އެ ފޮޓޯ ފެންނަނީ ބަންގްލަދޭޝް މީހަކު ފޯނެއް ކޮށްގެން އިން މަންޒަރެވެ. ފޯނުން ވާހަކަ ދައްކަމުން އޭނާ ދިޔައީ ގިސްލަމުންނެވެ. އެ ފޮޓޯއިން ކިޔައިދެނީ ކިތަންމެ ވާހަކައެކެވެ. އޭނާގެ ހިތުގައި އަޅަމުންދާ ވޭން ސިފަވެގެން ދެއެވެ. ފޯނެއްގައި އިނދެ އެ ރޮނީ ކޮންމެވެސް ބޮޑު ކަމެއް ދިމާވެގެންނެވެ. ހަމްދަރުދީވެވެއެވެ. އަސަރު ކުރެއެވެ. އެހެން ނަަމަވެސް އެ މީހުން މިތަނަށް ގެނެސް އެއްލާލި މީހުން މިކަމަށް ބުނާނީ ކީކޭ ހެއްޔެވެ؟

އެ ފޮޓޯ މީސް މީޑިއާގައި ހިއްސާކޮށްފައި ވަނީ ބަންގްލަދޭޝް ކޮމިއުނިޓީ މޯލްޑިވްސް ޕޭޖުގައެވެ. އެ ފޮޓޯ ހިއްސާ ކުރަމުން ބުނެފައި ވަނީ، ފައިސާ އާއި، އަމިއްލަ ފަސްގަނޑުގެ މުހިންމު ކަން ވަރަށް ބޮޑަށް އެނގޭ ކަމަށެވެ.

"ހަމަ ހިތައް ވަރަށް ތަދުވޭ، އަހަރެން ދެ މަސް ދުވަސް ވަންދެން އާއިލާއާ ދުރުގައި ހުރީމަ ހިތައް ވާ ތަދު އިހުސާސްވޭ، ވަރަށް އުނދަގޫ، އެހެން ނަމަވެސް އެ މީހުން އެ ތިބެނީ އެ މީހުންގެ މުޅި ދިރިއުޅުން އާއިލާއަށްޓަކައި ދުރުގައި، އެ މީހުންގެ އުމުރުގެ ދެބައިކުޅަ އެއްބައި އެ ހޭދަ ކުރަމުން ދަނީ އާއިލާ އާއި ލޯބިވާ މީހުންނާއި ދުރުގައި. އަހަރުމެން ދިވެހިން އެބަޖެހޭ އެ މީހުންނަށް އަޅާލަން، އެއީވެސް އިންސާނުން. އެ މީހުން މިތަނަަށް ގެނެސް ބިކަކޮށްލި މީހުން ލަދު ގަންނަން ޖެހޭ" އެ ފޮޓޯއަށް މީހަކު ކުރި ކޮމެންޓެއްގައި ވެއެވެ.

ބިދޭސީންނަށް ހުތުރުވާ ގޮތަށް ވާހަކަދައްކާފައިވާ މީހުންވެސް މަދެއް ނޫނެވެ. އަދި އެ ޕޯސްޓަށް ބަލާފައި ހިތްފަޅައިގެން ގޮސްފައިވާ އެމޯޖީ ހިއްސާ ކުރި މީހުން މަދެއް ނޫނެވެ.

މިއީ އެންމެ ޕޯސްޓެކެވެ. މިފަދަ ކޮންމެ މަންޒަރެއްގެ ފޮޓޯއެއް ނުނެގޭނެއެވެ. ކޮންމެ ފޮޓޯއެއް އަހަރެމެންނަށް ފެންނަ ވަރެއް ވެސް ނުވާނެއެވެ.

އެ މީހުން އެ ރޯ ރުއިން އަޑު އަހާނީ މިއަދު މަދު ދިވެއްސެކެވެ. އެ މީހުންނަކީ ވަރުބަލިވާނެ ބައެއް ނޫން ކަމާއި، އެ މީހުންނަށް އުޖޫރައިގެ ގޮތުގައި ބޮޑު އެއްޗެއް ދޭން ނުޖެހޭނެ ކަމަށް ބުނާ މީހުން އަދިވެސް މި ރާއްޖޭގައި އެބަ ތިއްބެެވެ. މިކަމާއި ވިސްނާލާށެވެ.

އެ މީހުން އެތައް ވަގުތެއް މަސައްކަތުގައި އެ ދަނީ ހޭދަކުރަމުންނެވެ. ވަރުބަލިވެސް ވެއެވެ. އެހެން ނަމަވެސް މިއަދު މި އޮތީ މަޖުބޫރީ ހާލަތުގެ ދުނިޔޭގައި އުޅެން ޖެހިފައެވެ. މަންމަ އާއި ބައްޕަ އައި މުޅި އާއިލާއަށް ދުރަށް އައިސްފައެވެ. އުޖާލާ ދިރިއުޅުމެއް ފަށަން، ފަހުން ރަނގަޅުވާނެ ކަމަށް ދަތުރު ފަށާފައެވެ. އެ ދަތުރު މީގެ އެތައް އަހަރު ކުރިން ފެށި މީހުން މިއަދު މި ދިވެހި ރާއްޖޭގައި އުޅެމުން ދެއެވެ. ނުދެވިފައެވެ. ތާށިވެފައެވެ.

މިއީ މިއަދު އެތައް ބިދޭސީންގެ ހާލު ނަމަވެސް، މި މީހުންގެ އަޑުތައް އަހާނެ ބަޔަކު އެބަ ތިބި ހެއްޔެއެވެ. އެތައް އަހަރެއް ކުރިން މަސައްކަތު މީހެއްގެ ގޮތުގައި، ގެނައި ބިދޭސީން އެތިބީ ބިކަ ކޮށްލާފައެެވެ. މީގެ ތެރެއިން ގިނަ މީހުން އައީ ކުރަން ނޭނގޭ މަސައްކަތް ކުރުމަށެވެ. މަސައްކަތް ދަސް ކުރުމަށެވެ. ޖެހުނުހާ މަސައްކަތެއް ކުރުމަށެވެ. ކިތަންމެ ކުޑަ އުޖޫރައެއްގައި ނަމަވެސް، އެ މަސައްކަތް ކުުރަމުން ދަނީ، މިއަދު ރާއްޖެ އަންނަ ނެގި ބޮޑު ލޯނު ދެއްކުމަށެވެ. ނޫނީ އާއިލާއަށް ފައިސާ ފޮނުވުމަށެވެ.

"މިއަދު އަހަރުމެން ފައިސާ ނުފޮނުވާނަމަ، އާއިލާ އުޅޭނެ ބިކަ ހާލު އަހަރެންނަކަށްވެސް ނޭނގޭނެ." ބިދޭސީއަކު ބުންޏެވެ.

ރާއްޖޭގައި ލައްކައަކަށްވުރެ ގިނަ ބިދޭސީން އުޅެމެން ދެއެވެ. ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެ މީހުންގެ ތެރޭގައި ގިނައީ، ރާއްޖެ އައި ފަހުން އެނބުރި ގައުމަށް ނުދެވިފަ ތިބި މީހުންނެވެ. ރާއްޖެއަށް އެ މީހުން ގެނެސް، ޕާސްޕޯޓް ފަދަ މުހިއްމު ލިޔެކިޔުންތައް ވަނީ އަތުލާފައެވެ. މިއަދު އެ މީހުން ރާއްޖޭގައި އުޅެމުން ދަނީ ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ ގޮތުގައެވެ. މިގޮތަަށް ގަވާއިދާއި ހިލާފަށް އުޅޭ ކަމަށް ބުނެ އެތައް ބިދޭސީއަކު ޖަލުގައިވެސް އެބަ ތިއްބެވެ. ބޮޑު މައްސަލަގަޑެއްގައި ބެދިގެންނެވެ. ނޫނީ ގަވާއިދާއި ހިލާފަށް އުޅޭތީއެވެ.

ކޮންމެ ސަރުކާރެއްގައިވެސް ބިދޭސީންގެ މައްސަލައާ ގުޅޭގޮތުން އެތައް ވާހަކައެއް ދައްކައެވެ. އެމީހުން މިތަނަށް ގެނެސް ބިކަކޮށްލި މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެއެވެ. އެކަން ދިޔައީ ފަނު ފުލުންނެވެ. ވީ ކަމެއް ނެތެވެ. އެޅުނު ފިޔަވަޅެއް ވެސް ނެތެވެ. ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީންގެ މައްސަލައަކީ މީގެ އެތައް އަހަރެއް ކުރީގެ ފެށުމެކެވެ. ނިމުމެއް ނެތް ކަމެކެވެ.

ކޮވިޑް-19 ބިރުވެރިކަން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ރާއްޖޭގައި މި ބަލި އެންމެ ބޮޑަަށް ކުރިމަތިވެފައި ވަނީ ބިދޭސީންނަށެވެ. ރެއާއި ހަމައަށް 500 އަށްވުރެ މަތިން ބަންގްލަދޭޝް މީހުން ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ.

މިހާރުވެސް މާލޭގައި ބިދޭސީން އުޅޭ 33 ތަނެއް އޮތީ މޮނީޓަރިންގައެވެ. މިއީ އެއްކޮށް އުޅޭ އެތައް ހާސް ބިދޭސީންނެއް އުޅެމުންދާ ތަންތަނެވެ. މިތަންތަނުގައި ގިނައީ ބަންގްލަދޭޝް މީހުންނެވެ. ގަވާއިދާ ހިލާފަށް އުޅޭ މީހުން މަދެއް ނޫނެވެ. އަދި މިގޮތަށް މާލޭގައި ބިދޭސިން ތޮއްޖެހިފައި އުޅޭ ތަންތަނުން ބިދޭސީން އެހެން ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތްތައް މިހާރުވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ބިރުވެރިކަމާއެކު މަސައްކަތް ހުއްޓިފައިވާ މި ދަނޑިވަޅުގައި ކައިބޮއެހަދާނެގޮތެއް ނެތި މަގުމަތީގައި އެތައް ބިދޭސީއަކު ދަނީ އުޅެމުންނެވެ. މާލެ ސިޓީ ފުރަބަންދުކޮށްފައިވާ މި ދަނޑިވަޅުގައި އެ މީހުން ދިރިއުޅޭ ގޭގެ ދޮރާށި މަތީ ތިބެގެން އެ ގޮވަނީ އެހީއަށެވެ. ކާނެ އެއްޗެއް ލިބިދާނެ ތޯ މަގުމަތިން ދާ މީހުން ކައިރިން ސުވާލު ކުރެއެވެ. މި މަންޒަރު ލޮލުން ފެނި އެ ވާހަކަ ދެއްކި އެތައް ބަޔަކު އެބަ ތިއްބެެވެ. ވަޒީފާއެއް ނެތުމުގެ ސަބަބުން ފައިސާ ނުލިބި މަގުމަތީގައި އުޅެން ޖެހިފައިވާ ބިދޭސީންނަށް ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދެމުންދާ ކަން މިއީ ހަމަ އެ މީހުންނަށް ނަސީބެެވެ. އެހެން ނޫން ނަމަ މި ދުވަސްވަރު މީގެ ތެރެއިން ބަޔަކު ބަނޑަށް މަރުވުން ވެސް ގާތެވެ. އެހާވެސް ހާލުގައި އުޅެމުންދާ ބިދޭސީން މި ރާއްޖޭގައި އެބަ ތިއްބެވެ.

ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މެއި ހަ ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވިދާޅުވެފައި ވަނީ، ކޮވިޑް-19 ދިވެއްސަކަށް ހަރަދު ކުރާ ވަރަށް ވުރެ ބޮޑަށް މިއަދު ފައިސާ ހަރަދު ކުރަން މި ޖެހެނީ ބިދޭސީ މަސައްކަތްތެރިންނަށް ކަމަށެވެ. އެކަން އެހެން ދިމާވަނީ ރަސްމީ ލިޔެކިޔުމެއް ނެތި ރާއްޖޭގައި އުޅެމުންދާ މީހުންގެ އަދަދު އެތައް ގުނައެއް އިތުރުވެގެން ދިޔައީމަ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

"މިއަދާ ހިސާބަށް އަދިވެސް ސަރުކާރަކަށް، އަދި އެހެން އެއްވެސް ބަޔަކަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ފުރިހަމަ އަދަދެއް އެނގެން ނެތް ކަމީ އަޅުގަނޑުމެން ލަދުގަންނަން ޖެހޭ ކަމެއް. ރާއްޖޭގައި ގާނޫނެއް، ގަވައިދެއް މަދުން އޮވެގެން ނޫން މިފަދަ މައްސަލަތައް ދިމާވެގެން މިއުޅެނީ،" އާޒިމް ވިދާޅުވިއެވެ.

މިއީ އާޒިމް ކޮވިޑް-19 މާލެ އިން ފެނުނު ފަހުން ވިދާޅުވި ވާހަކައެވެ. އެއީ ތެދެކެވެ. ނަމަވެސް މިއަދު އުފާ ކުރަން ޖެހެނީ ކޮވިޑް-19 ރާއްޖޭގައި ފައްސިވަމުންދާ ބަންގްލަދޭޝް އިން ރާއްޖެއަށް އެތައް އެހީއެއް ވަމުންދާ ކަމެވެ. ބަންގްލަދޭޝްގެ އެހީގައި ރާއްޖޭގައި ބޭރުގައި ތިބި ދިވެހި ކިޔަވާ ކުދިން ގެނެވިއްޖެއެވެ. ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރުމަށް ބަންގްލަދޭޝްގެ މެޑިކަލް ޓީމެއް ރާއްޖޭގައި ހަރަކާތްތެރިވަމުން ދެއެވެ.

މެއި 4 ވަނަ ދުވަހު ދިވެހި ގައުމާއި މުހާތަބު ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ، ރާއްޖޭގައި ކޮވިޑް-19 ފެތުރިފައިވާ ގޮތަށް ބަލާ އިރު، ބަލި އެންމެ ބޮޑަށް ފެތުރިފައި ވަނީ އެއް ތަނެއްގައި ތޮއްޖެހިގެން ދިރިއުޅެމުން އައި ބިދޭސީންގެ މެދުގައި ކަމަށެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ ބިދޭސީން ތޮއްޖެހިގެން ދިރިއުޅުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ގިނަ އަދަދެއްގެ ބިދޭސީން ވަންނާނެ ގެދޮރެއް، އަދާކުރާނެ ވަޒީފާއެއް އަދި ރަސްމީ ލިޔެކިޔުމެއް ނެތި ރާއްޖޭގައި އުޅެމުންދާ އިރު، އެމީހުން ރާއްޖެ އަށް ގެނައި ބަޔަކު ތިބޭނެ. މިއީ އެއް ދުވަހަކުން، ދެ ދުވަހަކުން ކުރިމަތިވި ކަމެއް ނޫން. އަޅުގަނޑުމެން މިތިބި ހާލަތަކީ މާ ގިނަ ދުވަހަށް ތިބެވޭނެ ހާލަތެއް ނޫން ކަން ގަބޫލު ކުރާނެ،" ރައީސް ވިދާޅުވިއެވެ.

މިއީ ހަގީގެތެވެ. މިކަމާއި ދެކޮޅު ހަދާނެ މީހަކު ނުހުންނާނެއެވެ. ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަޅާލާ އެ މީހުންނާއި މެދު ހަމްދަރުދީ ވާންވީ ވަގުތު އައިސް ޖެހިއްޖެއެެވެ. އެ މީހުން ހާލުގައި އުޅޭ ތަން ބަލަން އަބަދަކު އެ ގައުމުގެ ރައްޔިތުންނެެއް ނޫނީ ސަރުކާރެއް ނުތިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

41 ކޮމެންޓް

  1. ބުރޯ

    ގިނަ ބަގްލަދޭޝް މީހުން ގިނަލާރި ހޯދަންވެގެން ފިލަނީ ދެންްް ވަޒީފާ ދިން ފަރާތުންްް ޕޮލިހަށް ރިޕޯޓް ކުރަނީ،އެހެނަސް ވާކަމެއް ހަރާމް ފިލިމީހާ އަށް އެބައުޅެވޭ ދިހަ ބާރަ އަހަރުވެސް ރާއޖޭގަ
    މިގޮތަށް އުޅެނިކޮށް ހާލުޖެހުނީ މަ ދެންރޯނެ ކަމެއް ނެތް، ބޭރުމީހާގެ ވެސްް ފަރުދީ ޒިންމާ ކޮބާ.،

    108
    29
    • ފަވާޒް

      އެހެންވީމާ ޕޮލިހުންވެސް އެފިޝެންޓު ނޫނީތާ.. މިއޮތް ކުޑަ ގައުމުގަ ފިލިމީގާ ނުހޯދެންޏާ. އެމީހުންގެ ވަނަވަރާއި ފޮޓޯއާއި އެކު އެމީހުންގެ މައުލޫމާތު ވެބްސައިޓަކައް ލާފައި އެމީހުންގެ މައުލޫމާތު ދޭ ފަރާތަކައް 500 އެމެރިކާ ޑޮލަރުގެ އިނާމެއް ހުށައަޅާފިއްޔާމުން ބިދޭސީންވެސް އެމީހުން ރިޕޯޓު ކުރުން ގާތް. އަދި ގަވާއިދާ ޚިލާފައް އުޅޭ މީހުން ލައަވާ މަސައްކަތް ކުރުވައިފި ކޮންމެ މީހަކައް ނުވަތަ ވިޔަފާރިވެރިޔަކައް 20000 ރުފިޔާގެ ޖޫރިމަނާއަކާއި 2 އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅާށެވެ. މިތިބީ ހައްތަހާވެސް ކުރެވިދާނެ ކަންކަން. މިއިން ކަމެއް ކޮއްފިތޯ.؟

      65
      1
  2. އުދަމުދިމް

    މިކަމުގައި އެންމެ ބޮޑު އިހުމާލެއްވީ ސަރުކާރުތަކުން މީބަނގުލާދޭޝް ބޯޑަރާ ގުޅިފައިވާ ގައުމެއްނޫން ވަށައިގެން ކަނޑު ތިޔަބުނާ ގަނައިމީހުންނައް އަދަބްނުދީ ބައިކުދިން ވީމަ ދޫކޮއްލުމުގެ ހިތިނަތީޖާ އެކަކައްވެސް ޏެންގޭ ދޯ މާދަމާ ވަނެގޮތެއް ހިންޏާއި މަސްކާށި ދޫނީގެ ވާކަހެން މިވީ ތަނެއް ދޮރެއް ހަލާލެއް ހަރާމެއް ނުބަލާ ޑޮލަރު އަތުލާފަ މީހުން ގެނެސް ދޫކޮއްލީ މީގެ އިމިގްރޭޝަންގެ ގާނޫނު ތަންފީޒް ނުކުރުމުގެ ނަތީޖާ

    74
    2
  3. ވިސްނާލުމަށް އެދެމޭ

    ރާ އްޖޭގަ މަސަ އްކަތްކުރަނީ ދިވެހިނޫސްވެރިންބާ؟ބަލަ ދިވެހިންގެތެރޭގަ އެބަތި އްބޭ ތިޔަ ބަންގާޅީ ބޭފުޅުންނަވުރެ ނިކަމެތިހާލުގަތިބި ރަ އްޔިތުން...ރާ އްޖޭގެ ނޫސްވެރިންގެ ހިތުގެ ވިންދު އަވަސްވަނީ ބިދޭސީންގެ ހާލުފެނިގެން..ބަންގުލަދޭޝްމީހުންނަ ބަންގާޅީންނޭ ބުނެގެންވެސް ދިވެހި ރަ އްޔިތަކު ހަވަރަށްދީފި..ޑޮކްޓަރުންވެސް ވަރަށް އަސަރުކުރޭ ބިދޭސީންފެނިފަ..ފޮޓޯ ނެތަސް ރޯތަން ނުފެނުނަސް ނިކަމެތި ދިވެހިންގެ އެތަ އްބަޔަކު ނޯށުން ހިތިކަރުނަ ހިންދާލަ އިގެން އެބަ އުޅޭ..ތިޔަ ބަންގުލަދޭޝް ބޭފުޅުން މިގަ އުމަށް އެތެރެވަނީ އެބޭފުޅުން ވިދާޅުވާގޮތުގަ ފްރީވިސާގަ..ބަންގާޅީ އެޖެންޓު މެދުވެރިކޮށް..ދެކޮޅުގަވެސް އެޖެންޓުންގެގޮތުގަ ބަންގާޅީން އެބަ އުޅޭ ބިދޭސީން ރާ އްޖެ އެތެރެކުރުމުގަ...ބިދޭސީމީހާ އެތެރެކުރުމަށްފަހު އެޖެންޓްގެ ބަ އިނިމުނީ ބިދޭސީމީހާ ނުކުންނަނީ މަސަ އްކަތްހޯދަން މަ އިދާންތަކަށް.. އެތަކެހާސްރުފިޔާ ގަ އުމަށް އެބަފޮނުވާ ބޭންކެ މެދުވެރިނުކޮށް ރަށުމީހާ މެދުވެރިކޮށް..ގާނޫނާ ހިލާފަށް ކަމެކުރަނިކޮށް ފެނިގެންވެސް ދިވެ އްސަކު އެ އްޗެބުނެފިނަމަ ދިވެހިމީހާ ރާޑި އަރުވާލާ ހަޅޭލަވާ ޒުވާބުކުރާނެ ދިވެހި ފުލުހުންނަ އަމުރުކޮ އްލާނެ ބަވާލާފަ..މިފެންވަރަށް ބަންގުލަދޭޝް މީހުން ނޫންބަޔަކު މިރާ އްޖޭގަ އަދިނުދޭ...ހުރިހާ ދިމާލަކަށް އިންވެސްޓްކުރަނީ ބިދޭސީމީހުން ދިވެހިންގެ ނިވާފަތްގަޑަކަށްވަދެތިބެ.. އެގޮތުން މިހާރު ހީވާންފަށަ އިފި މީޑިޔާތަކަށްވެސް ބިދޭސީންގެ ނުފޫޒުވަދެ އްޖެ އޭ...ހުރިހާ ނޫސްވެރިންގެ ހިތުގެ ވިންދާ އިހުސާސްތަ ހޭލަނީ ބިދޭސީންގެ ކަރުނަ އިން..

    64
    20
  4. އިހްސާ

    ދިވެހީނަގެ ކިބައިން ބަނގުލާދޭޝްމީހުންނައް ރޭސިޒަމް އަމާޒުވޭ.. އެމީހުންނައް ބަދު ބަސް ރައްދުކުރެވެމުން އެބަދޭ މުޅި ބަނގުލަދޭޝް ނަސްލައް ނިސްބަތްކޮއް. މިއީ ނަސްލީ އިމްތިޔާޒު ނޫން ދެން ކޯޗެއްތޯ.؟ އެމީހުންނާއި ދޭތެރޭ ދެކެވޭ ވާހަކަތަކުގައި އެއީ ނުތާހިރު ބަޔެކޭ ކަމެއް ދަންނަ ސިކުނޑިއެެއް ނެތީ ..މިކަހަލަ ވާހަކަ ދިވެހީން ދައްކާއުޅޭ. އަދި އެމީހުން ދިރިއުޅޭތަންތަނަކީ "ބަންގާޅި ހާލިތަކޭ" މިގެންވެސް ކިޔާ އުޅޭ. މިކަމުގައި އެމީހުން ކުށަކީ ކޮބާތޯ.؟ މިތަނައް އަންނަ ގިނަ ބަނގުލަދޭޝް މަސައްކަތުމީހުންނަކީ ނިކަމެތި ސަރަހައްދުތަކުން އަންނަ ތައުލީމުގެ ފުރުސަތެއް ނުލިބޭ ނިކަމެތި ޒުވާނުންތަކެއް. ރާއްޖޭގައި އެމީހުންގެ ވެރިމީހުން އެމީހުންނައް ތާހިރު ވާތަކެއްޗާއި ރިވެތި އަންނައުނާއި ދޮންނަ މެޝިނުން ނުދެންޏާ އެމީހުން ތިބޭނީ ކޮންގާލެއްގަތޯއެވެ. އެމީހުންނަކީ ތައުލީމެއް ނެތް ބަޔެއްކަން އެނގިހުރެ އެމީހުންނައް އެކަށީގެން ވާ ޓުރެއިނިން ނުދެނީވެސް ހަމަ ދިވެހި ވެރިމީހުން. އަދި އެމީހުންނައް ހޯދައިދީފަ ހުންނަ އެކޮމޮޑޭޝަންތަކުގެ ހާލަތު ރަނގަޅުނޫނީވެސް ހަމަ ދިވެހީ ވެރިމީހުން އެކަންކަނަ ރަނގަޅު ނުކުރާތީ. ދެން އެ މީހުންގެ ތެރެއިން ބަޔަކު ކުއް ކުރިޔަސް އެއީ އެނަސްލުގެ އެންމެންނައް ރައްދުކުރެވޭ ކަމެއްތޯއެވެ. ބަޔެއް ދިވެހީން އެމީހުންގެ ވާހަކަ ދައްކާއިރު އެއީ އިންސާނުންނެއް ނޫން ކަހަލައެވެ. އެކަމަކު އެމީހުގެ އެ ނިކަމެތިހާލުގައި ގުދާރު ބިނދެންދެން މަސައްކަތްކޮއްގެން ރާއްޖޭގައި ބޮޑެތި އަދި ކުޑަ ވިޔަފާރި މިހިނގަނީ. ދިވެހީން ވީނޫންތޯ އެހެންވިއްޔާ އެހެން ގައުމެއްގެ ބަޔަކު ގެނެސްގެން އެމަސައްކަތް ކުރުވަން. ނޫނީ އަމިއްލަ އަށްކުރަން. މި ދަތި ދުވަސްވަރު އެމީހުންނައް އިހްސާންތެރިވުމުގެ ބަދަލުގައި އެކި ގޮތްގޮތައް ބަދުބަސްތައް އެމީހުންނައް ރާއްޖޭގައި ދަނީ އަމާޒު ކުރެވެމުން. އެމީހުންގެ ކުރިމަތިލާންޖެހޭ ހާލާއި ނުތަނަވަސްކަން އިނގޭނީ ދިވެހީންވެސް ގައުމުން ބޭރައް ލޭބަރާއިންނައް ދާން ޖެހުމުން. ރާއްޖޭގެ ޓޫރިޒަމް އަލުން ކުރިން އޮތްގޮތައް ރުޖޫއަ ނުވެއްޖެނަމަ ދިވެހީންވެސް ދާނެޖެހިދާނެ ބޭރު ގައުމުތަކައް ލޭބަރ މަސައްކަތައް. އަހަރެމްނެ މާތް ރަސްކަލާނގެ ކިބައިން އިހްސާންތެރިކަމާއް އެދޭއިރު ކޮބާތޯ އަހަރެމެންގެ އިހުސާންތެރިކަން މިފަދަ ނިކަމެތި މީހުންނައް.

    50
    25
    • އާންމު އާދުމީ

      ވަރަށް ފުރިހަމަ ކޮމެންޓެއް. ތިބާއަށް މާތްﷲ ހެޔޮ ޖަޒާދެއްވާށި. ދިވެހިންގެ ތެރޭގައި ނަސްލީ ތަފާތު ކުރާމީހުން ގިނަކަމީ ހިތާމަހުރިކަމެއް. ތެދެއްމެ މާތްﷲގެ ޙަޟްރަތުން އިޙްސާންތެރިކަމަށް އެދޭ އިރު ތިމާ ވަށައިގެންވާ މާހައުލުގާތިބި ބިދޭސީ އަދި ދޭސީ އަކަސް ނިކަމެތިންނަށް އިޙްސާންތެރިވުން މުހިއްމު.

      13
      1
  5. ސަނާ

    މީގަ އެބައުޅޭ ގެނައިމީހާއަށް ފިލައިގެން އުޅޭމީހުންވެސް ހަމަ ގައިމުވެސް އަހުންގެ ގާތްމީހަކު ގެންގުޅުނު މީހަކު އެމީހާ ރަށަށް ފޮނުވާލަން އުޅެންފެށީމަ ވަނީ ފިލާފަ އަދި ބ.ގޮއިދޫގަވެސް އަމިއްލައަށް ދަނޑުހައްދައިގެން އެބައުޅޭ އެތައްބަޔަކު އަދި މަމެންގޭ ދޮށުގަ ފިހާ ރައެއް ގަނެލައިގެން ވެސް އެބައުޅޭ ބަންގާޅު މީހަކު ގިނައީ ތިޔަބުނާ ފަދަ މީހުންކަމަށް ވިޔަސް އެންމެންނަކީ ތިޔަބުނާ ފަދަ މީހުނެއް ނޫން

    55
    3
  6. އަރީ

    ފޮޓޯއަކުން އަދި ހާލެއް ނޭނގޭނެ

    49
    7
  7. މީމު

    ރާއްޖޭގެ މަންޒަކާ ވައްތަ ރެއްނޫން!

    26
    8
    • އިންޑިއާ

      މީ އިންޑިއާގެ ފޮޓޯ އެށް

      11
      2
      • ދަންނަ

        މާ އިނގޭ ވެގެން ނޫޅޭ.. ދޭތި ތިނެތި ނޭންގުނަަސް އެދެރަވީ އެއް ނޫނޭ ?

        1
        8
  8. ދަރަނި ދަންތުރަ

    ޢެމީހުން ރާއްޖެ އެތެރެކުރި ފަރަތްތަށް ހޯދާ ދައުވާކުރަންވީ އެއީ ވެސް އިންސާނުން ، އެމީހުންގެއްނަނީ 25000 ރުފިޔާއަށް ކޯޓާ ވިއްކައިގެން ބައެއްމީހުން މަހުޖަނުންނަށްވީ ބިދޭސީން އެތެރެކޮންގެން...

    47
    3
  9. ޢާދޭސް

    ތިހެން ރިޕޯޓްތަކެއް ހެދި ދާނެ އެކަމަކު އަސްލު ހައްލާއި ދިމާލަކަށް ނުދެވޭ ، ނޫސްވެރިން ހޯދައިފިނަަމަ ، ބިދޭސީން މަގުމައްޗަށް އެއްލާލި މީހުން ހޯދިދާނެ ، ނޭނގެ ކީއްވެ ކަމެއް އެއްވެސް މީޑިއާއަކުން ސީދާ ސޮލިއުސަން އަށް މަސައްކަތް ނުކުރަނީ، ރާއްޖޭގައި އެބަތިބި ވިޔަފާރިވެރިން ، ސަރުކާރަށް ދައްކަން ކޮންމެސް ޖޫރިމާނާއެއް ނުދައްކާމެ ، ކުރިއަށް ނުދެވިގެން ހަމައެކަނި ކޮމްޕެނީ ނަން ބަދަލުކޮށް އަނެއްކާ ހަމަ އެޖަރީމާަ ހިންގާ ވިޔަފާރިވެރިން
    އަދި ފާހަގަކުރަންޖެހޭ ބިދޭސީންގެވެސް މައްސަލަ ހުރިކަން ، ގެންގުޅޭ މީހާއަށް ފިލާ އަމިއްލަ ބިޒްނަސް ކުރަމީހުންވެސް މަދެއްނޫން

    36
    2
  10. ޢަފީ

    ބިދޭސީންނަށް ހަމްދަރްދީވަން.އަ
    އެކަމް ތިގޮތައް ދިވެހިންގެ އަގު ވައްޓާނުލާ، އެމީހުންގެ ކުށްވެސް އޮވެދާނެ، ކިތައް ބިދޭސީންތޯ ރަނގަޅަށް ގެންގުޅނިކޮން ފިލައިގެން ދަނީ؟

    56
    7
    • ހަގީގަތް

      ބިދޭސީން ގެނައުމަށް އެއްބަސްވާ އެގުރިމަންޓްގައި ދޭނެކަމަށް 200 ނުވަތަ 250 ޑޮލަރު ޖަހާފައި ވެއެވެ. އެކަމަކު އައުކޮޅުގައި ދެނީ 100 ޑޮލަރު. ފިލީމަ ބުނާނެ ފިލާފިޔޭ. އެއިން ރަށަށް ލޯނު ދައްކަން ފޮނުވަންވީ މައިން ބަފައިންނާއި އަނބި ދަރިން ކާންވީ. ނުވިތާކަން މާލޭގައި ގެސްޓް ހައުސް އަށް ދޭންވީވެސް އަދި ކާންދޭންވީވެސް.

      ް؟ް

      12
      8
  11. ނަޖީބު އައްބާސް

    ބަޔަކުނޫޅޭމިތާ ބަލާމީހުނައް ރޭޒިމުވެގެނެއް! މައްސްލަޔަކީ ފިލައިގެން އަމިއްލަ ކުންފުނިތައް ހަދައިގެން ހެސްކިޔާފަ ފައިސާހޯދާފަ ކަމެއްޖެހުނީމަ އަރެމެން ފައިސާއިންހަރަދުކޮއް ހަމަޔެއް ލަމަޔެއް ނެތީމަ! ބައްލަވާ އިންޑިޔާ ލަންކާމީހުން އެމިހުން ގައުމުގެ ސަރުކަރުން އެމިހުން އަބޫރޭގެންދަނީ! ލަންކާ އިންޑިޔާ މީހުނައް އަބަދުވެސް މަރުހަބާ! ކީވެބަގަލާ އެންބަސީމެތާހުރެ މިގޮތައް ކަންތައްނުވަނީ

    10
    5
  12. އަމީދު

    ގަވާއިދާ ޚިލާފު ބިދޭސީ މަސައްކަތު މީހުން ގިނަ ވުމުގެ މައްސަލައަކީ ރާއްޖޭގައި އެކަނި އޮތް ކަމެއް ނޫން. އެކަމަކު މިކަން ހައްލު ކުރަން ވާހަކަ ދައްކައި ފިޔަވަޅު އެޅުމުގައި ރޭސިސްޓު ވާކަށެއް ނުޖެހޭ.. އަދި އިންސާނީ ކަރާމާތް ގެއްލޭފަދަ ރާގަކައް ބިދޭސީންނައް ނިސްބަތްކޮއް އެތިވަރު ގޮވާކަށެއްނުޖެހޭ. ކަމުގެ އަސްލަކީ ދިވެހީންގެ މައްސަލައެއް..ގައުމުގެ ކޮރަޕްޝަނާއި އަދި ގަވާއިދުތައް ކުޑަ ކުޑަ ގައުމެއްގައި އެންފޯސްކުރަން ނުކުޅެދިނުމުގެ މައްސަލައެއް. ކޮންމެ ބިދޭސީ މަސައްކަތު މީހަކުވެސް އަންނަނީ އޭނާއަށް ހޯދޭނެ އެންމެ ގިނަ ފުރުސަތެއް ހޯދަން.. ރެގުލޭޝަނާއި އެންފޯސްމަންޓު ދެރަ ގައުމުތަކުގައި ގަވާއިދާއި ޚިލާފު މަންފާތައް ހޯދުމުގެ ފުރުސަތު ލިބޭނެ. އެކަން ހައްލު ކުރެވޭނީ ސަރުކާރު އެފިޝެންޓު ވެގެން އަދި ބިދޭސީން ވައްދާ ވިޔަފާރިތަކުގެ އިންތިޒާމްތަކާއި ކޮންޓުރޯލް ގާއިމް ކުރެވިގެން. އެކަން ހައްލު ކުރުމުގައި އަނިޔާވެރި ވާކަށެއްވެސް އަދި ރޭސިސްޓު ވާކަށެއްވެސް ނުޖެހޭ. މިފަދަ މައްސަލަތަކުގެ ވާހަކަ ދައްކާ އިރުވެސް އަދި ޚަބަރު ގެނެސްދޭއިރުވެސް ރޭސިސްޓު ބަހުރުވަ ބޭނުން ކުރާކަށެއް ނުޖެހޭ.

    9
    3
  13. ހަސީނާ

    އެމީހުންވެސް ނުޖެހޭ މީހުންނަށް ރިސްވަތުދިގެން ލާރި ދީގެން ރާއްޖެ އަންނާކަށް ، އައިސް ބުނާނި އަހަރެން އަމިއްލަ، ކޮންއަމިއްލައެއް. މާލެ އައިސް ފައިޖެހޭ އިރަށް ހުރި މުސާރައަށް ވުރެ ބޮޑު މުސާރައެއް ހޯދުމަށް ދުއްވައިގަންނަނީ.
    އެމީހުންނަށް އިނގޭނެ އަތުން ލާރިއެއް މަދުވަންޏާ، މުސާރަ އެއްރުފިޔާވެސް މަދުން ދީފިއްޔާ. އެކަމަކު ފުލުހަކު ސުވާލުކޮށްފިއްޔާ ބުނާނެ އަހަރެން ނިއުމީހާ އަހަރެން ނޭގެނީ، ދިވެހި ނޭގެނީ.

    19
    5
  14. ރާވެރިބެ

    އެތައް ޒަމާނަކަށް ދައުލަތް ފެއިލްވެ، ގައުމު، މުއްސަނދިންނާއި ކުށްވެރިންގެ އަތްދަށުވެފައިވާ މިނަވަރު ހާމަކޮށްދޭ ފުރިހަމަ ހެހިތައް މިހިރަގެން ފެންނަނީ... އަދުލު އިންސާފު ގެއްލި ގައުމުގެ އިޖްތިމާއީ ފޭރާން ވީދިފައި އޮތްވަރު މިހިރަގެން ފެންނަނީ ... ފަތުރުވެރިންނަށް ކިތަންމެ ނަލަ މަންޒިލަކަސް ދިރިއުޅެން ކަމުނުދާ ގައުމެއްކަން މިހިރަގެން ފެންނަނީ ...

    10
  15. Anonymous

    މިކަމަކީ އިމިގްރޭޝަނާއި ބޭރުމީހުންގެންނަ އެޖެންޓުނާއިގުޔޅިގެންހިންގާފައިވާ ޖަރީމާއެއް.މިވީހާތާގަ މިކަން ބެލިފައެއްނެތް.ބަލަން އުޅެފަވެސް ނެތް.ރަށް ރަށުގައިތިބޭ ފުލުހުންނާއި ރަށު ކައުންސިލްތަކުން އެއްބާރުލުންލިބޭނަމަ މިގޮތައްފިލައިގެން އުޅުމުގެ ފުރުސަތުކުޑަވާނެ.ރަށުގައި ގަވާއިދާއި ކިލާފަށް އުޅޭންޏާ ސުވާލު ކުރެވެންޖެހޭނެ.ބެލެން ޖެހޭނެ.އެކަމަކު އެއިންކަމަކަށް އެއިން މުއައްސަސާއަކުން އެއްބާރުންނުލިބޭ.

    10
    1
  16. އައިސާ

    މިހާ ރުވެސް ތިކަންތައް ފެންނަން އެބަހު ރި ގާސިމް ގެ ކިތައްމުވައްޒަފުން ފޮނުވާލަނީ މުސާ ރަނުދީ. މާ ރޗް މަހުންފެށިގެން ބޭ ރުމީހުންނަށް މުސާ ރަނުދޭ. ކިތައްމީހުންތޯ ފޮނުވާލީ. ކިތައްމީހުން ކެނޑިގެންދިޔައީ ލޯ ލާ ރިފޮއްޗެއްވެސް ނުދޭ ކިހާދެ ރަ ކޮބާ ސަ ރުކާ ރަށް ފެނޭބާ އަދި ވެސް ސޭޓް އަށް ލޯނުދޭތި، މިކަހަލަ ނަމުން މަހުޖަނުން ބޭ ރުމީހުން ހަލާކު ކުރަނީ

    16
  17. ބަނބޫ

    އިމގްރޭޝަންގެ ބަންގާލުން ވައްދާ އޮފިސަރުން ހިފައި ހައްޔަރުކޮށް ރަގަޅު ތަހުގީގެއް ހިންގައި އެމީހުންށް ހައްގު އަދަބު ދޭންއެބަޖެހޭ. އިންސާނީ ކަރާމާތަށް ގެއްލުން ދިނުމާއި ހިއުމަން ޓްރެފިކިންގ. ދެން އޮތް ގޮތަކީ ކިތަށްމެ ބޮޑު ޚަރަދެއްކޮއްފައިވެސް ބަންގާލުމީހުން ވީހާވެސް އަވަހަކަށް ރަށަށް ފޮނުވާލުން. މިފުރުސަތުގައި ފޮނުވާލަން ފަސޭހަވާނެ އަދި ފޮނުވާލުމުން ދިމާވެގެން މިއުޅޭ ކޮވިޑުންވެސް ސަލާމަތް އޮންނާނެ

    11
    2
  18. ރާއްޖެ

    ތިއީ ރާއްޖޭގަ ނަގާފަ އިން ފޮޓޯއެށް ނޫން.

    10
    2
  19. ތީހަމަގޮތްތަ

    މިހާރު މިނޫސްވެރިންނައްވެސްމި ފެންނަނީ ހާލުގައުޅުއްވާ ބަންގްލަދޭސް ބޭފުޅުން އެއީއަދި މިގައުމުންބޭރުގޭ މަންޒަރަކުންފެނުނަސް ރިޕޯޓެއްލިޔެލާއިރު ހީވަނީ ދިވެހިންނަކީ ބަންގްލަދޭސް ބޭފުޅުންނައް ލާއިންސާނީ އަނިޔާކުރާބައެއްހެން ބަލަމިގައުމުގަވެސް އެބައުޅޭ ވިހިތިރީސް އަނހަރު ވެފަ ވަންނާނެ ބޯހިޔާވަހިކަމެއްނެތި ކުދި ކުދހި ތަންތަންކޮޅު މީހުންއަތުންހޯދައިގެން ސަލާމް ޖަހައިގެން ބަޑުފުރާނަމުއްތިކޮއްގެން އުޅޭމީހުން ކީއްވެބާ އެމީހުންގެ ވާހަކަ ލިޔަން ނުކެރެނީ

    10
    2
  20. ޢަބްދުއްލަޠީފު

    ހަމްދަރުދީ ވާންވީ ވަގުތު އައިސް ޖެހިއްޖެއެެވެ. އެ މީހުން ހާލުގައި އުޅޭ ތަން ބަލަން އަބަދަކު އެ ގައުމުގެ ރައްޔިތުންނެެއް ނޫނީ ސަރުކާރެއް ނުތިބޭނެއެވެ. މިގައުމު ހިފާނީބާ ނުތިބެ؟ އެމީހުން ވަޒަނައް ފޮނުވާބަލަ. އެމީހުންނަށް ވަޒީފާ ވިއްކި މީހުންނައް އަދަބުދީބަލަ. ޢޯގާވެރިކަމުން އަދަބު ދެެެވެން ނެތްދޯ

    11
    1
  21. ހިއްހިއްހީ??

    ހަހަހަހަހަހަހަހަހަހަހަހަހަހަ??????????

    4
    5
  22. ފަޔާސް

    ހުރިހާކަމެއްކޮއް ނިންމަނީ ދިވެހީން.. އެމީހުން ގަވާއިދާ ޚިލާފައް އެތެރެކުރުމާއި ކޯޓާގެ ކަރަޕްޝަނާއި ..އަދި ގަވާއިދާ ޚިލާފައް އުޅޭމީހުންލައްވާ މަސައްކަތް ކުރުވައިގެން ފައިދާނަގާ ވިސާލާރިން ސަލާމަތްވެގެންތިބެ ވިޔަފާރި ހިންގާ އެކަމުން ފައިދާނެރެނީވެސް.. އެކަމަކު ހުރިހާ ކުށެއްގެ ތުހުމަތު އަޅުވަން ޖެހެނީ ބަނގުލާދޭޝް މީހާގެ ބޮލުގަ. މިކަމުގެ އިދާރާއެއް ޖަވާބުދާރީ ކުރުވާނެ މީހަކުވެސް ނުވަނީ ކަމުގެ ކަރަޕްޝަނުގެ މޫލާފަވާލެއް ގަދަކަމުން. މިއީ މިޒަމާނުގެ ދިވެހީން.

    5
    3
  23. ގަލޮޅު މީހާ

    މިގައުމުގައި ބަނގުލަދޭޝް މީހުން މާލެގެނެސް މަގުމަށްޗަށް ދޫކޮއްލި ދިވެހިންވެސް މަދެއްނޫން

    12
    4
  24. މުހަންމަދު

    އިމިގުރޭޝަނުގަ ތިބި މިކަމާއި ގުޅޭމީހުން ކުއްވެރިވާތީ އެމީހުން ހައްޔަރުކޮއް ތަހުގީގުކޮއް އަދަބު ދޭންޖެހޭ. ކީއްވެތޯ އިމިގުރޭޝަން ޑޭޓާބޭސްގެ މައުލޫމާތު ފުރިހަމަ ނުކޮއް ހުރެ މީހުން ވައްދަނީ.. ކިހިނެތްތޯވަނީ އެމީހުންގެ ޕާސްޕޯޓާއި ފިންގާ ޕުރިންޓާއި ކޮޕީތަކައް.. މިއީވެސް ހަމަ ބަނގުލަދޭޝްމީހާގެ މައްސަލަތައްތޯ.؟

    5
    2
  25. އަމީދު

    އިންޓަނެޓު ފަޅައިގެން ދާންދެން ކޮމެންޓު ކުރިޔަސް މިކަމައް ހައްލެއް ނުލިބޭނެ. މިއީ ނައާމް ސޫފިތަކެއްކަހަލަ ދައުލަތެއް ލިބިގެންވާތަނެއް.

  26. އެންޑީ

    ތިޔަ ފޮޓޯ ރޭގެ ވަގުތެއްގައި އިންޑިއާގެ އެންޑީ ޓީވީ އިން ދެއްކި އިންޑިޔާގެ ސިޓީތަކުގައި
    ތާށިވެފަތިބި މަޖޫރީންނާ ބެހޭ ރިޕޯޓެއްގަ. އެތައްހާސް ކިލޯ މީޓަރަށް ފައިމަގުގައި ހިނގާފައި
    އެއް ސިޓީން އަނެއްސިޓީއަށް ދަތުރުކުރަމުންދާ މަޖޫރީންގެ ހާލު ބަޔާންކުރާ ތަސްވީރެއްގެ
    ގޮތުގައި.

  27. ސަޒަން

    ބަލަ މިމީހުން މާލެ އަންނަނީ މަސައްކަތްްކޮށްލާރި ހޯދަން ލާރިނުލިބެނީކީވެސްނޫން ދެންކީތްވެތަ އެމީހުން ހާލުޖެހެންޖެހެނީ؟ ލާރިހޯދަން އައިސް މިއުޅެނީ އަތުން އެންމެ ލޯލާރިއެއްވެސް ހަރަދުނުކޮށް މިސްކިތްތަކުން ކާލައިގެން އެންމެހާ މުޑުދާރުކޮށް އެމީހުންގެ ގައިގަވެސް ތާހިރުކަމެއްހަމަނެތީ ހުޅުމާލެ ފެރީއަށް ހެދުނުގަޑީގައި ހާއްސަކޮށް އަރާން ހެޔޮނުވާ ވަރަށް އެމީހުންގެ ގައިންނުބައިވަސް ފެންވެސްހަމަނުވަރަނީ މީދެންބޮޑުވަރު ބޮޑުބަލާއަކަށްވެފައި ... މިމީހުންގެ ސްޕޮންސަރުން އަޅާނުލުން އެއީއަދި އެހެންކަމެއް ފިޔަަޅުނޭޅެންޏާ އެއީވެސް މައްސަލައެއް އެކަމަކު އެހާހާލުގައި ނޫލެން އަމިއްލައަށްވެސް ރައްކާވެބަޗަންވީނު އެހެންމީހުނައްބަލާބޮޑުނުކޮށް ބަންގާޅު ހައިކޮމިޝަންވެސް މިކަމުގައި ޒިންމާނުނަގާތީ މިކަންމިހާގޯސްވަނީ...

    6
    1
  28. ާނޫސް ކިޔާމީހާ

    ޤަވާއިދާ ޚިލާފުވެގެން މަމެންގެ ރަށުގައި އުޅޭމީހަކު ގެ މައްސަލަ ހުށަހަޅަން ދާނީ ކޮންތާކަށް ކަމެއް ބުނެދޭނީކާކު. ކައުންސިލުން އެމީހުމްގެ މައްސަލަ. ބެލޭނެ ގޮތެއް ނެތް. ފުލުހުންނަކާ ބެހޭކަމެއްކަމަކަށް ނުވޭ. ސަރުކާރުގެ ދާއިރާތަކުން ރަށްރަށުގައި މިހެން އުޅޭމީހަކާ އަޅާލުމެއްނެތް. ބަލާލުމެއްނެތް. ތަންތަން ކުއްޔަށް ހިފައިގެން ތިބެގެން ކުޑަ އަގުގައި ކަމަށް ހީވާގޮތަށް ބޮޑެތި ކޮންޓެކްޓް މަސައްކަތް ތައްވެސް ކުރަމުން އެތިބަގެންދަނީ. އަމިއްލަ ގުރޫޕުހަދައިގެން. ދިވެހި ފަސްގަނޑުގައި އެމީހުން މާވަރުގަދަ މިހާރު. ކުރީ ޒަމާނުގައި އިންޑިޔާ ވޯރާ ވިޔަފާރި ވެރިންގެ ވަރުގަދަ ކަމުގެ ވާހަކަ ދައްކާ އަޑު އަހަން. އެމީހުންނަށް އެބާރު ދެއްކުނީ ޤައުމުގައި ތިބި ވެރިން އެމީހުންގެ އަތްދަށުވެފައި ތިބީމާ. މިއަދުވެސް މިފެންނަނީ ހަމަ އެހެން ވެފައިވާތަން. ބަންގާޅީން ބޭނުންވަރަކަށް އެމީހުމް ބޭނުންމިންވަރަކަށް ސަރުކާރުތެރެއަށް ނުފޫޒު ފޯރުވަމުން ދާތީ ކަންކަން ނުބެލެނީ. އިމިގުރޭޝަނުން ދިވެއްސަކަށް ކަމެއް ނުކުރެވޭ. ބަންގާޅީއަކު ބުނީ ތިމަންނަ ކޮށްދީފާނަމޭ. 10000.00 ތިމަންނައަތަށް ދެށޭ. މައްސަލަ ނެތީއޭ. މިކަހަލަ ކަންކަމުން ސަރުކާރުތެރެ ވަނީ ހިޞާރުކޮށްފައި.

  29. ކިންގފިޝަރ

    މިއީ ސަރުކާރުތަކުން އިހުމާލު ވެފައިވާކަމަށް. ހަމަޔަކަށް އަޅުވަން ބެނުން ނުވެފައިވާކަމެއް. ގިނަ ގައުމުތަކުގައި ބަންގާޅުމިހުން ފިލަނީ އަމިއްލައަށް ގިނަ ފައިސާ ހޯދުމަށް. ބައެއް ގައުމުތަކުގައި މިފަދަ މީހުންނަށް ވަރަށް ހަރުކަށި އަދަބު ކަނޑައެޅިފައިވާ. އެ ގައުމުގައި ހުންނަ އެމްބަސީއަށް ދެނީ މުހުލަތެއް. އޭގެފަހުން އަޅާ ފިޔަވަޅަކަށް ޒިންމާނުވާގޮތަށް. މިގޮތަށް މީހުން ހާލުގައި ޖެހެނީ ބަންގާޅު އަދި ރާއްޖޭގެ މަދު ބައެއްގެ ފުށުން. ނަމަވެސް ސަރުކާރުން ހަރުދަނާ ސިޔާސަތެއް ގާއިމް ކުރެވި ތަންފީޒު ކުރެވޭނަމަ އިސާހިތަކުން ހަމަޔަކަށް މިކަން އެޅޭނެ. ނަމަވެސް ކޮންމެ ސަރުކާރެއްގައި ވެސް ތިބޭ ވެރިން ނަގަނީ އަމިއްލަ ފައިދާ.

  30. ތިލަދުންމަތި މީހާ

    ހުސްދޮގު. މިގައުމުގެ ވިޔަފާރިތައްވަނީ ބަގުލަދޭސް މީހުންގެ މުށުތެރޭގަ. ބަގުލަދޭސް އައް ނިސްބަތްވާ ނަންކިޔާ ކިތައް ކެފޭ،ފިހާރަ،ގެސްޓު ހައުސް ނުވިތަާކައް މާރުކޭޓު ގޮޅި އާއި މިހެންގޮސް ކިޔާނެ ކަމެއްނެތް. ވެސްޓަން ޔޫނިއަން މަނީ ޓުރާންސްފަރ ތައްކޮބާ؟ ދިވެހި އަންހެނުންނާ ކިތައްމީހުންތޯ އިންނަނީ ފަސޭހަ ކަމާއެކު.މިމީހުންގެ މައްސަލަމީ ކޮރޯނާ ވަބާ އައްވުރެއްވެސް ނުރައްކާތެރި ވަބާއެއް.

    5
    1
  31. ސަނދުވާ

    އެމީ ހުންނަކީވެސް އިންސާނުންނަށް ވެފައި ބޭރު ޤައުމެއްގައި މިއަދު މިކަ ހަލަ ޙާލަތެއް ދިމާވުމުން، އަދި ރަމަޟާން މަސްކަމަށް ވީ ހިނދު، އެ ހީވާންޖެ ހޭނެ.
    އެމީ ހުންނަށް އެ އަނިޔާވެރިވީ މީ ހުން އެމިގްރޭޝަނަށްވެސް، އަދި އިކޮނޮ މިކް މިނިސްޓްރީ އަށްވެސް އެނގެންޖެ ހޭނެ
    އެމީ ހުން ހޯދާ ހައްޔަރުކުރޭ.

    2
    2
  32. މަންސޫރު ހުސައިން

    ބިދޭސިން މި ގައުމްއަށް ވައްނަނީ ފަތަން ނުނި އުދުހިގެން ނާ އަންނަނީ.ކުންފުނީ ތަކުގެ ވެ ރިން މި ބިދޭސިން ގެންނަނީ ކޮ ރަޕޝަން ހަދާގެއްނޭއެ.އަދި މި ކަ ރަޕޝަންގައި ބައިވަ ރުވެ ކުންފުނީ ތަކުގައި އުޅެ ވަ ރަށް ދުވަސް ވެފާވާ.....
    ބިދޭސިންވެސް މެދުވެ ރި ވެގެންނެއެއް....

  33. ސަޓޯ

    މިފުރުސަތުގެ ބޭނުންހިފާ ބިދޭސީން ބިކަ ކުރާ ދިވެހިންނަށް ހަރުކަށި އަދަބުދޭން ސަރުކާރަށް ގޮވާލަން.. ބިދޭސީންނަށް އެހީވާން ސަރުކާރުން ތިކުރާ މަސައްކަތް ބަލައިގަންނަން އަހަރެން

    3
    1
  34. ސޮއްބެ

    ޕާރޓޭން ރަށްމެދަށް ދަރިން ވިހާފަ ސަރުކާރު ބޮލައް ދަރި ޖަހާފަ ހަކުރުބޯން ދުވާ އުސޫލުން ތިކަން ކުރަން އުޅުނީމަ ގޯސް ދެއްތޯ؟ ކަންކަން ހައްލުވާނީ އެބިދޭސީން ގެންނަ ބަޔަކަށް ފިޔަވަޅު އެޅީމަ... ނޫނީ ސަރުކާރަށް ހުރިހާ ތަަކުލީފެއް... ސަރުކާރަކުުން ނުޖެހޭނެ އަހަރެމެންގެ ފައިސާއިން ބޮންދުންނަށް ހަރަދު ކުރާކަށް... ދެރަކަމެއްނުމިއީ

  35. ނަބީހް

    ފޮޓޯ އަށް ތަބަޢަ ނުވާށެވެ. އެހެނެއްކަމަކު ހަ އްޤަ އް ތަބަޢަ ވާށެވެ.

  36. ާއޭ

    ތިފޮޓޯއަކީ އި ންޑިއާގެ ދިއްލީގެ މަގެއްގެ އެއް ފަރާތެއްގައި ފޯ ނެއްގައި އެ މީހާ އި ންދާ މީހަކު ނަގާފައިވާ ފޮޓޯއެއް