ގދ.ގައްދޫގައި މިހާރު ކުރިއަށްދާ ދިވެހި ސާފްލީގު މުބާރާތް "ކަޅެގަލެކޮޑާ"ގެ ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރު ވެއްޖެއެވެ.

މެންސް ޝޯޓް ބޯޑް ޑިވިޝަން، ސެމީފައިނަލްގެ ފުރަތަމަ ހީޓުގެ ޖާގަ ކަށަވަރު ކުރީ ނަޖާހު މުހައްމަދުއާއި އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) އެވެ. ސެމީފައިނަލް ގެ ދެވަނަ ހީޓުގައި ވާދަ ކުރާނީ ހޫދް އަހުމަދު އަދި އިސްމާއިލް ރަޝީދު (ސްމައިލީ) އެވެ.

ނަޖާހް ވަނީ މިދިޔަ އަހަރުގެ ކަޅެގަލެކޮޑާ މުބާރާތުގެ ޗެމްޕިއަން ކަން ވެސް ހޯދާފައެވެ. އަދި ކުޑައިއްސެ އަކީ ގައުމީ އެތައް މުބާރާތެެއް ކާމިޔާބުކޮށް، ސަރަހައްދީ ގިނަ މުބާރާތަކުން ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވާ ތަޖުރިބާ ހުރި ރާޅާ އެޅުންތެރިއެކެވެ.

 

ފޮޓޯ: އެމްއެސްއޭ ފޭސްބުކް

މި މުބާރާތުގެ ޖޫނިއަރ ޑިވިޝަން ގެ ސެމީގެ ފައިނަލްގެ ފުރަތަމަ ހީޓުގައި ވާދަ ކުރާނީ ކަޔާން އަބްދުﷲ އަރީފް އާއި އަހްމަދު ލުޒެއިންއެވެ. އަދި ދެވަނަ ހީޓް ގައި ވާދަ ކުރާނީ މުހައްމަދު އިނާން އާއި ޔޫސުފް ކަޔާން ހަމްދާން ޒަކީއެވެ.

މި މުބާރާތުގެ ދެ ޑިވިޝަންގެ ސެމީ ފައިނަލް އަދި ފައިނަލް ވެސް މިއަދު ކުރިއަށްދާނެއެވެ.