2012 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ފުރަތަމަ ދުވަހުގެ ރޭގެ މެންމަދުގެ ވަގުތެއްގައި ވަރަށް އަނިޔާވެރިގޮތަކަށް މަރާލި އަފްރާޝިމް އަލީގެ މަރުގެ މައްސަލައާއި، 2017 ވަނަ އަހަރުގެ މާރޗް މަހުގެ 29 ވަނަ ދުވަހު ބަންގުލަދޭޝްގެ ރާޖްޝާހީގައި މަރާލި، ރައުދާ އާތިފްގެ މަރާއި ވަރަށް ބޮޑެތި ގުޅުންތަކެއް ހުރިކަމަށް އޭނާގެ ބައްޕަ، މުޙައްމަދު އާތިފް ވަނީ ބުނެފައެވެ.

މި މައްސަލަ އާއި ގުޅޭގޮތުން "ވަގުތު" އާއި ހިއްސާކޮށްފައިވާ ގިނަ ވާހަތަކެއްގެ ތެރެއިން އެ ވާހަކަވެސް އާތިފް ވަނީ ތިލަ ކޮށްފައެވެ. ހަމަ އެހެންމެ، ރައުދާ މަރާލުމުގެ އެއް ހަފްތާ ފަހުން، އިންޑިޔާގެ ޕަންޖާބު ޔުނިވާރސީޓީގައި ކިޔަވަން ހުރި ދިވެހި އެހެން ޒުވާނެއްވެސް ވަނީ މަރާލާފައި ކަމަށާއި، އެ މަރަކީވެސް ރައުދާގެ މަރާ ވަރަށް އެއްގޮތް މަރެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

"ރައުދާގެ ސުކޫލު ނިންމާފަ އޭނާ ފުރަތަމަ މަސައްކަތް ކުރީ ސެނަހިޔާގަ. ހަތްމަސް ވަންދެން މަސައްކަތް ކޮށްފަ ދެން އޭނަ ހިތްހަމަ ނުޖެހިގެން އެތަނަށް ނުދާންވެގެން އެ ވާހަކަ ދެއްކީ. ބުނީ ބައްޕާއޭ ތިމަންނަ އެތަނަށް ދާ ހިތެއް ނުވޭ. ބުނީމަ އަޅުގަނޑު އެހިން ކީއްވެގެންތޯ އެތަނަށް ދާ ހިތް ނުވަނީ. ބުނީމަ ބުނީ ތިމަންނަ އަށް އެނގޭ އަފްރާޝިމްގެ މަރުގެ ވަރަށް ގިނަ ކަންތައްތައް. ތިމަންނަ ބިރުގަނޭ. އަޅުގަނޑު އެހިން ކިޔައިދޭށޭ. ބުނީމަ ވެސް ބުނީ ނޫނެކޭ އިޓްސް ޑޭންޖަރަސް ފޯ ލައިފް އޭ. ދެން އަޅުގަނޑުމެން އޭނަ ބަދަލުކުރީ އައިޖީއެމްއެޗަށް. ތަކުރާރުކޮށް އޭނަ އާއި ސުވާލުކުރިން ކިޔައިދޭށޭ. ނަމަވެސް އޭނަ އަޅުގަނޑުމެންނަށް އެއިން އެއްވެސް ވާހަކަ އެއް ކިޔައެއް ނުދޭ. ނަމަވެސް އެހެން މީހަކާ އެވާހަކަތައް ހިއްސާކުރި ކަމެއް ނުވަތަ ނުކުރާ ކަމެއް ބުނާކަށް ނޭނގެ. ދެން އަޅުގަނޑު އޮންނާނެ މި އަލަށް އުފެއްދި ކޮމިޝަނާވެސް އެ ވާހަކަ ތައް ޙިއްސާ ކޮށްފަ. އަދި ރައުދާ މަރާލިތާ ހަފްތާއެއް ފަހުން ދިވެހި އެހެން ކުއްޖެއްވެސް ހަމަ ދަންޖައްސާފަ މާރާލީ. އެހެން ވީމަ މި ދަންޖައްސާފަ ހުރި ސްޓައިލަށް ބަލާއިރު، ހަމަ އެއްގޮތަކަށް އެއް ބަޔަކު އެކަން ކޮށްފަ މި އޮތީ." ރައުދާގެ ބައްޕަ ކިޔައިދިނެވެ.

މީގެ އިތުރުން، ރައުދާ މަރާލި ރޭގެ ދަންވަރު 2:08 ގައި އޭނާ މަރާލާނެ ކަމުގެ ނުސީދާ އިންޒާރާއި އެކު އޭނާގެ ފޯނަށް ޓުވީޓެއް ލިބިފައިވާ ކަމަށާއި، ބަންގުލަދޭޝްގައި ހިންގި ތަޙުޤީޤުގެ އަލީގައި އެ ޓުވީޓަކީ ރާއްޖެއިން ކޮށްފައިވާ ޓުވީޓެއްކަން އެނގިފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. ރައުދާގެ މަރުގެ މައްސަލަ ބަލަން ފެށީ ބަންގުލަދޭޝަންގައި އޭނާ ކިޔަވަން ހުރި ކޮލެޖް ކައިރީގައި ހުންނަ ޕޮލިސް ސްޓޭޝަނަކުންނެވެ. ނަމަވެސް އެމީހުންގެ ތަޙުޤީޤުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަމަށް، އެ މައްސަލަ ހުށަހެޅި އެ ޤައުމުގެ ކޯޓަކަށް ފާހަގަ ކުރެވޭތީ ފަހުން އެ މައްސަލަ ބަލަން ހަވާލުކުރީ ފުލުހުންގެ ސީއައިޑީ އާއެވެ.

"ސީއައިޑީ އާއި އެ މައްސަލަ ހަވާލުވެ ކުރިއަށްދާން ފެށިތާ ދެ ދުވަސް ފަހުން ގުޅާފަ ބުނީ ރައުދާގެ މަރާ ގުޅޭގޮތުން އެބަ އޮތޭ ޓުވީޓް މެސެޖް އެއް ކޮށްފަ. އެ މެސެޖަށްވެސް އޭނަ ރިޕްލައި ކޮށްފަ އޮތްވާހަކަ. އެކަމަކު މެސެޖް ކޮށްފަ އެ އޮންނަނީ އެދުވަހު ހަވީރު 4:08 ގަ. ދެން ކިހިނެއްހޭ އެ މެސެޖަށް ރިޕްލައި ކުރަނީ. އެހެން މީވަ އަޅުގަނޑު މެން ބުނީ ތީ ވާނެ ކަމެއް ނޫނޭ. ދެން ކޮމްޕިއުޓަރުން އެ ޓުވީޓުގެ އަސްލު އޮރިޖިލަން ފެނޭތޯ އަޅުގަނޑުމެން މި ބެލީ. ބެލި އިރު އޭގެ އަސްލު މެސެޖް އަޅުގަނޑުމެންނަށް ފެނުނު، އެ މެސެޖު ކޮށްފަ އިންނަނީ އެރޭ، ރައުދާ މާރާލި ދުވަހުގެ ރޭ 2:04 ގައި. އެހެންވީމަ އެމީހުން އެ ވަނީ މެސެޖްގެ ގަޑި އޮޅުވާލާފަ. ދެން އަޅުގަނޑުމެން ޕޮލިހުންނަށް ހުށަހެޅިން މި މެސެޖް އޮޅުވާލާފަ އޮތް ކަމަށް. އެ މެސެޖުގަ ބުނެފަ އޮންނަނީ އިންޑައިރެކްޓް ކޮށް، ރައުދާ މަރާލާނެ ވާހަކަ. ދެން އަޅުގަނޑުމެން ބެލި އިރު ފާހަގަވި އެއީ ދިވެއްސެއް ކޮށްފަ އޮތް މެސެޖެއްކަން. އެހެން ވީމަ އަޅުގަނޑުމެންނަށް އެނގުނު ދިވެހިންގެ ތެރޭގައިވެސް މި މައްސަލަ އާއި ގުޅުން ހުރި ބަޔަކު އުޅޭކަން." ރައުދާގެ ބައްޕަ ކިޔައިދިނެވެ.

ރައުދާ މަރާލުމުގެ ކުރިން އޭނާ މަރާލަން އުޅޭކަން ދިވެހިރާއްޖޭގައި ތިބި ބަޔަކަށް އެނގިފައިވާ ކަމަށާއި، އެކަން ތަޙުޤީޤުކޮށް ބެލުމަށް، ބަންގުލަދޭޝްގެ ސީއައިޑީގެ ޓީމެއް ރާއްޖެ އަންނަންވެސް ނިންމި ކަމަށް އޭނާގެ ބައްޕަ ބުނެފައިވެއެވެ. ނަމަވެސް ރާއްޖޭގެ ފުލުހުންގެ ފަރާތުން އެކަމަށް އެއްވެސް އެއްބާރުލުމެއް ލިބިފައިނުވާ ކަމަށާއި، އެންމެ ފަހުން އެ މައްސަލަ ބަލާ އިންވެސްޓިގޭޝަން ޓީމް ބަދަލުވެފައިވާން އަންގާފައިވާ ކަމަށްވެސް އޭނާގެ ބައްޕަ، މުޙައްމަދު އާޠިފް ބުންޏެވެ.

ރައުދާގެ މަރުގެ ހާދިސާއަށް ދެ އަހަރު ވެފައިވާއިރު، އޭނާގެ މަރުގެ ހަޤީޤަތް ހޯދުމަށްޓަކައި އޭނާގެ ބައްޕަ ވަނީ އެތައް މަސައްކަތް ތަކެއް ކޮށްފައެވެ. އެގޮތުން ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙު އެކުލަވާލައްވާފައިވާ، މަރުތަކުގެ ހަޤީޤަތް ބެލުމަށް އުފައްދާފައިވާ ކޮމިޝަނަށްވެސް މިހާރު ވަނީ އެ މަޢުލޫމާތު ޙިއްސާކޮށްފަ ކަމަށް އޭނާގެ ބައްޕަ ބުންޏެވެ. އަދި ރައުދާ މަރާލި ރޭ ކޮށްފައިވާ ޓުވީޓު ކޮށްފައިވަނީ ކާކުކަން ހޯދިއްޖެ ކަމަށާއި، އަދި އެ ކޮމިޝަންގެ ފަރާތުން އެމީހަކާއި ސުވާލުކޮށްފައިވާ ކަމުގެ މަޢުލޫމާތު ވެސް ލިބިފައިވާކަމަށް އޭނާ ވަނީ ބުނެފައެވެ. ހަމައެހެންމެ، މަރުތަކާއި ބެހޭ ކޮމިޝަނުން ކުރަމުން އައި ރައުދާގެ މަރުގެ ތަޙުޤީޤު މިހާރު ނިމިފައިވާ ކަމަށާއި، ނަމަވެސް ބަންގުލަދޭޝް ގައި ތިބި މިކަމާއި ގުޅޭގޮތުން ސުވާލުކުރަންޖެހޭ މީހުންނާއި ސުވާލުނުކޮށް މިކަން ރަނގަޅު ގޮތުގައި ތަޙުޤީޤު ކުރެވިދާނެ ކަމަށް ޤަބޫލު ނުކުރާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ރައުދާގެ މަރުގެ ހާދިސާއަށްފަހު، އޭނާގެ ބައްޕަ މުޙައްމަދު އާޠިފް ދިރިއުޅެމުން ދަނީ ބަންގުލަދޭޝް މީހަކާއި އިނދެގެން އެ ޤައުމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

 1. ގުއިދައިތަ

  މީ ބޯގޯހެއް!!

  27
  6
 2. ޕަންޖާބު ދަރިވަރު

  ތިވާހަކަތަކުގައި އެއްވެސް ހަގީގަތެއްނެތް. އިންޑިއާގަ މަރުވި މީހާ މަރުވީ އަމިއްލައަށް މަރުވާނެ ވާހަކަ ބުނެފަ.

  34
  7
 3. ޜަނާ

  މިމީހައަކީ މީހަމަ ޖެހޭ މީހެއް ހެނެއް ހިޔެއް ނުވޭދަރިއަށް އެހީނުވެ ދޫކޮއްލާފަ ގޮސްހުރި މީހެއްގެކައިރީގަ،މަންމަ ކައިރީ ގަ ނުދައްކާ ވާހަކަ ތަކެއް ދައްކަ ފާނެ ބާޔޭ ހިތަށް އަރަނީ އަދި އެންމެ ހެއްވާ ކަމަކީ ރައުދާގެ މަރާބެހޭގޮތުން ބަންގާ ޅަށް ގޮސް މަސް ދުވަސްނުވޭ އެތަނުން މީހަކާ އިދެފި

  53
  6
 4. ސަޓޯ

  އޯކޭ.. ރައުދާ ބައްޕަ ނަފްސާނީ ބަލީގެ ޑޮކްޓަރަކައް ދައްކާ ޕްލީޒް

  49
  3
  • ނީޝާ

   ކަލޯތިހެން ބުނީސްތަ ކަލޯގެ ދަރިޔަކު އާއިލާގެ މީހަކު މަރާލިނަމަ.މީހާތަނަށްވެސް ރާޖުޝާހީކޯޓުން ރައުދާގެ މަރުތަހުގީގުކުރަން ބަންގާޅުގެ އެންމެމަތީ އިންވެސްޓިގޭޝަން ޑިޕާޓްމަންޓު ޕީބީއައި އަށް މައްސަލަ ފޮނުވީ ރައުދާ މަރާލައިވައިވަކަން ނޭންގޭތީނޫން.ކޯޓުން އަމުރުކުރީ ތަހުގީގުކޮށް އެކަންކުރިބަޔަކު ހޯދަން

   19
   5
 5. ބަކީލް

  އާނ. މިކަމުގައި އޭނަގެ ބައްޕަ ކުރި މަސައްކަތުގެ ނަތީޖާވަނީ ފެނިފައި. އޭނަގެ ބައްޕަޔަކީ މިހާރު ބަންގާޅީ ބޭފުޅެއްގެ ފިރިކަލުން.

  54
  2
 6. އަހްމަދު

  ތިގޮތަށް ގުޅުވަންޏާ ހާދަ މީހުންނަކާ ގުޅުވޭނޭ އާތިފް ހެޔޮނުވާނެ ކޮންމެސް އެހެން ސްޓޯރީއެއް ޖައްސަބަލަ

  108
  16
 7. އައްޓަމަސް

  ރައުދާމަރާލިރޭ ކޮށްފައިވާޓުވީޓު ކޮށްފައިވަނީކާކުކަން ހޯދިއްޖެނަމަ ކީއްވެ އެމީހަކު ހައްޔަރުނުކުރަނީ؟!

  126
  7
 8. ހިދާ

  މީހަކު މަޝްހޫރު ވާން ހާދަ އުޅޭހެން ހީވެޔޭ. ހަހަހަހަ ހީހީ ހަލާކު

  69
  17
  • ނީޝާ

   ދަރިފުޅު މަރާލުމުން ބައްޕައަކު ނުކުމެ އިންސާފު ލިބޭތޯ ހިތްވަރާއެކު މަސައްކަތް ކުރަނީ މަށްހޫރުވާކަށް ނޫން.މިގައުމުގަ އެތަކެއްބަޔަކު އަނިޔާވެރިކޮށް މަރާލެވިއްޖެ.އެްމަރާ އަނެއްމަރުވަނީ ގުޅިފަ.ދަރިއަކަށް އިންސަފުހޯދަން ފުރާނަނުރއްކަލަށް ހުށަހަޅައިގެން ބަންގާޅުގަ 2 އަހަރުހޭދަކުރި.މިތަނުގަ ކޮމެނެޓުކުރާމީހުން ނަށް މީހެއްގެ މަރު ނުވަތަ މާރާލުންވެސް މަޖާކަމަކަށްވާހެން ހީވޭ

   32
   4
 9. Anonymous

  ތީ ހަގީގަތެއް ނަމަ މިހާދުވަސް ވައްދެން ތިވާހަކަ ނުދައްކާ ހުރުމުގެ ބޭނުމަކީ ކޮބާ.؟

  110
  9
 10. Anonymous

  މޮޔަ އަންހެންކުއްޖަކަށް އަފްރާޝީމުގެ މަރާ ބެހޭ އެކައްޗެއްވެސް ނޭންގޭނެ

  17
  28
 11. މާހިރު

  ތިކަންނަމާ ހަސަނފަރީދުގެ މަރާވެސް ގުޅުމެއް އޮވެދާނެ އަދިވެސް ބަލަންވީ ތި ކޮމިޝަނުން

  24
  2
 12. ާނަނާ

  ޜައުދާ ބުންޏޭ ކިޔަކިޔައިގެން އެކުއްޖާގެ މަސް ކެވޭތޯ ބަލާ ބައްޕައެއްތާ. ސިޔާސީވިޔަސް ބޮޑުވަރެއްދޯ

  19
  6
 13. ޢަފްލާ

  ރައުދާ މަރުވިރޭ ޕްރެގްނެންސީ ޓެސްޓެއް ހެއްދި ކަމައްވޭ އަދު ޕޮޒިޓިވް ކަމައްވެސް ވޭ މިކޮޅުގަ ހުރި ލޮބިވެރިޔާ އެބުނާ އެސްއެސްއެމް ކުރީ އޯޅުވާ ނުލާ

  21
  5
 14. ޢައިބާ

  މިބަރަކާތްތެރި މަހުގައި ތިއަށްވުރެ ބޮޑުދޮގެއް ހަދަން ކަލެއަށް ނޭގުނީތަ

  22
  3
 15. ހުސޭނުބޭ

  މަ ކުރި ތަޙްޤީޤުން ދޭހަވީ ރައުދާގެ މަރާ ޖޯން އޮފް ކެނެޑީގެ މަރާ ވަރަށް ބޮޑު ގުޅުމެއްވާކަން! އެކަމަކު މަށެއް އެ ނުކިޔާދޭނަން!

  18
  4
 16. މޯދި

  މިކަހަލަ ވާހަކަ ދައްކަންވާނީ ސީދާ ހެއްކާއެކު..... އެހެން ނޫނީ ބައެއްގެ މައްޗައް ވަރަށް ގޯސް އިލްޒާމެއް އެޅުވިދާނެ..... މުޅު ވާހަކައަށް ބަރޯސާ ވާއިރުވެސް އެއް އޮއްޓަރެއް ނެތް ވާހަކަ ހުޜީ .

  51
  3
 17. ނޭނގޭ މީޙާ

  ރައުދާގެ ބައްޕަ އާތިފް މިއަހަރު އޮތް ރައްޔިތުންގެ މަޖްލިސް އިންތިޚާބުގައި މާފަންނު ދެކުނު ދާއިރާއަށް ކުރިމަތިލިއެވެ. ވީމާ ބަނގްލާދޭޝްގައި ދިރިއުޅޭ ވާހަކަ ގަބޫލުކުރަން ދަތިއެވެ.

  30
  9
  • އަލީ

   އަންނިވެސް ރާއްޖޭންބޭރުގަ އެތަކެއްދުވަހު ހުނެވި އެކަމަކު މައްޗަންގޮޅީ މެދުދާއިރާއަށް ކުރިމަތިލެއްވި.

   15
 18. އަހްމަދު

  ތިޔަވާހަކަތަކަށްބަލާނަމަ ރައުދާގެބައްޕަގެ ރޯލެއްނެތްބާއޭވެސް އެބަހިތައްއަރައި

  33
  5
 19. ޖސސި

  ފާލު ބަލާފަ އެކަން ކުރި މީހަކު ހޯދާ...

  11
  16
 20. ޒަމާން

  އެމަންޖެ މެރީ އެމަންޖެ ބަފައެއް ނޫންބާ، ގައިމު އެމަންޖެ އެކަނި ގިނިކަންޏާ ބަންގާޅަށް ދޫކޮށްލާފަ ބެހެއްޓީ ކާކު... ދިވެހި ސަރުކާރަކުން ނޫން.. ހަމަ އެމަންޖެ ބަފާ ދޯ އަޅާނުލާހުރީ.. މަހުރަމެއް ބޭނުންވަނީ އެހެންވެ އަންހެނުން ދަތުރުގޮސް ތަންތަނަށް ނުކުމެ އުޅޭއިރު

  21
  12
 21. ގޮލާ

  އެ ގުޅުމަކީ “ދެމީހުންވެސް ވީ މަރު”...

  11
  3
 22. އައްޔު

  ތަހުޤީޤީ ނަޒަރަކުން ބަލާކަމަށްވަންޏާ ޤަބޫލުކުރަންދަތި ސެނެހިޔާގައި މަސައްކަތްކުރުމަކީ އަލްމަރުހޫމް އަފްރާޝީމްގެ މަރުގެ ހަޤީޤަތް އެގެންޖެހޭނެ ކަމެއްވެސް ނޫން ސަބަބަކީ އެއްވެސް އިރެއްގައި އަލްމަރުހޫމް އަފްރާޝީމްގެ ހަށިގަންޑުވެސް ނުވަތަ އެއްވެސް ޓެސްޓެއްވިޔަސް އެހޮސްޕިޓަލުން ކޮށްފައިނުވާތީ... ރައުދާގެ ބައްޕަގެ ނަޒަރިއްޔާތުން ބަލާކަމަށްވާނަމަ އެބަޖެހޭ ބަލަން އޭޑީކޭގައި މަސައްކަތްކުރާ އެއްވެސް ކުއްޖަކު ރައުދާގެ މަރާއި އެއްގޮތް މަރުވެފައިވޭތޯ؟ އެންމެ ރަނގަޅަށް މައުލޫމާތު އެނގެންޏާ އެނގޭނެ އެއްބަޔަކަށް އެރޭގައި ޑިއުޓީގައި ތިބި ނަރުހުންނާއި ޑޮކްޓަރުން އަދި ފުލުހުން ވާނެ ނޫންތޯ؟ ތަންތަނުން މައްސަލަތަށް ނުގުޅުވިޔަސް މިސަރުކާރުން ބަލާނެ ކަމަށް ބުނެފައި އެވަނީ

  10
  2
 23. ޯހޫނު

  ޜަގަޅު ކޮނުނު ވަރަކަށް ފަސް އަރާނެ

  4
  1
 24. ޢަބްދުﷲ

  މި ލިޔުމަށް ކޮމެންޓް ކޮށްފައި ހުރީ ގިނަ މާރާ މާރީގައި އުޅޭ ނުވަތަ އެކަމަށް ސަޕޯޓް ކުރާ މީހުން... މީ ވަރަށް ވާހަކަ....

  3
  1
 25. ބޮއިކަޓް ޢަލީ

  ހުރީ ހަމަ އެކަނި މަރުވިކަމުގެ ގުޅުން