އިންސްޓަގްރާމުން 18 ހާހަށްވުރެ ގިނަ މީހުން ފޮލޯކުރާ އެކައުންޓުން އާންމު ކުރާ ފޮޓޯތަކަށް ނަޒަރުކޮށްލާ ކޮންމެ މީހަކު ވެސް އެ ފަތްމިނި ޕަރީއަށް ހިތް ކިޔާނެއެވެ. ލޫޅާފަތި އެ ހަށިގަނޑެއްގެ ސިއްރަކީ ކޮބައިތޯ ސުވާލު އުފައްދާނެއެވެ. އޮމާން މަޑު ޗޮކްލެޓް ކުލައެއް ވެރިވެފައިވާ ހަންގަނޑުގެ ފުރިހަމަ ކަމަށް ހިތާ ހިތުން ތައުރީފު ކުރެވޭނެއެވެ. އެ ތޫނު ދެލޮލާއި ކަތި ނަޒަރުގައި ޖާދޫވި ބާރެއް ހުންނަ ކަހަލައެވެ. މޮޑެލް ކުރުމަކީ ލިބޭ ހުސްވަގުތުގައި "ހޮބީ" އެއްގެ ގޮތުގައި ކުރާ ކަމަކަށްވިޔަސް ގުދުރަތީ ރީތިކަން ލިބިފައިވާ އެ ހޫރުޕަރީއެކޭ ބޭރު މޮޑެލްއެކޭ ތަފާތެއް ނެތެވެ.
ދީނާ އަބޫބަކުރުގެ ވާހަކަތައް އަޑުއަހަން ކެތް މަދުވެފައި ތިބި އެތައް ބަޔަކަށް މިފަހަރު އޭނާ ކިޔައި ދިނީ ދުޅަހެޔޮ ދިރިއުޅުމަކަށް ހިތް ޖެހުނު ގޮތެވެ.
ސާނަވީ ތައުލީމް އަމީނިއްޔާގައި ހާސިލްކުރަމުން ދިޔައިރު ވެސް ދީނާ ބޮޑަށް މަސްއޫލުވެ އުޅުނީ ކުޅިވަރުތަކުގައި އާއި އިތުރު ހަރަކާތްތަކުގެ ތެރޭގައެވެ. ހޭންޑް ބޯޅަ އާއި ނެޓް ބޯޅައިގެ އިތުރުން ޖިމްނާސްޓިކް އާއި އެތްލެޓިކްސްގައި ދީނާއަކީ އަރާ ހުރި ތަރިއެވެ. ހާއްސަކޮށް އޭރު އަމީނިއްޔާގައި ދީނާ ފާހަގަކޮށްލެވުނީ ނެޓްބޯޅައިގެ ރާނީގެ ގޮތުގައެވެ. ބައިވެރިވާ މުބާރާތްތަކުން އެ ޝަރަފު ހޯދާއިރު އޭނާ ކުޅޭ ޓީމަކަށް ވަނައެއް ނުލިބި ނުދެއެވެ.
ކުޅިވަރަށް ޖެހިފައިވާ މި ލޯތްބަށް ސްކޫލް ނިމުން އިރުވެސް ބަދަލެއް ނާދެއެވެ. ކުޅިވަރުތަކާ ކުޑަކޮށް ދުރުވިޔަސް ދޭތެރެ ދޭތެރެއިން ދީނާ މުބާރާތްތަކުން ފެނެއެވެ. އެހެން ކުޅިވަރުގެ ތެރޭގައި މަސްއޫލުވެ އުޅުނު ނަމަވެސް އޭރު ދުޅަހެޔޮ ދިރިއުޅުމެއްގެ މުހިންމުކަން ނޭނގޭ ކަމަށް ދީނާ ބުންޏެވެ. އަދި ހަށިގަނޑަށް މާ ބޮޑު ސަމާލުކަމެއް ނުދެވުނު ކަމުގައިވެސް ފާހަގަކުރިއެވެ.
މިހެން އުޅުމުގެ ތެރެއިން ހެމާގެ ޖިމް އިންސްޓްރަކްޓަރަކަށް އުޅޭ ޝިބާން އާއި ދިމާވި ކަމަށް ދީނާ ބުނިއެވެ. ޝީބާންއަކީ ޖިމް އިންސްޓްރަކްޓަރެއްގެ އިތުރުން ބޮޑީ ބިލްޑް ކުރާ މީހެކެވެ. އޭނާގެ ފަރާތުން ދުޅަހެޔޮ ދިރިއުޅުމުގެ މުހިންމު ކަމާއި ކަސްރަތު ކުރުމުގެ ފައިދާތަކަށް ލޯ ހުޅުވުނު ކަމަށް ދީނާ ކިޔައިދިނެވެ. އަދި އެ ހިސާބުން ކަސްރަތު ކުރުމަށާއި، ކެއުމަށް ވަރަށް ބޮޑަށް ސަމާލުވި ކަމަށްވެއެވެ.
"ވޯކްއައުޓް ކުރަން ކުރިން ވެސް. ޖިމްއަށްވެސް ދިޔައިން އެކަމް ބޮޑަށް ފިޓްނެސްގެ ތެރެއަށް މި ވަދެވުނީ ޝިބާންމެންނާއި އެކީ އުޅެން ފެށިފަހުން. ދުޅަހެޔި ދިރިއުޅުމެއްގެ މުހިންމުކަން އެނގިގެން ދިޔަ. ވޯކް އައުޓް ކުރަން ފެށީމަ މީހާއަށް އެ ދިމާވާ އުނދަގޫތައް ވެސް ލުއިވެގެން ދިޔަ. މިކަންކަމުގެ ތެރެއިން އަޅުގަނޑު ފިޓްނެސްއަށް ލޯބި އުފެދުނީ" ދީނާ ކިޔައިދިނެވެ.
ޖިމަށް ދާން ފަށާ ކުއްޖަކަށް ދީނާގެ ނަސޭހަތް
ދީނާ ބުނީ ޖިމްއަށް ދާން ފެށުމުގެ ކުރިން މީހާ ވަރަށް ބޮޑަށް އެކަމަށް ތައްޔާރުވާން ޖެހޭ ކަމަށެވެ. ތައްޔާރު ނުވެ ފަށައިފި ނަމަ ބޭނުންވާ ލަނޑުދަނޑިއަށް ވާސިލް ނުވެވޭނެ ކަމަށް ބުންޏެވެ. ދީނާ ބުނާ ގޮތުން ޖިމްއަށް ދާން ފެށުމުގެ ކުރިން މީހާގެ ހަށިގަނޑު "ފިޒިކަލީ އަދި މެންޓަލީ" ވެސް އެކަމަށް ތައްޔާރުވާނެ ޖެހޭނެއެވެ.
"ޖިމް އަށް މިދަނީ ސޯޝަލް މީޑިޔާއަށް ފޮޓޯއެއް ލާން ނުވަތަ ވީޑިއޯއެއް ލާކަށް ނޫން. ޓްރެއިނާއަށް ކޮށްދޭ ކަމެއްގެ ގޮތުގައި ދެކިގެނެއް ވެސް ނޫން ޖިމްއަށް މިދަނީ. ވޯކް އައުޓް ކުރުމަކީ މީހާ އަމިއްލައަށް އިމްޕްރޫވްވާން އަމިއްލަ މީހާއަށް ކުރެވޭ ކަމެއް. އެހެންވީމަ ވަރަށް ބޮޑަށް ރެޑީވެގެން ފަށަން ވާނީ. މާދަމާ ޖިމްއަށް ދާން މިއަދު ސޮނީ ސްޕޯޓްސްއަށް ގޮސް ދަބަހާއި ބޫޓު ގަނެވިދާނެ، އެކަމަކު މީހާ ޖެހޭނެ ފިޒިކަލީވެސް މެންޓަލީވެސް ތައްޔާރުވާނެ އެކަމަށް." ދީނާ ކިޔައި ދިނެވެ.
ދީނާ ބުނީ ވޯކްއައުޓް ކުރާ ނަމަ ހަމަ ނިދި ބަރާބަރަށް ލިބުމަކީ މުހިންމު ކަމެއް ކަމަށެވެ. ހަމަ ނިދި ނުލިބޭ ނަމަ ކަސްރަތު ނުކުރެވޭނެ ކަމަށް އޭނާ ބުންޏެވެ. އަދި ޖިމްއަށް ދާން ފެށުމުގެ ކުރިން އަމާޒަށް ވާސިލް ވުމަށްޓަކައި ވަރުގަދަ އަޒުމެއް ކަނޑައަޅަން ޖެހޭނެކަން ފާހަގަކުރިއެވެ. އެއްދުވަހު ޖިމްއަށް ގޮސް އަނެއް ދުވަހު "ނުދާނަމޭ، މިއަދު ވަރަށް ވަރުބައްޔޭ" ހިތަށް އެރި ނަމަވެސް ހިތްވަރުކޮށްލާފައި ޖިމްއަށް ވަދެވުމުން އެ ހުރިހާ ކަމެއް ދާނެ ކަމަށް ދީނާ ބުންޏެވެ. އަދި އެންމެ ދުވަހެއްވެސް ވައްޓާނުލާ ޖިމްއަށް ބަރާބަރަށް ދިއުމަކީ މުހިންމު ކަމެއްކަން ފާޙަގަކުރިއެވެ. ދީނާ ބުނި ގޮތުގައި އޭނާއަށް ރީތި ހަށިގަނޑެއް ލިބުނީ ހިތްވަރާއި އަޒުމާއެކު ޖިމްއަށް ގޮސް ވޯކްއައުޓްތައް ބަރާބަރަށް ކުރުމުންނެވެ.
ފިޓްނެސް ދާއިރާއަށް ދީނާ ހުންނަ ޝައުގުވެރިކަމާއި، މޮޑެލް ކުރުމަށް ހުންނަ ޝައުގުވެރިކަމުގެ އިތުރުން ވެސް ގިނަ އިން ލިބޭ ހުސް ވަގުތުކުގައި ކޮށް އުޅޭ ބައިވަރު ކަންކަން ހުރެއެވެ. އެގޮތުން ކުރެހުމާއި، ކެއްކުމާއި، ޑާންސް ކުރުމަކީވެސް ވަރަށް ކުރާ ހިތްވާ ކަމެއް ކަމަށް އޭނާ ބުންޏެވެ.
އުމުރުން 29 އަހަރުގެ މި މޮޑެލްގެ އަމާޒު މިހާރު ހިފާފައި ވަނީ ތޮށިގަނޑު ފަޅާލާފައި ރާއްޖެއިން ބޭރުވުމަށެވެ. ދިވެހި މެގަޒިންތަކާއި އިޝްތިހާރުކުޅުމުގެ މާކެޓުގައި މިހާރު ވެސް އޭނާ އަށް ނުލިބޭ ފުރުސަތެއް ނެތެވެ. އެއަށް ފަހު މި ހުރިހާ ފުރުސަތުތަކެއްގެ ތެރެއިން އޭނާ އަށް ބޭރު ދުނިޔެއިން ވެސް ވެސް މޮޑެލްކުރުމުގެ ފުރުސަތުތައް މިހާރު ވަނީ ލިބެން ފަށައިފައެވެ.
އަޅުގަނޑާ ދިމާވީ 2013/2014 ގަ، ހީޓް ޖިމްގެ ފްރަންޓް ޑެސްކްއިން... ވަރަށް ހިތްހެޔޮ މަޑުމައިތިރި ކުއްޖެއް... ދީނާއަށް އަޅުގަނޑުގެ ނަމެއްމޭގޭނެ، ނަމަވަވެސް ކޮންމެ ތަނަކުންފެނުނަސް ހީލާނެ... އެންމެ ފަހުން ފެނުނީ 2019 ގަ... ހެޔޮދުއާ ސަލާމް
ނަރަކަ ވާކަން ހަނދާންކޮށްދެން
އޮރިޔާމާ ތިބެ މޮޑަލް ކުރާ މީހުން ތިބޭނީ، މިދުނިޔެއިން 1 ވަނައިގަ. މިމީހުންގެ ހިތަކައް ނާރާ މަރުވާނެ ކަމެކައް.
އޭ ދީނާ! ދިނާ އަށް ތިޔަ ޚިލާފުވެނީ އިސްލާމް ދީނާ އޭ! ތިޔަހެން މޮޑެލް ކުރުމަކީ އަހަރެމެންގެ ދީނުގައި އޮންނަ ކަމެއް ނޫން! އޭ ދިނާ އެވެ. ދީނަށް އުޅެން ދަސްކުރޭ!
ދުނިޔޭގަ އިވާ އެންމެ ބޮޑު އެ އް ފިތުނަ އަކީ އަންހެނުން..
އޯކޭ އިންސެލް.
މޮޑެލް ހިމަތޮޅިވެފަ ރީތި. އާޖެންޓީނާގެ ސަބްރިނާ ސަބްރޮކުއާއި ރީތިކަމާއި ހިތްދަމައިގަތުމުގަ ވާދަކުރޭ.
ދުއާ އަމަން އަކީވެސް ވަރަށް ރީތި އިސްމު ފުޅުތަކެއް ހިމެނޭ ޕާކިސްތާނު ސަރަހައްދު މީހުން ހަދައިގެން އުޅޭ ހެޔޮ ދުއާއެއް
ފަތްމިނި ޕަރީއެއް ފެނުނިއްޔާ އިނގޭނެބާ؟ ފަތްމިނި ޕަރީންނަށްވެސް ހުތުރު އަރުވަން ތިއުޅެނީ.. ތެދުބަހުން ބުނަންޏާ ބުނެވޭނީ އެއްވެސް ރީތި ސިފައެއް ނެތޭ. ރީތިކަމަކީ މީހާގެ އަހްލާގު، އޮރިޔާންވުމެއް ނޫން..
މުސްލިމު މުޖުތަމައުއެއްގައި މި މިންވަރައް އިސްލާމްދީނާއި އެ ދީނުގެ އިންތަކާއި ދޭތެރޭ ޣާފިލު ވެފައިތިބޭ އަންހެނުން އުފެދުމަކީ އެއީ ހަމަ މިމުޖުތަމައުގެ އެކަމުގެ ޒިންމާ އުފުލަންޖެހޭނެ ކަންކަން. އަދި މިފަދަ މުންކަރާތްތަކައް ޝައުގު އުފެއްދުމާއި އަދި ހިތްވަރު ދިނުމަކީ އެއީ ހަރާމްކަމެއްކަން އެންމެން ހަނދާނުގައި ބެހެއްޓުން މުހިންމެވެ. ނަރަކަ އެއީ ވާތަނެއްކަން ގަބޫލު ނުކުރާމީހާވެސް ނަރަކައިގެ ރަހަދެކޭނެއެވެ. އެއީ އެފަދަ ދެވަނަ ނުބައި މަންޒިލެއްނުވާ ވޭންދެނިވި އަޒާބުގެ މަންޒިލެވެ. އިސްލާމްދީނާއި އެދީނުގެ ނޫރުން މެނުވީ އެތަނަކުން ސަލާމަތްވާނެ ހަމަ އެކަކުވެސް ނުވެއެވެ..އެއީ ހަމައެކަނި މާތް ރަސްކަލާނގެ ފާފަފުއްސެވުމާއި ދަރުމައިންނޫނީ ސަލާމަތްކަމެއް ނުލިބޭނެ މަންޒިލެވެ. އިސްލާން ދީނައް ކިތަންމެ ޣާފިލު ވިޔަސް އަދި ދީނުން މުޅިން ބޭރުވެގަތަސް ނަރަކައިން ސަލާމަތްކަމެއް ނުލިބޭނެއެވެ. ނަރަކައަކީ އިމޭޖިނެރީ އެއްޗެއްކަމުގައި ޝައިތާނާ ވަސްވާސްދެނީ އެއީ އިންސާނާ ގެއްލިނިކުރުވަންށެވެ.
ސީރިއަސްލީ! މިކަހަލަ މީހުންވެސް ޕްރޮމޯޓް ކުރެތަ. ލަދުން ބޯ ހަލާކު. އެއްވަނަ ނޫހުގެ ގޮތުގައި އޮންނަން ކުރާ މަސައްކަތެއްތަ މިވެސް. ބިކިނީ ލާގެން މޮޑެލް ކުރާ މުސްލިމެކޯ މީ އެކަމް. މިކަހަލަ މީހުންނަށް ތައުރީފް ކޮށްފަ އަރޓިކަލް ލިޔަން ހަމަ އެއްވެސް އެއްޗެއް ހިތަށް ނާރާތަ.
އަންހެނަކު ފިރިހެންވުމުން އެމީހާއަކީ ވަރަށް މާތްމީހަކަށް ވަނީމިހާރު. އަންހެންވަންތަކަން ގެއްލުނީމަ މައްޝޫރުވާ ޒަމާންމީ. ޓޮޕް މޮޑެލަކަށްވީ ކޮންތާކުން ކަނޑައެޅި ނޫނީ އުސޫލަކުން.
ވިތް އައުޓް މޭކަޕް ހަމަ ބްލާ
ޢިސްލާމްދީނުގައި މޮޑެލް ކުރުމެއް ނޯވޭ ތިބާއަށް އިސްލާމް ދީނުގެ ތެދުމަގު ދައްކަވާށި
މީދެން ކިހާ ދެރަކަމެއް