އިރާދަމުގެ ވަގުތެވެ. އިރާދައިގާ ހުރީތީ، އެ މަންޒަރުތައް ބަލަން ހުރެވުނީއެވެ. ސުފުރާމަތި ފަޅުފިލުވައިލެވިފައިވަނީ ހުނި ރޮށްޓާއި ކުޅުދިޔާވަނިވި ރިހާކުރު ބޯތަށްޓަކުންނެވެ. އެ ތަކެތީގެ މައްޗަށް އިތުރު ރަހައެއް ގެނެސްދެނިވި ސައި ޖޯޑުތަކުންނެވެ. އިންސާފުކުރައްވަން ތިއްބެވީ ދެ ފަނޑިޔާރުންނެވެ.

ކާގެއަކީ ޖާގައިގެގޮތުން ތަނަވަސް ތަނަކަށް ނުވާތީ، އަޅުގަނޑު މަޑުކޮށްގެން ހުރީމެވެ. އެކިއެކި ވާހަކަފުޅުތައް ދައްކަވަމުން، އެ ދެބޭފުޅުން ފަރީއްކުޅުވަމުން ގެންދަވައެވެ. ކުއްލިއަކަށް.... އާދެ! އަޅުގަނޑަށް ފެނުނީ ޤަބޫލުނުކުރެވޭ ފަދަ މަންޒަރެކެވެ. އަޅުގަނޑުގެ ޒަމީރު، ބަލައިނުގަންނަ މަންޒަރެކެވެ. އަޅުގަނޑު ދުށީ، އެތަނުން އެއް ފަނޑިޔާރަކު ވައަތުން ޖޯޑުގައި ހިއްޕަވައިގެން، ސައިފޮދު ހިއްޕަވާ މަންޒަރެވެ. ވައަތުން ޖޯޑުގައި ނުހިއްޕެވުމަށާއި، ރިވެތި ކަންކަމުގައި އިސްކުރައްވަންވާނީ ކަނާތްކަމުގައި ފަނޑިޔާރަށް ދެންނެވީމެވެ. ޖަވާބުގައި ފަނޑިޔާރު ވިދާޅުވީ ކީކޭކަމަށްތޯއެވެ.

ކަނާތުން ޖޯޑުގައި ހިފީމާ ކާއެއްޗެހި އުނގުޅޭނެކަމަށާއި، އެއީ ރިވެތި އާދައެއް ނޫންކަމުގައެވެ. ދީނަކީ ލުއި ފަސޭހަ ދީނެއްކަމުގައެވެ. ދީނުގައި ހައްދުފަހަނައަޅައި ދިއުމެއް ނޯންނަކަމުގައެވެ. ފަނޑިޔާރު ޖަވާބުދެއްވީ އެ ފަދައިންކަމުގައިވިޔަސް، އަޅުގަނޑަށް އެނގިފައި އޮތް އެއްޗެއް ދަންނަވައިލެވޭތޯ ބެލީމެވެ.

ކެއިންބުއިމުގައި އިސްކުރަން އަންގަވައިފައިވަނީ ކަނާތް ކަމުގައްޔާއި މިސްކިތަށް ވަންނައިރު އިސްކުރާނީ ކަނާތު ފައިކަމުގައްޔާއި ފާޚާނާއިން ނިކުންނައިރު އިސްކުރާނީ ކަނާތު ފައިކަމުގައްޔާއި މިހިރަމިހަރަ ކަންކަމަކީ، ސުންނަތުން ސާބިތުވާންހުރި ކަންކަންކަމުގައި ދެންނެވީމެވެ. އެހެންނަމަވެސްތޯއެވެ. އަޅުގަނޑު މި ވާހަކަތައް، ދެންނެވުމުން ފަނޑިޔާރު ހިތްޕުޅާ ނުވީއެވެ.

ސުންނަތަށް އުޅޭ މީހުން، ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުލައިޓުގައި މައްކާއަށް ދަނީ ކީއްކުރަންހޭ އެއްސެވިއެވެ. ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ މަދީނާގައި ހުންނަވައިފައި، ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ވަޑައިގަތީ ޖަމަލުކޮޅެއްގައި ނޫންހޭ ވިދާޅުވިއެވެ.

އެހިނދު، އަޅުގަނޑު އަޖައިބުވިއެވެ. ދިވެހިރާއްޖެއިން މައްކާއަށް ދެވޭނީ ވައިގެމަގުން ނުވަތަ ކަނޑުމަގުންކަން އެ ބޭފުޅާއަށް އެނގިވަޑައިނުގެންނެވީތީއެވެ. ޖަވާބުގައި އަޅުގަނޑު ދެންނެވީމެވެ. ޖަމަލަކީ ދިވެހިރާއްޖޭގައި އުޅޭ އެއްޗެއްނޫނެވެ. ޖަމަލަކީ ރާއްޖޭގައި އުޅޭ އެއްޗަކަށްވެފައި، އަދި މައްކާއަށް ދެވޭވަރުގެ ވަރުގަދަ ދެ ފިޔަ އޭގައި ހުންނަނަމަ، އެ ޖަމަލުތަކުގައި ހާދަ ބަޔަކު މައްކާއަށް ދިޔައީސްނޫންތޯއެވެ. އަނެއްކާވެސް ފަނޑިޔާރު ވިދާޅުވިއެވެ. ތި އުޅޭ މީސްމީހުން ތުނބުޅި ދިގުކުރަނީ، ކޮން އެއްޗެއްގައި އެ ގޮތަށް އަންގަވައިފައި އޮވެގެން ހެއްޔެވެ.

ބަލަ އަޙުމަދާއޭ! އަޙުމަދުމެންނަކަށް ނޭނގޭނެއޭ، މިހާރު މި ގެންގުޅޭ ކަހަލަ ތޫނު ހަތިޔާރުތަކެއް އޭރަކު ނުހުރެއޭ، މިހާރު މި ހުންނަ ކަހަލަ ރޭޒަރުތަކާއި އެއްޗެއްސެއް އޭރަކު ނުހުރެއޭ، އެހެންވީމާ އޭރުގެ ބޭކަލުންނަކަށް ތުނބުޅި ކޮށާފައި ބެހެއްޓުމުގެ ފުރުޞަތެއް ނުލިބެއޭ، އަޙުމަދުމެން ކަހަލަ މީހުންނަށް ޅަކަމުން އަދި ނުވިސްނެނީއޭ ވިދާޅުވިއެވެ.

އެހިނދު އަޅުގަނޑު ދެންނެވީމެވެ. އޭރުގެ ހަނގުރާމަތަކުގައި ބޭނުންކުރާ ކަނޑިތަކުގެ މަތިން ހަނދާންނެތީތޯއެވެ. އެހެންކަމަށްވާނަމަ ތުނބުޅި ކޮށައި، ތުނބުޅި ބާލާނެ ފަދަ އާލާތްތައް ވެސް، އެ ބޭކަލުންނަށް އުފެއްދެވޭނެ ނޫންތޯއެވެ. އަޅުގަނޑު މިހެން ދެންނެވުމުން، ހިނދުކޮޅަކު ހިމޭނުން އިންނަވައިފައި އަނެއްކާ ވެސް ފަނޑިޔާރު ވިދާޅުވިއެވެ.

ތުނބުޅި ދިގު ކުރީމާ ކައިގެން އަވަދިވާއިރު، މުޅި ތުނބުޅީގައި ހުންނާނީ ކާއެއްޗެއްސެވެ. ތި އުޅޭ ގިނަ މީސްމީހުން ކައި އަވަދިވެގެން ބޭރަށް ނިކުންނައިރު ހީވަނީ މުޅި ތުނބުޅީގައި ރޮށި އެލުވައިގެން އުޅޭހެންނެވެ. ޖަވާބުގައި އަޅުގަނޑު ދެންނެވީމެވެ. ތުނބުޅި ދިގުކޮށްފައި ހުންނަ ކޮންމެ މީހަކީ މުޑުދާރު މީހެއް ނޫނެވެ. އޭގެތެރެއިން ބަޔަކު މުޑުދާރުކޮށް އުޅުނަސް، އެންމެންނަކީ އެ ކަހަލަ ބައެއް ނޫނެވެ.

އާދޭހެވެ. އެ ޢިއްޒަތްތެރި ފަނޑިޔާރުގެ ނަޒަރިއްޔާގައި މި ނިކަމެތި އަޅާގެ ބަހަކީ އެއްވެސް އެއްޗަކަށްނުވިއެވެ. އަދި ކީއްތޯއެވެ. އަޅުގަނޑުގެ ވިސްނުން މާ ޅައީއެވެ. ވާނީވެސް އެހެންތާއެވެ. ތަޖުރިބާކާރު ފަނޑިޔާރެއްގެ ކުރިމަތިފުޅުގައި ތަޖުރިބާއެއް ލިބިފައިނުވާ އަޅުގަނޑަކީ، ވަކި ކާކުތޯއެވެ. އިސްލާމީ ޝަރީޢަތުގެ ޢިލްމު ހާސިލުކުރައްވައިގެން ހުންނެވި ފަނޑިޔާރާއި އަޅައިބަލާއިރު އަޅުގަނޑަކީ މީހެއް ވެސް ނޫނެވެ. އެންމެ ފަހުންވީ ގޮތޭތޯއެވެ.

އިސާހިތަކު އަޅުގަނޑުގެ ހަނދާންތައް ސޮއްސައިލައިގެންގޮސް މަޑުޖެހުނީ ދާދި މިދާކަށްދުވަހު ކޮޓަރީގައި ހުރި ފޮތް ހަރުގަނޑުގައި، ފޮތެއް ބޭއްވި ހިސާބަށެވެ. އަޅުގަނޑު ހިތަށް އެރިއެވެ. އެ ފޮތުގައި އޮތްއެއްޗެއް ވެސް ފަނޑިޔާރުގެ ކުރިމަތިފުޅަށް ހުށަހަޅާނަމެވެ. މިހެން ހިތައި، ފޮތް ބަލައި ހިނގައްޖައީމެވެ. ފޮތް ހިފައިގެން އައިސް ފަނޑިޔާރާއި ދާދި ކައިރީގައި ހުއްޓިހުރެ އަޅުގަނޑު ދެންނެވީމެވެ. އަޑުއައްސަވާށެވެ. މިހެން ދެންނެވުމަށްފަހު ފޮތް ހުޅުވައިލައި ކިޔަން ފެށީމެވެ.

އިބުނު ރާފިޢު އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުން ރިވާކުރެއްވި ކަމަށް އަބޫދާވޫދުއާއި އިބުނުމާޖާ ތަޚުރީޖުކުރައްވައިފައިވާ ހަދީސްފުޅުގެ މާނައިގައިވެއެވެ. "ތިޔަބައިމީހުންކުރެ މީހަކު (ބަޔާންވެވިގެންވާ ގޮތުގައި) ތިމަން ރަސޫލާއަށް ނުފެންނަހުށިކަމެވެ. އެ މީހަކު އިށީނދެގެން ބާލިސްމަތީ ލެނގިލައިގެން ވަނިކޮށް ތިމަން ރަސޫލާ ކުރައްވައިފައިވާ އަމުރުތަކުގެތެރެއިން ކަމެއް ނުވަތަ މަނާ ކުރައްވައިފައިވާ ކަންތަކުގެތެރެއިން ކަމެއް އެ މީހެއްގެ ގާތަށް އައުމުން ބުނާނެއެވެ. ތިޔައީ އަހަރެމެން ދަންނަކަމެއް ނޫނެވެ." (ތަރުޖަމާ: ޢަބްދުއްރަޙީމް މުޙައްމަދު، ﷲ ބާވައިލެއްވިގޮތަށް ޙުކުމް ނުކުރުމާއި އަދި އެކަމުގެ ޙާލަތްތަކާއި ޙުކުމްތައް) އަޅުގަނޑު ހަދީސްކިޔައި ނިމުނުތަނާހެން، ތިޔަ ފޮތް ހިފައިގެން މި ތަނުން ދާށޭ، ފަނޑިޔާރު ވިދާޅުވިއެވެ.

އަޙުމަދު ތި އުޅެނީ، ފޮތުގެ ބަނޑޭރިގަނޑުން ކިޔަވައިގެންނޭ ވެސް ވިދާޅުވިއެވެ. ވައަތަކީ، ހަޑި ކަންތައްތަކުގައި އިސްކުރަން އޮންނަ އަތެއްކަމަށްވާނަމަ، ވައަތުގެ ބޭނުމެއް ނެތެއްނުންހޭ، ވައަތް ކަނޑައިލައިފައި އެއްލައިލަންވީ ނޫންހެއްޔޭ ވިދާޅުވިއެވެ.

އާދެ! އިސްވެ މި ދެންނެވި ބީދައިން، ފަނޑިޔާރުގެ ވާހަކަފުޅުތައް ހުރުމާއެކު، ފޮތް ހިފައިގެން އަޅުގަނޑު ހިނގައްޖައީމެވެ. ދަންނައެ! މާތްﷲއާއި، އެ އިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންގަވައިފައިވާ ގޮތަށް ފުރަގަސްދީފައި އެނބުރިދާ އިންސާނަކަށް ބާއްޖަވެރިކަމެއް ނެތެވެ. އަދި ކީއްތޯއެވެ. އެއްވެސް މީހަކު، މި ކަމުން އިސްތިސްނާވެގެން ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ޖިންނި

  ވ ފުރިހަމަ މި ޒަމާނަށް ފެތޭ ލިޔުމެއް

  53
  9
 2. ވިސްނައިލުން

  ހަނި ވިސްނުމަކީ ފިލުވާލަން އުނދަގޫ އާފަތެއް. ދީނުގައިވާ އެކަމެއްގެ ބޮޑު މަޤަޞަދު ދިމާ އިދިކޮޅަށް ޖެހިގެންދާ ކަމެއް. އެންމެފަހުން ވެސް ޙައްޤު ނޫނީ ޙައްޤަކަށް ނުވާނެ. އަދި ޙައްޤުން ނޫނީ އިންސާނީ ޙަޔާތަށް އައްޔެއް ނުކޮށްދޭނެ.
  މާތްﷲ ބިންމަތީގައި ލެއްވި ކޮންމެ ކާއިނެއްގެ ޒާތުގައި ދިރިއުޅޭނެ ގާނޫނެއް އިލްހާމުން ލެއްވެވި. އެއާ ޚިލާފަށް އިންސާނުންނަށް ބަޔާންކޮށްދެއްވީ އުސޫލުތަކަކާއެކު (ޝަރްޢުއޭ ކިޔާ) އިޖްތިހާދީ ތަކްލީފެއް. އެހެންވެ ދެއްވީ އެނގުމުގެ ވެސް ތަފާތު އާލަތެއް. އެޝަރީޢަތް އެއވެސް ސަބަކާ ހުރެ ނުފޯރާ ބަޔަކުނަމަ، ޖާހިލުކަމުގެ ކޯޅުންތަކާ ތަޤްލީދުގެ ޓެބޫ ދީންތަކުގައި ދުނިޔެއުޅެމުންދޭ.

  27
  1
 3. މާމިގިލީ މީހާ

  ވާތުގެ މުހިއްމުކަން މިހާރުގެ މީހުންނަކައް ނޭގޭ.. ގެފުޅުކައިރީ ތޮވާފު ކުރަނީ ކޮން އަތަކަށް. މިސޯލާ ސިސްޓަމުގެ ޕްލެނެޓްތައް އެބުރެނީ ކޮން އަތަކަށް. މި ގެލެކްސީ އެބުރެނީ ކޮން އަތެކައް. މިހުރިހާ ކަމެކައް ބަލާލިޔަސް ވާތުގެ މުހިއްމުކަން އެގޭނެ.

  26
  4
  • ހަނީފް

   ވައަތުގެ އަހުލުވެރީންވަނީ ނަރަކައިގައި.. ކީރިތި ގުރްއާނުގެ ތަރުޖަމާ ކިޔާށެވެ. ޝައިތާނާ ކައިބޮއެ ހަދަނީ ވައަތުން.. އެޝައިތާނާގެ ގޮތާއި ދެކޮޅުހެދުމައް މުސްލިމުން ކަނައަތް އިސްކުރޭ.. އަދި އެމީހެއްގެ ފަތްފުތް އެމީހެއްގެ ކަނައަތައް ލިބޭނޭ މީހާއަށް އުފާވެރިކަން ކީރިތި ގުރްއާނުގައި އެވަނީ.. އަދި އެމީހެއްގެ ފަތްފުތްއެމީހެއްގެ ވައަތައް ލިބޭމީހަގެ ހަލާކު އެ ގުރުއާނުގައި އެވަނީ. ދެއަތްވެސް އުފެއްދެވި ފަރާތުން ކަނޑައަޅުއްވާފައި ވަނީ ކަނައަތް ހެޔޮކަމުގައި. އަދި ކަނައަތުގެ އަހުލުވެރީންގެތެރެއިން ވުމައް. ހެޔޮ މީހުންނާއި ނުބައި މީހުން އުފެއްދެވި ފަރާތުންވަނީ ހެޔޮމީހުންނައް ސުވަރުގެ ލައްވަވާ.. ނުބައި މީހުންނައް ނަރަކަ ލައްވަވާފަ.. އަދިހެޔޮމީހުންނަކީ ކަނައަތުގެ އަހުުލުވެރީންކަމުގެ ޚަބަރު ކީރިތި ގުރްއާނުގައި ބަޔާންކުރައްވާފަ..ދެން މިކަމާ އިންކާރުކުރާމީހާ ކީރިތިގުރްއާންއިންކާރުކޮއްފި..

   11
   • ަަަނނދޖސޒ

    ވައަތްތެރިން އެހެންވީރު ނަރަކަައަށް ދާނެ؟ އަހަރެމެން ވައަތްތެރިން ހުރިހާ ކަމެއް ވައަތުން ކުރާތީ ވަރަށް އެއްޗެހި ކިޔާ...

 4. ޓިނު ވަގު

  ކަލޯމެންވެސް ރީނދޫ ބައިގަނޑު އެނބުރޭ ކޮންމެ ގޮތަކަށް އާދެ، ލައްބަ ކިޔަން ތިޔަ ތިބެނީއެއްނު... ކޯޓްތައް ހަލާކު ކޮށްފި..

  12
  2
 5. ކިނބޫ

  ވަރަށް ހިކުމަތްޔެރި ލިއުމެއް.

  16
  4
 6. ސޯސް

  އިބްލީސް އާދަމްގެފާނަށް ސަޖިދަޖެހުމަށް ދެކޮޅުހެދީ އޭނަގެ ބޮޑާކަމުން. "ތިމަންނައަކީ އަލިފާނުން ހަދާފައިވާ މަހުލޫގެކޭ، ކީއްވެގެންހޭ މަށިން ހަދާފައިވާ މަހްލޫގަކަށް ތިމަންނަ އިހްތިރާމްކުރަންވީ؟".
  ތިފަނޑިޔާރުުވެސް ފަނޑިޔާރުކަން ލިބުމުން އެހުރީ އޭނަގެ ނަޒަރުން އެހެންމީހުންނަށް ވުރެ މާތްވެފަ، މަތިވެރިވެފަ. އޭނަ ކުރާ ފާފަތައް އޭނަގެ ހިތުން އެހިމެނޭނީ "ދީނުގައިވާ ލުއިފަސޭހަ" ކަންކަމުގެ ތެރޭގައި. އެކަންތައް ރަނގަޅު ކުރުމަށް ބުނުމަކީ އޭނަގެ ހިތުން ހަރުކަށިކަން.
  މިފަނޑިޔާރު އުޅޭ ޒާތަށް މީގެ ދެދައުރު ކުރިން 30 އަހަރުގެ ވެރިކަމެއް ކުރެއްވި ރައީސްވެސް ކުރިންވެސް މިހާރުވެސް އެއުޅުއްވަނީ. މިހާރުގެ ރައީސްއާއި މަޖްލީހުގެ ރައީސްއާއިވެސް ވަކި ތަފާތެއް ނެތް. އަންނިގެ ހިތުން ޒިޔާރަތްތަކަށް ނަދުރު ބުނުމަކީ ދީނީކަމެއް. އެކަމަކު ބުރުގާއެޅުމާއި ތުނބުޅި ދިގުކުރުމަކީ ހަރުކަށި ހައްދުފަހަނަ އަޅައިދިޔުން.

  23
  2
 7. ނަމަ

  މާމިގިލީމީހާ ބަލަ ލިޔުމުގަ ނެތް ވާއަތް ބޭނުން ނުކު ރާށޭ....ކަނާއަތް އިސްކު ރާށޭ ދޯ. ތޮޢާފްކުު ރަންވާތް ފަ ރާތުން އޭގެ ޚިކުމަތްދެނެވޮޑިގެންވާނީ ތޮޢާފްކު ރަން އަމު ރުކު ރައްވާފައިވާ ޚާލިޤްވަންތަ އިލާހު އަދި ކާއިނާތުގެ ހިންގުންވެސް ހިނގާނެގޮތް ލެއްވީ ހަމަ އެފަ ރާތުން....ވާ ގޮތަކީ އެއެއްނޫން ސުންނަތުން މިގޮތަށް އައިސްފާވާތީ ހަޖަމު ނުކު ރެވޭ ބައެއްމީހުން އުޅެނީ....ކަލޭމެން ނޫޅުނީމަ ..ވީ އެއްނުން ދެން ޕްލީސް މި ޤައުމުގަ އުޅުނަދީ....

  20
 8. އެދުރު

  ތިޔައީކޮމެންޓް ޖަވާބު ދެވޭނެ ކަމެއްނޫން ކުރިމަތީ ހ

 9. އަހަރެން ރާއްޖެތެރެ

  މިއުޅޭނީ ފަސްވަގުތު ބަރާބަރަށް ނަމާދުވެސް ނުކުރެވިގެން... އޭގެ ފަހުން ހަތަރެސްފަޔާ ޖެހޭނީ!

  1
  3
 10. ބޮއްލޯ

  ހަމަ ކަށަވަރުން، ނުފެންނަތާނގައި އެއުރެންގެ ވެރިރަސްކަލާންގެއަށް ބިރުވެރިވާމީހުން (ދަންނާށެވެ!) ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ، އެމީހުންނަށް ހުށްޓެވެ.

 11. އަލީ

  ދދދދދދީނީ ލިޔުން ލިޔާނެ، 99އިންސައްތަ ލިޔުމަކީ ދޮގު ފިތުނަ ހަބަރު. އެކަން ރަނގަޅުކޮށްފި ވަގުތު ނޫހުން އަނގަ ހުޅުވަބަލަ

 12. ފޮއްބުރި

  އިރާދަމުގެ ވަގުތެވެ. އިރާދައިގާ ހުރީތީ، އެ މަންޒަރުތައް ބަލަން ހުރެވުނީއެވެ. ސުފުރާމަތި ފަޅުފިލުވައިލެވިފައިވަނީ ހުނި ރޮށްޓާއި ކުޅުދިޔާވަނިވި ރިހާކުރު ބޯތަށްޓަކުންނެވެ. އެ ތަކެތީގެ މައްޗަށް އިތުރު ރަހައެއް ގެނެސްދެނިވި ސައި ޖޯޑުތަކުންނެވެ. އިންސާފުކުރައްވަން ތިއްބެވީ ދެ ފަނޑިޔާރުންނެވެ.

  ކާގެއަކީ ޖާގައިގެގޮތުން ތަނަވަސް ތަނަކަށް ނުވާތީ، އަޅުގަނޑު މަޑުކޮށްގެން ހުރީމެވެ. އެކިއެކި ވާހަކަފުޅުތައް ދައްކަވަމުން، އެ ދެބޭފުޅުން ފަރީއްކުޅުވަމުން ގެންދަވައެވެ. ކުއްލިއަކަށް.... އާދެ! އަޅުގަނޑަށް ފެނުނީ ޤަބޫލުނުކުރެވޭ ފަދަ މަންޒަރެކެވެ. އަޅުގަނޑުގެ ޒަމީރު، ބަލައިނުގަންނަ މަންޒަރެކެވެ. އަޅުގަނޑު ދުށީ، އެތަނުން އެއް ފަނޑިޔާރަކު ވައަތުން ޖޯޑުގައި ހިއްޕަވައިގެން، ސައިފޮދު ހިއްޕަވާ މަންޒަރެވެ. ވައަތުން ޖޯޑުގައި ނުހިއްޕެވުމަށާއި، ރިވެތި ކަންކަމުގައި އިސްކުރައްވަންވާނީ ކަނާތްކަމުގައި ފަނޑިޔާރަށް ދެންނެވީމެވެ. ޖަވާބުގައި ފަނޑިޔާރު ވިދާޅުވީ ކީކޭކަމަށްތޯއެވެ.

  ކަނާތުން ޖޯޑުގައި ހިފީމާ ކާއެއްޗެހި އުނގުޅޭނެކަމަށާއި، އެއީ ރިވެތި އާދައެއް ނޫންކަމުގައެވެ. ދީނަކީ ލުއި ފަސޭހަ ދީނެއްކަމުގައެވެ. ދީނުގައި ހައްދުފަހަނައަޅައި ދިއުމެއް ނޯންނަކަމުގައެވެ. ފަނޑިޔާރު ޖަވާބުދެއްވީ އެ ފަދައިންކަމުގައިވިޔަސް، އަޅުގަނޑަށް އެނގިފައި އޮތް އެއްޗެއް ދަންނަވައިލެވޭތޯ ބެލީމެވެ.

  ކެއިންބުއިމުގައި އިސްކުރަން އަންގަވައިފައިވަނީ ކަނާތް ކަމުގައްޔާއި މިސްކިތަށް ވަންނައިރު އިސްކުރާނީ ކަނާތު ފައިކަމުގައްޔާއި ފާޚާނާއިން ނިކުންނައިރު އިސްކުރާނީ ކަނާތު ފައިކަމުގައްޔާއި މިހިރަމިހަރަ ކަންކަމަކީ، ސުންނަތުން ސާބިތުވާންހުރި ކަންކަންކަމުގައި ދެންނެވީމެވެ. އެހެންނަމަވެސްތޯއެވެ. އަޅުގަނޑު މި ވާހަކަތައް، ދެންނެވުމުން ފަނޑިޔާރު ހިތްޕުޅާ ނުވީއެވެ.

  ސުންނަތަށް އުޅޭ މީހުން، ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުލައިޓުގައި މައްކާއަށް ދަނީ ކީއްކުރަންހޭ އެއްސެވިއެވެ. ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ މަދީނާގައި ހުންނަވައިފައި، ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ވަޑައިގަތީ ޖަމަލުކޮޅެއްގައި ނޫންހޭ ވިދާޅުވިއެވެ.

  އެހިނދު، އަޅުގަނޑު އަޖައިބުވިއެވެ. ދިވެހިރާއްޖެއިން މައްކާއަށް ދެވޭނީ ވައިގެމަގުން ނުވަތަ ކަނޑުމަގުންކަން އެ ބޭފުޅާއަށް އެނގިވަޑައިނުގެންނެވީތީއެވެ. ޖަވާބުގައި އަޅުގަނޑު ދެންނެވީމެވެ. ޖަމަލަކީ ދިވެހިރާއްޖޭގައި އުޅޭ އެއްޗެއްނޫނެވެ. ޖަމަލަކީ ރާއްޖޭގައި އުޅޭ އެއްޗަކަށްވެފައި، އަދި މައްކާއަށް ދެވޭވަރުގެ ވަރުގަދަ ދެ ފިޔަ އޭގައި ހުންނަނަމަ، އެ ޖަމަލުތަކުގައި ހާދަ ބަޔަކު މައްކާއަށް ދިޔައީސްނޫންތޯއެވެ. އަނެއްކާވެސް ފަނޑިޔާރު ވިދާޅުވިއެވެ. ތި އުޅޭ މީސްމީހުން ތުނބުޅި ދިގުކުރަނީ، ކޮން އެއްޗެއްގައި އެ ގޮތަށް އަންގަވައިފައި އޮވެގެން ހެއްޔެވެ.

  ބަލަ އަޙުމަދާއޭ! އަޙުމަދުމެންނަކަށް ނޭނގޭނެއޭ، މިހާރު މި ގެންގުޅޭ ކަހަލަ ތޫނު ހަތިޔާރުތަކެއް އޭރަކު ނުހުރެއޭ، މިހާރު މި ހުންނަ ކަހަލަ ރޭޒަރުތަކާއި އެއްޗެއްސެއް އޭރަކު ނުހުރެއޭ، އެހެންވީމާ އޭރުގެ ބޭކަލުންނަކަށް ތުނބުޅި ކޮށާފައި ބެހެއްޓުމުގެ ފުރުޞަތެއް ނުލިބެއޭ، އަޙުމަދުމެން ކަހަލަ މީހުންނަށް ޅަކަމުން އަދި ނުވިސްނެނީއޭ ވިދާޅުވިއެވެ.

  އެހިނދު އަޅުގަނޑު ދެންނެވީމެވެ. އޭރުގެ ހަނގުރާމަތަކުގައި ބޭނުންކުރާ ކަނޑިތަކުގެ މަތިން ހަނދާންނެތީތޯއެވެ. އެހެންކަމަށްވާނަމަ ތުނބުޅި ކޮށައި، ތުނބުޅި ބާލާނެ ފަދަ އާލާތްތައް ވެސް، އެ ބޭކަލުންނަށް އުފެއްދެވޭނެ ނޫންތޯއެވެ. އަޅުގަނޑު މިހެން ދެންނެވުމުން، ހިނދުކޮޅަކު ހިމޭނުން އިންނަވައިފައި އަނެއްކާ ވެސް ފަނޑިޔާރު ވިދާޅުވިއެވެ.

  ތުނބުޅި ދިގު ކުރީމާ ކައިގެން އަވަދިވާއިރު، މުޅި ތުނބުޅީގައި ހުންނާނީ ކާއެއްޗެއްސެވެ. ތި އުޅޭ ގިނަ މީސްމީހުން ކައި އަވަދިވެގެން ބޭރަށް ނިކުންނައިރު ހީވަނީ މުޅި ތުނބުޅީގައި ރޮށި އެލުވައިގެން އުޅޭހެންނެވެ. ޖަވާބުގައި އަޅުގަނޑު ދެންނެވީމެވެ. ތުނބުޅި ދިގުކޮށްފައި ހުންނަ ކޮންމެ މީހަކީ މުޑުދާރު މީހެއް ނޫނެވެ. އޭގެތެރެއިން ބަޔަކު މުޑުދާރުކޮށް އުޅުނަސް، އެންމެންނަކީ އެ ކަހަލަ ބައެއް ނޫނެވެ.

  އާދޭހެވެ. އެ ޢިއްޒަތްތެރި ފަނޑިޔާރުގެ ނަޒަރިއްޔާގައި މި ނިކަމެތި އަޅާގެ ބަހަކީ އެއްވެސް އެއްޗަކަށްނުވިއެވެ. އަދި ކީއްތޯއެވެ. އަޅުގަނޑުގެ ވިސްނުން މާ ޅައީއެވެ. ވާނީވެސް އެހެންތާއެވެ. ތަޖުރިބާކާރު ފަނޑިޔާރެއްގެ ކުރިމަތިފުޅުގައި ތަޖުރިބާއެއް ލިބިފައިނުވާ އަޅުގަނޑަކީ، ވަކި ކާކުތޯއެވެ. އިސްލާމީ ޝަރީޢަތުގެ ޢިލްމު ހާސިލުކުރައްވައިގެން ހުންނެވި ފަނޑިޔާރާއި އަޅައިބަލާއިރު އަޅުގަނޑަކީ މީހެއް ވެސް ނޫނެވެ. އެންމެ ފަހުންވީ ގޮތޭތޯއެވެ.

  އިސާހިތަކު އަޅުގަނޑުގެ ހަނދާންތައް ސޮއްސައިލައިގެންގޮސް މަޑުޖެހުނީ ދާދި މިދާކަށްދުވަހު ކޮޓަރީގައި ހުރި ފޮތް ހަރުގަނޑުގައި، ފޮތެއް ބޭއްވި ހިސާބަށެވެ. އަޅުގަނޑު ހިތަށް އެރިއެވެ. އެ ފޮތުގައި އޮތްއެއްޗެއް ވެސް ފަނޑިޔާރުގެ ކުރިމަތިފުޅަށް ހުށަހަޅާނަމެވެ. މިހެން ހިތައި، ފޮތް ބަލައި ހިނގައްޖައީމެވެ. ފޮތް ހިފައިގެން އައިސް ފަނޑިޔާރާއި ދާދި ކައިރީގައި ހުއްޓިހުރެ އަޅުގަނޑު ދެންނެވީމެވެ. އަޑުއައްސަވާށެވެ. މިހެން ދެންނެވުމަށްފަހު ފޮތް ހުޅުވައިލައި ކިޔަން ފެށީމެވެ.

  އިބުނު ރާފިޢު އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުން ރިވާކުރެއްވި ކަމަށް އަބޫދާވޫދުއާއި އިބުނުމާޖާ ތަޚުރީޖުކުރައްވައިފައިވާ ހަދީސްފުޅުގެ މާނައިގައިވެއެވެ. "ތިޔަބައިމީހުންކުރެ މީހަކު (ބަޔާންވެވިގެންވާ ގޮތުގައި) ތިމަން ރަސޫލާއަށް ނުފެންނަހުށިކަމެވެ. އެ މީހަކު އިށީނދެގެން ބާލިސްމަތީ ލެނގިލައިގެން ވަނިކޮށް ތިމަން ރަސޫލާ ކުރައްވައިފައިވާ އަމުރުތަކުގެތެރެއިން ކަމެއް ނުވަތަ މަނާ ކުރައްވައިފައިވާ ކަންތަކުގެތެރެއިން ކަމެއް އެ މީހެއްގެ ގާތަށް އައުމުން ބުނާނެއެވެ. ތިޔައީ އަހަރެމެން ދަންނަކަމެއް ނޫނެވެ." (ތަރުޖަމާ: ޢަބްދުއްރަޙީމް މުޙައްމަދު، ﷲ ބާވައިލެއްވިގޮތަށް ޙުކުމް ނުކުރުމާއި އަދި އެކަމުގެ ޙާލަތްތަކާއި ޙުކުމްތައް) އަޅުގަނޑު ހަދީސްކިޔައި ނިމުނުތަނާހެން، ތިޔަ ފޮތް ހިފައިގެން މި ތަނުން ދާށޭ، ފަނޑިޔާރު ވިދާޅުވިއެވެ.

  އަޙުމަދު ތި އުޅެނީ، ފޮތުގެ ބަނޑޭރިގަނޑުން ކިޔަވައިގެންނޭ ވެސް ވިދާޅުވިއެވެ. ވައަތަކީ، ހަޑި ކަންތައްތަކުގައި އިސްކުރަން އޮންނަ އަތެއްކަމަށްވާނަމަ، ވައަތުގެ ބޭނުމެއް ނެތެއްނުންހޭ، ވައަތް ކަނޑައިލައިފައި އެއްލައިލަންވީ ނޫންހެއްޔޭ ވިދާޅުވިއެވެ.

  އާދެ! އިސްވެ މި ދެންނެވި ބީދައިން، ފަނޑިޔާރުގެ ވާހަކަފުޅުތައް ހުރުމާއެކު، ފޮތް ހިފައިގެން އަޅުގަނޑު ހިނގައްޖައީމެވެ. ދަންނައެ! މާތްﷲއާއި، އެ އިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންގަވައިފައިވާ ގޮތަށް ފުރަގަސްދީފައި އެނބުރިދާ އިންސާނަކަށް ބާއްޖަވެރިކަމެއް ނެތެވެ. އަދި ކީއްތޯއެވެ. އެއްވެސް މީހަކު، މި ކަމުން އިސްތިސްނާވެގެން ނުވެއެވެ.

 13. ފައިސަލް

  ކަލޭމެން ތިޒާތުގެ ވާހަކަ ތި ލިޔަނީ ކާކަށް ތުއިދައްކަން. ޔާމީނަށް؟ އޭނަ ނުބަލާނެ ކަލޭމެންގެ ވާހަކައަކަށް. އެއީ އެއައށްވުރެ މާ ޖަނަވާރު މިނިކާވަގެއް. ބުރިޖު ހުޅުވި ދުވަހު ނުވެސް ވެއްދިއެއްނު.