އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ޝްރިންގްލާ ރާއްޖެ އަށް މިއަދު ކުރައްވާ ރަސްމީ ދަތުރުފުޅަކީ ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވި ފަހުން، ރާއްޖެ އަށް ވަޑައިގަންނަވާ އެންމެ އިސް ބޭފުޅާއެވެ. ޝްރިންގްލާގެ މި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ބައެއް މިނިސްޓަރުންނާއި ސިޔާސީ ބޭފުޅުންނާ ބައްދަލު ކުރައްވާނެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އިންޑިއާ އާއި ރާއްޖޭގެ އިސް ބޭފުޅުން މުޅިން ހެން ބައްދަލު ކުރެއްވީ ވާޗުއަލްކޮށެވެ. ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން ފޯނުންނާއި ވާޗުއަލްކޮށް މަޝްވަރާ ކުރައްވައިފައެވެ. އަދި ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ވެސް މަޝްވަރާ ކުރެއްވިއެވެ.

މި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެ އަށް ގިނަ އެހީތަކެއްވުމަށް އިންޑިއާ ސަރުކާރުން ނިންމިއެވެ.

ކޮވިޑް-19 އާ ގުޅިގެން އިންޑިއާ އިން ފޯރުކޮށްދިން އެހީތެރިކަން:

  • ޗައިނާގެ ވުހާން ސިޓީގައި ތިބި ދިވެހިން ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖެ ގެނައުން.
  • 5.5 ޓަނުގެ ބޭސް އޭޕްރީލް މަހުގެ ތެރޭގައި ރާއްޖެ ގެނައުން.
  • 6.2 ޓަނުގެ ބޭސް އިންޑިއަން އެއާފޯސް މެދުވެރިކޮށް އޭޕްރީލް މަހު ރާއްޖެ ގެނައުން.
  • ކަރަންސީ ސްވެޕެއްގެ ދަށުން ރާއްޖެ އަށް 150 މިލިއަން ޑޮލަރު ދޫކުރުން.
  • ބަލިމަޑުކަމުގެ ތެރޭގައި ރެޕިޑް ރެސްޕޮންސް ޓީމެއް ރާއްޖެ ގެނައުން.
  • 580 ޓަނުގެ ކާބޯތަކެތި އިންޑިއާގެ މަނަވަރެއްގައި މެއި މަހު ރާއްޖެ ގެނައުން.
  • ބަޖެޓު ސަޕޯޓުގެ ގޮތުގައި އިންޑިއާ އިން 250 މިލިއަން ޑޮލަރު ދިނުން.
  • ސިއްހީ ހިދުމަތްތެރިންގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް އޮކްޓޯބަރު މަހު ފެށުން.
  • ބޭސްފަރުވާ އަށް ދާން ބޭނުންވެފައި ތިބި ދިވެހިން އޮކްޓޯބަރު މަހު އިންޑިއާ އަށް ފޮނުވަން ފެށުން.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އިންޑިއާ އިން ރާއްޖެ އަށް ދިން އެންމެ ބޮޑު އެހީއަކީ މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅު ގުޅުވައިލާ ބްރިޖު މަޝްރޫއު އަށް އިންޑިއާ ސަރުކާރުން ރާއްޖެ އަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާގެ ޕެކޭޖް) ދިނުމެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރަކީ މި މަޝްރޫއު ހިންގުމަށް އިންޑިއާ އިން ރާއްޖެ އަށް ދިން ހިލޭ އެހީއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން، އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިވިއެވެ. ހާހަކަށް ވުރެ ގިނަ ދިވެހިން ބޭސްފަރުވާ އަށް އިންޑިއާ އަށް ވަނީ ގެންގޮސްދީފައެވެ. އިންޑިއާގެ އެހީގައި ބޮޑު އަށް މަޝްރޫއެއް ފަށަން އޮތީ ތައްޔާރުވެފައެވެ.

އޭގެތެރޭގައި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއު އާއި އައްޑޫގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު އާއި ގުޅީފަޅުގައި ބަނދަރެއް ގާއިމު ކުރުމާއި ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމާއި ހުޅުމާލޭގައި ކްރިކެޓް ސްޓޭޑިއަމަކާއި ކެންސަރު ހޮސްޕިޓަލެއް އެޅުމާއި މިފްކޯގެ ފެސިލިޓީތައް ފެލިވަރާއި ގއ. ގެމަނަފުށީގައި ފުޅާ ކުރުމާއި ބްރިޖު މަޝްރޫއު ހިމެނެއެވެ. އޭގެ ތެރެއިން ފަސް މަޝްރޫއެއްގެ އަމަލީ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ފޮރިން ސެކްރެޓަރީގެ ދަތުރުން އޮތީ ކޮން ފައިދާއެއް؟

ދިވެހި ސަރުކާރާއި އިންޑިއާގެ ސަރުކާރުން ދެކޭ ގޮތުގައި ފޮރިން ސެކްރެޓަރީގެ މި ދަތުރުފުޅަކީ ރާއްޖެއަށް އެތައް ފައިދާތަކެއް ލިބޭނެ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި މުހިންމު ހަތަރު އެއްބަސްވުމެއްގައި ދެ ގައުމުން ސޮއި ކުރުމަށް ވަނީ ތައްޔާރުވެފައެވެ.

  • ބްރިޖު މަޝްރޫއަށް 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނުމުގެ މަޝްރޫއުގައި ސޮއިކުރުން.
  • ރާއްޖޭގައި ތިބި އެތްލީޓުންނާއި ޒުވާނުން ތަމްރީން ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން.
  • ހަނިމާދޫގައި ޓެސްޓިން ލެބެއް ގާއިމު ކުރުން (1.71 މިލިއަން ރުފިޔާގެ ހިލޭ އެހީ).
  • ސ. ހުޅުދޫގައި ޑްރަގް ޑިޓޮކްސް ފެސިލިޓީއެއް ގާއިމު ކުރުން (7.7 މިލިއަން ރުފިޔާގެ ހިލޭ އެހީ).

އިންޑިއާ ހައި ކޮމިޝަނުން ވިދާޅުވީ ފޮރިން ސެކްރެޓަރީގެ މި ދަތުރުފުޅުގައި ރާއްޖޭގެ 67 ރަށެއްގައި ގާއިމު ކުރާ ކުޑަ ކުދިންގެ ޕާކަށް ބޭނުންވާ ވަސީލަތްތައް ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި އިންޑިއާގެ ހިލޭ އެހީގެ ދަށުން ތަރައްގީ ކުރަމުންދާ އެކުވެނި ޓްރެކް ބައްލަވައިލެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ހައި ކޮމިޝަނުން ވިދާޅުވިއެވެ.

އިންޑިއާގެ ހައި ކޮމިޝަނުން ދެކޭ ގޮތުގައި އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ޕޮލިސީގެ ތެރޭގައި ރާއްޖެ އަށް ދެވިފައި ވަނީ ވަރަށް ހާއްސަ މަގާމެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެން ފަހުން ދެ ގައުމުގެ ދެމެދު އޮތް ޒަމާންވީ ގުޅުމަށް އައި އާރޯކަމާއި ކުރިއެރުމަކީ މިކަން ރަމްޒުކޮށްދޭ ހެއްކެގެ ގޮތުގައި އިންޑިއާގެ ހައި ކޮމިޝަނުން ފާހަގަ ކުރައްވައެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީއަކީ ކާކު؟

ޝްރިންގްލާއަކީ ހާރިޖީ ދާއިރާ އަށް 36 އަހަރު ހިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އާއި ބޭރުގެ އެކިއެކި ގައުމުތަކުގައި އިންޑިއާ ތަމްސީލް ކުރެއްވިއެވެ. އިންޑިއާ އިން އެމެރިކާ އަށާއި ތައިލެންޑަށް ކަނޑައެޅުއްވި ސަފީރެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. އަދި ބަންގްލަދޭޝްގައި އިންޑިއާގެ ހައި ކޮމިޝަނަރުގެ ގޮތުގައި ވެސް ހިދުމަތް ކުރެއްވިއެވެ.

މީގެއިތުރުން ފްރާންސް، އެމެރިކާ، ވިއެޓްނާމް، އިސްރާއީލް އަދި ވިއެޓްނާމްގައި ޑިޕްލޮމެޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ.

ޝްރިންގްލާ ވަނީ އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީގައި ޖޮއިންޓް ސެކްރެޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ. އެސްޓީ ސްޓެފަންސް ކޮލެޖް އިން ގްރެޖުއޭޓްވެވަޑައިގެންނެވި ޝްރިންގްލާ ވަނީ މިނިސްޓްރީގެ އދ. ގެ ޕޮލިޓިކަލް އަދި ސާކް ޑިވިޝަންގައި މަސައްކަތް ކުރައްވައިފައެވެ.

ޝްރިންގްލާއަކީ އިންޑިއާގެ 33 ވަނަ ފޮރިން ސެކްރެޓަރީއެވެ.

އިންޑިއާ ހައި ކޮމިޝަނުން ވިދާޅުވީ ފޮރިން ސެކްރެޓަރީގެ މި ދަތުރުފުޅަކީ އިންޑިއާއިން ރާއްޖެއާއެކު އޮންނަ ގާތް ގުޅުމަށް ގުޅުމަށް ދޭ އަހައްމިއްޔަތުގެ މުހިންމުކަން ސާބިތުކޮށްދޭ ދަތުރުފުޅެއް ކަމަށެވެ. މި ދަތުރުފުޅުގެ ސަބަބުން އިންޑިއާގެ ނެބަހުޑް ފަސްޓް ޕޮލިސީ އާއި ރާއްޖޭގެ އިންޑިއާ ފަސްޓް ޕޮލިސީ ވަރުގަދަވެ، ދެ ގައުމުގެ މެދުގައިވާ އެއްބާރުލުމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް ހައި ކޮމިޝަނުން ދެކެއެވެ.

މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ވަށައިގެންވާ ކަނޑުތަކުގެ ސަލާމަތާއި ހަމަޖެހުމަށާއި ދެ ގައުމުގެ ކުރިއެރުމާއި ތަރައްގީ އަދި ތިޔާގިކަން ކަށަވަރުކުރުމަށް އެކުގައި މަސައްކަތްކުރުމުގެ ރޫހު ވަރުގަދަވެގެންދާނެ ކަމަށް ހައި ކޮމިޝަނުން ވިދާޅުވެއެވެ. އަދި އިންޑިއާ އިން ރާއްޖެއަށްދޭ އަހައްމިއްޔަތު އިތުރުކޮށް ދެގައުމުގެ މެދުގައިވާ ގުޅުން އިތުރަށް ފުންކޮށްދޭނެ ކަން ޔަގީންވާ ކަމަށް ވެސް ހައި ކޮމިޝަނުން ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ބުރިބަރު

    ވައިރަސް ހިފައިގެން ރާއްޖެ އާދޭ

    48
    2
  2. ނަނަނހއުޒނނެނަ

    އިންޑިޔާގެ ފޮރިން މިނިސްޓަރު އަކީ ބޮޑު މޮޔައެއް

    52
  3. އަތުލްބިހާ ވަޖްޕާއީ

    އެހީ އޯކޭ އޯކޭ ނުވަ ނީ ސިފައި ން ތިބު ން. ޗައި ނާ އި ންވެސް
    ދި ން އެހީ އެކަމަކު ސަރުތު ނު ކުރޭ މިތާ ސިފައި ން ތިބޭކަށް
    ޢެކަމު ން އެގެ ނީ ނިޔަތް ނު ބައިކަ ން

    66
  4. ަައަހްމަދު

    އިންޑއާއިން ވިއެހީތެރިކަމެއްވިއްޔާ ވެފައޮތީމިސާރުކާރުގެ އިސްފަރާތްތަކަށް ރައްޔިތުންނައވިފައިދާއެއނެތް އިންޑިއާ އައުޓް އައުޓް އައުޓް

    86
  5. ށ

    އިންޑިޔާގެ އުފެއްދުންތައް ބޯއިކޮޓުކުރުން ނޫން ގޮތެއް ރައްޔިތުންނަކަށްނެތް

    69
    1
  6. މާމީ

    އުތުރު ތިލަފަޅު އެންމެ އިސްކަމަކީ ..ހެޔޮނުވާނެ އަހަރެމެންގެ އަގުހުރި ތަންތަން މަދުފައިސާ ކޮޅެއްގެ ނޭނުމުގަ ތިހެން ނުދީ... އިރާދަކުރެއްވިއްޔާ ތިކަން ތިކުރާ އެންމެން ވަރައް ވިސްނާތި .....

    33
  7. ހުރަވީ

    އިންޑިއާ ސިފައިން ދިވެހި ރާއްޖޭން ބާލާ ..އިންޑިއާ ސިފައިން މި ގައުމުގައި ތިބެން ޖެހޭނެ އެއްވެސް ހާލަތެއް ނެތް # އިންޑިއާ އައުޓް

    38
  8. އެމަންޖެ

    މިސަރުކާރު ކޭވަރު އެނގޭނެ ރިޕޯޓެއް ނިކަން ވަގުތު ކުދިން ލިޔެލަބަލަ.

    32
  9. ރެރި

    ހެޔޮ ދުބަހަކު ނަޔަސް ގެރި މޯދީ އިންޑިއާ ސިފައިން އައުޓް އުނމާ އުންބާ އުންބާ

    31
  10. ރޯދަމުބާރަކް!

    ތާރީޚީ ދަތުރު މި ގައުމަށްނުކުރައްވާ! ރަށުގައި މަޑުކުރައްވާ އަދި މި ގައުމުގައި ތިއްބެވި ތި ބޭފުޅުންގެ ބަޑިއެދުރުން ގެންދަވާ!

    33
  11. Anonymous

    އިންޑިއާ އައުޓް ، އިންޑިއާ އައުޓް

    31
  12. ...

    ޔާމީންގެ ވެރިކަމުގައި ދިވެހިރާއްޖެ ޗައިނާއިން ތަރައްގީ ކޮއްދޭން ފެށީމަ މިއާލާތުން ބިރުން ހޭވެރިކަންވީ. އެހހހެންނޫނީ އަދިވެސް ހަމަ ކުރިން ގޮތަށް ތަރައްގީ ނުކޮއް އޮންނާނީ.

  13. ޣދ

    މިސޮރުމީ ޖަޕާނު ސޮރެ އް..މީ އިންޑިޔާ ސޮރެ އްބާ އަނެ އްކާ..

  14. އިންޑިޔާއައުޓް

    އިންޑިޔާ އައުޓް

  15. ހެހެ

    ހަމަ ރަގަޅަށްވެސް ދިވެހިން ހައްލަނީ.

  16. ޢަލީ

    ރާއްޖެއިން ކޮށްދޭްޖެހޭ ކަންކަންވެސް ލިޔުނުނަމަ، އަދި ރާއްޖެ އެމީހުންގެ އަތްދަށުވެގެންދާގޮތް ލިޔެލިނަމަ ހާދަ ރަނގަޅުވީހޭ،

  17. އިބުރާހީމް

    މނަ މީ ތަނެެއްގަ ހުރި ޖާހިލެއް އިންޑިޔާ ރައްޔަތުންނަން ކަށްކޮންދިނިއްޔާ މާތާހިރެއްނު މި ޤައުމަށް ކަލޭމެއްގެ ފަރާތުން އެހީތެރިކަމެއް ބޭމިނެއް ނިވޭ