ދުނިޔެ އަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ގިނަ މީހުންގެ ވަޒީފާތައް ވަނީ ގެއްލިފައެވެ. އާމްދަނީ ހޯދުމުގެ ދޮރު ވަނީ ބަންދުވިއެވެ. އެކަމަކު، އެއީ ގޮތް ހުސްވާން ޖެހޭ ކަމެއް ނޫންކަމާއި ކޮންމެ ކަމަކަށް ވެސް ހައްލު އެބައޮތް ކަން، ދައްކުވައި ދިނީ މި ދެ ދިވެހިންނެވެ.

އެއްމާބަނޑު ދެ ބައިން ކަމަށްވާ އައިޝަތު މަލްހާ މުހައްމަދާއި އައިމިނަތު މިލްހާ މުހައްމަދަކީ އަމިއްލަ މަސައްކަތުން މިއަދު އާމްދަނީ ހޯދާ ނަމޫނާ ދެ މީހުންނެވެ. އުމުރުން 25 އަހަރުގެ މަލްހާ އާއި މިލްހާގެ އަމިއްލަ ބްރޭންޑެއް ކަމަށްވާ "އެމް އެންޑް އެމް" ނަމުގައި ފެށި ކޭކާއި ޕޭސްޓްރީ އެޅުމުގެ މަސައްކަތް މިވަނީ ގިނަ ބައެއްގެ މެދުގައި ވަރަށް މަގްބޫލްވެގެން ގޮސްފައެވެ. މިއަދު އެ ނަމަކީ ބްރޭންޑެކެވެ.

މި ޒަމާނަކީ ކޮންމެ ފަދަ ކަމެއް ކޮށްގެން އާމްދަނީ ހޯދޭނެ މަގު ފަހިވެފައި އޮތް ޒަމާނެކެވެ. ބޭނުން ވަނީ ހިތްވަރާއި ކެރުމެވެ. ވަރުގަދަ އަޒުމެއްގައި ހުރެ މަސައްކަތް ފަށައިފި ނަމަ، ކާމިޔާބާ ހަމައަށް ވާސިލްވުމަށް މާ ގިނަ ދުވަހެއް ނުނަގާނެއެވެ.

މިލްހަާ" ވަގުތަށް'' އިިންޓަވިއުދެނީ - ވަގުތު އިމޭޖެސް އިބްރާހިމް ޝާބިލް

މަލްހާ އާއި މިލްހާ ފާހަގަވީ އެންމެންނާ ގޫޅޭ އެހާމެ މަޖާކޮށް އުޅޭ ދެ މީހުންގެ ގޮތުގައެވެ. ކައިވެންޏެއް ކޮށް ދެ މީހުންގެ ފިރިންނާއެކީ ވަރަށް ގުޅިގެން އެކުވެރިކޮށް ބައެއްގެ ގޮތުގައި ފާހަގަ ކުރެވުނެވެ. ކޮންމެ ކަމެއް ކުރުމުގައިވެސް މައިންބަފައިންގެ ބަސް ހޯދާ އެއަށް އަމަލުކުރަމުން ދާ އަހްލާގް ރަނގަޅު ދެބެއިންނެވެ. ދެމީހުންގެ ދޭތެރޭގައި އޮތް ވަރުގަދަ ލޯބި ވަރަށް ރީއްޗަށް ސިފަވެގެން ދިޔައެވެ.

މަލްހާ އާއި މިލްހާގެ މަސައްކަތް

ކޭކް އަދި ޕެސްޓްރީގެ މަސައްކަތް ފެށިގެން ދިޔަ ގޮތް ކިޔައި ދެމުން މަލްހާ އާއި މިލްހާ ބުނެފައި ވަނީ އެމިހުންގެ ގެއަކީ އަބަދުވެސް ފޮނި އެއްޗެހި ތައްޔާރު ކުރާ ގެއެއް ކަމަށެވެ. އަދި އެއް ދުވަހު ބައްޕަގެ އެދުމުގެ ގޭގައި ފޮނި އެއްޗެހި ތައްޔާރު ކޮށް ވިއްކަން ފެށީ ކަމަށެވެ.

''އަބަދުވެސް ބައްޕަ ކިޔާނެ ފޮނި އެއްޗިސް ގޭގައި ހަދާލެއް ގިނަ ކަމުން އެއްޗެއް ހަދައިގެން ވިއްކަން އުޅެބަލާށޭ އެގޮތަށް އައިޑިއާ އައީ.''މިލްހާ ކިޔާ ދިނެވެ.

މިލްހާ އާއި މަލްހާގެ މަސައްކަތް

މަލްހާ އަކީ ޑިޕްލޮމާއިން ހޮސްޕިޓާލިޓީ ދާއިރާއިން ތައުލީމު ހާސިލް ކޮށް ރިސޯޓް ތަކުގައި އިންޓާންޝިޕަށް ވެސް މަސައްކަތް ކޮށްފައި ހުރި ފަސް އަހަރު ދުވަހުގެ ތަޖުރިބާކާރެކެވެ. މިވަގުތު ޖިމެއްގައި ވަޒީފާ މަލްހާ ވަޒީފާ އަދާ ކުރާ އިރު މިލްހާ މަސައްކަތް ކުރަމުންދަނީ ޝްވެކް ސިނަމާގެ މެނޭޖަރެއްގެ ގޮތުގައެވެ. ކޮވިޑް-19 އައުމާއި ގުޅިގެން ވަޒީފާއަދާ ކުރާތަން ބަންދު ކުރަންޖެހުމާ އެކީ އާމްދަނީ ލިބޭނެ މަގެއް ހޯދުމަށްޓަކައި މިލްހާ ވަނީ މަލްހާގެ މަސައްކަތުގައި އެހީތެރިވުމުގެ ގޮތުން ބައިވެރި ވެފައެވެ. އެގޮތުން އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖް މެދުވެރި ކޮށް އޯޑަރު ނަގަމުން ގެންދާ ކަމުގައި އެމީހުން ކިޔައި ދިނެވެ.

މަލްހާ އާއި މިލްހަާ" ވަގުތަށް'' އިިންޓަވިއުދެނީ - ވަގުތު އިމޭޖެސް އިބްރާހިމް ޝާބިލް

މި ދެބެއިން އެކަނި ކުރާ މަސައްކަތުން ތައްޔާރު ކުރާ އެއްޗެހީގެ ރަހަ މީރުވެފައި ކަސްޓަމަރުން ބަލައިގަންނަކަން އެމިހުން ފާހަގަ ކުރިއެވެ. މި މީހުން ތައްޔާރު ކުރާ ކޭކް ފުރިހަމަ ވެފައި މީރުވެސް ވާނެ ކަމުގެ ޔަގީން ކަން ދެއެވެ.

އެމީހުން ބުނެފައިވަނީ ކަސްޓަމަރުން ގިނައިން ގުޅާލާފަ ބުނަނީ ފޮޓޯއެއް ދައްކާލުމަށްފަހު އެއަށް އިތުރު ގޮތްތަކެއް ގެނެސްގެން ކޭކް އަޅާ ދިނުމަށް ކަމުގައެވެ. އެގޮތުން އަމިއްލަ ވިސްނުން ބެނުންކޮށްގެން އަމިއްލައަށް އެއަށް އާ ގޮތްތަކެއް ގެންނަނީ ކަމަށް ބުންޏެވެ. މިގޮތަށް ކޭކް އެޅުމުގައި ބޮޑަށް ބަލަނީ ކަސްޓަމަރުގެ ބަޖެޓަށް ފައްތައިގެން ކަސްޓަމަރުގެ ހިޔާލު ހޯދައިގެން އެންމެ ފުރިހަމަ އަށް އެކަން ކުރުމަށެވެ.

މިލްހާ އާއި މަލްހާގެ މަސައްކަތް

'' ކަސްޓަމާސް ގިނައިން ގުޅާލާފަ ބުނަނީ ފޮޓޯއެއް ދައްކާލާފައި މީތި ޗޭންޖް ކޮށްފަ ހަދާލިޔަސް އަމިއްލަ އައިޑިއާއެއްގަ ހަދާލަދޭށޭ އެގޮތެއް ބުނެފިއްޔާ އެއިންނަ ގޮތް މޮޑިފައި ކޮށަލަނީ'' މަލްހާ ކިޔާ ދިނެވެ.

އެންމެ ފާހަގަ ކޮށްލެވޭ މަސައްކަތެއްގެ ގޮތުގައި އެންމެ ހިތްހަމަ ޖެހިގެން ކުރެވިފައިވަނި ރެއިންބޯ ކޭކެއް ކަމަށާއި އެއީ ދެ ދުވަސް ވަންދެން ވަރަށް ބުރަ ކޮށް ކޮށްފައިވާ މަސައްކަތެއް ކަމަށް ވެސް ދެ މީހުން ބުންޏެވެ.

މަލްހާ އާއި މިލްހާގެ މަސައްކަތް

ކޭކް އެޅުމުގެ އިތުރުން ޕޭސްޓްރީގެ މަސައްކަތަކީ ވެސް ދެބެއިން ކުރިއަށް ގެންދާ މަސައްކަތެކެވެ. އެގޮތުން ޕެސްޓްރީގެ ގޮތުގައި ގާލިކް ބްރެޑްއާއި ޗިކަން ރޯލްސް އަދި ސިނަމަންރޯލްސް ތައްޔާރު ކުރެއެވެ. މިމަސައްކަތް ކުރުމަށް އަމިއްލައަށް އަށް ގޭގައި ޕާން ފިހުމަށް ފަހު އެއްޗެހި ތައްޔާރު ކުރަނީ ކަމުގައި އެމީހުން ކިޔާ ދިނެވެ.

'' ޕޭސްޓްރީ އަކަށް ހުންނަނީ ގާލިކް ބްރެޑް އާއި ފޮނި އެއްޗިސް ދެން ޗިކަން ރޯލްސް ދެން ގާލިން ބޮރެޑް އަދި ސިނަމަން ރޯލްސް'' މިލްހާ ބުންޏެވެ.

މަލްހާ " ވަގުތަށް'' އިިންޓަވިއުދެނީ - ވަގުތު އިމޭޖެސް އިބްރާހިމް ޝާބިލް

ޕެސްޓްރީގެ މަސައްކަތަކީ މަލްހާ ދިން ހިޔާލަކުން ފެށިކަމެއް ކަމަށާއި މިކަމުންވެސް ރަނގަޅު އެއްޗެއް ލިބޭ ކަމުގައި އެމީހުން ބުންޏެވެ. ޕޭސްޓްރީގެ މަސައްކަތް ފެށުމާއެކު މިލްހާގެ މަސައްކަތެއްގެ ގޮތުގައި ސިނަމަންރޯލްސް ވެސް ތައްޔާރު ކުރަން ފެށި މިލްހާ ބުންޏެވެ.

ކޮންމެ މަސައްކަތެއް ކުރި ކަމުގައިވީ ނަމަވެސް އެ ބަލައިގަންނަން ތިބޭ ބަޔަކު އެކަމެއް ބަލައިގަތްކަން އެނގުމުން ކޮންމެ މީހަކަށް ވެސް ކަންތައް ކުރުމުގައި އާ ހިތްވަރެއް ލިބުގެންދާނެ ކަން ކަށަވަރެވެ. އެގޮތުން ކަސްޓަމަރުންގެ ފަރާތުން އެލީބެ ހިތްހަމަ ޖެހުމުގެ ބަސްތަކުން އެމީހުންނަށް މިކަން ކުރުމުގައި އާ ހިތްވަރެއް ލިބިގެންދާ ކަމުގައިވެސް އެމީހުން ބުނެފައިވެއެވެ.

'' ކަސްޓަމަރުންގެ ފީޑް ބެކް ހުރީ ވަރަށް ޕޮޒިޓިވް ކޮށް އެއްވެސް ނެގެޓިވް ކަސްޓަމާއެއް ނެތް ލިބިފައި،'' މަލްހާ ކިޔާ ދިނެވެ.

ކޭކް އަދި ޕެސްޓްރީގައި ވެސް ބޮޑަށް ބަލަނީ ކަސްޓަމަރުންގެ ހިޔާލު ހޯދައިގެން ރަހަ އެއްވަރެއްގައި ބަހައްޓަން ކަމުގައި އެމީހުން ބުންޏެވެ.

މިލްހަާ" ވަގުތަށް'' އިިންޓަވިއުދެނީ - ވަގުތު އިމޭޖެސް އިބްރާހިމް ޝާބިލް

މި މަސައްކަތް ކުރުމުގައި އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވަނީ ބޭނުންވާ ވައްތަރުގެ ސާމާނު ނުލިބުންކަމުގައި އެމީހުން ފާހަގަ ކުރިއެވެ.

''އެންމެ ބޮޑު ޑިފިކަލްޓީ އަކީ ރަނގަޅު ފުށް ނުލިބުން. މިހާރު ނަގަނީ ސިޓީ ބޭކަރީ އިން .އެމީހުންގެ މައްސަލައަކީ އެމީހުން ނުވިއްކާ މަދު ބަސްދާ އެއް'' ދެބެއިން ކިޔައިދިނެވެ.

މަލް އަދި މިލްގެ އެންމެ ތަފާތު ކޭކެއްގެ ގޮތުގައި ފާހަގަ ވެގެން ދިޔައީ ގްލަބްޖާމުން ކޭކެވެ. ރަހަވެސް އެހާމީރެވެ.

މަލްހާ އާއި މިލްހަާ މަސައްކަތް

ކުރާ މަސައްކަތުގައި އަގުތައް ނިންމަނީ އެމަސައްކަތުގައި ހޭދަވާ ވަގުތަށާއި އެއަށް ކުރެވިފައި ހުންނަ ހަރަދަށް ބަލާފައި ކަމުގައި އެމީހުން ބުންޏެވެ.

މިދާއިރާ އަކީ ވަރަށް ކޮންޕެޓިޝަން ބޮޑު ދާއިރާ އެއް ކަމުން ތައްޔާރު ކުރާ އެއްޗެހިތަކުގައި ރަހަ އަބަދުވެސް އެއްގޮތެއްގައި ހިފަހައްޓާ ނަމަ މި ކަމުގައި ކުރިއަށް ދެވޭނެ ކަމުގައި މި ދެބެއިން ބުންޏެވެ.

'' މިދާއިރާ އަކީ ވަރަށް ކޮންޕެޓިޝަން ބޮޑު ދާއިރާ އެއް ޓޭސްޓް މެނޭޖް ކުރެވެންޏާ ކުރިއަށް ދެވޭން'' މިލްހާ ބުންޏެވެ.

މަލްހާ " ވަގުތަށް'' އިިންޓަވިއުދެނީ - ވަގުތު އިމޭޖެސް އިބްރާހިމް ޝާބިލް

މިދާއިރާއިން ކުރިއަށް ދިއުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ދެމީހުންގެ ވެސް މަންމަ އާއި ބައްޕަ އަދި ދެމީހުންގެ ފިރިންގެ ފަރާތުން ކަމުގައި އެމިހުން ވަނީ ފާހަގަ ކޮށްފައެވެ.

ކުރިމަގުގައި މިދާއިރާއިން ކުރިއަށް ދިއުމުގައި މި ދެބެއިންގެ ވިސްނުން ހުރީ ކިހިނެތްތޯ ކުރެވުނު ސުވާލަށް ބުނެފައިވަނީ އަމާޒަކީ ރެސްޓޯރެންޓެއް ހުޅުވުމަށް ކަމަށެވެ. އަދި މިދާއިރާއިން ކުރިއަށް ދާން ބޭނުން ކުދިން ޓްރެއިން ކޮށްގެން ކުރިއަށް ދިއުމަކީ ވެސް އަމާޒެއް ކަމަށް ބުންޏެވެ.

އެމް އެންޑް އެމް ޕޭޖް ހިންގާ ދެބެއިން ބުނެފައިވަނީ މަސައްކަތް ކުރަމުންދަނީ ދެމީހުން އެކަނި ކަމަށްވުމުން ކުރީބައިގައި އޯޑަރު ދިނުމުން ވަރަށް ފުރިހަމައަށް ފަސޭހް ކަމާއެކު މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

މިލްހާ އާއި މަލްހާ ގެ މަސައްކަތް

އެމީހުން ތައްޔާރު ކުރާ އެއްޗެހީގެ ރަހަ ބަލާލަން ބޭނުން ނަމަ، ފޭސްބުކް ޕޭޖަށް މެސެޖް ކުރުމަށް އެދެއެވެ.

މަލްހާ އާއި މިލްހާ ބުނެފައިވަނީ އެމިހުންގެ މަސައްކަތަށް އިތުބާރުކޮށް ބަލައިގަންނަ ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ބުރުގާ

  ތިކޭކުތައް ވަރައް އާދައިގެވެފަ ހަޑި. ތިއައްވުރެ މާރީތިކޮއް ކޭކުއަޅާ 100 އައްވުރެ ގިނަ އަންހެނުން ރާއްޖޭގަ އުޅޭނެ.

  17
  29
  • ....

   ހަސަދަވެރި ނުވުމަށް ނަސޭހަތް ތެރުވަން

   35
   2
 2. ނނނ

  މީ ދަތީ ކޮކީ ތަ ހެޕީ ލައިފަކަށް އެދެން

  19
  2
 3. ޟމމނ

  ބުރުގާ ޖޭ ވީ ދޯ ބޮޑު ވަރު އިނގޭ

  21
  3
 4. މުހަންމަދު

  އަޅާނުލިޔަސް ފިރިންގެ ވާހަކަ ނައިހެއް ނުދާނެ. އާޓިކަލް ކިޔަންފެށި އިރުވެސް ބަލައިލަން ބޭނުންވީ އެބައި އިންތޯ...

  17
  1