ގއ. ކަނޑުހުދޫއިން ދެއަހަރު ނުފުރޭ ތުއްތު އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގެ ތުހުމަތުގައި ބަންދުގައި ހުރި އުމުރުން 82 އަހަރުގެ މީހާއަކީ މުޅި ރަށަށްވެސް އޮތް ބޮޑު ބިރެކެވެ. މި މީހާއަކީ މީގެ ކުރިންވެސް މިފަދަ އަމަލެއް ހިންގައިގެން އެ މައްސަލަ ޖެންޑރ މިނިސްޓްރީއާއި ފުލުހުންނަށް ހުށަހެޅި މާލޭގެ ޝަރުއީ ކޯޓުތަކުން މައްސަލައިގެ ޝަރީޢަތް ވެސް ވަނީ ފަށާފައެވެ. ނަމަވެސް މި މުސްކުޅި މީހާ މުޖުތަމައަށް ދޫކޮށްލާފައި ހުރީ އުމުރަށް ބަލާފައިކަމަށް ފުލުހުން ބުނުމުން މުޖުތަމައުގެ ރައްކާތެރިކަމަށް ދިވެހި ފުލުހުން އިސްކަން ދޭ މިންވަރު ރައްޔިތުންނަށް ސާފުކޮށް އެނގިއްޖެއެވެ.

2017 ގައި މި މީހާ 3 އަހަރުގެ ކުއްޖަކާއި ބެހުނު

ކުޑަ އާއިލާއެއްގައި ހުރި ތިން އަހަރުގެ ކުޑަ އަންހެން ކުއްޖާ އަށް މި މުސްކުޅި މީހާ ޖިންސީގޯނާ ކުރީ 2017 ގަ އެވެ. އާއިލާ އިން އެ މައްސަލަ ރިޕޯޓްކުރުމުން، ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ބަޔާން ނެގި އެވެ. ދިރިއުޅޭ ގެ ކައިރީގައި މި ކުޑަ އަންހެން ކުއްޖާ ހުއްޓައި ގަދަކަމުން ގޮވައިގެން ގޮސް ޖިންސީ ގޯނާ ކުރަން އުޅުނުކަން ކިޔައިދިނީ މިކުއްޖާ އަމިއްލައަށެވެ. އޭރު އެކުއްޖާ ކިޔައިދިން ވާހަކަ މުސްކުޅި މީހާގެ އާއިލާއިން ދޮގުކުރިއެވެ. ނަމަވެސް މި ކުޑަކުއްޖާގެ އާއިލާއިން އެ ކުއްޖާއަަށް ރައްކާތެރި މާހައުލެއް ހޯދަ ދޭން މަސައްކަތް ކުރިއެވެ. މިކަމަށް އިންސާފް ނުލިބި ތިއްބާ މި މުސްކުޅި މީހާ އޭނާ ދިރިއުޅޭ ގެ ކައިރިން ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރަން އުޅުނުކަން އަނެއްކާ ފަޅާއެރިއެވެ.

3 އަހަރުގެ ކުއްޖާ ނަފްސާނީ ބަލިމަޑުކަމެއްގެ ތެރޭގައި

އުމުރުން އެންމެ 3 އަހަރުގައި ލިބުނު މި އަނިޔާގެ ވާހަކަ މި ކުއްޖާ އޭނާގެ މަންމައަށް ވަރަށް ސާފުކޮށް ކިޔައިދީފަވެއެވެ. މަންޒަރާއެކު ކުރެހުންތަކުން މިކުއްޖާ ވަނީ އާއިލާއަށް އެކަން ސިފަކޮށްދީފައެވެ.

އޭނާ މިކުއްޖާގެ ޖިންސީ ގުނަވަނުގައި އަތް ލާން ފެއްޓުމުން މިކުއްޖާ ބުނި "ބޭބޭ ހޯހޯ، ބޭބޭ ހޯހޯ" ކުއްޖާގެ މާމަ ކިޔައިދިނެވެ.

މި ކުޑަކުއްޖާއަށް މިކަމުގެ ސަބަބުން ނިދީގައި އުނދަގޫތަކެއް ކުރިމަތިވާން ފެށުމުން ކުއްޖާ ނަފްސާނީ ޑޮކްޓަރަކަށް ދައްކަން އާއިލާއިން ބޭނުންވިއެވެ. ނަމަވެސް ނަފްސާނީ ގޮތުން ދިމާވަމުން އައި މައްސަލައަށްވެސް ހައްލެއް ނުލިބި މިކުއްޖާ އެކަމުގައި ދިރިއުޅެން ޖެހުނީ ޖެންޑަރ މިނިސްޓްރީން ލިބެންޖެހޭ ލިއުމެއް ނުލިބިގެންނެވެ. އޭގެ ފަހުން ދެ އަހަރުވީއެވެ. އަދިވެސް އެ މީހާ ފެންނަ އިރަށް މި ކުއްޖާ ބިރުން ތެޅިގަނެއެވެ.

ޕީޖީން މި މައްސަލަ ނިންމާ ރަށު ކޯޓަށް ފޮނުވި

ތިން އަހަރުގެ މި އަންހެން ކުއްޖާ އަށް ޖިންސީ ގޯނާކުރި މައްސަލަ ޖެންޑަރ މިނިސްޓްރީއާއި ގުޅިގެން ފުލުހުން ތަހުގީގުކޮށް، ނިންމިއެވެ. އަދި ޕީޖީއިން މި މައްސަލަ ރަށުކޯޓަށް ފޮނުވުމުން ފިޔަވަޅު ނޭޅި އޮތީ މި ރަށުގެ ކޯޓާ ހިސާބުންނެވެ. މި ކުޑަ އަންހެން ކުއްޖާގެ އާއިލާއިން ބުނާގޮތުގައި ރަށުކޯޓުގައި މައްސަލަ އޮންނަތާ ދޮޅުއަހަރުވަނީ ވެފައެވެ. މި މައްސަލަ ކުރިއަށް ނުގެންގޮސް އޮތީ މިރަށު ކޯޓުގައި އޭރު މެޖިސްޓްރޭޓަރަކަށް ހުރީ ޖިންސީ ގޯނާ ކުރި މީހާއަށް ބޮޑު ބޭބެ ކިޔާ މީހަކަށްވުމުން ކަމަށް މި ކުއްޖާގެ އާއިލާއިން ތުހުމަތު ކުރެއެވެ. "އަހަރެމެން މައްސަލަ ލަސްވާތީ އެހީމަ އޭނަ ދިން ޖަވާބަކީ ބޭނުން އިރަކުންނޭ މައްސަލަ ބަލާނީ" ކުއްޖާގެ ބައްޕަ "ވަގުތަށް" ކިޔައިދިނެވެ.

އޭރު މެޖިސްޓްރޭޓަރަކަށް ހުރި ހަސަން ދީދީ މިހާރު ހުރީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގައި ސަސްޕެންޑްކޮށްފައެވެ.

މިހާރު މި މައްސަލަ ވަނީ އަލުން ބަލަން ފައްޓާފައެވެ. ޕީޖީން ބަޔާން ނަގަން އަންނާނެކަން އާއިލާއަށް ވަނީ އަންގާފައެވެ. މި މައްސަލަ ކުރިން ބަލާ ނިންމި ނަމަ 2 އަހަރު ނުފުރޭ ތުއްތު ކުއްޖާއަށް އަމާން ކަމެއް ލިބުނީސްކަމަށް މި އާއިލާއިން ދެކެއެވެ.

އިންސާފު ހޯދަން ކުރި މަސައްކަތުން އިންސާފު ނުލިބި ވަގުތު ފާއިތުވެއްޖެއެވެ. ދައުލަތުގެ މުއައްސަސާތައް ފެއިލް ވެއްޖެއެވެ. ދެން ހޯދީ މުއައްސަސާތަކުން ހެދި ގޯސްތައް ރަނގަޅުކޮށް ކުށްވެރިންނަށް ޙައްޤު އަދަބު ދިނުމެވެ. ނަމަވެސް ސުވާލަކީ ކުށްވެރިޔާ ޖަލަށް ލުމުން މި ތުއްތު ކުދިންނަށް ލިބިފައިވާ ނަފްސާނީ ގެއްލުމަށް ބަދަލު ލިބުނީ ހެއްޔެވެ؟ ނޫނެކެވެ. ނުލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. Anonymous

  ކުރީއްސުރެން އެފަދަ ބޮޑުކުށް ކުށްސާބިތުވެ ހައްޔަރުވެސް ކުރެވިފައިވާމީހަކަށްވެފައި އެބެއްްޔާ ދޫކޮށްލިކަމަށްވަނީ އުމުރަށް ބަލާފަކަމަށްވާއިރު ޢުފެދޭ ސުވާލަކީ 18އަހަރުންދަށް އުމުރުގެ ކުދިން ޖަލަށްނުލެވޭގޮތަށް 80އަހަރުން މަތީއުމުރުގެ މީހުންވެސް ހުކުމް ތަންފީޒު ނުކުރެވޭ ނުވަތަ ޖަލަށް ނުލެވޭނެ ގާނޫނެއް އުފައްދާފައިވަނީބާއޭ ؟؟

  27
 2. އިންސާފު

  ކޮންމެ އަތޮޅެއްގައި ހުންނާނެ ފުލުހުންގެ އިންޓެލިޖެންސް އޮފިސަރުން. އެމީހުންނަކަށްވެސް މިގަދަ މަޢުލޫމާތު ނުލިބެނީބާ؟؟؟
  ގއ. ކަނޑުހުޅުދޫގައި ޕޮލިސް ޑެސްކް ހުރޭ. ކީއްކުރާ ބައެއް އެއީ ޔުނީފޯމް އަޅައިގެން މައިންބަފައިންނަށް ބޭސް ފަރުވާ ކުރެވޭތީވެ އާއި ބާރަހާސް ރުފިޔާ ކޮންމެ މަހެއްގައި ކާލަކާލާ.
  ސައިކަލް ތަކިގައި ސްޓިކާ ޖެހުމުގައި އާއި މަސްތުވާތަކެތި އޮޕަރޭޝަން އިންޓެލިޖެންސް އިން ހިންގަނީ. އޭގެ އިތުރުން ސިހުރު އޮޕަރޭޝަން ، ދޫނި އޮޕަރޭޝަން ދެން ވައްސަލާމް

  52
  1
 3. އައިޝާ

  ތިކުއްޖާގެ މަންމަ ވެސް ހައްޔަރު ކުރަން ޖެހޭ.

  86
  3
 4. ޖ

  މުއައްސަަސާ ތަކާއި ހަވާލުވެފަ އިހުމާލު ވީމީހުނަށް ފިޔަވަޅު އަޅާ ނޫނީ ބަންދު ކުރޭ. އެއީ މައުސޫމް 2 އަހަރުގެ ކުއްޖާ އަށްޓަކައި

  101
  3
 5. ޕަރާސް

  ގައުމު ހަލާކު ކުރުމުގެ ޒިންމާވެސް އުފުލާކަށް ސިޔާސީ ލީޑަރަކު ބޭނުމެއް ނުވާނެ! ޢެމީހުން ބޭނުންވަނީ ވޯޓު! ލާމަރުކަޒީ ގާނޫނު އަވަސް އަރުވާލާފައި ނިންމީ ކަމުގައި ބަލަންވާވަރަށް ނުބަލާ! ޜަށްރަށުގެ އިޖުތިމާއީ ނިޒާމު ހަލާކު ވެފައި އޮތްވަރު ތިކަމުން އެގޭ!މަކުނެއްހެން އަރާ ލާމަރުކަޒީ އޭ ގޮވީމާ ނިމުނީތަ؟އެޖެންޑާ 19ގެ ތެރެއިން މުސްކުޅިން ތަރައްގީވަނީ! ޖަޒީރާ ތަށް މިނިކާ ތަންތަނަށް! ވެޑުވިފާ ސޮނިބާލަ ބާލަ ތިބޭ!

  59
 6. ގައުމު

  ތި ރަށުގަ އުޅެނީ ހުސް އަންހެނުންބާ؟ ރައްޔަތުން ތީ ކީއްކުރާ ބައެއް

  56
 7. ސަޓޯ

  ހާދަ ކޫސަނި ރަށެކޭދޯ

  21
  2
 8. ދޮނާ

  2017 ގައި މި މީހާ 3 އަހަރުގެ ކުއްޖަކާއި ބެހުނު މީއީޔާމީންގެވެރިކަމުގައިހިގިކަމެއް ޤާސީބޭނުންގޮތެއް މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރާކަމުގެ ޝަކުވާއާއި، މާލިއްޔަތު ޤަވާއިދާއި ހިލާފަށް އަމަލުކުރުމަށް މުވައްޒަފުންނަށް
  މަޖުބޫރުކުރާ މައްސަލަ
  އިސްމެޖިސްޓްރޭޓް ޙަސަން ދީދީގެ މައްޗަށް ތުހުމަތުކޮށް އޭނާ އަވަގުރާނަ ގޮވިކަމަށްބުނެ ހުށަހެޅުނު މައްސަލަ
  އޮރިޔާން ވީޑިއޯ މުވައްޒަފުންނަށް ދައްކާ ކަމަށްބުނެ ހުށަހެޅުނު މައްސަލަ
  ކޯޓުގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރާ ކަމަށް ބުނެ ހުށަހެޅުނު މައްސަލަ
  ހެކިންގެ ބަޔާން ނެގުމަށް ހުރަސްއަޅާ ކަމަށްބުނެ ހުށަހެޅުނު މައްސަލަ
  މާރާމާރީ ހިންގުމަށް ހިތްވަރު ދިންކަމަށް ބުނެ ހުށަހެޅުނު މައްސަލަ
  ހުތުރު އެއްޗެތި ގޮވިކަމަށް ބުނެ ހުށަހެޅުނު މައްސަލަ

  6
  5
 9. ދޮނާ

  2017ގައިމިރަށު ކޯޓުގައި އޭރު މެޖިސްޓްރޭޓަރަކަށް ހުރީ ޖިންސީ ގޯނާ ކުރި މީހާއަށް ބޮޑު ބޭބެ ކިޔާ މީހަކަށްވުމުން ކަމަށް މި ކުއްޖާގެ އާއިލާއިން ތުހުމަތު ކުރެއެވެ. "އަހަރެމެން މައްސަލަ ލަސްވާތީ އެހީމަ އޭނަ ދިން ޖަވާބަކީ ބޭނުން އިރަކުންނޭ މައްސަލަ ބަލާނީ"

 10. މިއަދު

  ކަޑުހުޅުދޫ އަކީ މީހުންދިރިއުޅެން ހެޔޮވާވަރުގެ ރަށެއްނޫން އެރަށުންމީހުންބާލާ އެރަށުގެ ކުޑަ އާބާދީ މުޅިރާއްޖެއަށް ބަހާލުން ރަގަޅުކަމަށްފެނޭ

  11
  16
 11. ފިކުރު

  ކަމާބެހޭ ފަރާތްތައް ހައްޔަރު އަދަބު ދޭންޖެހޭނޫންތޯ

 12. އެސޮރު

  ދެން ކަމެއް ރަނގަޅު ވާނެތަ މިހާރު. މިހާރު ތިބި ވެރިން ތިބީ އެކަހަލަ މީހުން ހިމާޔަތް ކުރަން.

  32
  1