ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވެސް ގެ 5 ވަނަ އިންތިހާބު އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހު ބާއްވާނެކަން އެ އެސޯސިއޭޝަނުން އިއުލާން ކޮށްފިއެވެ.

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މިއަދު ކޮށްފައިވާ އިއުލާނުގައި ވާގޮތުން އެ އެސީސިއޭޝަންގެ 5 ވަނަ އިންތިހާބު އޮންނާނީ ޖޫން 1 ވަނަ ދުވަހު އެކަމަށް ހާއްސަކޮށް ކުރިއަށްގެންދާ އެ އެސޯސިއޭޝަންގެ ހާއްސަ ޖަލްސާއަކުންނެވެ. މިއަދުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް މި އިންތިހާބުގެ މަގާމުތަކަށް ކުރިމަތި ލުމަށް ވަނީ ހުޅުވާލާފައެވެ. އަދި މީގެ އިތުރުން ވޯޓާސް ރަޖިސްޓްރީގައި ހިމެނުމަށް 2024 ވަނަ އަހަރުގެ މެމްބަރޝިޕް ފީ ދެއްކުމަށް މި ހިނގާ މޭ މަހުގެ 12 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވެސްގެ ހިންގާ ކޮމިޓީއަށް މެމްބަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާ މަގާމުތަކަކީ:

  1. 1. އެސޯސިއޭޝަންގެ ރައީސް
  2. 2. އެސޯސިއޭޝަން ނައިބު ރައީސް
  3. 3. އެސޯސިއޭޝަން ހަޒާންދާރު
  4. 4. އެސޯސިއޭޝަންގެ މެމްބަރު ކުލަބްތަކުން އިންތިހާބުކުރާ އެއް މެމްބަރު
  5. 5. އެސޯސިއޭޝަން މެމްބަރު ކޯޗުންގެ ތެރެއިން އިންތިހާބުކުރާ އެއް މެމްބަރު
  6. 6. އެސޯސިއޭޝަންގެ މެމްބަރު ޓެކްނިކަލް އޮފިޝަލުންގެ ތެރެއިން އިންތިހާބުކުރާ އެއް މެމްބަރު
  7. 7. އެސޯސިއޭޝަންގެ ވަކި މެމްބަރުންގެ ތެރެއިން އިންތިހާބުކުރާ 2 މެމްބަރުންނެވެ.
  8. މި އިންތިހާބުގައި ސްވިމިން އެސޯސިއޭޝަންސް އޮފް މޯލްޑިވްސްގެ އާންމު މެމްބަރުންނާއި އެ އެސޯސިއޭޝަންގެ މެމްބަރު ކުލަބް ތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެ އެސޯސިއޭޝަން އިން ކޮށްފައިވާ އިއުލާނާއި އެކު މި އިންތިހާބާ ބެހޭ ގަވާއިދުވެސް ވަނީ އެ އެސޯސިއޭޝަން އިން ވަނީ އާންމުކޮށްފައެވެ. އަދި އިންތިހާބުގައި ވާދަކުރަން ބޭނުންފުޅުވާ ފަރާތްތަކުން އެކަމަށް އެދި ކުށައަޅާ ފޯމުވެސް މި އިއުލާނާއި އެކު ވަނީ އެ އެސޯސިއޭޝަނުން އާންމުކޮށްފައެވެ.
  9. ސްވިމިން އެސޯސިއޭޝަންގެ 5 ވަނަ އިންތިހާބު ޖޫން މަހުގެ 1 ވަނަ ދުވަހު ބޭއްވުމަށް އެ އެސޯސިއޭޝަނުން ނިންމާފައިވާއިރު އެ އެސޯސިއޭޝަނުން މިއަދު ކޮށްފައިވާ އިއުލާނުގައި ވާ ގޮތުން މި އިންތިހާބު ކުރިއަށް ގެންދިއުމަށް ބާއްވާ ހާއްސަ ޖަލްސާ އޮންނާނީ ސޯޝަލް ސެންޓަރުގައެވެ.