ދިވެހިރާއްޖޭއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެކެވެ. ލިޔެކިޔުމުގައި އަދިވެސް އޮތީ އެގޮތަށެވެ. ދިވެހިރާއްޖޭގައި ކޮންމެ ސަރުކާރެއް އޮތަސް ސަރުކާރުން އިސްލާމްދީން ހިމާޔަތް ކުރާނެއެވެ. އިސްލާމްދީނަށް، މުސްލިމުންނަށް ދަތިވާނެ އެއްވެސް ކަމެއް ދިވެހި ސަރުކާރުން ވެސް، އަދި ދިވެހިރާއްޖޭގެ އެއްވެސް ރަސްމީ އިދާރާއަކުން ވެސް ނުކުރާނެއެވެ. އެއީ ޔަގީންވެ ކަށަވަރު ކަމެކެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ ވެރިން އެކި ފަހަރުމަތިން ވަނީ އެޔަގީންކަން ދެއްވާފައެވެ. އެހެންކަމުން ސަރުކާރުގެ ސިޔާސަތުތަކާއި މެދު އެއްވެސް މީހަކު ސުވާލު އުފައްދައިގެން ނުވާނެއެވެ.

ރަމަޞާން މަހު ރާއްޖޭގެ މިސްކިތްތަކުގައި ތަރާވީހް ނަމާދު ކުރަން ހާފިޒުން ގެނައުމަކީ ފާއިތުވި ހައެއްކަ އަހަރު ގަވައިދުން ކުރެވެމުން އަންނަ ކަމެކެވެ. މާބޮޑު މައްސަލައެއް ދިމާނުވެ ވަރަށް ފުރިހަމަ އަށް ވަމުން އަންނަ ކަމެކެވެ. ނަމަވެސް މިއަހަރު މިކަމަށް ލޮޅުމެއް އަރައިފިއެވެ.

ހާފިޒުންނަށް ވިސާ ދޫކުުރުމުގައި ދިވެހިރާއްޖޭގެ އިމިގްރޭޝަނުން ކޮންމެވެސް ވަރެއްގެ "ހަރުކަށިކަމެއް" ދައްކަވަން ފެއްޓެވީއެވެ. ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ހާއްސަ ހުއްދައެއް ހާފިޒުންނަށް ދޫކުރައްވަން ފެއްޓެވީއެވެ. އެހުއްދަ ދެއްވުމުގެ ކުރިން ހާފިޒުންގެ ކަންކަން އިތުރަށް ބައްލަވަން ވެސް އިމިގްރޭޝަނުން ނިންމެވީއެވެ. ސަބަބަކީ ސަލާމަތީ ސަބަބެކެވެ. ނިރުބަވެރި ހަމަލާތައް މިހައި ގިނަ ދުވަސްވަރަކު ކޮންމެހެން ވެސް ކުރައްވަން ޖެހޭ ކަމެއް ކަމަށް އެބޭފުޅުން ވިދާޅުވެއެވެ.

ނަމަވެސް ދިވެހިރާއްޖެއަކީ ކޮންމެ ގައުމެއްގެ މީހަކަށް ވެސް އޮން އެރައިވަލް ވިސާ 30 ދުވަހުގެ މުއްދަތައް ދެމުން އަންނަ ގައުމެއް ކަމަށް ވާތީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ހާފިޒުންނަށް ހާއްސަ ހަރުކަށި ފިޔަވަޅެއް އެޅުމުން ގައުމުގެ ސަލާމަތައް އޮތް ފައިދާއެއް ވިސްނިވަޑައިގަނޭތޯއެވެ. އާދައިގެ މީހަކަށް އެކަމެއް ނުވިސްނޭނެއެވެ.

ނިރުބަވެރިޔަކު ރާއްޖެ އަންނަ ހާފިޒަކަށް ވެގެން އޮޅުވާލައިގެން ވިސާއެއް ހޯދުމަށް ވުރެ މާފަސޭހަ ގޮތްތަކެއް އެމީހުންނަށް އެބަހުއްޓެވެ. އޮން އެރައިވަލް ވިސާގައި ރާއްޖެ އައުމުން ނިކަން ފަސޭހައިން އެތެރެ ވެވެއެވެ. ރާއްޖޭގެ ރިސޯޓަކަށް، ނުވަތަ ގެސްޓް ހައުސްއަކުން ރޫމެއް ބުކް ކޮށްފައި އޮންނަމަ އަދި އަމުދުން ސުވާލެއް ވެސް އެއިން މީހަކާއި ކުރުމެއް ނޯވެއެވެ. ވީއިރު ހާފިޒުންގެ ވިސާ ދަތިކޮށްގެން ގައުމަށް ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އެޅޭނެ މުހިންމު ފިޔަވަޅުތައް އަދި އަޅުގަނޑުމެންނަށް ފަހުމުވާގޮތެއް ނުވެދާނެއެވެ. އެކަން ފަހުމް ވާނީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ އެންމެ އިސް ވާޖިބު އަދާކުރައްވާ ބޭފުޅުންނަށެވެ.

މިވާހަކަ މިހާ ހިސާބުން ނިންމާލީއެވެ.

ދެން އަޅުގަނޑުގެ ހިޔާލާއި ފިކުރު ގޮސް ހުއްޓެނީ ދައުލަތުގެ މީޑިއާ އަށެވެ. ޕީއެސްއެމް އަށެވެ. ނުވަތަ ޓީީވީއެމް އަށެވެ. މިސަރުކާރު ވެރިކަމަށް އައީ ސަރުކާރާއި ވަކިން މީޑިއާ ހިންގުމުގެ ވައުދު ވަރަށް ބޮޑަށް ތަކުރާރު ކުރަމުންނެވެ. އެކަމަށް އަދި އެއްވެސް އަމަލީ ސިފައެއް އައިސްފައި ނެތް ވާހަކަ ކޮންމެހެން މިވަގުތު ދައްކާނެ ކަމެއް ނެތެވެ.

"އެންމެ އަލި ގަދަ ތަރި" ގެ ނަމުގައި ދައުލަތުގެ މީޑިއާ އިން ބާއްވަމުން އަންނަ ޤުރުއާން މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ ވަރުގަދަ އެއް ޤުރުއާން މުބާރާތެވެ. ވަރަށް ގިނަ ބަޔަކު އިންތިޒާރު ކުރާ، އަދި ވަރަށް ގިނަ ބައެއްގެ މަގުބޫލްކަން ހޯދާފައިވާ މުބާރާތެކެވެ. ނަމަވެސް މިފަހަރު މިޤުރުއާން މުބާރާތް ނުބާއްވަން ވަނީ ނިންމާފައެވެ. ދައުލަތުގެ މީޑިއާ އިން ވިދާޅުވީ އެކަށީގެންވާ ވަރަށް މީހުން ބައިވެރި ނުވީ ކަމަށެވެ.

ސުވާލަކީ މިއަހަރު އެމުބާރާތުގައި އެކަށީގެންވާ ވަރަށް މީހުން ބައިވެރި ނުވީ ކީއްވެހެއްޔެވެ؟ މުބާރާތް އެންމެ ރަނގަޅަށް އިސްތިހާރު ނުކުރެވުނީ ހެއްޔެވެ؟ މުބާރާތުގައި ބައިވެރިވާން އެކަށީގެންވާ މުއްދަތެއް ނުދިނީ ހެއްޔެވެ؟ ޖަވާބު އެނގިވަޑައިގަންނަވާނީ މައުލޫމާތު އެނގޭ ބޭފުޅުންނަށެވެ. ސުވާލު އުފެއްދުމުގެ ޙައްޤެއް އެހެން މީހުންނަކަށް ނޯންނާނެއެވެ.

ދެން ވެސް އޮތީ ޕީއެސްއެމްގެ ވާހަކައެވެ. "ރަހުމަތުގެ ނަބިއްޔާ" ގެ ނަމުގައި އިސްލާމިކް ޔުނިވަސިޓީގެ ކުރީގެ ޗާންސެލަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ތައްޔާރު ކުރައްވާފައިވާ ޕްރޮގްރާމް މިފަހަރު ނުފޮނުވަން ޕީއެސްއެމް އިން ވަނީ ނިންމާފައެވެ. ސަބަބެއް ނޭނގެއެވެ. ވަރަށް މުހިއްމު ގިނަ މައުލޫމާތުތަކެއް ލިބޭ އެފަދަ ޕްރޮގްރާމެއް ކެންސަލް ކުރުމަކީ ގިނަ މައުލޫމާތުތަކަކުން އަޅުގަނޑުމެން މަހްރޫމް ވުމެވެ. ޕްރޮގްރާމް ކެންސަލް ކުރި ސަބަބެއް ޕީއެސްއެމް އިން ވިދާޅެއް ނުވެއެވެ. އެހެންކަމުން ކޮންމެހެން އެވާހަކަ ދައްކާނެ ކަމެއް ނެތެވެ.

އަޅުގަނޑަށް ވިސްނޭ ގޮތުގައި މިހުރިހާ ކަންތައްތައް ވެސް މިދިމާވީ އިއްތިފާގަކުންނެވެ. ސަރުކާރުން ނުވަތަ ސަރުކާރުގެ ސިޔާސަތު ކަނޑައަޅާ ލެވަލްގައި ތިއްބެވި ބޭފުޅުން އިސްލާމްދީނަށާއި، މުސްލިމުންނަށް ދަތިވާނެ އެއްވެސް ކަމެއް ނުކުރައްވާނެއެވެ. އެފަދަ ހީއެއް އެއްވެސް ބޭފުޅަކު ކުރައްވާނެ ކަމެއް ނެތެވެ. ފެންނަ މަންޒަރުތަކަށް ބައްލަވާފައި ހެކިތަކުގެ މައްޗަށް ކޮންމެ ބޭފުޅަކު ވެސް ކަންކަން ކަށަވަރު ކުރައްވާށެވެ.

ދިވެހިރާއްޖެ އަކީ އިސްލާމީ ވެރިކަމެއް ހިނގާ އިސްލާމީ ގައުމެއް ކަމަށް ވުމުން އިސްލާމްދީނާއި، މުސްލިމުންނަށް ލުއި ގޮތަކަށް ހުރިހާ ކަންތައްތައް ވެސް ފަހިވެފައި އޮންނަން ވާނެއެވެ. ނަމަވެސް އެއީ ގައުމީ ސަލާމަތައް ނުރައްކާ ނުވާ ގޮތައް، އަދި ދީނީ މައުލޫމާތު ވެސް ސައްހަ ކަމާއި އެކު ފޯރުވޭ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. ބުއްޅަބޭ

    އެޖެންޑާ 19 އިސްޓާޓް ވަނަދެން މަޑުކޮށްލާ، ވަރަށް ކަންތައް އެބައޮތް ރާވާލާފަ!

    81
    4
  2. ނަން ނެއް

    މިއީ އަދި ފެށުން ، ކުރި އަށް ބަލަން ތިބޭ އެންމެން . ޖަޒީރާ ރާޖޭގައި ކަންތައްތް ހިންގާ ގޮތް . އިޑިއަޓް ސަރުކާރު .

    91
    4
  3. ނައިބުތުއްތު

    އިސްލާމް ދީނާއި ޚިލާފު އެއްވެސްކަމެއް ނުކުރާނެ. އިސްލާމްދީނާއި އެއްގޮތްކަމެއްވެސް ނުކުރާނެ. އެޖެންޑާ19 އަކީ އިސްލާމްދީނާއި ގުޅުމެއްވާ އެއްޗެއްނޫން. އޭގައިވާގޮތުން ދައުލަތުން ދީނީކަންކަމާއި އެހާބޮޑަކަށް ނުބެހޭނެ. އެކަން ދޫކޮށްލާނީ ރައްޔިތުންނަށް. އެމީހަކު އުޅެންވާ ދީނެއް އެގޭނީ އެމީހަކަށް.

    58
    3
  4. މަހުމޫދު

    އެޖެންޑާ 19 ގެ ފޮރުވިފައިވާ ބޮޑު މަގުސަދަކީ ނޮވެމްބަރ 3 ގަ ޝަހީދުވި 19 ބޭކަލުންގެ ލޭ އެަކަމަކަށްޓަކާ އޮހެރިގެންދިަޔ، މިގައުމުގެ މިނިވަންކަމާއި އިސްތިޤްލާލާ، މިގައުމުގެ މާތް ދީން މިފަސްގަޑުންފޮހެލުން. ޢެޖެންޑާ !9 ގެ މާނަޔަކީވެސް އެއީ!

    55
    2
  5. ދިވެހިން

    އިސްލާމްދީނަށް ދެރައެއްލިބޭގޮތަށް އެބޭފުޅުން އެއްކަމެއްވެސް ނުކުރައްވާނެ. ޖަޒީރާވަންތަކޮއްކަންތައް ކުރައްވާނީ.. ހެހެހެހެހެ

    37
    3
  6. ޢަލީ އަޙުމަދު

    ވަގުތަށް ވެސް އެނގޭނެ ފަދައިން އިސްލާމް ދީނަށް ދަތިކުރަން މީހަކު ކަމެއް ކޮށްގެން، އިސްލާމްދީނަށް ހަޖޫ ޖަހައިގެން މިއަދު ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ފިޔަވަޅެއް ނާޅާނެއެވެ. ސަބަބަކީ މިއަދުގެ ސަރުކާރަކީ (އެއްބަސް ނުވިޔަސް) ސެކިޔުލާރ ސަރުކާރެކެވެ. 19 ވަނަ މަޖިލީސަށް ހޮނުވީ 80% ސެކިޔުލާރ މީހުންނެވެ. މާނައަކީ ދެވަނަ ބާރު ވެސް ސެކިޔުލާރ ވީއެވެ. ދެން އޮތީ އިސްލާމީ ޝަރީޢާގެ ދާއިރާއިން ކިޔަވައިގެން ތިބި މީހުން ޝަރުޢީ ދާއިރާއިން ބޭރުކޮށް ކޮމަން ލޯ ގެ މީހުންނަށް އެ ޖާގަތައް ދިނުމެވެ. ވީމާ މުޅި ދައިލަތުގެ 3 ބާރު ސެކިޔުލާރވީއެވެ. ދެން އިސްލާމީ ޝިޢާރު ފާޅުކުރެވޭނީ ހަމަ އެކަނި މިސްކިތްތަކުގައެވެ. އެހެންތާކު ދަރުސް ދޭކަށް ލާހިކު ކުޅަދާނައެއް ނޫނެވެ.
    އިރާދަކުރެއްވިއްޔާ ދިވެހިން (ގިނަ ދިވެހިން) އެދުނު ފަދަ، ގޮތަކަށް އިންޑިއާގެ ސެކިޔުލާރ ސްޓޭޓަކަށް ދިވެހިރާއްޖެ 2023 ގެ ކުރިން ވާނެ އެވެ. އެހެންކަމުން އެކަމަށްޓަކައި ތަހުނިޔާ ކިޔަމެވެ. މަލިކާއި ދިވެހިރާއްޖޭގެ ގުޅުމަށް އިތުރު ފުރިހަމަކަމެއް އަންނާނެތާއެވެ.

    6
    6
  7. އަހަރެން

    މިއީ 100 ގެ ވާހަކަތަކެއް. ވަރަށް ދެރަވެއްޖެ. %100 މުސްލިމް ދިވެހިރާއްޖެ. އެއްމެ އަޑުގަދަ ޝެއިހުންތަށް އެތިއްބެވީ ޗިޕް ޖައްސަވާފަ. ފައިސާއަށް ވިކި ހުސްވެފަ. އެމީހުން ދޭ ދީނީ ނަސޭހަތް މީހުނަށް ގަބޫލުނުކުރެވެނީ ފަސޭހައިން ވިކޭތީ. އަންބޮޑިއަށް ބަރުވާނަމަ ކުރިން ދެއްކި ވާހަކަ ހަނަދާންނެތި ބަރުކޮށްދިން ބައެއް ބޭނުންވާގޮތަށް ދީން އެބނުރޭ.

    12
  8. ވަޙީދު

    ޚަފިޡުން ނަކީ ވޮލަންޓަރީ ގޮތުން އަންނަ ބައެއް ނޫނެވެ. އެޚާފިޒުން ނަކީ ރާއްޖޭގައި ތަރާވީސް ކޮށް ދީގެން ފައިސާ ހޯދުމަށް އަންނަ ބަޔަކަށް ވާތީ ވިސާ ނަގަންޖެހެއެވެ.

    8
    44
  9. ފަހުބަސް

    މި ސަރުކާރަކީ ހަމަ ލާދީނީ ފިކުރު އިސްކުރާ ލާދީނީ ފިކުރުގެ ކަންކަމަށް ހިތްވަރުދޭ ސަރުކާރެއް އެކަން އެޖެންޑާ 19 އިންވެސް އެނގިގެންދާނެ

    105
    3
  10. އަޙްމަދު

    އެޖެންޑާ 19 ގައި ނިންމާ ބައެއްކަންތައްތަށް ތަންފީޒް ކުރާނީ ދެން އަންނަ ވެރިކަމުގެ ދައުރެއްގައި ނުވަތަ 2028 ގައި. ދެން މިޤައުމުގައި ވެރިކަން ކުރާނީ އެމްޑީޕީން ނުވަތަ ޕްރައިމް މިނިސްޓަރ ނަޝީދު. އެހިސާބުން އެއްކަލަ އިންތިހާބަށް ނެގިލޯންތަށް ނުވަތަ ހަދިޔާ ގެ ބަދަލުގައި އެއްކަލަ މީހުން އަޅުކަން ކުރާ ތަންތަން އެޅިގެންދާނެ.

    ރައިސް، އެމްޑީޕީ ރައިސް، ޕޮލިސް ކޮމިޝަނަރ، ޗީޕް އޮފް ޑިފެންސް ފޯރސް އިއްތިފާޤުން މިއެންމެންނަކީ އެއްބައެއް! އިދިވެސް މިކަހަލަ ކިތަންމެ ބޮޑު ވަޒީފާތަށް ހަމަ އިއްތިފާގުން އެމީހުންނާއި ވަރަށް ގުޅޭ

    22
    1
  11. ބުރޯ

    ނަސީދީންގެ ދީން މިގައުމަށް ތައާރަފް ކުރުން އޮތީ މަޖިލީހުގެ މެމްބަރުން ހުވާ ކުރައްވާ ނިމުމުން.

    7
    1
  12. މުޙައްމަދު

    ކުރީގައި އެއޮތް ދެވާހަކަޔާ އަހަރެންވެސް އެއްބަހެވެ. އެކަމަކު "ރަޙްމަތުގެ ނަބިއްޔާ" ޕުރޮގުރާމުގެ ރިޕީޓު ނުދައްކައި ދީނީ އައު ޕުރޮގުރާމުތަކަކަށް ވަގުތު ދިނުން އެންމެ ރަނގަޅެވެ. ޝަހީމު ހުންނެވީ ރާއްޖެއިން ބޭރުގައި ކަމަށްވާތީ އޭގެ އައު އެޕިސޯޑުތަކެއ ނުހެދުނީ ކަމަށްވެދާނެއެވެ.

    4
    17
  13. ހަސަން

    ފަހުގެ ތާރީހެއްގައި ވަގުތުން ފެނުނު އެންމެ ސަޅިލިޔުން.

    32
    3
    • Anonymous

      ބަލަގަ ޔާމީނު ސަރުކާރުނ ދަރަނި ވެރި ވީ މަ ކިހިނެ ދެނ ސަރުކާރަކުނ ކަމެ ކުރާނި
      ތި ލިޔުނ ލިޔެލި ގޮލާ ވިސނަބަލަ

      2
      42
  14. އިމްރާން

    މިތިބީ ރާކަނިމަސްކެވިފަ. ކޮންމެ ރަށަކަށް ފާދިރިއަކު ޒިޔާރަތްކުރާނަމަ ލޯބިން ވިސާދޭނެ. މަބުނަންތަ ވާހަކައެއް. ގޯސްމިއޮތީ ހެދި ޖައްބާރު ލާދީނީ ނަޝީދު ނުޒަމްވއާއި މައުމޫނީ ނިޒަމް އާއި އިމްރާނު ނިޒަމް އަށް ވެރިކަން ދެވިފަ،
    ޤައުމު ދިފާއުކުރުމަށް އަދި މިޚާއިނުން ގުޅެކުޅޭ ފަސްގަޑުގަ އޮންނަ ބޯޅަޖަހަން ނެރެންވީ. ނެރޭނެ، އެފަދަ ޤައުމީ ބަތަލެއްގެ ފަހަތުގަ ނުކުމޭ، އެއީ އެންމެންގެ އުމަރު ބިން ހަރުގަޑް. ތައްޔާރުވެލާ.

    6
    2
  15. ވިސްނާ

    ބޮޑެތި ބޭފުޅުން ކަމަށް ދައުވާކުރާ ބައެއް މީހުން ދެކޭ ގޮތުގައި މުސްލިމުންނަށް އޮންނަ ހަމައެކަނި ވާޖިބަކީ ފަރުޟު ފަސްނަމާދު ކުރުން. ހެޔޮ އަމަލުތަކާއި ނުބައި އަމަލުތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަކީ ނިރުބަވެރި ކަމަށް މަގުފަހި ކުރުން ކަމަށް އެބައިމީހުން ދެކޭ. ސުވަރުގެއާއި ނަރަކައިގެ ވާހަކަ ދެއްކުމަކީ ނަފްސާނީ ގޮތުން މީހާއަށް އަސަރު ކުރުވާ އަދި ނަފުސާނީ ގޮތުން މީހާ ބަލިކޮށްލާކަމެއް ކަމަށް އެބައިމީހުން ދެކޭ. ސަބަބަކަށް ވަނީ އެފަދަ ވާހަކަ ތަކުން އަސަރު ކުރާމީހާ، ދުނިޔޭގެ ދިރިއުޅުމުގައި ބޭކާރު ކަންތައްތަކަށް ވަގުތު ހުސްނުކޮށް މަރަށް ތައްޔާރުވުމަށް ހެޔޮ އަމަލުކުރުމުގައި ދެމިހުންނާތީ.

    11
    1
    • މުސްލިމު

      މުސްލިމުން ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ އަވަސްގޮތަކުން ގިނަ ބަޔަކު މަރާލުމެވެ. އޭގެތެރޭގައި ތިމާވެސް މަރުވެ ދިއުމެވެ. އެކަންތަކާ ހަމަޔަށް ދެވެންދެން ދުވާލަކު ފަސްފަހަރު ސައުދީއާ ދިމާއަށް އެނބުރި ކޮޅަށްތެދުވެ ނިތްޖަހައި އިށީނދެ ހަނދަންވީއެވެ. އަހަރަކު އެއްފަހަރު ދުވާލު ނުކައި ތިބެންވީއެވެ. ލާރިފޮއްޗެއް ފަގީރަކަށް ނުދީވޭތޯ ބަލަންވީ އެވެ. ދެން އަމިއްލަ ދަރީންނަށް ތަހުޒީބު ގައުމުތަކާ މެދު ނަފްރަތު ކުރަން ދަސްކޮށްދީ ނޭއްގާނި ދިރިއުޅުމެއް އުޅެން ދަސްކޮށްދޭންވީއެވެ.

      11
  16. ކޮރަލް

    ވ މުހިއްމު މައުލޫމާތު ކޮޅެއް ލިބިއްޖެއެވެ. ނޫސްވެރީންނަކީ ކަންކަމުގެ ހަގީގަތް ހޯދާ އާއްމުންނަށް ފޯރުކޮށްދޭން ޖެހޭ ބައެކެވެ. މިލިޔުން ކިޔާލުމުން ކަންތައްތަކެއް އޮޅުން ފިލައިފިއެވެ.

    18
  17. ބީޗް

    އެންމެން ވެސް ހައްގު ބަސް ބުނަން ޖެހެއެވެ. ބިރު ގަންނާނެކަމެއް ނެތެވެ.

    24
  18. ޙޯރަ ބޭ

    މިގައުމުގައިވެސް ހާފިޒުން އެބަތިބި އެކަންކުރެވޭނެ ކުރެވޭނެ މާތްﷲއިރާދަކުރެއްވީޔާ

    2
    3
    • ކޮސް

      ކޮން ހާފިޒުންނެއްތަ؟ ކީއްކުރާ ބައެއްތަ؟

    • ކޮބާ؟

      ކަލެ ނިކަން ރާއްޖޭގެ ކޮންމެ ރަށަކަށް އެންމެ ޙާފިޒަކުވެސް ހޯދާބަލަ........؟

    • އެދުރު

      ރާއްޖޭގެ ރަށްތަކަށް ފުދޭވަރާ ގާތަށްވެސް ދިވެހި ޙާފިޒުންނެއް ނެތް ، އަދި އޭގެތެރެއިން ވެސް ތަރާވީޙް ނަމާދުގަ ޚަތިމު ކޮށްލެވޭ ފެންވަރުގެ ޙާފިޒުން މަދު ، ދޮގު ނަހަދާ މި ރޯދަމަހު

  19. އަލީ!

    30 ދުވަސް އޮން އެރައިވަލް ވިސާ ދެނީ ޓޫރިސްޓުނަނަށް އެކަނި.

    1
    5
  20. އާދަނު2

    ރާއްޖެއަށް އަންނަހާ މީހަކަށް 30 ދުވަހުގެ ވިސާ ޖަހައެއްނުދޭނެ، ހަމައެކަނީ ޓޫރިސްޓުނަަށް ވިސާޖަހާދެނީ ބުކިން ކޮންފަމޭޝަން ދެއްކީމަ

    1
    2
  21. ވަންޓަޗް

    ބަޖެޓް އިތުރަށް ބޭނުން ކުރާ ނަމަ ރައީސްގެ ހުއްދައެއް ހޯދަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ހަމަ ޖެއްސުން އެއީ ދައުލަތުގެ ޚަޒާނާ ތައް މިނިސްޓަރުން ދަވާލަން ބޭނުންވާ އިރަށް ދަވާނުލެވޭނެ އުސޫލުން ކުރަން ރަނގަޅު ކަމެކޭ އެކަމަކު ރައީސްގެ ހުއްދަ އެއް ހޯދަން ވެއްޖެނަމަ ތިޔާ ކަން ދާނީ ރައީސް އޮފީހަށޭ މިރާއްޖޭގައި ހުރި އެންމެ ފަރުވާ ކުޑަ އަދި އެންމެ ސްލޯހޮލިކް އޮފީހަކީ އެއީ ރައީސް އޮފީހޭ ރައީސްގެ ހުއްދަ ނަގަން 8 މަހާއި 12 މަސް ނަގާނެއޭ އިން ޔުއަރ އައިޒް އައި ކޭން ސީ އިޓް ވަން ޓަޗް އެން ފެއިލްޑް ވަން ޓަޗް އެން ފެއިލްޑް ޑާންސް ޑާންސް ޑާންސް ޑާންސް އޮން ރޫފް ޓޮޕް ވަން ޓަޗް އެން ފެއިލްޑް ވަން ޓަޗް އެން ފެއިލްޑް...

  22. އެޓްނައިޓް

    ދީބާޖާ އަށް ބަދަލު ދޭން ކުރި ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާ މާދަމާ ފަށަނީ ނަމަ މިއިން އެގިގެންދާ އެއްޗަކީ މީ ދައުލަތުގެ ޚަޒާނާއިން ފައިސާ ގަނޑެއް މަޅާލަން ވެގެން ބަޔަކު ހޯބޯ ނާރާއުޅޭ ކަމޭ ދީބާޖާ އަށް 500 މިިލިއަން ރުފިޔާ ނުދެވިގެން ރައީސް އޮފީހުގެ ބޮޑުން ތަކާއި އޭޖީގެ ބޮޑުން ތައް ދުވަނީއޭ އެކަަމަކު އައިޖީއެމްއެޗް ގެ އިމަރޖެންސީ ރޫމްގެ އޭސީ އެއް ނެހެދުނޭ 2 މަސްވީއިރު އޭސީ ސްޕްލިޓް ޓައިޕް އޭސީ ތަކަށް ބަދަލު ކުރާނެ ފައިސާ ވެސް ނެތީއޭ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީން ބުނަނީ ޝީ އޮންލީ ކަމްސް އައުޓް އެޓް ނައިޓް ލައިކް ވެމްޕަޔަރސް ޝީ އޮންލީ ކަމްސް އައުޓް އެޓް ނައިޓް ޝީ އޮންލީ ކަމްސް އަައުޓް އެޓް ނައިޓް...

  23. ކަމަނަ

    21 ވަނަ ޤަރުނަށް ލޯ ނުހުޅުވޭ، ސިޔާސީ ފިކުރާއި ދާތީ ތައަށްސުބު ފުރިފާވާ ހަސަދަވެރި ނޫސްވެރިޔަކު ފިތުނަ އުފެދުމަށް ލިޔެފައިވާ މުދުދާރު ލިޔުމެއް.

  24. ސީރިއަސްލީ

    ސަރުކާރުގެ ކުންފުނި ތަކުގެ ވޭޖް ބިލް އެބަޖެހޭ ކުޑަ ކުރަން ސްޕެޝަލީ ފެނަކައިގެ ވޭޖް ބިލް އެބަޖެހޭ ވަރަށް ބޮޑު ތަން ކުޑަ ކުރަން ހަގީގަތުގައި ފެނަކަ އަކީ އެއީ ދައުލަތަށް ވަރަށް ގެއްލުންވާ ކުންފުންނެކޭ އެކުންފުނި އުވާލުމަށް ޓަކައި އެބަޖެހޭ އަތޮޅުތެރޭގެ 45 ހާހުން ދަށުގެ ހުރިހާ އާބާދީ ތައް މާލެ ސަރަހައްަށް ބަދަލު ކުރަން އެއިރުން އެންމެންނަށް ވަޒީފާ ލިބޭނެއޭ ރިސޯރޓްސް ތަކުން ލިޓިލް ބިޓް ސީ ދިސް ޕްލޭން ދިސް އިޒް ދަ ބިޒްނެސް ޓު ބީ ޑަން ސޯ ޓޭކް އިޓް

  25. ހެކި

    ދިވެހިރާއްޖެއަކީ އިސްލާމީވެރިކަމއެއް ހިނގާ ޤައުމެއްނޫން.. ޑިމޮކްރަޓިކް ވެރިކަމެއް ހިނގާ ޤައުމެއް.. އޮޅުވާނުލައްވަވާ

    2
    2
  26. ސިންސް

    ދީބާޖާ އަށް ބަދަލު ދޭން ކުރި ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާ މާދަމާ ފަށަނީ ނަމަ މިހާރު ތިޔާ ފައިސާ ދޭން ފިނޭންސް މިނިސްޓްރީން އޮންނާނީ ދީބާޖާ އަށް ދޭން ޖެހޭ ޗެކް ލިޔެ ސޮއި ކޮށް މިނިސްޓަރުގެ މޭޒުގެ ވައްގަނޑުގައޭ މާދަމައިން މާދަމަ އަށް ހުކުމް ކުރާނެއޭ ދައުލަތުގެ މައްޗަށް ތިޔާ 500 މިލިއަން ރުފިޔާ 24 ގަޑިއިރު ތެރޭގައި ދީބާޖާ އަށް ސަރުކާރުން ދީ ނިންމަން އިޓްސް އޮރިޔާން ކޮރަޕްޝަން އޮރިޔާން ކޮރަޕްޝަން އޮރިޔާން ކޮރަޕްޝަން ސިންސް ޔޫ ކޭމް ޓު ޕަވަރ

  27. ދީނައްޓަކާ

    މީހަމަ ލާދީނީ ސަރުކާރެއް

  28. ޢަލީ

    އިއްތިފާޤެއްނޫން.. ހަމަ ރޭވުމެއް.

  29. މީނަ

    މާތް ﷲ ހުރިހާ މީހުންނަށް ހެޔޮވިސްނުން ދެއްވާށި......އާމީން!