އަޅުގަނޑުމެންގެ ދިވެހި ރާއްޖެއަކީ 100 އެތަކެއް ރަށެއްގެ މައްޗަށް އެކުލެވިގެންވާ ޖަޒީރާ ގައުމެކެވެ. ޖޯގްރަފީ ގޮތުން ރާއްޖެ އުފެދިފައިވާ ގޮތުން ރާއްޖޭގެ ހުރިހާ ހިސާބަކަށް ހުރިހާ ވަސީލަތްތަކެއް ފޯރުކޮށްދިނުމަކީ އުނދަގޫކަމަކަށް ވަނީ ވެފައެވެ. އެހެންކަމުން ވަސީލަތްތަކާއި އެނޫންވެސް ބޭނުމުގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން މީހުން ޒިޔާރަތް ކުރަމުން އައީ ރާއްޖޭގެ ވެރިރަށް މާލެއަށެވެ.

މާލެއަށް މީހުން ފުނިޖެހެމުންދާއިރު މިހާރު މާލެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޖާގައިގެ ދަތިކަމެކެވެ. ނަމަވެސް މާލޭގެ ވަށައިގެންވާ ފަޅު އިތުރަށް ހިއްކޭނެ އެއްވެސް ގޮތެއް ނެތުމުން ރާއްޖޭގެ ވެރިކަމުގައި ތިބި ފަރާތްތަކުގެ ވިސްނުންފުޅު ހުރީ މާލެއާއި އިންވެގެން އޮންނަ ހުޅުމާލެ ތަރައްޤީކުރުމެވެ.

ފެރީގައި ހުޅުލެއަށް ދިޔުމަށް ދިހަ ވަރަކަށް މިނެޓް ނަގާއިރު ހުޅުމާލެއަށް ދިޔުމަށް 20 ވަރަކަށް މިނެޓް ނަގައެވެ. ހުރިހާ ގޮތަކުން ބެލިޔަސް އެއީ ވަރަށް ބޮޑު ތަކުލީފެކެވެ. ހާއްސަކޮށް މޫސުން ގޯސް ދުވަސްވަރެއްގައި ހުޅުލެއަށް ނުވަތަ ހުޅުމާލެއަށް ދިޔުން ވެފައި އޮންނަނީ ފުރާނަ އަތްމައްޗަށް ލައިގެން ދަތުރުކުރުން ފަދަ ކަމަކަށެވެ. ނަމަވެސް މި ހުރިހާ މައްސަލައަކަށް ލިބޭނެ ހައްލެއް މިހާރުވަނީ ދިވެހިން ލޮލުން ދެކި އަތުން ހިފާފައެވެ. އާދެ އެއީ މާލެއާއި ހުޅުލެ ގުޅުވައިދޭ ތާރީހީ ބްރިޖެވެ.

2 ކިލޯމީޓަރު ދިގުމިނުގައި ހުންނައިރު ބްރިޖް ހުރަސްކުރުމަށް ފައިމަގުގައި 15-15 މިނިޓްގެ ވަގުތު ހޭދަވޭ - ވަގުތު އިމޭޖްސް: އަމީން ފަހުމީ

ދުނިޔޭގެ އެންމެ ބޮޑު އާބާދީއެއް އޮންނަ ޗައިނާ އާއި ރާއްޖޭގެ ޒަމާންވީ އެކުވެރިކަން ރަމްޒުކޮށްދޭ ބްރިޖުގެ ގިނަ މަސައްކަތްތަކެއް މިހާރު ވަނީ ނިމިފައެވެ. އެގޮތުން ބްރިޖްގެ ހުރިހާ ތަނބެއް ގުޅާލައިފައިވާއިރު ބްރިޖުން އެއްކޮޅުން އަނެއް ކޮޅަށް މިހާރު ފައިމަގުގައިދެވެއެވެ.

ބްރިޖްގެ ވަރަށް މުހިންމު މަސައްކަތްތަކެއް މިހާރުވެސް ކުރަމުން ގެންދާއިރު ބްރިޖްގައި ދުއްވުމަށް ހަދާ ހަތަރު ލޭންގެ މަސައްކަތް ދަނީ ބާރު ސްޕީޑުގައި ކުރަމުންނެވެ. ބްރިޖުގައި ޖުމްލަ ހަތަރު ލޭނެއް ހަދާއިރު އެގޭ ތެރެއިން ދެ ލޭނެއްގެ ފުޅާ މިނުގައި 3.25 މީޓަރު ހުންނައިރު އަނެއް ދެ ލޭންގެ ފުޅާ މިނަކީ 3.5 މީޓަރެވެ.

ބްރިޖުގައި ހަދާ ލޭންތަކުގެ މަސައްކަތް އެއްކޮށް ނިމޭއިރު ހުންނާނީ ރަނގަޅު ފެންވަރުގައި ތާރު އަޅާފައެވެ. އަދި ބްރިޖުގައި މިހާރު ކުރަމުންދާ އެއް މަސައްކަތަކީ ލޭނުގައި ތާރު އެޅުމުގެ ކުރިން އިތުރަށް ވަރުގަދަކުރުމަށް ގްރައުންޑް ސްލަބެއް އެޅުމުގެ މަސައްކަތެވެ. އަދި ބްރިޖުގެ ބައެއް ސަރަހައްދުތަކުގައި ސްލަބް އަޅާ ވަނީ ނިންމާފައެވެ.

2 ކިލޯމީޓަރު ދިގުމިނުގައި ހުންނައިރު ބްރިޖް ހުރަސްކުރުމަށް ފައިމަގުގައި 15-15 މިނިޓްގެ ވަގުތު ހޭދަވޭ - ވަގުތު އިމޭޖްސް: އަމީން ފަހުމީ

ބްރިޖުގެ މަސައްކަތް އެއްކޮށް ނިމި އާންމުންނަށް ހުޅުވާލާއިރު ކޮންމެ ލޭނެއްގެ އަރިމަތިން އާންމުންނަށް ހިނގޭނެ ފަދަ ޕޭވްމެންޓެއް ހަދާނެއެވެ.

"ސިނަމާލެ" ގެ ނަން ދީފައިވާ ބްރިޖް އެއްވެސް ގަޑިއެއްގައި ބަންދު ކުރަން ނުޖެހި ހުރިހާ ވަގުތެއްގައި ބްރިޖް ހުޅުވާފައި ހުންނައިރު އެއްވެސް ދަތިކަމެއް ނެތި ބްރިޖުމަތިން އުނޅަދުތަކަށް ދަތުރުކުރެވޭނެއެވެ.

ބްރިޖުގެ މަސައްކަތުގައި އުޅޭ އޮފިޝަލަކު ވިދާޅުވިގޮތުގައި ބްރިޖު ފަރުމާކޮށްފައިވަނީ ގަޑިއަކު 50 ކިލޯމީޓަރަށް ދުއްވޭނެ ގޮތަށެވެ. ނަމަވެސް ބްރިޖުގައި ދުއްވޭނެ ރަސްމީ ސްޕީޑް ލިމިޓެއް ކަނޑައަޅާނީ ސަރުކާރުންނެވެ. ގަޑިއަކު 50 ކިލޯމީޓަރަށް ދުއްވައިފި ނަމަ 3 މިނެޓުން ބްރިޖު ހުރަސް ކުރެވޭނެއެވެ.

ބްރިޖުގައި ދަތުރުކުރުމަށް އެއްވެސް ހުރަހެއް ނެތް އިރު ބްރިޖް މަތީގައި އެއްވެސް ޕޯލް ސްޓޭޝަނެއް ނުހުންނާނެއެވެ. އަދި ސްޕީޑް ބްރޭކާއެއް ވެސް ބްރިޖް މަތީގައި ނުހުންނާނެ އެވެ.

ބްރިޖްގެ ސަލާމަތީ ހުރިހާ މިންގަނޑެއް ވެސް ނަގާފައިވަނީ ޗައިނާގެ ހަރުކަށި ސަލާމަތީ ސްޓޭންޑާޑާ އެއްގޮތަށެވެ. އަދި ބްރިޖްގައި ސްޕީޑް ބްރޭކާ ފަދަ ތަކެތި ނެތް ނަމަވެސް ބްރިޖްގައި ދުއްވާ މީހުންގެ ސަލާމަތަށް ގިނަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ބްރިޖުގެ މަސައްކަތް ކުރަމުން އަންނަ އޮފިޝަލަކު ވިދާޅުވިއެވެ.

"ބްރިޖުގެ ސަލާމަތީ ކަންކަމަށް އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދެން. އެގޮތުން ކައްސާލުންފަދަ ކަންކަން ހުއްޓުވުމަށް ރެސިސްޓެންސްތައް ބަހައްޓާނެ. އަދި ބްރިޖްގެ އަލިގަދަ ކުރަން ގިނަ އަދަދެއްގެ ބޮކި ވެސް ހަރުކުރާނެ. މީގެ އިތުރުން ކޮންމެ 20 މީޓަރަކުން މަގުބައްތި ވެސް ބަހައްޓާނެ . އަދި ޒަމާނީ ފެން ހިންދާ ނިޒާމެއް ވެސް ބްރިޖްގެ ލޭންތަކުގައި ވަނީ ބަހައްޓާފަ" އޮފިސަލު ވިދާޅުވިއެވެ.

ސިނަމާލެ ބްރިޖްގެ މަސައްކަތްތައް ކުރިއަށް ދަނީ - ވަގުތު އިމޭޖްސް: އަމީން ފަހުމީ

ޗައިނާގެ ސީސީސީސީ ކުންފުންޏާއި ހަވާލުކޮށްގެން ބާރު ސްޕީޑެއްގައި ބުރިޖުގެ މަސައްކަތް ކުރިއަށްދާއިރު ބްރިޖުގެ މަޝްރޫއަކީ ގާތްގަނޑަކަށް 200 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އޭގެތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާގެ ހިލޭ އެހީއެވެ. ބާކީ 72 މިލިއަން ޑޮލަރަކީ ލޯނެވެ.

މާލެ އާއި ހުޅުލެއާއި ދެމެދު އަޅާ ބްރިޖްގައި ދިގުމިނުގައި 1.39 ކިލޯމީޓަރު ހުންނާނެއެވެ. ބްރިޖްގެ ފުޅާމިނުގައި 20.3 މީޓަރު ހުންނައިރު ބްރިޖު އަންނަ މަހުގެ ތެރޭގައި ހުޅުވިގެންދާނެ ކަމަށް ހައުސިންގ މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ.

ސިނަމާލެ ބުރިޖުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާއިރު މާލެ އާއި ހުޅުލެއާއި ދެމެދު ބްރިޖަކުން ގުޅާލުމަކީ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދެކެވެ.

އަދި މާލެއާއި ހުޅުލެ ގުޅުވައިދޭ ތާރީހީ ބްރިޖުގެ ސަބަބުން މާލޭގެ ތޮއްޖެހުމަށް ހައްލެއް ލިބި ދިވެހިންގެ އެތަށް ބައެއްގެ ދިރިއުޅުން ފަސޭހަވެގެންދާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ޟަސާ

    ޥަރަށް މަޖާ

  2. ޙުސައިން މ. މުލި

    ހަމަ ބުރިޖު ނިމުނީތަ

  3. ައަލީ

    ބްރިޖްގެ ގަވާއިދުތަކުގައި ބްރިޖްގައި މުޒާހަރާނުކުރުން ހިމެނުމައް ގޮވާލަން ، އަދި ސީދަލަށް ނުހިނގޭ ބޯދިގުކުދިން ސައިކަލްތަކުގައި އެހެންމީހުންނަށް އުދަގޫވާގޮތައް މަޑުކޮއްގެން ނުތިބުންވެސް ހިމެނުމަށް ގޮވާލަން ބްރިޖް މަތިން މަސްބޭނުމާ ކޮޅަށްހުރެ ހީސްލުމާ މިކަންތައްވެސް ހިމަނާދެއްވާ.

    • ހެހެހ

      ސީދަލަށް ނުތިބެވޭ ބޯދިގު ކުދިންނަށް ދިވެހިން ކިޔާ އުޅޭބަހަކީ ޒުވާނުން. ޒުވާނުން ޒުވާންކަން ހާލުގައި ބްރިޖުމަތީ ނުދުއްވުމަށް އެދެން.

  4. ޙަމީދު

    ސުކުރިޔާ ޔާމީނު ހުޅުމާލެޔައް އަދިދުވަހެހެގާވެސް ނުދަން އިރާދަކުރެއްވިޔާ ހުޅުމާލެޔައް ދާނީ ބުރިޖުގާ ކިތައްމެވަރަކައް ބުރިޖައް ނާރަންއުޅުނަސް އަރާނެ އަދި ކިތައްމެ ދުރުގަހުތަސް ފޮޓޯތައްބަލަމެއްނު...

  5. ނުރަބޯ

    ބަލަ ކެރަފާ ނަޝީދު ބުނި ގައިމު ބުރިޖެއް ނޭޅޭނެޔޭ....؟؟؟ ?

  6. ދެކުނު އދ

    ސުވާލަކީ ތިޔަ ބުރިޖް އެޅުމުން މަމެން މާމިގިލީ މީހުންނަށް ވީ ފައިދާއަކީ ކޮބާހޭ؟؟ މަށަށް އެނގުމުން އަތުން ދާނީ އަނެއްކާވެސް ބޭކާރު ހަރަދެއް. ފެލައިގެން މިއަދު އަހަރެމެން ރޮލާ ކެވިދާނެ. އެކަމު ހަނދާންކުރާތި. ދުވަސް އޮތީ ވަރަށް ކައިރަީގަ. ތިޔަ މާލޭ ރައްޔިތުން މަމެން ގާތަށް ސަލާން ޖަހަން އަންނަ ދުވަސް ވަރަށް ގަތުގަ.

    • ބަލާއއް

      ނެތް ފިތުނައެއް އުފެއްދުމުގެ ބޭނުމަކީ ކޮބާ؟ ހަމަ އެގޮތަށް މަށަށް ކޮން ފައިދާއެއް ކަލޭމެން މާމިގިލީގަ ކަމެއް ވިއްޔާ؟ އަހަންނަކީ މާލޭ މީހެއްވެސް ނޫން މާމިގީލީ މީހެއްވެސް ނޫން. މުސްލިމެއް. ދިވެއްސެއް. ދެން އެކަމަކު މަށެއް ނޫޅެން މަގޭ ޤައުމު މިހާރަށްވުރެ ބޮޑު އައު ފިތުނައެއްގެ ތެރެއަށް އެއްލާލާކަށް.. 'ރަށުވެތިކަން' ކިޔަމާ ތި ކުޅެން އުޅޭ ގޭމަށް.

    • ޙަމޭ

      ސުވާލަކީ މާމިގިލި މީހެއް މާލޭގަ ނޫޅޭހޭ. ޟ
      މާލެ ގަ މާމިގިލި މީހެއް ނުވަތަ އާއިލާއެއް ނޫޅެންޏާ ތި ކުރި ސުވާލް ސުވާލަކައް ވާނީ

      • މާމިގިލި

        މާމިގިލި މީހުން މާލޭގަ އުޅުނެއްކަމަކު މީގެ ކުރިންވެސް ތިޔަ ބުރިޖާ ނުލާ އުޅުނީ. އޭސީ ފެރީ އެބަހުރި ލޯންޗް އެބަހުރި. މިގައުމަށް ބޭނުންވަނީ ބުރިޖެއް ނޫން. އަތޮޅުތައް ތަރައްޤީކުރުން..ބުރިޖު އެޅީމާ މަމެން މާމިގިލީ މީހުންނަކަށް ފައިދާއެއް ނުވޭ..އެއްވެސް ފައިދާއެއް ނުކުރާނެ... މިސުވާލު ސުވާލެއްކަމަަށް ނިންމާނީ ތިބޭފުޅައެއް ނޫން..

        • وزارة الداخلية المالديف

          މާިމިގިިލި މީހުން ހުޅުމާލެ އަށް ބަދަލު ކުރުމަށް ވިސްނުން އެބަހުރި.

  7. ހަމުދޫން ހަމީދު

    އާ އުސްމިނަކީ މަޢުމޫނުގެ އެއްޗެއް! އެހެންނޫނަސް ބުރިޖު އަޅަން އެއްމެ ފުރަތަމަ ޕުލޭންކުރީ މައުމޫނޭ.

    • Anonymous

      މައުމޫނަކީވެސް މިގައުމުގަ ވެރިކަން ކުރި މީހެއް. ވެރިންގެ ޒިންމާ އަކީ ރައްޔިތުންނަށް ފަސޭހަ ހޯދައިދިނުން. ވެރިކަމެއް ނިމޭއިރު ނުކުރެވި ހުންނަަކަންކަން ދެން އަންނަ ވެރިއަކު ކޮށްދޭނަމަ ރައްޔިތުންނަށް ހިތް ހަމަ ޖެހުން ލިބޭނެ. ނަޝީދު ސަރުކާރުން ބިންގާ އަޅާފަ ހުރި ހުރިހާ ހައުސިންގ މަޝްރޫއެއް ނިންމީ މިސަރުކާރުން. އެއީ ރ.ޔާމީންގެ ތަފާތަކީ ނަޝީދުއަށް ދެވޭ ގެއްލުމެއްނޫން އެކަން ނުކުރުމަކީ. އެކަމަކު ނަޝީދު ސަރުކާރުން މައުމޫން ސަރުކާރުން ފަށާފަހުރި އެއްކަމެއްވެސް ކުރިއަށް ނުގެންދޭ. އެއީ ހަސަދަވެރިކަން. ރައްޔިތުންގެ ފައިސާ އިސްރާފު ކުރުން.

  8. ޗޭންޖްއިޓް

    ބްރިޖާއި އެކު ދިވެހި ރާއްޖެ އާއުސްމިންތަކަކަށް އަދި ނުދާނެއެެވެ. އަދި އެންމެ ބްރިޖް އެއް އެއީ މަދު އަދަދެކޭ މާލެ އާއި ވިލގިލި އާއި ދެމެދު ބްރިޖް އަޅާލާ އަދި މާލެ އާއި ވިލިގިލި އާއި ދެމެދު އޮތް ކަނޑުއޮޅި މެދުން ވަށައިގެން ޓްރައިޕޮޑް ޖަހާ ކަނޑުގެ ލޮނުގަނޑުން ފެށިގެން 10 މީޓަރު މައްޗަށް ޓްރައި ޕޮޑް ޖަހާ ހަދާ އެތަނުގެ އެތެރެއަށް ފަސް އަޅާ ފުރާލާ މާލެ ސައިޒުގެ ތިން މާލެ ވަރުގެ ތަނެއް މާލެ އާއި ވިލިގިލި އާއި ދެމެދުން ހިއްކާލާ އެތަނުން ރާއްޖޭގެ ކޮންމެ މީހަކަށް 5 ހާސް އަކަފޫޓްގެ ފްލޯރ އޭރިޔާ އެއް ދެވޭ ގޮތަށް 150 ބުރީގެ އިމާރާތް ތައް ކުރަންވީ 1 ކިލޯ މީޓަރު ދިގު އަދި 1 ކިލޯ މީޓަރު ފުޅާ މިނުގެ ޕްރެމިސެސް އެއްގެ ތެރޭގައި އަމިއްލަ އިންޖީނުގެ ފެންޕްލާންޓް އަމިއްލަ ސީވޭޖް ޓްރީޓްމެންޓް ސިސްޓަމް އަމިއްލަ ކުނި އިންސިނިރޭޓް ކުރުން އަމިއްލަ ހާބަރު ހުންނަ ގޮތަށް އެފަދަ އިމާރާތް ތައް ކުރަންވީއޭ. މި ދެންނެވުނު އިމާރާތުގެ ދެ ފްލޯރއިން އެއް ފްލޯރ ގައި ހުންނާނީ ސަރުކާރުގެ އިމާރާތް ތަކޭ އެއީ ސްކޫލް އިމާރާތޭ އެއިރުން އެ ބިލްޑިންގް ތެރޭން ބޭރަށް އެބިލްޑިންގް ތެރޭގައި އުޅޭ މީހުން ނިކުންނާން ނުޖެހޭނެ ނޫންތޭ. ބްރިޖް އެންމެ ބްރިޖެއް ނޫން މާލެ ސަރަަހައްދަށް ބޭނުންވަނީ މާލެ ސަރަހައްދަށް އެބަބޭނުންވޭ ބްރިޖް ފީންނެއް އަދި މާލެ ސައިޒުގެ 10 މާލެ ހިއްކާލަންވީ މާލެ ވަށައިގެން އޮތް ކަނޑުއޮޅި ހިއްކާލައިގެން ހިއްކަން ޖެހޭނީ މާލެ އާއި ގުޅުވާލައިގެންނޭ. މިކަން ކުރުމަށް ޓަކައި އައްޑޫ ހުޅުދޫ މީދޫން މީހުން ބާލާ އެތަން ވިއްކާލަންވީ ޗައިނާ އަށް 1000 އަހަރުގެ ރާސްތާ އަށް އަހަރަކު 2 ބިލިއަން ޑޮލަރު ލޯން ގެ ގޮތުގައި މާލޭގެ ސަރުކާރަށް ދޭ ގޮތަށް. އައްޑު އަތޮޅަކީ އެއީ މިސަރުކާރަށް ތާއީދު ކުރާ ބަޔެއް ތިބި ތަނެއް ނޫން ސްޕެޝަލީ ހުޅުދޫ މީދޫގައި ސޯ އެ އެންމެންނަށް މާލެ ސަރަހައްދުން ފްލެޓްސް ދީ އައްޑޫ ހުޅުދޫ މީދޫ ފަޅުކޮށްލާ އެތަން ޗައިނާ އަށް ވިއްކާލީމާ ނިމުނީ އެއް ނޫންތޭ. ޗޭންޖް އިޓް އީވެން ވެލް އިނަފް ޗޭންޖް އިޓް ދިސް އިޒް އޮންލީ ގެޓިންގް ނޯން ޓު އަސް...

  9. ނެތީމޭ

    ރައީސް ޔާމީން ވަނީ ހުރިހާ ބާރެއް މުށުތެރެއަށް ލާފައި ކަމަށް އިބޫ ބުނުން އެއީ މަމެން އުފާ ކުރާ ކަމެކޭ މީއޭ މަމެން މިކިޔާ އެއްޗަކީ ދަ ރާއްޖެތެރެއަނޭ މެން ފަދަ ގަމާރު ބީތާ އާލާތުންނަށް ނޭގޭނެއޭ ޕޮލިޓިކަލް ސައެންސްގެ އަލިފުބާ ވެސް ޕޮލިޓިކަލް ސައެންސް ގައި އޮވެއޭ ޓޯޓަލިޓޭރިއެން ޓައިޕް ކިޔާ ބަޔެއް ވެސް އެބައި ގެ ދަށުން ހުރިހާ ބާރުތައް މުށު ތެރެއަށް ލެވޭނެއޭ މިހާރު ޖަޕާނުގައި ވެސް އަދި ސިންގަޕޯރގައި ވެސް ކަންކަން ކުރަނީ މިއުސޫލުން ނޭ މީ އޭ މަމެން މިކިޔާ އެއްޗަކީ ދަ ރާއްޖެތެރެއަނޭ މެން ކިޔަވަނީ އެއީ ސްޓޭޓަސް އެއްގެ ބޭނުމުގައޭ އެއާލާތުންނަށް ނޭގޭނެއޭ ކިޔެވި ނަމަވެސް އެކަން އޭ މިއެގިގެން ދަނީ ހިންނަވަރޭ މެން މަޖްލީހުގައި ތިބެ ދެކޮޅުން ނުރަ ޖަހާއިރު ވެސް މިވަރުން ނޭގުން ވީ ވިލް ކޯލް އިޓްސް ޓު ދަ ވޭސްޓް ޓު ދަ ގާރބޭޖް އެން އޯލް އިން ވަން ވީ ވިލް ކޯލް ދެން ވަން ސެންސް ލެސް އާލާތުންނޭ މަމެން ބުނަން ނެތީމު ދޯ.

    • ބުނެބަލަ

      ކޮން ރާއްޖެތެރެއެއް ކިޔާކަށް.. މާލެ މާލެއަށް ހެދީ ތިޔަބުނާ ރާއްޖެތެރޭމީހުން. މިހާރުވެސް ރާއްޖެތެރޭ މީހުން އަތުގަ އޮތް ޑިގްރީތައް އަދި ކިއެއްތަ ޕޮލިޓިކަލް ސައެންސުގެ ޑިގުރީތައް މާލެމީހުންނަށް ވުރެން ގިނަވާނެކަން ގައިމު. އަންނި އިޒް މާލޭ ހަތަރު ކަށިމަތި.. ބަޓް ޔާމީން އިޒް ހާފް ރާއްޖެތެރެ. ދެން ކޮން މޮޔައެއް ގޮވާކަށް ދެތިން އިނގިރޭސި ބަހެއް ރާއްޖެ އަންނަ ޓުއަރިސްޓުން ގާތުން ދަސްކޮށްގެން.

  10. ހެ

    varah rangalhu vaahaka kolheh

  11. ޑޯންވޮނާ

    ރައީސް ޔާމީން ވަނީ ހުރިހާ ބާރެއް މުށުތެރެއަށް ލާފައި ކަމަށް އިބޫ ބުނުން އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން ނަށް އަންޑަރސްޓޭންޑް ވެއޭ އިބޫ އަށް ޕޮލިޓިކަލް ސައެންސްގެ އަލިފުބާ ވެސް ނޭގޭނެ ކަން ޕޮލިޓިކަލް ސައެންސް އެކުލެވިގެން ވަނީ އެއީ ތިން ބަޔަކަށޭ އެއީ 1. ކޮންސްޓިޓިއުޝަނަލް 2. އޮތޯރިޓޭރިއަން 3. ޓޯޓަލިޓޭރިއެން މިއިން ކޮންމެ ޓައިޕް އެއްވެސް އެއީ އެޕްލައި ކުރެވޭނެ އެއްޗެކޭ އެގޮތުން ބަލާއިރު ރާއްޖެ އަކީ ސައްތަ އިން ސައްތަ އިސްލާމީ ގައުމެއް ކަމަށްވާއިރު ރާޢްޖޭގައި ވެރިކަން ކުރަން އެންމެ ރަނގަޅީ އެއީ ރިޔާސީ ނިޒާމް އަކަށޭ އަދި އެގޮތުން ވެރިކަން ކުރާއިރު އެޑްމިނިސްޓްރޭޝަން އޮންނަންވީ އެއީ ޓޯޓަލިޓޭރިއެން ޓައިޕް އަށޭ އެއިރުން ނޭ ރާއްޖޭގައި ހަމަޖެހުމާއި ކޮރަޕްޝަން ކުޑަ ވާނީ އެމްޑީޕީގެ ވެރިކަމުގައި އެމެން ވެރިކަން ކުރިއިރު ހީވަނީ އެއީ މާފިޔާ ގޭންގް އަކުން ރާއްޖޭގައި ވެރިކަން ކުރިހެންނޭ އައްޑޫގައި ދަރުބާރުގެ އެއް އަޅަން ވެގެން ދަވާލީއޭ ދައުލަތުގެ ޚަޒާނާ އައި ޑޯން ވޮނާ ކްލޯސް މައި އައިޒް އޮން އިޓް..

  12. ބުރުގާ

    ޢެއްހާސް އެތައް ރަށެއް!

  13. އަގަބެ

    ދިވެހި ރާޖެއޭ ނުކިޔާ.... އާއުސްމިން ތަކަކަށް ދިޔައީ މާލެ ޔާއި ލިޅޮމާލެ.. އެވެސް ދަރާގެން.. ލޮލް