ރައްޔިތުންގެ މަޖިލީހުގައި މައިނޯރިޓީ އަށް ފުރުސަތު ނުލިބޭ އަޑަކީ އާ އަޑެއް ނޫނެވެ. އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި އޭރުގެ ސަރުކާރާ ވާދަވެރި ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޖަލްސާގައި ބައިވެރިނުވެވިގެން އެ ކަންބޮޑުވުން އިންތިހާއަށް އެމްޑީޕީގެ އިސް ބޭފުޅުން ފާޅުކުރެއްވިއެވެ. ބާރަ ގޮނޑި މެންބަރެއްގެ ގޮނޑި ވުޖޫދުން ގެއްލި، އެ މެންބަރުންނަށް ދާއިރާ ތަމްސީލް ކުރެވޭ ގޮތް ނުވި ވާހަކަ އަދިވެސް ހަނދާނުން ފިލައިގެން ދާހާ ދުވަހެއް ނުވެއެވެ.

އެ މަންޒަރު ތަކުރާރު ނުވާނެ ކަމަށް ވިދާޅުވި އެއް ބޭފުޅަކީ މި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ނަވަރާވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭންގައި އެ އަޑުގަދަ ކުރެއްވިއެވެ. ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމުގައި ވެސް ރައީސް ނަޝީދު އެންމެ ބޮޑަށް ވަކާލާތު ކުރައްވަނީ ޑިމޮކްރަޓިކް ނިޒާމެއްގެ ހަމަތަކާއި އިންސާނީ ހައްގުތަކާއި އިހްތިޖާޖް ކުރުމުގެ ޖާގައާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމެވެ. އެމަނިކުފާނުގެ ރިޔާސަތެއްގައި ކޮންމެ މީހަކަށް ވެސް އެ ޖަގާއާއި އެ ހައްގާއި އެ މިނިވަންކަން ކަށަވަރު ކުރައްވާނެ ކަމަށް ވިދާޅުވެއެވެ. އެކަމަކު މިއަދު ފެނުނީ ކޮން މަންޒަރެއް ހެއްޔެވެ؟

ކުރީގައި ވެގެން ދިޔަ ގޮތެއް ދެން މުހިއްމެއް ނޫނެވެ. މާޒީގައި އެ ކަންވެ ނިމި ދިޔައީއެވެ. ރައްޔިތުން ވެސް އެދޭނީ މިއަދު މިފަދަ ކަންކަން އިސްލާހު ވުމަށެވެ. މާޒީގައި ލިބުނު އަނިޔާއަށް އިންސާފު ލިބުމުގެ އިތުރަށް މިއަދު އަނިޔާއެއް ތަކުރާރު ނުވުމަށެވެ. ޖަވާބުދާރީ ކުރުވާނީ ވެސް ބާރުގައި ތިބި ފަރާތްތަކެވެ. މިއަދުގެ މާހައުލުގައި ވާދަވެރި ފަރާތްތަކަށް އިހްތިޖާޖްގެ ހައްގު ނުލިބޭނަމަ އިހްތިޖާޖްގެ ހައްގު ނުދިނީ ކީއްވެގެންތޯ ރައްޔިތުން ސުވާލު ކުރާނެއެވެ. އެ ސުވާލުތަކަށް ޖަވާބުދާރީވާން ޖެހޭނީ ބާރުގައި ތިއްބެވި ވެރިންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާން އިއްވެވި ވަގުތު އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުން މަޖިލީހުގެ މާލަމުގައެއް ނެތެވެ. ފުރަތަމަ ބެލެވުނު ގޮތުގައި، އިދިކޮޅު ކޯލިޝަންގެ މެންބަރުން ޖަލްސާ ބޮއިކޮޓް ކޮށްލެވީއެވެ. އެކަމަކު އިދިކޮޅު ކޯލިޝަންގެ ރޭވުމުގައި އޮތީ މަގުމަތީގައި ސަޕޯޓަރުންނާއެކު އިހްތިޖާޖް ކުރުމަށް ފަހު ރިޔާސީ ބަޔާން އިއްވަވާ ވަގުތު ބެނާއާއެކު ކޯލިޝަނަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވަނުމަށެވެ. އެކަމަކު މަޖިލީހުގެ ތަޅުމުގެ ތެރެއަށް ވަނުމުގެ ފުރުސަތެއް ނުލިބުނެވެ.

ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި ބައްދަލު ކުރައްވަނީ

މަޖިލީހުގެ ޖަލްސާގައި ބައިވެރިވާން ވަޑައިގެން ތިއްބެވީ ތިން މެންބަރެކެވެ. އެއީ ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި، ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމްގެ މެންބަރު ހުސައިން މުހައްމަދު ލަތީފްއާއި، ފެލިދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދެވެ. މެންބަރުންގެ އަތުގައި ހަތިޔާރެއް ނެތެވެ. އަޑުގަދަ ކުރައްވާ ސާމާނެއް ވެސް ނެތެވެ. އޮތީ އެންމެ ބެނާއެކެވެ. އޭގައި ލިޔުއްވާފައިވަނީ އެ ބޭފުޅުންގެ ޝުއޫރެވެ. "އިިިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރޭ!" އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ބަޔާނާއެކު އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން މުޒާހަރާ ކުރަނީ - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މެންބަރު ސައީދު ވިދާޅުވި ގޮތުގައި، މަޖިލީސް ޖަލްސާ ކުރާ މާލަމަށް ވަންނަން ފުރުސަތު ނުދެއްވީ ބެނާއާ އެކުގައި ހުންނެވުމުންނެވެ. އޭރު ބޭނުންވީ ވާދަވެރި ސިޔާސީ ޕާޓީގެ ފަރާތުން ރައީސް ސޯލިހް އިއްވަވަމުން ގެންދަވާ ރިޔާސީ ބަޔާން އަޑު އައްސަވަން ކަމަށް ވިދާޅުވިއެވެ. އަދި ރައީސް ސޯލިހަށް އެ ފަރާތްތަކުގެ ކަންބޮޑުވުން ހާމަކޮށް ދެއްވަން ބޭނުންވި ކަމަށް ވިދާޅުވިއެވެ.

ބެނާއާއެކު ވަންނަވަން ބޭނުންވަނީ ވެސް އެހެންވެގެން ކަމަށާއި އެ ފުރުސަތު ނުދެއްވުމުން ފަހުން ރައީސް ސޯލިހް ނުކުމެވަޑައިގަންނަވަން ދެން މާލަމުގެ ބޭރުގައި އިންތިޒާރުގައި ހުންނަވަން ޖެހިވަޑައިގަތީ ކަމަށް ވެސް ކުރީގެ އިކޮނޮމިކް މިނިސްޓަރު ކަން ކުރެއްވި ސައީދު ވިދާޅުވިއެވެ.

ރައީސް ޔާމީން ޖަލުގައި ހުންނަވަނީ އިންސާފުވެރި ޝަރީއަތަކުން ކޮށްފައިވާ ހުކުމަކުން ކަމެއް ނުވަތަ އިންސާފުން ބޭރުން ކޮށްފައިވާ ހުކުމަކަށް ކަމެއް ނިންމާކަށް ނެތީމެވެ. ފެންނަން އޮތް ހަގީގަތަކީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ރައީސް ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް އެމްޑީޕީގެ ބޭފުޅުން ތިއްބެވި ކަމެވެ. އެމްޑީޕީގެ މި އިސް ބޭފުޅުންނަށް ޝަރުއީ ކޯޓުތަކަށް ބޭނުން ވަގުތެއްގައި ނުފޫޒު ފޯރުވަން ބޭނުންވެއްޖެނަމަ ފޯރުވެވޭނެ މަގު "ގާނޫނު އަސާސީ" އިން ލިބިދީފައިވާ ކަމެވެ. މިއިން ކަމެއް އިސްލާހު ނުކުރާ ކަމެވެ. އަދި އިދިކޮޅު މެންބަރުންނަށް މަޖިލީހަށް ވަންނަން ފުރުސަތު ނުދިން ކަމެވެ.

"އަޅުގަނޑު ދެންނެވިން ރައީސް ޔާމީނު މިނިވަން ކުރުމަށާއި އެމަނިކުފާނަށް ދެމުން ގެންދާ އަނިޔާއަށް ވަގުތުން ވަގުތަށް ހުއްޓާލުމަށް، ރައީސް ސޯލިހް ދެންނެވި ބަލައިދޭނަމޭ." މެންބަރު ސައީދު ވިދާޅުވިއެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ފެނިވަޑައިގަތީ އެދެވޭ މަންޒަރެއް ނޫން ކަމަށެވެ. މަޖިލިހުން މިއަދު ފެނިވަޑައިގަތީ ޑިމޮކްރެޓިކް އުސޫލުތަކާ މުޅިން ޚިލާފު މަންޒަރެއް ކަމަށް އޭނާ ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވި ގޮތުގައި ޑިމޮކްރެޓިކް އުސޫލުތައް ރާއްޖޭގައި މިއަދު ވަނީ "ފުނޑުފުނޑު" ކޮށްފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފަހުން މެންބަރުންނާ ބައްދަލު ކުރައްވައި "ކުރު، ފޮނި" ޖަވާބެއް ދިނުމަކުން އަދި ނުފުދެއެވެ. ޕީޕީއެމް އާއި ޕީއެންސީގެ މެންބަރުންނަށް ވެސް މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގެ ތެރޭގައި އިހްތިޖާޖް ކުރެވެން ޖެހޭނެއެވެ. އެއީ އެމްޑީޕީއިން މީގެ ކުރީގައި އިހްތިޖާޖް ކޮށްފައިވާ ގޮތެކެވެ.

މިހާރު އަނެއްކާ ވެސް ތަކުރާރު އެ ކުރައްވަނީ ނުކުރައްވާނެ ކަމަށް ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވި ކަންކަމެވެ. ރައީސް ނަޝީދު ޖަލުގައި އޮންނެވި ދުވަސްތައް މަތިން ހަނދާނުގައި އެބަ ހުންނެވި ހެއްޔެވެ؟ އެ ދުވަސްވަރު އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުން ކުރެއްވި އިހްތިޖާޖް ހަނދާނުގައި އެބަ ހުންނެވި ހެއްޔެވެ؟ އެ ދުވަހު ރައީސް ނަޝީދު ވިދާޅުވި ވާހަކަ ހަނދާނުގައި ހުންނެވި ހެއްޔެވެ؟ އިހްތިޖާޖްގެ ހައްގު ލިބެން ޖެހޭނެ ކަމަށް ކުރައްވާ ވަކާލާތު ހަނދާނުގައި އެބަ ހުންނެވި ހެއްޔެވެ؟ ރައީސް ޔާމީންގެ އެތައް ހާސް ސަޕޯޓަރުންނަށް އެ ހައްގު ލިބިގެން ނުވޭ ހެއްޔެވެ؟ ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުންނަށް މަޖިލީހަށް ބެނާއާއެކު ވަދެވިގެން ނުވޭ ހެއްޔެވެ؟

ރައީސް ޔާމީނާއި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި އެމްޑީޕީގެ މެންބަރުން މަޖިލީހަށް ވަދެ އިހްތިޖާޖްކޮށްފައިވެއެވެ. މަޖިލީހުގެ އިދާރާގައި ހުރި މޭޒުތައް މައްޗަށް އަރައި އަޑުގަދަ ވެސް ކުރެއްވިއެވެ. "ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރޭ!" ބެނާ ވެސް ހިފަހައްޓައިގެން ހުންނެވިއެވެ. އަޑުގަދަ ކުރާ އެތައް ވަސީލަތަކުން އަޑުގަދަ ވެސް ކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ބަޔާން އިއްވަވަން ދަތިފުޅު ވެސް ވާނެ ގޮތަކަށެވެ. އެ ފުރުސަތު މިއަދު ޕީޕީއެމްއާއި ޕީއެންސީއަށް ނުދޭނަމަ، ރައީސް ނަޝީދުގެ "ޑިމޮކްރެޓިކް ސިޔާސަތު" ސާފެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

 1. ހުސެން

  މަޖިލީހުގެ އިދާރާގައި ހުރި މޭޒުތައް މައްޗަށް އަރައި އަޑުގަދަ ވެސް ކުރެއްވިއެވެ. "ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރޭ!" ބެނާ ވެސް ހިފަހައްޓައިގެން ހުންނެވިއެވެ. އަޑުގަދަ ކުރާ އެތައް ވަސީލަތަކުން އަޑުގަދަ ވެސް ކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ބަޔާން އިއްވަވަން ދަތިފުޅު ވެސް ވާނެ ގޮތަކަށެވެ. އެ ފުރުސަތު މިއަދު ޕީޕީއެމްއާއި ޕީއެންސީއަށް ނުދޭނަމަ، ރައީސް ނަޝީދުގެ "ޑިމޮކްރެޓިކް ސިޔާސަތު" ސާފެއް ނޫނެވެ.
  ކަޑަ ޑިމޮކްރެސީއަކީ/ކޮރު ޑެމޮކްރަސީ.ޑިމޮކްރަސީ އަަކީ ނަޟީދުގެ ގެންގުޅޭ ދަނޑި.އެ ދަނޑި ދިގުވެފަ ކުރުވޭ .އެއީ އެބުނާ ޑީމޮކްރަސީ އަކީ

  69
  4
  • ޑިކްޓޭޓަރު

   އަސްލު ޑިކްޓޭޓަރު މަޖިލީހުގައި އިދެގެން ޑިމޮކްރެޓިކް ވާނެ ކަމަށް ހީކުރާކަށް ނުވާނެ.

   61
   1
 2. ކޫބެ

  ޑިމޮކްރަސޫ މާނަ ކުރަނީ އަޑުގަދަ މީހާ އެވަގުތު ބޭނުންވާ ގޮތަށް. އެއީ ޑިމޮކްރަސޫގެ މާނަ. އާާރާއި ބާރު ލިބުނީމަ ކުރިން ވަކާލާތު ކުރި ޕްރިންސްޕަލްތަކުގެ މަތިން ހަނދާނެ ނެތް. އިސްކުރަނީ އަނިޔާ އާއި ޑީލް ހަދައިގެން ވަކި ބަޔަކު ސަލާމަތް ކުރުމާއި ވަކި މީހަކު ޖަލައްލުން. މީ މިއަދު ރާއްޖޭގައި އޮތް އިންސާފާއި ޑިމޮކްރަސީ

  50
  2
 3. ޟމ

  އަބަދުވެސް އިދިކޮޅުގަ ތިބޭ ބަޔަކަށް ޙައްޤު އޮންނަކަމާއި ޙައްޤު އެއީ އެންމެނަށްވެސް ހަމަހަމަކޮށް ލިބެންޖެހޭ އެއްޗެއްކަން މި އެނގެނީ، މީ ޙަޤީޤަތަކީ

  25
  1
 4. މަޖޭ

  މިއަދު ވަރުގެ ރިއާސީ ބަުޔާނެއް އަޑެއްނާހަން ކުޑަކުދިން ނިންދަވަން ކިޔާ ހިޔާލީ ފުލޯކު ވާހަކައެއް ކިޔުމަށް މީނާގެންދަން ރަނގަޅު! ވަޢުދަ ޚިލާފުވާނެޔޭ

  53
  3
 5. Anonymous

  އެކި ފަރާތްތަކުން ނުފޫޒުފޯރުވަނީ އެކިގޮތަށް. އެގޮތުން އެމްޑީޕީން ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވަނީ ތަފާތުގޮތަކަށްކަން އެބޭފުޅުންގެ ޢަމަލުންވަނީ ފެނިފައޭ އެބޭފުޅުން ނޭދޭގޮތަކަށް ޙުކުމްކުރާ ޤާޟީންގެ ސުލޫކީ މައްސަލަތަކެއް ބަލާ ފަނޑިޔާރުން މަޖިލިސް ބޭނުންކޮށް މަގުމަތިކޮށްލާތަން މި ފެންނަނީ. ޝަރުޢީ ދާއިރާ މިނަވަންކަން ފެންނަނީ ނަމުން އެކަނި ކަމަކުން ނުފެނެ.
  ފަނޑިޔާރުން ބިރުވެރިކަމެއްގެ ތެރޭގައި ތިބިތަން މިފެންނަނީ.

  41
  3
 6. ބަރުގޮނު

  ތާރީޚް އޭގެ އަމިއްލަ ނަފުސު އިޢާދަ ކުރެޔޭ ބުނޭ. ރައީސް ވަޙީދު ރިޔާސީ ބަޔާން އިއްވަވަން އުޅުއްވި އިރު ނުފޮރުއްޕާން ކުރީ އެމް.ޑީ.ޕީ ކުދިން. މިިއަދުގެ ރައީސުލް ޖުމްހޫރިއްޔާއާ މަޖްލިސްގެ ނައިބު ރައީސާއާ ޑިފެންސް މިނިސްޓަރ އެދުވަހު ތިއްބެވީ ހަޅޭއްލަވަން. ރައީސް ޔާމީންގެ ދުވަސްވަރުވެސް އެމް.ޑީ.ޕީ ކުދިން ގެ ކިބައިން ރިޔާސަތު ސަލާމަތް ކުރަން "ބޮޑުފާރު" ލީ މިއަދު މަޖްލިސް ބޮއިކޮޓް ކުރި 2 ޕާޓީގެ ކުދިން ނިސްބަތްވާ އޭރުގެ ޕީ.ޕީ.އެމް. މަޖްލިސް ގެ 12 މެމްބަރަކު އެއްގޮތުން ނުވީމާ އަނެއްގޮތަކުން ބޭރު ކޮށްލީވެސް ހަމަ ޕީ.ޕީ.އެމް. -- ކޮންމެ ކުދިބަޔަކުވެސް ދަންނަންވީ އެވެސް ދުވަހެއްކަން މިވެސް ދުވަހެއްކަން. 2008 ގެ ނޮވެމްބަރ 11 އިން ފެށިގެން ދިވެހިންނަށް "ޑިމޮކްރެސީ" މާނަ މިކުރެވެނީ ބަދަލުހިފުމަށް ކިޔާ ދެވަނަ ނަމުގެ ގޮތުގައި. ބުޅަލާ މީދަލުގެ ކުޅިގަޑު ނުނިމޭހާ ހިދަކު ޤަވްމުގެ ދަރިންނަކަށް އަރާމު ނިންޖެއް ނުލިބޭނެ.

  34
  3
 7. ރައްޔިތުމީހާ

  ޣައްސާން މައުމޫނާއި ،އާދަމް ޝަރީފާއި ޠާރިޤަކީ ކޮން ކޮޅެއްގެ ބައެއްތޯއެވެ؟

  4
  2
 8. ޓޯބީ

  ވަޓް މޯރ ޓު އެ ކްސްޕެ ކްޓް ފްރޮމް އަ ހައިޕޯ ކްރައިޓް!!

  10
  2
 9. ތިންބާރު

  ހުރިހާ ވެރިކަމެއްގައިވެސް ވާވަރު

  8
  5
 10. ނަގުލު ފިއްތި

  ކުރިންވެސް އެނގޭކަމެއް ސީދިބޭއަކަށް ހަޖަމެއް ނުވާނެކަން. އެހެންވވީމަ ނުވެއްދީ

  29
  2
 11. Anonymous

  ހިޓްލަރުގެ ގޮތްގަނޑު ގެންގުޅޭ ނުކިޔަވާހުރި ޖާހިލެއް. އިންސާފެއް ނުދަނޭ. ﷲ އަށް ބިރުވެތިނުވޭ. ﷲ ގެ ކޯފާއެއް ދިވެހިންގެ މައްޗަށް ގެނެސްގަނެވިދާނެއެކޭ ހިތަކަށްވެސް އަރާހެން ހިޔެއްނުވޭ.

  33
  1
 12. ހަނި

  މީތޯ އެމްޑީޕި އެބުނާ މިނިވަން ކަމަކީ އަށް ޗީ ޑި

  41
  3
 13. ދިވެހި ރައްޔިތުން

  އެމްޑީޕީ މަޖޯރިޓީ އޮވެ ތިޔާ ޕީޕީ ކުދިން ކޮޅުވެސް އުޅުނީ ވަކި ތާހިރުކޮށެނޫން ޔާނު ރިޔާސީ ބަޔާން އިއްވިދުވަހު. ޔާމީނަށް ވަަނީ ޖަސްޓިސް ލިބި ޖަލުގަ. ދައުލަތް ލޫޓުވާލި ކޮންމެ ޔާމީނު ކަހަލަ ގައުމުގެ ބައިތުލްމާލަށް ގައްދާރުވާ ކޮންމެ މީހަކަށް ވަނީ ޖަސްޓިސް ލިބިފަ.

  6
  39
 14. މަމޮޅު

  ތިޔައެމްޑީޕީއައް އެނގޭނީ ޑިމޮކްރަސީ ކިޔަން އެމީހުންނަކައްނޭންގޭނެ ޑިމޮކްރަސީ އެއީ ކޮންއެއްޗެއްކަން އަދިޑިމޮކްރަސީގަ ކަންތައްކުރަނީ ކިހިނެއްކަން އެއައްވުރެ އެމީހުންޅަވާނެ އެމީހުންނައް ހީވަނީ އެއީކާއެއްޗެއްކަމައް އެކަކު އެންމެންކާލުމައް ކިޔާއެއްޗެއްކަމައް

  24
  3
 15. ކިނބޫ

  ޑިމޮކްރެޓިކް ވެރިކަމެއް ކުރެއްވޭނީވެސް ރައީސް ޔާމީނަށްކަން އިތުރަށް ސާފުވެ އެނގިގެން ދިޔައީތާ!
  ހައްގަށް ވަކާލާތު ކުރުމުގެ މިނިވަންކަމެއް މިއަދަކު ނެތް. ހަރުކަށިކަމާއި އަނިޔާވެރިކަމާއި އަޅުވެތިކަން ވަނީ އިންތިހާއަށް ގޮއްސަ. ހަތަރުފަރާތުން ފެންނަނީ ބިރުވެރިކަމާއި ނާމާންކަން. ރައްޔިތުން ކަށިން ހިތްވަރު ނެރެ ސަލާމަތަށް މަސައްކަތް ނުކޮށްފިނަމަ ކުރިއަށް އޮތީ ވޭނާއި ގިލަންވެރިކަމުގެ ދުވަސްތަކެއް.

  26
  3
 16. ދޮގެއް؟

  އެކަމަކު ރިޔާސީ ބަޔާން އަޑުއަހަން އިދިކޮޅު މެންބަރުން އާޝޯޚުވެފަ ތިބިތަން އެމްވީކްރައިސިސްއަށް ފެނުނޯ. އަދި އެމަންޒަރު ފެނި ޗޯ ބޭލިފަޔޯ އެމްވީކްރައިސިސް އޮތީ.
  މީ މަބުނާ އެއްޗެއް ނޫން. އެމީހުން އަމިއްލައަށް ބުނެފަ އޮތް އެއްޗެއް.

  8
  5
 17. ެައަހްމަދު

  މިއަދު މަޖިލިސްރައީސް އެވިދާޅުވީ މިދައުރުގަ އިދިކޮޅުމެމްބަރުން މަޖިލިސްއައް ހާޒިރުނުވާށޭ އެހެންވީމަ އިދިކޮޅުމެމްބަރުންނައް އެންއަހަރުދުވަހުގެ ޗުއްޓީއެއް ހަމަޖެހިގެންދިޔައީ

 18. ސައީދު

  މި ވަގުތު އޮން ލައިނަކީ މާބޮޑަށް ސިޔާސަވެ ސަރުކާއި އިނދިކޮޅު ވަކި ޕާޓީ އަކާއި ހާދަ ވައްތަރު ވާން ފަށަފިކަމަށް ރައްޔިތުނަ އެބަތުހުމަތު ކުރޭ ތިގޮތަށް އުޅެން ނޫސްވެރިކަން ދޫކޮށް ސިޔާސސީ ޕާޓީއަކަށް ތިނޫސް ބަދަލް ކުރަން ފެނޭ މި ކޮމެންޓް ޖަހާދޭން ކެރޭނެބާ ތިހާ ޑިމޮކްރެޓް ވެގެން

  2
  10
 19. ައަހުމަދު

  ވަރަށް ފުރިހަމަ ލިޔުމެއް
  ހަގީގަތް ތި ހާމަ ކޮށްދިނީ

 20. ޑަބިޔާ

  ނަސީދު އަކީ ޑިމޮކްރާތީ އިގޭ މީހެއްނޫން ދިވެހިން ގެ މަދުބަޔަކަށް މީނަ ކުރިން ދައްކާފަ ހުރި ވާހަކަތަކެއް އަޑު އިވިގެން އެއީ ރަނގަޅު ވާހަކަތަކެއް ކަމަށް ގަބޫލު ކުރެވުނީ. އިބިލިސްވެސް ހަމައެގޮތައް މީހުން މަގުފުރައްދަމުން ދަނީ ވިސްނާލީމަ އިގޭ އެއީ ދަޅައެއްކަން. މިހާރު ގަބޫލެއް ނުކުރާނެ އަންނި ތަޅާ އަނގައެއް.

  12
  1
 21. ޙހހހ

  ތީ އެމް ޑީޕީ މެމްބަރުންނަށް ދިމާވިކަ މެއްނަމަ ، ލޭ އޮހުރުވުމެއް ނުހިނގާނުދާނެ ، އެހެންވީމަ ވަކަރުގޭ ކުދިން އެބައެނގޭނު ، ފަނާކުރާހިޔާލާ ،ބިނާކުރާހިޔާލާ ތިއޮތީ ފެންނަން ، މިކަހަލަ ކަންކަން ރައްޔިތުންނަށް ތިލަ ކޮށްދިނުމަކީ މިއަދު މީޑިއާގެ ޒިންމާއެއް ، ވަކި މީހަކަށްވީމަ މީޑިއާތަކުން ތަފާތުވެގެން ނުވާނެ ، ކުރީގެ ވެރިކަން ގޯސްވެގެން މީޑިއާތަކުން އަރުވާލިވަރު މިހާރު ނުފެނޭ ، މިހާރު ރަނގަޅީދޯ ، ނޫނީ ގޮހޮރަށް ކެއީތޯ

 22. ސާބަސް

  މި ނޫހުގައި މަސައްކަތްކުރާކުދިން އެންމެ ރަނގަޅުވާނީ އެ ޕާޓީގެ މުޒާހަރާތަކަށްނިކުމެ ފާޅުގައި ދެކޮޅުކަން އަޑުގަދަކުރާއިން ގޮވާލަން ، އަދި ތިގޮތަށް ފިލާތިބެ ތިލިޔާ ލިޔުންތައް ލިޔުމުގެ ބަދަލުގައި ރިޕޯޓުތައް ޕޯޑިއަމްތަކުގައި އަޑުގަދަކޮށް ގޮވާލާ، އެއީ ދޯ ކެރިގެން ބަސްބުނުމަކީ ، މިހާރު ތިކުރާކަމަކުން ފިނޑިކަމާއި މުނާފިޤުކަން ހާމަވަވަނީ.

 23. ލ.ގަމު

  މުނާފިޤުންގެސިފައިގައި ތިބި ލާދީނީ ބައިގަނޑެއް ވެ ރިކަން ފޭ ރިގަތީވޯޓުން ވައްކަންކޮށް ވޯޓުކަކަރުދާސްތައް އަންދާލައިގެން އަސްލު މުނާފިޤުން ނަކީކޮބައިކަން އެންމެ މޮޅަށް ދެނެވޮޑިގެންވާނީ މާތްﷲ ގަނގަ އޮތީޔަ ކާޅެއް ނުކާނެ ޔޯ!

 24. މަސްއޫދު

  އެންޑީޕީއަކީ އަދި އެޕާޓީގެ ރައީސަކީ އެއްރެއްގައިވެސް ޑެމޮކުރެޓިކު ބައެއްނޫން! އެގެވަޑައިގަންނަވާ ނަސީދުގެ ވެރިން ވެއްޓުނީވެސް ޑެމޮކުރެޓިކު އުސޫލުން ބޭރުން ފަޑިޔާރަކު ވަގަށްނައިގެން ވެރިކަން އަމިއްލައަށް ދޫކޮށްލުމަށްފަހު ގައުހުޖަހައި އަންދީ ކޮންކަހަލަ ޑެމޮކުރެޓިކު އުސޫލަކުންތޯ! ސީދާސީދަލަށް ބުނާނަމަ ނަސީދަކީ އެޕާޓީގެ ބައެއް މެންބަރުންނަކީ ޓެރަރިސްޓް އުސޫލުތަކަށް ހިއްވަރު ދޭބައެއް! އަދި ނަސީދަކީ އެސިޔާގައިހުރި އެންމެބޮޑު ޓޭރަރިސްޓް