ރާއްޖެ އިން ކޮވިޑް-19 ބަލީގައި އެންމެ ގިނަ ބަޔަކު މިހާރު ނިޔާވާ ތަނަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީއެވެ. ދެ ބްލޮކަކަށް ބަހާފައި އޮންނަ ފެސިލިޓީގައި އެޑްމިޓްކޮށްފައި ތިބޭ މީހުންގެ ތެރެއިން ހާލު ދެރަ ވާނެ ކަމަށް ބަލައި، ޑޮކްޓަރުންނާއި ނަރުހުންގެ "ކަޅި" އެންމެ ބޮޑަށް އަމާޒުވަނީ "އޭ" ބްލޮކްގައި ތިބި މީހުންނަށެވެ. އެއާ ހިލާފަށް "ބީ" ބްލޮކްގައި ތިބެނީ މޮނިޓަ ކުރަން ޖެހޭ ބަލި މީހުންނެވެ.
ރާއްޖެ އިން މި ފަހުން ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 ގައި ނިޔާވަނީ "އޭ" ބްލޮކުންނެވެ. އެއީ އައިސީޔޫ ވެސް ހުންނަ ބްލޮކެވެ. ރާއްޖެ އަށް ކޮވިޑް-19 ގެ ތިން ވަނަ ރާޅު އަރާފައި މިވަނީ އަންދާޒާ ކުރި ވަރަށް ވުރެ ވެސް ބޮޑުކޮށެވެ. މިހާރު އާންމުކޮށް މި ބަލީގައި ތިނެއް ނޫނީ ހަތަރު މީހުން ދުވާލަކު ނިޔާވެއެވެ. މިއަދު އެކަނި ވެސް މި ބަލީގައި ނިޔާވި މީހުންގެ އަދަދު 13 އަށް އަރައެވެ. މިއީ އާ ރިކޯޑެކެވެ.
ރާއްޖޭގައި ކޮވިޑްގެ މަރުތައް މިހާ ގިނަވުމާ އެކު، ގިނަ ބަޔަކު އުފައްދާ ސުވާލަކީ ފެސިލިޓީގައި އެކަށީގެންވާ ފަރުވާއެއް އުމުރުން ދުވަސްވީ މީހުންނަށް ނުބެލެނީތޯއެވެ. އިންސާނީ ވަސީލަތްތައް މަދުވެ، ކޮވިޑްގެ ކޮންޓްރޯލް ރާއްޖޭގައި ގެއްލެނީތޯއެވެ. އެ ވާހަކަ އެގޮތަށް އައީ ސިއްހީ ހިދުމަތްތެރިންނަށް ނުކަތާ ވަރަށް ބަލި މީހުން އެތަނުގެ ތެރޭގައި ގިނަވުމުންނެވެ. އެތަނަށްދާ ބަލި މީހުންގެ ޝަކުވާތައް ވަކި ކުޑައެއް ވެސް ނޫނެވެ.
ކޮވިޑް ފެސިލިޓީގައި ތިން ދުވަސް ވަންދެން އޮތް އުމުރުން 58 އަހަރުގެ މީހަކު ވަރަށް އަސަރާ އެކު "ވަގުތަށް" ބުނި ގޮތުގައި އޭނާ އަށް އެ ފެސިލިޓީން އެންމެ ރަނގަޅު ފަރުވާއެއް ނުލިބުނެވެ. ނަމަވެސް އެ ތަނުގައި ނަރުހުން ކުރަމުންދާ ބުރަ ފެނި އެމީހުންނަށް ތައުރީފްގެ ބަސްތައް އޮއްސާލިއެވެ. ނަރުހުން ކުރަމުން އަންނަނީ ހީވާގި، ސެލިއުޓް ހައްގު މަސައްކަތެއް ކަމަށް އޭނާ ގަބޫލު ކުރެއެވެ.
ހައްވާ ރަޝީދާ (އަސްލު ނަމެއް ނޫން) މިއީ ސިއްހީ ގިނަ މައްސަލަތަކެއް ހުރި މީހެކެވެ. ލޭމައްޗަށް ދާ މައްސަލަ ދިމާވެއެވެ. ހިތުގެ މައްސަލައެއް ހުރެއެވެ. ފުއްޕާމޭގެ ބައްޔަކަށް އޭނާ ބޭސް ކައެވެ. އޭނާ އާއި އާއިލާގެ މެމްބަރުންގެ ބަލީގެ އަލާމާތްތައް ފެނުނުތާ އެތައް ދުވަހެއް ފަހުންނެވެ. އެ އެންމެން ވެސް ކޮވިޑް-19 އަށް ޓެސްޓް ކުރީ މި މަހުގެ 11 ވަނަ ދުވަހުއެވެ. އާއިލާގެ އެކަކު ފިޔަވައި އެންމެން ކޮވިޑަށް ފައްސިވިއެވެ.
ހައްވަ ކޮވިޑަށް ފައްސިވި، ފަހުން ފުރަތަމަ ހުރީ ގޭގައެވެ. ނަމަވެސް އޭނާއަކީ ހިރާސްބޮޑު ބަލި މީހެއްކަމުން އޭނާއަށް ފެސިލިޓީގައި ފަރުވާދޭން ޖެހޭކަން ގަބޫލުކުރެއެވެ. އާއިލާ މީހުންނާއި ދަރިންގެ ލޯބިން މަހުރޫމްވެގެން އެކަން ކުރަން ބޭނުން ނުވެފައި ހުއްޓާ ހާލަތު ގޯސްވުމުން ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ގެންދިޔައީ 13 ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައެވެ. އެ ދުވަހުގެ ހެނދުނު 9:00 ޖަހަންދެން ފުރަތަމަ އިންނަން ޖެހުނީ ގޮނޑިއެއްގައެވެ. އެއީ އޮށޯވެލައިގެން އޮންނާނެ އެނދެއްހާ ހިސާބު ވެސް ނެތިގެން ކަމަށް ހައްވަ ކިޔައި ދިނެވެ.
"ހުންވެސް ގަދަވެގެން ކެތް ނުވެގެން އުޅެނިކޮށް ފެސިލިޓީއަށް ލީ، ފުރަތަމަ ގޮނޑިއެއް ދެއްކީމަ ގޮނޑީގައި އިށީނީ، އޭރު ވާނީ ފަތިހު 5:15، ހެނދުނު 9:00 ޖަހަންދެން އަޅުގަނޑު ބޭންދީ ގޮނޑީގައި، އަޅުގަނޑު ތަކުރާރުކޮށް އެ މީހުންނާ ސުވާލު ކުރިން އަޅުގަނޑަކީ ކުށްވެރިއެއްހޭ. އަޅުގަނޑަށް އޭރު ވެސް ވާހަކަ ދެކެވޭ ކިތަންމެ ތުރުތުރެއް ހުއްޓަސް،" އެމީހާ ކިޔައި ދިނެވެ.
ހައްވަ ބުނީ، އެތަނުގައި ކޮންމެ ނަރުހަކަށް 20 ނޫނީ 30 ވަރަކަށް ބަލި މީހުން ބަލަން ޖެހޭ ކަމަށެވެ. އަދި އެތަނުގައި ހުރިހާ ބަލި މީހުންނަށް ހިދުމަތް ނުދެވިގެން އުޅެނީ ނަރުހުން މަދުވުމުން ކަމަށް ގަބޫލުކުރާ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ، އެކަން ގަބޫލުކުރާ ކަމަށާއި، ނަމަވެސް ހަށިގަނޑުގައި އަޅާ ވޭނެއްގެ ސަބަބުން ކެތް ނުކުރެވެނީ ކަމަށް އޭނާ ބުންޏެވެ.
ކާއެއްޗިއްސަށް އާދޭސް ކުރާ ހިސާބަށް!
އެތަނުގައި ހައްވަ އެ ވަގުތު މަޑުކޮށްގެން ހުރިއިރު، ކާނެ އެއްޗެއް ނުލިބެއެވެ. އޭނާއަކީ ބޭސް ކާ މީހެއް ކަމުން އެ ކާންވެސް އޭނާއަށް ފުރުސަތު ލިބުނީއެއް ނޫނެވެ. ނަސީބުކަން ދިމާކުރި ގޮތުން އޭނާ އެތަނަށް ދިޔައީ ފެންފުޅިއެއް ވެސް ހިފައިގެންނެވެ.
"އެއް ކުއްޖަކު އައިސްފައި ހުރި ބުނި ދައްތާއޭ ކީއްންހޭ ކުރާނީ އެނދެއްވެސް ނެތޭ، އަހަރެން ބުނިން އެނދު ނެތް ތަނަކަށް ކީއްކުރަންތޯއޭ ބަލި މީހުން ގެނައީ، ފެންނަ މީހަކާއި ދޯ ސުވާލު ކުރެވޭނީ ވެރިންނެއް ނުތިބޭނެ ފެންނާކަށް، އެހެންވެ ނަރުހުންނަށް އަޅުގަނޑުމެންގެ ބަދު ބަސްތައް މި ދަނީ، ބުނާކަށް ބޭނުމެއް ނޫން"، ހައްވަ ބުންޏެވެ.
އެގަޑީގައި އޭނާ ކައިރިން ކައިފިންތޯވެސް އެހިއެވެ.
"އަޅުގަނޑު ބުނިން އެއްވެސް އެއްޗެއް ނުދެއޭ، އަޅުގަނޑު ބުނިން ހެޔޮނުވާނެއޭ ދައްތަ މިތަނުން ފޮނުވާލަދޭށޭ، އެ މީހުން ބުނި ކިހިނެއްހޭ ދައްތާ ފޮނުވާނީ، އެހެން ހުއްޓާ ގަޑިން 10:00 ޖެހީމަ ގެންގޮސް އަނެއްކާ އެހެން ތަނަކަށް ލައިފި، އެތަނުގެ ކައުންޓަރަށް ގޮސް ބުނެފިން، އަޅުގަނޑު މިހުރީ ބޭސް ނުކެވިފައޭ ކާއެއްޗެއް ދީބަލަށޭ". ކާއެއްޗިއްސަށް އާދޭސް ކުރަން ޖެހުނު ހާލު ހައްވަ ކިޔައި ދިނެވެ.
އޭގެ ފަހުން އޭނާ އަށް ކާން ލިބުނީ ރޮއްޓާއި މަސްހުންޏާއި ބިހެކެވެ. ދެން ލިބުނީ ކިރު ޕެކެޓެކެވެ. އޭނާއަކީ ޕެކެޓް ބޯ މީހެއް ނޫނެވެ. ނަމަވެސް މަޖުބޫރީ ހާލަތުގައި ޕެކެޓް ބުއީއެވެ.
އެތަނުގައި މީހުން ގިނައެވެ. ހައްވަ ބުނިގޮތުގައި، އެތަނުގައި އެއް އެނދާއި އަނެއް އެނދާއި ދެމެދުގައި ގޮނޑިއެއް ނުބެހެއްޓޭ ވަރަށް މީހުން އެނދުމަތި ކޮށްފައި ތިއްބެވެ. އެކި އުމުރުތަކުގެ މީހުންނެވެ. ހާއްސަކޮށް ދުވަސްވީ އުމުރުގެ މީހުން އެތަނުގެ އެތެރޭގައި ތިބެގެން ރޮއެ އާދޭސް ކުރަނީއެވެ.
"މުސްކުޅި މީހުން ރޮއެ އާދޭސް ކުރޭ، ތިމަންނަމެން ފާހަނައަށް ގެންގޮސްދޭށޭ، ކާއެއްޗެއް ދޭށޭ، ތިމަންނަ މިތަނުން ނަގައިދޭށޭ. ކާކު ކޮން ފަތަކުންތޯ އަޑު އިވޭނީ، މިއީ ހަގީގަތުގައި ހިތްދަތި އެތައް ވާހަކައެއް،" ހައްވަ ވަރަށް އަސަރާއެކު ކިޔައި ދިނެވެ.
81 އަހަރުގެ މީހަކު ފެން ނުވަރާ އޮންނަތާ ތިން ދުވަސް!
ހައްވަ ބުނީ، އޭނާ އޮތް އެނދު ކައިރީގައި އުމުރުން 81 އަހަރުގެ މީހަކު އޮތް އިރު އެމީހާގެ ދަރިން އޭނާއަށް ވަރަށް ގުޅާ ހަދާ ކަމަށެވެ.
"އެ ކުދިންނަށް އެ މަންމައަށް ވީގޮތް، އެ މާމައަށް ވީގޮތް ނޭނގިގެން އަބަދު އަބަދު ގުޅާލަ ގުޅާލަ ތިބެނީ، އެ މީހާއަށް ވާނުވާ ނޭނގޭ، 24 ގަޑިއިރު ވީ، އެ ބުނާ މީހެއްގެ ކަރު ތެރެއަށް ފެންތިއްކެއް އަޅާނުލާތާ". ހައްވަ ބުންޏެވެ.
ހައްވަ ބުނީ، އޭނާ ފުރަތަމަ އެތަނަށް ބަދަލު ކުރި ދުވަހު، މީހުން ކައިރިއަށް ގޮސް ހާލުބަލާ ހެދި ކަމަށެވެ. އެހެންކަމުން އެތަނުގައި ތިބި މީހުންނަކީ ކޮން ބައެއް ކޮން އުމުރެއްގެ ބައެއްކަން އޭނާއަށް އެނގުނުކަން އޭނާގެ ވާހަކައިން ހާމަވިއެވެ.
"އެތަނުގައި އޮތް މީހެއްގެ ގަޔަށް ފެންތިއްކެއް ނާޅާތާ ތިން ދުވަސް، މުޑުދާރު ކަންމަތީ އޮތީ".
އޭނާ ބުނީ، އެ މީހާ ބަލަހައްޓާ ނަރުސް މީހާއަށް އެކަނި އެކަން ނުކުރެވޭނެ ކަން އޭނާއަށް އެނގޭ ކަމަށެވެ.
"30 މީހުންނަށް، 20 މީހުންނަށް ނަރުހެއް ކިތަންމެ ގާބިލް ނަރުހަކަސް އެކަމެއް ނުކުރެވޭނެ، ވާނެ ކަމެއް ނޫން، އެ މީހުންނަކީވެސް އިންސާނުން". ނަރުހުން ކުރާ މަސައްކަތްތައް ވަރަށް ބޮޑަށް ތައުރީފް ކުރި ހައްވަ ބުންޏެވެ.
"އެއްކަލަ މީހާ ދުނިޔެއިން ވަކިވެގެން ހިނގައްޖެ އަޅުގަނޑު ގެއަށް ގެނައި ދުވަހު ނޫން އަނެއް ދުވަހު". ހައްވަ ބުންޏެވެ.
އެތަނުން ފެންނަ މަންޒަރުން ހިތްފަޅައިގެން!
ހައްވަ ބުނާގޮތުން ނަމަ އެތަނުގައި ނަރުހުން ވަރަށް ހިތްވަރަކާއެކު މަސައްކަތް ކުރެއެވެ. ނަމަވެސް އެ މީހުންނަށްވެސް ކެތްވަނީ ވަކި ވަރަކަށެވެ.
"އެއްފަހަރާ ހަތް އެނދުވެސް އެބަ އެލާމް އަޅާލާ، އޮކްސިޖަން ލެވެލް ވެއްޓޭނީ، ވެއްޓެނީ، މީހާ ނޭވާ ހާސްވެގެން، މިވަގުތު އެންމެ ހިތްދަތި ވަނީ، ކޮންމެވެސް ދިމާލަކަށް މި ބުނާ ނަރުސް ކުއްޖާ ދުއްވައިގަންނާނީ"،
މިއީ އެމާޖެންސީވެގެން ކަންތައް ދިމާވާ ގޮތެވެ. އެ ނަރުސް މީހާ ހުންނަނީ ދާންވީ ކާކު ކައިރިއަށް ކަން ހަދާނެ ގޮތް ނޭނގިފައެވެ.
ހައްވަ ބުނީ، އޭނާ އެތަނުގައި އޮތް ދުވަހެއްގައި އެތަނުން ބަލި މީހެއްގެ މަންމަ އާއި އެ މީހާގެ އެއްބަނޑު އެއްބަފާ މީހަކު ކައިރި ކައިރީގައި ނިޔާވެގެން ދިޔަ ތަން ފެނުނު ކަމަށެވެ.
"ދެން އެ މީހުން އަތުލަފާއިގެން ގެންދިޔަ މޫނު ދައްކާލަން، އަޅުގަނޑު އެތާ އޮތް ތިން ދުވަހުގެ ތެރޭގައި ހަތަރު މީހަކު ނިޔާވި".
ހައްވަ ބުނީ އެތަނުން ގިނަ މީހުން ނިޔާވަމުން ދަނީ އަޅާނުލެވިގެންކަން އޭނާއަށް ބުނެވޭނެ ކަމަށެވެ.
"20 ބެޑްސް ހުންނައިރު، އެލާމް އަޅާލާއިރު، އެލާމް އަޅާލަނީ، ކްރޭޝް ވާއިރު ކްރޭޝް ވަނީ، މަދުވެގެން ކްރޭޝް ވާ ފަހަރެއްގެ ފައިވް ޓު 6 ޕޭޝަންސްޓް، ދެން އޭގެން ކޮންމެ މީހަކަށް، ކްރޭޝް ކާޓަކަށް މަދުވެގެން ބޭނުން ވާނެއޯ ބުނީ ފަސް ނަރުހުން، ފަސް ނަރުހުން އެއް ޕޭޝަންޓަކަށް އެޓެންޑް ވާ ގަޑިއެއްގައި ދެން ތިބި ބަލި މީހުން ތިބެނީ ދޫކޮށްލާފައިތާ". ނަރުހަކާ ހަވާލާދީ ހައްވަގެ އާއިލާ މީހަކު ބުންޏެވެ.
"ނަރުހުން ކުރަމުން ދަނީ ވަރަށް ބޮޑު ޖިހާދެއް"
އެތަނުގައި އޮތް ތިން ދުވަސް ތެރޭގައި ހައްވަ ބުނީ، ނަރުހުން ކުރަމުންދާ ބުރަ މަސައްކަތްތައް ފެންނަ ކަމަށެވެ. އެ ކުދިން އެތަނުގައި އުޅެނީ ވަރަށް ހާލުގައެވެ. އެތަނުން މިތަނަށް ދުވެއެވެ. އޭނާ ސިފަ ކުރިގޮތުގައި، ނަރުހުން އެތަނުގައި ކުރަމުން ދަނީ ވަރަށް ބޮޑު ޖިހާދެކެވެ.
ހައްވަ ނަރުހުންނަށް ތައުރީފް ކުރި ނަމަވެސް، އޭނާއާ އެތަނުން ކަންކަން ދިމާވެފައި އެބަހުއްޓެެވެ. އެގޮތުން އަތަނަށް ޑޮކްޓަރުން އައިސް ބެލި ދުވަހު، އޭނާގެ ފައިލްގައި ހުރިހާ އެއްޗެއް ބެލި ކަމަށް ޖަހާފައި އޮތް ނަމަވެސް، އެހެން ޖަހާފައި އޮތީ އޭނާ ބަލާފައި ނޫން ކަމަށް ހައްވަ ބުންޏެވެ.
"އަޅުގަނޑު ބުނިން އަޅުގަނޑު މިތަނަށް ގެނައީ ހައިރިސްކް މީހަކަށް ވާތީއޭ، އެކަމަކު ހައިރިސްކް މީހެއްގެ ކުރަން ޖެހޭ އެއްވެސް ޓެސްޓެއް ހަދާފައި ހުރިތޯ ޓެސްޓުކޮށްލައްވާށޭ، ބުނީމަ ބުނީ ދައްތަ ހުރިހާ ކަމެއް ޗެކްކޮށްފައޭ މިހުރީ، ދައްކާލިއިރުގައި ތެދެއް، ހަކުރުވެސް އޯކޭ ހުރިހާ އެއްޗެއްވެސް އޯކޭ"..
އެކަމަކު ހައްވަ ބުނީ، ހަމައެކަނި ބަލާފައި ވަނީ އޭނާގެ ބްލަޑް ޕްރެޝާ އެކަނި ކަމަށެވެ.
"އަޅުގަނޑު ބުނިން ގޯހެކޭ ގޯހެކޭ ތިއީ ކަނޑައެޅިގެން ދޮގެކޭ، އެކަމަކު އަޅުގަނޑުގެ ސިކުނޑީގައި އިނދޭ އެ ނަރުސް ކުއްޖާއަށް އެ ލިޔެވެނީ ރަނގަޅު އެތި ސަބަބެއް ނެތި ނޫން ކަން، ބެލޭ މީހަކު ނުބެލޭ މީހަކު ކިހިނެއް އެނގޭނީ، އެއީ ވަރިހަމަ ކިތަންމެ މޮޅު ނަރުހަކަސް، އެ 30 މީހުންގެ ޒިންމާ ނަގައިގެން 20 މީހުންގެ ޒިންމާ ނަގައިގެން މިހެން ވެެދާނެ ކަން،" ހައްވަ ބުންޏެވެ.
ހައްވަ ބުނީ، އެ ނަރުހާއި އޭނާާއާ އެއްވެސް ޒާތީކަމެއް ނެތް ކަމަށާއި، އެ މީހުން ކުރާ ބުރަ މަސައްކަތްތައް އޭނާގެ ދެލޮލުން ފެނިފައިވާ ކަމަށެވެ.
ކޮވިޑް-19 ޖެހިގެން މިހާރު ގިނަ ބަޔަކު ނިޔާވަމުން ދާއިރު އެންމެ ގިނަ ބަޔަކު ނިޔާވަނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީންނެވެ.
Isthiufaaa
މަސްއޮޑި ނަސީމު ޒިމްމާވާން ޖެހޭނެ ތިޔަ ހު ރިހާ ކަމަކާ..
މާލެ ސަރަޙައްދުގައި މީގެ 3 ވަރަކަށް އަހަރު ކުރިޔާ އަޅައި ބަލާއިރު، މިހާރު އެތަކެއް ހާސް މީހުންގެ ޢާބާދީއެއް އިތުރު ވެއްޖެ އެވެ. ރައީސް ޔާމީން 2018ގެ އިންޠިޚާބު ކާމިޔާބުވޭތޯ ބެއްސެވި ފްލެޓް ގޮޅިތަކުގެ ބޭނުމުގައި، އެތަކެއް ހާސްބަޔަކު ވަނީ ދަފްތަރުގައި ޖެހިގެން، މިސަރަޙައްދަށް ޖަމާވެ ތޮއްޖެހިފަ އެވެ. އެއާއި އެއްވަރަށް ޞިއްޙީ ޚިދުމަތްތެރިން އުފެއްދިފައެއް ނެތެވެ. ނަތީޖާއަކީ ކުއްލިޔަކަށް މިފަދަ ބޮޑު ބަލިމަޑުކަމެއް ދިމާވުމުން ޚިދުމަތްކުރާނެ ޞިއްޙީ އެހީތެރިން ބޮޑުތަނުން މަދުވުމެވެ.
ކަލެއަށް މާބޮޑައް އިނގެނީ ތި
ސޯލިހް ރައީސް ކޮބާތަ.. ރައްޔިތުންގެ މަޖްލިސް ކޮބާތަ.. ދެން ނިމުނީ ދުވަހަކު ވެސް އެމް ޑީ ޕީ އަކަށް ވޯޓެއް ނުދޭނާން..
މި ބަލި މީހުންގެ އާއިލާ އިން އެކަު ހުންނަން ހުއްދަ ދީބަލަ ހެޔޮނުވާނެ. ޢޭރުން އެ ނިމުނީނުން.. ސިފައިން ފުލުހުން ވެސް ވެއްދޭނެނުން.. ހަމަ އެނގޭ ކަމައްވެސް ނަހަދާ..މަބުރޫކު ޓީވީަށް އެރުވީމަ ނިމުނި. އާރޓް ދައްކަން ރޮއެފަ..ކޮބާ މިހާރު..ރޯޔަލް މީހުންނަށް ދަރުމަވަންތަ ހޮސްޕިޓަލް.. އެތާކުން މިގޮތައް މީހުން މަރެއް ނުވޭ
ދެން ޕީޕީއެމް ސަރުކާރެެއްގަ މިކަހަލަ ކަމެއް ދިމާވި ނަމަ ޕީޕީއެމް ސަރުކާރެއްގެ ގާބިލު ކަމެއް ވެސް އެނގުނީހީ
ސާ ބަސް މިސަ ރުކާ ރަށް ސާބަސް ކެލާ އިއްޒަތް އިއްޒަތް އިއްޒަތް ތެ ރި ޝަ ރީފު އަށް !!!!!!؟؟؟؟؟ياالله ظالم ބަލިކު ރައްވާ އަޅަމެން އިހްމާލުވާ މީހުން ގަދަ ހިއްޕެވުމަކުން ހިއްޕަވާ ދިވެހިން ސލާމަތް ކު ރައްވާ ދޭވެ
މި ހާލަތުގައި ކޮބާ ސަލާމަތީ ބާރުތައް؟؟ ހަމަ އެކަނި މުޒާހަރާއަށް ނިކުންނަން ތިބި ބައެއްތަ އެއީ. އެކި ބާވަތުގެ ޓރޭނިންގްތައް ދައުލަތުގެ ޚަރަދުގައި ހަދައިގެނ ތިބި ބައެއް އެއީ ުރެވޭނެ ކަންކަން ހުންނާނެ. ހެޔޮ ނުވާނެ.
ރާއްޖޭގައި އޮތް ދޯހަޅި ނިޒާމް. ސިޔާސީ މަހާމުތައް ގިނަ ކޮށްފައި މި ކަހަލަ ދާއިރާ ތަކަށް މީހުން ނުހޯދާ. މީ އޯގާތެރިކަން ހުރި މިންވަރު.
ބަލި މީހުން ބައިތިއްބާނެ އެނދެއް ނެތިގެން އުޅޭ އިރު ކުޑަމިނުން ތެންޓް ގަނޑެއްޖަހާކާފައި އެނދެއް ލަިދޭނެ މީހެއް ނުވޭ. މި ކަން ކަމަށް ޚަރަދު ނުކށް ސިޔާސީ ޕާޓީ ތަކަށާއި އިންތިޚާބު ތަކަށް އިންތިހާއަށް ޚަރަދު ކުރަނީ. އަނިޔގެ އިންތިހާ.
އެންމެ ނުރައްކާތެރި ހާލަތައްވެސް ތައްޔާރުވެފައި އޮތީމަ ވާވަރު، ސިޔާސީގޮތުން އަންނަ ޕްރެޝަރުތަކަށް ބޯލެނބީމަ ވާނެ ހައެތި މިއޮތީ ވެފައެވެ. ޔާ ﷲ މި ބަލިމަޑުކަމުން އަޅަމެން އެންމެ ސަލާމަތް ކުރައްވާދެއްވާ ދޭވެ.
އިންސާނީ ވަސީލަތް ފޯރުކޮށަދެވެން ޖެހޭ...... އަމީން ވަކިކޮށްގެން އެއްވެސް ކަމެއް ރަނގަޅުވެއްޖެތަ....؟ އިހުލާސްތެރި ވެރިން ނައިސް މިކަންކަން ރަނގަޅެއް ނުވަނެ..... ހެޔޮނުވާނެ ސަރުކާރާ އިދިކޮޅުން މިކަން ސީރރިއަސްކޮށް ނަގައިގެން މިކަން ހައްލު ކުރަން އުޅޭ..... ނަރުހުންނަށް ހެޔޮ ދުއާ... މަޖިލިސް މެމްވަރުންނަށް ބޮޑު މުސާރަ ދިނުމަށް އެކުދިންނަށް އެ މުސާރަ ދިނުން މާ ހައްގު.... މަ އައުލާކަން ބޮޑު....
ކޮންމެ މީހަކު ވެރިއަކަށް ހުއްޓަސް ނެތް ބަޔަކު ނުނެރެވޭނެ....އިންސާނީ ވަސީލަތް އިތުރުކުރަންށޭ ކިޔާފަ ވަކި ކޮންތާކު ތިބި ނަރުހުންނެއް ނެރޭނީ
މިފަދަ ހާލަތުގަ އހީވާން ނޫންތަ ފުލުހުންނާ ސިފައިން ތބެނީ.....😔
ފޮނުވަިދީ ތިތަނަށް އެހީވާން. އަހަރެން ކޮވިޑް ދެކެ ބިރެއް ނުގަނޭ!
ކޮވިޑު-19 އަށް 3.4 ބިލިއަން ހަރަދު ކުރެވުނު އަދި ވައްކަމަކަށް ފަހު ވައްކަމެއް !
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެމެރިކާގެ ނިއުޔޯކުގައި ހުންނަވާތާ 1 މަސް ވީއިރު މިހާތަނަށް ދަތުރުގެ ހަރަދުގެ ގޮތުގައި ގާތްގަނޑަކަށް 2 މިލިއަން ރުފިޔާ ހަރަދުވެއްޖެއެވެ.
މިނިސްޓަރު ނަސީމް ބޭރުކުރޭ
އޯގާތެރި ސަރުކާރުގެ މޮޅުކަން
މިގައުމުގެ އެންމެ އިސްސާނަކު ޑޮކްޓަރަށްދައްކަން ބޭރަށް ފުރަންދިއަދުވަހު ބޮކިތައްދިއްލާފަ އޮތް ވެހިކަލްތައްގިނަކަމުން އެތަން ފެނި މަހިތަން އަރާމިހުރީ މީހާދަ ވަރުގަދަ ފުދުންތެރިގައުމެކޭ އަހަރެމެން ކަންމަތީ ފިހާރައާ ކަޑަތަން ހިންގަން ބޮންދުންނާ ހަވާލުކޮށްގެން މިއުޅޭހެން މިގައުމު ހިންގަން ބޮންދުންނާ ހަވާލުކުރިއަސް މިއަށްވުރެ ރައްޔަތުންނަށް ފައިދާވާނެކަމީ ޔާގީންކަމެއް
ތިޔަ ތަނަށް އެހީވާނެ އަޅާލާނެ މީހުން ނެރެންވީނުން. ކާރިސާގެ ވަގުތުގައި ފުލުހުންނާއި ސިފައިން ނެރޭ.. އެއީ ކައިކައިގެން ތިބޭ ބައެއް.. ފުލުހުން ކުރަނީ ރައްޔިތުން ޖޫރިމަނާ.. ސިފައިން އުޅެނީ މަޑުކަށި މީހުން ހޯދަން.. ރައްޔިތުން މަޖިލިސް ކުރާގެ ކޮވިޑް ފެސިލިޓީއަކަށް ހަދާ.. މެމްބަރުންގެ މުސާރައިން ހަތަރު ފަސްމީހަކަށް މުސާރަ ދެވޭނެ ކޮވިޑް ފެސިލިޓީގައި މަސައްކަތް ކުރާ.. މިހެން ހަދާ މިކަން މައިތިރި ކުރެވޭނެ
ލަސްނުކޮއް އިންސާނީ ވަސީލަތުގެ އެހީ ޗައިނާއިން ނަމަވެސް ހޯދާކަށްނުވޭތޯ؟
ފިޔަވަޅު ތައްއަޅަނީ ވަގުތު ފާއިތުވި ފަހުން،،،،ވަކިބަޔަކަށް ފައިދާ ކު ރުވަން ،ރިސޯޓް ތަކާ ،ގެސްޓު ހައުސް ހުޅުވީ ، މިޔަދު ރައިޔިތުން ނައްޖެހިފަ ހު ރި ދުއްތުރ ރާ ތަކާ، އެބައިމީހުން ގެ ލޮލުން އޮހޮ ރޭ ކަ ރރުނަ ތައް ،ދެކޭނެ ބަޔަކު މަޖިލިސް ތެރރ ރަެ އުޅޭބާ؟ ގަބޫލު ކު ރަން ދަތިވި ހަގީގަތެއްމީ،،،މިވަގުތު ސަ ރުކާ ރު ތެ ރޭން މީހުން ނަށް ދިރ ރިއުޅެ ވޭނެ ފައސާ ކުޑަކުދިން ،މުސްކުޅީ ހު ރިހާަ މީހުން ބޮލަކައް ދި ރިއުޅެވޭ އަދަދެއްގެ ރުފިޔާ ސަ ރުކާ ރު ތެރ ރެއިން ހަމަޖައްސާ ރައިޔިތުން ނަށް ރައްކާވތެ ރިކަން ދޭން ޖެހޭ،،،
ނޭގި އައި ހާލަތެއްނޫނެވެ. އެނގިހުރެ މިނާޤާބިލް ސަރުކާރުން ގެނައި ހާލަތެކެވެ. ހިތް ފަޅައިގެން ދާ ތިހާލަތު ެއިންޑިއާގައި އޮއްވާ ދުނިޔޭގެ ހުރިހާ ޤައުމަކުން އިންޑިއާ މިހުން އެތެރެވުން މަނާކުރިއިރު މިރާއްޖޭގެ ވެރިން މިތަނަކީ އިންޑިއާ މީހުންގެ އައިސޮލޭޝަން ފެސިލިޓީއަކަށް ހެދި ތަނެކެވެ. މިއަދުމަރުވާ ކޮންމެ މީހެއްގެ މަރުގެ ޒިންމާ ނަގަންޖެހޭނެ އެވެ. ރައްޔިތުންނަށް ލިބެމުންމިދާ ވޭނުގެ ޒިންމާ ނަގަންޖެހޭނެއެވެ. i
ދުނިޔޭގެ ކޮވިޑް ބަލިކަން ފެތުރުނު ބޮޑެތި މުއްސަދި ވަސީލަތްތައްހުތި ހުރިހާގައުމެއްގައިވެސް މިފަދަ މަންޒަރުތައް ވަނީފެނިފައި ، އެމަން،ަރތަކާއި ، އެހިއްދަތި ވާހަކަތައް ހަމަގެނެސްދެއްވީ ތިބޭފުޅުން ، ނޫސްވެރިން އިގޭތޯ ، މިފަދަ ހާލަތަކަށް ހިގާދާނެތީ ޑޮކްޓަރުން ރޮއިއާދޭސްކުރީ ، ދިވެހިން އަޑެއްނޭހި ، ނަތީޖާ މިފެންނަނީ ،
ތި. މުސްކުޅި ކެރަފާ ނަސީމު މިނިސްޓަރު ކަމުން ދުރުކޮށްފަ ތަންކޮޅެއް ހީވާގި ދާއިރާގެ ކަންތައް ދަންނަ މީހަކާ ހެލްތު މިނިސްޓްރީ ހަވާލުކޮށްބަލަ
ކޮބާ ސޯލިހުބޭ! މީ ދިވެހިންގެ އަޑު މީ ބަލި މީހުންގެ އަޑު މީ ތި ސޯލިބެއާއި މި ސަރުކާރުން ބުނާ ފެންވަރު ރަނގަޅު ޙިދުމަތް ދޭން ހުޅުމާލޭގައި ހުރި ފެސިލިޓީގެ ހާލަތު.. ނިދާފަތައް މި ސަރުކާރު އަޅެފަހެ އަޑު ނީވެނީތައް..
ގަބޫލު ކުރިޔަސް ނުކުރިޔަސް ރައީސް ޔާމީނު ގެންދިޔައީ ދިވެހިރާއްޖޭގެ ހެލްތް ސެކްޓަރ ނަގައި ކޮޅަށް ޖަހަމުން ކުރިއަރުވަމުން ރައީސް ޔާމީނު ވެރިކަމުގައި ހުރި ނަމަ މިހާލަތަކަށް މިގައުމު ނުދާބެ ގައުމު އެއްކޮށް ބަންދުކޮށްގެން ވެސް ގައުމު ހިންގާބެ އެވަރުގެ ގާބިލްކަން ހުންނާނެ އަދިވެސް މިގައުމު މިކަމުން ސަލާމަތް ކުރަން ބޭނުން ނަަމަ ޔާމީނަށް ގައުމު ހަވާލުކުރޭ ވަގުތު ފާއިތު ބުވަނީސް
ވޯޓު އޮޅުވާލައިގެން ވެރިކަމެއް ފޭރިގަނެގެން ރިތިނުވާނޭކަން މިހާރު ސަރުކާރުގެ އިސްފަޑީގަ މިތިބަ ވަގުންނަށް ވިސްނެންވެއްޖެ!
މިހާލަތުގައި ސިފައިންނާއި ފުލުހުން މިތަނަށް ފޮނުވަން ރަނގަޅު އެހީވާން.. އަދި ސަރުކާރުގެ އެހެން އޮފީސް ތަކުންވެސް މިކަމުގައި އެހީ ވެވޭނެ މުވައްޒަފުން ތިބިނަމަ ނެރުން ރަނގަޅު. މީ އެއްބައިވާން ވީ ވަގުތު. ސިޔާސީ ފިކުރު ފަތުރަންވީ ވަގުތެއް ނޫން. ކޮންމެ ގޮތެއްވިޔަސް ހަނާ ވަނި އާންމު ރައްޔިތުން
އިމާޖެންސީ ސެންޓަރުހަދައިގެން ލާރިކަމުުން ކޮންކަމެއް މެނޭޖުކުރެވުނީ؟
ސަ ރުކާ ރު ފޭލްްވެފަހު ރިމިންވަ ރު ވަ ރައްބޮޑައް ރައްޔިތުންނައް ސާފްވެއްޖެ. އިސްތިއުފާ ދޭކައްނުވޭތަ
ތިންސަތޭކައެނދު ނުވަތަ ތިންސަތޭކަ ބަލިމީހުން މެނޭޖްކުރަން ނޭނގިގެން ތެޅިފޮޅޭތަން ބޮޑުސަރުކާރަކުން މިއުޅެނީ.. ދިވެހިންނަކީ ތިވަރުގެކަމެއް އަމުދުން މިހާރަކު ކުރަންނޭނގޭނެ ވަރުބައެއްނޫން.. އެއަށްވުރެ ކުޅަދާނަބައެއްކަން ޔަގީން. މައްސަލައަކީ މިބަލި ކޮންޓްރޯލް ކުރުމަށް ދައުލަތުން ނންމާފައިވާ ސިޔާސަތެއް މިސްރާބެއް ނެތްތާ މުޅިދައުލަތް ދުވަނީވެސް ފެސިލިޓީގައި ތިބިނަރުހުން ހާސްވެގެން އުޅޭހެން..
ކަލޭ އާއްމު ކިރި ލިސްޓާ އެހީއަށް ލިބުނު ފައިސާ ދިމައެއް ނުވާނެ. ކައިފަ ކަލޭ ހުއްނާނީ އެހެންވެ ހަޖަމް ނުވެގެން މީހުންގެ ޒާތީ މައުލޫމާތު ކަލޭ ހިއްސާ ކުރީ
މިފަދަ ހާލަތުގަ އހީވާން ނޫންތަ ފުލުހުންނާ ސިފައިން ތބެނީ...😔😔😢
މީގެން މިއެނގުނީ ބަނޑަށް އޮވެ ބަލިމީހާ މަރުވަނީކަން.
އާރކަމް އެސައިލަމް
ކޮބާތަ ފުލޯޓިންގ ހޮސްޕިޓަލް. ބުނި އެންމެ ނުރައްކާތެރި ހާލަތަށް މިތިބީ ތައްޔާރަށޭ ވެސް.
ޑޮކުޓަރުންނާއި ނަރުހުންގެ ބުރަ މަސައްކަތަށް ޝުކުރިއްޔާ މާޝާﷲ. ކައުންސެލިންވެސް ތިބި އެންމެނަށް އަވަހައް ދީބަލަ ބިރުނުގަތުމަށްބުނެ މާތްﷲ އަށް އިތުބާރުކޮށް ދުޢާކޮށް ހިތްވަރުކުރުމަށް ބުނެ. އަދި ގޭގަ ވެސް އާއިލާ މީހުން ރައްޓެހިންނާ ދަންނަ ނުދަންނަ މީހުންވެސް އަދި ކޮންމެ މުސްލިމެއްގެވެސް ޒިންމާއެއް ހެޔޮ ދުޢާ ކޮށްދިނުން އެންމެ ކުޑަމިނުންވެސް. ތިތާ ހާލުގަ މަރުވެދާއިރު ގޭގަ ފަރުވާ ދީ އަޅާލުމާއި ލޯބި ލިބިގެން ފަރުވާ ކުރެވޭ ގޮތް ވެސް ހަދަން ވެއްޖެނު ވަގުތުތަށް ކުރިޔަށް ދަނީ ބަލި މީހުންނަށް އަޅާލުން އެއީ ގަދަވެ ތިބި އެންމެންގެ ޒިންމާއެއް ވެވުނު ވަރަކުން. އެމީހަކު ކުރި ހެޔޮ އަދި ނުބައި ކަމެއް ޒައްރެއްގެ މިންވަރުވިޔަސް ދެކޭނެ ކަމަށް ޤުރުއާންގަވޭ ނޫންތޯ😢 މާތްﷲ އަޅަމެން އެންމެންގެ ހިތްތަކާއި އަމަލުތަށް މޮޅަށް ބައްލަވަމުން ގެންދަވަނީ. މާތްﷲ އެންމެންނަށް އަވަސް ޝިފާއެއް ދެއްވަވާ ރައްކާތެރިކަން ދެއްވަވާ މިބަލިމަޑުކަން ނެތި ކުރައްވަވާށި އާމީން