ކޮވިޑް-19 ދުނިޔޭގައި ފެތުރެން ފެށުމާއި އެކު ރާއްޖެ އިން ފިޔަވަޅުތައް އެޅުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާން ފެށީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އެވެ. އެޗްޕީއޭގެ ހުއްދަ ނެތި މިއަދު އެއްވެސް ކަމެއް ނުކުރެވޭ ހިސާބަށް ކަންތައްތައް މިވަނީ ގޮސްފައެވެ. މާލޭގައި ބަންދުވެފައި ތިބި އެތައް ރައްޔިތުންނެއްގެ ޝަކުވާ އާއި މާލެ އަށް ނާދެވިފައި ތިބި އެތައް ރައްޔިތުންނެއްގެ ޝަކުވާތަކަށް ނިމުން ގެނައުމުގައި އެޗްޕީއޭ އާއި އަދި އެހެން އިދާރާތަކުގެ މަސައްކަތްތައް ލަސްވެ، ރައްޔިތުންނަށް އޮޅުން ފިލުވައިދޭން ޖެހޭ ކަންކަން އޮޅުން ނުފިލައި، ގުޅަންވީ ނަމްބަރެއް، ކުރަންވީ ކަމެއް ނޭނގޭ ދަރަޖައަށް ކަންތައްތައް ވަނީ ގޮސްފައެވެ.

ނަމަވެސް މިފަހަރު އަދި ދައްކަން އޮތީ އެވާހަކައެއް ނޫނެވެ. މިފަހަރު ދައްކަން އޮތީ ކޮވިޑް-19 އާއި ގުޅިގެން އެޗްޕީއޭ އިން އާއްމު ކުރާ އަދަދުތައް އާއްމުންނަށް ނޭނގޭ ވާހަކައެވެ. އަދަދުތައް ދިމާނުވެ، އޮޅުންބޮޅުން ވެފައިވާ ވާހަކައެވެ. ރާއްޖެ އިން ކޮވިޑް-19 ފެނި، ހަލުވިކަމާއި އެކު މިހާރު ބަލި ރާއްޖޭގައި ފެތުރެމުން ދާއިރު، އެޗްޕީއޭގެ ކޮންމެ ޓްވީޓަކަށް، ކޮންމެ މެސެޖަކަށް އިންތިޒާރުކުރާ އެތައް ހާސް ރައްޔިތުންނެއް އެބަތިއްބެވެ. ހަމައެކަނި ވައިބާގައި އެޗްޕީއޭ ފޮލޯ ކުރާ މީހުންގެ އަދަދު ލައްކައަކާއި ކައިރިކޮށްފިއެވެ. ޓްވިޓާގައި އެޗްޕީއޭ ފޮލޯ ކުރާ މީހުންގެ އަދަދު ބައި ލައްކައަށް ވުރެ ގިނައެވެ. އަދި މައުލޫމާތު ފޯރުކޮށްދިނުމަށް ހެލްތު މިނިސްޓްރީގެ ވެބްސައިޓްގައި ވެސް ހާއްސަ ޕޭޖެއް އެބައިނެވެ.

ނަމަވެސް މި ޕްލެޓްފޯމްތައް މެދުވެރިކޮށް އެޗްޕީއޭ އިން ހާމަކުރާ މައުލޫމާތުތައް ދިމާނުވެ، އަސްލު އަދަދުތައް ކަށަވަރު ކުރުމުގައި ވަނީ ދަތިތައް ދިމާވެފައެވެ. ރޭ މެންދަމު 02:23 ގައި އެޗްޕީއޭ އިން ކުރި ޓްވީޓެއްގައި ބުނީ އިތުރު 25 މީހަކު ކޮވިޑް-19 އަށް ފައްސި ވެފައިވާ ކަމަށެވެ. ނަމަވެސް ހަމަ އެޓްވީޓްގައި ބުނެފައި ވަނީ ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަކީ 790 ކަމަށެވެ.

ރޭ 21:30 ގައި އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތައް ބަލާއިރު އެވަގުތާއި ހަމައަށް ރާއްޖެ އިން ކޮވިޑް-19 ޖެހިފައި ވަނީ 785 މީހުންނަށެވެ. އެހެންކަމުން 02:23 ގައި ކުރި ޓްވީޓްގައި ބުނާ އަދަދަށް އިތުރަށް މީހުން ފައްސިވި ނަމަ ރާއްޖެ އިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 810 އަށް އަރާނެއެވެ. ނަމަވެސް އެޗްޕީއޭ އިން މިޖެހި ހިސާބު ދިމާނުވެ، ވަނީ އޮޅުން އަރާފައެވެ.

ރޭ މެންދަމު އެޗްޕީއޭ އިން ޓްވީޓް ކުރިއިރު ރާއްޖޭގައި ކޮވިޑް-19 ޖެހިފައި ތިބީ 790 މީހުން ކަމަށް ބުނިއިރު އޭރު ހެލްތު މިނިސްޓްރީގެ ވެބްސައިޓްގައި ބުނެފައި ވަނީ ރާއްޖެ އިން ކޮވިޑް-19 ޖެހިފައި ވަނީ 792 މީހުންނަށް ކަމަށެވެ. އެހެންކަމުން އަނެއްކާވެސް އެރީ އިތުރު އޮޅުންތަކެކެވެ. ނަމަވެސް މިހާރު އެވެބްސައިޓްގެ މައުލޫމާތު ބަދަލުކޮށް ޖުމްލަ އަދަދަކީ 790 ކަމަށް އެބަބުނެއެވެ.

އެޗްޕީއޭ އިން އަދަދުތައް ހާމަކުރުމުގައި އޮޅުންތައް އަރުވާފައި ވަނީ ހަމައެކަނި އެންމެ ފަހަރަކު ނޫނެވެ. އިތުރު މިސާލަކަށް ބަލާނަމަ މިމަހުގެ ދެވަނަ ދުވަހު އެޗްޕީއޭ އިން ހާމަކުރި މައުލޫމާތުތައް ބުނާ ގޮތުގައި އެދުވަހުގެ ނިޔަލަށް ކޮވިޑް-19 އަށް ރާއްޖޭގައި ހަދާފައި ވަނީ 8429 ޓެސްޓެވެ. ނަމަވެސް ޖެހިގެން އައި ދުވަހު (މެއި 03) ގައި އެޗްޕީއޭ އިން އާއްމު ކުރި ތަފާސް ހިސާބުތައް ބުނާ ގޮތުގައި އެދުވަހުގެ ނިޔަލަަށް ރާއްޖޭގައި ކޮވިޑް-19 އަށް ހަދާފައި ވަނީ 8327 ޓެސްޓެވެ.

މިމައުލޫމާތައް ބަލާއިރު ކޮވިޑް-19 އަށް ރާއްޖޭގައި ހެދި ޓެސްޓްތަކުގެ ޖުމްލަ އަދަދު މިއޮތީ ކުރީ ދުވަހަށް ވުރެ ފަހު ދުވަހު ބޮޑުތަނުން މަދުވެފައެވެ. މިއީ ކިހިނެއްވާ ކަމެއްކަން ސާފެއް ނުވެއެވެ.

އަދި އިތުރު ދުވަސްތަކުގައި އެޗްޕީއޭ އިން އާއްމުކޮށްފައިވާ އަދަދުތަކުގައި ވެސް މިފަދަ އެތައް ގޯހެއް އެބަހުއްޓެވެ.

ކޮވިޑް-19 އާއި ގުޅިގެން ކޮންމެ ދުވަހަކު ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ނޭޝަނަލް އެމަޖެންސީ ސެންޓަރު (އެންއޯސީ) އިން ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި އެންއޯސީގެ ތަރުޖަމާން މަބްރޫކް އަޒީޒް ވެސް ވަނީ ކޮވިޑް-19 އާއި ގުޅިގެން އަދަދުތައް ހާމަކުރެވޭ ގޮތުން އޮޅުން އަރާކަމަށް އެއްބަސްވެ ވަޑައިގެންފައެވެ. އެކަން ހައްލު ކުރައްވާނެ ކަމަށް މަބްރޫކް ވިދާޅުވިތާ ހަފްތާއެއް ވެފައި ވާއިރު، އަދި ފެންނަނީ އިތުރު އޮޅުންތައް އަރައި ވާނުވާ ނޭނގޭ ދަރަޖައަށް ކަންތައްތައް ބަދަލުވަމުންދާ މަންޒަރެވެ.

ކޮވިޑް-19 އާއި ގުޅިގެން އެންމެން ވެސް މަސައްކަތް ކުރަމުން ގެންދަނީ ވަރަށް ބުރަކޮށެވެ. ނަމަވެސް އެއީ ސައްހަ މައުލޫމާތު ފޯރުކޮށް ދިނުމަށް އޮތް އުޒުރެއް ކަމަށް އާއްމު ރައްޔިތުން މީހާ ގަބޫލެއް ނުކުރާނެއެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކޮވިޑް-19 އާއި ގުޅޭ އަދަދުތައް ހާމަކުރުމުގައި އޮޅުމެއް އަރާފާނެތީ އަދަދުތައް ހާމަކުރުމުގެ ކުރިން އެތައް ފަހަރަކު އަދަދުތައް ޗެކް ކުރެއެވެ. މިކަމުގެ މިސާލް އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް ފަދަ ގައުމުތަކުން ފެންނަން އެއޮތީއެވެ. ރާއްޖެ އަކީ އާބާދީ މާބޮޑަށް މަދު، އަދަދުތައް ކަށަވަރު ކުރުމުގައި މާބޮޑަށް ކަންކަން ފަސޭހަ ގައުމަކަށް ވާއިރު، ދައުލަތުގެ ބޮޑު އިދާރާއަކުން މިފަދަ ގޯސްތައް ހެދުން އެއީ ވަރަށް ދެރަކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

  1. ޙަަރުން

    ކަމަނާ ކޯއްޗެއް ތި ހައްދަވަނީ

    87
    4
  2. ބަސް

    އެޗް.ޕީ.އޭ ވިއްޔާ ކުށެއްކުރެވިގެން ނުވަނީތަ؟

    32
    105
    • ހޖ

      އެޗްޕީއޭ އަށް ކުރެވިފައިވަނީ ކުށްތަކެއް ހެން ހީވަނީ

      79
      2
    • ޙައްގުބަސް

      ނޫން އެޗްޕީއޭއަށްވެސް ކުށެއް ޖެހިދާނެ! ކުށެއް ކުރެވިދާނެ!! އަދި އެހެން ފަރުދަކަށްވެސް ކުރެވިދާނެ!! މައްސަލައަކީ އެޗްޕީއޭއަށް ކުށް ރަގނަޅު ނުކުރެވި ތަފާތު އެތައްފަހަރަކު އެތައްގޮތަކަށް ހާމަކުރާތީ!! ކަލޭމެން އެއްފަހަރު އުޅުނު ލޮލަށް ނިދި ނައިސްގެން އަދުރޭގެ ހިސާބޭ ކިޔަައިގެން!! އަދުރޭއަށް ވާހަކަ ދައްކަމުން ނުބައިކޮށް އެއްޗެއް ބުނެވިގެންނޭ ބުނެ ހީވީ ސޯޝަލް މީޑިޔާ ރޫޅާއަޅާފާނެހެން!! މިއީ މައްސަލައަކީ ވަކި ބަޔަކު ކުރީމަ ތަކުރާރުވިޔަސް އޯކޭ!! އެހެން ބަޔަކު އެންމެ ފަހަރަކު ދޫއޮޅިގެންނަމަވެސް ކުށެއް ކީއްޖިއްޔާ ކަމަކު ނުދޭ!! މިއީ ކަލޭމެންގެ (ރީނދޫ ހުން ޖެހިފައި މިވާ) ހަމަ ހުންނަ ގޮތަކީ!! ކަލޭމެން ވައްކަންވެސް ކުރަންވީ!! ކަލޭމެން ކޮރަޕްޝަންވެސް ހިންގަންވީ!! ކަލޭމެން ނުޙައްގުން މީހުން ޖަލަށްވެސް ލާންވީ!! ކަލޭމެން ކޯޓްތައްވެސް އަތަށް އޮޅާލައިގެން ހަދާނެ އެއްޗެއް ހަދަންވީ!! ކަލޭމެން ދޮގުވެސް ހަދަންވީ!! ކަލޭމެން ދޮގު ވައުދުވެސް ހުއްޓުމެއްނެތި ކުރަންވީ!! މިއީ ކަލޭމެންގެ ފޮތުގައި އޮންނަގޮތުން ކަލޭމެންގެ ބަޔަކު ކޮށްފިއްޔާ ހަމަ އޯކޭއި! މިގޮތް ރަގަނޅެއްނޫން!! ކޮންމެ ބަޔަކު ނުބައިކަމެއް ކޮށްފިއްޔާވެސް އެވާންވާނީ ހަމަ ނުބައިކަމަކަށް!! ނާގާބިލް މަތިބަރުވެ ބަސްބުނަން އަދި ކަންކަން ނިންމަން ރޯނު އެދުރުން ގިނަވީމަ ވާނެ ހައެތި މިހާރު މިގައުމުން މިފެންނަނީ!!!

      172
      5
  3. ނިރު

    ތިތާތެރޭ އަދުރޭ އުޅޭތޯ ބަލަން އެބަޖެހޭ

    61
    59
    • ހޖ

      ކަމެއް ގޯސްވެއްޖިއްޔާ ކުރީގެ ސަރުކާރު
      ތީ ތިބައިގަނޑުގެ ސްޓައިކް

      115
      9
  4. މަބޭ

    ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް މިއުޅެނީ ކޮވިޑު. އެންމެން އެއްފަހަރާ މިއުޅެނީ ހިސާބު ހަދަން. އެހެންވީމާ ހިސާބު ހަދަން ދަތިވެ އޮޅުން އަރާނެ. ދެން ކުޑަ ގައުމަ ކާ ބަލާފައި ހިސާބު އަދަދު ވަރަށް ރަނގަޅުވާނެ

    26
    11
  5. Anonymous

    މަބުރޫކު ސަރުކާރުގެ ދިފާޢުގައި ވާހަކަ ދައްކަމުން ރޭ ބުނީ އޭޝިޔާގެ ސަރަހައްދު ގައި މި ބައްޔަށް އެންމެ ބޮޑަށް ތައްޔާރުވެފައި ވާ ޤައުމަކީ ރާއްޖެ ކަމަށް. އެކަމަކު ހިނި އަންނަނީ އެވާހަކަ އަޑުއިވުމުން. އަވައްޓެރި ސްރީލަންކާގެ އާބާދީ އެތައް މިލިޔަން ނަމަވެސް ކޮވިޑް ޖެހުނީ 700+ މީހުންނަށް. ރާއްޖެގެ އާބާދީ ތިން ލައްކަ އެކަމަކު ބަލި ޖެހުނު އަދަދު 700 ގަހަނާ އަޅައިގޮއްސި. ސަރުކާރުން ބުނީ އެންމެ ވޯސްޓް ސިނަރިއޯ އަށް ވެސް ވަނީ ފުރިހަމައަށް ތައްޔާރު ވެފައި ކަމަށް އެކަމަކު ޓެސްޓިން ކެޕަސިޓީ އެއް ނެތް. ދުވަހަކު ޓެސްޓު ކުރެވެނީ 200 ސާމްޕަލް އަދި އެއީ މާލެއިން އެކަނި ޓެސްޓު ކުރެވެނީ ވެސް. އޯޑަރު ދިން ވެލްޓިލޭޓަރުތަކެއް ނާދޭ ހުޅުމާލެ އާއި އަތޮޅު ތެރޭގައި ނިންމަން ބުނި 5 ސަރަހައްދުގެ އިމަޖެންސީ ހޮސްޕިޓަލްތައް އަދި ނުނިމޭ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ސަރުކާރުން ބަހައްޓަން ބުނީ 200 ވެލްޓިލޭޓަރު އަދި ނުބެހެއްޓޭ. އެހެން ހުއްޓާ މިރޭ ޑރ ފައިސަލް އެބުނީ އަތޮޅު ތެރޭގައި ނެތޭ ކުޑަކުދިންނަށް ދޭނޭ އައިވީ އެއް މިންވަރުވެސް. ރައްޔިތުންނަށް އޮޅުވާލުމާއި މަކަރު ހެދިޔަސް މީ ބޮޑުވަރު.

    139
    4
    • އަހަރެން

      މަބްރޫކް.. ރާއްޖެ މި ބައްޔަށް ތައްޔާރު ވީ އޭ ބުނި އިރުގަ ތިބޭ ފުޅާ ހުރީ ތައްޔާރަށް ތޯ މި ބައްޔަށް.. އަދިވެސް އަދިވެސް މާލޭގަ މިބަލި ފެތުރެނީމި މަބްރޫކް ތައްޔާރު ނޫނީ ސަރުކާރު ތައްޔާރު ނުވެގެނެއްނޫނޭ.. މީހުންގެ ފައިތައް އެއް ތާކު ހަރުނުލާ ދެފައިގަ ރެވިތެޔޮ އުނގުޅާގެން މުޅި މާލެ ތެރޭ ދުވެ ނަގާތީވެ... ލޮކްޑައުންއޭ ބުނީ އިރަށް ގެއަށް ގަންނަން ހުރިއެއްޗެހި ހަމަ ނުވެގެން އަދިވެސް... ގޭގަ އަނބިދަރިންކައިރި ތިބެބަލަ...

      38
      56
      • Anonymous

        ރައްޔިތުން މަގުމަތީގައި އުޅޭތީތަ ޓެސްޓު ކުރާނެ މެޝިނެއް ނުލިބި ދުވާލަކު އެންމެ 200 އެއްހާ ޓެސްޓު ހެދެނީ ރައްޔިތުން މަގުމަތީގައި އުޅޭ ތަ ސަރުކާރުން ބުނީ 200 އައި ސީ ޔޫ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ނުބެހެއްޓިގެން އުޅެނީ. ރައްޔިތުން މަގުމަތީގައި އުޅޭ ތަ ރާއްޖެ ތެރޭގެ ޤައިމްކުރަން ބުނީ އެމަޖެންސީ ހޮސްޕިޓަލް ތައް އަދިވެސް ނުނިމެނީ.

        49
        2
        • އަލީ

          ބަލަ މެސިނަކީ ގޭ ބަދިގޭގަ ހަދާ އެއްޗެއްތަ. ފުރަތަމަ ދުވަހުވެސް ބުނި ތައްޔާރޭ އެކަމަކު އެއްޗެއްސެއް ނެތޭ ގިނަ ބަޔަކަށް ހިދުމަތް ދޭނެ. އެހެންވެ ގޭގަ ތިބޭށޭ. ފުރަތަމަ މީހާ ކުރެއްދޫއިން ފެނިގެން ކިތައް ދުވަސް ދިޔެ މާލެއިން މީހަކު ފެނުމާ ހަމަޔަށް. އެކަމަކު އެއްޗެހި ގަންނަން ތެޅިގަތީ ބަންދު ކޮށް ފާނެ ހެން ދެން ހީވީމަ. ދެން ކީއްވެޔޯ ތި ބުނާ 200 އެނދު ދަރުމަވަންތައިގަ ނެތީ. ކީއްވެޔޯ ބަންގާޅިން މިތާ ދިވެހިންނަށް ވުރެ ގިނަ ވެގެން މި އުޅެނީ. ދެންވެސް ސިޔާސީ ނުވެ ގައުމު ހަމަ މަގަށް އަޅުވަން އުޅެންވީ. އެއީ ޔާމީނެއް އިބޫ އެއް ކުރާ ކަމެއް ނޫން. ތަހުޒީބު ރައްޔިތުން ކުރާ ކަމެއް.

          6
          21
          • މާޑުކް

            ރުހުމުގެ ލޮލަށް އައިބެެއް ނުފެންނާނެ. ސަރުކާރުގައި 200 މީހުންނަށް އިމަޖެންސީ ގައި ފަރުވާ ކުރެވޭނެ ތަކެތި ނެތުމަކީ ރައްޔިތުންގެ މައްސަލައެއް ނޫން. ދެ މަސް ވެގެން ދާއިރު ދުވާލަކަށް ޓެސްޓު ކުރެވޭނެ ވާނީ 200 ސާމްޕަލެއް ނޫން. ރައްޔިތުން މި ތިބީ ސަރުކާރުން ބުނީ އަދަދަކަށް ޓެކްސް ދީގެން. ކަލޭމެންނަށް ދައުލަތެއް ހިންގަން ނޭގުމަކީ ރައްޔިތުން ކުއްވެރި ކުރަން ޖެހޭ ސަބަބެއް ނޫން. ކަލޭމެންނަށް އިންގޭހާވެސް ކަމަކީ ބައިތުލްމާލުން ވައްކަން ކުރުމާއި މަގުމަތީ މުޒާހަރާކުރުން.

            24
  6. އެރަށުމީހާ

    ކޮވިޑް ޖެހިގެން މަރުވި ކަމަށް ބުނާ 3 މަރަކީވެސް ހަމަ ސީދާ ރޯ ބުހުތާން ދޮގު. ރަނގަޅު ގޮތަކީ އެކި ގޮތް ގޮތުން މަރުވި ވަގުތު 3 މީހުން ގައިގަ ކޮވިޑް ވައިރަސް ހުރިޔޭ މިހެން. ފުރަތަމަ މީހާ ލޮކްޑައުން ގަ ހުރެ ހޮސްޕިޓަލަށް ނުދެވި މަރުވީ. އެއީ ނިއުމޯނިޔާ 2 ފަހަރު ޖެހިފަ ސަލާމަތްވެފަ ހުރި މީހެއް. 2 ވަނަ މީހާ މަރުވީ ސްޓްރޯކެއް ޖެހި ނާރެއް ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅިގެން. 3 ވަނަ މީހާ އަކީ 80 އަހަރަށް ވުރެ ދޮށީ މީހެއް. މަރުވި ސަބަބެއް ނޭނގެ. މަރުވި އިރު ކޮވިޑް ވައިރަސް ހުރީ. ކޮވިޑް ވައިރަސް ހުންނަ ކޮންމެ މީހަކީ އެބަލިން މަރުވާ މީހެއް ނޫން. ބިރުވެރިކަން އުފައްދަން ދޮގު ހަދަނީ ހަމަ

    65
    9
  7. ހޖ

    ނަސީބެއްނުން ދުވާލަކު ތިން ހަތަރުފަހަރު ޕްރެސް ނުބާވާކަން

    56
    1
  8. Anonymous

    އަޅެ މި ގައުމުގަ ސަރުކާރެއް އެބައޮތްބާ! ހެޔޮނުވާނެ އަހަރުމެން ވީހާލެއްގަ ވާން ދޫކޮށްފަ ކަލޭމެން ރައްކާވާން އުޅޭ. ކަލޭމެން ވީ ހާލެއްގަ ވެގެން އުސް ފަސްގަނޑާ ދިމާލު ތޮށިގަނޑުމަތީ ނިދާލައިގެން ގުރުބާންވި މީހުނަށް މިހާރު އެތޮށިގަނޑުމަތިންވެސް ޖާގައެއް ނުދީ ރަށަށް ކޮފެން ތިގޮވަނީ. ލަދުހަޔާތްކުޑޭމެން.

    84
    1
  9. ޑެލްބޯއި

    ކުދި ކުދި އޮޅުންތައް އެރުމަކީ މައްސަލައެއް ނޫން، ކޮންމެ ކަމެއް އެންމެ ފުރިހަމައެއް ނުވާނެ. އެހެން ހީކޮށް އެހެން ނުވާ ހިނދު ކެތްތެރި ނުވެވެންޏާ އެއީ ގޯހެއް. ހުރި ވަސީލަތްތައް ހެޔޮގޮތުގައި ފަރުވާތެރިކަމާއެކު ބޭނުން ކުރުވޭތޯ ބަލަންވީ. މިއަދުގެ ޖީލަށް ލިބިފައިވާ އިލްމަށާއި ހުނަރަށް ބަލާއިރު ކަންތައްތައް ފުރޮޅިގެންދާތަން ފެންނަނީ ހީކުރި ވަރަށް ވުރެ ފުރިހަމަކޮށް. މާތްﷲގެ އިރާދަފުޅާއެކު ވަރަށް އަވަހަށް ދިވެހިންނަށް މި ބަލިމަޑުކަމުގެ މައްޗަށް ކާމިޔާބު މިންވަރު ކުރައްވާތޯ ދުޢާކުރަން.

    10
    34
  10. ހުންގާނު

    ރާއްޖޭގެ ރިޔާސީ ޙަޔާތުގައި މިހާރު ދިވެހިންނާއިގެން ދަތުރު ކުރަމުން މިދާ އޮޑީގައި ހުންގާނު އެބަހުރިތޯ ؟ މާލިމީއަކު އެބަހުރިތޯ ؟ އެމީހަކު ހަދާނެ އެއްޗެއް ހަދަނީއެއްނޫންތޯ ؟ ޕާޓީގައި ޕާޓީ ކުދިން ޕާޓީވެސް ކުރަނީއެއްނޫންތޯ ؟ އަޅެ ދެން ކީކޭބުނާނީ ! ކިހިނެއްތަ ވާންމިއުޅެނީ. ބަލަން ހަމަ ތިބެނަވީނު !

    49
    2
    • މުހައްމަދު

      ހުންގާނުގައި އެހުރީ އޮޓޯ އާދަންފުޅު.

      12
  11. Anonymous

    ތެދެއް ވިއްޔާ ވާނެ ތެދަކަށް އެންމެ ވޯސްޓް ސިނާރިއޯއަށް ތައްޔާރުވެފައި އޮތް ގައުމެއް ކަމުގައި ދައުވާކުރީ ހަމަ މިސަރުކާރުން އެއީ ރައްޔިތުންނަށް އޮޅުވާލުން ނޫންތަ؟ އެކަމަކު މިއުޅެނީ މާލެ ފިޔަވައި އެހެން ތަނަކުން ޓެސްޓެއްވެސް ނުކުރެވިގެން ސިޓީތަކުގެ ދަރަޖަ ދީފައިހުރި ސަރަހައްދު ތަކުން އެލަގަބު ނަގާފަ އަތޮޅުތެރޭގެ ލަގަބު ދިނުން ރަނގަޅުވާނެ ރާއްޖޭގެ ސިއްޙީ ނިޒާމް މާލެއަށް ބަރޯސާވެފައި އޮތް އޮތުމަށް ދުވަހަކު ވެސް ބަދަލެއް ނާންނާނެ

    45
    2
  12. ސަން

    ބައެއް މީހުންނަށް އެބަ ހީވޭ ސްރީލަންކާގައި ބަލި ޖެހުނީ އެންމެ 700 އެއްހާ މީހުންނަށް ކަމަށް. ކީކޭދެން ބުނާނީ. އެމީހުންނަށް ސްރީލަންކާ ނޭންގެނީދޯ. ޕްރަބާކަރަން ހިފާ ހައްޔަރުކޮށް ކަލަމްބޯ އަށް ގެނެސް ތަހްޤީޤުކޮށްފައި މަރާލައިފައި އިއުލާން ކުރީ އޭނާ ހަނގުރާމައިގައި މަރުވެއްޖެ ކަމަށް. ލަންކާގެ އޮފިޝަލް ފިގަރސް އަކީ ހަޤީޤަތެއް ނޫން. ލަންކާގެ ރައްޔިތުން ބޭނުމެއް ނުވޭ ބަލި ޖެހުނީމާ ރިޕޯޓް ކުރާކަށް އެއީ ގެންގޮސްލާ ކަރަންޓީނުގެ ހާލަތުން. ކަންކަން ދުނިޔޭގައި ހިނގާގޮތް ބޮލެއް ބަހައްޓައިގެން ބެލުމަށް ދަންނަވަން.

    7
    41
    • ޖުހަ

      ދެން ކަލޭ ދޭ ދޯ ގުޅުވައިގެން އިދެ ބަލާ ބަލާ ނޭޕާލް، ޤަތަރު، އޮމާން، ތަޖިކިސްތާން، އުޒްބެކިސްތާން، ޔޫރަޕުން ޗެކްރިޕަބްލިކް، ސްވިޒަލޭންޑް ރުހުމުގެ ލޮލަށް އައިބެެއް ނުފެންނާނޭ ވަގުން ސަޕޯޓްކުރާނީ ވަގުންނަށް....

      29
      1
      • އަލީ

        މި ރާއްޖޭގަ ވައްކަން ކުރީ އަދި ދެ ރައީސުން. އެކަކު ވެލާނާގެއިން. އަނެކަކު ފަޅު ރަށްތަކުން. ދެން ހުސް ކިޔަނީ ކުރިޔޭ ކުރިޔޭ. ސާބިތެއް ނުވޭ.

        13
  13. ސުޢޫދު

    ވާނުވާނޭގޭ އައްޑުއިންގެނާ ބަލިމީހާ ނުވާއެއްޗެއްނެއް ވާއެއްޗެެނެއް އެތައްބަޔަކު ހިޕަހައްޓާ. ތިކަން ކުރެވުނުނަމަ ޔޫއެސް އިންޑިއާ ބުރެޒިލް ޗައިނާ މިއީދުނިއޭގެ ރިކޯޑް ޢާބާދިތައް މިއާބާދީ ތަކާއެއްވަރައް ރާއްޖެއިން ނުވާނޭ އައްސި އެއް ނައްސިއެއް ކުދިޖަޒީރާގައުމެއްގަ ދުނިއޭގެ ގައުމުތަކާގުޅިފައެއްނެއް މޫސުމީ ދޫނިދަތުރު ކުރާހެން މަތިންދާއެއްޗެއްގަމިދެވެނީ އާދެވެނީ މިޖަޒީރާ ރާއްޖެއައް

    23
  14. ސަންތިމަރިޔަބު

    މިސަރުކާރު ވެރިކަމަށް އައީވެސް އޮޅުވާލާއިގެން އަބަދުވެސް ސަރުކާރު ހިންގުމުގާއި އޮޅުން އަރާއިގެން އުޅޭހާވަނީި “ކަށްޗައް އެޅި ބިންގާ ކެއްޗާހަމަޔަށް ނެގިޔަސް އޮންނާނީ ކަށްޗަށް”ހިލޭ އެހީގެ ގޮތުގާއި އެކިއެކި ފަރާތްތަކުން ލިބޭ އެހީވެސް ލޯނުވެސް އޮންނަނީ އޮޅިފާއި
    ޙަމަ ހިނިއަންނަނީ

    47
    3
  15. ޢައްޗި

    އަސްލު މިކަމުގައި އެޗްޕީއޭއަށް މާބޮޑު ބާރެއްނެތް ، އެޗްޕީއޭއިން ކަންކަން ނުކުރަން އަންގާއިރުވެސް ސަރުކާރުން ގަދަފާވިއްދާފަ ކަންކަންކުރާތީ ވާގޮތް މިފެންނަނީ ، ބަަލި ކޮންޓްރޯލް ކުރަން ކަރަންޓީގައި ބަަޔަކު ބަހައްޓަން އެޗްޕީއޭއިން އެދުނަސް ސަރުކާރުން އެބަޔަކު ފުރަންޓްގައި ބައިތިއްބަން ބޭނުމިއްޔާ ވާނީ މިހެން

    36
    2
  16. ރައްޔިތު

    މިއީ ތަނެއްދޮރެއް ދަންނަ ބަޔަކުތިބި ސަރުކާރެއް ނޫން މިމީހުންގެކަމަކީ ވައްކަން ލީގަލްކޮށްގެން ކުރުމާ ރާބުއިން ދެންވިސްނާ ބަޔަކަށް އިބުރަތެއް ލިބޭނެކަންޔަގީން ބަލަންތިބެމާ

    43
    4
  17. ޢަހުމަދު

    އަދުރޭ މަތިން ވަރަށް ހަދާންވޭ.

    6
    8
  18. ފެއިލް

    ކަމެއްނުކުރެވޭ ބަޔަކު ރައްޔަތުންގެ ލާރިތައް ބަޑުއަޅަން އެބަތިބެއެއްނު ހެޔޮނުވާނެ އިސްތުފާ ދީފަ ގޭގައިތިބެބަލަ ކިހާދެރަކަމެއްތީދެން!

    22
  19. ދިވެހިން

    ކަލޯ އަދަދެއްނޫނޭ މުހިންމީ، އެކަށީގެންވާ ހަރުދަނާ ފިޔަވަޅު އެޅުމާއި، ބަލިމީހުންނަށް ފަރުވާދީ ބެލެހެއްޓުން.!

    18
  20. ޖަޒީރާވަންތަ ބިރުވެރިވެ ނާމާވުން

    00000000000000 ޓޮލަރެންސް އަތްޖަހަމާ އެއްބުރުން އަނެއްދިވެހިރާއްޖެ އެޖެންޑާ-19 ވެއްޓޭ-19 ކޮވިޑް-19ޖަޒީރާއްޖެ ރައްޔަތުންނާއި ގާތުން ރައްޔަތުންގެ ވެރިކަން އަތާއި ފައި ފޯރާފަށަ ލޮކްޑައުން ދިވެހިރާއްޖެ

    20
    1
  21. ގާާރީ

    ދޮށި އުމުރުގެ ދައްތަޔެ ލައިގެން ތިކުރަނީ... ޒުވާން ތަގުރިބާ ހުރި ކުއްޖަކު ލާބަލަ... ހިންގާލާނެ ޒަމާނަށް ފެތޭގޮތަށް

    11
    3
  22. ޢައޫ

    ޢެހެން ވެދާނެ މިފަދަ ހަލަތުގަ. ޢޭދަފުށީ މަރުކަޡުގެ މެނޭޖަރުވެސް މީހުން ވިހަންދާން ގުޅީމަ ބުނަނީ ނޫން ނޫން ނައިފަރައްދޭ... ނައިފަރައްދޭ މީތޯ ހާލަކީ.. ކީއްކުރައް ހުންނަ ތަނެއްބާ.. އަތޮޅުމީހުން އޮންނަ ހާލު. ޢަދިވެސް މިކިޔަނީ މީނަ 4 ބުރިއައްހަދަނީ... ޚޮބާބޭނުމަކީ.. ހަދާނީ ހުސްދޮގު މީނަ

    13
  23. އާދަމް

    ރައްޔިތުންބިރުގަންނަވާ ވައްކަންކުރަން ދޮގުހަދާހަދާގޮސް ވާނުވާނޭގެނީ..

    12
  24. ބަޝް

    އާރޓިކަލް ލިޔނު ބޭފުޅާއަށް އެގިލައްވާތޯ، އެޗްޕީއޭއަށް ދުވާލަކު އަންނަ ފޯނު ކޯލްއާއި، އަދި ޖަވާބުދޭންޖެހޭ ކިތައް މެއިލް އަންނަ ކަން. އަދި މިކަންކަމަކީ ވަކި އުސޫލަކުން އިންތިޒާމު ކުރެވޭ ކަންކަން. އެކަން މިފަދަ ޒަމާނެއްގައި ތަހައްމަލް ނުކުރެވޭކަމީ މިއަދި ނޫސްވެރިކަމުގައި ތިބޭފުޅާ ގެ ޅަކަން. އެކަމަކު އެޗްޕީއޭ އިން ކުރާ މަސައްކަތް ހަގީގަތަށް ގަބޫލުކުރާނަމަ، ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެދޭގޮތަށް ވާހަކަދެއްކުމަކީ ދެރަކަމެއް. އެޗްޕީއޭ އަދި އެމަޖެންސީ ސެންޓަރުގައި ރެޢައި ދުވާލު މަސައްކަތްކުރަނީވެސް އިންސާނުން. އެމީހުންވެސް ވަރުބަލިވާނެ. އެކަމަކުވެސް މަސައްކަތް ކުރަނީ މިމަސައްކަތުގައި އެންމެ ރަގަޅަކަސް ޙިދުމަތް ފޯރުކޮށްދިނުމަކަސް ޔަގީން.

    5
    16
  25. މަބޭ

    އެޗްޕީއޭގެ ބާރެއްނުހިންގާ ލަފަޔެއްނާހާ ކުޑަކުޑަމިސާލެއް ރާއްޖޭގެ ހާލަތުއެންމެގޯސްވާނީ ކުރިއައްއޮތް 2ހަފްތާގަކަމައް އިއުލާބުކުރިދުވަހު މާލޭސިޓީކައުންސިލުން އެމީހުންގެއަމިއްލަގަވާއިދެއްހަދާ މަސްމާރުކޭޓާ އިތުރުތަންތަންހުޅުވާލާނެކަމައް ބުނެފި. މީގެންއިނގޭ ކަމަކީ އެމީހަކުހިތައްއެރިކަމެއްކުރަނީޔޭ

    14
    2
  26. މާއިން

    ދޮގުހަމުން ހަދަމުން ގޮސް ބޮށްސުންލާފެ އޭ އޮތީ ހުރިހާކަމަކުން ހެޔޮނުވާނެ މިގައުމު ހިންގަން ރަތްއަތުންނަށް ހެޔޮލަފާ ރަނގަޅުވެރިޔަކާ މިގައުމު ހަވާލުކޮށް ބާގީންތަށް ގައުމު ދޫކޮށްދާވެއްޖެއެއްނު މިގޮތަށް ގައުމުދަރުވާ ކއި ހުސްނުކޮށް ކިހާދެރަކަމެއްމީ ގަދަވެސަލާމަތުން ތިބި ރަށަށދާން ބޭނުންވާ މީހުން މި ބަލިމަޑުކަމު ދަށުނާ ފޮނުވަންވީނު މި ހަލަބޮލި ތަނުގެ ތެރޭގައި ނުބައިތިއްބާ އެއްތަކަށް ގުޅާފަ އަނެއްތަނަކަށް ގުޅަން ނުހަށްދަވާ ހެޔޮނުވާނެ

  27. ހިޔާލު

    މާލެ ސިޓީ ހުސްކުރަން އުޅެބަލަ ވާގޮތެއް ދެންވެސް ބަލަން... އެއްވެސް ކަހަލަ އަލާމާތެއް ނުފެނި ޕޮސިޓިވް ވަންޏާ ކޮންމެސް ގޮތަކުން ޓެސްޓް ކޮށްގެން ދެނެގަނެވޭނެ ގޮތެއް އޮންނާނެ. ސިއްހީ މާހިރުންވެސް ގައުމުގެ ބޮޑުންވެސް ގޮތް ދޫކޮށް ޓެސްޓް ކުރެވޭނެ ގޮތެއް ހޯދަން އެޅޭ.. ކޮންމެ މީހަކަށްވެސް އެހެންވީމަ ޖެހިފައި ހުރެދާނެ... 31 މެއި ގައި 1600 އަށް އަރާނެ ކަމަށް ދައްކާ ވަސީލަތެއް އޮތަސް ތި ވީ ބޭކާރު އެއްޗަކަށް، ކޮބާ ވާ ފައިދާ އަކީ؟ ރައްޔިތުންނާއި ދޭތެރޭގައި ވިސްނާ!!! މާލޭގައިވެސް ތިބީ އިންސާނުން ވަކި ބަޔަކަށް ވަކި ގޮތް ނަހަދައި.. ގިނަ މީހުން މިތިބެނީ އާއިލާ މީހުން ކައިރިއަށް ދެވޭނެ ގޮތެއް ނެތިފައި އަދިވެސް، ކޮންމެ މީހަކަށްވެސް އެމީހެއްގެ އޭއިލާ ކައިރިއަށް ދެވޭނެ ގޮތް މަގުފަހިކޮށްދީ...

  28. ހަސަން

    އަދުރޭއާ ހަވާލު ކުރޭ ހިސާބުޖަހަން

  29. ތިމަންނަ

    ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިހާރު ބޭނުން ކުރައްވަނީ " އަދުރޭ " ކަންކިއުލޭޝަން މެތަޑު ހެން ހީވާން ފަށައިފި …..

    1
    6
  30. އިއްބެ

    އެންމެ ފުރަތަމަ އަށް ހީކުރީ މިބަލި މިރާއްޖެއަށް ނާންނާނެކަމަށެވެ.އެހެންވެ މޮޅެތި ވާހަކަ ދެއްކިއެވެ.އަދި އިންޑިޔާގެ މަނަވަރެއްވެސް މިކަމުގައި އެހީވުމުގެ ނަމުގައި ފޮނުވިއެވެ.މިއަދު އެމީހުން ކޮބައިތޯއެވެ؟ ބަންގާޅު ސަރުކާރުވެސް އިންޑިޔާއަށް ވުރެ މާރނގަޅުކަން އެމީހުން ދިން އެހީތަކުން ވަނީ އެނގިފައެވެ.މިއަދު އިންޑިޔާގެ ރައްޔިތުން އެމީހުން އެ އުފުލަނީ އެވެ.މީގެ ތެރޭގައި ސިއްޙީ ދާއިރާގައި ތިބި މީހުންވެސް ވުމަކީ އެކަށީގެންވާ ކަމެކެވެ. އިންޑިޔާގެ އަށް މިގައުމު އަޅުވެތިކުރަމުންދާ އިރު އެމީހުން އެމީހުންނަށް ފައިދާނުވާގޮތަށް ކުރީކޮންކަމެއްހެއްޔެވެ.

  31. ނުރަބޯ

    ބަލި ޖެހިފައި ތިބި ބޭރުބަޔަކު ފުރުވާލި މައްސަލައިގަ ވެސް ތިޔަ އެޗްޕީއޭ އިން ބުނީ އެއީ ލިބުނު ތަޖުރިބާއެއް ކަމަށް.

  32. ކެނެރީ

    ތިތާނެތް ހަމާގަހުރި އެކަކުވެސް މުޅިންވެސް ހިދުކޮޅުގަ ތިބޭމީހުން މުޅިންވެސް ތިބީ އޮއްޓަރެން ހުރި އެކަކުވެސް ނެތް އޭރުންތަ އަމިއްލަ ޖީބު ފުރާލެވޭނީ

    3
    2
  33. ރައްޔިތުމީހާ

    މިގައުމުން މިބައްޔެއް މި އަޅާފިޔަވަޅަކުން އަދި ނުހުއްޓުވޭނެ. ގޭގަ ތިބެގެން މިބަލި ނުޖެހި ސަލާމަތްއެބަވޭތަ؟ ގޭގަތިބިމީހުން ނޫންތަމިހާރު ފައްސިވާތަން މިފެންނަނީ؟ ރަނގަޅު، މިހާރުމި އަޅާފަހުރިފިޔަވަޅުން ބަލިފެތުރެމުންދާ ހަލުވިކަން ކުޑަވޭ. އެކަމަކު ގޭގަތިއްބަސް ގެއަށްބަލި ވަނުމުގެ ފުރުސަތު ވަރައްބޮޑު. އެހެނވެ މިބުނަނީ ތަކުރާރުކޮށް ފިހާރަތަށްވެސް ހިމަނައިގެން ހުރިހާތަނެއް އެކީ ފުރަބަންދުކުރާށޭ. ކޮންމެ ގޭބިސީ އަކަށް އަބަދުވެސް އިގޭނެ މަހެއްގެމައްޗަށް ކެއުންބުއިމާއި ޒަރޫރީ ތަކެތި ގަންނާދާހަރަދާއި ބޭނުންވާ މިންވަރު. އެވަރު ކޮންމެ ގޭބިސީއަކުން ގެއަށް ޖަމާކޮށްގެން. އެއްގޮތަކަށްވެސް ގެއިން ބޭރަށް ނުގޮސް 1 މަސް ދުވަހަށް ތިބެންވީ. މިބަލި ފެތުރުން އެކީހުއްޓޭނެ. އަދި އިތުރަށް ފައްސިވެފަތިބިމީހުންވެސް ދާނީ ރަނގަޅުވަމުން. މަސްދުވަސްތެރޭ މިގައުމުން އެކީ މިބަލިން އިރާދަކުރެއްވިއްޔާ މިންޖުވާނެ. ނޫންނަމަ މިހެން ތިބެންވީ މިބަލި ކޮންމެގެއަކށްވެސް ވަންނާނެދުވަހެއްގެ އިންތިޒާރުގަ. މިހާރު މިހިނގާގޮތަށް ދަންޏާ ހުރިހާ ގެއަކަށް މިބަލި ވަންނާނެ. ވަދެފަ ނުކުންނާނެ ދުވަހެއްނޭނގޭނެ. ނުކުމެފަވެސް ދެވަނަފަހަރަށްވެސް ވަންނާނެ. ރައްޔިތުންނޭ ރައްޔިތުންނޭކިޔަކަސް މިކަމެއް ނުހުއްޓުވޭނެ. ފުލުހުންނާއި ސިފައިން ނުކުމެ ހަނގުރާމައެކޭ ކެރިގެން ނިކުމެއޭމިތިބީ ބުންޏަސް އެމީހުންނަށްވެސް ކިތަންމެ ހަތިޔާރަކާއި އާރަކާއި ބާރެއް ލިބިފަވިޔަސް މީކީ އޭގެމައްޗައް ބާރުފޯރާނެ ބައްޔެއްނޫންކަން ދުނިޔޭގެ ބޮޑެތިގައުމުތަކަށް ބެލީމަވެސް އެބައިނގެއެއްނު. ދައްކަންހުރިވާހަކަ ބައިވަރު.... ވަރަށް ސަލާމް. ގައުމުގަތިބި ސިޔާސީ ލީޑަރުންނަށް.