީ އަންނަން އޮތް ޒުވާން ޖީލަށް މިއަދު ފެނިގެން މިދާ މަންޒަރުން މާދަމާ ޤައުމުގެ މުސްތަޤުބަލަށް ނޭދެވޭ އަސަރުކުރާނެތީއެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

  1. އަހްމަދު

    ޓޫރިޒަމް އިންޑަސްޓްރީގެ އެވެސް ތަޖްރިބާއެއް ނެތްމީހަކު މަޤާމަށް އައްޔަން ކުރެވިގެން ދިއުމަކީ ޓޫރިޒަމް ދާއިރާއަށް ލިބޭ ނިކަމެތިކަމެއް! މިކަމަށް ވަރަށް ޤާބިލް މީހުން މިޤައުމުގައި ތިބޭނެ!!!

    80
    30
    • ބީނޫ

      ގައުމުގެ ރައީސްކަން މިދިޔަ 5 އަހަރު ކޮށްފަ ފައިބައިގެން އެދިޔަ މީހާ ވެރިކަން ކުރީ އޭނާ އަށްވުރެ ގާބިލު މީހުން ނެތިގެންތަ؟

      91
      29
      • އަޖައިބެއް

        އެއީ ރައްޔިތުން ވޯޓުން ހޮވާ މަޤާމެއް.. ވަޒީރުކަމަކީ ހޮވާލެވޭ ބައެއްގެ ތެރެެއިން އައްޔަނުކުރާ މަޤާމެއް.. ހޮވަންވާނީ އެންްމެ ޤާބިލި ނޫނަސް ޤާބިލު މީހަކު.. ސިޔާސީ މީހުންނަަށް އަބަދުވެސް ފާޑު ކިޔާ ޕުރެޝަރރު އަންނާނެ، ރާއްޖޭގަ ވެސް ދުނިޔޭގަ ވެެސް އެކަަން ހިނގާ ގޮތް މިދެންނެވީ.. އެއީ ބުލީ އޭ ބުނެ ރެކެން އުޅޭނީ ފިިނޑިން.. ވަކި މީހެއް ވީމަ ބުލީއަށް ވުނން އެއީ އަޖަައިބެއް

        31
        14
        • ބީނޫ

          ކަލޯ ކިތަންމެ ވަރަކަށް ކިޔަވައިގެން ހުއްޓަސް އަދި ގާބިލަސް ސިޔާސީ މަސައްކަތަށް ނެރޭނީ ރައީސަށް އިތުބާރު ކުރެވޭ މީހުން. ބޮނޑިބަތް ޖަމީލު ޑިގުރީ ހަދައިގެންހުރެ ނައިބުކަމަށް ލީމާ ކުރީ ބަގާވާތް. އެއީ މޮޅަށް އިނގިރޭސި ކިޔަން އިނގޭ މީހާ. ހުރިހާވެސް މައްސަލައަކީ މަލީހާ ޖަމީލަށް ވަޒީރުކަން ނުދިނުން.

          18
          6
    • ވިލް

      ތަޖުރިބާ ނެތްކަން ކަނޑަ އަޅާނީ ކަލޭއެއް ނޫން. މަގާމަށް އައްޔަނުކުރި ވެރިމީހާއަށް އެކަން އިނގޭނީ.

      69
      31
      • ޤާބިލް

        ތަޖްރިބާ ހުރިކަން ކަނޑައެޅީ ކަލޭދޯ!

        14
        5
        • ގާބުޅަ

          އެޔޮތީ ވެރިމީހާއޭ ބުނެފަ.

          7
          2
  2. ޓ

    ޑރ. މައުސޫމު ލައިގެން ދެ ފަހަރު ވެސް ވީ ބޭކާރު
    މިނިސްޓަރުންނަކީ ސިޔާސީ މީހުން ...ރައީސް އަންގަވާ ގޮތަށް ހިންގެވުން...މިރާއްޖޭގެ ވުޒާރާ ހިންގި މީހުންނަށް ބަލައިލަ ބަލަ

    59
    11
  3. އަލީ

    ފަހަތައްޖެހޭވަރައްވުރެ މަގާމުގެ ދަހިވެތިކަންމާބޮޑު.

    49
    37
  4. ނަނަނަ

    ޝަރުތު ހަމައެއް ނުވޭ..

    52
    36
  5. އިސްޢާފް ސަލީމް

    ދިއްކުރާ އިގިއްޔަށް ނުބައްލަވާ ކެރިގެން ކުރިޔަށް ވަޑައިގަންނަވާ! އަދީބު އެތާހުރެގެންކުރީ ވައްކަން ، ޢަލީ ވަޙިދުކުރީ ޖިންސީގޯނާ ، މަޢުޞޫމު ކެނޑީ ޕައުންޑު ފޮނި ، މިވާހަކަތައް ހެސްކިޔާފަ ދެއްކިމީހުން މިހާރު އެވާހަކަ ހުއްޓާލާފަ ، އަދުރޭއަށް ކުރާ ނަފްރަތު އޭނަގެ ދަރިޔަށް މިކުރަނީ! އަދުރޭއަކީ ޔާމީންގެ ދިފާޢުގައި އެންމެ ވަރުގަދަކޮށް ޖެއްސިމީހާ! މިއަދު ޔާމީން މިނިވަންވެ ، ޔާމީންގެ ފައުޖުން (13 އިން) އަދުރޭގެ މަސް ރޮލާކަނީ!!! ދުނިޔެއަކީ ހާދަހާ އެހެންކަހަލަ ތަނެކޭ ދޯ؟

    39
    12
  6. ގަނާނުކުރޭ

    ގާބިލު ކަމާ ނޫންކަން ކަނޑައަޅާނީ ނަތީޖާއިން. ނަތީޖާ ފެންނަނީ ރަނގަޅަށް. ދެން ކޮންކަމެއް ބޭނުން ވަނީ. #ގަނާކުރުމާއަހަރެންދެކޮޅު

    34
    11
  7. ބިން މުހައްމަދު

    ގާބިލް ނޫންވާހަކަ ދެއްކުމަކީ ގަނާކުރުމެއްނޫން. ރައްޔިތުންގެ ޓެކުސް ފައިސާ އެންމެ ރަނގަޅުގޮތުގަ ބޭނުންކުރޭތޯ ބެލުމަކީ ކޮންމެދިވެއްސެއްވެސް ކުރަންޖެހޭކަޖެއް. އަޑުވެސް އުފުލަންޖެހޭބެ. ހިތާމަޔަކީ ވަރަށް ގިނަބައެއްގެ ބުރަމަސައްކަތުން ގެނައި ސަރުކާރެއް ޖާހިލު ދެބަފައެއް ހިސޯރު ކޮށްގެން އުޅުން.

    26
    13
    • މަލިކު

      ނިކަން އިބޫ ގެނެސްބަލަ ފައިސަލްކައިރިއަށް ކާކުތޯ އިގިރޭސިއަށް މޮޅީބަލަން

      18
      4
    • ސަންގު

      ބިން މުޙަންމަދު ތިޔަ ބުނީ ވަރަށް ތެދު ވާހަކައެއް. މި ދަޢުލަތް މި އޮތީ ހިސޯރި ކޮއްފައި ކަމަށް މި ނިކަމެތި އަލާވެސް ދެކޭ ވާހަކަ ވަރަށް ހިތާމަ އާއި އެކު ބުނެލަން.

      9
      12
  8. ރައީސީ

    ތީވެސް ގޮތްދޫނުކުރާ މީހެއް ދީނުގައޮވޭ ތިމާ އެކަށީގެން ނުވާ ކަންކަމާ ފަހުޒަމާނުގާ ހަވާލުވާނެ މީހުން އަންނާނޭ... ތީއޭގަ މިސާލެއް...ޖަމީލް އެއްޗެއް ބުނީމަ ފާޑުނުކިޔާ ހުރިނަމަ ރަގަނޅުވީސް،،،، މިހާރު ޖަމީލް އެކޭ އެއްގޮތް...

    37
    18
    • ރައސީ

      ދީނޭކިޔަޔައިގެން ދީންނޭންގި ވާހަކަނުދައްކާ ތިމާ ރަގަޅަށް އުޅެވޭތޯބަލާ

      12
      7
  9. ވަލީ އާދަނުު

    މިދިޔަ 5 ަހަރު ގަވްމުގެ ވެރިކަން ކުރި މީހާ އަށް އިނގެރޭސިން ވާހަކަ ދައްކަން ނޭންގޭތާންގައި، ދިވެހިބަހުން ރަނގަޅަށް ފަރިތަކޮށް ވާހަކަ ދައްކަން ނޭންގެ، ގުދޯ ގުދޯ ގޮވީމަ ކަމަކު ނުދާނެ، މިނިސްޓަރުންނަކީ ރައީސް ކޮންޓްރޯލް ކުރާ ބައެއްނޫން، ރައީސްގެ ސިޔާސަތު މިނިސްޓަރުން ތަންފީޒް ކުރާނީ.. ވަޒީރުނަކަށްވެސް ރައީސްގެ ރުހުންނެތި އެއްވެސް ކަމެއް އަމިއްލަ އަކަށް ނުކުރެވޭނެ. ކަމެއް ކުރިޔަސް، ޕްލޭނެއްކުރިޔަސް، ރައީސްގެ އެޕްރޫވް ލިބިގެން އެކަމެއް ކުރެވޭނީ.. މީ މިކަން އޮންނަގޮތް

    20
    9
  10. ށޖދޖ

    ފައިސަލަށް ކުރީ ގަނާއެއްނޫން.
    އޭނާގެ ހަމަ ފެންވަރެއްނެތީ.

    27
    10
  11. ކުރަނގިދެލޯ

    ބައެއް ދިވެހީންގެ ޖާހިލުކަން ހާދަ ބޮޑޭ ހިތައް އަރާ. ސިޔާސީ މަގާމުތަކަށް ތިބުނާ ގާބިލު ތަޖުރިބާހުރި މީހުން އަންނަން ޖެހޭ ނަމަ ރައީސް މީހާ އިން ފަށަމާ. މެޖޯރިޓީ ވޯޓުން ރައީސް ހޮވުނީމާ ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ސިޔާސީ ފިކުރަށް ނުބަލާ ވެރިމީހާ އަށް އިތުބާރުކޮށް ކިޔަމަންތެރިވާން ޖެހޭކަން. ރައީސްގެ ކަބިނެޓަށް ނަގާނީ ރައީސަށް އެންމެ އިތުބާރުކުރެވޭ ރައީސަށް އިޚްލާސްތެރިވާނެ މީހުން. މިނިސްޓަރުން ނިންމާނީ ޕޮލިސީ ލެވެލްގެ ކަންކަން. މިކަމުގައި ލަފާ ދޭނެ އަދި ފަންނީ މަސައްކަތް ކުރާނެ އެކަމުގެ އިލްމާ ތަޖުރިބާ ހުރި މިނިސްޓްރީގެ މުވައްޒަފުން ތިބޭނެ.

    15
    7
    • ސަންގު

      ތިކަން ތިބުނާ ގޮތައް ހިނގަންޏާމު ކޮންމެ ވަޒީރަކަށްވެސް 4 ނުވަތަ 5 ސެކެޓްރީން ބޭނުން ވާނެތާ! ރައްޔިތުންގެ ޓެކްސް ފައިސާ އިން އޮސްރާފު ކުރުން ނޫން ކަމެއް ނުވާނެ!

      4
      7
      • އާމިނާ

        މިހާރުވެސް ހުރިހާ ކަމެއް ރޭވިގެން ހިނގަމުންދާ ސިސްޓަމެއް އޮވޭ. މިނިސްޓަރުން އޮފީހާ ހަވާލުވާއިރުވެސް ތިބުނާާ މީހުން އެތާ އުޅޭ. ސިވިލް ސާވަންޓުން. ކުޑަމިނުން އިއްޒަތްތެރި މެމްބަރުން މަޖިލީހުގައި ކުރާ މަސައްކަތެއް ދައްކަބަލަ އަޅެ. ބިލްތަކާ ގަރާރު ތަކާ އެންމެ ކުޑަމިނުން މަޖިލީހުގެ ކޮމިޓީ ލެވެލްގެ މަސައްކަތްވެސް ކުރަނީ ކަމުގެ ފަންނީ އިދާރީ މީހުން. އަނގަ ތަޅާ ބަހުސް ކުރުން ނޫން ކަމެއް މެމްބަރުން ނުކުރޭ. ޢެވެސް ގިނަ ފަހަރަށް ސްޕޫން ފީޑް ކޮށްފަ ހުންނަ އެއްޗެހި. ތަންކޮޅެއް ހޭލުންތެރި ވާން ވެއްޖެ އެކްޓިވިސްޓުންވެސް.

        3
        1
  12. ކަންއޮތްގޮތް

    ޣައުމު ދަރާވިކިފަ އޮތްއިރު ގައުމު ކޮޅަށްޖެހުމަށް ބޮޑުތަނުން އެތައް ކަމެއް ކުރަންޖެހިފަވާ ވަގުތަކު ގައުމުގެ އެންމެ މުހިންމު އެއް ވަޒީރަކަށް އެކަމަށް ތަޖުރިބާއާ އިލްމީގޮތުން ގާބިލް އެތައްބަޔަކުތިއްބާ ސިޔާސީ ނުފޫޒުން އެކަމަށް ކުފޫހަމަނުވާ މީހަކުލީމަ އެމަގާމުގަ ހުރެގެން އޭނާ އަދާ ކޮސް ކަންކަންކަމުގެ ވާހަކަ މީހުންދައްކާނެ ބައެއްމީހުން އެވާހަކަދައްކީ ޖޯކްޖަހަމުން

    16
    8
  13. ހަންޑިކުޑަ

    ތިމާ އެ މަޤާމަށް ކުފޫ ހަމަ ނުވާކަމަށް އަމިއްލައަށް ޤަބޫލުކޮއް ކޮންމެވެސް އެހެން މަޤާމެއް ބައްޕާފުޅު ގާތުގައި ބުނެގެން ހޯދުން ބުއްދިވެރިވާނެ. ތި މަޤާމުގައި ހުރިހާ ހިނދަކު ރައްޔިތުން މަނިކުފާނަށް ފާޑު ކިޔާނެ. ސަބަބަކީ އެފަދަ ރައްޔިތުންގެ ޅަ ދަރިން ގްރޭޑު 6 ނުވަތަ 7 ގަ އުލޭ ކުދިންވެސް މަނިކު ފާނަށްވުރެ މާ ފަރިތަކަ ކޮއް ބްރޯކަން އިނގިރޭސިން ވާހަކައެއް ނުދައްކާނެ ކަމަށް އެވެރިން ޤަބޫލު ކުރޭ. މިހެންކަމުުން މިހިރަ މިހިރަ ކަންކަން ޤަބޫލު ކޮއް ތިޔަ މަޤާމުން ދުރައް ޖެހިލުމަކީ ހެޔޮ އެދޭ ރައްޓިސެއްގެ ޙައިސިއްޔަތުން ދޭ ނަސޭހަތެއް ކަމަށް ޤަބޫލު ކުރާނެ ކަމަށް އުއްމީދު ކުރަނމު!

    16
    4
  14. ނަތަންޔާހޫ

    އައިކޭން ސްޕީކް އިނގްލިސް / އައިކޭން އީޓް އިންގްލިސް / އައިކޭން ސްލީޕް އިންގްލިސް / އައިކޭން ޓޯރކް އިންގްލިސް / އައިކޭން ހޭޓު އިންގްލިސް / އިންގްލިސް އިޒް އިންގްލިސް. މިވަރު ވީމާ ރައްޔިތުން މަލާމާތް ކުރާނެ ދޮތަ! މާތްﷲ ދެއްވާފައިވާ ބުއްދީގެ ވިސްނުން އިސްކޮއް އަމިއްލަ ސިނކުޑިން ވިސްނާ ލާފައި ދުރަށް ޖެހިލުން ބުއްދިވެރި ވާނެކަމަށް ފެނޭ!

    18
    5
  15. ޢަބުދުއްލާ

    ޖަމީލް އެއްޗެއްބުނީމަ އަނގައިން ނުބުނެ ހުންނަންވީ ނަމުގެ ކުރިއައް ޑރ އަންނާތީތޯ!ބަލަ ޖަމީލް ޑރ ފާސްނެންގެވީ ޓްވަރިޒަމް ދާއިރާއިންތޯ ޓުވަރިޒަމްދާއިރާގެ ވާހަކަދައްކަން ބަލަގަ އޭނަމޮޅުވާނީ އޭނަ ޕީ،އެޗް،ޑީހެދިރޮނގަކުން އޭނަޔަކައް ނޭންގޭނެ ޓުވަރިޒަމް ދާއިރާގެ މީހުންނާބެހޭގޮތުން ވާހަކަދައްކާކައް އަދި ޕީ އެ ޗް ޑީއެއް އޮތުމަކީ މީހާއެއީ ހިންގުންތެރި މީހަކައްވެސް ވާކަމެއްނޫން ނުކިޔަވާ މީހަކު މިނިސްޓަރަކައްހުއްޓަސް ހިންގުންތެރިވެފާ ހަވާލުވެހުރި އޮފީސް އުފެއްދި މަޤުސަދު ހާސިލްވަންޏާ އެނިމުނީ ރައީސްނަޝީދަކީވެސްމާމައްޗަކައް ކިޔަވާފަހުރި މީހެއްނޫން އެކަމަކު ޕީ އެ ޗް ޑީހަދާފަހުރިމީހެއް ނައިބަކައްހުރީ މިވަރުން އެއްޗެއް ވިސްނޭނެކަމައް އުއްމީދުކުރަން

    10
    6
  16. އިމާ

    ތިކަހަލަ އިނގިރޭސި ބަހައްކޮށި މީހަކު ރައީސް ކަންވެސްކުރި ބަލައިގެންވެސް އެފަކީރައް ކިޔަންނޭނގޭ އޭރު އެުމުޑީޕީ މީހުން މަލާމަތެއް ނުކުރީ ކީއްވެބާ

    21
    5
  17. އުލަމާ އަލީދީދީ

    އެހެން ގައުމެއްގައި ނަމަ މިހާރު އިސްތިއުފާ ދޭނެ. ގާބިލުކަމެއްނެތް ކުފޫހަނަނުވާ ކަން އަމިއްލައަށް އެއްބަސް ވެސް ހިސާބާއި އިނގިރޭސިބދަސްކުރަން ކޯޗެއް ހޯދާވާހަކަވެސް ބުނެފި. މީކީ މިނިސްޓަރެއްގެ ހުނަންޖެހޭނެ ފެނަވަރެއްނޫން. އިސްތިފާދޭން ޖެހޭ.

    19
    5
  18. ރެކިފުތާ

    މިވީ 25 އަހަރު ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރުންނައް ތިބީކީ ވަކިއެދާއެއިރާއިން މާބޮޑު އެއްޗެއްކިޔަވައިގެން ނޫނީ އެދާއިރާގެ ތަޖުރިބާ ހުރިބަޔެއްނޫން، ޢެކަމު އެމީހުންގެދަށުގަ ކަންކުރަންތިބީ މާކެޓިން އަދި މެނޭޖްމަންޓްދާއިރާގެ ގާބިލު މީހުން، އެމީހުން ޓޫޜިޒަމް މިނިސްޓްރީ ހިންގީ. މިއަދުގެ ހަގީގަތަކީވެސް ޓޫރިޒަމް ދާއިރާ މާކެޓްކޮއް ހެދުމަކީ މމޕރސ ގެ ދަށުން އެތާތިބޭބަޔަކު ހިންގާކަމެއްކަން. ގާބިލު މީހުންގޮވައިގެން އުޅެންއެނގިފަ ދާއިރާ ސްޓޭކް ހޯލްޑަރުންގެ މަސްވަރާއެކީ ކަންކަން ކުރަމުންދަންޔާ ކޮންމެމީހަކު މިނިސްޓަރައް ހުއްޓަސްފުދޭނެ. އެއީ އެމިނިސްޓަރެއްގައިގަ އެހިލްމު ހުރެގެންވާކަމެއް. ތިބުނާ މޮޅު މަލީހު ލައިގެން ހިންގުނު މިނިސްޓްރީއެއްނެތްތާ 3 ސަރުކާރާއެކީ މަސައްކަތް ކުރަންލިބި އެންމެ ފަހަރަކުވެސް ދައުރުނިންމާނުލެވެ، ދޭތެރެ މެދުން ހުންނަނީ ވަޒީފާގެއްލި ޖަމީލުބެޔާއެކީ މަގުމަތިވެފަ. އެހެން އެވަނީ ހިލްމުނެތީމަ.

    14
    3
  19. އަދުރޭ

    ނުކިޔަވާ ސަންގޯރެއް

    9
    6
  20. ޢަލީ

    ވަގުތު ނޫހާއެވެ. ވަޒީރުކަންދޭއިރު ފެންވަރުގައި ކިޔަވައިގެން ތިބި ބޭފުޅުން މުޢިއްޒު ފަޅީގައި އެބަ ތިއްބެވެ. އެއިން މީހަކަށް ނުދީ ނުކިޔަވައި ތިބި މީހުންނަށް މަޤާމު ތައް ދިނީމައި މީހުން އެވާހަކަ ދައްކާނެއެވެ.ދައްކަން ވެސް ޖެހޭނެއެވެ.އެއީ ބުލީ ކުރުން ހެއްޔެވެ.ދެން އަކުރުނޭނގޭ މީހަކަށް ބޮޑު ވަޒީފާ އެއް ދިނީމާ ކުރިޔަށް އޮތް ހަމަސް ދުވަހުގެ ތެރޭ އަކުރު ދަސް ކުރާނަމޭ ބުނީމާ އޯކޭ ހެއްޔެވެ.ގައުމުގެ ރައްޔިތުންގެ ޙައްޤު ގެއްލުނަސް ހަމަ އޯކޭ ހެއްޔެވެ.

    8
    2
    • ބީނޫ

      ކަލޯ އައްޔާ ކިތަންމެ ވަރަކަށް ކިޔަވައިގެން ހުއްޓަސް އަދި ގާބިލަސް ސިޔާސީ މަސައްކަތަށް ނެރޭނީ ރައީސަށް އިތުބާރު ކުރެވޭ މީހުން. ބޮނޑިބަތް ޖަމީލު ޑިގުރީ ހަދައިގެންހުރެ ނައިބުކަމަށް ލީމާ ކުރީ ބަގާވާތް. އެއީ މޮޅަށް އިނގިރޭސި ކިޔަން އިނގޭ މީހާ. ހުރިހާވެސް މައްސަލައަކީ މަލީހާ ޖަމީލަށް ވަޒީރުކަން ނުދިނުން.

      5
      4
  21. އއ

    އަދީބު، ޢަލީވަޙީދު، މައުސޫމް، މި 3 ވަޒީރުން ތިބެގެން ވީގެއްލުމަށްވުރެ ބޮޑު ގެއްލުމެއް، ފައިޞަލް ވަޒީރަކަށްހުރެގެން މި ޤަވްމަށް ވެގެންތަ ތިޔައުޅެނީ؟ ނޭނގިތިބެ ނުވަތަ އެނގިތިބެގެން ޤަޞްދުގައިނަމަވެސް މިފަހަރު ދިވެހިބަހަށް ތިޔަދެވޭ ޙަމަލާގެ ސަބަބުން، ހެދިބޮޑުވަމުންއަންނަ ޅަދަރީންގެ ހިތްތަކުން (މައިންބަފައިންލައްވައި) ދިވެހިބަހަށް އޮންނަންވާ ލޯބި އެއްކޮށްނަމަވެސް ފުހެވިގެންދިއުން ވަރަށްކައިރި. އިނގިރޭސިބަހަށް ނުފަރިތަ، އިނގިރޭސިބަހުން މުޢާމަލާތް ކުރުމަށް ކޮށި، ކުއްޖަކަށްވެ މުޖުތަމަޢުގެ މަލާމާތާއި ފުރައްސާރަ، ތިމާގެދަރިފުޅަށް އަމާޒުވާކަށް، އެއްވެސް މަންމައަކާއި ބައްޕައަކު ބޭނުމެއްނުވާނެ. ނަތީޖާއަކަށްވެގެންދާނީ މި ދިވެހިޤައުމުގެ ދަރީންގެ މައިންބަފައިންނާއި ބެލެނިވެރީންނަކީވެސް، "ދިވެހިބަހަށްވުރެ އިސްކަންދޭ ބަހަކީ" އަކީ އިނގިރޭސިބަސް ކަމުގައިވެގެންދިއުން.

    4
    4
  22. އއ

    އަދީބު، ޢަލީވަޙީދު، މައުސޫމް، މި 3 ވަޒީރުން ތިބެގެން ވީގެއްލުމަށްވުރެ ބޮޑު ގެއްލުމެއް، ފައިޞަލް ވަޒީރަކަށްހުރެގެން މި ޤަވްމަށް ވެގެންތަ ތިޔައުޅެނީ؟ ނޭނގިތިބެ ނުވަތަ އެނގިތިބެގެން ޤަޞްދުގައިނަމަވެސް މިފަހަރު ދިވެހިބަހަށް ތިޔަދެވޭ ޙަމަލާގެ ސަބަބުން، ހެދިބޮޑުވަމުންއަންނަ ޅަދަރީންގެ ހިތްތަކުން (މައިންބަފައިންލައްވައި) ދިވެހިބަހަށް އޮންނަންވާ ލޯބި އެއްކޮށްނަމަވެސް ފުހެވިގެންދިއުން ވަރަށްކައިރި. އިނގިރޭސިބަހަށް ނުފަރިތަ، އިނގިރޭސިބަހުން މުޢާމަލާތް ކުރުމަށް ކޮށި، ކުއްޖަކަށްވެ މުޖުތަމަޢުގެ މަލާމާތާއި ފުރައްސާރަ، ތިމާގެދަރިފުޅަށް އަމާޒުވާކަށް، އެއްވެސް މަންމައަކާއި ބައްޕައަކު ބޭނުމެއްނުވާނެ. ނަތީޖާއަކަށްވެގެންދާނީ މި ދިވެހިޤައުމުގެ ދަރީންގެ މައިންބަފައިންނާއި ބެލެނިވެރީންވެސް، "ދިވެހިބަހަށްވުރެ އިސްކަންދޭ ބަހަކީ" އަކީ އިނގިރޭސިބަސް ކަމުގައިވެގެންދިއުން.

    3
    4
  23. ބިސްބެ

    ޖަމީލާ މަލީހު ވަޒީރުކަން ދޭނެކަމަށް ބަލާ ފެހި ކޯޓު ނުލެވުމަކީ އެހެންމީހުންނަށް މަލާމާތް ކުރަންޖެހޭ ކަމެއްނޫން.

    2
    3
  24. ވެރިސޮރު

    ވެރިމީހާ ރައްޔިތުންގެ އަޑުއަހާނަމަ، ވެރިމީހާ ރައްޔިތުންގެ މަތިންވިސްނާނަމަ، ވެރިމީހާ މިގައުމައަށް ހެޔޮއެދޭނަމަ، ވެރިމީހާ އަައްމެޖޯރިޓީ ވޯޓިދިންމީހުންއެއީވެސް ބައެއްގޮތުގައި ގަބޫލު ކުރާނަމަ ތި މިނިސްޓަރައެއް ނުނެގީސް އަދި އެއިރުން އޭނާގެ މަގާމުގެ ގޮތުން ތަންތާގައި ވާހަކަ ދައްކަން ޖެހޭ އެކަމަކު އެކަމައް ނާގާބިލު މީހަކައް ވުމުން، އެކަމުގެ ޝުއޫރު ދިވެހި ކޮންމެ މީހަކުވެސް ފާޅު ކުރުމުން އެކުރަނީ ގަނާ ކަމަކައްވެސް ނުހެދޭނެ. ހަމައެކަނި ނާގާބިލީ އިގިރޭސިން ވާހަކަ ދައްކާކައް ނޫން، އޮއްޓަރު ހުރި ވާހަކަ ދައްކަންވެސް.

  25. ވެރިސޮރު

    ވެރިމީހާ ރައްޔިތުންގެ އަޑުއަހާނަމަ، ވެރިމީހާ ރައްޔިތުންގެ މަތިންވިސްނާނަމަ، ވެރިމީހާ މިގައުމައަށް ހެޔޮއެދޭނަމަ، ވެރިމީހާ އަައްމެޖޯރިޓީ ވޯޓިދިންމީހުންއެއީވެސް ބައެއްގޮތުގައި ގަބޫލު ކުރާނަމަ ތި މިނިސްޓަރައެއް ނުނެގީސް އަދި އެއިރުން އޭނާގެ މަގާމުގެ ގޮތުން ތަންތާގައި ވާހަކަ ދައްކަން ޖެހޭ އެކަމަކު އެކަމައް ނާގާބިލު މީހަކައް ވުމުން، އެކަމުގެ ޝުއޫރު ދިވެހި ކޮންމެ މީހަކުވެސް ފާޅު ކުރުމުން އެކުރަނީ ގަނާ ކަމަކައްވެސް ނުހެދޭނެ.

    5
    1