މުސްލިމުންގެ ހިތުގައި އެންމެ ބޮޑު ގަދަރަކާއި ލޯތްބެއް ދެވިފައި އޮންނަނީ އިސްލާމްދީނަށެވެ. ﷲ سبحانه و تعالى އަށެވެ. އަދި އެކަލާންގެ ރަސޫލާ މުޙައްމަދު صلّى اللّـه عليه وسلّم އަށެވެ. ނަމަވެސް އިސްލާމްދީނަށާއި ކީރިތި ރަސޫލާ މުޙައްމަދު صلّى اللّـه عليه وسلّم އަށް ފުރައްސާރަކުރާ ބަޔަކު ތަކުރާރުކޮށް އެކަން ކުރަމުން ގެންދިއުމުގެ ނަތީޖާއެއްގެ ގޮތުން އިސްލާމީ މި ދިވެހި ގައުމުގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވެ، ވަރަށް ނާޒުކުފައްތަރަކަށް ގައުމުގެ ހާލަތު މިވަނީ އައިސްފައެވެ.

ސިއްރުން ދިވެހިންގެ ބަޔަކު އިސްލާމްދީނާއި ދެކޮޅަށް ދައްކަމުން ގެންދިޔަ ވާހަކަތައް އާއްމުވެ، އެމީހުން ފާޅުގައި އެމީހުންގެ މީސް މީޑިއާ އެކައުންޓްތަކުން އިސްލާމްދީނަށް ފުރައްސާރަކޮށް ހަދަމުން ގޮސް އެންމެ ފަހުން "ޤާނޫނީ ހައިސިއްޔަތު" އޮތް ޖަމިއްޔާއަކުން މިވަނީ ވަރަށް ފާޅުކަން ބޮޑުގޮތެއްގައި އިސްލާމްދީނަށާއި ކީރިތި ރަސޫލާ މުޙައްމަދު صلّى اللّـه عليه وسلّم އަށާއި އިސްލާމީ އިލްމު ފެތުރުމުގެ ބުރަ މަސްއޫލިއްޔަތު އުފުލަމުން ގެންދާ އިލްމުވެރިންނަށް ފާޑުކިޔާ، ފުރައްސާރަކޮށް، ދޮގު އިލްޒާމްތަކެއް އަޅުވާފައެވެ.

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމްދީނަށް ފުރައްސާރަކުރި މައްސަލަ ފެންމަތިވެ ފާޑުކިޔުން އަމާޒުވުމުން މަޢާފަށް އެދުނު ނަމަވެސް އެޖަމިއްޔާ އިން ނެރުނު ބަޔާނުގައި ބައެއް ކަންކަން އެންމެ ރަނގަޅަށް ރިޕޯޓް ނެތް ކަމަށް ގަބޫލުކުރާ ކަމަށް ބުނި ނަމަވެސް ދެން ބުނެފައި އޮތީ ރިޕޯޓްގައި ހުރި ކަންކަން އިލްމުވެރިޔަކުގެ އެހީ ހޯދައިގެން އިސްލާހުކޮށް އަލުން ނެރޭނެ ކަމަށެވެ.

ބަހުރުވަ ގެނެވިފައި އޮތީ އޮޅޭ ގޮތަކަށް ކަމަށް ބުނެ، ދިފާޢުވާން އެމްޑީއެން އިން މަސައްކަތް ކުރާއިރު ރިޕޯޓް ބަލާލުމުން ޔަގީންވެ ކަށަވަރުވާ ކަމަކީ އެއީ ބަސް ތަރުޖަމާ ކުރުމުގައި، ނުވަތަ އިބާރާތްތައް ގެނައުމުގައި އަޅާފައި އޮތް އޮޅުމެއް ނޫންކަމެވެ. މުޅި ރިޕޯޓްގައި މަސައްކަތް ކޮށްފައި އޮތީ އިސްލާމްދީނުގައި ހުރި ވާހަކަތަކާއި ރަސޫލާ މުޙައްމަދު صلّى اللّـه عليه وسلّم ގެ ހަދީޘްތަކަކީ ހައްދުފަހަނައެޅުމަށް ހިތްވަރުދޭ ކަންކަން ކަން ވިސްނައިދިނުމަށެވެ. އެމްޑީއެން އިން ކުރި ދިރާސާއެއްގެ މައްޗަށް ތައްޔާރުކުރި ރިޕޯޓެއް ކަމަށް ބުނާއިރު ދިރާސާގައި ކުރި ސުވާލުތަކުން ފެށިގެން ރިޕޯޓްގެ ކޮންމެ ބަހަކާއި، ކޮންމެ ޖުމްލައެއްގައި އޮތީ އިސްލާމްދީނަށް ކޮށްފައި އޮތް "ފުރައްސާރައެވެ." އެއީ އޮޅުމެއް ނޫނެވެ. ގަސްދުގައި ހިންގާފައި އޮތް ޖަރީމާއެކެވެ.

މިވާހަކަ އަދި މިހާހިސާބުން ނިންމާލެވޭކަށް ނެތެވެ. އިސްލާމްދީނަށް އަދި ކީރިތި ރަސޫލާ މުޙައްމަދު صلّى اللّـه عليه وسلّم އަށް ފުރައްސާރަ ކުރުމަކީ އެކަމުގެ ސަބަބުން ވަރަށް ބޮޑެތި ނުރައްކާތަކެއް އުފެދިގެން ހިނގައިދާނެ ކަމެކެވެ. ދުނިޔޭގެ ތާރީޚް ދައްކާފައި އޮތީ މިހަޤީޤަތެވެ.

ރަސޫލާ މުޙައްމަދު صلّى اللّـه عليه وسلّم އަށް ނިސްބަތްކޮށް ފްރާންސްގެ މަޖައްލާއަކުން ކާޓޫން ކުރެހުމުން ދެން ކަންތައް ވެގެންދިޔަ ގޮތް ވެސް ހަނދާނަށް ގެންނަން އެބަޖެހެއެވެ. ޑެންމާކްގައި ރަސޫލާ މުޙައްމަދު صلّى اللّـه عليه وسلّم އަށް ނިސްބަތްކޮށް ކާޓޫން ކުރަހަން އުޅުމުން ކަންތައް ވެގެން ދިޔަގޮތާއި އިސްލާމްދީނަށް ފުރައްސާރަކޮށް ފިލްމެއް ހަދަން މަސައްކަތް ކުރުމުން ދެން ކަންތައް ވެގެން ދިޔަ ގޮތް ވެސް ހަނދާން ގެންނަން އެބަޖެހެއެވެ.

އެއިން ކޮންމެ ހާދިސާއަކުން ވެސް އެނގިގެން ދިޔައީ އިސްލާމްދީނަށް ފުރައްސާރަކޮށް، ހުތުރު ބަހުން ފުރައްސާރަ ކުރަމުން ގެންދާނަމަ ހާލަތު ވަރަށް ގޯސްވެދާނެ ކަމެވެ. އެކަމުގެ ސަބަބުން މުޅި ދުނިޔޭގައި ކުރި މުޒާހަރާތައް ފަދަ މުޒާހަރާތަކެއް ކުރިއަށް އޮތްތަނުގައި ރާއްޖޭގައި ހިނގާ އެފަދަ ލޭއޮހޮރުވުންތަކެއް ފެށިގެން ދިއުމަކީ އަޅުގަނޑުމެން އެއްވެސް މީހަކު ބޭނުންވާނެ ކަމެއް ނޫނެވެ.

ނަމަވެސް ސިލްސިލާކޮށް، އިސްލާމްދީނާއި ދެކޮޅަށް ބަޔަކު ކުރަމުން މިގެންދާ ކަންކަން ތަހްޤީޤު ކުރުމުގައި ރަސްމީ އިދާރާތަކުން ފަހަތައް ބުރަވުމުގެ ނަތީޖާ އަކީ އިތުރު ހަމަނުޖެހުންތަކަކަށް މަގުފަހިވެގެން ދިއުމެވެ. އެމްޑީއެންގެ މައްސަލަ ތަޙްޤީޤު ކުރުމަށް ފުލުހުން އިސްކަމެއް ނުދޭނެކަން މިހާރުވެސް މިއޮތީ އެނގިފައެވެ. ނަމަވެސް އެއީ ގޯހެކެވެ. ވަރަށް ބޮޑު ގޯހެކެވެ.

ފުލުހުން އެގޯސް ތަކުރާރުކުރަމުން ގެންދާނަމަ، އަދި އެގޯހަށް ފުލުހުންނާއި މެދު ސަރުކާރުން ފިޔަވަޅެއް ނާޅާނަމަ ގައުމުގައި ހުޅުރޯވެ، ހަނދާނުން ފިލައިގެން ނުދާނެ ހަމަނުޖެހުންތަކެއް އުފެދިދާނެއެވެ. އެފަދަ ކަމަކަށް ޖާގަ ދެއްވަން ސަރުކާރުން ބޭނުން ނުވާނަމަ އަވަސް ހަލުވި ފިޔަވަޅުތަކެއް އަޅުއްވައި ދެއްވާށެވެ.

އިސްލާމްދީނަށް ފުރައްސާރަކުރާ މަދުބައެއްގެ ތާއީދާއި، އެމީހުންނަށް އެހީވާ ބޭރުގެ ޖަމާޢަތްތަކުގެ މަދު ހޯދަން ސަރުކާރުން އަޅާ ފިޔަވަޅުތަކެއްގެ އަސަރު މުޅި ދިވެހި ގައުމަށްކޮށް، މުޅި ގައުމުގެ ދުވަސް ހިނގައްޖެނަމަ އެކަމުގެ ޒިންމާ ސަރުކާރުގެ ވެރިން އުފުއްލަވަން ޖެހޭނެއެވެ. އިސްލާމްްދީނަށް ފުރައްސާރަކުރާ މަދުބައެއް ހިމާޔަތްކުރަން މަސައްކަތް ކުރުމަކީ ސިޔާސީ ގޮތުން ވެސް ސަރުކާރަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ.

ރާއްޖޭގެ ފެންނަން އޮތް ކައިރި މާޒީގައި ވެސް އިސްލާމްދީނަށް ފުރައްސާރަކުރާ ފަރާތްތަކަށް ސަރުކާރުން އެއްބާރުލުންދީ، ސަރުކާރުގެ ވާހަކަތައް އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންނަށް ވާގިވެރިވާ ގޮތައް ހުރުމުން ދެން ކަންތައް ވެގެން ދިޔަގޮތް އަޅުގަނޑުމެންނަށް ފެނުނެވެ. އެދުވަސް ދެން ތަކުރާރު ކުރަން ބޭނުން ނުވާނަމަ އިސްލާމްދީން ދިފާޢު ކުރަން މިހާރަށް ވުރެ މާހަރުދަނާ މަސައްކަތްތަކެއް ސަރުކާރުން ކުރަން އެބަޖެހެއެވެ.

މިސަރުކާރުން ވެސް އިސްލާމްދީނާއ ދެކޮޅު ކަމަކަށް ހިތްވަރު ނުދޭނެ ކަމަށް ސަރުކާރުގެ ވެރިން ވިދާޅުވާއިރު އަމަލުން އެކަން ދައްކަވަން އެބަޖެހެއެވެ. އެހެންނޫންނަމަ ކުރިއަށް އޮތީ ވަރަށް އަނދިރި ދުވަސްތަކަކަށް ވެދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

51 ކޮމެންޓް

 1. ޑެއިލް

  ކަލޭ މެން ބޭނުންވާގޮތަށް ތަރުޖަ މާކޮށްދޭނެ އިލްމުވެރިޔަކު ހުންނާނެ. ޢެއީ ސޭކު ހުސައިން ރަޝީދު.

  174
  6
  • ބޭބެ

   އަޅުގަނޑުމެން ދިވެހި މުސްލުމު ލޮބޮވެތި ރައްޔިތުން ނުވަތަ އިސްލާމްދީނަށް ލޯބިކުރާ އަދި އެދީނުގައި އަންގަވާފައިވާ މަގުން ކަންތައްކުރަން ބޭނުންވާ ހުރިހާ ކުދިބޮޑު ހުރިހާ ރައްޔިތުން އެބަޖެހޭ ހަމަ ވަގުތުކޮޅަކަށް ނަމަވެސް ފުންކޮށް ވިސްނަން! މިލޮބުވެތު ފަސްގަނޑުގައި ތިބެން ބޭރުގެ އެކިއެކި ފަރާތްތަކުގެ އެހީ ހޯދައިގެން އަދި އެމީހުންގެ ހިމާޔަތާއި ރައްކާތެރިކަންވެސް ލިބޭނެކަނުގެ ޔަގީންކަން ހޯދައިގެން ތިބި މިރާއްޖޭގެ މަދު ނަމަވެސް ބަޔަކު އިސްލާމްދީނާ ދިވެހި ގައުމާ ދެކޮޅަށް ހިންގަމުން މިގެންދާ ހަޑިމުޑުދާރު ޖަރީމާތައް ހުއްޓުވަން މަސައްކަތް ނުކޮށް އަދިވެސް ދެއަތް އުރާލައިގެން ދޫ ބަންދުކޮށްގެން ހަމަ ގޭގައި ތިބެންވީތޯ؟ ފާއިތުވެދިޔަ ތަނުގައި ދީނާ ދެކޮޅަށް ކަންތައްކުރި މީހުނާ ދޭތެރޭ ފިޔަވަޅެއް އެޅުނު ތަނެއް ނުފެނުނު! ކަމާ ގުޅުންހުރި އިދާރާއަކުން ބަޔާނެއް ކޮންމެވެސް އެއްޗެއް ބުނެލުން ފިޔަވާ އެއްވެސް ކަމެއްނުކުރޭ! ކުރިން ދެންނެވި މީހުނާ ގުޅިފައިވާ މިރާއްޖޭގެ ޖަމްޢިއްޔާއަކުން މިހާރު މިއޮރީ ވަރަށް ފާޅުކަން ބޮޑުގޮތަކަށް ދީނަށް ރަސޫލާއަށް ފުރައްސާރަކޮށްފަ! މިއީ އޮޅިގެން ކުރިކަމެއްނޫން! ހަމަ ގަސްތުގަ ކޮށްފައިވާކަމެއް! އެހެންކަމުން މިކަމާ ދެކޮޅަށް އިސްލާމްދީނުގެ ދިފާޢުގައި ވަކާލާތުކޮށް މުޅި ރާއްޖޭގެ ރައްޔިތުންގެ ޝުޢޫރު ފާޅުކުރުމަށްޓަކައި އެންމެން އެއްތަނަކަށް އެއްވެ ބޮޑުވެގެންވާ މުޒާހަރާއެއް ނުވަތަ ސުލްޙަވެރި އެއްވުމެއް ބާއްވަން އެބަޖެހޭ! މިކަން ރާވާ އިންތިޒާމުކުރަން ޖަމުޢިއްޔާ ޖަމާޢަތްތަކަށާ ދީނާ ސުލްޙަވެރިކަމަށާ ގައުމުގެ އުފަން މިފަސްގަނޑު ދެކެ ލޯބިވާ އެންމެހާ ރައްޔިތުންނަށް ގޮވާލަންޖެހޭ! މިކަން އިންތިޒާމްކޮށް ރާވަން ކޮންމެވެސް ބަޔަކު އިސްނަގާ ތެދުވަންވެއްޖެ! ދީނާ ގައުމުގެ ހާލަތު ރައްކާތެރިކުރަން ރައްޔިތުން ނިކުމެ ބަސްބުނެ އަޑުއުފުލަންޖެހޭ ސުލްޙަވެރިކަމާއެކު! ޑިމޮކްރަސީގެ ރިވެތި އުސޫލަކީވެސް އެއީ! މަޑުން ނުތިބެ އެކައްޗެއް ކިޔަންޖެހޭ ވަގުތު އަތުވެއްޖެ! ގައުމުގެ ދުލުން އެގޮވަމުންދަނީ! ދިވެހި ދިދައިގައި އެވާ ހަނދުފަޅި އޭގެ ޙާލަތުގެ ދުލުން އެގޮވަނީ ދީނަކީ އިސްލާމްދީނޭ! ދީން ދިފާއުކުރުމަކީ ހަމަ ކޮންމެ މުސްލިމެއްގެ ވާޖިބެއް!

   138
   2
 2. އައްޑޫ މީހާ

  މިކަން ފާޅުގަ ކުރަންވެގެން މިސަރުކާރުން ޓެރެރިޒަމްގެ ގާނޫނު އެގޮތައް ފާސްކުރީ މިބައިމީހުން ފާޅުގަ ދީނަށް ފުރައްސާރަކުރަން މުސްލިމުންގެ ލޭކެކިގެން އެއްޗެކޭބުނެ ނުވަތަ އެކަމާއި ދެކޮޅަށް އިހްތިޖާޖް ކުރުމުން ބޮޑެތި ޓެރެރިސްޓުންނަށް މުސްމިމުން ބަދަލުކޮށް ޖަލަށް ލެވޭނެ އިންތިޒާމް މިހާރު އެއޮތީ ތައްޔާރުކޮށްފަ ދެން މިގައުމުގެ މަތީ މަގާމުތަކުގަ ތިބި މީހުން މިކަން ކުއްވެރިއެއް ނުކުރާނެ މިމީހުންގެ ޓާގެޓަކީ މިގައުމުން އިސްލާމް ދީން ފުހެލުން އިސްލާމް ދީންދެކެ ލޯބިވާހުރިހާ މީހުން ޖަލަށްލާފަ މިގައުމުގަ ފާހިޝް ކަންތައްތައްކޮށް ފާޅުގަ އެހެން ދީންތަކަށް އުޅެވޭނެގޮތް ހަދަން މިހެން ތިބެގެން ވާކަށެއްނެތް ޖަލަށް ދާން ޖެހުނަސް މިކަމާ ދެކޮޅަށް އަޑު އުފުލަން އެބަޖެހޭ

  227
  5
  • Anonymous

   މާތްﷲގެ ކޯފާ އަންނާނީ ކޮން ވަގުތަކު ކަ މެއް ނޭގެ، އެހާވެސް ބިރުވެރި ވެއްޖެ.

   146
   2
  • ޒުހުރާ

   މިގައުމުގައި އޮތީ ލާދީނީ ސަރުކާރެއްކަން ދޭހަވި ސަބަބަކީ އިސްލާމިކް މިނިސްޓްރީއަކީ ސަރުކާރުން ވަކިޗެފައި އޮތް ވުޒާރާއެއްގެ ގޮތުގައި މަސައްކަތއ ކުރަމުން ދިއުމުން. ޕޮލިހުގެ މެންޑޭޓުގައި އިސްލާމދީނާ ޚިލާދު ކަންކަން ބަލާ ފިޔަވަޅު އެޅުމަކީ އަމިއްލައަށް އިސްނަގާ ކުރަންޖެހޭ ކަމެއްގެ ގޮތުގައި އޮއްވަ އެކަން ނުކުރީ މިނުބައި އަންހެނާއަށް އިސްލާމްދީނަށް ފުރައްސާރަ ކުރަން ފުރުސަތު ދިނުމުން.

   100
   1
  • މަޖޫދި

   ދިވެހިންނަށް ނޭނގި ތިބެ ހޯދި ހާލަތެއްނޫން މީ. އެނގިތިބެ 140 ހާސް މީހުން އިސްލާމް ދީނާ ދެކޮޅަށް ގެނައިވެރިކަމެއް މިތާ މިެޮތީ. ލާދީނީ އަދި ގައުމަށް ގައްދާރު ދިވެހިން ހިންދިއަށް ދޭން ފަހަށް ނުޖެހޭހާވެސް ނުބައި ނުލަފާ ބައެއްކަން އެނގި ތިޖޫރީގެ ދަޅައިގަ ދެލޯ ކަނުވެފަ ތިބެ ހޯދި ހަލާކެއް މިއީ.

   32
   1
 3. ޚާފޒ

  ޙުރިހައި މުސްލިމުން ގުޅިއެކަތިގަނޑަކަށްވާންވީ ވަގުތު ޖެހިއްޖެ.

  240
  5
 4. އިބްރާހީމް

  ވަރަށް ފުރިހަމަ ލިޔުމެއް

  82
 5. ާަޕޮގުބާ

  މިސަރުކާރަކީ އިސްލާ މްދީނަށް ފުރަށްސާރަކުރާ ސަރުކާރެއް ތިކަ މެއް ނުހުއްވޭނެ ﷲގެ ކޯފާ ނާނަނީހެއް

  68
 6. ސާލިހް

  ތިބޭފުޅުންބޭނުންވަނީތޯ 2013ގެ ކަންތަކައްވުރެބޮޑުކަންތައްގަޑެއްހިންގަން. މުސްލިމުންނާއި އިސްލާމްދީނާއިދެކޮޅުބައިގަނޑުގެ ތަފާތަކީ މުސްލިމުން މަރައްބިރުނުގަންނަކަން. ސިފައިންނާއިފުލުހެންނޭ މިގައުމު މިބައިގަޑުގެކިބައިންހިމާޔަތްކޮއްދެއްވާ. އަނިޔާލިބޭނީހަމަ ތިބޭފުޅުންނާއި އަޅުގަނޑުމެންގެ އާއިލާތަކައް.

  71
 7. ބަރުގޮނު

  ރިޔާސީ ކޮމިޝަނެއް ހަދައިގެން ނަމަވެސް މިރޭވުމުގެ އަޑި ހޯދަންޖެހޭ. ތަޙްޤީޤު ކުރަންޖެހޭ. ކޮމިޝަނުގެ ރައީސަކަށް ލާން ޖެހޭނީ ކަމާގުޅޭ ރިޕޯޓް މަޖްލިސްގެ ރައީސަށް ވެދުން ނުކުރާނެ ބޭފުޅެއް.

  50
  • Anonymous

   މިސަރުކާރުގެ ހުރިހާވެރިން ވެގެން ކުރުވާކަންތައް. ސޯލިހްއާ ނަޝީދު މުގުލުގަ ހުރީ. ސަޕޯޓިންގ އެމްސީ ހަމީދު.

   24
 8. Anonymous

  މ މިލާދީނީ ނެޓްވަރކްތަކުގައި އުޅޭ މީހުންނަށް ހީވަނީ ދިވެހިންނަކީ ތަންދޮރު ނުދަންނަ މޮޔަ ބައެއް ހެން. ކަލޭ މެންނަށް ހީވަނީ ހުޅަގުގެ ގައު މުތަކަކީ އިންސާނިއްޔަތުގެ ނަ މޫނާ އެއް ކަ މަށް ދޯ. އެހެންކަ މަށް ވާނަ މަ ފަލަސްތީނު ރައްޔިތުންގެ އަސާސީ ހައްގުތައް ލިބުނަނުދީ އެކަ މަށް އިޒްރޭލަށް ފިއްތުންތައް ކުރި މަތި ނުކުރަނީ ކީތްވެ؟ ޔަ މަން ހަގުރާ މައަށް އެ މެރިކާ އިނގިރޭސީން ފަރަންސޭސީން ހަތިޔާރު ވިއްކަނީ ކީތްވެ؟ އިރާގު ސީރިޔާ ހަގުރާ މަ ކޮންބައެއްގެ ސަބަބުން ހިނގި ކަ މެއް؟ މިހަނގުރާ މަތަކުގައި ކިތައް އިންސާނޫން މަރުވެއްޖެ؟ ކަޝް މީރު ރައްޔިތުން އެތިބީ އަޅުވެތި ކޮށްފާ. އަޑެއް ބަޑެއް ނީވޭ.

  51
  1
 9. ހުސޭނުބޭ

  ކޮބައިތަ ރަސޫލާ ދުޢާދެއްވި ވެރިއެކޭ ކިޔައިގެން ދޮގުހެދި މުނާފިޤު އިލްޔާސް! އޮފިޝަލް ޕާސްޕޯޓްގައި ފަސޭހަކަމާއެކު ބުއްޅަބޭގެ އެހީއާއެކު މެލޭޝިޔާގައި އުޅެވޭތީ އެ އޮތީ ނިދާފައިދޯ! މަޤާމަށްޓަކަށް، ފައިސާއަށްޓަކައި ދީނަށް ފުރައްސާރަކުރާ މީހުންނާނއެކު މިހާރު ހުރީ!

  60
  1
 10. ޖުންދުލް މާލްދީފީ

  މާޒީން އިބުރަތް ހާސިލް ކުރުން ލާދީނީ މުރުތައްދުންނައް ގޮވާލަން. މި ރާއްޖެ އަމާން ކަންމަތީގައި އިސްލާމްދީން މަތީގައި ބޭއްވުމައްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމުގެ ޔަގީން އަރުވަންނީ.

  56
 11. ާަާމަ

  މުސްލިމުންނޭ ހުކުރުދުވަހު ދުއާ އިޖާބަކުރައްވާ ވަގުތެއްވޭ. މި ނުބައި ނެޓްވޯކުން ސަލާމަތް ކުރެއްވުންއެދި ﷲގެ ހަޟްރަތަށް ދުޢާކުރައްވާ.

  73
  2
 12. ކެސްޑީޕީ

  އެހެންވީމަ މިކަޔަނީ އެމްޑީޕީގަ ތިބެނީ ލާދީނީ ބައިގަނޑެކޭ. ތިބައިގަނޑު މިހާރުވެސް އެމްޑީޕީ އިން ބޭރުވަނިކޮށް ރަގަޅުވާނެ.

  54
 13. އާދަމް

  މިއީ ޙަޤީޤީ ހައްދު ފަހަނައެޅުމެވެ.މިމީހުންނާއި މެދު ފިޔަވަޅު އެޅުމަށް ކަމާއި ބެހޭ ފަރާތްތަކަށް ގޮވާލަމެވެ.

  50
  1
 14. އަބްތާލުން

  ތިކަން ސިޔާސީ ކަމަކަށް ނުހައްދަވާ ހުރިހާ ދިވެހި މުސްލިމުން ތިކަމާ ނުރުހުން ފާޅުކޮށް ސުލްހަވެރި މުޒާހަރާ އަކަށް ނިކުންނަން ވެއްޖެ.

  51
  1
 15. އަކްމެޑް

  ޑިމޮކްރަސީއަކީ މެޖޯރިޓީއަށް ތަބާވުން. ބަލަގަ ނެޓުވޯކަށް މިވަރު ނޭގޭތަ؟ ނުވިތާކަށް ދީނަށް ފުރައްސާރަކުރުމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަމަށް ޔޫރަޕުގެ ހިއުމަންރައިޓްސް ކޯޓުންވެސް އެއޮތީ އިހައްދުވަހު ނިންމާފަ. އެޚަބަރު ވަގުތު ނޫހުން ގެނެސްދީބަލަ.

  41
 16. ހަލޯ ހަލޯ!

  ބަޔެއް މީހުންނަށް މިތިބެނީ މިނިވަންކަން އޮޅިފަ. އެއީ ކާފިރުންގެ ވަގުތީ ދުނިޔަވީ ދަޅަތަކަށް ހެއްލުން. އިންސާނާއަށް މިނިވަންކަން ދެއްވީ ކުޑަ ވަގުތުކޮޅަކަށް އިމްތިހާން ކުރައްވަން. ދިރިހުރުމާއި މަރުވުން ލެއްވީ އަހަރުމެން އިންސާނުންގެ ތެރެއިން ޢަމަލު ކުރުމުގައި އެންމެ ހެޔޮކަން ބޮޑީ ކާކުތޯ ބެއްލެވުމަށް. މާތް ﷲ އާއިި އެކަލާންގެ ފޮނުއްވި ރަސޫލާ އެއްގެވި ގޮތަަށް ޢަމަލު ކުރާ މީހާ އެއީ ޢަމަލުގައި އެންމެ ހެޔޮކަންބޮޑު މީހާ.

  43
  1
 17. އަހުމަދު

  ސަރުކާރުގެ ވެރިންނަށާ ކަމާބެހޭ އިދާރާތަކައް މިކަން ނުހުއްޓުވިއްޖެއްޔާ އަހަރެމެން މިތިބީ ވަރަށްކެރިގެން އިސްލާމްދީނާ މިޤައުމު ތި ލާދީނީ ބާގަނޑުގެ ކިބައިން ސަލާމަތްކުރަން ނިކުންނަން ތައްޔާރަށް

  65
 18. ޒާ

  ޓެރަރިޒަމާބެހޭ ކިތަންމެ ވަރުގަގަ ގާނޫނެއް ހަދާފައިއިތަސް އިސްލާމްދީނަށާ ރަސޫލާއަށް ހަޖޫޖަހާނަމަ ރައްޔިތުން މައިތިރި ނުކުރެވޭނެ.

  70
  3
 19. ހާކިމުބޭ

  ގައުމުގެ ވަލީއުލް އަމުރު އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުން އިންސާފުގެ ކުރިމައްޗައް ގެނެސް އެމީހުން އެކުރާ ކަންކަން ހުއްޓުވުމަށް ނިކުޅެދިއްޖެ ނަމަ ރައްޔިތުން އިންސާފު ގާއިމުކުރާނެ. ގައުމުގެ ވަލީއުއް އަމުރަށް ގޮވާލަން ދީނަށާއި ރާސޫލާއަށް ފުރައްސާރަ ކުރާމީހުން ވަގުތުން ވަގުތަށް ސަރުކާރުގެ މަގާމުތަކުން ވަކިކޮށް އެމީހުންގެ މައްސަލަތައް ތަހުގީގުކުރަން.

  62
  1
 20. ށަނޫން

  މީ ކެނެޜީގެ ގަނޖާބ ބުޅައބެ އަޑީގަ ހުރެގެން މުސްލިމުން ގެ ލޭ ކަކުވާލައިގެން ގައުމުގަ ދީނީ ކަންކަމުގެ ތެރެއިން ލޭ އޮހޮރުވުން ހިންގަން ރާވައިގެން ކުރުވާ ކަމެއް. މިކަމުގެ ސަބަބުން އީމާން ކަމުގެ ލޭ ހިނގާ މީހުން ނުތިބޭނެ މަޑުން ނެއް. ޢެކަމު މީ ބޯގޯސް މީހަކު ވެރިކަމުގެ މަތީ ފަޑީ ގަ ހުރެ ކުރާ ބޯގޯސް ކަމެއް. ފްރާންސަކީ ޔޫރަޕް ގެ ގަދަ ބާރެއް އެކަމު ޗާލީ ހެބްޑޯ މައްސަލަ އަކީ ފިލާވަޅެއް،ނަޝިދައް ހީވަނީ ކަންނޭގެ އޭނަ އެހެރީ ވަރަށް ވަރުގަދަ ބާރެއް ލިބިގެން ކަމަށް.

  58
 21. ޢަލީ އަޙުމަދު ވަހީދު

  ފުލުހުން އެކަން ތަހުގީގުރާނީ ކިހިނެއް؟ ފުލުހުންގެ ވެރިޔާ، ސިފައިންގެ ވެރިޔާ، މަޖިލީސް ގެ ރައީސް، ރާއްޖޭގެ ރައީސް، ކެބިނެޓްގެ ގިނަ ވަޒީރުންނަކީ ތިކަމުގެ ބޮޑުން. ޟި ދަނޑިވަޅުގައި މައުމޫނާއި ގާސިމް އާއި އިމްރާން އާއި އަލީ ޒާހިރު އެ ތިބީ ނަގޫ ފޮއްތާލައި ބްލެކްމެއިލްކޮށްފަ. ޑރ. ޢިތޢޒާއި އިލްޔާސް ބޭޏުންވި ގޮތް.

  30
  1
 22. ގްރެފައިޑް އޭރޯ

  ދީނަށް ފުރައްސާރަ ކުރާ މީހުންނާ އެމީހުންގެ އަމަލުތައް ކަމާ ގުޅޭ އިދާރާތައް ފުލުހުން ހޯމް މިނިސްޓްރީ އިސްލާމިކް މިނިސްޓްރީ މިތަންތަނުން ހުއްޓުވާ އެކަށީގެންވާ ފިޔަވަޅު ވަގުތުން އަޅަން ނުފަށާފިނަމަ މިތަންތަނަށް އާއްމުން އަދި ދީން ދެކެ ނުހަނު ލޯބިވާ ފަރާތްތަކުގެ ނަފުރަތު ލިބި ނަތީޖާގައި ފުލުހުން ނުވަތަ ސިފައިންގެ މަރުކަޒަކަށް ނުވަތަ މުއައްސަސާއަކަށް ބަޔަކު ހަމަލާއެއްދީފިނަމަ އޭގެ ސަބަބުން އެތަކެއް ބަޔަކަށް ނުރައްކާ އެބަ ކުރިމަތިވޭ. ބާރު ހިންގާ ހިސާބުގައި ތިބި މިތަންތަނުގެ ވެރިން މިހާލަތަށް ދިއުމުގެ ކުރިން ފިޔަވަޅުތަކެއް އަޅަން އެބަޖެހޭ. މިކަހަލަ ކަންކަމުގައި އެހެނިހެން ގައުމު ތަކުގައި ވެސް މިހިސާބަށް އެބަދޭ. މަލްޓި ރިލިޖަސް އޮންނަ އިންޑިޔާގައި ވެސް މިކަހަލަ ކަންކަމާއި ގުޅިގެން އަތް ނުފޯރާވަރަަށް ކަންކަން އެބަ ދުއްވާލާ. އަދި އެއީ ސަލާމަތީ ހިދްމަތްތައް މާފުޅާކޮށް އޮންނަ ތަންތަން

  23
  1
 23. ހހހހ

  ޕޮލިހުންގެ މެންޑޭޓުގައި އޮތް ކަމެއް މިފަދަ މައްސަލަތައް ބެލުމަކީ. ސަރުކާރުން ސަރުކާރުގައި ބުނާކަށް ނުޖެހޭނެ. ރައްޔިތުން ގަޅިގައްދަން ސަރުކާރުން ސަރުކާރުގައި ކަންކަން ކުރަން މިކިޔަނީ. މިމީހުންގެ އަމަލުތަށް މުރިގޮތުންދޭހަވަނީ މިތާ މިއޮތީ އިސްލާމީ ވެރިކަމެއްނޫންކަން.

  22
 24. Anonymous

  ﷲ ގެ ކޯފާއެއް ނުފޮނުއްވަނީަް ދިވެހިން އިސްލާހެއްނުވާނެ. ޕާޓީން ކުރާ ކޮންމެ ނުބައި ކަމެއް އެއީވެސް ރަނގަޅު ކަންތައްކަމަށް މިމީހުނަށްވަނީ. ރަސޫލާއަށްވެސް އެއްވެސް ލޯތްބެއް ނުހުރޭ. ނަމާދު ކުރަނީ ހިތުގައި ދީނަށްވުރެ ބޮޑަށް ޝައިތާނީ ބައިގަނޑަށް ލޯބި އޮންނަނީ.

  31
  2
 25. ޙައްވާ

  އަޅުގަނޑު ތި ހިޔާލަށް 100% ތާއީދުކުރަން. ނިކުންނާނަން އަޅުގަނޑުވެސް ތި އެއްވުމަށް. ފޭސްބުކް މެދުވެރިކޮށް މިކަަމަށް ޕޭޖް އެއް ހަދަން ފެނޭ. އޭރުން އެނގޭނެތާ ކިތަންމެ މީހުންގެ ހިތުގަތޯ އިސްލާމްދީނަށް ލޯބި އޮތީ

  25
  2
 26. ހޮޅިމީހާ

  ތިޔަ ހުޅު ރޯކުރުވާށޭ އެ އުޅެެނީ. އެެއީ އިޒުރޭލާއި އިންޑިޔާގެ އަ މާޒޭ. އެ ހިސާބުން ދިވެހި ފުލުހުންނާއި ސަރުކާރަށް އެހީވު މުގެ ނަ މުގައި އިންޑިޔާގެ ސިފައ

  21
  1
 27. ހޮޅިމީހާ

  ތިޔަ ހުޅު ރޯ ކުރުވު މަކީ އިޒުރޭލާއި އިންޑިޔާގެ ޚާއްސަކޮށް، އާއް މުކޮށް އިސްލާ މް ދީނުގެ އެން މެހައި އަދުއްވުންގެ ޓާގެޓް. އަންނިއާއި އޭނާގެ ބައިވެރިންނަކީ މިތަނުގެ ދީނާއި މިނިވަންކަން ނައްތާލު މަށް ބަޔަކު، ހިި މާޔަތް ދީފައި ފޮނުވާފައި ތިބި އެޖެންޓުން. ތިޔަ ހުޅު އެ މީހުން ރޯ ކުރުވާނެ. ރޯވާ ވަގުތަކީ ސަރުކާރު ހި މާޔަތްކޮށް، މުސްލި މުންނާ ދެކޮޅަށް ނެރޭ ދިވެހި ފުލުހުންނައް މަދަދުވެރި ވު މުގެ ނަ މުގައި އިންޑިޔާ ސިފައިން މިތަނަށްް އޮއްސާލާވަގުތު. އެ މީހުންގެ ބްލެކް ކެޓްސް އަރައި ތަޅައިގަތްގަތީނުން އެން މެން ހަނާ ކޮށްލާފައި، މިހާރު އޮތް އެއްބަސްވު މުގެ ދަށުން، މި ތަނުގައި ތިބި އިސް މީހުން ޓެރަރިސްޓުންގެެ ނަ މުގައި އިންޑިޔާ ޖަލަށް އަޅާލީ މާ ނި މުނީ. އެ ހިސާބުން މިއީ އިންޑިޔާގެ ތަނެއް. މިއީ ފެންނަ ބޮޑު މަންޒަރު. އަދި ދިވެހިންގެ އަގީދާ ބަލިކަށިވެ، ފަސާދަ، އަޚްލާގު ގެއްލި، ފާފަތައް ފ

  21
  1
  • ދެކުނިން

   ދެކުނިން ...
   3 ނޮވެމްބަރުގެ ފަހުން އިންޑިޔާ ސިފައިން ބޭނުންވީ ކޯސްޓުގާޑުގައި ކަނޑު ފާރަޔަށް ނުކުންނަން. ރާއްޖޭގެ ކަނޑަށް ނެރެ ފުއްޓަރު ފަރާތުގާ ލޯންޗު މަޑުކޮއްފައި ބޭއްވީމާ އެވެރިން އެހެރަލާންފަށާ ހޮޑެއް!!! ނޫނޭވާ ކަމެއް. ދެ ދުވަސް ވީ، ހޯހޯ ގޮވައިފި.

   ބޭބެ ބުނާނީ ތިޔަ އިންޑިޔާ ސިފައިން ދެން އެރިޔަސް މިފަދަ ކަންކަން ކުރާނެމީހުން އެބަތިއްބޭ. ކަނޑުފައްތަން ޖެހުނަސް އެކަންދަންނަ ކުދިންވެސް މިރާއްޖޭގައި އުޅޭކަމަށް ރިޕޯޓުވެސް ބުނޭދޯއޭ!

   3
   1
 28. ކިނބޫ

  ޙަނދުމަކޮށް ދެއްވުމަށާއި އިންޒާރުގެ ގޮތުން އެތައް ހާދިސާއެއް ދައްކަވައިފި. ޢިބްރަތް ލިބިގަތީ ކިތައްމީހުން؟ މުސްލިމު ގައުމެއްގެ ވެރިކަމުގެ ފަރާތުން މުންކަރާތް ނަހީ ކުރުމުގެ ބަދަލުގަ އެކަމަށް ހިތްވަރު ދެމުން ގެންދިއުމަކީ ވަރަށް ބިރުވެރި ކަމެއް. ﷲގެ ގަދަފަދަ ކޯފާ އަތުވެދާނެ ކަމެއް. މިހާލަތު ބަދަލުކުރަމާތޯ އެންމެން ވެގެން

  24
  1
 29. ހަސަނު

  ޖަމްޢިއްޔާތަކާ ބެހޭ ގަވާއިދުން މިޖަމުއްޔާ އުވާލެވޭނެ ގޮތެއް ނޫސްވެރިން ހޯދައި ކަމާ ބެހޭ ފަރާތްތަކަށް ލިޔުމަށް ގޮވާލަން. ޝޭހު އިމްރާންއަށް އެކަން ނުވެގެން އުޅޭ ސަބަބެއް ވެސް ސާފުކުރަން އެބަ ޖެހޭ.

  20
  1
 30. .....

  ތިޔަ ބުނާފަދަ ހުޅުގަނޑެއް ރޯކުރަން އެއުޅެނީ....ދުުރު ބަލާ ރަނގަޅަށް ވިސްނާލާ...ޔަހޫދީންނާއި ނަސާރާއިން ދުނިޔޭގެ މުސްލިމު ބިންތަކަށް އަރާގަތުމަށް އެކި ނަންނަމުގަ ތިބުނާ ފަދަ ހުޅުތަށް ރޯކޮށްފަ އެބަހުރި...
  މިހިނގާ ކަންކަމުގެ ޒިންމާ ދިވެހި ރައްޔިތުން ނަގަންޖެހޭނެ...ދުނިޔެވީ ކުޑަ ފައިދާއަކަށް އެދިގެން ދީން އަމިއްލަ އަތުން އެއްކައިރި ކުރީ ދިވެހިން އަމިއްލައަށް...އެހެންމީހުންގެ ކުށްދެއްކުމުގެ ކުރިން ތިމާގެ ދީނީ ޒިންމާ އަދާ ކުރެވުނުތޯ ބަލަންވީ އަހަރެމެން ކޮންމެ މީހަކުވެސް...ފުރަތަމަ އަމިއްލަ ނަފުސާ ހިސާބުން ފަށައިގެން ގޮސް ނުވެސް ދަންނަ އަނެއް މުސްލިމް އަޚާޔާ ހިސާބަށް...އަހަރެމެން ގެ ގޭތަކުން އަހަރެމެންގެ ތަރުބަވީ މަދަރުސާއިން ދަސްވެނިވިގެން ނިކުންނަ ކުދިންގެ އުޅުން ހެޔޮ ނަމަ އޭގެ ހެޔޮ ޖަޒާ އަހަރެމެނަށް އޮންނަ ފަދައިން މިހާރު މިމުޖުތަމައިގައި ޒާތަޒާތަށް އުޅޭ އެންމެންގެ އުޅުމާމެދު ޒިންމާވާންޖެހޭނެ ގޭތެރެއިން...

  12
  1
  • ޭއެއްބަސް

   ތިޔަ ޚިޔާލާއި އެއްބަހެވެ. ޢެކަމަކު އަދި އިތުރުކޮއްލަން އެބަ ޖެހެއެވެ!

   ނަމާދުގައި ސޫރަތުލް ފާތިޙާ ނުކިޔަވާ ނަމާދެއް ނުލިބޭނެ ދެއްތޯ! ފުރަތަމަ އާޔަތް(1) ނުކިޔަވާ 7 އާޔަތް ހަމައެއްނުކުރެވޭނެ ދެއްތޯ؟
   މިކަންވެސް ވީހާވެސް އަވަހަށް ރަނގަޅު ކުރަން ވަރަށްބޮޑަށް ފެނެއެވެ.

 31. ކަނު އަނދިރި ބަޔެއް.

  މާތް ﷲ އަށާއި އެކަލާންގެ ފޮނުއްވި ރަސޫލާ އަށް ފުރައްސާރަކޮށް ނޭންގޭ ދޮގު ވާހަކަތައް ދެއްކި މަޝްހޫރު މީހުން ވެސް ނިމިގޮސްފައިވަނީ ދުނިޔޭގައި ވެސް ފެއިލްވެ އެއްވެސް ބަޔަކަށް ނުވެ.

  15
  2
 32. ޞިރާޠު

  މުޅި ޤަވްމުގައި އެކީ އެކައްޗަކަށް އިސްލާމް ދީނާ ދެކޮޅު ވާހަކަތަކާ ޚަބަރުތައް ފެތުރި ، ދިވެހިން ނުކުމެ އިސްލާމްދީން ދޫކޮށްލައިފިކަން ފާޅުގައި އިޢުލާންކޮށް ބިރުބޮޑުވަމުންދާއިރު ޑިޕްލޮމެޓިކް ޕާސްޕޯޓެއް ނުވަތަ މިނިސްޓަރުކަމެއް ލިބިފަ އޮތީތީ ތުންފަހައިގެން ތިބި ދެ ޢިލްމުވެރިން ކޮބައިހެއްޔެވެ؟ ވޯޓުން ވައްކަންކޮށް ވޯޓު ގަންނަން ފައްޅިތަކުންނާ ބްޑިސްޓް ، ކްރިސްޓިޔަން ދައުލަތްތަކާ ޖަމާޢަތްތަކުން ފައިސާ ޚަރަދުކުރީ ހިލޭއަކު ނޫންކަން ދުވަސް ގިނަވީވަރަކަށް ދިވެހިންނަށް ފާޅުވަމުން އަންނާނެއެވެ.

  11
  1
 33. ދުއާ

  އަބޫ ޖަހުލުވެސް ނުކުރާ ވަރަށް ދީނަށްް ފުރައްސާރަކުރި ޖަމިއްޔާއެއް މުސްލިމު ވެރިއަކު ހުރިނަމަ އުވާލާނެ. އަޅުގަނޑުމެންގެ ރައީސް ތީ މުސްލިމެއްތޯ ސުވާލުއުފެދޭ އެބަ މިހާރު؟؟؟؟؟

  20
  2
 34. ހޭލާ

  "މިނިވަން ފިކުރު" (ލާދީނިއްޔަތު) އާ ދެކޮޅަށް އޮތް އެންމެ ބޮޑު ހުރަހަކީ އިސްލާމްދީނުގެ ދަޢުވަތު ފެތުރުއްވުމުގައި މަސައްކަތް ކުރައްވަމުންގެންދަވާ އެދީނުގެ ޢިލްމުވެރިންކަމުގައި ވުމާއެކު، އެ ޢިލްމުވެރިން ކަސްތޮޅުއެޅުވުމަށްޓަކައި ބިންދާލި "ޓެރަރިޒަމް" ގެ ޤާނޫނު ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާނެކަމާމެދު ޝައްކު ނުކުރާށެވެ.

  އެ ޤާނޫނުގެ ދަށުން "މިނިވަންފިކުރާ" ދެކޮޅަށް ބަސްބުނާ ކޮންމެ ޢިލްމުވެރިއަކު ހައްޔަރުކޮށް އަދަބު ދޭނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. އެހެނީ، އެ ޤާނޫނު ގެ ފޮރުވިފައިވާ ބޭނުމަކީވެސް، މަޤުޞަދަކީވެސް އެއީއެވެ.

  ދެން މިކަމާ އުފާކޮށް ތަކުބީރު ކިޔާބަޔަކު ތަކުބީރު ކިޔާށެވެ. ޝުކުރުގެ ސަޖިދަ ޖައްސަވާ ބަޔަކު އެކަންވެސް ކުރާށެވެ.! ބޯމަތީގައި ނަގާފައިވާ ކަޅު "ވިލާގަނޑު" ގެ ބޮޑުކަން ދިވެހިންނަށް ނުވިސްނޭތީ ހިތާމަ ކުރަމެވެ.!

  16
  1
  • ޑަލޭލީ

   ދިވެހިންގެ ބޮލަށް ފައިސާ. ތިޖޫރީ ވައްދައިގެން ވެރިކަން ހޯދީ. އެންމެނަށް އެނގޭ މިމީހުން ޗެރިކަމަށް އައުމާއެކު އިސްލާމް ދީން މިގައުމުން ނައްތާލުމަށް ކުރެވުނުހާ ކަމެއް ކުރާނެކަންވެސް. އެހެންވީމަ ތި އެމްޑީޕީ ހޮވަން މަސައްކަތް ކުރި މީހުނާ އެމީހުން މިގައުމަށް ވެރިވެގަތަނުދޭން މަސައްކަތް ނުކުރި އެންމެނަކީޗެސް މިއަދު މިގައުމު ތަހައްމަލް.މިކުރާ ހުރިހާ ނުބައިކަމެއްގެ ބައިވެރިން. ﷲ ގެ ހަޟްރަތުގައި ޖަވާބުދޭ ދުވަހު. ރައީސް ޔާމީން ދިވެހިންގެ ތިޖޫރީގަ ރިހަ ކެއްކީއެކޭ ނުކިޔޭނެ.

 35. ހަޒީޒް

  ދީނައް ފުރައްސާރަ ކުރާ މީހުންނައް އައު ހިތްވަރެއް ލިބިގެން ސޯޝަލް މީޑިޔާގަޔާއި އަދި އާންނުތަންތާގަ ދީނައް ފުރައްސާރަކުރަމުން މިދަނީ މި ސަރުކާރުގެ ދައުރު ފެށުނީއްސުރެ.. އެކަމަކު ދުއާ އިއްވެވި ވެރިންކަހަލަ ވެރިޔެކޭ ބުނެ އައި ސަރުކާރުގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިހު މިކަމާއި ކަންބޮޑުވެ ކިނބިއްސެހާވަރުގެ ފިޔަވަޅެއްވެސް އަޅާފަކާނެތެވެ. އެއީ ރައީސައް ކުރެވޭނެ ކަމެއް ނެތިގެނެއް ނޫނެވެ. ހަގީގަތުގައި ރައީސައް ކުރެވޭނެ ކަންކަން ބައިވަރެވެ. މިސާލަކައް ފުލުހުންނައް ދީނައް ފުރައްސާރަކުރާ މީހުންނާއި ދެކޮޅައް ޙާއްސަ އޮޕަރޭޝަނެއް ފަށައި އެފަދަ މީހުން ގެ ނެޓްވޯކާއި ފަރުދުން ހޯދައި ދަފްތަރެއް ހަދައި ގާނޫނުގެ ތެރެއިން އެމީހުންނައް ދައުވާކުރުމައް އެނގިދާނެއެވެ. ނުވަތަ ރިޔާސީ ލެވެލް ކޮނިޝަނެއް މިކަމައް އުފެއްދިދާނެއެވެ. އަދި ފުލުހުންގެ އިސްވެރީން މި އެންގުންތަކައް ބޯ ނުލަނބައިފިއްޔާ ފުލުހުންގެ އިސްމަގާމުތަކުން އެމީހުން ބޭރުކޮއް ޑީމޯޓް ކުރެވިދާނެއެވެ. އަދި ދިވެހިރާއްޖޭގައި އިސްލާމްދީނައް ފުރައްސާރަކުރާ މީހުން ހައްޔަރުކޮއް ފަސޭހަކަމައި އެކު ތަހުގީގުކުރެވޭނެ ބާރުލިއްބައިދޭ ގާނޫނެއް ފާސްކުރެވިދާނެއެވެ. އަދި އިސްލާމްދީނައް ފުރައްސާރަކުރާ އެންމެހައި ކޮންޓެންޓެއް އިންޓަނެޓުން ބުލޮކު ކުރުމައް އައި އެސްޕީތަކައް އަމްރު ކުރެވިދާނެއެވެެ. އަދި ލާދީނީ ނުވަތަ އިސްލާމްދީނާއި ކަނޑައެޅިގެން ޚިލާފު ވާހަކަ ނުވަތަ ގޮވެލިތައް ޕަބްލިކުގައި މަނާކުރާ ގާނޫނެއް އުފައްދައި އެފަދަ ކަންކަން ކުރާ ބަޔަކު ރާއްޖޭގެ ރައްވެހިކަމުން ބޭރުކުރެވިދާނެއެވެ. އަދި މިނޫންވެސް އެތައްކަމެއް ކުރެވެން އޮތް ހިނދު މިސަރުކާރުގެ އިސްވެރިޔާ ހަމަ އެއްފިޔަވަޅެއްވެސް މި މައްސަލާގައި އަޅާފަކާއެއްނެތެވެ.

  10
 36. ޢިކުރާމު

  ޔާﷲ ލާދީނީ ބައިގަނޑު ކިބައިން މިރާއްޖޭގެ ތަހުތު ސަލާ މަތްކޮއްސެއްވާށި

  12
  2
 37. ތައުފީގް

  މިނިސްޓަރ އިމްރާން މިކަން ހުޓުވާ. ނޫނީ އިސްތިއުފާ ދެއްވާ

  12
  2
 38. ކިންގފިޝަރ

  މިނިވަންފިކުރަށް ބަސްބުނާ ދީނީ ޢިލްމުވެރިން ހައްޔަރު ކުރެވޭގޮތަށް ގާނޫނު އިޞްލާހްކޮށް ދީނަށް ފުރައްސާރަކުރާ މީހުން ރިޕޯޓް ނެރުމުންވެސް ސަރުކާރު ހައްޕު ކިޔާފައި.

 39. ކޮބާ ؟

  ކޮބާ ޖަހިންދަ ރާޖަޕަކްސަ ؟ އެފަހުން އެއްޗެއް ނުކިޔާތަ ؟ މިހާރު ބޭރުގެ މަދަދަށް އެދެނިއްޔޯ!!! ޢިރުކޮޅަކުން ޔިންޑިއާއިން ކަންނޭނގެ މީގެ ތެރެއަށް ވަންނާނީ... ޢެއަށްފަހު ޔެމެރިކާ!!

  8
  1
 40. އުގޭލު

  ގަބޫލުނުކުރިޔަސް މިއީ ސަރުކާރުން ހަރުކަށި ދީނީ ފިކުރުުތަކަށް ހުޅުވާލާ ދޮރެއް މިފަދަ ގޮތަކަށް އިސްލާމީ ޤައުމެއްގައި ދީނައް ފުރައްސާރަކުރަން ފުރުސަތުދީގެން ދެނެހުރިކަމަށް ނެހެދި ހުރުމަކީ

 41. ދިވެހިން

  ޢިމްރާން މިހާރުން މިހާރަށް އިސްތިއުފާ ދޭންޖެހޭ. ނޫންނަމަ އެޖަމްޢިއްޔާ އުވާލަންޖެހޭ. މުރުތައްދު ވެފައިވާ ބަޔަކު ޙިމާޔަތްކުރުމަށް ކިތަންމެ ޤާނޫނެއް ހެދިޔަސް ﷲގެ ކޯފާއިން ސަލާމަތް ނުވާނެ

 42. ސޔމ

  މާފަށް އެދެންވީކީ އަހަރަމެންގެ ކައިރިއަކު ނޫން. ރައީސް އަރިހަކުވެސް ނޫނޭ ތި ތިބަ ޖާހިލު ނުކުޅެދުން ތެރީންނޭ. ތައުބާ ވާންވީ، އސވ އަށް ދަންނަވަންވީ، ކިތައްމެ ނުރުހުނަސް ތި ނުބައި ހަށިގަނޑު ވެސް ހެއްދެވި ފަރާތަކީވެސް ހަމަ އެއްކައުވަންތަ ﷲ.

  6
  1
 43. ޢަބްދުލްމުހައިމިން

  ތިޔަ ރިޕޯޓެއް ނެރެފައި އޮތީ ޔާމީނުގެ ވެރިކަމުގައި. ކީއްވެބާ އޭރު އަޅާނުލީ؟ މިއިން އެނގެނީ މިފަދަ ކަންކަން ހުއްޓުވަން މި ސަރުކާރުން އިސްކަންދެއްވާ މިންވަރު.