ޤަރުނުގެ ލަވަކިޔުންތެރިޔާ "ދޮހޮއްކޮބޭ"، އެ ބޭފުޅާގެ ލަވައިގައި، އެ ވިދާޅުވަނީ ތެދެކެވެ. ގެރި ބަކަރި ވެސް، ގޮވިކަލޭގެ މަތިން ހަނދާންހުރެއެވެ. ހަމަ އެ ބީދައިން ބަލާއިރު، ކުކުޅު، ހާ ވެސް، އެ އަށް ކާންދޭ މީހާ ދަނެއެވެ. އެހެންނަމަވެސް، ފުރިހަމަ ބުއްދި ދެއްވައިފައިވާ ގިނަ އިންސާނުންވަނީ، މި ކަމަށް ނުކުޅެދިފައެވެ. އެ ފަދަ އިންސާނުންނަށް، އަނެކާ ފެންނަނީ ކަމެއް ބޭނުންވުމުންނެވެ. އެދުމުގެ ވަގުތުގައެވެ. އެ ވަގުތުގައި، އެ މީހަކީ، ތިބާގެ އެންމެ ގާތް މީހާއެވެ. ތިބާދެކެ އެންމެ ލޯބިވާ މީހާކަމަށް ބުނާ މީހާއެވެ. ތިބާއަށް، އެންމެ ރަޙުމުކުރާކަމަށް ބުނާ މީހާއެވެ. ތިބާއަށް، އެންމެ ހެޔޮއެދޭކަމަށް ބުނާ މީހާއެވެ. ތިބާގެ ހަށިގަނޑުން ބައެއްކަމުގައި ބުނާ މީހާއެވެ.

ނަމަވެސް... އާދެ! އެ ފަދަ މީހުންގެ "ހާސިލުމުރާދު" ފުރިހަމަވުމުން، ތިބާގެމަތިން ހަނދާން ނައްތައިލައެވެ. ތިބާ، އޭނާއަށް ކިތަންމެ ކަމެއްކޮށްދިނަސް، ބޭނުން ފުދުމުން ފިލައި ރައްކާވެއެވެ. ތިބާ، އޭނާއާއި ހެދި މަރުދިނަސް، ތިބާއީ އޭނާގެ ކުރިމަތީގައި "ފައިފުއްސެއް" ކަހަލަ މީހެކެވެ. ތިބާ ފެނުނަސް "ކުޑަކޮޅުން ވެސް ބަލައިނުލާނެތެވެ."

އެއްވެސް ޝައްކެއްނެތެވެ. ކުރީގެ ލަވަކިޔުންތެރިޔާ ޢަލީ ރަމީޒް، އެ ބޭފުޅާގެ ލަވައިގައި، އެ ކިޔުއްވައިފައިވަނީ މުޅިން ތެދެވެ. އާދެ! "އެންމެ ކައިރީގަ ހީފާ އުޅޭ ރައްޓެހިން، ވާނޭ ފަހުން ބޭވަފާ" ދޮގެއްތޯއެވެ.

އިސްވެ ދެންނެވި ފަދައިން، މި ކަންތައްތައް، މި ގުޅުވައިލަނީ، މި ފަދަ ކަންތައްތައް ކުރައްވާކަމަށް ފެނުނު، އެންމެ މުނާސަބު ބޭފުޅުންނާއެވެ. އެއީތޯއެވެ. އޮޅުމެއްބޮޅުމެއް ނެތެވެ. އެއީ، އަޅުގަނޑުމެންގެ މޮޔަކަމުން ހޮވައިފައިވާ ބޭފުޅުންނެވެ. ތިލަކޮށް ދަންނަވާނަމަ، ޤައުމުގެ ވެރިންނެވެ. މެންބަރުންމެއެވެ.

މިހައި ހިސާބުން، މާޒީގެ ޞަފުހާތަކަށް ކަޅިއެއް އެއްލަވަން ހިންގަވާށެވެ. އާދޭހެވެ. އިންތިޚާބުގެ ވަގުތުގައި، އެ ފަދަ ބޭފުޅުންނަކީ، މަލާއިކަތުން ފަދަ ބައެކެވެ. އުޅުއްވާ ގޮތުން ހީވަނީ، މަތިން ބާވައިލެއްވި ބޭފުޅުންތަކެއް ހެންނެވެ. ވަރަށް ގާތުން ރައްޔިތުންގެ ޙާލު ބައްލަވަމުންދާ ވާހަކަ ވިދާޅުވާއިރު ހީވަނީ، ރަޙުމަތުގެ ވާރޭ ވިލާގަނޑެއްހެންނެވެ. ރައްޔިތުން ގާތުގައި، ތަރައްޤީއޭ ކިޔުއްވައިގެން ދައްކަވާ ވާހަކައިން ހީވަނީ، އެއީ ވެނިމިފައިއޮތް ކަމެއްހެންނެވެ.

ބޯހިޔާވަހިކަމޭ ވިދާޅުވެ، އެ ކުރައްވާ ތަސައްވުރުތަކުން ހީވަނީ، މުޅި ރާއްޖޭގެ މަތީގައި "ރަނުގެ ސަނދުވާއެއް" ދައްމަވައިފާނެހެންނެވެ. މަގުތަކުގެ ވާހަކަ ވިދާޅުވާއިރު ހީވަނީ، މި ފަސްގަނޑުގައި އެކީއެކަށް "ރިހީގެ ދޫލަ" ތަކެއް ފަތުރުއްވަވައިފާނެހެންނެވެ. ސާފު ފެން ފޯރުކޮށްދެއްވާނަމޭ ވިދާޅުވާއިރު ހީވަނީ، މުޅި މި ޤައުމުގައި "ޒަމްޒަމް ފެނުން" ސުވިމިންޕޫލްތައް ހައްދަވައިފާނެހެންނެވެ. "ހުސްނުވާ އާސަންދައޭ" ވިދާޅުވަމުން ގެންދަވާއިރު ހީވަނީ، ކޮންމެ ގޭބީސީއެއްގައި "ބޭސްފިހާރަ" އެއް ޤާއިމުކުރައްވަން އުޅުއްވާހެންނެވެ. "މަސްވެރިންނޭ" ވިދާޅުވެ ދައްކަވާ ވާހަކައިން ހީވަނީ، މަސްވެރިން ގޭގައި ބައިތިއްބާފައި މަސްވެރިކަން ކުރައްވާނީ، އެ ބޭފުޅުން ހެންނެވެ. "ތަޢުލީމޭ" ވިދާޅުވެ ދައްކަވާ ވާހަކައިން ހީވަނީ، މުޅި ރާއްޖެ "ޢިލްމުގެ ކަނޑަކަށް" ހައްދަވައިފާނެހެންނެވެ. "އިންސާފޭ" ވިދާޅުވެ ދައްކަވާ ވާހަކައިން ހީވަނީ، މި ޤައުމުގައި ހައްތާ ވެސް އުޅުއްވާނީ ފަނޑިޔާރުން ހެންނެވެ.

އިސްވެ މި ބަޔާންކުރީ ޙަޤީޤަތެވެ. ރައްޔިތުންނަށް ހުވަފެންދެއްކެވުން ނޫންކަމެއް ނުވެއެވެ. އެންމެ ބޮޑު ވަރަކަށް ދެން ވިދާޅުވާނީ، މި އުޅެނީ އެ ހުވަފެނުގައި ކުލަޖައްސަވަން ކަމުގައެވެ. މިހެންގޮސް ޤަރުނެއްވިޔަސް، އެ ހުވަފެންތަކުގައި ކުލަޖެއްސެވޭގޮތެއް ނުވެއެވެ. އެންމެ ފަހުން ރައްޔިތުންގެ ގާތުގައި ވިދާޅުވާނެއެވެ. ފަހުން ކިޔާ މާލޫދު މޮޅުވާނެއެވެ.

ކެތްތެރިވެލައްވާށޭ! ކެތްކުރިމީހާއަށް ހޫނު ބޮނޑިބަތެވެ. އާދެ! މި ފަދަ ވާހަކަތަކުން ރައްޔިތުން ގުނބޯހެއްދެވުން ނޫންކަމެއް ނުކުރައްވައެވެ. ދެން ވެސް ވިދާޅުވާނެއެވެ. "އާލާތް ނެތި ކެޔޮޅެއް ނުވާނެ" ނޫންތޯއެވެ. ބަލަގަ! އާލާތްނެތީ ރައްޔިތުންގެ ސަބަބުންނެއްނޫނެވެ. އާލާތްނެތީ ބައިތުލްމާލުގެ ފުލުގައި "ލޯވަޅެއް" ހުރުމުގެ ސަބަބުންނެވެ.

އާހް! އިސްވެ މި ދެންނެވި ފަދަ ބޭފުޅުން، "ހޮވަން" ރައްޔިތުން ކިހާބުރަ މަސައްކަތްތަކެއް ކުރިތޯއެވެ. ރަތްދައްކާ އަވީގައްޔާއި، ގަދަ ވިއްސާރައިގައި ޖާނުން ޤުރުބާންނުވޭތޯއެވެ. އެ ބޭފުޅުންނަށް ޓަކައި، މާލު ހުސްނުކުރޭތޯއެވެ. އެ ބޭފުޅުންގެ އަވައިގައި ޖެހިގެން، ޢާއިލާތަކުގެ މެދުގައި ހަމަނުޖެހުން ނުއުފެދޭތޯއެވެ. އެ ބޭފުޅުންނަށް، ތަޢުރީފު "އޮއްސަމުން" ރަށުތެރޭގައި ނުހިނގާތޯއެވެ. އެ ބޭފުޅުންގެ ދިފާޢުގައި، ރައްޔިތުން "އައްޑަނަ" އަކަށްނުވޭތޯއެވެ. އެ ބޭފުޅުންގެ ޙައްޤުގައި، ރައްޔިތުން "ކަރުތާފެނުގައި" ނުފަތާތޯއެވެ.

އާދެ! ކަން މިހެން ހުރި ނަމަވެސް، ރައްޔިތުންގެ ޙާލު ބައްލަވައިލެއްވީ ކިތައް ބޭފުޅުންތޯއެވެ. ނިކަމެތި ރައްޔިތުން، އެވީ ޤުރުބާނީގެ އަގު ވަޒަންކުރެއްވީ ކިތައް ބޭފުޅުންތޯއެވެ. ބަހުސަކަށް ޖާގައެއްނެތެވެ. މަދު ބޭފުޅަކު، ރައްޔިތުންގެ ޙާލު ބެއްލެވިޔަސް، ރައްޔިތުން އެވީ ޤުރުބާނީގެ އަގު ވަޒަންކުރެއްވި ނަމަވެސް، ދެން ތިއްބެވީ ފިރުޢައުނާއި ހާމާނާއި، ޤާރޫނާއި ނަމްރޫޛާއި، ދާރަޔާއި ސީޒަރާއި، ސިކަންދަރާއި ނަޕޯލިއަން، ހިޓްލަރާއި ޝެރޯން ފަދަ "އަނިޔާވެރިން" ނެވެ. ކާންދޭ މީހާ، ވަކިކުރައްވަން އެނގިވަޑައިނުގަންނަވާ، "ބަހުލޫލުން" ނެވެ. އަމިއްލަ އެދުމުން ފޯވެވަޑައިގެން ތިއްބެވި، "އިސްޕަންޖު" ތަކެއް ފަދަ ދަހިފޫޅުތަކެކެވެ.

މަނިކުންނޭ ރޯދިންނޭ! ހޭއަރާށެވެ. ހުވަފެނަކީ ބިލާހެކެވެ. ހެއްލުމެއްގައި އޮތީ ގެއްލުމެކެވެ. ހަލާދަނޑީގެ ދެކޮޅުބަލާށެވެ. އަދި ދަންނަވަންތޯއެވެ. ހިތިކަދޫ ވެލެއްގެ ބުޑަށް ފެންކަމުގައި މާމުއި އެޅިއަސް، އޭގައި އަޅާ އެއްޗެއް ފޮންޏެއްނުވާނެއެވެ. އާދެ! ނިންމައިލަމުން ވެސް، އަޅުގަނޑު ދަންނަވާނީ، "ރަނގަޅު ގެރި ބަކަރި ވެސް ދަނެއޭ، އެއަށް ކާންދީ ހަދާ މީހުން."

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ރަނގަޅު ގެރި ބަކަރި

    ފިރުޢައުނާއި ހާމާނާއި، ޤާރޫނާއި ނަމްރޫޛާއި، ދާރަޔާއި ސީޒަރާއި، ސިކަންދަރާއި ނަޕޯލިއަން، ހިޓްލަރާއި ޝެރޯން ޔާމީންފަދަ"އަނިޔާވެރިން" ނެވެ

    16
    73
    • ޑދ

      ހިތްތަކުގެ ތެރޭގައިވާ އީމާންތެރިކަން ފުހެލުމަށް މަސައްކަތްކުރުމަށްވުރެ ބޮޑު އަނިޔާއެއް ކޮބާތޯ؟

      40
  2. ޙަަރުން

    ޙިމާރު ބައިގަނޑު....

    41
    2
  3. ޕޮގުބާ

    ތިޔަވިދާޅު ނަން ލިސްޓަސް މިއުންމަތަށް ސަހާދެއް ކިޔާ އިސްލާމްދީނަށް އުޅޭމީހެއްގެ ނަންވެސްލާނީ ބޮޑު ކާފަރެއް

    39
    2
  4. ޙަސަނު

    ލާދީނީ އެމް ޑީ ޕީ ގުނބޯ މަރުމޯލުން ޚާއްޞަކޮށް އައްޑޫ ގަ އުޅޭ މެގަ ގުނބޯ މަރުމޯލުން އެޅިހާ ބަތަކަށް ރިހަ ވެފަ

    33
    3
  5. މޯދީ

    ޔަހޫދީސޮރު މިގައުމުން ފައްސާފަ ހުއްޓާ އެއްމެންވެގެން އެސޮރު ގެނައީ، މިހާރު އެސޮރު އެދަނީ ތިޔަ އެއްމެން ކަމުން!

    31
    1
  6. ދެމިޔަކަން

    ސަލާމަށް ފަހު ދަންނަވަން
    ޝަހާދަތް ހަމައެ ކަނި ދުލުން ކިއުމަ ކުން މުސްލިމަ ކަށް ނުވާނެ އެޔާއެ ކު ޢަމަލުކުރަން ޖެހޭ ވަރަށް ގިނަކަން ކަން ކަން ތަށް ތަށް ހުރޭ އެހުރިހާ ކަމެއް
    ފުރިހަމަވުމުން އޭގެފަހުގައި އެއާއި އެއްގޮތަށް
    عمل ވެސް ކުރަން ޖެހޭ
    އަމަލު ކުރަން ޖެހޭ ކަން ކަމުގެ ތެރޭ ގައި
    ވަށް ކަން ކުރުމާއި ބޭނުން ވާމީހަ ކު ބޭނުންގޮތަ ކަށް
    މީހުން ފުރޭމުކުރުމާއި ތިމާޔާދެ ކޮޅަށް ޝަރީއަތުން ހު ކުމެއް ކޮށްފިނަމަ އެގާޒީޔަ ކު ނުވަތައެފަނޑިޔާރަ ކު
    ހުރިތަނެއްގެ ފުރާޅުން ޓިނު ނަގައިގެން ހަށްޔަރު
    ކުރުމާއި ތިމާ ހިތާވާ ކޮންމެ ކަމަ ކީ ދީނުގައޮނަކަމެއް ކަމުގަހެދުމާއި ތިމާހިތާނުވާ ކަން ކަމަ ކީ ދީނުގަ ނެއް
    ކަން ކަމަށް ހެދުމަ ކީ އޮތް ކަމެއް ނޫން

    4
    15
    • ގަންޖާބޯ

      ތީ މާރިއާއްދީ ދޯ؟ ފުއްކިބައިގަ ޖެހޭވަރަށް ދެމިޔަކަން ފޭކޮށް ހުންނަނީ އޭނަގެ ވީމަ އަހާލީ

      6
      1
    • ހިސެން

      ތި ދެއްކި ހުރިހާ ކަމެއް ލާމެހެނީ ނަސީދާ މިސަރުކާރައް.
      ތިމާޔައް ހުކުމެއް ކޮއްފަ އޮތީތި ފަނޑިޔާރުން ވަގައްނެގި އަދި މިހާރުވެސް އެދަނީ ތިމާ ހިތްނުވާ ފަނޑިޔާރުން ބޭރުކުރަމުން، ދީނާ ދުރުކަންތަކައް މަގުފަހި ކުރެ، އިސްލާމް ދީނައް ފުރައްސާރަ ކޮއްފިމީހަކައް އޭނަ ހިއްވަރުދޭ، ޖމރ އެއަރޕޯޓް ވިއްކައިގެން ލިބުން ލާރީގެ އެއްބައި ދައުލަތައް ނުލިބެ، ނުވިތާކައް ބައެއް ދައުލަތް ތަކުން ހިލޭ އެހީގަގޮތުގަ ދިން ލާރި މިސަރުކާރުތެރޭން ވީނުވީނޭގި ގެއްލިއްޖެ، ހުރިހާ ބާރެއް އެއްވެއްޖެ އަދި އަތާ ފައިބައިނާގެން އެތަންތަނައް ބިރުދައްކާ ނިންމައިފި

      8
      2
  7. ކޮތަރުބިސް

    ރާއްޖޭގެ ދިގު ތާރީހުގަ މީގެކުރިން ރާއްޖެނުދެކޭފަދަ ތަރައްގީއާ ރައްޔިތުންނައް ފާގަތިކަން ގެނެސްދޭންް އެނގުނު ބަހާ އަމަލުން އެކަންދެއްކި ހަމައެކަނި ލީޑަރަކީ ރައީސް ޔާމީނު މިކަންތައްތަކެއް މޮޔަކުދިންނަކަށް ހަޖަމެއް ނުވާނެ

    26
    5
  8. Sheheyshine

    ޥަރައް ކިޔާހިތުން ކިޔާލެވުނު ލިޔުމެއް.

    10
    2
  9. ހިޔާލު ތަފާތު

    ޖަނަވާރުވެސް އެނޫން ދޫނި ސޫފިއާ މަސްމަހާމެހިވެސް އެ ސޮރުމެނަށް ކާންދޭ މީހާ އަދި އެ ސޮރުމެނަށް ހެޔޮއެދޭ މީހާ ދަނެގަނޭ އެކަމަކު ﷲ ބުއްދި ދެއްވާ މާތްކުރެއްވި އިންސާނުންނަކަށް އެކަމެއް ދެނެ ނުގަނެވޭ ޔާމީނަށް ތަބަކަކަށްލާފަ ވެރިކަން ދިނީމާ އެކަން ކޮށްދިން މީހާ މަތިން ޔާމީނު ހަނދާންވިބާ؟؟ މީ މިޤައުމުގަ ކޮންމެ މީހަކަށްވެސް ވާގޮތް އިބޫއަށް ރައްޔތުން ވެރިކަން ދިނީ ވައުދުތަތާ އަހުދުތަކެއްވެގެން އެކަމަކު ފެންނަމުންމިދަނީ މުޅިން އެހެން މަންޒަރެއް އަމިއްލަ ބައި ބޮޑުކޮށް ޕާޓީ ކުދިންނަށް ކަންކަން ފަހިކޮށްދެުންދާމަންޒަރު އެކަކުވެސް ކާންދޭ މީހާމަތިން ހަނދާނެއްނުވޭ ވެރިކަމުގެ ޖާހާ އާރާ ބާރާ ތަނަވަސްކަމާ އުފަލާ އަރމާ ލައްޒަތަކީ އިންސާނުން މޮޔަވާ އެއްޗެއް މާ ދީންވެރިވެގން އުޅުނު ބަޔަކުވެސް މަޤާމުގެ ދަހިވެތިކަމުގަ އެއުޅޭގޮތް ލޮލަށްފެނިފަ ހިތާމަކުރަން

  10. އެމަންޖެ

    ތިޔަ ބުނާ ހާމާނު ލިސްޓް ގަ ހިމެނެނީ މި ސަރުކާރުގެ ސަޕޯޓަރުން....އެއީ ވެލެޒިނީ އަދި މުޖޫ ނައީމު މެން ފަދަ ޝައިތޯނުން......

  11. ނަރު

    މީހަކުމަރައިގެން ބަލައިއިރުރީނދޫބައި ކުޑަކުއްޖަކާބެހިގެން
    ބަލައިއިރުރީނދޫބައިވަންކަންކުރިއްޔާ ރީނދޫބައި އަސްލާމްދީނައްފުރައްސާރަކުރަނީ ރީދޫބައި ޤާޒީންހިތުހުރިހާގޮތެއްހަދަންފެށީ މިބައިގަޑު މިބައިގނޑުއައިފަހުން އާއިލާތައްވަކިވެއްޖެ ރައްޓެހިންރުޅިވެއްޖެ ދެމަފިރިންވަކިވެއްޖެ ޢިޖުތިމާޢީގުޅުންކެޑިއްޖެ އޭﷲމިބައިގަޑުކިބައިންއަޅަނެންރައްކާތެރިކުރައްވާނދޭވެ އާމީން