ސައުދީ އަރަބިއާގެ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒްގެ ދަރިކަލުން ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ސައުދީގެ ވެރިކަމުގެ ބާރުތަކާއި ހަވާލުވުމަށް ފަހު ސައުދީއަށް ހުޅަނގުގެ ގައުމުތައް ރުއްސަން އިސްލާމް ދީނާއި ހިލާފު އަގީދާތަކާއި ދީނުގައި ނަހީކުރައްވާފައިވާ ކަންތައްތައް ދަނީ ސައުދީއަށް ތައާރަފް ކުރަމުންނެވެ.

އެގޮތުން 41 ދުވަހަށް ދިގު ދެމިގެންދާ ބޮޑު މިއުޒިކް ފެސްޓިވަލެއް ޖިއްދާގައި މިމަހު 18 ވަނަ ދުވަހު ވަނީ ފަށާފައެވެ. ބައެއް މީހުން މިއީ ފަހު ޒަމާނުގެ އަލާމަތެއް ކަމަށް ބުނާ އިރު މި ފެސްޓިވަލުގައި ހުޅަނގުގެ ނަންކިޔާ ގިނަ ފަންނާނުން ދަނީ ލަވަ ހުށައަޅަމުންނެވެ.

ޖިިއްދާގައި ކުރިއަށްދާ މިއުޒިކް ފެސްޓިވަލުގެ ތެރެއިން

މިއިން ޒަމާނަކުން ވެސް ސައުދީގައި ނުހިގާ ވަރުގެ ދީނާ ހިލާފު ކަންކަން އާންމު މިއުޒިކް ފެސްޓިވަލުތަކުގައި އެއްވެ ދެ ޖިންސު މައްސުނިވެގެން ދަނީ ނަށަމުންނެވެ.

މި މިއުޒިކް ފެސްޓިވަލުތަކުގައި ބައިވެރިވި ޒުވާނުން ބުނާގޮތުގައި މިއީ އަދި ފެށުމެއް ކަމަށާއި މި ކަހަލަ ބަދަލުތައް ކުރިއަށް އޮތް ތަނުގައި ސައުދީއަށް އަންނާތީ އުފާވާ ކަމަށެވެ.

ޖިިއްދާގައި ކުރިއަށްދާ މިއުޒިކް ފެސްޓިވަލުގެ ތެރެއިން

"ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ސައުދީގެ ވެރިކަމާއި ހަވާލުވި ފަހުން އަހަރުމެން ޒުވާނުންނަށް ވަރަށް ގިނަ ކަންކަން ކޮށްދީފި އަދި ދަނީ ކޮށްދެމުން " އުމުރުން 18 އަހަރުގެ އަލީ ބުންޏެވެ.

މުސްލިމުންގެ އެންމެ މުގައްދަސް އެއް ބިނާ ކަމުގައިވާ ކައުބަތުﷲ ގެފުޅު އެބިމެއްގައި ހުންނަ ސައުދީ އަރަބިއްޔާގައި އެގައުމުގެ ގާނޫނުތަކާއި އެއްގޮތަށް ނައިޓު ކުލަބެއް ހުޅުވަން ވެސް ސައުދީން ދަނީ ތައްޔާރު ވަމުންނެވެ.

ހުޅަނގުގެ ދީނާއި ހިލާފު ފަލްސަފާތައް ސައުދީއަށް ތާއާރަފްކޮށް އޭގެ އަވައިގައި ސައުދީގެ ޒުވާނުން ނުހަނު ބާރު މިނެއްގައި ޖެހެމުން ދާއިރު މި ބަދަލުތައް ސައުދީއަށް ގެނައުމުގައި ސައުދީއާއި ހުޅަނގުގެ ނުބައި އެޖެންޑާއެއް އޮންނާނެ ކަމާމެދު ޝައްކެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. އަޙްމަދު

    ސަޢުދީވެސް ހަލާކުވީ. ކީތްކުރާނީ ދޯ??

    118
    6
  2. ސީސޫ

    މިޔަދު މުންކާރަ ތަކަކާ މަޖާތަށް ކުރޭ..ފަސްގަނޑު އަޑިޔަށް ލެވޭ ހިސާބުން ކުރޭވެނެ އެއްކަމެއްވެސް ނޯންނާނެ..މަރުވެދާނެ މާދަމަގައިމެ ދޫކޮއްފަ ލޯއިބަުފާ.
    ކައްވަޅުގެ އަޖާބުން ސަލާމައިވެ އަހުންނާ އުހުތުން..އެންމެ މާތް ބިމަށް އުފަން ކުރުވިތީ ޝުކުރު ކޮށް ހެޔޮ އަމަލުތަށް ކުރުމަގަ ދެމިތިބޭ..ދުނިޔެވީ އުފަލަށް އާހިރަށް ވިއްކަނުލާ..އެދުވަހުން ކިންގް ސާމަނެއްވެސް މުހަންމަދެއް ވެސް ތިބޭފުޅުން ގެ ހިމާޔަތަކު ނުތިބެވޭނޭ ނުވެސް ތިބެވޭނެ.ދުނިޔެގަ ހެޔޮއަމަލު ކުރުން މާތި ތިބޭ..އަޅުގަނޑު ގެ ދޫވަޔަކި ހުރީހަ މުސްލިމުންނަށް ހެޔޮގޮތް މިންވަރު ކުރެއްވުން.

    126
    6
  3. ޅަބޭ

    މަވެސް ވަރައް އަވަހައް މައްކާގަ ބާއްވާ ޑީޖޭއަކައް ފުރާނައް. މިހާރު ބެންކޮކު މާފޫހި. ސައޫދީގެ މައްކާ، މަދީނާ، ޖިއްދާ މާސަޅި. މާސަޅި ބިޓުންވެސް އުޅޭ.

    17
    165
  4. ހޫ

    މަވެސް ބޭނުމީ ސައުދީ ފިރިހެން ސޮރެއް. ވަރަށް ރީތި ބިޓުން އުޅޭ.

    16
    89
  5. މަ

    ސުބުހާނަﷲ

    95
    10
  6. Anonymous

    ވަރައް ރަނގަޅު ލިޔުމެއް މިއީ. ލާދީނީ ކަންކަން ފަތުރަމުންދަނީ އާލް ސަލޫލުގެ ވެރިނަ

    66
    7
    • މޮޔައެނޮނިމަސް

      ކަލޭ ދެން ނުދާނަން

      14
      17
  7. ވާ ނުވާ

    ސައުދީ މިއީ މާތް ތަނެއް ނޫން. މާތް ވަނީ މައްކާ މަދީނާ. ސައުދީ އޭ ކިޔައިގެން އަލަށް ޤައުމެއް އުފެދުނީ ވެސް މާ ފަހުން. މިތަނުގެ ވެރިކަން ފެށުނު އިރުވެސް ދީނޭ ކިޔައިގެން ހަރުކަށި ޤަވާއިދު ތަކެއް ގެންގުޅޭ ތަނެއް މީ. އެއީ ކޮންމެހެން ދީނާއިގެން އުޅޭތީކީ ނޫން.. ފުރަތަމަ މިތާނގެ ވެރިކަން ކުރީވެސް ޔޫރަޕާ ގުޅުން އޮންނަ ވައްހާބީންނޭ ކިޔާ ހަރުކަށި ޖަމާއަތެއް. ސައުދީގެ ކަންތައްތައް ހައްދުފަހަނަ އަޅައި ގޮސް އެމީހުންގެ ހަޤީޤީ ކުލަ ފެންނަން އެފެށީ ދާދި އިހަކަށް ދުވަހު.

    44
    13
    • ޖޮއްބެ

      ބަލަ މޮޔަޔާ ސަޢޫދީ ޢަރަބިޔާ ކިޔާގައުމުގައި އޮންނަނީ މައްކާވެސް މަދީނާވެސް ޖިއްދާވެސް. މިއިން ކޮންމެ ތަނެއްގައިވެސް މިފަދަ ދީނާޚިލާފު ކަންކަން ތަޢާރަފް ކޮށްފިނަމަ އެހެން ސަރަޙައްދު ތަކަށްވެސް އެކަންކަން އިސާހިތަކު ފެތުރިގެން ދިޔުމުގެ ފުރުޞަތު އެބައޮތް.

      43
      5
  8. ލަކީ

    ޙެހެހެ ..އަހަރެމެން ލާދީނީ ކިޔަން ފަށަނީ އިންތިހާބު ތައް
    ކާރިވީމަ ޔަގީނުންވެސް ސައުދީ އަކު އިންތިހާބެއް ނޯންނާނެ ޒުވާނުން އުފާވާ ކަން އެބަ އެނގޭ ދެންހަމަ ކުރިޔަށް ގެންދަންވީ ގައުމް ބިނާކުރަން ތިބިބަޔަކީ ޒުވާނުން
    ޢެހެންވީމަ ރަންގަޅުވާނެ ބައްލަވާ ޔާމީނުގެ ވެރިކަމުގާވެސް
    ޢަބަދު ކިޔަނީ ޒުވާނުން ޒުވާނުން ވެޑިން ޕާޓީތަކާ ޑީޖޭ
    ތަކާ ވެސް ބުރިޖް މަތީގަވެސް ބޭއްވި އެވާހަކަ ތިބޭފުޅުން
    ދެއްކިތަ ލާދީނޭ ކިޔާފަ

    10
    41
  9. ޔސރ

    ދޮގު ހަބަރު

    4
    29
  10. ފައްކަން

    އަހަރެން އަޖައިބުވެ އަންތަރީސް ވަނީ މިލިޔުން ލިޔުނު މީހާ ސައުދީއައް އަންނަ ބަދަލުތައް މުޅީންވެސް ހުޅަނގުގެ އެޖެންޑާއެއްކަމައް ސިފަކުރާތީ.. ބަލަގަ މިއީ ހުޅަނގާ ގުޅޭއެއްވެސް ކަމެއް ނޫން.. މިއީ ސައުދީގެ ވެރީން އެމީހުންގެ ލައިފްސޫޓައިލް ގައުމައް ގެންނަނީ.. އެއީ ހުޅަނގުން ކުރާކަމެއް ނޫން..

    11
    43
  11. އަލިބެ

    ޔާﷲ އިބް އިލާހުގެ މާތްދީން ހިމާޔަތްކުރމުގެ އެންމެ އިސްސަފުގައި ތިބި ދެޙަރަމުގެ ޚާދުމުންނަށް ހެޔޮވިސްނުން ދެއްވައި މާތް އިސްލާމްދީން ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ވިސްނުމާއި ބާރާއި ކުޅަދާނަކަން ދެއްވައި ހުޅަނގުގެ އަދުއްވުންގެ ކިބައިން މައްކާ މަދީނާ އާއި ގުދުސް އަދި މުސްލިމު ބިންތައް ސަލާމާތްކުރައްވާންދޭވެ.

    43
    2
  12. ނުރަބޯ

    އިންސާނުންގެ ތެރޭގައި ޝައިޠާނުން ތިބޭކަން މިކަމުން ވެސް އެނގިގެން ދަނީ. މިއީ ހިތާމަހުރި ކަމެއް.

    41
    4
  13. ރާއްޖެ

    ވަކި ރާއްޖެގަ މިވާހަކަ ލިޔުމުގެ ބޭނުމެެއް ނެތް. މިވެސް މުސްލިމުން އެވެސް މުސްލިމުން. ތަފާތަކީ އެ މީހުންގެ އަތުގަ ރުފިޔާ ހުރީމަ. އަލްހަމްދުލިއްލާހް ރާއްޖެ އަށް އެފޯރޑް ނުކުރެވޭކަން ތި ވަހުޝީ ލަވަކިޔާމީހުން.

    22
    2
  14. ހ

    ވަރަށް ހިތާމަ ހުރި.... ކާފަރުން ރުއްސަން ކުރާ ވަރަށް ނޭދެވޭ، ނުބައި ނުލަފާ އަމަލްތަކެއް. ޔާﷲ. އިބަ އިލާހުގެ މާތްދީން ހިމާޔަތްކުރުމުގެ އެންމެ އިސްސަފުގައި ތިބި ދެޙަރަމުގެ ޚާދުމުންނަށް ހެޔޮވިސްނުން ދެއްވައި މާތް އިސްލާމްދީން ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ވިސްނުމާއި ބާރާއި ކުޅަދާނަކަން ދެއްވައި ހުޅަނގުގެ އަދުއްވުންގެ ކިބައިން މައްކާ މަދީނާ އާއި ގުދުސް އަދި މުސްލިމު ބިންތައް ސަލާމާތްކުރައްވާންދޭވެ. އާމީން

    18
    1
  15. ޖަހުލު

    ކަލޭމެން ޖާހިލު މުއްލާއިންތައް ވަރަށް ހިތްދަތިވެއްޖެތާ

    4
    15
  16. ބަނީ

    ޔާﷲ. އިންސާނުން އުފާ ކޮށްފަ ،މަޖާ ކުރަނީ. ޙުރި ހިތާމަ އެށްގެ ބޮޑު ކަމާ އެވެ.

    11