ކޮވިޑް-19 އިން ދިފާއުވުމަށް ކުރެވެން އޮތް އެންމެ މުހިއްމު ކަމަކީ ވެކްސިން ފުރިހަމަ ކުރުމެވެ. ރާއްޖޭގައި މިހާރު ތިންލައްކަ އާއި ގާތް ކުރާ އަދަދެއްގެ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުގެ މަސައްކަތް ކުރިއަށް ދާއިރު ކޮންމެ ރެއަކު ވެސް މާލޭގެ ވެކްސިން ސެންޓަރުތަކުގައި ކިއުތައް ވަނީ ކޮޅު ނުފެންނަ ހިސާބަށް ދިގުލައިގެން ގޮސްފައެވެ.

މާލޭގައި ވެކްސިން ޖެހުން ރޭގަނޑު 21:00 ގައި ފަށާއިރު ވެކްސިން ސެންޓަރުތަކުގައި ބައެއް މީހުން އިރުއޮއްސި 19:00 ގައި ކިއުގައި ޖެހެއެވެ. އެވަރުން ވެސް ވެކްސިން ޖެހޭވަރު ވަނީ ހަތަރު ވަރަކަށް ގަޑިއިރު ކިއުގައި ޖެހިގެން ތިބެގެންނެވެ. ރަމަޟާން މަސް ކަމުން ވެކްސިން ޖަހައިދޭ ވަގުތު އެޗްޕީއޭ އިން ވަނީ މަދުކޮށްފައެވެ. އެއީ ރޭގަނޑު 21:00 އިން 23:45 އަށެވެ.

ކުރިއަށް މިދަނީ ރަމަޟާން މަސް ކަމުން އެއްވެސް މީހަކަށް ރޭގަނޑު ހައެއްކަ ގަޑިއިރު ވެކްސިން ޖެހުމަށް ހުސްކޮށްލުން އެއީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ވެކްސިން ޖެހުމަކީ ބޮޑު ތަކުލީފަކަށް ވާނަމަ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ނުކުރާ މީހުންގެ އަދަދު އިތުރު ވެގެން ދިއުމުގެ ބިރު ވެސް އެބައޮތެވެ.

"ވެކްސިން ޖަހަން ވެގެން ރޭ އަށެއް ޖެހިއިރު ކިއުގައި ޖެހިއްޖައިން. ވެކްސިން ޖެހޭ ވަރުވީ އެގާރަ ވެސް ޖެހި ފަހުން. ދުވާލު ރޯދައަށް ހުރެފައި. ރޭގަނޑު ވެކްސިން ޖަހަން ގޮސް އެހައި ގިނައިރު ކޮޅަށް ހުރުން އެއީ ވަރަށް ދަތިކަމެއް. މިގޮތައް މިކަން ކުރަން ޖެހެންޏާ ބައެއް މީހުން ވެކްސިން ޖަހަން ނުދިއުން ވެސް އެކަށީގެންވޭ." ރޭ ވެކްސިން ޖެހި މީހަކު ބުންޏެވެ.

ކޮވިޑް ވެކްސިންގެ ދެޑޯޒް ފުރިހަމަ ނުކުރާނަމަ ވެކްސިންގެ ސަބަބުން ލިބެން ޖެހޭ ފުރިހަމަ ރައްކާތެރިކަމެއް ނުލިބޭނެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ދެމުން އަންނަ އެސްޓްރާޒެނެކާގެ ވެކްސިންގެ ސަބަބުން ހަށިގަނޑުގައި ބަލީގެ ދިފާއު އުފެދުމުގެ %70 ފުރުސަތެއް އޮންނަނީ ވެސް ވެކްސިންގެ ދެޑޯޒް ފުރިހަމަ ކުރުމުންނެވެ. އެހެންކަމުން ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރުމަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސައި ދިނުން އެއީ މިހާރު އެޗްޕީއޭ އިން ކުރަން ޖެހޭ ކަމެކެވެ.

ދެން އޮތީ ކިއުގެ މައްސަލައެވެ. ވެކްސިން ކިއުގައި މީހުން ފިތި ބާރުވެގެން ތިބޭތާ ދެތިން މަސްދުވަސް ވެގެން ދިޔައިރު ވެސް އެމައްސަލައަށް ހައްލެއް ގެނެވޭނެ ފޯމިއުލާއެއް އެޗްޕީއޭއަށް ނުހޯދުނެވެ. ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުގެ ކަންކަން ކުރިއަށް ދާއިރު އާއްމުން އަދިވެސް މިޖެހެނީ ޕޭމަންޓްތައް މަތީގައި ކޮޅަށް، އެކަކު އަނެކަކުގެ ގައިގަ ޖެހިގެން ތިބޭށެވެ. މަގުމަތި ކަމުން އިށީންދެލާނެ ގޮނޑިއެއް ބެހެއްޓޭނެ ގޮތެއް ވެސް ނެތެވެ. ކިއު ކުރިއަށްދާ ފިނިހަކަ ދުވެލީގައި ފިތިބާރުވެގެން ކުރިއަށް ދިއުން ނޫން އިތުރު އެއްވެސް ގޮތެއް ނެތެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ކޮންމެ ދުވަހަކު އެތައް ލައްކަ ބަޔަކަށް އަންނަނީ ވެކްސިން ދެމުންނެވެ. ނަމަވެސް ވެކްސިން ޖެހުމަށް ކިއުގައި ހައެއްކަ ގަޑިއިރު މަޑުކުރަން ޖެހޭ ގައުމެއް މައްސަލަ ޔަގީނުން ވެސް މީޑިއާގެ ސަމާލުކަމަކަށް ނާދެއެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެކްސިން ދެމުންދާ ގޮތައް ބަލާއިރު ގިނަ ގައުމުތަކުގައި ވެކްސިން ދެނީ އެޕޮއިންޓްމަންޓް ހައްދައިގެންނެވެ.

މިސާލަކަށް އެމެރިކާގެ ނިއުޔޯކްގައި ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހައްދަން ޖެހެނީ އޮންލައިންކޮށް ފޯމެއް ފުރާށެވެ. ފޯމްގައި އެމީހެއްގެ މައުލޫމާތުގެ އިތުރުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާނަމަ ވެކްސިން ޖެހި ތާރީޚަކާއި މިހާރު ދިރިއުޅޭ އެޑްރެހާއި ފޯން ނަމްބަރު ފަދަ މައުލޫމާތު ހިމަނަން ޖެހެއެވެ. އެމައުލޫމާތު ހިމެނޭ ފޯމް ފުރުވުމުން ވެކްސިން ޖަހަން ދާން ޖެހޭ ގަޑި އާއި ވެކްސިން ޖަހަން ދާން ޖެހޭތަން މެސެޖަކުން ލިބެއެވެ. ވެކްސިން ޖަހަން ބޭނުންވާ މީހާ އެޕޮއިންޓްމަންޓް ބޭނުންވާ ގަޑިވެސް ފޯމްގައި ޖެހޭނެއެވެ. ނަމަވެސް އެގަޑިއަށް އެޕޮއިންޓްމަންޓް ހަމަނުޖެހޭނަމަ ދެން ގަޑި ހަމަޖައްސާނީ ވެކްސިން ސެންޓަރުންނެވެ.

ފްރާންސާއި އިނގިރޭސިވިލާތުގައި ވެސް ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހައްދަން ޖެހެނީ އޮންލައިންކޮށެވެ. ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހަމަޖައްސައި ވެކްސިން ޖެހުމުގެ ކަންކަން އެދެގައުމުގައި ވެސް އެންމެ ފުޅާކޮށް ކުރިއަށް ގެންދަނީ ބޭސްފިހާރަތަކުންނެވެ. ނަމަވެސް ވެކްސިން ޖަހަން ހާއްސަ ބޮޑެތި ސެންޓަރުތައް ވެސް ހައްދާފައި އެބަހުއްޓެވެ.

އަވައްޓެރި އިންޑިއާގައި ވެކްސިން ޖެހުމަށް ރަޖިސްޓްރީ ކުރުމުން ވެކްސިން ޖަހަން ދާން ޖެހޭ ގަޑިއާއި ވެކްސިން ޖަހަން ދާން ޖެހޭތަން މެސެޖެއްގެ ޒަރީއާއިން ލިބޭނެއެވެ. އެހެންކަމުން އިންޑިއާގައި ވެސް ވެކްސިން ޖެހުމުގައި އުފުލަން ޖެހޭ ތަކުލީފުތައް ވަރަށް ކުޑައެވެ.

ރާއްޖޭގައި ވެސް ވެކްސިން ޖެހުމަށް މިހާރު ހަދަން ޖެހޭ ދިގު ކިއުތަކަށް އޮތް ހައްލަކީ ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ދޫކުރުމެވެ. އަދި ވެކްސިން ސެންޓަރުތަކުގެ އަދަދު އިތުރުކުރުމެވެ. ނުވަތަ ވެކްސިން ޖަހާ ސެންޓަރުތައް ބޮޑެތި ޖާގަތައް އޮތް ތަންތަނަށް ބަދަލު ކުރުމެވެ.

ބައެއް ގައުމުތަކުގައި ސްކޫލްތަކުގެ ހޯލްތަކާއި، ފުޓްބޯޅަ ސްޓޭޑިއަމްތަކުގައި ވެސް ވެކްސިން ޖެހުން ކުރިއަށް އެބަގެންދެއެވެ. މާލެ އިން ވެސް އެފަދަ ތަންތަނުގައި ވެކްސިން ޖެހުން ކުރިއަށް ގެންދިއުން އެއީ ދަތިކަމަކަށް ނުވާނެއެވެ. ރޭގަނޑުގެ ވަގުތު ކަމުން ސްޓޭޑިއަމްގެ މެދުގައި ގޮނޑިތައް ޖަހާފައި ބެހެއްޓި ނަމަވެސް ހޫނު ގަދަވުން ފަދަ މައްސަލައެއް ކުރިމައްޗަށް ނުވާނެއެވެ.

ސްކޫލްތކުގައި ހޯލާއި، އަދި ސްކޫލްގެ ގޯތިތެރެ ވެސް ހިމެނޭގޮތައް ދެތިން ސަތޭކަ މީހުންނަށް ތިބެވޭ ގޮތައް ވެކްސިން ޖެހުމުގެ އިންތިޒާމްތައް ހަމަޖެއްސުން އެއީ ނުކުރެވޭވަރު ކަމެއް ނޫނެވެ.

ދެން އޮތް މައްސަލައަކީ ގޮނޑިތަކުގައި އެކަކު އިށީންނަ ފަހުން ސެނެޓައިޒް ނުކޮށް އެހެން މީހަކު ފަހުން އިށީންދެއްޖެނަމަ ބަލި ފެތުރުމުގެ ފުރުސަތު އޮތުމެވެ. ނަމަވެސް ވެކްސިން ސެންޓަރުގައި ޖަހާފައި ހުންނަ މިސާލަކަށް 700 ގޮނޑީގައި ތިބޭ މީހުންނަށް އެކަނި އެރެއަކު ވެކްސިން ދޭނަމަ ގޮނޑިތަކުގެ ޒަރީއާއިން ކޮވިޑް ފެތުރުމުގެ ފުރުސަތެއް ނޯންނާނެއެވެ.

ޔަގީންވާ ކަމަކީ ވެކްސިން ޖެހުމަށް ފަސޭހަ ގޮތްތަކެއް ހޯދަން ޖެހޭ ކަމެވެ. ވެކްސިން ޖެހުމަށް އުފުލަން ޖެހޭ ތަކުލީފު އިތުރުވި ވަރަކަށް ވެކްސިން ޖަހަން ބޭނުންވާ މީހުންގެ އަދަދު މަދުވުމަކީ ވެދާނެ ގޮތެކެވެ. އެހެންކަމުން ބަލިން ދިފާއުވުމަށް ފަހިވެފައި އޮތް ފުރުސަތައް އެޅޭ ހުރިހާ ހުރަހެއް އެޗްޕީއޭ އާއި ސަރުކާރުން ގުޅިގެން ނައްތާލަން އެބަޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. މޫސާ

  ވަރަށް ރަގަޅު ލިޔުމެއް! މި ތަކުލީފު ގޮތް ފަސޭހަ މަގަކަށް ބަދަލު ކުރަން ޖެހޭ! އެއްކޮޅުން މިކިޔަނީ ތަރައްޤީއޭ ޓެކްނޮލެޖީ އޭ، އެކަމު އަދިވެސް މިޖެހެނީ މީގެ 40 އަހަރު ކުރިން ހަކުރު ކޫޕަން ދޫކޮށްގެން ހަކުރުބަލާ ކިޔޫގައި ތިބެން ޖެހޭ އުޞޫލު، ކިޔު ތަރައްޤީ ކުރަން ނޭގެ! އެޗްޕީއޭ ގައިދުރުކަން ބަހައްޓަން ބުނެފަ ރައްޔިތުން ތޮއްޖައްސަނީވެސް އެޗްޕީއޭ އިން، މިކަން ބަދަލު ކުރަން މާލަސްވެއްޖެ! ސަރުކާރުންވެސް ރައްޔިތުންނަށް ލުއިފަސޭހަ މަގު ތަނަވަސް ކޮށްދޭން ޖެހޭ! ސަރުކާރާއި ހެލްތް މިނިސްޓަރުގެ ޒިންމާ އެއް ރައްޔިތުންނަށް ލުއި ފަސޭހަ ގޮތަކަށް މިކަން އިންިޒާމު ކުރުން،
  ނަމްބަރެއް ދޫކޮށްލާފަ ބޭރުގައި ޓީވީއަކަށް ނަމްބަރު ފެންނަގޮތަށް ބެހެއްޓިޔަސް މިހާރަށްވުރެ ފަސޭހަވާނެ! އެންމެ ފަސޭހަ ގޮތަކީ އެސްއެމްއެސް އަކުން ވެކްސިން ދާންޖެހޭ ގަޑި އަންގަމުން ގެންދިޔުން، އޭރުން އެސެންޓަރަކުން ވެކްސިން ޖެހެމުންދާ މިންވަރަކުން އެސް އެމް އެސް ދޫކުރަމުން ގެންދެވިދާނެ!

  23
  1
  • ޙައްގުބަސް

   ކަލޯ މިއީ ސްލޯ ބަރުހެލި ސަރުކާރެއްކަން ނޭގެނީތޯ؟ މިސަރުކާރުގެ ހުރިހާކމެއް ހުރީ ވަރަށް ދޯހަޅިކޮށް!! އުނދަގޫ ތަކުލީފު ބޮޑުކޮށް!! ޖަވާބުދާރީވާ މުއައްސަސާއެއްނުފެނޭ!! ސްލޯކަމުން އެއްކަމެއްވެސް ނުކުރެވޭ!! ވައްކަަންތައް އެކަމަކު ވަރަށް ސްޕީޑުގަ އެބަކުރޭ މިސަރުލާރުން!! ނުކުރާނީ ކޮންވައްލަމެއް؟ ރައްޔިތުންގެ ނޭވާހޮޅިންވެސް ކުރީ ބޮޑުވައްކަމެއް!! މިސަރުކާރު ފެށުނުއިރު އެންމެ ސްޕީޑިގައި ކުރީ ބަދަލުދިނުމުގެ ގޮތުން ރައްޔިތުންގެ ޚަޒާނާގައި ހުރި ފައިސާގެތެރެއިން ގިނަ ޢަދަދެއްގެ ފައިސާ ބަހާ ހުސްކުރުން!! ވެކްސިން ޖަހަން އުފުލަންޖެހޭ ތަކުލީފު ކުޑަކުރަން ނޭގޭ ބަޔަކަށް ގައުމު ހިންގޭނީ ކިހިނެއް؟ އެންމެ އިސްމީހާއަކީ ސްލޯ މަރުމޯލެއް!! އޭނާ ވަށައިގެންތިބީ ކަންނެތް ބައެއް! ވައްކަންކުރަނީ އެމީހުން ހޭބޯނައަރާ ތިބެ!! މިއޮތީވާ ވެރިަކަމެއް!!

   11
 2. ވަރަށް މުހިއްމު

  އިޖީއެމްއެޗް ގެ ސްތާފުންނަށް( ޚާއްސަ ކޮށް ނަރުހުންނާއި ޑޮ ކްޓަރުންނަށް) ފުރަތަމަޑޯޒް ޖަހަން އެތަނުން އެހީތެރިވެދިނުމުގެ ސަބަބުން ވަރަށްފަސޭހައިން އެ ކަން ކުރެވުނު. ނަމަވެސް ދެވަނަ ޑޯޒް ޖަހަން އެއްވެސް އެހީތެރިކަމެއް އެތަނުން ނުލިބޭނެ ކަމަށް ވަނީ އަންގާފަ. މިއީ ސިއްޙީ ޚިދުމަތްތެރިންގެ ވާހަ ކަ. މި ކަން ކޮށްދޭނެ އިތުރު ބަޔަ ކު ހޯދާގެން ނަމަވެސް މި ކަން އަވަސްވާނެގޮތެއް ހޯދާ ރައްޔިތުންނަށް މި ކަމުގައި ލުއި ފަސޭހަ ގޮތްތަ ކެއް ހޯދަދޭން ޖެހޭނެ ކަމަށް ގަބޫލު ކުރަން.

  15
 3. ބަވަނަ

  މަވެސް ރޭގައި ޖެހިން . ސޯޝަލް ސެންޓަރުން! ތިންގަޑިބައި ވަރު ކޮޅަށްހުރެގައިގޯޅިވެގެންކިޔުގައި. ޖަހާ ނިމުމުން އަންނަ މެސެޖް ގައި މިއޮންނަނީ ފުރަތަމަ ޑޯސް ޖެހިކަމަށް. ޥެކްސިން ކާޑުގައި އިނީރަގަޅަށް ދެވަނަ ޑޯސް ކަމަށް. މިއީބާ ކަން ކުރަން ޖެހޭ ގޮތަކީ!

 4. ލާބަ

  އެޗް.ޕީ.އޭ ގައުމުގެ ހަލާކު. އެއްވެސް ކަމެއް ގަ ޒިއްމާދާރު ކަމެއް ނެތް ބައެއް.

 5. ޚަދީޖާ

  ދުވާލު ވެކްސިން ޖަހައިދިނުން ނުބާއްވަނީ ކީއްވެ؟ވެކްސިން ޖެހިޔަސް ރޯދަ ނުގެއްލޭނެ ކަމަށް ދީނީ ޢިލްމުވެރިން އެ ވިދާޅުވަނީ.

 6. އެމަންޖެ

  އެޗްޕީއޭ ވާހަކަ ނުދެއްކިއްޔާ ރަނގަޅުވާނީ އެއީ އުވާލަން ވެފަ އޮތްތަނެއް ، އަދި މިއުޅެނީ ފުރަތަމަ ޑޯޒުވެސް ނުޖަހާ ހިތަކުނެއް ތިޔަ ވެކުސިނެއް ޖަހާކައް.

  3
  1
 7. އަބްދޫ

  ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން 2 ވަނަ ޑޯޒް ބަހާލައިގެން ޓޭބަލެއް ހަދާފަ އޮތްތަންފެނޭ ރަމަޒާންމަހަން ނުވިސްނަ އެޓޭބަލް ހެދީމަ މިހެންމިވީ. އަދި 1 މަސްފަހުން ފުރަތަމަ ޑޯޒް ގެ މުއްދަތު ހަމަވާގޮތަށް ރޭވުނވެސް މިއީ ހެދުނު ގޯހެއް. އަސްލު 4 ހަފްތައާއި 12 ހަފްތައާއިދެމެދު މީތި 8 ހަފްތައާއި 12 ހަފްތާއާއި ދެމެދަށް ބަދަލުކުރުމުން އެއީވެސް އުފުލަންޖެހުނު ތަކުލީފެއް. ވީމާ ވެކްސިން ޖަހައިދޭ ތަންތަން އިތުރުކޮށް ގެން ތަކުލީފު އުފުލަން ނުޖެހޭގޮތަށް ހެދުން ބުއްދިވެރި.

 8. ހާލަތު

  ރާއްޖޭގައިވެސް ފެށީ ތިއުސޫލުންނެވެ
  ނަމަވެސް ރަޖިސްޓްރީ ކުރީ މަދުބައެކެވެ.

  7
  3
 9. ސުވޭސް

  ޜޯދަމަސް ފެށުމުގެ ކުރިންވެސް 2 ވަނަ ޑޯޒު ޖަހަން ފަށަ އއިފި ، އޭރުއުޅުނީ ޖަހާނެމީހަކު ނުވެގެން މިނޫހުން އެ އިރު މީހުން ދެވަނަ ޑޯޒު ޖަހަން ނުދާވާހަ ނުލިޔޭ އޭރު ވެކްސިން ޖަހަން ތިބި މީހުން ތިބީ ވެކުސިން ޖަހާނެ މީހަކު ނަ އިސްގެން ކުރާނެކަމެ އް ނެތިފަ އެންމެފަހުން މީހަކުނަ އިސްގެން ވެކްސިން ސެންޓަރުތައް ބަންދުކޮ އްފައިދަނީ ގެ އަށް މިހާރު 10 ގަޑި އިރު މަޑުކޮށްގެންވެސް ޖަހަންވާނީ އޭރުން ކަރަންޓީނު ނުވެ ދާންބޭނުންތާކަށް ދެވޭނީ..،.....

  1
  1
 10. ީޔހޔ

  ޖަލައްދާން ޖެހުނަސް ތިގޮތައް 2 ވަނަ ޑޯޒް ނުޖެހޭނެ.

  3
  1
 11. ޒުވާނާ

  ކިއުބީ ކިއާ އެޕްލިކޭޝަން ހަމަ ސަރުކާރަށް ނޭނގެނީބާ. ކިއުބީ އޭޑީކޭގަ، އައިޖީއެމްއެޗް ގައިވެސް ބޭނުންކުރޭ.